ވާ ލޯބި އެނގޭ ނަމަ ( 6 ވަނަ ބައި )
އަހަރެން ބޭނުމެއް ނޫން އަހަރެންގެ އުފަލައް ޓަކައި އަހަރެންގެ އެންމެ ގާތް އެކުވެރިޔާގެ އުފާތައް ގެއްލޭކަށް” ޝާން އެހެން ބުނެލީ ސީރިއަސ ވެފައި ހުރެއެވެ. ” އަޅޭ ކަލޭ މީހަކާ ރައްޓެހި ވީމަ މަގޭ އުފާތަކެއް ނުގެއްލޭނެ. މަ މާ އުފާ ވާނެ ކަލޭ ލޯބިވާ މީހަ އާ އެކީ ކަލޭ އުފަލުގަ އުޅޭތަން ބަލަން.” ޔުހާޏް ބުނި އެއްޗެއް ޝާން އަށް ފަހުމު ވާ ގޮތެއް ނުވިއެވެ.
ޔުހާން ބުނި އެއްޗެއް ޝާން އަށް ނުވިސްނުނު ކަމީ ހަމަ ނަސީބެކޭ ހިތައް އަރުވާލަމުން ކުލާހާއި ދިމާލަށް މިސްރާބުޖެހިއެވެ. އާލާ މެންނަށް ކުލާހައް ވަދެވުނީ ކިޔަވައިދޭން ފެށިފަހުންނެވެ. އަވަހައް ގޮސް ގޮނޑީގައި އިށީނދެ ފިލާވަޅު ނަގަން ފެށިއެވެ. ސުކޫލުގެ ކިޔެވުން ނިމި ޝާން ގެއަށް ދާން ހިނގައިގަތީ އާލާ އާއި އެކުއެވެެ. ދިޔަ މަގުމަތީގައި އެކަކުވެސް އެހާ ވާހަކައެއް ނުދައްކައެވެ. ޝާން ގެއާއި އަރާ ހަމަ ވުމުން އާލާ އަށް ނަޒަރެއް ދީފައި ހަނާ އަޅާ ލުމައްފަހު ގެއަށް ވަނެވެ. އާލާ ވެސް ގެއަށް ގޮސް ތާޒާ ވެލައިގެން ފޯނު ނަގާ ޝާން އަށް މެސެޖެއް ކޮއްލިއެވެ. އާލާ އާއި ވާހަކަ ދައްކަން އޮތް ޝާން ސިއްސައިގެން ދިޔައީ ކުއްލިއަކަށް މީހަކު ޕޮއް ގޮއްވާލުމުންނެވެ. “ހޫން ސާބަހޭ” ޝާން އެހެން ބުނެލީ ޔުހާން އާއި ދިމާލަށެވެ. ލާނެއް ފާޑަކަށް ހެމުން އައިސް ޝާން ކައިރީގައި އޮތް ޖޯލީގައި ޔުހާން އިށީނެވެ. “ކީއްވެޔޯ ކިނބުލެއް ހެން ހެވިފަ ތި އޮންނަނީ” ޝާން އާއި ދިމާލައް ބަލާލަމުން ޔުހާން އަހާލިއެވެ. “މި އާލާ އަށް މެސެޖު ކުރަނީ” ހެވިލާފައި ޝާން ދިން ޖަވާބުން ޔުހާންގެ ހިތައް އެތައް ތީރު ތަކެއް އެއްފަހަރާ ހަރާލިއެވެ. ވަގުތުން މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ.
