ހިތް ދެވިއްޖޭ ކަލާޔަށް ހުވާ – 8
ނުކްޝާން އިރުކޯކޮޅާ ގަޑި ބަލަމުން ދިޔައެވެ. ހީވަނީ ގަޑި ހިނގާލެއް ލަސްވެގެން އުޅޭހެންނެވެ. ނުވަގަޑި ބައި ނުވަނީސް ދޮރުގައި ޓަކި ޖަހާ އަޑު އިވުނެވެ.”ހާދަ އަވަހަކަށް ތި އައީ.. އަދި ބައި ނުވެސް ވޭ…” ހަމްނާ އާއި ދިމަ ބަލާލަމުން ނުކްޝާން ގާތަށް ހިނިއައެވެ.”ނޭނގޭނެނުން.. އަސްލު މިތާ ކައިރިގެއެއްގަ އިނީމަ އެހާ އަވަހަށް އާދެވުނީ..” ހަމްނާ ބުންޏެވެ.”އާދޭ އިށީންނަން.. އަސްލު އެއްކަލަ ފައިލް ހަވާލު ކޮށްލަން މި ގެނައީ… އެބަ އަންނަން…” ނުކްޝާން ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ.”އެއީ އަހަރެންގެ ލޯބިވެރިޔާ އެއް ނޫން.. ޖެލެސް ވިޔަސް ނުވިޔަސް މަމި ބުނީ ތެދު..” ޔަމްހާ ވާހަކަ ދައްކަން އަނގަހުޅުވާލުމާ އެކު ނުކްޝާން ބުނާނެ އެއްޗެއް ބުނެފައި ފައިލް ހިފައިގެން ކޮޓަރިން ނިކުތެވެ. އެވަގުތު ސިހުނީ ކުރިމަތީގައި ހުރި މީހާ ފެނިފައެވެ.
**8 ވަނަ ޕާޓު**
“ލައިހާން؟!!..ކީއްތިކުރަނީ މިތާ..” ނުކްޝާން ދަތްކުނޑި ވިކާލިއެވެ.”ކަލޭ މަންމަ ހޯދަން.. ކޮބާތަ އޭނަ..” ލައިހާން ނުލަފާ ވައްތަރަކަށް ބަލާލިއެވެ.”އޭނަ އުޅޭނެ..ކަލޭ އޭނަ ހޯދަން އައުމުގެ ބޭނުމަކީ ކޮބާ..” ނުކްޝާން ދެލޯ އަޅާލިއެވެ. އޭރު ހަމްނާ ވާނުވާގައި އިނެވެ.”އޭނަ ހޯދަން އަންނަން ޖެހޭނެނުން.. އާނ ތިއެއް ނޫނޭ.. ކަލޭ މަންމަ ނުބުނޭ ދޯ މީ ކާކު ކަމެއް..” ލައިހާން ނުކްޝާން އާއި ދިމާއަށް ލޯ ހަނިކޮށްލިއެވެ.”ތިއީ ލައިހާން… މަންމަ ނުބުންޏަސް އެދުވަހު އިނގުނު ތީ ލައިހާން ކަން..” ނުކްޝާން ކުރިއަށް ހިނގައިގަތެވެ.”ހަމަ ރަނގަޅަށް ވެސް ނުބުނޭ އަދި… ދެން ކަލޭ މަންމަ ވީތަން ބުނަން ވީނުން..” ލައިހާން މާ ވާހަކަ ގިނަ ކުރާކަށް ބޭނުމެއްނުވިއެވެ.”މިގެއިން ނިކުމޭ.. މަގޭ މަންމައެއް ނުފެންނާނެ ކަލެއަކަށް..” ނުކްޝާން އަތް މުއްކަވާލިއެވެ.”ނުފެންނަނީހެއް ނުދާނަން.. މަރުވެފަ އޮތިއްޔާ ކަށްވަޅުން ނަގައިގެން ކަމަކު މަށަށް ދައްކާ..” ލައިހާން ހުރީ ގޮތުގައެވެ. ނުކްޝާން ރުޅި ކޮންޓްރޯލް ކުރަން މަސައްކަތް ކުރަމުން ފައިލް މޭޒުމަތީގައި ބޭއްވިއެވެ.
