Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ގާތުގާވުމަށް ހިތް އެދެނީ (17)

🌹YEOJA🌹 Level 610 Stories100 Login100 Comments
September 1, 2021 4 Mins Read
5 Comments

ދިހަ ވަރަކަށް މިނެޓްފަހުން ލައިހާ ތައްޔާރުވެގެން ނިކުމެލީ ސައިބޯން ދިޔުމަށެވެ. މޭޒުދޮށުގައި ނޫރީން އަދި ޒިޔާޑު ތިބިއިރު ދެމީހުންވެސް ތިބީ ވާހަކަ އެއް ދައްކަން ކަން އިނގެއެވެ. ” އަހަ ދަރިފުޅާ އަވަހަށް އިށީނދޭ” ލައިހާ ފެނުމާއެކު ޒިޔާދު ބުނެލިއެވެ. ބޯޖަހާލަމުން ކިޔަމަންތެރިކަމާއެކު ލައިހާ ގޮނޑީގައި އިށީނދެލިއެވެ. ” ދަރިފުޅާ ބައްޕަ މެން އެހާ ގިނަދުވަހެއް ނުވާނެ މިކޮޅަށް އަންނާކަށް މާލެ އާ ނިކަން ކައިރި ރަށަކަށް މިދަނީ ބައްޕަ އެކަނި ދާން ޖެހޭތީވެ މަންމަ ވެސް ގެންދަނީ ” ޒިޔާދު ބުނެލިއެވެ. ” ލައްބަ ބައްޕާ އަޅުގަނޑަކަށް އެއްވެސް މައްސަލަ އެއް ނެތް ” ގަދަކަމުން ހިނިތުންވެލަމުން ލައިހާ ބުނެލިއެވެ. އެ ކުޑަކުޑަ އާއިލާ ސަޔަށް އިންސާފުކުރަން ފެށިތަނުން ހެން ޒަޔާން އެތެރެއަށް ވަދެގެން އައެވެ. ހިފަހައްޓާގެން އިން ސައިތަށިވެސް ލައިހާ އަތުން ދޫނުވީ ކިރިޔާއެވެ. މީހާ ތުރުތުރު އަޅާން ފެށީ ރޭގެ ހަނދާން ވުމުންނެވެ. އެއްމިޔަކަނިން ހީލަމުން ޒަޔާން ލައިހާ ކައިރި އިށީނދެލަމުން އުނގުމަތީގައި އޮތް ލައިހާގެ އަތުގައި ހިފާލިއެވެ. ލައިހާ އަށް ތެޅިގަނެވުނެވެ. ޒަޔާން އާ ދިމާލަށް ލޯއަޅާލަމުން ލައިހާ އޭނާގެ އެއަތް ވެސް މޭޒުމަތީ ބާއްވާލިއެވެ. ” ޒަޔާން ބޭބެ އާ ދައްތަ މިދަނީ ތިންވަރަކަށް ދުވަހަށް މިތާ ކައިރި އޮތް ރަށަކަށް ދާން ، އެހެންމާ ދެކުދިން ވެސް ބަލައިގެން އުޅޭތި އިނގޭ ލައިހާ ވާނެ ގޭގާ ކައްކަން ” ޒިޔާދު ސައިބޮއެ ނިންމާލަމުން ބުނެލިއެވެ. ހިނިތުންވެލަމުން ޒަޔާން ބޯޖަހާލިއެވެ.

