Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ތިރީސް ތިންވަނަބައި)

lamhus Level 910 Stories100 Login500 Login100 Stories100 Comments
September 1, 2021 3 Mins Read
2 Comments

ސައިފްގެ ރަށަށް ނައިޝާ އައީ މިކަންތައް ތަޖުރިބާ ކުރާކަށް ނޫނެވެ.ސައިފާ އެކު އުފާވެރި ވަގުތު ކޮޅެއް ހޭދަކޮށްލެވޭނެ ކަމުގެ އުންމީދުގައެވެ.ކަރު ހިއްކައިގަނެފައިވާ ނައިޝާ އަތާ ފައިގައި ބަދެފައިވާ ވާގަނޑު މޮހެން ވަރަށް މަސައްކަތް ކުރި އެވެ.ނަމަވެސް ތެޅިތެޅި ވަރުބަލިވިއިރު ވެސް ނައިޝާއަކަށް ވާގަނޑު މޮހެވޭ ގޮތެއް ނުވިއެވެ.

ނައިޝާ ގައިގާ ސައިފް ރޭގައި ތެޅުމުގެ ސަބަބުންނާއި ގިނައިރު ބިންމަތީގައި އޮތުމުގެ ސަބަބުން ނައިޝާގެ މުޅި ގައިގަ ރިއްސަން ފެށިއެވެ.މުޅި މީހާގެ ބޮލަށް ބަރުވެ ބޮލަށް ވެސް ތަދުވާން ފެށިއެވެ.ނައިޝާ އޭނާގެ އާއިލާ މީހުން މަތިން ހަނދާންވެގެން އިތުރަށް ރޮވެން ފެށިއެވެ.

ނައިޝާ އެހާލުގައި އޮއްވާ މީހަކު ގުދަން ދޮރު ހުޅުވާލިއެވެ. ދޮރާ ދިމާއަށް ނައިޝާ ބަލައިލި ވަގުތު ސައިފް ގުދަން ތެރެއަށް ވަނެވެ.އޭނާގެ ފަހަތުން ސުހާވެސް ވަނެވެ.ސައިފް ފެނުމުން ރޭގައިވީ ކަންތައް ނައިޝާގެ ލޮލަށް ސިފަވި ކަހަލަ އެވެ.

ސައިފް ނައިޝާއާއި ކައިރިވި ވަރަކަށް ނައިޝާ ބިރުން ތެޅެން ފެށިއެވެ.އަނިޔާ ނުކުރައްޗޭ ބުނަން ނައިޝާ މަސައްކަތް ކޮށްލިއެވެ. “ހަމަޖެހޭ އަހަރެން ނޫޅެން ކަމެއް ކުރާކަށް…އެކަމަކު އަހަރެން ބުނާ ކަންތައް ނުކުރަންޏާ ތިއަށް ވުރެ ބޮޑުވަރު ދެން ކުރަން ޖެހޭނީ” ނައިޝާ ކައިރި އުޑުފައިން އިށީނަމުން ސައިފް ބުނެލިއެވެ.

“ރުފިޔާ ޓުރާންސްފާ ކުރާނަންތަ؟” ސައިފް އެހެން ބުނުމާއެކު ބިރުގަނެފައިވާ ނައިޝާ ވަގުތުން އާނ އެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ.އެވަގުތު ސައިފްގެ ކައިރިއަށް ހިނި އައެވެ.”މިތަނުން ނިކުންނަން ބޭނުންވޭތަ؟..އެއްވެސް އަޑެއް ނުލައްވާ ހައިޖާނެއް ނުހިންގަންޏާ މިތަނުން ނެރެވޭނީ އިނގޭ” މިފަހަރު ވެސް ނައިޝާ ވަގުތުން ބޯޖަހާލިއެވެ. ކައިރީގައި ހުރި ސުހާގެ ކަންފަތް ބުޑުގައި ސިއްރުން ސައިފް އެއްޗެއް ބުނެލިއެވެ.

ސައިފް ސިއްރުން އެއްޗެއް ބުނުމާއެކު ސުހާ ގުދަނުން ނިކުމެ އެނބުރި ވަޅިއެއް ހިފައިގެން އައިސް ސައިފްގެ އަތަށް ދިނެވެ.އެމަންޒަރު ބަލަން ތެޅި ތެޅި އޮތް ހިތާ އެކު ނައިޝާ އޮތެވެ.ނައިޝާ ގެ ފައިގައި އިން ވާގަނޑު މުހެލަން  ނައިޝާގެ ފަޔާ ދިމާއަށް ސައިފް ވަޅި ގެންދަން ފެށުމުން ބިރުން ތެޅިގަނެފައި ނައިޝާ ރޯން ފެށިއެވެ.އެވަގުތު ސުހާ ހޭންފެށިއެވެ.” “ސާބަސް ނޫޅެމޭ ކަމެއް ކުރާކަށް ވާގަނޑު ކަނޑާލަން މިއުޅެނީ” ސައިފްވެސް ހިނިއައިސްފައި ހުރެ ބުނެލި އެވެ.