“ނިކުންނާށޭ..އަޑެއް ނީވޭތަ.. މީ ކަލޭގެ ގެއެއް ނޫނޭ މީ މަގޭ މަންމަގެ ގެއެއް.. ކަލެއަކަށް ބާރެއް ނުފޯރުވޭނެ މިގެއަކަށް..” ނުކްޝާން ދެލޯ އަޅާލިއެވެ.”ފޯރު ވިއްޔާ ކީއްކުރާނީ…” ލައިހާން ހިނގައިގަތީ ކާގެއާ ދިމާއަށެވެ.”އޭއި.. އިތުރަށް އެންމެ ފިޔަވަޅެއް ވެސް އަޅައިގެން ނުވާނެ..” ނުކްޝާން ލައިހާން އަތުގައި ހިފާފައި ކޮށްޕާލިއެވެ. ހަމްނާ އިނީ ބިރުން ވިރޭ ވަރުވެފައެވެ.”ކާކު ބުނީ މަގޭ ގައިގަ އަތްލާށޭ..” ލައިހާންގެ ސަމާސާ ގޮތްގަނޑު ރުޅިވެރިކަމަށް ބަދަލުވާން ސިކުންތެއްވެސް ނުނެގިއެވެ. ލައިހާންގެ އަތުން ނުކްޝާންގެ މޫނުމަތީގައި ޖެހީ މޫނު ޗިސް ޗިސް ވާވަރަށެވެ. ނުކްޝާން ވެސް އައި ރުޅީގައި ކައިރީގައި ހުރި ގޮނޑި އަތަށް ހެޔޮވަރު ކޮށްލުމަށްފަހު ލައިހާން ގަޔާއި ދިމާއަށް އެއްލިއެވެ.”ނުކް!!..” ހަމްނާ ބާރަށް ގޮވާލިއެވެ. ޔަމްހާ އާއި ނިޝްފާ އަދި ނަވްޔާ އާއި ނީކިޔާ ނުކުމެގެން އައީ އެވަގުތެވެ. “ދަރިފުޅާ…ހާދަ ވަރެއް ކޮށްލާފަ… ކިހިނެއް ހެދީ.. ތަދުވޭތަ” ނިޝްފާ ދެލޯ ބޮޑުކޮށްލާފައި ނުކްޝާން ކައިރިއަށް އައެވެ.”މަންމާ މަ އޯކޭއޭ.. އެއީ ކާކުތަ…” ނުކްޝާން މޫނުމަތިން އައިސް ހުރި ލޭތަށް އަތުން ފުހެލިއެވެ.”ލައިހާން..!! މިހާރު ނުކް އަށް ވެސް އަނިޔާ ކުރަން ފެށީތަ..” ނިޝްފާ ލައިހާން އާއި ދިމާއަށް ބަލާލިއެވެ.