“ދެން ގެއަށް ގޮސްލީ އިނގޭ. އަސުރުން ފައިބައިގެން ދިމާ ވާނަން” ޔުހާން ދާން ތެދުވަން ހެދުމުން ޝާން ޔުހާން ހިފެހެއްޓިއެވެ. ” މަޑު ކޮއްބަލަ އިހައް.. އެއްކަލަ ވާހަކަ ކިޔާބަލަ. ކަލޭ ބުނީމެއްނު މަ ކައިރީ ފަހުން ކިޔާނަމޭ” “ދެން އެވާހަކަ ބާއްވަބަލަ. މަ ބޭނުމެއް ނުވޭ އެވާހަކަ ދައްކާކައް. މަ މިއުޅެނި އޭނަ މަތިން ހަނދާން ނައްތާލަން” ޔުހާން ބުނެލީ ދުރު ބަލާލަމުންނެވެ. “އެހާ އަވަހައް ގިވްއަޕް ނުކޮއްބަލަ. އަދި ހަމަ ލިބިދާނެ އެއްނު. ހިނގާބަލަ ޓްރައި ކޮއްލަން އަދި އެހެންވެ އޭ މިބުނަނި މަ ކައިރީ ބުނާށޭ އޭރަށް ދޯ މަށައް ވެސް ހެލްޕެއް ވެވޭނީ” ޔުހާން އަށް ވިސްނަދޭ ފަދަ ގޮތަކަށް ޝާން ބުނެލިއެވެ. “ޝާން އަށް ހެލްޕެއް ނުވެވޭނެ އޭ. ކާކުތަ އަމިއްލަ އުފާ ގުރުބާން ކޮއްފަ މަށައް އުފާ ހޯދަދޭން އުޅޭނި. މަ ބޭނުމެއް ނޫން އެހާ ދުވަސް ފަހުން ޝާން އަށް އުފާ ތަކެއް ލިބުނީމަ އެ އުފާތައް ފޭރި ގަންނަ މީހަކަށް މަ ވާކަށް. އެހެން ނޫނަސް އާލް މަ ދެކެ ލޮއެއްބެއް ނުވާނެ ދުވަހަކުވެސް” ޔުހާން އަށް ބުނެވުނު އެއްޗެއް ފަހުމް ވީ މާ ފަހުންނެވެ. ” ހަހަހަހަހަ ވަރަށް ސީރިއަސް ވެފަ ދޯ ތި އިންނަނީ. މަ މަޖާ ކޮއްލީއޭ ޝާން ބުނާ އެއްޗެއް ބަލާލަން ވެގެން. އެހެން ނޫނަސް ޝާން އަށް ދެން ހަމަ ހީވޭތަ މަ އާލް ފަހަތުން އުޅޭނެ އޭ” ހަމަ ޖެހޭ ގޮތް ދައްކަމުން ޔުހާން ބުނެލިއެވެ. “ހޫން ސާބަހޭ މަ ކިރިޔާ ހިތް ނުހުއްޓުނީ. އެކަމް އަސްލު ދެންމެ ޔުހާން ތި ދެއްކި ވާހަކަ އަކީ ތެދަކަށް ވީ ނަމަ އަހަރެން ހަމަ ހިތުން ރުހުމުން ޔުހާން އަށް އާލް ދޭނަން” ޝާން ސީރިއަސް ވެފައި އެހެން ބުނުމުން ޔުހާން ހިތުގަ ރިއްސާލިއެވެ. އެންމެ ގާތް އެކުވެރިޔާ އޭނާ އަށް ޓަކައި އެހާ ބޮޑު ގުރުބާނީ އެއް ވާން ތައްޔާރުގައި ހުއްޓައި ވެސް އޭނާ އަށް އެލޯބިވެވެނީ އެންމެ ގާތް އެކުވެރިޔާގެ ލޯބިވެރިޔާ ދެކެ އެވެ. ޔުހާން އަށް އަމިއްލަ ނަފްސު ދެކެ ރުޅިއާދެވުނެވެ. ޔުހާން ބޭނުންވީ ވީ އެންމެ އަވަހަކަށް ގެއަށް ދާށެވެ. ޔުހާން ދަނީ ކަމަށް ބުނުމުން މިފަހަރު ޝާން ވެސް ހުއްޓުވާކަށް ނޫޅުނެވެ.
