Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހަތަރު އުދަރެސް (13)

maasham Level 110 Stories
July 30, 2015 8 Mins Read
23 Comments

ހެދުން ބަދަލު ކޮއްގެން ލުޔާ ނިކުތް އިރު އަރީފު އިނީ ސޯފާގައެވެ. ދެންމެ ހިނގާދިޔަ ހާދިސާއާމެދު ލުޔާ ހުރީ އަދިވެސް ލަދު ގެންފައެވެ. އެހެނަސް އަރީފަށް އެ މަންޒަރު ނުފެންނަ ކަމަށް ނިންމައި ލުޔާ ހިނގައިގަތެވެ. އޭނާ ގޮސް އިށީނީ އަރީފު އިށީނދެގެން އިން ސޯފާއާއި ޖެހިގެން އިން ގޮނޑީގައެވެ.

“ލުޔާ އޯކޭތަ؟” ލުޔާއާއި ދިމާލަށް އެނބުރިލުމަށްފަހު އަރީފު ކުރީ ސުވާލެކެވެ.

“ހްމމމ، ކީއްވެ ލުޔާ އޯކޭ ނުވާންވީ…؟ އަރީ އޯކޭތަ؟” ޖަވާބު ދިނުމަށްފަހު ލުޔާވެސް ސުވާލުފަށެއް އަމުނާލިއެވެ.

“އަހަރެން މިހެން މި އެހީ ލުޔާ އަހަންނަށް ހުރިހާ ވަހަކައެއް ކިޔައިދީފަ ހަމަ އެދުވަހު ހުން އައިސްގެން އެޑްމިޓު ކުރަން ޖެހުނީމަ… ހިތަށް އަރަނީ އެކަމާ ވިސްނާފައޭ ލުޔާ ބަލިވީ…. ސޮރީ ފޯރ ފޯރސިންގ ޔޫ ޓު ޓެލް މީ…” އަރީފު ވާހަކަ ދެއްކިއިރު އެ މޫނުމަތިން ފެންނަނީ ހަމްދަރުދީއެވެ.

“އެވާހަކަ ދޯ… ޔޫ ޑޯންޓް ހޭވް ޓު އެޕޮލޮޖައިޒް… ލުޔާ ބުނަން ބޭނުން ނުވި ނަމަކަ ނުބުނީމުސް.. ޓްރަސްޓް ކުރާތީ ބުނީ… އެހެން ނޫނަސް ދެން ވީ ކަމެއް ބަދަލެއް ނުކުރެވޭނެއެއްނު..” ލުޔާގެ ތުންފަތްމަތިން ހިނިތުންވުމެއް ފެންނަމުން ދިޔަ ނަމަވެސް އޭނާގެ ލޮލުން ފެންނަނީ މާޔޫސް ކަމެވެ.

“ސުވާލެއް ކޮއްލިޔަސް އެންމެ ރަނގަޅުތަ؟” ލުޔާ އިށީނދެގެން އިން ގޮނޑިއާއި ގާތް ވެލަމުން އަރީފު އަހާލިއވެ.

“ހްމމމ..” ލުޔާ ދިނީ ވަރަށް ކުރު ޖަވާބެކެވެ.

“އިތުރު އެއްވެސް މީހަކަށް އެނގޭތަ؟” އަރިފު ސުވާލު ކޮއްލުމާއެކު ލުޔާގެ މޫނު މުޅިން މިލާ މޯޅިވިއެވެ.

“މަންމަ އަށް އެނގޭ… އެކަމަކު މަންމަ ބުނީ އިތުރު އެއްވެސް މީހެއް ގާތު އެ ވާހަކަ ނުދައްކާށޭ… ދެން އަރީއަށް…” މިފަހަރު އޭނާ ޖަވާބުދިނީ އިސްދަށަށް ޖަހައިގެން އިނދެއެވެ.

“އެހެންވީރު ކީއްވެ އަހަރެންގެ ގާތުގައި ބުނީ؟”

“މައްސަލައެއްތަ؟ ސޮރީ އެހެންވީރުން.. ހިތަށް އަރުވާލާ މީ ދުވަހަކުވެސް ނުދައްކާ ވާހަކައެކޭ…” މިހެން ބުނުމަށްފަހު ލުޔާ ގޮނޑިން ތެދުވީ އެތަނުން ދުރަށް ދިއުމަށެވެ. އަރީފު އެ ސުވާލުކުރުމުން އޭނާގެ ހިތުގައި ޖެހުނެވެ. ކޮޓަރިއާއި ދިމާލަށް ހިނގައި ގަތް ވަގުތު އަރީފު ލުޔާގެ އަތުގައި ހިފިއެވެ. ހުރި ފިޔަވަޅު މައްޗަށް ލުޔާ ގަބުވިއެވެ.

“ހާދަ އަވަހަކަށް ތި ރުޅިއައީ.. އަހަރެން ހަމަ ކިއުރިއަސް ވީ.. އެއްވެސް މީހެއްގާތު ނުބުނެ ހުރެފައި އަހަރެންނާ ޝެއާރ ކުރީމަ…” އަރީފު ވާހަކަ ދެއްކީ ލުޔާގެ އަތުގައި ހިފަހައްޓައިގެން ހުރެއެވެ.

“މޭބީ އައި ޓްރަސްޓް ޔޫ….” މަޑުމަޑުން މިހެން ބުނެލަމުން ލުޔާ ފަސްއެނބުރި އަރީފުގެ މޫނަށް ބަލާލިއެވެ.

“އެހެންވީރު ދެން އިށީނދެބަލަ…”މިފަހަރު އަރީފު ވާހަކަ ދެއްކީ ހިނިތުންވެ ހުރެއެވެ. ލުޔާ އައިސް އިށީނީ އަރީފު އިން ސޯފާގައެވެ. އޭރުވެސް އޭނާގެ އަތް ވީ އަރީފުގެ އަތުގެ ތެރޭގައެވެ.

“އަދި އެއް ސުވާލު.. ސައިކިއޭޓްރިސްޓަކާ ވާހަކަ ދެއްކިންތަ؟”

“ތިބުނީ އަހަރެން މީ ސައިކޯ އެކޭތަ؟” އަރީފުގެ ސުވާލަށް ލުޔާ ޖަވާބުދިނީ ސަމާސާ ރާގެއްގައެވެ.