“ނިޝްފާ ދެރަ ވަނީ މަށަށް ކަމެއް ވީމައެއް ނޫން ދޯ..” ލައިހާން ތެދުވެފައި އައިސް ނިޝްފާގެ އަތުގައި ބާރަށް ހިފަހައްޓާލިއެވެ.”ދާންއުޅޭށޭ..” ނުކްޝާން ލައިހާން އަތުގައި ހިފައިގެން ގެއިން ނެރެން ދިޔައެވެ. ނިޝްފާ ހައިރާންވެފައި ބަލަން ހުއްޓެވެ.”ދަރިފުޅާ..ދެން މަންމަ ނޫޅެން މިކަން ސިއްރު ކުރާކަށް..” ނިޝްފާ ފެންކަޅިވެފައި ސޯފާގައި އިށީނެވެ.”ހަމް..އެހަށް އޯކޭ ދިޔަޔަސް…” ނުކްޝާން ހިނިތުންވަމުން ބުންޏެވެ. ހަމްނާ ފައިލް ހިފައިގެން ނިކުތެވެ. ނުކްޝާން ވެސް ނިޝްފާ ކައިރީގައި އިށީނެވެ.”ދަރިފުޅާ.. ރުޅި ނާނައްޗޭ..” ނިޝްފާ އިނީ ޖެހިލުންވެފައެވެ. ނަވްޔާ އާއި ނީކިޔާ ވެސް ނިޝްފާ ވާހަކަ ފަށަންދެން އިނެވެ.”އެއީ ނުކްގެ ބައްޕަ..” ނިޝްފާ ދެލޯ މަރާލިއެވެ. ނުކްޝާން ސިހިފައި ކޮޅަށް ތެދުވިއެވެ. މީގެ ކުރިން ނުކްޝާން ބައްޕަ ކޮބާހޭ އެހިޔަސް ނިޝްފާގެ ޖަވާބަކީ ބައްޕަ ދެން ނާންނާނެއޭ އެވެ. އެހެންކަމުން ނުކްޝާން ނިންމައިގެން ހުރީ އޭނާގެ ބައްޕަ މަރުވީ ކަމަށެވެ.
“އެކަމް..މަންމާ..އެކަމް.. އަހަރެންގެ ބައްޕަގެ ނަމަކީ ލައިހާންއެއް ނޫން..އާޒިމް..” ނުކްޝާން ހިތް ވަނީ ސުވާލުތަކުން ފުރިފައެވެ.”އާނ.. އެއީ އާޒިމް.. އަމިއްލައަށް ނަން ބަދަލު ކޮށްގެން އުޅެނީ ނުކް އުފަންވީއްސުރެން.. އޭނާގެ އައިޑީ ކާޑްގައި އިންނާނީ އާޒިމް..” ނިޝްފާ އިނީ ނުކްޝާން ރުޅި އައިސްދާނެތީ ބިރުންނެވެ.”ދެން..ކީއްވެ ބައްޕަ އެހާ ރުޅި އަންނަނީ މަންމަ ދެކެ..” ނުކްޝާން ހުރީ ހުރިހާ ސުވާލެއްގެ ޖަވާބު ހޯދާހިތުންނެވެ.”ނުކްގެ ބައްޕަ ލޯބިވީ ނަވްމެންގެ މަންމަ ދެކެ.. އެކަމް އޭރު ނަވްމެންގެ މަންމަ އުޅެނީ ނަވްމެންގެ ބައްޕައާ ރައްޓެހި ވެގެން.. ދެން މަންމަގެ މައިންބަފައިން ބޭނުންވީ އާޒިމްއާ މަންމަ ގުޅެން… މަންމަ ދެން ރުޅި އައީ ނަވްމެންގެ މަންމައަށް ބޭނުން މީހަކާ ރައްޓެހިވާން ހުއްދަ ދީފަ މަންމައަށް އެހެން ހެދީމަ…މަންމައާ ކައިވެނި ނުކުރި ނަމަ އާޒިމްއަށް ނަވްމެންގެ މަންމައާ އިންނަން ފުރުސަތު އޮތް…” ނިޝްފާ ކިޔާދިނެވެ. ނުކްޝާން ހުރީ ހައިރާންވެފައެވެ.
