Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ތިރީސް ހަތަރުވަނަ ބައި)

lamhus Level 910 Stories100 Login500 Login100 Stories100 Comments
September 4, 2021 3 Mins Read
2 Comments

” އޭ އަދި މަޑުކޮށްބަލަ!” ކޮޓަރިން ނިކުންނަން ތަޅުގައި ހިފި ނައިޝާއަށް ސުހާ ބުނެލިއެވެ.އެވަގުތު ނައިޝާ މަޑުކޮށްލިއެވެ. “އަހަރުމެން މިރޭ ބޭރަށްދާ ގަނޑީގަ މިކޮޓަރިތެރެ އާ ފާހަނަ ސާފުކޮށް ބެޑްޝީޓުވެސް ބަދަލުކުރާތި” ދޮރު ކައިރި ހުރި ނައިޝާއަށް ސުހާ އަމުރު ކޮށްލިއެވެ.

އެވަގުތު ފެންވަރައި ނިމި ތުވާލިކޮޅު  އަނދެލައިގެން ސައިފް ފާހަނައިން ނިކުތެވެ. ސައިފް ފެނުމުން ނައިޝާގެ ހިތް އަވަސްވެ އަވަހަށް އެކޮޓަރިން ނިކުތެވެ.

ނައިޝާ އެގެއިން ކާކަށް ބޭނުމެއް ނުވިއެވެ.ނަމަވެސް ބަނޑުހައި ވެފައިވާތީ އާއި ކާއެއްޗެއް ގަންނަން ފިހާރައަކަށް ވެސް ނުދެވޭތީ، ކުޑަގޮތެއް ހަދާލަން ކާގެއަށް ވަދެ ތަށްޓައް ކުޑަ ބަތްކޮޅަކާ ރިހަފޮދެއް އެޅުމަށް ފަހު ނައިޝާ ކާން އިށީނެވެ. އޭނާއަށް ދެ ސުވާ ވެސް އަނގައަށް ނުލެވިގެން އުޅެނިކޮށް ސަނާ ގޮވަން ފެށިއެވެ.

ތަށި ހުރިގޮތަށް ބެހެއްޓުމަށް ފަހު  އަތްދޮވެލައިގެން ނައިޝާ ސަނާ ކައިރިއަށް ދިޔައެެވެ. “އަޅެ އަހަރެން ބޯން އިން ކޮފީ ދަޅު އެނދަށް ވެރިއްޖެ…މިތަން ސާފުކޮށްލަބަ ބެޑްޝީޓު ބަދަލު ކޮށްލާފަ” ސަނާ ނައިޝާ އަށް ބުނެލިއެވެ.

ނައިޝާ އެނދުމަތި ސާފުކޮށް ބެޑްޝީޓު ބަދަލު ކޮށްލިއެވެ.”މިކޮޓަރިތެރެ ސާފުކޮށްދެއްޗެ” ފޯނާ ކުޅެން ކޮޅަށް ހުރި ސަނާ ބުނެލިއެވެ. “މިރޭ އޯކޭތަ؟…ސައިފް ކޮޓަރި ސާފުކުރާ އިރު މިތަންވެސް ސާފުކޮށްލާނަން” ނައިޝާ ސަނާއަށް ބުންޏެވެ. “އުހުނ..މިހާރު ކުރޭ މަ މިދަނީ ރައްޓެއްސެއް ކައިރިއަށް” ފޯނު ޖީބަށްލާ ކޮޓަރިން ނިކުންނަން ބުރުގާ އަޅަމުން ސަނާ ބުންޏެވެ.

ނައިޝާ ސަނާގެ ކޮޓަރިތެރެ ސާފުކޮށް ނިމި ފާހަނަ ދޮންނަން ހުއްޓާ މައިދައިތަ އެތަނަށް އައެވެ. “ތަށްޓައް ބަތްއެޅި ގޮތަށް ނުނަގާ އެހުރީ ކާކު ނަގާނެ ކަމަށްތަ؟” ހިތްހަމަނުޖެހިފައި ހުރެ މައިދައިތަ ބުނެލި އެވެ.

“ސަނާ…” ނައިޝާ ބުނަން  އުޅުނެެވެ. “ކޮން ސަނާ އެއް ކިޔާކަށް..ހާދަ ދޮގުވެސް ހަދައޭ… ދެންމެ ނުކުމެގެން އެދިޔަ ސަނާ ކައިރި  އެހީމަ ބުނި ނައިޝާއޭ ކާގޭގަ އުޅުނީ” ނައިޝާގެ ވާހަކަ ކުރިމަރާލަމުން މައިދައިތަ ބުނެލި އެވެ.