މެންދުރުގެ އަވިބާރު ވަގުތު ޒިޔާދުމެން ގެއިން ދިޔުމާއެކު އެމީހުންނާ އެކުހެން ލައިހާވެސް ސްކޫލަށް ދާން މިސްރާބުޖެހިއެވެ. ޔުލީން މިއަދު ތަންކޮޅެއް ކުރިން ސްކޫލަށް ގޮސްފައިވުމުން ލައިހާ ދާން ޖެހުނީ އެކަންޏެވެ. ސައިން އިން ވެލާފާ ލައިހާ ކްލާސްތަކާ ދިމާލަށް ދާން މިސްރާބުޖެހި އިރު މީހާހުރީ ފުން ވިސްނުމަކަށް ގެއްލިފައެވެ. ގޭގާ އެކަނިހުންނަން ޖެހުމުން ދެން ވާނެގޮތަކާމެދު ވިސްނަމުން އޭނާ ހިނގަމުން ދިޔައެވެ . ނަމަވެސް ހުއްޓުން އެރީ ކުރިމައްޗަށް ޔުލީން އެރުމުންނެވެ. ” ސާބަސް ހާދަ ފުން ވިސްނުމެއްގައޭ ތިހުރީދޯ ” ދެއުކުޅުގައި އަތްވިއްދާލަމުން ޔުލީން ބުނެލިއެވެ. ” އާން ” ކުރުކުރު ކޮށ ލައިހާ ޖަވާބުދިނެވެ. ” ކިހިނެއް ވެފާ ތިހުރީ ، އަހަންނަށް އިނގޭ ނޫރީންދައްތަ މެން މާލޭ ނެތް ކަން އަހަންނަށް މިއަދު ދައްތަ މެސެޖް ކޮށްފާ އޮތޭ ، އެކަމް އިނގޭ ކަމަކީ ލައީ ތިހެން ހުރުމުގެ ފަހަތުގައި ލައީގެ މަންމަމެން ރަށުން ދިޔުން ނުވާކަން ” ދެލޯކުޑަކޮށްލަމުން ޔުލީން ބުނެލިއެވެ. ” ނުވެއޭ އަހަންނަކަށް ކަމެއް ، ދެން ހިނގާ ދާނ މިހާރު ބެލްޖަހަން އެއުޅެނީ ” ވާހަކަ އޮތްބާލަމުން ލައިހާ ބުނެލިއެވެ. ” ހޫމް ގޮސްފާނަމޭ ، އެކަމް ދެން ލައީ އުޅެން ޖެހޭނީ އެއްކަލަ ޒަޔާން އާއެއްކޮށް އެކަނި ދޯ ” ޔުލީން މިހެން ބުނުމާއެކު ލައިހާ ދެލޯމަރާ ފިއްތާލިއެވެ. އެއަށްފަހު ބާރުބާރަށް ހިނގަމުން ގޮސް ކްލާސް ރޫމަށް ދިޔައެވެ.