“މަންމަ ކީއްވެ ސިއްރު ކުރީ މިހުރިހާ ކަމެއް….” ނުކްޝާން ޝަކުވާގެ ރާގަކަށް ބުންޏެވެ.”މަންމަ އަށް ކިޔާދޭނެ ހިތްވަރު ނުލިބުނީ.. މަންމައަށް މާފުކުރޭ..” ނިޝްފާ ކުށްވެރިއެއް ފަދައިން އިސްޖަހާލިއެވެ.”މާފު ކޮށްފިން..” ނުކްޝާން ކޮޓަރިއަށް ވަނެވެ. ޔަމްހާ ވެސް ފަހަތުން ވަނެވެ.”ނުކްޝާން..” ޔަމްހާ ގޮވާލިއެވެ.”މަށާ ވާހަކަ ނުދައްކާ ހުރެބަލަ..” ބޯ ހާސްވެފައި ހުރުމާއެކު ނުކްޝާންއަށް އިސްކުރެވުނީ ރުޅިއެވެ. ކޮންމެފަހަރެކޭ ވެސް އެއްގޮތަށް ޔަމްހާ މާޔޫސް ކަމާއެކު އަނގަ ލައްޕާލިއެވެ. ނުކްޝާން ސޯފާގައި އިށީނެވެ. އޭރު ނުކްޝާން ލަމުން ދިޔަ ނޭވާގެ އަޑު ފިޔަވައި އުތުރު އަޑެއް ނީވެއެވެ. ޔަމްހާ ނޭވާ ހިފަހައްޓާލައިގެން އިން ކަހަލައެވެ.”ބައްޕާ..” ނުކްޝާން ބޮލުގައި އަތް އަޅާލިއެވެ. އޭނައަށް ބައްޕަގެ ލޯބި ބޭނުން ވެފައި ހުންނަތާ ކޮން ދުވަހެއް ހެއްޔެވެ؟ ހަޔާތުގެ ފުރަތަަމަ ފަހަރަށް ބައްޕަ ފެނުމުން އުފާ ކަމެއް ނޫނީ ދެރަ ކަމެއް ވާންވީ އެއް ނުކްޝާންއަކަށް ނޭނގުނެވެ. އެންމެ ކުޑައިރުއްސުރެ ފެށިގެން ކުޑަމިނުން ބައްޕަގެ ފޮޓޯގަނޑެއް ވެސް ނުފެނި އުޅުނީ ދެރަ ނުވާތީއެއް ނޫނެވެ. އަލުން އަނބުރާ ކުރީގެ ދިރިއުޅުމަށް ގޮސް މަންމައާ ބައްޕައާ އެކު އުޅެން ނުކްޝާން ބޭނުންވިއެވެ. ދެވަނަ ސިކުންތުގައި ނުކްޝާން ހިތަށް އެރިއެވެ. ނަވްޔާއާއި ނީކިޔާ މާ ހިތްވަރު ގަދަ ނޫންހެއްޔެވެ؟ މަންމައާއި ނުލާ އެ އުޅުނީ އެއްވެސް ޝަކުވާއެއް ނުކޮށެވެ. މާ ބޮޑަށް ވިސްނެން ފެށުމުން ނުކްޝާން ސޯފާގައި އޮށޯންނަމުން ލޯ މަރާލިއެވެ.