“ސައިކޯ މީހުން އެކަނިތަ ސައިކިއޭޓްރިސްޓުން ގާތުން އެހީ ހޯދަނީ.. އަރީ ނުދެނަހުރިން ތިކަމެއް..” ލުޔާގެ އަތަށް މަޑުމަޑުން ފިއްތާލަމުން އަރީފު ބުނެލިއެވެ. އަރީފަށް ފާހަނގަ ނުވި ކަމުގައިވިޔަސް އޭނާގެ މި ކުޑަ ކުޑަ ހަރަކާތުގެ ސަބަބުން ލުޔާއަށް ވަރަށް ބޮޑު އަސަރެއްކުރިއެވެ. ޚުދު އޭނާއަކަށްވެސް އޭނާގެ ހިތް އެހާ ބާރަށް ތެޅެނީ ކީއްވެގެން ކަމެއް ނޭނގެއެވެ. އަތްފައި ވަނީ ފިނިވެފައެވެ.

“އަހަންނާއެކު ދާން ކެރިދާނެތަ؟” އެއްވެސް އެއްޗެކޭ ނުބުނެ ލުޔާ އިނުމުން އަނެއްކާވެސް އަރީފު ވާހަކަ ދެއްކިއެވެ. އަރީފު އެހެން ބުނުމާއެކު ލުޔާ އޭނާގެ އަތް އަރީފުގެ އަތުން ވީއްލުވިއެވެ.

“ޔޫ ޕްރޮމިސްޑް.. އެއްވެސް މީހެއް ގާތު މިވާހަކަ ނުދައްކަން… އެހެންނޫނަސް އައި އޭމް ފައިން” އަނެއްކާވެސް އިސްޖަހާލަމުން ލުޔާ ވާހަކަ ދެއްކިއެވެ.

“ޔޫ އާރ ނޮޓް ފައިން… ފައިން ނަމަކަ ލުޔާ އަށް މިހާރު ތި ވާ އުނދަގޫތަކާ ކުރިމަތިލާކަށް ނުޖެހޭނެ… އަހަރެން ބޭނުން ލުޔާ އަށް އެހީ ވާން..” އަރީފު ލުޔާގެ ކޮނޑުގައި އަތް ބާއްވާލަމުން ވާހަކަ ދެއްކިއެވެ.

“އަރީފް ޕްލީޒް… ޑޯންޓް މޭކް މީ ރިގްރެޓް ޓެލިންގ ޔޫ… އަހަރެންނަށް ބޭނުމީ ވާހަކަ ދައްކާ ޝެއާރ ކުރާނެ މީހެއް… އަހަރެން ޑައިގްނޯޒް ކުރާނެ މީހެއް ނޫން.. ” ކޮނޑުގައި އޮތް އަތް ފޮޅާލަމުން ލުޔާ ވާހަކަ ދެއްކިއެވެ. އޭނާ ހިތުގައި ޖެހިފައިވާކަން އެ ހަރަކާތުން އެނގެއެވެ. އެހެނަސް އަރީފު ހުރީ އެހާ ފަސޭހައިން ދޫކޮއްލާކަށެއް ނޫނެވެ. ލުޔާއަށް ކަމުގެ މާހިރެއްގެ އެހީ ބޭނުންވާކަން އަރީފަށް އެނގެއެވެ. އެހެންކަމުން ކޮންމެ ގޮތެއް ހަދާފައިވެސް ލުޔާ އެކަމާ އެއްބަސް ކުރުވަން އަރީފު ބޭނުން ވިއެވެ.

“ލުޔާ ޕްލީޒް… އެންމެ ފަހަރަކު…” އަރީފު ލުޔާ އާއި އިތުރަށް ގާތް ވެލިއެވެ. އަދި އޭނާގެ އަތުގައި ހިފާލިއެވެ.

“އޯކޭ… ވިސްނާނަން…” ލުޔާ ޖަވާބު ދިނީ އަރީފު ހިފަހައްޓައިގެން ހުރި ލުޔާގެ އަތަށް ބަލަހައްޓައިގެން އިނދެއެވެ.

“ލުޔާއަށް ވަރަށް އުނދަގޫ ވޭ ދޯ އަތުގަ ހިފީމަ؟” ލުޔާގެ ހަރަކާތްތަކަށް ސަމާލުވެގެން ހުރި އަރީފު ސުވާލުކުރީ ހެވިފައެވެ.

“އުނހުން… އެހެން މީހަކު ދުވަހަކުވެސް ތިހެންނެއް ނުހިފާ.. އެހެންވެގެން…” ލުޔާ ޖަވާބު ދިނީ ހިނިތުންވަމުންނެވެ.

“ތިބުނީ އަހަރެން ނޫން މީހަކު ދުވަހަކުވެސް މި އަތުގައެއް ނުހިފައޭތަ؟!” އަރީފު ވާހަކަ ދެއްކީ ދެ ލޯ ބޮޑު ކޮއްލައިގެން ހުރެ އަނގަމަތީގައި އަތް އަޅަމުންނެވެ. އޭނާ ބޭނުންވީ ލުޔާ ހެއްވާލާށެވެ. އެ މަގްސަދު ހާސިލް ވެއްޖެއެވެ.

“ދެން އޯކޭ އޭ ތިހާ ޑްރެމެޓިކް ނުވިޔަސް…” ހިނިގަނޑަކަށްފަހު ލުޔާ ޖަވާބު ދިނެވެ. އޭރު ވާރޭ ވެސް ވަނީ ތުނި ކޮއްލާފައެވެ. ވައި މަޑުވެ ގުގުރީގެ އަޑުވެސް ވަނީ މުޅިންހެން ކެނޑިފައެވެ. ލުޔާއާއެކު އިރުކޮޅަކު ސަކަރާތް ޖަހަން އިނުމަށްފަހު އަރީފު ތެދުވީ ގެއަށް ދާށެވެ.

“ރުޅި ނާންނަ މަތިން ސުވާލެއް ކުރަންތަ؟” އަރީފުއާއެކު ގޭގެ ދޮރާއްޓާއި ދިމާލަށް ހިނގައި ގަންނަމުން ލުޔާ އަހާލިއެވެ.