ނައިޝާގެ ފަޔާ އަތުގައި އިން ވާގަނޑު  ސައިފް ކަނޑާލުމުން މަޑުމަޑުން ނައިޝާ އިށީނދެ އަނގަމަތީގައި އޮޅާފައިވާ ޓޭޕުގަނޑު ނައްޓާލިއެވެ.

“ފެންފޮދެއް” ވަރުދެރަ ވެފައިވާ ނައިޝާ ސައިފަށް އާދޭހުގެ ރާގަކަށް ބުނެލެވުނެވެ.”ފެން ބޮވިދާނެ ފަހުން…އަން…މިއޮތީ ނައިޝާގެ ފޯނު މީގަ ކޯޑު ޖަހާފަ ރުފިޔާ މަ އެކައުންޓަށް ޓުރާންސްފާކުރޭ” ސައިފް ޖީބުން ނައިޝާގެ ފޯނު ނަގައި ދިއްކޮށްލިއެވެ. ސައިފްގެ އެކައުންޓަށް ރުފިޔާ ޓުރާންސްފާ ކުރަން ނައިޝާ އޭނާގެ  ފޯނުގަައި ހިފިއެވެ.ހިތާ ދެކޮޅަށް މަޖުބޫރުވެގެން ނައިޝާ ސައިފްގެ އެކައުންޓަށް ތިން ލައްކަ ރުފިޔާ ޓުރާންސްފާ ކޮށްލިއެވެ.

ރުފިޔާ ޓުރާންސްފާ ކުރުމުން ސައިފާ ސުހާ އެކަކު އަނެކަކުގެ މޫނަށް ބަލައި ހިނިތުން ވެލިތަން ފެނި ނައިޝާގެ އެތެރެ ހަށީގައި ހުޅުހިފި ފަދައެވެ.ނަމަވެސް އޭނާ އެއްވެސް އެއްޗެކޭ ނުބުނެ ކެތްކުރީ މި އަނދަވަޅުން ސަލާމަތް ވާން ބޭނުންވާތީ އެވެ.

“ނައިޝާ ކުރިން ހުރި ބޭރު ކޮޓަރީގަ ހުރޭ ފުރެންދެކަށް…ގެއިން ބޭރަށް ނުކުމެގެން ނުވާނެ…ގޯތީގެ ބޭރަށް ނިކުތްކަން މަށަށް އެނގުނަސް ބަދަލު ވަރަށް ހިތިވާނެ ބުނެލީ…އަދި ބުނަން މިގޭގަ ތިހުންނަ ދުވަސްކޮޅު ގޭގެ ހުރިހާ ކަމެއް ކުރަންޖެހޭނީ ނައިޝާ އިނގޭ!” ނައިޝާއަށް ސައިފް އަމުރު ކޮށްލިއެވެ. ގޮތް ހުސްވެފައިވާ ނައިޝާއަށް ސައިފްގެ ބަހަށް ތަބާވުން ނޫންގޮތެއް ނެތުމުން އެކަމަށް އޭނާ އެއްބަސްވިއެވެ.

“ސައިފް ހިނގާ މިރޭ އަލަށް ހުޅުވައިގެން އުޅޭ ރެސްޓޯރެންޓަށް ކާންދާން…އެތާނގެ އެއްޗެހި ވަރަށް މީރޯ…ފޭސްބުކާއި އިންސްޓަގްރާމަށް ފޮޓޯވެސް އަޕްލޯޑު ކުރަންވާނެ” ގުދަނުން ނިކުންނަން ދިޔަ ސައިފްގެ ފަހަތުގައި ހުރި ސުހާ އުފަލާއެކު ބުނެލިއެވެ. “ދޫނި ބުނެފިއްޔާ ހަމަ ދާންވީ ރެޑީވޭ މިރޭ” ސުހާގެ އުނަގަނޑުގައި އަތް ވިއްދާލަމުން ސައިފް ލޯތްބާއެކު ބުންޏެވެ.

