ވާލޯބި އެނގޭނަމަ (7 ވަނަ ބައި)
ނަމަވެސް ޝާން އެބުނި އެއްޗަކުން އައިލާގެ ހިތުގއި ޖެހިއްޖެއެވެ. ޔުހާން އާލާ ބޭނުން ވަނީ އޭ ހީކޮއް ރޮވެން އުޅުނެވެ. ރޮވެން އުޅޭހެން ހީވުމުން ޒާރާ ދުއްވައިގަތީ ގެއާއި ދިމާލަށެވެ. “ހުން މިހާރު އޭނަ އަށް ކީއް އެވީ” ޒާރާ ބުނެލިއެވެ. “އޭ ޔުހާން އާލް ދެކެ ލޯބި ވަނީ އޭ ތިބުނީ މަޖަލަކަށް ދޯ” ޒާރާ އަހާލިއެވެ. ޝާން ހިނި ގަނޑު ފަޅައިގެން ދިޔަ އެވެ. އަދި އާން އެކޭ ބުނެލިއެވެ. ” ވެދާނެ އެ އަކީ ތެދެއް ކަމަށް ހީކޮއްފަ އެކަމާ ދެރަ ވެގެން ކަމަށް އައިލާ އެ ދިޔައީ” އާލާ އަށް ބުނެވުނީ ގަސްތަކާއި ނުލައެވެ. ” ޔުހާން އާލް ބެނުން ވިޔަސް އެކަމާ އައިލާ ކީއްކުރަން ދެރަ ވަންވީ” އާސިމް އަހާލީ އެއްޗެއް ޝާއްކު ވެގެން އަހާ ފަދަ އަކުންނެވެ.
“ނޭނގެ ދެން އެވާހަކަ ބާއްވަ. ޒާރާ އާ މަށާ މިދަނީ އައިލާ ކައިރިއަށް. ތިމީހުން ވެސް ދޭ ފެންވަރައިގެން ނަމާދު ކުރަން” އާލާ އިތުރައް އެވާޙަކަ ދައްކަން ބޭނުން ނުވެގެން ބުންޏެވެ. އާލާ އާއި ޒާރާ ވަރަށް ބާރު ހިނގުމެއްގައި ގޮސް އައިލާގެ ކޮޓަރި ދޮރުގައި ޓަކި ޖެހިއެވެ.
މީހަކު ޓަކި ޖަހާތީ އައިލާ އަވަސް އަވަހައް މޫނު ފުހެލާފައި ގޮސް ދޮރު ހުޅުވާލިއެވެ. ދޮރު ހުޅުވާލި އިރު ކުރިމަތީގައި ތިބި އާލާ އާއި ޒާރާ ފެނުމުން އަތު ކޮޅައް ދޮރު ޖަހާފައި ގޮސް އަނެއްކާ ވެސް ވެއްޓި ގަތީ އެނދު މައްޗަށެވެ. އާލާ ތަޅުގައި ހިފާލިއެވެ. ތަޅު ނުލާކަން އިނގޭތީއެވެ. ދޮރުހުޅުވާފައި އާލާމެން ވަނުމުން ވެސް އައިލާ ތެދުވާކަށް ނޫޅުނެވެ. ” އޭ ހަމަ ޖެހިބަލަ. އެއްވެސް ކަމެއް ނުވެޔެ. އެމީހުން އެހެން ކީ މަޖަލައްށޭ. އައިލާ އަށް މާ އަވަހައް ސީރިއަސް ވެވުނީއޭ. ތިހެން ކަންތައް ކުރީމަ މިހާރު އެމީހުންނަށް ތިބީ ޝައްކު ވެފަ.” ޒާރާ މަޑު މަޑުން އައިލާ އަށް ވިސްނައި ދެވޭތޯ ބެލިއެވެ. “މަށައް ފެންނަނި އައިލާ ދެން ޔުހާން ކައިރީ ބުނަން. ކޮންމެސް އެކަކު އިސް ނުނަގާ މިކަމެއް ނުއެއް ވާނެ އެއްނު. މަށައް ވަރަށް ހީވޭ ކަމިޔާބު ވާނެ ހެން. މާދަން ބަންދު ދުވަހެއްނު ހިނގާ ހަވޭރު ތުނޑިއަށް ދާން. ގޮސް ކޮންމެސް ގޮތަކުން އައިލާ އާ ޔުހާން އާ އެކަނި ވާނެ ގޮތެއް ހަދާނި އެންޑް ޔޫ ކޭން އާސްކް ހިމް” އާލާ އޭނާ އަށް ފެންނަ އެންމެ ރަނގަޅު ގޮތް ބުންޏެވެ. “މަށައް ވެސް ފެންނަނީ ތިހެން ހަދަން.