“އަހަރެން ރުޅި އަންނަވަރުގެ ސުވާލެއް ލުޔާއަށް ކުރެވޭނެ ހެނެއް ހިއެއް ނުވޭ..”

“އަސްލު މިރޭ ކިހިނެތް ވީ؟ ލުޔާ އަށް ހޭލެވުނީ އަޑުގަދަ ވެގެން..” އަރީފު ހުއްދަ ދިނުމުން ލުޔާ ސުވާލު ކުރިއެވެ.

“ތެދަށް ބުނަން؟ އަހަންނަކަށް ވެސް ނޭނގެ ވީ ކީތް ކަމެއް.. ލިއު ގެ ފޯނުން އެޕްލިކޭޝަންއެއް ފޮނުވަންވެގެން ފޮނު ދީބަލާށޭ ބުނީ.. އެކަމަކު އެކަމާ ދެކޮޅު ހެދީމަ އަހަރެން ސުވާލު ކުރީ.. ދެން ޝީ ގޮޓް މޭޑް.. ޓްރަސްޓް ނުކުރަނީ އޯ.. ޝައްކު ކުރަނީ އޯ.. ދެން ޔޫ ނޯ..” އަރީފު ވާހަކަ ދެއްކީ ބޯ ހޫރަމުންނެވެ.

“އެއީ ދެން ގެއިން ނިކުމެގެން ދާވަރު ކަމެއްތަ؟” ލުޔާ އަހާލިއެވެ.

“އަސްލު ހިވަނީ ކޮންމެވެސް އެހެންކަމަކާ ކަޓާފަ ހުއްޓަ އެހުނީމަ ވީ ގޮތެއް ހެން… ދެން ނޭނގެ.. ލިއު ގެއަށް އައިމަ ލެޓް މީ ނޯ އިނގޭ…” ސައިކަލާއި ދިމާލަށް ހިނގައި ގަންނަމުން އަރީފު ބުނެލިއެވެ.

****

ލިއުޒާއަށް ހޭލެވުނީ ފަތިސް ނަމާދުގެ ބަނގީގެ އަޑަށެވެ. އަހުނަފްގެ ގެ އިންނަނީ މިސްކިތަކާއި ވިއްދައިގެން ކަމުން ބަންގީގެ އަޑު މުޅި ގޭތެރޭގައި ގުގުމަމުން ދިޔައެވެ. އެނދުމަތީގައި އިށީންނަމުން އޭނާއަށް ބަލާލެވުނީ ޖެހިގެން އޮތް އަހުނަފްއަށެވެ. ތެދެކެވެ. އޭނާއަށް އަހުނަފް ދެކެ ލޯބި ވެވިއްޖެއެވެ. ފަހަރުގައި އަރީފު ދެކެ ވާ ލޯތްބަށްވުރެވެސް ބޮޑުކޮށެވެ. އެހެން ނުންނަމަ ދުވަހަކުވެސް އަރީފާއި ގާތް ނުވާ މިންވަރަށް އަހުނަފް އާއި ގާތް ނުވެވުނީހެވެ. ނިދިފައި އޮތް އިރު އަހުނަފް ވަރަށް މައުސޫމެވެ. އޭނާގެ ފަން އިސްތަށިކޮޅު ދިގުވެފައި ވުމުން ވަނީ ލޯމައްޗަށް ވިހުރިފައެވެ. ލިއުޒާ ނުހަނު ލޯބިން އެ އިސްތަށިކޮޅުތައް އެއްފަރާތް ކުރިއެވެ. ކިތަންމެ އިރެއް ވަންދެންވެސް އެގޮތަށް އޭނާއަށް އެތަނުގައި އިނދެވިދާނެއެވެ.

އަހުނަފްގެ ފޯނު ރިންގުވައަޑަށް ލިއުޒާ ދިޔައީ ސިއްސައިގެންނެވެ. ފޯނު ނަގައި ސައިލެންޓަށް ލުމަށްފަހު ގުޅަނި ކާކުތޯ ބަލާލިއެވެ. އެއީ އަރީފެވެ. ހަމަ އެވަގުތު އޭނާ އަށް މި ކުރެވުނު ކަންތައް ތަސައްވަރު ކުރެވުނެވެ. ޔާ ރައްބީއެވެ. އޭނާ އަކީ ކޮންފަދަ ކުއްވެރިއެއް ހެއްޔެވެ؟ އަހުނަފް ދެކޮޅު ހެދުމުންވެސް އެކަން ގަބޫލު ނުކުރީއެވެ. އަރީފު މަތިންވެސް މުޅިން ހަނދާން ނެތުނީއެވެ. އަމިއްލަ ލޯބިވެރިޔާއަށް ބޭވަފާތެރިވި ހިނދު ދެ ރަހުމަތްރެރިންގެ މެދުގައިވެސް ނުފިލާނެ ލައްގަނޑެއް ޖެއްސީއެވެ. ހުރިހާކަމެއް ހަނދާންވުމުން ލިއުޒާއަށް ރޮވޭގޮތް ވިއެވެ. އޭނާ އަހުނަފް ދެކެ ކިތަންމެ ވަރަކަށް ލޯބިވިޔަސް އެދެމީހުންނަށް އެ ގުޅުން ކުރިއަކަށް ނުގެންދެވޭނެއެވެ.

ކޮޓަރިން ލިއުޒާ ނިކުމެގެން ދިޔައިރުވެސް އަހުނަފް އޮތީ ނިދަފައެވެ. ގެއިން ނިކުންނަމުން އޭނާ ފޯނު އޮން ކޮއްލިއެވެ. ހަމަ އެއާއެކު ބަރި ބަރިއަށް މެސެޖުތައް އަންނަން ފެއްޓިއެވެ. ހުރިހާ މެސެޖުތަކެއް ކިޔާ ނިމުމުން ކާރަކަށް ގުޅިއެވެ. އޭނާ ބޭނުންވީ އެންމެން ހޭލުމުގެ ކުރިން ގެއަށް ދިޔުމަށެވެ.

