ނަފްރަތަކީ ލޯބީގެ ފެށުން 11
.
*ކައިރީގަ މީހެއް ހުރިހެން ހީވެގެން އާލިޝް ޒާރާ ކައިރިން ދުރަށް ޖެހިލިއެވެ. އަދި ފިހާރަގެ ދޮރާ ދިމާލަށް ބަލާލެވުނެވެ. އެވަގުތަކީ ވިޝާން އައިސް ފިހާރައަށް ވަތް ވަގުތެވެ. ދޮރު ކައިރީގަ ހުއްޓުން އަރާފަ ހުރި އަޔާނީ ފެނިފަ ވިޝާން ހައިރާން ވިއެވެ. ދެން ބަލާލީ ކައުންޓަރ ކައިރީގަ ހުރި ދެ މީހުންނަށެވެ. އޭރު ޒާރާގެ މޭކަޕް ފޭދިފަ ހުރި އިރު ހީވަނީ ބުދެއް ހެންނެވެ. އާލިޝަ ހުރީ ބިރުން ކުރާނެ ކަމެއް ނޭންގިފައެވެ. “މި ތާގަ މި ވަނީ ކޮންކަމެއް؟!” ވިޝާން އަށް އެހުނީ ވަރަށް ބާރަށްށެވެ. އަދި އަޔާނީގެ ގޮނޑުގަ އތް ވަށާލާފަ ކައިރި ކޮއްލިއެވެ. އެކަކުގެ ޖަވާބެއް ނައުމުން ވިޝާން އަނެއްކަވެސް އެ ސުވާލު ތަކުރާރި ކުރިއެވެ. “ދެޓް ވޯޒް މައި ފަސްޓް…..*
ޒާރާ އަނގަ މަތީގަ އަތް އަޅައިގެން ހުރެ މިސްރާބު ޖެހީ ފިހާރައިން ނިކުންނާށެވެ. ނަމަވެސް ވިޝާންގެ އަނެއް އަތުން ޒާރާގެ މުލައް ދަނޑީގަ ހިފެހެއްޓިއެވެ. “ކިހިނެއް ހޭ މިވަނީ!!” މިފަހަރު ވިޝާން ބުނީ ވަރަށް ބާރަށްށެވެ. “ކަމެއް ނުވޭ” ޒާރާ ހުރީ ފެންކަޅި ވެފައެވެ. “ކަމެއް ނުވަންޏާމުން ކީއްވެ އެންމެން ތިހިރީ ހުއްޓިފަ” ވިޝާން ރުޅިއައެވެ. “އައި ސްޓޯލްޑް ހަރ ފަސްޓް ކިސް…ކިހިނެއް ވީ” އާލިޝް އެއްމިޔަ ކަނުން ހީލާފަ ބުންޏެވެ. އެވަގުތަކީ ޒާރާ ގަދަ ދައްކާފަ ބޭރަށް ނިކުތް ވަގުތެވެ. “ކަލޭ އަޅެ ކީކޭ ހިތައް އަރައިގެން ތި ޒާރާގެ ފުލުން ތިދުވަނީ” ވިޝާން ވާހަކަ ދައްކާ ވަރަކަށް ދަނީ އަޑު ބާރު ވަމުންނެވެ. އަދިވެސް އަޔާނީ ހުރީ ހުރިތަނަށް ގަނޑު އަރާފައެވެ. ނަބާހާއަށް ގަންނަން އުޅުން ޔޯގަޓް މަތިންވެސް ހަނދާން ނެތުނު ފަދައެވެ. “އެއީ ހަމަ އޭނަ ފުލުން މަ ދާހިތުން” އާލިޝް ބުނެލިއެވެ. އޭރު އޭނާ ހުރީ ވަރަށް ފޮނި ވެފައެވެ. “ހަމަ ހުވާ މިބުނީ މަބޭނުން ޒާރާ ގޮވައިގެން މި ރަށުން ބޭރަށް ދާން” ވިޝާން ބުނެލިއެވެ. “އޭ ބްރޯ…މަ މިއުޅެނީ ޒާރާގެ ފުލުންނެއް ނޫނޭ” އާލިޝް ބުނެލިއެވެ. “ދެން ކާކުގެ ފުލުން” ވިޝާންގެ އަތް މުށްކެވުނެވެ. އެއީ އަޔާނީ ކަމަށް ހީ ކޮއްށެވެ. “ޒާރާގެ ރޫމް މޭޓް…ކައެ ބިޓުގެ އެކުވެރިއެއް” އާލިޝް ބުނެލިއެވެ. “ކަލޭ ތާކުން ޖެހޭ އަންހެނަކާ އަޅައިގަނެގެން ތި އުޅެނީ ކީއްވެ؟ އޭނ؟ ކޮން ފައިދާއެއް ލިބޭނެތީ” ވިޝާން އަސްލަށްވެސް ހުރީ ރުޅި އައިސްފައެވެ.