އުޅޭ އާސިމް އާ ޝާން އާ ކައިރީ ބުނަން.” އާލާ އާ ޒާރާ އައިސް ވާހަކަ ދެއްކުމުންއައިލާ ހުރީ ކުޑަކޮއް ހަމަ ޖެހިފައެވެ. ނަމަވެސް ޔުހާން ކައިރީ އެވާހަކަ ބުނުމުން ޔުހާން ދޭނެ ޖަވާބަކާއި ދޭތެރޭ ވެސް ހުރީ ކަންބޮޑު ވެފައެވެ. “އުޅޭ މިރޭ އައިސްކޯނު ބޯން ދާން” އާލާގެ މަގުސަދަކަށް ވީ އައިލާ ކުޑަކޮށް ހަމަ އަކަށް އަޅުވާލުމެވެ. 20:30 އަށް ގަޑި ކިޔާފައި ތިން އެކުވެރިން ވަކިވެލިއެވެ.
20:15 ވޭ އިރު އައިލާ ރީތި ވެގެން ނިކުތީ މަންމަ ގާތުން ހުއްދަ ހޯދުމަށެވެ. މަންމަ ގަބޫލު ވުމުން ލާރރި ހިފައިގެން ނިކުމެ އައިލާ އިށީނދެލީ އައިލާ ގޯތި ކުރިމަތީގައި ހުންނަ އަށީގައެވެ. އައިލާގެ އަތް ފައި ފިނިވެލީ ޒާރާ މެންނާ އެކު އަންނަ ޔުހާން ފެނިފައެވެ. ތުންފަތުގައި ވި ލުއި ހިނިތުން އިތުރައް ފުޅާވެލި އިރު އައިލާގެ ހިތުގެ ތެޅުން ވެސް އަވަސް ވިއެވެ. ހަދާނެ ނުހަދާނެ އެއް ނޭނގިފައި އިނަ އައިލާ އަށް ހޭވެރިކަމެއް ވީ އާލާ އައިސް އައިލާގެ ނަމުން ގޮވާލުމުންނެވެ. “ހިނގާ ދަމާ. އެންމެން ހަމަ ވީނު” އެހެން ކިޔާފައި ޝާން ޖީބުނ ފޯނު ނެގީ ކޯލެއް އަންނާތީ އެވެ. ކޯލައް ޖަވާބު ދެމުން ޝާން އެމީހުންނާއި ދުރަށް ޖެހިލިއެވެ. ޝާން އައިސް އަންއްކާ ވެސް އާލާ ގާތުގައި ހުއްޓިލިއެވެ. “ކާކު ގުޅީ” އާލާ ސުވާލު ކޮއްލިއެވެ. “ބައްޕަ ގުޅީ. ކިހިނެތް ވީ؟” ޝާން ސުވާލު ކޮއްލީ އައިލާގެ އުނަގަނޑުގައި އަތް އަޅުވާލަމުންނެވެ. “ބިޓެއް ވެސް ގުޅާފާނެ އެއްނު” ތުން އަނބުރާލަމުން އާލާ ބުނެލިއެވެ. ” ސާބަހޭ ދޫނީ” އާލާ ގައިގައި އޮޅުލައި ގަންނަމުން ޝާން ބުނެލިއެވެ. ” ކަލޭމެން ދެމީހުން ތިކަންތައް ގަނޑު ނިމިއްޖެއްޔާ ދެން ހިނގާ ދާން. އާން މަގުމަތީގައި ވެސް މަޑުން ނުތިބެވޭ ވިއްޔަ.” އައިލާ ރުޅި އަންނަ ކަމަށް ހަދަމުން އެހެން ބުނުމުން އެންމެން އެއް އަޑުން ހޭން ފެށިއެވެ. އެކި ވާހަކަ ތަކުގައި