****

*ބަލާ އާދެވިދާނެތަ؟* އަރީފު އޭނާގެ ފޯނަށް އައި މެސެޖު ކިޔާލީ އޮފީހުން ނިކުންނަމުންނެވެ. އެއީ ލިއުޒާގެ މެސެޖެކެވެ. ރޭގައި ހިނގާދިޔަ ޚާދިސާއަށް ފަހު ލިއުޒާ އަމިއްލައަށް އަރީފުއަށް މެސެޖު ކުރުމުން އޭނާ ހައިރާންވިއެވެ.

*އޮން މައި ވޭ* ސައިކަލަށް އަރައި ދުއްވާލަމުން އަރީފު މެސެޖަށް ޖަވާބުދިނެވެ.

ލިއުޒާ ހުރީ އޮފީހުގެ ދޮރުމަތީގައެވެ. އަރީފުގެ އިންތިޒާރުގައި އޭނާ ހުރިއިރު ރޭގައި ހިނގާދިޔަ ކަންތައް އޭނާގެ ކުރިމަތީގައި ސިފަވެގެން ދިޔައެވެ. އެ ހަނދާން އާ ވުމާއެކު އަނެއްކާވެސް އޭނާގެ ލޮލުން ކަރުނަ ނިރާލިއެވެ. އަރީފު އައިސް ލިއުޒާގެ ކުރިމަތީގައި ހުއްޓުމުން އެ ކަރުނަ ތިކިތައް މަޑުމަޑުން ކޯތާފަތަށް ފައިބަން ފެއްޓިއެވެ.

“ސޮރީ…” ލިއުޒާ ވައި އަޑުން ބުނެލިއެވެ.

“އައި އޭމް ރިއަލީ ސޮރީ.. އެނގޭ އެއްވެސް ކަމަކާ ނުލާ ރުޅި އާދެވޭ ކަން..” އަރީފު ގެ ޖަވާބެއް ނައުމުން އަނެއްކާވެސް ލިއުޒާ ވާހަކަ ދެއްކިއެވެ.

“ޕްލީޒް އަރީ… ވާހަކަ ދައްކަބަލަ..” މިހާރު އޭނާއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ.

“އަރާ…” އަރީފު ސައިކަލު ސްޓާރޓު ކުރަމުން ބުންޏެވެ. ލިއުޒާ އަރީފުގެ ފަހަތަށް އަރައި އޭނާގެ ގައިގައި ހިފަހައްޓާލިއެވެ. އަދި އަރީފުގެ ކޮނޑުގައި ބޯ އަޅާލިއެވެ. އޭނާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ދިޔައީ އަރީފުގެ ގަމީސް ތެންމަމުންނެވެ.

ސައިކަލު ލިއުޒާ މެން ގޭގެ ދޮރުމަތީގައި ޕާކު ކުރިއިރުވެސް އެ ދެމެދުގައި އެއްވެސް ވާހަކައެއް ނުދެކެވެއެވެ. އަރީފު ހުރީ ސިހިފައެވެ. ލިއުޒާ އަކީ ދުވަހަކުވެސް އޭނާގެ އަމިއްލަ ކުއް ގަބޫލުކޮށް މާފަށް އެދުނު މީހެއް ނޫނެވެ. އެހެންކަމުން މިއަދު އަމިއްލައަށް ދެރަވެ ވާހަކަ ދެއްކުމުން އަރީފު ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

ސައިކަލުން ފޭބިއިރުވެސް ލިއުޒާގެ ކަރުނަތަކެއް ނުހިކެއެވެ. އޭނާއަށް އިސް އުފުލާލެވުނީ އެ ކަރުނަތައް ފޮހެ ދިނުމުންނެވެ. އަރީފު ހިނިތުންވެފައިވާ މަންޒަރު ފެނުމުން ލިއުޒާގެ ހިތަށް ވީ އިތުރަށް ތަދެވެ. ހަމަ އެ ވަގުތު ހުރިހާ ވާހަކައެއް ކިޔައިދިނުމަށްފަހު މާފަށް އެދެން އޭނާ ބޭނުން ވިއެވެ.

“ދެން ނުރޮއެ… ރޭގަ ވީ ހުރިހާ ކަމެއް ހަނދާން ނައްތާލާ…” އަރީފު ވަހަކަ ދެއްކީ ލިއުޒާގެ މޫނުގައި ފިރުމަމުންނެވެ. ލިއުޒާގެ ހިތް އެކަމަށް ނޭދުނަސް އެއީ އޭނާއަށްވެސް އެންމެ ރަނގަޅު ގޮތެވެ.

“އަރީ.. ކައިގެން ދޯ.. ދާނީ…” ލިއުޒާ އަށް އަދިވެސް ގިސްލެވެއެވެ.

“އޮންލީ އިފް ޔޫ ސްޓޮޕް ކްރައިނގ…” ލިއުޒާ ގެނެސް މޭގައި ލައްކޮއްލަމުން އަރީފު ބުންޏެވެ.

****

“ހާދަ ކަޓާފަ” ކޮފީތަށި މޭޒުމަތީގައި ބައިންދާލަމުން ޔިވާމް ވާހަކަ ދެއްކީ އަހުނަފް އާއެވެ.

“ހްމމމ” އަހުނަފް ދިނީ ވަރަށް ކުރު ޖަވާބެކެވެ.

“ބިޓު ކެޓީ؟” އަހުނަފްގެ މޫޑު ރަނގަޅުވޭތޯ ޔިވާމް ކުރީ ސަމާސާއެކެވެ.

“މި އުޅޭ އަންހެން ކުދިން ހާދަ މަކަރޭ ދޯ.. ބޭނުން ޖެހުނީމަ ގުޅާނެ.. ދެން ބޭނުން ވާ ކަންތައް ނިމުނީމް ޚަބަރެއްނުވާނެ. ގުޅީމަ ފޯނު ބިޒީކޮއްލާނެ، ނޫނީ ނިއްވާލާނެ.. މެސެޖައް ރިޕްލައި އެއް ނުކުރާނެ.. އަހަރުން މީ ދުނިޔޭގަ އުޅޭބަޔަކަށް ވެސް ނުވާނެ.. އެވަރުންވެސް ބުނާނެ ފިރިހެނުންނޭ ލަނޑު ދެނީ..” އަހުނަފް އޭނާގެ ހިތުގެ ޝަކުވާތަށް ޔިވާމްގެ ކުރިމަތީގައި ބަންޑުން ކޮއްލިއެވެ.