ހަވީރުވީފަހުން ސްކޫލުން ލައިހާ އަދި ޔުލީންނިކުތީ އެތްކޮށެވެ. އެއިރު ރިޔާން ބޭރުގައި ސައިކަލުގައި މަޑުކޮށްލާގެން އިނީ ޔުލީން ބަލާ އައިސްފައެވެ. މުޅިދުވަހު ހެން ބަސްމަދުވެފައި އިން ލައިހާ އާ ހަދައިގެން ޔުލީން ހުރީ ކަންބޮޑުވެފައެވެ. އެހެންނަމަވެސް ފަހުން އެކަން ހޯދަން ނިންމާގެން ޔުލީން ގޮސް ރިޔާން ގެ ސައިކަލު ފަހަތަށް އެރިއެވެ. ޔުލީން ލައިހާ އަށް އަތްހޫރާލުމުން ލައިހާ ވެސް އެއަމަލު ތަކުރާރުކޮށްލިއެވެ. އެހެންނަމަވެސް އޭނާގެ ނަޒަރު ވަނީ ރިޔާން އަށް ހުއްޓިފައެވެ. އެދެލޯ ފެންކަޅިވަމުން ދިޔައީ ކީއްވެގެން ކަމެއް ނޭނގެއެވެ. އަވަސް އަވަހަށް ލައިހާ ހިނގަމުން ގޮސް ޖެހިގެން އޮތް ގޯޅިއަށް ލަނބާލިއެވެ. ” ޔުލީ ، ލައީ އަށް ކިހިނެއް ވީ ” ހައިރާންވެފައި ރިޔާން އަހާލިއެވެ. ” ނޭނގެ ދޮންބޭ މިއަދު ވަރަށް ފާޑަކަށް ހުރީވެސް ވަރަށް ހާސްވޭ އެބަ ” ޔުލީން ބުނެލިއެވެ. ކަންބޮޑުވެފައި ހުރެ ރިޔާން ސައިކަލު ދުއްވާލިއެވެ. ” ޔުލީ ، ޔޫއާން އަށް ކިހިނެއްތަވީ އެ ؟ ، އާން އެހެންޏާ ރައްޓެހިވީފަހުން އަހަރެންނަކަށް ޔުލީގެ އެންމެ ކަމެއް ވެސް ނުޖައްސާ މިއަދު ބަލާ ފޮނުވީމާ ހައިރާންވީ ” ލަނެތް ރާގަކަށް ރިޔާން އަހާލިއެވެ. ” ސާބަސް ދޮންބޭ ދެން އޭނަ ވެސް ބިޒީކޮށޭ އުޅެނީ ” ރިޔާންގެ ބުރަކަށީ ބޮނޑިއެއް އަޅާލަމުން ޔުލީން ބުނެލިއެވެ. ” ދެން އިންނަން އުޅެބަލަ ދެމީހުންނިކަން ” މިފަހަރުވެސް ރިޔާން ބުނެލިއެވެ. ” ދޮންބެ އެހަށް އިނދެބަލަ ” ރިޔާން އަށް ދޫނުކުރަން ވެގެން ޔުލީން ބުނެލިއެވެ. ” ހޫމް މަޑުކޮށްބަލަ ، އަދި މިކޮއެ އެއް ނާރާނެ އަނގަޔަކުންނެއް ” ދެފަރާތަށް ބޯހޫރާލަމުން ރިޔާން ބުނެލިއެވެ.