ތިއްބައި އެމީހުންނަށް ފިހާރަ އާއި ހަމައަށް ދެވުމުން އެމީހަކު ބޭނުން އެއްޗެއް ނަގައިގެން އައިސް އެތާ ކައިރީ ހުރި ހަޓަކަށް ވަދެ އެންމެން އިއްތިއެވެ. “އޭ މާދަން ވާން ދޯ ހަވޭރު ކޮންމެސް ތާކަށް ދާން” ޒާރާ ދުރު ދުރުން ވާހަކަ ފެށިއެވެ. ” ކޮންތާކަށް؟” ޝާން ސުވާލު ކުރިއެވެ. ” ހިނގާ ތުނޑިއަށް ދާން. މަ ވަރަށް ތުނޑިއަށް ދާ ހިތްވޭބަ” އެހެން ބުނުމުން އެންމެން ވެސް މާދަން ހަވީރު ތުނޑިއަށް ދަގޮތައް ނިންމިއެވެ. އައިސްކޯނު ބޮއެ ނިމިގެން އެންމެން ހިނގާލަން ދިޔައެވެ.
10 ޖެހުމުން އައިލާގެ މަންމަ ހޯދަން ގުޅިއެވެ.”ޔުހާން ދޭބަ އޭނަ ލާން” އައިލާ ދާން ހިނގައިގަތުމުން ޝާން އެހެން ބުނީ ރޭގަނޑު އަންހެން ކުއްޖަކު އެކަނި ފޮނުވަން ބޭނުން ނުވެގެނެވެ. އައިލާގެ ހިތް އުފަލުން ނަށައިގަތެވެ. އަންނާށޭ ކިޔާފައި ޔުހާން ހިނގައިގަތުމުން އައިލާ ވެސް ހެވި ދިލިފައި ހުރެ ޔުހާން ގެ ފަހަތުން ހިނގައިގަތެވެ. ދިޔަ މަގުމަތީގައި ދެމީހުންގެ ދެމެދުގައި އޮތީ މަރު ފަދަ ހިމޭނެ ކަމެވެ. ޔުހާންގެ އެ މަޑުމައިތިރި ކަމުން އައިލާ އަށް އުނދަގުވިއެވެ. “ޔުހާން މިހާރު އެއްކަލަ މަންޖެ ސެޓު ކުރީތަ؟” ދައްކާނެ ވާހަކައެއް ނޭނގުމުން އައިލާ އެހިއެވެ. “ނޫން. މަ ބުނީމެއްނު ނާހާނަމޭ. މުޅި އުމުރު މީހަކު ނުވެފަ ހުއްޓަސް މަށެއް އެކުއްޖަ ކައިރީއެއް ނާހާނަން. ލޮއެއްބައް ވުރެ މަށައް މުހިންމީ ރަހުމަތްތެރިކަން” ޔުހާން އެހެން ބުނުމުން އެބުނި ކުއްޖާ އަކީ އައިލާ އަށް ވުމަށް އެދި އައިލާ އަށް އެތައް އުންމީދު ކުރެވުނެވެ. “އެހެންތަ. އޯކޭ. މާދަން ތުނޑިއަށް ގޮސް އަހަރެން ބުނާނަން އިނގޭ ސިއްރެއް. ” އެހެން ކިޔާފައި ޔުހާން އެއްޗެއް ބުނުމުގެ ކުރިން އައިލާ ގޭތެރެއަށް ވަދެގެން ގޮއްސިއެވެ. މިރޭ އައިލާ އުޅުން ގޮތުން ޔުހާން ހުރީ ހިސާބަކަށް ހައިރާން ވެފައެވެ. ދެފަރާތައް ބޯހުރުވާލުމަށްފަހު ހިނގައިގަންނަމުން ޔުހާން ޝާން އަށް ގުޅާލިއެވެ. ” ކޮބާ ކައެމެން” ޔުހާން އަހާލިއެވެ. ” އަހަރުން ގޭގައި މިތިބީ” ޝާން އެހެން ބުނުމުން މިދަނީ ކަމަށް ބުނެ ޔުހާން ފޯނު ކަނޑާލިއެވެ.
