ނަފްރަތަކީ ލޯބީގެ ފެށުން 10
*ޒާރާ ގަންނަން ގެނައި ހުރިހާ އެއްޗެއް އަލުން އަނބުރާ ހުރިތަނަށް ލާން ބޭނުންވިއެވެ.ކައުންޓަރ ދޮށުގަ އިން މީހާ އިސް އުފުލާ ބަލާލީ އެތާގަ މީހަކު ހުރިތޯ ބަލަންށެވެ.ކުރިމަތީގަ ހުރި ޒާރާ ފެނުމުން އޭނާއަށް ސިހުނެވެ.ދެ އަހަރު ކޮއްފަ ބަލަން ބޭނުން ނުވާ މަންޒަރު ފެނުމުން ވަކި ނުސިހޭނީ ކާކުހެއްޔެވެ.”ޒާރާ؟” އެ ފިރިހެން ވަންތަ އަޑު ޖެހުމުން ޒާރާ ހީބިހި ނަގައިގަތެވެ.*
ދެވަނަ ސިކުންތުގަ ޒާރާ ގަންނަން އުޅުނު ހުރިހާ އެއްޗެއް އަލުން އަނބުރާ ގެންދަން އުޅުނެވެ. ނަމަވެސް އެ ފިރިހެން މީހާ ޒާރާގެ އަތުގަ ހިފިއެވެ. “އަތުން ދޫކޮއްލާ” ޒާރާ ވަރަށް ހަރު ކަށި ކޮއްބުނެލިއެވެ. އަދި އެމީހާ ވަގުތުން ޒާރާގެ އަތުން ދޫކޮއްލިއެވެ. “ކަލެއަކާ ހެދި ނެތް މަށަށް މިދުނިޔޭގަ އުޅެވޭކަށް…ދާހާ ކޮންމެ ތާކަށް އެބަ އާދެއޭ” ޒާރާގެ ދެބުމަ ގޮއްޖަހާލިއެވެ. އެވަގުތު އެ ފިރިހެން މީހާ ވަރަށް ނުލަފާ ހިނިގަނޑެއް ޖަހާލިއެވެ. ހީވަނީ ދުނިޔެ މޮޔަވެގެން އުޅޭ މީހެއް ހެންނެވެ. “މަމި ކަލޭ ދާހާ ތާކަށް އަންނަނީ ކަލޭ ހޯދާކަށް ނޫން” އެ ފިރިހެން މީހާ ބުނެލިއެވެ. “އެހެންތަ…ތެން ކީއްވެ ތި އަންނަނީ މަގޭ ފުލުން އޮޅު ބުޅަލެއް ހެން…އޭ އާލިޝް ކަލޭ ކިތަންމެ ފޮނި ވެގެން އުޅުނަކަސް ބޭނުންވާހާ ކަމެއް ނުވާނެ އިނގިއްޖެ” ޒާރާ އެ ފިހާރައިން ނިކުންނަން ހިނގައި ގަތެވެ. ނަމަވެސް ދެން އާލިޝް ކުރި ކަމަކުން ޒާރާގެ ދެލޯ ބޮޑުވިއެވެ.
“އަޔާނީ އަވަހަށް ތެދުވޭ މިހާރު އެއޮށް އަށެއް ޖަހަނީ” އަލްމާސާ އަޔާނީ ކޮޓަރީ ދޮރުގަ ޓަކި ޖަހަން ފެށިއެވެ. “އާން މި ތެދުވަނީ” އަޔާނީ ވަރަށް ނިދި އަޑަކުން ބުނެލިއެވެ. އަދި މޯޅި އަކަށް ދެމިލާފަ އެނދު މަތި އޮތް ގޮތަށް ބާއްވާފަ ފެންވަރާލަން ވަނީ ފާޙަނަ އަށެވެ. ފަސް މިނެޓު ފެންވަރައި ނިމިގެން އެއްޗެހި ލައިގެން އަޔާނީ ފާޙަނައިން ނިކުތެވެ. ތެމިފަ ހުރި ބޯ ހިއްކަމުން އަޔާނީ އިއްތީ ޑްރެސިންގ ޓޭބަލްގަ އިންނަ ގޮނޑީގައެވެ. އިސްތަށިގަނޑު ތުވާއްޔާއި އެކު އޮޅާލާފަ އަޔާނީ ރީތިވާން ފެށިއެވެ. މޫނު މަތީ ކުޑަ މޭކަޕް ކޮޅެއް ޖައްސާފަ ހުންނައިރު އަޔާނީގެ ސޫރަ ހީވަނީ އިތުރަށް ރީތި ވިހެންނެވެ. ތުވާލި އިސަތަށިގަނޑުން ނައްޓާލާފަ ފުނާ އަޅަން ފެށިއެވެ. ފުނާ އަޅާނިންމާފަ ބޮލުގަ ކަޅު ކުލައިގެ ރިބަން ކޮޅެއް އެއްސިއެވެ. ކޮޅައް ތެދުވެފަ ޓޭބަލް ތެރެއަށް ގޮނޑި ވެއްދިއެވެ. ގަދަ ރަތް ކުލައިގެ ޖަމްޕަރ އަކާއި ނޫކުލައިގެ ޖެހިންގ ފިޓް އެއް ލާފަ ހުންނަ އިރު އަޔާނީ ހީވަނީ ބޭރު ކުއްޖެއް ހެންނެވެ. ގަޔަށް ސެންޓު ބުރުވާލާފަ އަޔާނީ ކޮޓަރި ބޮކި ނިއްވާލާާފަ ނިކުތެވެ.