ނަވްޔާ އެނދަށް އަރާފައި ވިސްނަން ފެށީ ނިޝްފާ އެ ދެއްކި ވާހަކައާ ދޭތެރޭގައެވެ. އިރުކޯކޮޅާ ރިންގް ވަމުން ދިޔަ ފޯނަށް ބަލަހައްޓައިގެން އޮތް އިރު ނަވްޔާގެ ލޯ ވަނީ ފެންކަޅިވެފައެވެ.”ނަވް.. ތި ފޯނު ނަގާބަލަ.. އޭނަ ކިހާ ދެރަވާނެ ތިހެން ހެދީމަ.. އެޓްލީސްޓް ކިޔާދީބަލަ ވީގޮތް.. ނަވްގެ ހާލު ނޭނގޭތީ އޭނަ ހާދަ ހާސްވާނެއޭ.. އޭނާ ހީކުރާނީ އޭނަދެކެ ރުޅި އައިސްގެންނޭ ނަވް ތިއުޅެނީ.. އޭނަ ހިތަށް ވެސް ތަދުވާނެއޭ ނަވް..” ނީކިޔާ ނަވްޔާގެ ހަރަކާތްތަކަށް ބަލަން އިނދެފައި ބުންޏެވެ.”އަޅެ ހެޔޮނުވާނެ.. އޭނާއަށް މާ ބޮޑަށް އަސަރު ކުރާނެ އަހަރެން އެހެން މީހަކާ އިންނަ ވާހަކަ ބުނެފިއްޔާ.. އޭނަ މާ ބޮޑަށް ހިތުގަ ޖެހޭނެ އޭނައާ އޮތް ގުޅުން ކަނޑާލަން ޖެހިއްޖެޔޭ ބުނެފިއްޔާ..” ނަވްޔާ ބުންޏެވެ.”ދެން ކިހިނެއްތަ ހަދާނީ ނަވް..” ނީކިޔާ އެހިއެވެ.”ނޭނގެ.. އަހަރެން ވެސް ގޮތް ހުސްވެފަ.. ނުކް މިހާރު ދެކަމާ ވިސްނާނެ.. މަ ބޭނުމެއް ނޫން އޭނަގެ ބޯ ހާސްކުރާކަށް ވެސް.. އަޅެ ކިހިނެއް ހަދާނީ..” ނަވްޔާ ފޯނާއި ދިމާއަށް ބަލާލިއެވެ.”އެހަށް މިރޭ ނިދާލާ.. މާދަމާ އިރާދަކުރެއްވިޔާ ތި ބޮލުގަ ރިހުމަށް ލުޔެއް ލިބޭނެ..” ނީކިޔާ ގޮސް އޭނާގެ އެނދަށް އެރިއެވެ.
“ރޭގަ ކޮންހާ ކަމެއް އެ ހިނގީ… މަވާ ބިރުން ހަލާކު..” އަނެއް ދުވަހު އޮފީހުގައި ހުސްވަގުތެއް ލިބުމުން ހަމްނާ އެހިއެވެ.”އެއީ ކުޑަ ފެމިލީ މައްސަލައެއް…” ނުކްޝާން ކުޑަކޮށް ހީލިއެވެ.”އޯވވ.. އެކަމް އެތާ ހުރި ބޮޑު ފިރިހެން މީހާ ހާދަ ވައްތަރޭ ނުކްއާ..” ހަމްނާ ބުމަ އަރުވާލިއެވެ.”އާނ..ހެހެ..” ނުކްޝާން ބުންޏެވެ.”ނަސީބެއް ކަންނޭނގެ ރޭގަ ނުހުރެވުނުކަން ދޯ.. އެހެންނޫންނަމަ އޭނަ މަ މަރާނެ..ހާދަ ރުޅިގަދަ މީހެކޭ..” ހަމްނާ ހިނިގަނޑެއް ޖަހާލިއެވެ.”ދޯ..” ނުކްޝާން ވެސް ހަމްނާއާއި އެއްބައި ވިއެވެ.”ކޮފީ ބޭނުން؟..” އަތުގައި އޮތް ކޮތަޅު ދައްކާލަމުން ހަމްނާ ބުންޏެވެ.”ދިނިއްޔާ ހިފާނަން.. ގަދަކަމުން އަތުލާކަށް ނޫޅެން ކޮންމެހެން..” ނުކްޝާން ހިނިގަނޑެއް ޖަހާލިއެވެ. ހަމްނާ ކޮފީ ދަޅެއް ނަގާފައި ނުކްޝާންއަށް ދިނެވެ.