“އޯ… ހާދަ ވަރެއް ވެފައޭ… އަނެއްކާ ކޮން ކުއްޖެއްތަ ލަނޑު ދިނީ؟” ޔިވާމް ސުވާލު ކޮއްލި ވަގުތުވީ އަރީފު އާއި ލިއުޒާ އައިސް ރެސްޓޯރެންޓަށް ވަތް ވަގުތެވެ. އެ ދެ މީހުންގެ މޫނަށް ބަލާލުމަށްފަހު އަހުނަފްގެ ނަޒަރު ހުއްޓުނީ އަރީފުގެ އަތް ތެރޭގައި ފޮރުވިފައިވާ ލިއުޒާގެ އަތަށެވެ. އެ މަންޒަރު ފެނުމާއެކު އަރުތެރޭގައި ހިތި ރަހައެއް ލީ ހެން އޭނާއަށް ހީވިއެވެ.

މޭޒު ދޮށުގައި އިށީންނަމުން ލިއުޒާ އަހުނަފްއާއި ދިމާލަށް ބަލާލިއެވެ. އަހުނަފް ވެސް އިނީ ކަޅި ޖަހާނުލައި ލިއުޒާއަށް ބަލާށެވެ. އެލޮލުން ހިތްދަތިކަން ފާޅުވާއިރު އެ އަސަރު ލިއުޒާ ދެނެގަތެވެ. އަރީފު އާއި ޔިވާމް ވާހަކަ ދައްކަން ފެށުމުން ލިއުޒާ އަހުނަފް އާއި ދިމާލަށް ބަލާލުމަށް ފަހު ‘އައި އޭމް ސޮރީ’ އޭ ބުނެލީ އިތުރު އެހެން މީހަކަށް އަޑު ނީވޭނެ ވަރަށެވެ. ޖަވާބުގައި ބޯ ހޫރާލުމައްފަހު އަހުނަފް ގޮނޑިން ތެދުވިއެވެ.

“ހާދަ އަވަހަކަށް ނިންމާލީ…” އަހުނަފް ކޮޅަށް ތެދުވުމުން ވަހަކަ ދެއްކީ އަރީފެވެ.

“އެޕެޓައިޓް ގެއްލިއްޖެ.. ” މޭޒުމަތީގައި ސަތޭކަ ރުފިޔާގެ ނޫޓެއް ބާއްވާފައި ހިނގައިގަންނަމުން އަހުނަފް ބުނެލިއެވެ. އޭރު އޭނާ ހުރީ ލިއުޒާއާއި ހަތަރު ކަޅި ހަމަކޮއްގެންނެވެ.

****

ކޮފީ ނިންމާފައި ގެއަށް އައި އިރު ގަޑިން އެގާރަ ގަޑި ބައި ވެއްޖެއެވެ. ކޮޓަރިއަށް ވަނުމާއެކު ލިއުޒާ އަތް ދަބަހުން ފޯނު ނެގިއެވެ. އަހުނަފް އެތައް ފަހަރަކު ގުޅައި މެސެޖު ކުރި ނަމަވެސް ލިއުޒާ އެއްވެސް ޖަވާބެއް ނުދެއެވެ. މިރޭ އަހުނަފްގެ ހަރަކާތްތައް ހުރިގޮތުން ލިއުޒާގެ ހިތުގައި ވަރަށް ބޮޑަށް ޖެހުނެވެ. އަރީފުއާއި ލިއުޒާ އެކުގައި ފެނުމުން އަހުނަފްއަށް ވެސް ހަމަ އެވަރަށް އަސަރު ކުރާނެ ކަން ލިއުޒާއަށް އެނގެއެވެ. އެހެނަސް މިއަދު އެ ނޫން އެހެން ގޮތެއް ނެތެވެ. އެނދުމަތީގައި އިށީނދެގެން އިނދެ ލިއުޒާ އޭނާގެ ދިރިއުޅުމާމެދު ފުންކޮށް ވިސްނާލިއެވެ.

ސިޓިންގ ރޫމުން ‘ޔެ ރާތޭ ޔެ މޯސަމް’ ލަވަ ކޮޓަރިއަށް ފާއްދާލާފައި ވާއިރު ލިއުޒާގެ ކަރުނަތައް ދިޔައީ އެއްވެސް ހިފެހެއްޓުމެއް ނެތި ފައިބަމުންނެވެ. އޭނާއަކީ ކިހާ ބަދުނަސީބު މީހެއް ހެއްޔެވެ؟ އެހާ ރަނގަޅު މީހަކު ހަޔާތުގެ ބައިވެރިއަކަށް ވާން ތައްޔާރަށް ހުރި އިރުވެސް އޭނާދެކެ ލޯތްބެއް ނުވެވުނެވެ. ބަދަލުގައި ލޯބި ވެވުނީ އޭނާއަށް ލިބެން ނެތް މީހެއް ދެކެއެވެ. އަދި އެ ލޯބީގެ ރަހަ ލިބިފައި މި ޖެހުނީ ދުރުވާށެވެ. އެ ހަނދާންތައް ވެސް އަބަދަށް ނައްތާލާށެވެ. ކުށެއް ނެތް ހިތެއް ފުނޑު ފުނޑު ކޮއްގެން މެނުވީ އޭނާގެ ހިތް އެންމެ އެދޭ ލޯބިވެރިޔާ ލިބޭކަށް ނެތެވެ. އެނދުމަތީގައި އޮވެގެން ލިއުޒާ ހިތް ފުރެންދެން ރުޔެވެ. އަހުނަފް އާއި ދުރުވާނީއެވެ. އެންމެން އެކުގައި ބޭރަށް ދިއުން ވެސް މަދު ކުރާނީ އެވެ. އަރީފު އާއެކު ގިނަ ވަގުތު ހޭދަ ކުރެވޭތޯ ބަލާނީއެވެ. މި ހުރިހާ ފިކުރުތަކެއް ކުރުމަށްފަހު ލިއުޒާއަށް ނިދުނީ ގަޑިން ދޭއް ޖެހި ފަހުންނެވެ.