“އަވަސް ކުރޭ ސައި ބޮއެގެން ދާން ހިނގާ…ކުޑާ ސައި މިހާރު ބޮއެފިން…ނަބާ ފެންވަރުވާލާފަ އެބަ އަންނަން” އަލްމާސާ ނަބާހާ އުރާލާފަ ވަނީ ކޮޓަރިއަށްށެވެ. “ކުޑާ ކޮންތާކަށް ދާން އެހާ އަވަސް އަރުވާލައިގެން ތި އުޅެނީ؟” އަޔާނީ އެއްސެވެ. “އަނޭ…އަމްމް…ކުޑާގެ ހަޒްބަންޑް އަންނަނީ އެހެންވެ” އަލްމާސާ ބުނަން ނުބުނަން ހުރެފަ ބުންޏެވެ. “އަސްލުވެސް…ވޯ އޯ މައި ގޯޑް ފައިނަލީ ކުޑާ ބޭބެ ފެންނަން އެ އުޅެނީ” ސައިބޯން އިއްތި އަޔާނީ ފުންމައިގެން އެރިއެވެ. ހީވަނީ އަލްމާސާ އަށް ވުރެވެސް ބޮޑަށް އަޔާނީ އުފާވެފަ ހުރި ހެންނެވެ. “ހޫން…ދެން ހެޔޮ އަވަސް ކޮށް ސައި ބޮއޭ” އަލްމާސާ ބުނެލިއެވެ.”ނުބޯނަން” އަޔާނީ ބުނެލިއެވެ. “އެއީ ކީއްވެ” އަލްމާސާ ގޮސް އަޔާނީ ކައިރީ ހުއްޓުނެވެ. “ބިކޯޒް…އައިމް ގޮއިންގ ޓު އީޓް މައި ބްރެކް ފާސްޓް ވިތް ކުޑާ ބޭބެ” އަޔާނީ ފޮނިވެލިއެވެ. އެތަގުތު އަލްމާސާ ރަކިވިއެވެ. އަދި ގޮސް ނަބާހާ ފެންވަރުވާން ފެށިއެވެ.
އަޔާނީ ބޭރަށް ނިކުތީ ނަބާހާއަށް ޔޯގަޓް ތައްޓެއް ގަންނަން ކައިރީގަ ހުރި ފިހާރަ އަކަށް ދިއުމަށެެވެ. ތިން ވަރަކަށް މިނެޓް ފަހުން އަޔާނީއަށް އެ ފިހާރަ ކައިރިއަށް ދެވިއްޖެއެވެ. ފިހާރަ ދޮރު ހުޅުވާލި ތަނާ އަޔާނީގެ އަނގައިގަ ވަގުތުން އަތް އެޅުނެވެ. މިފެންނަ މަންޒަރު މީތެދެއް ބާއޭ ވެސް ހިތައް އަރައެވެ.