ބާރު ފިޔަވަޅުތަކެއް އަޅަމުން އައިސް ޔުހާން ގެއަށް ވަނީ އިސްދަށައް ޖަހައިގެންނެވެ. ލޮލުގައި ބަބުޅަމުން ދިޔަ ކަރުނަތައް މީހަކަށް ފެނިދާނެތީ އެވެ. ކޮޓަރި އަށް ވަދެވުމާއެކު ޔުހާން އަށް ރޯން ފެށުނެވެ. މި ނޫނީ ދުވަހަކުވެސް ޔުހާން އަންހެން ކުއްޖަކަށް ޓަކައި ނުރޮއެވެ. މީހުން ބުނަނީ ތެދެކެވެ. ލޮއެއްބަކީ ކަނު އެއްޗެކެވެ. ޔުހާން އެނދުމަތީގައި ބަންޑުން އޮށޯތެވެ. އެތައް އަރަކު އެގޮތައް އޮވުމަށްފަހު ޔުހާން ތެދުވެ ފަހަތް ބަލާލީ މީހަކު ދޮރު ހުޅުވާލިހެން ހީވެގެންނެވެ. ކުރިމަތީގައި ހުރީ ޔުހާންގެ މަންމަ ހަދީޖާ އެވެ. ރަތްވެ ދުޅަވެފައިވާ ދެލޯ ފެނުމުން ދަރިފުޅު އެހުރީ ރޮއެފައިކަން ހަދީޖާ އަށް އިނގުނެވެ. ހިނގާފައި އައިސް ޔުހާން އަތުގައި ހިފައި އެނދުގައި ބޭންދިއެވެ. ހުރި ހަމަ އެކަނި ފިރިހެން ދަރި ކަމުން އެހެން ދަރިންނަށް ވުރެ ޔުހާން ދެކެ ހަދީޖާ ލޯބިވެއެވެ. “ކިހިނެއް ވީ ދަރިފުޅާ” މަޑުމައިތިރި ކަމާއެކު ހަދީޖާ އަހާލިއެވެ. ހަމަ ހިމޭން ކަމުގެ ސާލެއް އޮޅައިގެން ޔުހާން އިނެވެ. ” މަންމަ އަށް އިނގޭ މިހާރު ދަރިފުޅު މަޑު މަޑުން ބޮޑު ވަނީ. ކުދިންނާ ރައްޓެހި ވުން ކަހަލަ ކަންކަން ވެސް އޮންނާނެ. މީގެ ކުރިން ދުވަހަކު ވެސް މަންމަ ނުދެކެން ދަރިފުޅު ރޮނިކޮށެއް. މަންމަ ކައިރީ ކިޔަ ދިނީމަ ދަރިފުޅުގެ ހިތައް ފަސޭހަ ވާނެ. މަންމަ އަށް ކިޔާދީބަލަ ކިހިނެއް ވީ ކަން” ދަރިފުޅުގެ މޫނައް ބަލަން އިނދެ ނުހަނު ލޯބިން ހަދީޖާ ވާހަކަ ދެއްކިއެވެ. ނަމަވެސް ޔުހާން އަކީ އެއްވެސް އިރެއްގައި މަންމަ ގާތުގައި އަމިއްލަ ވާހަކަތައް ދެއްކި މީހެއް ނޫން ވީމައި އިނީ އެވާހަކަ ބުނާނެ ގޮތެއް ނޭނގިފައެވެ. ” މަންމާ…” މަޑު މަޑުން މަންމަ އަށް ގޮވާލުމަށްފަހު މަންމަގެ އުނގުގައި ބޯ އަޅާލިއެވެ. ރޮވެން ފެށުމުން ޔުހާން އަށް އިތުރު ވާހަކަ އެއް ނުދެއްކުނެވެ. ހަދީޖާ ވެސް އިތުރު ވާހަކައެއް ދައްކާކަށް ނުހަދައެވެ. އެހެން އެތައް އިރަކު އޮތެވެ. އަސުރު ބަންގި ގޮވަން ހެދުމުން ތެދުވެ ފާހަނަ އަށް ވަނެވެ. ތާޒާ ވެލައިގެން ނަމާދައް ދާން ހިނގައިގަތެވެ.