“ސަނާ އެއް ނޫނޭ…ނައިޝާ ކާން  އިންދާ ސަނާ ގޮވީމަ މިއައީ” ދެރަވެފައި ނައިޝާ ބުނެލި އެވެ. “އަދިވެސް މަށާ ޖަދަލު ކުރަނީތަ…ދޭ ހަމަ މިހާރު އެތަށި ދޮންނަން…އެދޮވެފަ ތިކަން ކުރޭ… އަހަރެން މިހާރު ނައިޝާ ދެކެ ފޫހިވެއްޖެ… ނައިޝާ ތީ ރަނގަޅު މީހެއް ނަމަ ހުންނާނެ ތަން ދީފަ އޮއްވާ ފުރައިގެން ދާކަށް ޓިކެޓެއް ނުނަގާނެ…ސައިފް ދެކެ ލޯބިވާ ނަމަ ރުފިޔާދޭންވެސް ދެކޮޅެއް ނުހެދިސް” މައިދައިތަ ބުނެލި އެވެ.

އެވަގުތު ނައިޝާގެ ލޮލަށް ކަރުނަ ޖަމާވިއެވެ.ނައިޝާއާ ދޭތެރޭ ކުޑަކޮށްވެސް ވިސްނާ ނުލާކަން މައިދައިތަ ދެއްކި ވާހަކަ އިން ނައިޝާއަށް ފަހުމު ވިއެވެ.ރޮމުން ބަދިގެއާ ދިމާއަށް ނައިޝާ މިސްރާބު ޖެހިއެވެ.ރައްދުގައި އެންމެ ބަހެއްވެސް ބުނެނުލައެވެ.

ތަށި ދޮވެ ސަނާ ކޮޓަރީގެ ފާހަނަ ސާފުކޮށް ނިންމާލުމަށްފަހު ނައިޝާ ވާޅު ފިލުވާލުމަށްޓަކައި ބުރުގާ ބޭލުމަށްފަހު އެނދުގައި ޖައްސާލިއެވެ.ނައިޝާ ބޭނުންވަނީ މިތަނުން އަވަހަށް ދާށެވެ.ހަފްތާ ނިމޭނެ އިންތިޒާރުގައި ވަގުތުތައް ގުނާލަ ގުނާލާ ނައިޝާ އިނެވެ.އެއްސިކުންތުވެސް އެއްގަޑިއިރު ހެން ނައިޝާއަށް ހީވާފަދައެވެ.މިތަނުން ސަލާމަތްވާން އެހީއަކަށް އެދޭނީ ކާކުގެ ފަރާތުން ކަމެއް މި ބީރައްޓެހި ރަށުން ނައިޝާ އަކަށް ނޭނގުނެވެ.އޭނާގެ މަންމަ ކައިރީގައިވެސް ވެގެން އުޅޭގޮތް ކިޔާދޭކަށް އޭނާއަކަަށް ނުކުރެއެވެ.މަންމަ ހާސްވެ ކަންބޮޑުވެދާނެތީއެވެ.

އެކި ޚިޔާލުތަކުގައި  އިންދާ ނައިޝާގެ މަންމަ ގުޅިއެވެ.” ހަލޯ ދަރިފުޅޫ…މަންމަ ވަރަށް ކަންބޮޑުވެފަ މިއިނީ ދަރިފުޅު ނުގުޅާތީ..މަންމަ ވަރަށް ގުޅިން” ނައިޝާގެ މަންމަގެ އަޑު ކަންފަތުގައި ޖެހުމުން އޭނާ ފެންކަޅިވެގެން ދިޔައެވެ.” ހަލޯ ނައި” ނައިޝާ އަނގައިން ނުބުނުމުން އޭނާގެ މަންމަ ގޮވާލި އެވެ.

“ސައިފްމެނާ އެކު ރޭގަ މިތާ ކައިރި ރަށަކަށް ގޮއްސަ އަދި މި އާދެވުނީ…އަވަސްކުރަން ހަދާގެން ފޯނު ބާއްވާފަ ދެވުނީ” ހަމައަކަށް އެޅިލަން މަސައްކަތް ކޮށްލަމުން ނައިޝާ ބުނެލިއެވެ. ” ދަރިފުޅު ރަނގަޅުތަ؟….ގޭ މީހުން ރަނގަޅުތަ؟… ދަރިފުޅު މަތިން މަންމަ މިދެތިންރޭ ވަރަށް ބޮޑަށް ހަނދާންވާތީ އެވަރަށް ގުޅީ” އެވަގުތު ނައިޝާގެ ލޮލުން ކަރުނަތައް އޮހޮރިގެން ދިޔައެވެ.” އާނ ރަނގަޅު… އެންމެންވެސް ރަނގަޅު” ނައިޝާ  އޭނާގެ މަންމައާ ވާހަކަ ދައްކާލުމަށްފަހު ފޯނު ބޭއްވި އެވެ.ނައިޝާ ވައިބަރ ބަލައިލި އިރު އޭނާގެ މަންމަ ވަރަށް ގިނަފަހަރަށް ގުޅާފައި އޮތްތަން ފެނުނެވެ.