ކުރަމުން ދިޔަ މަސައްކަތަށްވުރެ ނަވްޔާގެ ސަމާލުކަން ހުއްޓިފައިވަނީ ފޯނަށެވެ. ފުން ނޭވާއެއް ލުމަށްފަހު ފޯނު އަތަށް ނެގީ ޒާއިފްގެ އަޑު އަހާލާ ހިތުން ކެތްމަދުވެގެންނެވެ. ދެވަނަ ސިކުންތުގައި ޙިޔާލު ބަދަލުވެ އަލުން ފޯނު މޭޒުމަތީގައި ބޭއްވީ ޒާއިފް އާއި ވާހަކަ ދައްކާނީ ކިހިނެއްކަން ނޭނގޭތީއެވެ.”ނީކް.. އަހަރެން ކައިވެނި ކޮށްފަ ޒާއިފް ކައިރިއަށް ދާނީ ކޮން މޫނަކާއިގެން.. އޭނައަށް އަހަރެން ބޭވަފާތެރި ވަނީއޭ ހީކުރާނީ..” ނީކިޔާ އާއި ދިމަ ބަލާލަމުން ނަވްޔާ ވާހަކަ ދެއްކިއެވެ.”އެހެންވެގެންނޭ މި ބުނަނީ ރީއްޗަށް ކިޔާދޭށޭ.. އޭނާއަށް އަންޑަސްޓޭންޑް ވާނެ..” ނަވްޔާ ފޯނު އަތުލަމުން ނީކިޔާ ބުންޏެވެ.”ދެން އޭއި..” ނަވްޔާ ދެބުމަ ގޮށްޖަހާލިއެވެ. ނީކިޔާ ފޯނު ނަގަން އުޅުމުން ނަވްޔާ އެ ފޯނު އަތުލާފައި ނިއްވާލީ އިތުރަށް ބޮލަށް ތުރާ ވެދާނެތީއެވެ.”މަ ދައްކާ ވާހަކަ އަޑު ނާހާ މަ ކައިރިއަށް އަންނަނީ ކީއްކުރަން..” ނީކިޔާ ނަވްޔާ ކައިރީގައި އިށީނެވެ.
ނިޝްފާ ސިޓިން ރޫމުގައި އިންދައި ކުއްލިއަކަށް އާޒިމް ދޮރު ކުރިމަތީގައި ހުއްޓުނެވެ.”ކީއްކުރަން މިތަނަށް ތި އަންނަނީ ކޮންމެ ދުވަހަކު..ނިކުމޭ..” ނިޝްފާ ޖެހިލުންވީ ނުކްޝާން ނެތުމުންނެވެ.”ތި ބުނާހާ ފަސޭހައިން ނުނިކުންނާނަން އިނގޭ..” އާޒިމް ގޭތެރެއަށް ވަނެވެ.”ނުކް އަށް ކަލޭގެ ހުރިހާ ވާހަކަ އެއް ކިޔާދީފިން..” ނިޝްފާ އެ އިންތަނުގައި އިނެވެ.”ރަނގަޅު.. ތިހެން ކެރެން ޖެހޭނެ.. ކޮބާ އޭނާ..” އާޒިމް ހޯދާލީ ނުކްޝާން އެވެ. ނިޝްފާ އެއްޗެކޭ ނުބުނެ އިންނަން ފެށުމުން އާޒިމް ހިތްހަމަ ނުޖެހެން ފެށިއެވެ.”އަދި އަންނާނަން.. އެހާ ފަސޭހައިން ސަލާމަތެއް ނުވާނެ..” ފޯނަށް މީހަކު ގުޅުމުން އާޒިމް ނިކުތެވެ. ނިޝްފާ ގަނެފައިވާ ބިރު ކޮންމެސް ވަރަކަށް ކުޑަވިއެވެ. ދެން އަންނާނެ ވަގުތެއް ނިޝާފާއަކަށް ނުވެސް އިނގެއެވެ.