ބިރުންހުރެ ފުންނޭވާއެއް ދޫކޮށްލަމުން ލައިހާ ގޭގެ ދޮރުހުޅުވާލިއެވެ. ނަސީބުރަނގަޅުކަމުން ޒަޔާންގެ ވަސްވެސް އެތާ ނެތުމުން ލައިހާ ތަންކޮޅެއް ބާރަށް ކޮޓަރިއަށް ވަނެވެ. އެއްޗެހިބަދަލުކޮށްލާގެން ލައިހާ ނަމާދަށް އަރާލިއެވެ. ނަމާދުން ފޭބިހެންނެއް ހީނުވެ އޭނާގެ ކޮޓަރީ ދޮރުގައި ޓަކިދިން އަޑަށް ލައިހާ އެލާޓަށް އައިފަދައެވެ. ” ސާބަސް ލައިހާ މިއޮއްފަދަ ދުވާލު އަހަރެން އެބައުޅެން ދޯ ކަމެއް ކުރަން ، އަހަރެންނަށް އިނގޭ ލައިހާ އެބައުޅޭކަން ނިކުމެބަލަ އަހަރެން ހުންނަން ވީ ރޯގޮހޮރާތަ ދައްތަ މެން އަންނަން ދެން ” ދޮރުކައިރިން ޒަޔާން އެހެން ބުނި އަޑުއިވުނެވެ. ދެފާކާއްތަކަމުން ކަހަލަ ގޮތަކަށް ލައިހާ ގޮސް ދޮރުހުޅުވާލިއެވެ. އެއިރު ސޯފާގައި އިށީނދެގެން ޒަޔާން އިނެވެ. ބަދިގެއަށް ގޮސް ލައިހާ ނޫރީން ހަދާފައި ހުރި ހެދިކާތަށް މޭޒުމައްޗަށް ނަގަމުން ބަދިގެއިން ނިކުމެލިއެވެ. ބަދިގެއަށް ވަންނަމުން ޒަޔާން ލައިހާގެ އަތުގެ މުލަށްދަނޑީގައި ހިފާލިއެވެ. ” އާދޭ ސައިބޯން ” އަމުރުވެރި ރާގަކަށް ޒަޔާން ބުނެލިއެވެ. ބިރުން ހުރެ ލައިހާ ސައިބޯން އިނެވެ. އޭނާގެ ކަރުތެރެއިން ކާއެތިކޮޅެއް ވެސް ދިރެމުން ދިޔައީ ހާލަކުންނެވެ. ދެމީހުންވެސް ސައިބޮއެ ނިމުމާއެކު ލައިހާ ތަށިތައް ނެގުމަށް ފަހު ކޮޓަރިއަށް ވަންނަން ދިޔައެވެ. އޭނާގެ ފަހަތުން އައިސް ޒަޔާން ވެސް ކޮޓަރިއަށް ވަދެ ދޮރުލެއްޕި އެވެ. ބިރުންހުރެ ނަމަވެސް ލައިހާ ފަހަތަށް ޖެހެލިއެވެ. އެހެން ގޮސް ފާރުގައި ލައްވެގެން ދިޔައެވެ. ” ލައިހާ އަހަރެންނާ އިންނަން ވީނު ؟ ” ޖެހިލުމެއް ނެތި ޒަޔާން ބުނެލިއެވެ. ” ޒަޔާން މޮޔަތަ؟ ، އަހަރެން ކީއްކުރަން ކަލޭކަހަލަ ފިރިހެނަކާ އިންނަން ވީކީ ” އައިރުޅިން  ލައިހާ ބުނެލިއެވެ. ” ހަމަ އިންނަން ޖެހޭނީ އަހަންނާ ، އަހަރެން ބޭނުންވާއެއްޗެއް ގަދަކަމުން ނަމަވެސް ހޯދަން ، އެން ލައިހާ ހޯދުންތީ އަހަރެންނަށް މާ އުނދަގޫކަމެއް ވެސް ނޫން ، އަހަރެންނަން ލައިހާ ވަރަށް ކަމުދޭ ، ރިޔާން ގެ ފަރާތުން ލައިހާ އަށްނުލިބޭ ވަރަށް ލޯބި އަހަރެން ދޭނަން ލައިހާ އަށް ”ލައިހާ ގެ ކޮލުގައި ފިރުމާލަމުން ޒަޔާން ބުނެލިއެވެ. ” ކަލޭ ތީކޮންކަހަލަ އިންސާނެއް ފުރަތަމަ ވެސް އަހަރެންގެ އިއްފަތްތެރިކަން ފޭރިގަންނަން އުޅެފާ ، ތިޔަކީ ލޮއިތްބެއް ނޫން ލޮއިތްބަކީ ވަރަށް ސާފުތާހިރު އެއްޗެއް ، ކަލޭތީ އަމިއްލަ އެދުމާގެން ފޯވެފައި ހުރިމީހެއް ” ލޮލުން ކަރުނަ ފައިބާ ހާލު ލައިހާ ބުނެލިއެވެ. ” އަނގަމަޑުލައިގެން ހުންނަންވީނު އެހެންނޫނީ މާ ނުބައިވާނެ ” ލައިހާ ގެ ނޭވާ އިޙްސާސް ވާހާ ގާތަށް ޖެހިލަމުން ޒަޔާން ބުނެލިއެވެ. ” ރިޔާން އާ ޔުލީން ގެ ދިރުއުޅުން އަހަރެން އެފުއް މިފުށް ނުޖަހާލަނީސް އެއްބަހެއް ނުވާނަން ދޯ އަހަންނާ އިންނާކަށް ، ހީނުކުރާތި އަހަރެން މި ފޮނިކަނޑަނީއޭ ، އަހަރެންނަށް ހައްތަހާ ކުރެވޭވަރު ކަންތައްތައް މީ ” އެތްމިޔަކަނިން ހީލަމުން ޒަޔާން ބުނެލިއެވެ. ވަގުތުން ލައިހާގެ އަނގަބަންދުވިފަދައެވެ. ބުނާއެއްޗެއް ދުލަކަށް ނައެވެ. ޒަޔާން އެހިފީ އޭނާގެ ބަލިފައިގައެވެ. ” އެދެމީހުން މިދޭތެރެ އަށް ވައްދާކަން ނުޖެހެއެންނު ” ލައިހާ ވަރަށް ހިތްވަރުކޮށްލާފައި ބުނެލިއެވެ. ” ލައިހާ އަހަރެންނަށް މަޖްބޫރުކުރީ ، އަހަރެންނާ އިންނަން އެއްބަސް ވޭ އޭރަށް އެދެމީހުން އެއީ ނަންނުގަންނަ ބައެއްފަދަ ، އެހެންނޫނީ އެދެމީހުންނާ ލައިހާގެ ދިރިއުޅުން ނާކާމިޔާބުވާނެ ، ރިޔާން އަށް ކީއްކުރަން އެހެން ފިރިހެނަކަށް ވެސް ލައިހާ އެއްނުލިބޭނެ ، ހަނދާން ކޮށްލާތި !! ” މޮޔަވެފައި ހުރިމީހެއްހެން ޒަޔާން މިހެން ބުނެލިއެވެ. ޖަވާބެއް ދޭން ލައިހާ އަށް އުނދަގޫވެގެން ދިޔައެވެ. ލައިހާ އަށް ބަލައިލަމުން ޒަޔާން އެކޮޓަރިން ދާން ހިނގައިގަތީ ވިސްނުމަށް ބުނެލުމަށް ފަހުއެވެ.