އޭރުވެސް ލުޔާއޭނާގެ ކޮޓަރީގައި ދެކޮޅުން ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ. މެއަށް އުނދަގޫ ވާވަރުން އޭނާއަކަށް މިރެވެސް ނުނިދެނެވެ. އެތައް އިރަކު ހިނގުމަށްފަހު އެންމެފަހުން އެނދުގައި އިށީނުމަށްފަހު ފޯނަށް ބަލާލިއެވެ. އަރީފުއަށް ގުޅަން ބޭނުންވި ނަމަވެސް އޭނާއަށް އުނދަގޫ ކުރާކަށް ބޭނުމެއް ނުވިއެވެ. އެހެންކަމުން ޔިވާމް އަށް ގުޅީ ކޮންމެވެސް މީހަކާ ވާހަކަ ދައްކާލުމުން މެއަށް ފިނިކަމެއް ލިބޭނެތީއެވެ.

“ޕިޔާރާ ނުވެސް ނިދާ ރެއެއްތަ؟” ފޯނު ނެގުމާއެކު ޔިވާމް ކޮއްލީ ސުވާލެކެވެ.

“ޔިވާމް ނުނިދާ ވަކި ކީތް ތިކުރަނީ؟” ޖަވާބުގައި ލުޔާވެސް ކުރީ ސުވާލެކެވެ.

“ދެން އެނގެ އެންނު… މިގަޑީގަ ކުރާނީ ކީއް ކަން..” ހިނިގަނޑެއް ޖަހާލުމަށްފަހު ޔިވާމް ބުންޏެވެ.

“އޫހ.. ބިޓަކާ ގުޅައިގެން އޮއްވަ ދޯ މި ގުޅުނީ… ބާއްވަނީ އިނގޭ” ލުޔާއަށް އޭނާގެ ވާހަކަ ފުރިހަމަ ނުކުރެވެނީސް ޔިވާމް ވާހަކަ ދައްކަން ފެއްޓިއެވެ.

“އުހުން.. ނޫން.. ކަމަކުތަ ގުޅީ؟”

“ހަމަ ގުޅާލީ.. އަސްލުވެސް އޯކޭ އޭ.. ގުޑް ނައިޓް..” މާ ހާސްވެފައި ޔިވާމް ސުވާލުކުރުމުން ލުޔާ ޖަވާބު ދިނީ ހީލާފައެވެ.

“އޯކޭ.. ގުޑްނައިޓް ޕިޔާރާ” މިހެން ބުނުމަށްފަހު ޔިވާމް ފޯނު ބޭއްވިއެވެ. ފޯނުގެ ސްކްރީނަށް ގެއްލިފައި އޮތް ލުޔާ އޮތީ ޚިޔާލަށް ގެއްލިފައެވެ. އޭނާ ސިއްސައިގެން ދިޔައީ އަތުގައި އޮތް ފޯނު ވައިބްރޭޓް ވުމުންނެވެ.

*ނިދީތަ؟* އެއީ އަރީފުގެ މެސެޖެކެވެ.

*ނުނިދިފަ..* އަރީފުގެ ކުރު މެސެޖަށް ލުޔާ ދިން ޖަވާބުވެސް އެހާމެ ކުރެވެ.

*ގުޅާލަން؟* އަރީފު ސުވާލު ކޮއްލިއެވެ. ޖަވާބުގައި ލުޔާ ފޮނުވީ ‘ކޯލް މީ ބެކް’ އެކެވެ.

“ސުވާލެއް ކޮއްލަންތަ؟” އަރީފު ގުޅުމުން ލުޔާ އަހާލިއެވެ. ޖަވާބުގައި އަރީފް އާނއެކޭ ބުނުމުން ދެންވެސް ވާހަކަ ދެއްކީ ލުޔާއެވެ.

“ކީއްވެ ޕިޔާރާއޭ ނުކިޔަނީ؟ އަރީ އެކަނި އެންމެންގެ ތެރެއިން އެހެން ނުކިޔަނީ.. މަންމަވެސް މިހެން ހުރެލާފަ ގޮވާލާނެ ޕިޔާރާއޭ ކިޔާފަ..” ލުޔާ އޭނާގެ ހިތުގައި ވަރަށް ދުވަސް ވަންދެން އުފެދިފައިވާ ސުވާލެއް ކޮއްލިއެވެ.

“ހްމމމ. ތިވާހަކަ ދޯ..” އަރީފު ސީދާ ޖަވާބެއް ނުދިނީ ލުޔާ ތަޅުވާށެވެ.

“ދެން އަރީ!” ލުޔާވެސް ތުއިވެލީ މަޖާވެލާފައެވެ.

“އަސްލު އެހާ ވަރަކަށް ނުވިސްނަން ތިކަމާ ދޭތެރޭގައެއް.. ހަމަ ލުޔާ ކިޔަން ފަސޭހައީ.. ކިހާ ރީތި ނަމެއް.. ލުޔާ..” ލުޔާގެ ނަމަށް ތައުރީފު ކޮއްލަމުން އަރީފު ބުންޏެވެ.

“އޯކޭ.. އަދި އެއް ސުވާލު އެބޮތް..” ލުޔާ މިހެން ބުނުމާއެކު އަރީފު ހިނިގަނޑެއް ޖަހާލިއެވެ.

“އެންމެ ރަނގަޅޭ.. އެހެންނޫނަސް މިއީ ލުޔާގެ ސުވާލު ކުރުން އޮތް ރެ އޭ.. ރޭގަ ހުރިހާ ސުވާލެއް ކުރީ އަރީއެއްނު..” އަރީފުގެ މި ޖަވާބު އިވިފައި ލުޔާއަށްވެސް ހެވުނެވެ.

“އެވްރިތިންގ އޯކޭ ވިތް ދޮންތަ؟” ލުޔާ ސުވާލުކުރީ ވަރަށް ފަސްޖެހިފައި ހުރެއެވެ. ދެމީހުންގެ އަމިއްލަ ވާހަކައާއި ގުޅުވައި ސުވާލު ކުރުމުން އަރީފު ހިތް ހަމަ ނުޖެހިދާނެތީ ލުޔާ އިނީ ބިރުންނެވެ.