“އަނާ ފްރީތަ؟” ޝިމާން އެއްސެވެ. “އާނ ފްރީ ފޫހި ވެގެން މި ނިކުތީވެސް” އަނާރާ ޖަވާބު ދިނެވެ. “އެހެން ވީމަ މަށާ އެއްކޮއް ހިނގާބަލަ އަތިރި މައްޗަށް ގޮސްލަން” ޝިމާން ބުނެލިއެވެ. އަނާރާ އެކަމަށް ދެކޮޅު ނަހަދާ އެއްބަސް ވިއެވެ. އަދި ޝިމާންގެ ފަހަތުން ހިނގައިގަތެވެ. “އަނާރާ ސިންގަލްތަ؟” ދިޔަ މަގުމަތީ ޝިމާން އެއްސެވެ. “ދޮންބޭ މިހާރު ތި އުޅެނީ ބިޓެއް ސެޓު ކުރަންތަ…އަނާރާ ތި މަގޭ ކްލާސް މޭޓް އިނގޭ ދޮންބެ އެކްސެޕްޓް ކުރިއްޔާމުން ވަރަށް ފައްކާވާނެ” ޝައިމަން އަނގަ ގަތަ ކަމުން ބުނެލިއެވެ. “އަޅޭ މަށެއް ނޫޅެމޭ ކޮންމެ ކޮންމެ މީހެއް ސެޓް ކުރާކަށް ދެންވެސް އަނގަ މުޑުން ލައިގެން ހުރެބަލަ” ޝިމާން ޝައިމަން ކަންފަތުގަ މަޑު މަޑުން ހިފާލިއެވެ. އަދި ޝައިމަންގެ އަނގައިން އާހެއްގެ އަޑު އިވުނެވެ. “އަޅެ މަ މަޑުންނޭ ކަންފަތުގަ ހިފީވެސް އާހެކޭ ބާހެކޭ ކިޔާކަށް” ޝިމާން ބުނެލިއެވެ. އެވަގުތު އަނާރާއަށް ހެވުނެވެ. “އެހެނީ އެހެނީ…މަ އެހީ އަނާ ސިންގަލް ހޭ” ޝިމާމް އެއްސެވެ. “ހްމްމް…ސިނަގަލް” އަނާރާ ބުނެލިއެވެ. އެ ވަގުތު ޝިމާންގެ ހިތް ނަޝާލި ފަދައެވެ. ނަމަވެސް އެކަމެއް ޝިމާންގެ މޫނުމައްޗަކުން ނުދައްކައެވެ. ކުރިމައްޗަށް އެރި މިރިހެން މީހާ ފެނިފަ ޝިމާން ޝައިމަން އަދި އަނާރާވެސް ހައިރާންވިއެވެ. “ކަލޭ ތި މަގޭ ޑުޕްލިކޭޓް އެއްތަ؟” ޝިމާން އަހާލިއެވެ. ޝިމާން
އާއި އެ ފިރިހެން މީހާ ވައްތަރު ކަމުންނެވެ. ނަމަވެސް އެ
ފިރިހެން މީހާ ހުރީ ހެޑް ފޯން އަޅައިގެން ކަމުން އަޑު ނީވުނީ ކަންނޭނގެއެވެ. އެ މީހާ ބަހެއް ވެސް ނުކިޔާ ދިޔައީ އެމީހާގެ މަންޒިލަށެވެ.
********************************
ކައިރީގަ މީހެއް ހުރިހެން ހީވެގެން އާލިޝް ޒާރާ ކައިރިން ދުރަށް ޖެހިލިއެވެ. އަދި ފިހާރަގެ ދޮރާ ދިމާލަށް ބަލާލެވުނެވެ. އެވަގުތަކީ ވިޝާން އައިސް ފިހާރައަށް ވަތް ވަގުތެވެ. ދޮރު ކައިރީގަ ހުއްޓުން އަރާފަ ހުރި އަޔާނީ ފެނިފަ ވިޝާން ހައިރާން ވިއެވެ. ދެން ބަލާލީ ކައުންޓަރ ކައިރީގަ ހުރި ދެ މީހުންނަށެވެ. އޭރު ޒާރާގެ މޭކަޕް ފޭދިފަ ހުރި އިރު ހީވަނީ ބުދެއް ހެންނެވެ. އާލިޝަ ހުރީ ބިރުން ކުރާނެ ކަމެއް ނޭންގިފައެވެ. “މި ތާގަ މި ވަނީ ކޮންކަމެއް؟!” ވިޝާން އަށް އެހުނީ ވަރަށް ބާރަށްށެވެ. އަދި އަޔާނީގެ ގޮނޑުގަ އތް ވަށާލާފަ ކައިރި ކޮއްލިއެވެ. އެކަކުގެ ޖަވާބެއް ނައުމުން ވިޝާން އަނެއްކަވެސް އެ ސުވާލު ތަކުރާރި ކުރިއެވެ. “ދެޓް ވޯޒް މައި ފަސްޓް…..
~ނުނިމޭ~
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.


let me continue that
*ދެޓް ވޯސް މައި ފާސްޓް ކި
To: A n u u
Ahaha let’s see dhw?