ގޮތްހުސްވެފައި އިން މީހެއް ހެން ލައިހާ އެނދުބުޑަށް ވެއްޓިގަތެވެ. ހިތުގައި އެތައް ހާސް ޝަކުވާ އެއް ވާއިރު މީހާގެ ލޮލުން ފައިބަމުން ދިޔަ ކޮންމެ ކަރުނަތިއްކަކީ ރިޔާން މަތިން ހަނދާން ކުރަމުން ބާލާ ކަރުނައެވެ. އެހެން އިންދާ ފޯނު ރިންގްވިއަޑަށް ލައިހާ އެނދުމައްޗަށް ބަލައިލީ ފޯނު އެނދުމަތީ ބޭއްވުނުކަން ހަނދާން ވުމުންނެވެ. ފޯނުނެގިއިރު ޔުލީން ގުޅަމުން ދިޔައެވެ. ދެލޮލުން ކަރުނަތައް ފޮހެލަމުން މީހާ ހަމަޖެހިލަމުން ފޯނުނެގީ ދެވަނަ ފަހަރަށް ޔުލީން ގުޅުމުންނެވެ. ” ލައީ މިރޭ ޕިއްޒާ ކާންދާވެގެން ބީރެޑީ ދާނަން ތިގޭދޮށަށް  ” އެތްނޭވާ އިން ޔުލީން ބުނެލިއެވެ. ” އާން އޯކޭ ” ލައިހާ ބުނެލިއެވެ. ” ލައީ ޔޫއޯކޭތަ އަހަރެންނަށް ދޮގުނަހަދަބަ ޕްލީސް ” ދެރަވެފައި ހުރެ ޔުލީން ބުނެލިއެވެ. ” އައިމް ފައިން އޭ ޑޯންޓްވޮރީ ގާރލް ” ހިނިތުންވެލަމުން ލައިހާ މިހެން ބުނެލިއެއްކަމަކު އޭނާގެ ދެލޮލުން ކަރުނަ އަންނަމުން ދިޔައެވެ. ޔުލީން ކައިރި ދޮގުހަދަން ޖެހުމުން ލައިހާ ހުރީ ދެރަވެފައެވެ. އަދި ހަމައެހެންވެ ހަޤީޤަތް ސިއްރުކުރަން ޖެހުމުން ވެސް ލައިހާ ވަނީ މާޔޫސް ވެފައެވެ. ” އޯކޭ ދެން ބާއި ސީޔޫމިރޭ ،ޔޫއާން އައިސްގެން ” ޔުލީން ބުނެލިއެވެ. ” ހޫމް ހޫމް ދެން ޅިޔަނު އައީމާ ” ލާނެތްކަމާއެކީ ލައިހާ ބުނެލީ ޔުލީން ހެއްވާލާށެވެ. ” ދެން ހެވެއްނު ދެން ބާއްވަނީ ” ރަކިހިނިތުންވުމަކާއެކީ ޔުލީން މިހެން ބުނެ ފޯނުބޭއްވިހެނެއް ހީނުވެ ފަހަތުން ޔޫއާން އޭނާގައިގައި ބައްދާލަމުން ޔުލީންގެ ކޮލަށް ބޮސްދިނެވެ. ” މިސްޑްޔޫ ލޯބީ ” ޔޫއާން ވައިއަޑުން ބުނެލިއެވެ. ރަކިހިނިތުންވުމާއެކު ޔުލީން އިސްޖަހާލިއެވެ. ޔޫއާން ހިނިތުންވެލަމުން އިތުރަށް ޔުލީން ބޮނޑިކޮށްލިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