“ޔެއާ… އައި ތިންކް ސޯ… ވަރަށް ރޮއެފަ މާފަށް އެދުނު… ނުބުނޭ ވީ ކީއްތޯއެއް… އަރީ ނުވެސް އަހަން… ދެން އެއީ ނުވާކަމަކަށް ހަދައިގެން މިތިބީ…” ލުޔާގެ ސުވާލާއެކު އަރީފުގެ މުޅި މޫޑު ބަދަލުވިފަދައެވެ. ދެންމެ މަޖާވެފައި ހުރި އަޑުގައި މިހާރު ވަނީ މަޑު މޮޅިކަމެވެ. އެކަން ލުޔާއަށް ފާހަގަވިއެވެ.

“ދެން ކީއްވެ ތިހާ މޫޑީއީ؟” ފަސްޖެހުމެއް ނެތި ލުޔާ ސުވާލުކުރިއެވެ.

“ހޫނ ދެން ލުޔާވެސް ދޯ.. ހަމަ މީހަކު ނިދި އައިއްޔާ އެ މޫޑީ ވީތަ؟” ހިނިގަނޑަކަށްފަހު އަރީފު ވާހަ ދެއްކިއެވެ.

“އެހެންތަ.. އޯކޭ.. ދެން ބާއްވަނީއޭ.. މިހެން ތިއްބަ އިރު އަރާފާނެ.. ގުޑް ނައިޓް..”

“ގުޑް ނައިޓް ޕިޔާރާ..” އަރީފު އެނަމުން މުޚާތަބު ކުރީ ލުޔާއަށް ޖެއްސުމަށެވެ. އެހެނަސް އެ އަޑު ލުޔާގެ ކަންފަތުގައި ޖެހުމާއެކު ބުނަން ނޭނގޭ އިހުސާސްތަކެއް އޭނާގެ ހިތަށް ކުރުވިއެވެ. އަރީފު ފޯނު ބޭއްވިއިރުވެސް ލުޔާއަށް އިނދެވުނީ ފޯނު ތިރިކުރަން ނޭނގިފައެވެ. ‘ޕިޔާރާ’އަކީ މިހާރު އޭނާގެ ވަނަމެކެވެ. ޔިވާމް އާއި އަހުނަފް އެ ނަމުން ނޫނިއްޔާ ލުޔާއަށް ގޮވާވެސް ނުލައެވެ. އެއީ އިވި އިވި ބާވެފައިވާ ނަމެކެވެ. އެހެނަސް މިރޭ އަލަށް އެނަން އިވުން ފަދައެވެ. ލުޔާއަށް ބޭއިޚްތިޔާރުގައި ފޯނު ގެނެސް އޭނާގެ މޭމަތީގައި ބާއްވާލެވުނެވެ. އެރޭ ނިދުނީވެސް އެހެން އޮއްވައެވެ.

ފޯނު ކަނޑާލުމަށްފަހު އަރީފަށް އިނދެވުނީ އެ ފޯނާ ދިމާލަށް ބަލާށެވެ.ކިތަންމެ ފަހަރަކުވެސް ލުޔާއަށް ޕިޔާރާއޭ ކިޔައި ގޮވާލަން އޭނާގެ ހިތަށް އަރައެވެ. އެހެނަސް އޭނާގެ ދުލުން އެ ބަސްތައް ނިކުތުމަށް ފަހު އަނބުރާ ނުގެނެވޭނެތީ ދުވަހަކުވެސް އެ ނަމުން ނުގޮވަނީއެވެ. އެހެނަސް މިރޭ ލުޔާ އެ ސުވާލު ކުރުމުން އެ ނަމުން ގޮވާލަން އޭނާގެ ހިތް އެދުނީއެވެ. އަދި އެ އެދުމަށް ޖަވާބުވެސް ދެވުނީއެވެ. އޭނާއަށް ކުރެވެމުންދާ އިހުސާސް ތަކާމެދު އެ ހިތުގައި ބިރުވެރިކަން އުފެދެން ފެށިއެވެ. ލުޔާ ފެނުނު ފުރަތަމަ ދުވަހުން ފެށިގެން ވެސް އޭނާއަށް އަރީފުގެ ހިތުން ހާއްސަ ޖާގައެއް ވަނީ ދެވިފައެވެ. އެއް ދުވަހުން އަނެއް ދުވަހަށް އެ ޖާގަ ދަނީ ބޮޑުވަމުންނެވެ. އެހެނަސް އެއީ އަރީފުގެ އެއްވެސް ބާރެއް ނެތިއެވެ. އޭނާ ބޭނުންވަނީ ލިއުޒާއާއި އެކު އުފަލުގައި އުޅުމަށެވެ. ރޭގައި ހިނގާ ދިޔަ ހާދިސާއަށް ފަހު ލިއުޒާއަށް ބަދަލުތަކެއް އައިސް ފައިވާކަން އަރީފުއަށް ފާހަގަވިއެވެ. އޭނާ އުންމީދު ކުރަނީ އެކަމުގެ ސަބަބުން އެދެމީހުންނަށް ކުރިން އުޅުނު އުފާވެރިކަން އަނބުރާ ލިބުމަށެވެ. ދެމީހުންގެ ދެމެދުގައި ވާ ފަރަގު ކުޑަވާށެވެ.

އެހެނަސް އިންސާނެއްގެ ހިތަކީ ބާރުފޯރުވޭނެ އެއްޗެއް ނޫން ތާއެވެ. އަރީފު ގަބޫލުކުރަން ބޭނުން ނުވިޔަސް އެ ހިތުގައި ލުޔާއަށް ދެވިފައިވާ މަގާމަކީ ލިއުޒާއަށް ދެވިފައިވާ މަގާމަށް ވުރެ އިސް މަގާމެކެވެ. އެކަމާ ދެކޮޅު ހެދުމަކީ އަމިއްލަ ނަފްސަށް ދޮގު ހެދުން ފަދަ ކަމެކެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

maasham

Level 110 Stories

Other Articles

Previous

ކަޔާލް-7

Next

ޝުދޫ******* (9) ވަނަ ބައި

Next
July 30, 2015

ޝުދޫ******* (9) ވަނަ ބައި

Previews
July 30, 2015

ކަޔާލް-7

23 Comments!

  1. maasham says:
    July 30, 2015 at 1:41 pm

    Guys im really sorry that its so late.. I have been having some problems with my wifi lately. Hope you guys understand.. :))
    Cheers!