“ނުކް.. އަހަރެން ވަރަށް ބޮޑު ވާހަކަ އެއް ބުނަން ވެފަ އެބައޮތް..” ހަމްނާ ބުންޏެވެ.”ބުނެބަލަ..” ނުކްޝާން ހަމްނާ އާއި ދިމަ ބަލާލިއެވެ.”އަމްމް..” ހަމްނާ ހިތް އަވަސް ވިއެވެ.”ހްމްމްމް ބުނީމަ ދޯ އިނގޭނީ ތި ވާހަކައިގަ ހުރި ވަރެއް..” ލާނެއް ކަމާއެކު ހެމުން ނުކްޝާން ކޮޅަށް ތެދުވިއެވެ. ހަމްނާ އިސްޖަހާލިއެވެ. ބުނަން އުޅޭ ވާހަކަ އަކުން ދެމީހުންގެ މެދުގައި އޮތް އެކުވެރިކަމަށް ބުރޫ އަރާފާނެތީ ހަމްނާއަށް ބުނަން ނުކެރެނީއެވެ.”ނުކް… އައި ލައިކް ޔޫ..” ހަމްނާ ނުކްޝާންގެ ފަހަތުން ބައްދާލިއެވެ. އޭނައަށް ނުކްޝާން މީހަކާ ރައްޓެހި ނުވާކަމަށް ޔަގީން ވެއެވެ.”ހަމް މޮޔަވީތަ..” ނުކްޝާން ސިހިފައި ހަމްނާ އަތުތެރެއިން ނިކުތެވެ. ހަމްނާ ހިތް ތެޅިގަތެވެ.”އަހަރެން ހިއެއް ނުކުރަން… ހަމް..” ނުކްޝާން ހުރީ ހައިރާންވެފައެވެ.”ހަމް.. އަހަރެންނަށް ހަމްއާ ރައްޓެހި ވެވޭކަށް ނެތް.. އަހަރެން މީ މީހެއްގެ ފިރިއެއް..” ނުކްޝާން އެހެން ބުނެފައި ފިރިހެން ފާހަނާއާއި ދިމާއަށް ހިނގައިގަތެވެ. ޔަމްހާ ދެކެ ކިތަންމެ ރުޅިއެއް އައި ނަމަވެސް ބޭވަފާތެރި ވާކަން ނުކްޝާން ބޭނުމެއް ނޫނެވެ.
ހަމްނާ އެހުރި ގޮތަށް ހުރީ ހުއްޓުން އަރާފައެވެ. ރޯން ވެސް ހަނދާންނެތުނެވެ. ނުކްޝާން މީހަކާ އިނދެގެން އުޅޭއިރު އޭނަ ކައިރީ ނުބުނީ ކީއްވެބާއެވެ؟ އަނެއްކާ ނުކްޝާން ދޮގު ހަދާނީ ހެއްޔެވެ؟ އެހެނެއް ނުވާނެއެވެ. ނުކްޝާން ދުވަހަކު ވެސް އޭނާއަށް ދޮގު ހަދާފައެއް ނެތެވެ. އެ ހަދަނީ ތެދު ވިއްޔާ އެއީ ކޮން އިރަކު ކިހިނެއް ވީ ކަމެއް ބާއެވެ؟ ކައިވެނި ކޮށްފިއްޔާ ކޮންމެވެސް ގޮތަކުން އިނގެންޖެހޭނެއެވެ. ހަމްނާ ލޯ މަރާލިއިރު ކަރުނަތައް ފައިބައިގެން ގޮސްފިއެވެ. ދެން ނުކްޝާން އަންނަން ވާއިރަށް އެތާ ހުންނާކަށް ހަމްނާއަކަށް ނުކެރުނެވެ. “އައިމް ސޮރީ ފޯރ ރޫނިންގް އަވާރ ފްރެންޑް ޝިޕް..” މޭޒުމަތީގައި އިން ސްޓިކީ ނޯޓްސްގައި އެހެން ލިޔުމަށްފަހު ހަމްނާ ކަރުނަތައް ފުހެލިއެވެ.