ޔުހާން ގޮސް ޝާން މެންގެ ގެއަށް ވަން އިރު ޖޯލީގައި އެމީހުން ތިއްބެވެ. ” މީހަކަށް ފެނިދާނެ ތީ ތަ ބޮކިތައް ވެސް ނިއްވައިގެން ތިތިބީ.” އެހެން ކިޔަމުން ޔުހާން އެތަނައް ދިޔަ އިރު ޔުހާން އަށް ވެސް އެތަނުން މީހެއް ވަކި ވާ ވަރެއް ނުވިއެވެ. ” ނޫނޭ ކަލޭ ސިންގަލް ކުއްޖަ އަށް ނުދައްކަން ވެގެން. ހިނިގަނޑެއް ޖަހާލަމުން ޝާން އެހެން ބުނެލިއެވެ. ޝާން އާއި އާލާ އާ އުޅޭ ގާތް ގޮތް ފެނި ޔުހާންގެ ހިތައް ތަދުވަން ފެށުމުން ގެއަށް ދަނީ ކަމަށް ބުނެ ހިނގައިގަތެވެ. ގެއަށް ދެވުމުން ޔުހާން ވަނީ ފާހަނަ އަށެވެ. ފާހަނައިން ނިކުތީ ގަޑިއެއް ހާއިރު ފަހުންނެވެ. އޭރު ޔުހާން ގެ ލޮލެކޭ މަދޮއްޓެކޭ ތަފާތެއް ނެތެވެ. ނިދަން އުޅި އުޅި ޔުހާން އަށް ނިދޭ ގޮތެއް ނުވިއެވެ. އާލާ އާއި ޝާން އުފަލުގައި ހެވިފައި އުޅޭ މަންޒަރު ފެންނަނީއެވެ. އެމީހުންނަށް ޓަކާ އުފާ ވާން ބޭނުން ވި ނަމަވެސް އެމަންޒަރުތަކުން ޔުހާން އަށް ލިބެނީ ބަޔާން ކުރަން ދަތި ވޭން ތަކެކެވެ. ހިތައް އެތައް ޒަހަމުތަކެއް ލިބޭ އިރު ވެސް ހެވިލާފައި ޔުހާން ހުންނަނީ އެކުވެރިންގެ ހައްގުގައެވެ. އެކި ހިޔާލު ތަކުގައި އޮތް ޔުހާން އަށް ނިދުނީ 3 ޖެހުމަކާއި ކައިރި ވެފައި ވަނިކޮށެވެ.