ޒާރާ ހުރީ ބޯ އަނބުރާ ގަނެފައެވެ. އަތިރިމައްޗާ ކައިރި ވުމުން ޒާރާ ގޮސް އިށީނީ އެތާގަ އިން ބެންޗެއްގައެވެ. އތަނަށް ހިނގާފަ އައި އަނާރާ ޝައިމަން އަދި ޝިމާންވެސް ޒާރާއަށް ފެނުނެވެ. އޭރު ޒާރާ ކިރިޔާ އޮތީ ހޭ ނުނެތިއެވެ. ކުރީގެ މާޒީތައް ޒަާރާގެ ބޮލުތެރޭގަ ވަށާލިއެވެ. ޒާރާ މަޑު މަޑުން “އަނާ ކޮއްކޮ” އޭ ބުނެވުނެވެ. އެ އަޑު އަނާރާގެ ކަންފަތުގަ ޖެހުނެވެ. އެ އަޑު އިވުން ދިމާލަށް ބަލާލި އިރު ބެންޗްގަ ހޭނެތިފަ އޮތް ޒާރާ ފެނުނެވެ. އަނާރާ ވީހާވެސް އަވަހަކަށް އެދިމާލަށް ދުއްވައިގަތެވެ. ވާނުވާގަތިބި ޝައިމަން އަދި ޝިމާން މަޑު މަޑުން ދުވެލާފަ އަނާރާއާއި އެއްވަރު ކުރިއެވެ. ހޭނެތިފަ އޮތް ޒާރާ ލޮލުގަ އަޅައިގަތީ ދެނެވެ. “އޭ.ޑީ.ކޭ އަށް ގުޅާބަލަ ނޭނގެ ދައްތަ އަށް ވެފަ އޮތް ގޮތެއްވެސް” އަނާރާ ހުރީ ވަރަށް ހާސް ވެފައެވެ. ޝައިމަން އާއެކޭ ބުނެފަ އޭ.ޑީ.ކޭ ހޮސްޕިޓަލް އަށް ގުޅާލިއެވެ. ހަ ވަރަކަށް މިނެޓް ވިތަނާ އެމްބިއުލެންސް އައެވެ. ޒާރާ ވަރަށް އަވަހަށް އެމބިއުލެންސް އަށް އަރުވާފަ ހޮސްޕިޓަލް އަށް ގެންދިޔައެވެ. އަނާރާ ޝިމާން އަދި ޝައިމަން ވެސް ތިބީ އެމްބިއުލެންސް ގައެވެ. ޒާރާ އޭ.އީ.ސީ އަށް ވައްދާފަ ސިއްހީ ފަރުވާ ދޭން ފެށިއެވެ. ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި އަނާރާ ހުރީ ހާސްވެފައެވެ. “ތި ތާކު އިށީނދެލައިގެން އިނދެބަލަ” ޝިމާން ބޮލަށް އުނދަގޫ ވެގެން ބުނެލިއެވެ. ނަމަވެސް އޭގެން ބުނި އެއްވެސް އެއްޗެއް އަނާރާ އަކަށް ނީވެއެވެ. އަދިވެސް އަނާރާ ހުރީ ދެކޮޅަށް ހިނގާލަ ހިނގާލަ އެވެ. ޝިމާން އަށް ނުހުރެވިގެން ގޮސް އަނާރާ ގައިގަ އަތް ވަށާލިއެވެ. އަނާރާގެ މޫނުގޮސް ޖެހުނީ ޝިމާންގެ އެ ތަނަވަސް މޭމަތީގައެވެ. އަނާރާ ހިފަހައްޓައިގެން ހުރި ކަރުނަތައް މިހާރު އެދަނީ ޝިމާން ލައިގެން ހުރި ހޫޑީ ތެންމަމުންނެވެ. ޝިމާންގެ ހޫޑީ ތެމުނަސް އޭނާއަކަށް އެއްވެސް ފަރުވާލެއް ނެތެވެ. ޝިމާން އަށް މާކުރިނަވެސް އަނާރާއަށް މާމަތީ މަގާމެއް ވަނީ ދެވިފައެވެ. އެހެންކަމުން އޭނާ ބޭނުންވާ މީހާ ކިކަހަލަ ވަގުތެއް ޖެހުމުން ދޫކޮއްލާނީ ވަކި ކާކު ހެއްޔެވެ. އެތަނަށް ވަދެގެން އައި ޝާބިން އަށް ހީވީ މީހަކު އޭނާގެ ފައިގަ ތަޅު އެޅުވި ހެންނެވެ.
“އަނާރާ؟” ޝާބިން އަށް އަހާލެވުނެވެ. އަދި އަނާރާ ސިއްސައިގެން ގޮސް ޝިމާންގެ މޭގަ އަޅައި ކޮއްޕާލިއެވެ. އެއީ އަނާރާ ކަން ޔަގީންވުމުން ޝާބިން އަށް ދެންމެ ފެނުން މަންޒަރު ހަނދާންވިއެވެ. ޝާބިން އަށް ހީވީ އޭނާގެ ހިތައް ތީރެއް ޖެހި ހެންނެވެ. ދެވަނަ ސިކުންތުގަ ޝިމާން ފެނުމުން ޝާބިން ހައިރާން ވިއެވެ. އޭނަޔާ ހާދަ ވައްތަރެވެ. ޝާބިން ތަންތަން ތޮރުފާފަ ނުހުއްޓަސް އޭނަޔާ ކިތަންމެ ހާވެސް ވައްތަރެވެ. ޝިމާންގެ އިސްތަށި ގަނޑާ ބަލާފަ ޝާބިންގެ އިސްތަށިގަނޑު ހުރީ ގަދަ ރަތް ކުލައިގައެވެ. “މީއަނެއްކަ ކާކުބާ؟” ޝާބިންގެ ސިކުނޑީގަ ވަނީ މިސުވާލެވެ.
~ނުނިމޭ~
މިޕާރޓް ކުރުވާނެ ކަން އަޅުގަނޑު އެ ބުނެލަދެން. އެހެން ކަމުން ވަރަށް ބޮޑަށް މަޢާފަށް އެދެން☺