ފާޚާނާއިން އައި އިރު ހަމްނާ ފެންނާކަށް ނެތެވެ. ފުން ނޭވާއެއް ލާފައި ނުކްޝާން ގޮނޑީގައި އިށީނދެ ހަމަޖެހިލާން އުޅެނިކޮށް ލޮލުގައި އަޅައިގަތީ ހަމްނާ ލިޔެފައި އިން ނޯޓްއެވެ. އެއަށް އިރުކޮޅަކު ބަލަން އިނުމަށްފަހު ނުކްޝާން އެ ކަރުދާސްކޮޅު ބޮނޑިކޮށްލާފައި ޑަސްބިނަށް އެއްލާލިއެވެ.”ކޮން ސޮރީ ބޮރީއެއް ކިޔާކަށް… މިކަމާ ހެދި އަންހެން އެކުވެރިއެއް ގެންގުޅެވޭ ކަމަކަށް ނުވޭ.. އެކަމް ހަމް އެއީ ހާދަ ގުޑް ފްރެންޑް އެކޭ..” ނުކްޝާން އަމިއްލަ ނަފްސާއި ވާހަކަ ދެއްކިއެވެ. އަނެއްކާ ވެސް ވިސްނަން ޖެހޭ އަނެއް ކަންތަކެވެ. ހަމްނާއާއި ނުކްޝާންގެ އެކުވެރިކަން ނުކްޝާން ބޭނުމެވެ. ނަމަވެސް ލޯބިވާ މީހަކާ އެކީ އެކުވެރިކަމާއެކީ އުޅުމަކީ ވެސް އެހާ ފަސޭހަ ކަމެއް ނޫނެވެ. އެކަންކަމާ ނުވިސްނައި ގޮނޑީގައި ހަމަޖެހިލަމުން ނުކްޝާން ބެލީ މަސައްކަތް ނިންމޭތޯއެވެ. ނަސީބަކުން މިއަދު އޮތީ ވެސް އެހާ އުނދަގޫ މަސައްކަތެއް ނޫނެވެ. ހަމައެކަނި ފައިލް ރިޕޯޓެކެވެ.
ގެއަށް އައި އިރު ނުކްޝާން ހުރީ ވަރަށް ވަރުބަލި ވެފައެވެ. ނިޝްފާ ސައިބޯން ގޮވުމުން ވެސް ފަހުންނޭ ބުނެފައި ކޮޓަރިއަށް ވަނީއެވެ. ޔަމްހާ އޭރު ބާލީސްތައް ތަރުތީބު ކުރަން ހުއްޓެވެ. ފެންވަރާލައިގެން ހޫޑީ އަކާއި ކަޅުކުލައިގެ ޖިންސް އެއް ލައިގެން ނުކްޝާން ބޭރަށް ނިކުތީ ހިތްހަމަ ޖައްސާލަންށެވެ. “ހެއި ލައްމު.. ބިޒީތަ..” ނުކްޝާން ލަމާންއަށް މެސެޖް ކޮށްލީ ވައިބާ އިންނެވެ.”މި ދަނީ އިނގޭ ތި ގެއަށް.. ކުޑަ ވާހަކައެއް ދައްކާލަން ވެފަ އެބޮތް..” ލަމާން އާއެކޭ ބުނުމުން ނުކްޝާން ލަމާން މެންގެއަށް ދާން ހިނގައިގަތެވެ.
“ކައެ ކޮން ވާހަކައެއްތަ ދައްކަން އުޅުނީ..” ލަމާން އެހިއެވެ.”އަސްލު..މީ… މަގޭ ބައްޕައަކީ ކާކުކަން އިނގި ދިމާވެގެން..ދެން އަނެއްކާ ނަވް ޒާއިފްއާ ރައްޓެހިވީފަހުން މީހަކު މަންމަ ކައިރިއަށް ނަވްގެ ކައިވެންޏަށް އެދިގެން އައީމަ ނަވް ޒާއިފް ކައިރީ އެވާހަކަ ބުނަން ނުކެރިގެން އޭނަ ގުޅީމަ ފޯނެއް ނުނަގާ.. ދެއަނެއް ކަމަކީ ހަމް އާ މަށާ ދޭތެރޭ އޮތް ފްރެންޑްޝިޕް ގެއްލިއްޖެ.. އެއްކަލަ ސުދާގެ ހަމަލާއަކަށް ވެސް ތައްޔާރުގަ ހުންނަން މި ޖެހެނީ..” ނުކްޝާން ފުން ނޭވާއެއް ލިއެވެ. ލަމާންގެ ދެލޯ ބޮޑުވިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