10 ޖަހާ އިރުކޮޅެއް ހިނގިތަނާ ޝާން އައިސް ޔުހާން އަށް ގޮވަން ފެށިއެވެ. ކޮންމެ ހުކުރަކު ވެސް އެމީހުން މޫދައް ދެއެވެ. އެތައް އިރަކު ގޮވިފަހުން ޔުހާން ޔުހާން ހޭލުމުން ޔުހާން ސައިބޮން ދެން ޝާން އިނެވެ. ސައިބޮއެގެން ދާން އުޅެނިކޮށް އާސިމް ވެސް އައިސް އެ ގެއަށް ވަނެވެ. ” މިހާރު ޝާންމެން ގެއަށް ވެސް ގޮއްސިން ހޯދަން. ކަލޭމެން ލަސް ވެގެން އަތިރީގަ ހުރެފަ މަ މި އައީ. ހިނގާ އަވަހައް ދާން” އެހެން ކިޔާފައި އާސިމް ހިނގައިގަތެވެ. މޫދުން އައިސް ހުކުރަށް ދިޔައީ ވެސް ތިން މީހުން އެކުގައެވެ. މިއަދުގެ ކެއުން އޮތީ އާސިމް މެން ގޭގައި ކަމުން ހުކުރުން ފައިބައިގެން ޔުހާން އާއި ޝާން ވެސް ދިޔައީ އެ ގެއަށެވެ.
“އޭ މަ މި ގޮސް ނިދާލަން ޖައްސާލާނި. ރޭގަ ނުވެސް ނިދަން. ކޮންމެސް އެކަކު ގޮވާތި މަށައް.” ޔުހާން އެހެން ކިޔާފައި ދޮފަން އިއްތިއެވެ. “ކަލޭ ނުނިދާ ކިޔެއް ކުރަނި. ގައިމު ބިޓެއް ވެސް ހުންނަ މީހެއް ނޫން. އަނެއްކާ ވަގު ބިޓެއް ހުންނަނީތަ” އާސިމް ދިމާ ކޮއްލިއެވެ. “މަވެސް ފަހަރެއްގައި ޖައްސާލާނަން. އެހެންމަ ކައެ ވާނެ އަހަރުންނަށް ގޮވަން. މިއަޑު ތުނޑިއަށް ނުދެވިއްޖެއްޔާ ރަނިކަމަނާ ރުޅި ދުރުވާނެ.” ޝާން އާސިމް ގާތު ބުނެލިއެވެ.އާސިމް މައްސަލަ އެއް ނެތް ކަމަށް ބުނުމުން ޔުހާން އާއި ޝާން ގެއަށް ދާން ހިނގައިގަތެވެ.
ޝާން ގެއަށް ގޮސް އޮން ވެލީ އާލާ ގާތުގައި ބުނެފައި ނިދާށެވެ. އެހެން ނޫނީ އާލަ ހޯދާނެ ކަން އިނގޭތި އެވެ. ޝާން އޮން ވި އިރު އާލާ އެތައް ބައިވަރު މެސެޖު ތަކެއް ފޮނުވާފައި ހުއްޓެވެ. ރުޅި އައިސް ކަމަށް ހެދިގެން ކިޔާފަ ހުރި އެއްޗިސް ފެނިފައި ޝާން ގެ ތުންފަތައް ލުއި ހިނިތުން ވުމެއް ވެރިވިއެވެ. ސޮރީ އޭ ކިޔާ މެސެޖު ކޮއްލަމުން އާލާ ކޮއްފަ ހުރި މެސެޖު ތަކުގެ އެސްއެސް އެއް ނަގާފައި ޔުހާން އަށް ފޮނުވާލި އެވެ. އަދި “އިސިންޓް ޝީ ދި ކިއުޓެސްޓް” އޭ ބުނެލިއެވެ. ޝާން ފޮޓޮ އެއް ފޮނުވުމުން ޔުހާން ކޯޗެއްތޯ ބަލާލިއެވެ. އާލާ ކޮއްފައި ވާ މެސެޖު ތައް ފެނި ޔުހާން ހިތުގައި ޖެހި ދެރަވިއެވެ. ަދި ޝާން އާ އަށް އެ ފޮނުވުމުް ޝާން ދެކެ ރުޅި އާދެވުނެވެ. އައިސްފައި ހުރި ރުޅީގައި “ކަލޭ ކީއްކުރަން މަށައް ތި ތިދައްކަނީ” އެހެން ކިޔާ މެސެޖް ކުރުމަށް ފަހު ވައިފައި އޮފް ކޮއްލާފައި އަތުގެ ކޮޅަށް ފޯނު ހޫރާލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