  2. cherish says:
    July 30, 2015 at 1:49 pm

    Warah reethi..keehve ehaa lahun up kurany???

  3. maasham says:
    July 30, 2015 at 1:54 pm

    I havent had proper wifi in the past few days. I was trying to upload reyga ves.. But my wifi kept getting disconnected. Really sorry about it.

    1. me says:
      July 30, 2015 at 7:37 pm

      dhiraagu internet service ga massalaeh ulhey kamah vanee..

  4. Shamana says:
    July 30, 2015 at 1:59 pm

    V v v v v. Reethi mi baives … Waiting 4 next part…

  5. kayaani says:
    July 30, 2015 at 2:08 pm

    reethi.. waiting for the next part

  6. aish says:
    July 30, 2015 at 2:19 pm

    feshuneesure mivahaka eba kiyan.. ekamu mee mi vahaka ah kuraa furathama cmmnt… bunelan beynumee v reethi vahaka ekey mee.. i lyk this story v v v much… engey vahaka daily koh up nukureveyinekan.. vahaka liyumuge ithurun dhiriulhumuga kuran jehey ehen kanthah ves hunnanekan. e vedhaane vahaka liyumah vure muhimmu kameh kamah ves,.. misaalakah vazeefa dhw… anyways…. ol da best.. u r a gud writter… i lov ur story… babye.. <3 <3 <3

  7. zu says:
    July 30, 2015 at 2:23 pm

    It was osum 🙂

  8. zaf says:
    July 30, 2015 at 2:42 pm

    daily kh up kureweytho try khba dear ehaa dhuvas khfa up kuryma handhaaneh nuhure kury part ga v kanthah thakeh… story v nice

  9. ifaasha says:
    July 30, 2015 at 2:54 pm

    This part os vvvvv nice.. hope u will up soon… gud luck maasham

  10. mary says:
    July 30, 2015 at 3:33 pm

    alhe mi aitah kihineh vefaatha mihiree nuvess kiyey so sad:-(

  11. Anonymous says:
    July 30, 2015 at 4:24 pm

    pis pis dhe akuru dhey there ah eba laa igiresi baheh.. faranjee viyas bodu varu.. Alhe fahe faranjee bas nulaa thiya beyfulhunge hiypulhuthah nufureny thoa? dhivehi bas dhene vadai nugannavany thoa? Gaimu arabi bahun vaahaka dhehkeema sunatheh ves adhaa kurevey ehenas igiresi bahun vaahaka dhekkeema savaabeh ves nulibey.. ehenoony kommeves gindi baheh laafa hunaany.. minivan vaany bas ves minivan vegennu.. nikan nulaaahiku reethi fashuvi dhivehi bas beynun kureven ohvaa thiya beynun kurany mulhinves faranjee lafzuthah.. madhu madhun beynun kurias kamaa kanfashaa mihunany beynun kohfa… Liyuntherinneyve! Bas minivan kohdhehvaa

    1. maasham says:
      July 30, 2015 at 5:48 pm

      vaahaka liyaa iru alhugandu beynun vany mujuthamauge haalathu vaahakain dhakkan. hithaama huri hageegathaky miadhuge zuvaanunge vaahaka dhekkumugai dhivehi bahah vure ingireysi bas beynun kuraaleh gina kan.. vaahakaige therein dhemeehaku dhakkaa vaahakaehgai menuvy ehgothakahves ingireysi bas beynun nukurumah alhugandu samaalu kan dhinin. ehen namaves ekaku anekakaai vaahaka dhekkumugai hama mi beedhain ingireysi bas beynun kuraathy ekan vaahakain dhekkun alhuganduge magsadhaky. ehves haalehgai dhivehi bas dhah kohlumaky alhuganduge beynumeh noon. khudhu alhugandahvesq liyamun dhaa iru undhagoo vey.. ehenas egothah kan othumun liyun mihen kuriah mi gen dhany.. ekamun thibeyfulhunnah undhaguleh dhimaavanyaa maafah edhen. binaaa kuranivi faadu kiyumaky alhugandah libey kurie erumeh kamugawi dheken. Shukuriyyaa

  12. Ruhu says:
    July 30, 2015 at 7:25 pm

    V salhi next part avahah up kohdhehchey

  13. liu says:
    July 30, 2015 at 8:13 pm

    can someone tell mee igcsege markin sceem huna site eh plsssss

    1. maasham says:
      July 30, 2015 at 8:55 pm

      Try xtremepapers.com if it’s Cambridge you can try the Cambridge university website.
      Cheers!

    2. liu says:
      July 31, 2015 at 12:11 pm

      thanks maasham..what a great person u are ,,,may god bless u

  14. Shabee says:
    July 30, 2015 at 9:25 pm

    Wow v loabi mibaivex…. maasham ashaa story ah like eh… 😉 nxt prt avahah up khdjehchey

  15. mary says:
    July 30, 2015 at 10:37 pm

    vv salhi

  16. nihaa says:
    July 31, 2015 at 12:17 pm

    Nice

  17. Amaana says:
    July 31, 2015 at 7:42 pm

    Maasham kba avahah up khdhyba

  18. suray says:
    August 2, 2015 at 12:08 pm

    daily keehkuran once in two days in viyas up kuranikoh heyovaane. nuvaathi dho mahsalayakee.. v foohiveyey bunan beynun vanee ehen vaathee…

  19. anon says:
    August 2, 2015 at 11:07 pm

    Im a friend of the writer.. writing on behalf of her.. She apologizes for not uploading but the WiFi in her house has been cut off for a few days.. She apologizes to all the readers, because of this she’s unable to upload… Hope you all understand.

Comments are closed.

Next Episodeހަތަރު އުދަރެސް (14)←


All Right Reserved!