🌹YEOJA🌹

Level 610 Stories100 Login100 Comments

Other Articles

Previous

ފުރަތަމަ ނަޒަރުން ވެވުނު ލޯބި… (ދެވަނަ ބައި)

Next

އަބަދުވެސް ހިތުގައި (8)

Next
September 1, 2021

އަބަދުވެސް ހިތުގައި (8)

Previews
September 1, 2021

ފުރަތަމަ ނަޒަރުން ވެވުނު ލޯބި… (ދެވަނަ ބައި)

5 Comments!

  1. ?YEOJA? says:
    September 1, 2021 at 1:05 pm

    Hlw readers ❤️
    Hope u love this part ❤️
    Next ISA soon ❤️
    Stay safe and tvgc ❤️

  2. ReeshA CoronA ŘęęśhÅ ÇøřõňÄ says:
    September 1, 2021 at 5:20 pm

    koyaaa.. madu kiyaalaanan adhi.. mihaaru mi ulhenee nayaappe ge vhk kiyumuge mashrooga

  3. ?Zai? says:
    September 1, 2021 at 7:23 pm

    Wow this episode is beautiful as usual.❤️
    Can’t wait fr next part
    Gavaaidhun cmnt nukurevunas gavaaidhun stry kiyan ingey dhooneee ❤️
    Login vaan masaikathah cmnt nukureveneee❤️
    Anyways laiha ah dhera gotheh nahafhahchey
    I hate thi zayaan soo much

    Waiting for next episode
    Lysssssssssssssssssssssssemmmm ❤️
    Myssssssssssssssssssssssssssmm ❤️

  4. ?YEOJA? says:
    September 2, 2021 at 11:58 am

    In reply to Zai
    Thank uuu sooo much Zaiii. It means a lot dear.
    Isssookes eyyy regular koh cmnt nukuriyas. stry kiyenikoh e nimuny nu dhw
    ISA hurihaa kameh vxx ragalah dhaany
    Heeheheheh Zayaan vxx e huna gothehge sababun dhw
    Keep waitting
    LYmmmmmmm
    MYmmmmmm

  5. Nayaa Nayaa says:
    September 3, 2021 at 8:03 am

    wow.. just wow sisyyy… it’s just great.. vrh molhu ingey masha allah.. waiting for the nxt prt.. vrh curious… lyssssssssssmmm… ss nd tc…

Comments are closed.

Next Episodeގާތުގާވުމަށް ހިތް އެދެނީ (18)←


All Right Reserved!