ނަމާދުން ފައިބައިގެން ޔުހާން އައީ ގެއަށެވެ. ޝާން ވެސް ނަމާދުން އައިސް ސައިބޮއެގެން ޝާން ހިނގައިގަތީ ޔުހާން މެން ގެއަށް ދިއުމަށެވެ. ޔުހާން އާއި އެކު ފުޓުބޯޅަ ދަނޑާއި ދިމާލަށް ހިނގައިގަތެވެ. މިއަދު ޔުހާން މާ މަޑުން ހުންނަ ކަން ފާހަގަ ވެގެން ޝާން ސުވާލު ކުރުމުން ބޮލުގައި ރިއްސަނީ ކަމަށް ބުނެ ޔުހާން އޮޅުވާލިއެވެ. ކުޅެން ދިޔަ އިރު އަދި އެކަކު ވެސް ދަނޑައް ނާދެއެވެ. ” އޭ މިސާލަކަށް މަ ފެގު ބޮންޔާ ކައެ މަ ދެކެ ރުޅި އަންނާނަންތަ؟” ސީރިއަސް ވެފައި ޔުހާން ސުވާލް ކޮއްލިއެވެ. “ކީއްވެ ކުއްލި އަކަށް އެހެން ތި އެހީ. އަނެއްކަ ބޮނީތަ” ޝާން އެހެން އެހީ ޔުހާން ފެގެއްގައި އަތް ވެސް ނުލާނެ ކަން އިނގި ހުރެއެވެ. ” ނޫން ނުއެއް ބޮން. ހަމަ އަހާލީ” ޔުހާން ބުނެލިއެވެ. އެހެން ތިއްބައި މީހުން ހަމަ ވުމުން އެދެމީހުން ވެސް ކުޅެން އެރިއެވެ.
ކުޅެ ނިންމާފައި އައި މަގުމަތީގައި ޔުހާން މެންނަށް އާލާ މެންނާއި ދިމާވިއެވެ. އެންމެން ވާހަކަ ދައްކަން ޝާން މެން ގޯތި ފާރު ކައިރީ މަޑު ކޮއްލުމުން ވެސް ޔުހާން އެދިޔަ ބާރު މިނުގައި ދިޔައީ ގެއަށެވެ. ގޮވާ ގޮވާ އަޑު އިވޭ ކަމެއް ވެސް ނުހެދިއެވެ. “އޭނަ ކިހިނެއް ވެފަ އެހެރި؟” އާލާ އަހާލިއެވެ. “ނޭނގެ. އޭނަ އާލާ ދެކެ ލޯބި ވިއްޔޯ” ޝާން ބުނެލީ ހިނި އައިސް ހުރެފައެވެ. “އަސްލުތަ؟” އައިލާ އަށް ކުއްލި އަކަށް ހަނދާން ވީ ކުރިން ދުހު ސުކޫލުގައި ޔުހާން ބުނި ވާހަކަ އެވެ. އެދުހު ޔުހާން އެހެން ބުނުމުން ޔުހާން ލޯބިވަނީ އައިލާ ދެކެ ކަމަށް ހީކޮއް އައިލާ ހުރީ ވަރަށް އުފަލުންނެވެ. ނަމަވެސް ޝާން އެބުނި އެއްޗަކުން އައިލާގެ ހިތުގއި ޖެހިއްޖެއެވެ. ޔުހާން އާލާ ބޭނުން ވަނީ އޭ ހީކޮއް ރޮވެން އުޅުނެވެ. ރޮވެން އުޅޭހެން ހީވުމުން ސުމާ ދުއްވައިގަތީ ގެއާއި ދިމާލަށެވެ. “ހުން މިހާރު އޭނަ އަށް ކީއް އެވީ” ޒާރާ ބުނެލިއެވެ. “އޭ ޔުހާން އާލް ދެކެ ލޯބި ވަނީ އޭ ތިބުނީ މަޖަލަކަށް ދޯ” ޒާރާ އަހާލިއެވެ. ޝާން ހިނި ގަނޑު ފަޅައިގެން ދިޔަ އެވެ. އަދި އާން އެކޭ ބުނެލިއެވެ. ” ވެދާނެ އެ އަކީ ތެދެއް ކަމަށް ހީކޮއްފަ އެކަމާ ދެރަ ވެގެން ކަމަށް އައިލާ އެ ދިޔައީ” އާލާ އަށް ބުނެވުނީ ގަސްތަކާއި ނުލައެވެ. ” ޔުހާން އާލް ބެނުން ވިޔަސް އެކަމާ އައިލާ ކީއްކުރަން ދެރަ ވަންވީ” އާސިމް އަހާލީ އެއްޗެއް ޝާއްކު ވެގެން އަހާ ފަދަ އަކުންނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