އެމަންޒަރު ބަލަން ކަރުނައިން ފުރިފައި ނައިޝާ އިނެވެ.ސައިފްމެން ދިއުމުން ނައިޝާ މަޑުމަޑުން ތެދުވެ ތަންތަނުގައި އަތް ޖައްސަމުން ކޮޓަރިއަށް ވަނެވެ.ކޮޓަރިއަށް ވަދެ ކަރު ހިއްކައިގަނެފައިވާ ނަައިޝާ މޭޒުމަތީގައި އިން ބޯ ފެންފުޅި އެއްނޭވާއިން ތުންޖަހާ ދަމާލިއެވެ.

ކޮޓަރި ދޮރު ތަޅުލުމަށް ފަހު ނައިޝާ ވަގުތުން ވަނީ ފާހަނައަށް ފެންވަރާށެވެ.ފެންވަރާނިމި ލައިގެން ހުރި އެއްޗެހި ދޮވެ ހިއްކާ އެޅުވުމަށްފަހު އެނދުގައި ވަރުބަލި ފިލުވާލަން ޖައްސާލި ވަގުތު މައިދައިތަ ކޮޓަރި ދޮރުގައި ޓަކި ޖެހިއެވެ.

ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ”އާދޭ މޭޒުމަތި ސާފުކޮށް އެތަން ފޮޅަން” މައިދައިތަ އެހެންްބުނުމަށްފަހު ދިޔުުމުން ވަރުބަލި ވެެފައިވީ ނަމަވެސް ނައިޝާ މަސައްކަތް ކުރަން ދިޔައެވެ.ބަދިގެ ފޮޅާ ނިމުނުތަނުން ސުހާ ގޮވަން ފެށިއެވެ.

ހިތާ ދެކޮޅަށް ނައިޝާ ސުހާމެންގެ ކޮޓަރިއަށް ގޮސް ޓަކި ޖެހިއެވެ.”ވަދޭ” ކޮޓަރިއަށް ވަނުމަށް ނައިޝާ ގާތު ސުހާ ބުނެލިއެވެ. މިހިރަ އެއްޗެހިތައް އިސްތިރި ކޮށްބަ..މީ މަށާ ސައިފާ މިރޭ ކާންދާން ލާ އަންނައުނު…ރީތިކޮށް އިސްތިރިކުރާތީ އެންމެ ރުލެއް އިނަސް ޑަބަލް މަސަައްކަތް ކުރަން ޖެހޭނެ އިނގޭ” އެނދުމަތީގައި ހުރި އަންނައުނުތައް ދައްކާލަމުން އެނދުގައި ފޯނު ހިފައިގެން އިން ސުހާ ތުއިވެލާފައި ބުނެލިއެވެ.

ނައިޝާ މުޅިތަނަށް ވަށައިގެން ނަޒަރު ހިންގާލިއެވެ. ނައިޝާ އުޅުނުއިރު އެކޮޓަރި ތެރެ އަބަދުވެސް އޮންނަނީ ރީތި ކޮށްފައެެވެ.ނަަމަވެސް މިހާރު އެއްވެސް ތަރުތީބެއް އެކޮޓަރިތެރެ އަކު ނެތެވެ.އެއްޗެހިތައް އެތަން މިތާ ހުރިއިރު ޑަސްބިންވެސް ވަނީ ކުނިން ފުރިފައެވެ.

ނައިޝާ އެއްޗެހިތައް އިސްތިރި ކޮށް ނިމުމުން ކޮނޑުގައިލާ، އަލަމާރީގައި އެޅުވުމަށްފަހު އެކޮޓަރިން ނިކުންނަން ދިޔައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

lamhus

Level 910 Stories100 Login500 Login100 Stories100 Comments

Other Articles

Previous

ހިތް ދެވިއްޖޭ ކަލާޔަށް ހުވާ – 7

Next

ހީވޭ ކަލާވާހެން-7

Next
September 2, 2021

ހީވޭ ކަލާވާހެން-7

Previews
September 1, 2021

ހިތް ދެވިއްޖޭ ކަލާޔަށް ހުވާ – 7

2 Comments!

  1. Naustarr says:
    September 2, 2021 at 1:18 pm

    V reethi mi storie.. Ale thankoleh avahah update kohdheeba story ?

  2. Nayaa Nayaa says:
    September 3, 2021 at 8:05 am

    Masha allah… Varah reethi story eh… Keep up the good work dear.. Waiting for the next part curiously… Stay safe and Take care..

Comments are closed.

Next Episodeދިމާވި އާދަޔާ ޚިލާފް ޒުވާނާ (ތިރީސް ހަތަރުވަނަ ބައި)←


All Right Reserved!