ރަނގަޅަށް ނުކެވުމުގެ ސަބަބުން  އަނެއްކާވެސް ނައިޝާ ހައިވާން ފެށިއެވެ. އެހެންނަމަވެސް ދެން ކާންދާކަށް ނައިޝާ އަކަށް ނުކެރުނެވެ.ފެންފޮދެއް ބޯލުމަށް ފަހު އެނދުގައި ނައިޝާ ޖައްސާލީ ނިދޭތޯއެވެ.ނަމަވެސް ނައިޝާއަށް ނިދޭގޮތެއް ނުވިއެވެ.ކޮންމެވެސް މީހަކު ކޮންމެވެސް ކަމެއް ކުރުމަށް ނައިޝާއަށް ގޮވައެވެ.

ރޭގަނޑު 8 ޖެހުމުން މައިދައިތަ އާ ސަނާ ކާން އިށީނެވެ.އެމީހުން ކައި ނިމުމުން ނުކެރި ހުރެފައި ވެސް ބަނޑުހައިވެފައި ވާތީ، ހައި ފިލުވާލުމަށް ކާގެއަށް ވަދެ ވަރަށް ކުޑަކޮށް ނައިޝާ ކާލިއެވެ.ކައި ނިމި ތަށިތައް ނަގާ ތަން ސާފުކޮށް ނިންމާލުމަށްފަހު ކޮޓަރިއަށް ވަންނަން ނައިޝާ ދިޔަ ގަނޑީގައި ސައިފާ ސުހާ ބޭރަށްދާން ނިކުންނަނީ އެވެ.” އަހަރުމެން މިދަނީ ބޭރަށް ކާންދާން….ނައިޝާ ދޭ ކޮޓަރިތެރެއާ ފާހަނަ ސާފުކުރަން” ސައިފް ނައިޝާއަށް ބުނެލިއެވެ. ސައިފް އެހެން ބުނުމުން ނައިޝާ ސައިފްގެ ކޮޓަރިއަށްދާން ހިނގައިގަތެވެ. ކޮޓަރިއަށް ވަދެ ކުޑަދޮރުން ނައިޝާ ބޭރުބަލައިލިއެވެ.އޭނާ ސައިފަށް ގަނެދިން ޖީއެން ސައިކަލަށް އަރައިގެން ސުހާ އާއި ސައިފް ދާ މަންޒަރު ބަލަން ނައިޝާއަށް ހުރެވުނެވެ.އެމީހުން ދިއުމުން ނައިޝާ މުޅި ކޮޓަރިތެރެއާއި ފާހަނަ ސާފުކޮށްލުމަށްފަހު އެނދުގެ ބެޑްޝީޓާ ބާލީހު އުރަތައް ވެސް ބަދަލުކޮށްލިއެވެ.

ވަރުބަލި ވެފައިވާ ނައިޝާ ފެންވަރައިގެން އެނދުގައި ޖައްސާލި ތަނާ  އޭނާއަށް ނިދުނެވެ. އަނެއް ދުވަހުގެ އިރު އެރުމާއެކު ނައިޝާގެ މަސައްކަތްތައް ފެށުނެވެ. އޭނާއަށް ހިންދަމާ ނުލެވޭތާ ކާންވެސް ވަގުތެއް ނުލިބެއެވެ.ގޭ އެންމެން އޭނައަށް ކޮންމެވެސް ކަމެއް ކުރުމަށް ގޮވައެވެ. ނައިޝާގެ ދުވަސް ނިމެނީ ދެކޮޅަށް ދުވެދުވެއެވެ. އެހާލުގައިވެސް އެއްޗެކޭ ނުބުނެ ނައިޝާ ކެތްތެރިކަމާއި އެކު  އެމީހުން ބުނި ކަމެއް ކޮށްގެން ގޭގެ ނޯކަރަކަށް ވެގެން  އުޅުނެވެ.

 

 

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

lamhus

Level 910 Stories100 Login500 Login100 Stories100 Comments

Other Articles

Previous

ހިރުދުގަސްދޮށު ކަމަނާ

Next

ތި ސޫރަ ނޫން 17

Next
September 4, 2021

ތި ސޫރަ ނޫން 17

Previews
September 4, 2021

ހިރުދުގަސްދޮށު ކަމަނާ

2 Comments!

  1. Frost Girl says:
    September 5, 2021 at 7:55 pm

    Kon irakun next part BTW love this stry

    1. lamhus says:
      September 6, 2021 at 1:15 am

      Submit kohfa innaanee…thanks dear♥️

Comments are closed.

Next Episodeދިމާވި އާދަޔާ ޚިލާފް ޒުވާނާ (ތިރީސް ފަސްވަނަ ބައި)←


All Right Reserved!