Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ހަތާވީސް ވަނަ ބައި)

lamhus Level 910 Stories100 Login500 Login100 Stories100 Comments
August 24, 2021 3 Mins Read
1 Comment

އިރުގަނޑަކު އަނގޮޓި އަށް ބަލަން ނައިޝާ އަށް ހުރެވުނެވެ.އޭނާގެ ބޮލަށް އެތައްހާސް ސުވާލުތަކެއް އަރާފައިބަމުން ދިޔައެވެ.ނައިޝާ އޭނާގެ ސިކުނޑިއަށް އަރަމުން ދިޔަ ސުވާލުތަކަށް ޖަވާބު ހޯދަން ބޭނުންވިއެވެ.ނެތްހިތްވަރު ނެރިގެން ނައިޝާ އޭނާގެ ކޮޓަރިން ނިކުމެ ސަނާގެ ކޮޓަރިއަށް މިސްރާބު ޖެހީ ސަނާގެ ފުށުން މިސުވާލުގެ ޖަވާބު ހޯދުމުގެ ނިޔަތުގައެވެ.

ސަނާގެ ކޮޓަރީގައި ނައިޝާ ޓަކި ޖެހިއެވެ.ސަނާ ދޮރު ނުހުޅުވުމުން ކަންބޮޑުވެ ނުތަނަވަސްވެފައިވާ ނައިޝާ ތަންކޮޅެއް ބާރަށް ޓަކިޖަހަން ފެށިއެވެ.

“ކިހިނެއްތަވަނީ؟” ދޮރު ހުޅުވާލުމަށްފަހު ހިތްހަމަ ނުޖެހިހުރެ ސަނާ ނައިޝާއަށް ބުނެލި އެވެ. “ސުހާ އަކީ ކާކު؟” ނައިޝާގެ އެސުވާލުން ރުޅިމޫނު ހަދައިގެން ހުރި ސަނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. “ސަނާ ސިއްރު ކުރަން ނަހަދާ….ނައިޝާއަށް އެނގޭ ސަނާއަށް ސުހާ އަކީ ކާކުކަން އެނގޭކަން… ބެޑްޝީޓް ގަންނަަން ދިޔަދުވަހު ސުހާ އޭ ކިޔާފަ އެެއްޗެއް ކިޔަން އުޅުނު ކަންވެސް އިނގޭ” ސަނާ ނައިޝާއާއި ދިމާލަށް ބަލަހައްޓައިގެން އަނގައިން ނުބުނެ ހުރުމުން ނައިޝާ ބުނެލި އެވެ.

“މީ ދޮންބެ ގެންގުޅޭ އަނގޮޓިއެއް މީގަ މިއިނީ ސުހާ ޖަހާފަ…ސުހާ  އެއީ ކާކު؟” ކުރިއަށް ވުރެ ބާރަށް ސަނާއާއި ދިމާލަށް ނައިޝާ އަށް ބުނެލެވުނެވެ. އެވަގުތު ކޮޓަރިއަށް ވަންނަން އައި ސައިފަށް ނައިޝާ ދެއްކި ވާހަކަ އަޑުއިވުނެވެ.

“ކިހިނެއް ވެގެންތަ ތިއުޅެނީ؟…މަ ގެންގުޅޭ އެެއްޗެއްސާ ނުބެހޭތި” ނައިޝާގެ އަތުގައި އޮތް އަނގޮޓި ޖަހާގަންނަމުން ސައިފް ނައިޝާ އަށް ބުނެލި އެވެ. “ސުހާ އެއީ ކާކު؟” ސައިފާ ދިމާއަށް އެނބުރި މަޑުމަޑުން ނައިޝާ އަހާލިއެވެ.ނައިޝާއަށް ޖަވާބުދިނުމެއްނެތި ސައިފް ކޮޓަރިއަށް ވަދެ ބާރަށް ދޮރު ޖެހިއެވެ. ސައިފް ކޮޓަރި އަށް ވަނުމުން ސަނާވެސް ކޮޓަރިއަށް ވަދެ ދޮރު ލެއްޕިއެވެ.ނައިޝާ ވެސް އެނބުރި ކޮޓަރިއަށް ވަނެވެ.

“އަހަރެންގެ އާއިލާ މީހުނާ ޒުވާބުކުރަން ނޫޅެއްޗެ” ނައިޝާ ކޮޓަރިއަށް ވަނުމުން އޭނާގެ އަތުގައި ބާރަށް ހިފާލަމުން ސައިފް ބުންޏެވެ. ” ސުހާ އެއީ….”  “ވާހަކަ ނުދައްކާ މަޑުން ހުރެވޭތޯ ބަލާ…ވަގުތު ޖެހުނީމަ ހުރިހާ އެއްޗެއްވެސް އެނގޭނެ” ނައިޝާގެ ސުވާލަށް ޖަވާބުދިނުމެއްނެތި އޭނާގެ ވާހަކަ ކުރިމަރާލައި، ނައިޝާ އެނދަށް ކޮއްޕާލަމުން ސައިފް ރުޅިވެރިކަމާއި އެކު އަޑަށް ބާރުލަމުން ބުނެލި އެވެ.

ސައިފް އުޅުނު ގޮތުން އޭނާ ނައިޝާއަށް ކަމެއް ސިއްރު ކުރާކަން ނައިޝާއަށް ޔަގީންވިއެވެ.ނައިޝާ އިތުރަށް ނުތަނަވަސް ވާންފެށިއެވެ.

ގަޔަށް ސެންޓު ބުރުވާލުމަށްފަހު ކޮޓަރިން ސައިފް ނިކުތެވެ.އެނދުމަތީގައި ހާސްވެ ނުތަނަވަސްވެފައިވާ ނައިޝާ ސުހާ އަކީ ކާކުތޯ ހޯދަން ވަރަށް ބޮޑަށް ބޭނުންވިއެވެ.ނަމަވެސް ސައިފް އެއްޗެހިކިޔާފައި ދިއުމުން ދެވަނަ ފަހަރަށް ސަނާ ކައިރިއަށް ދިއުމަށް ނައިޝާ ފަސްޖެހުނެވެ.

“ސުހާ އަކީ އަޅެ ކާކުތަ؟…. ސައިފް އަނެއްކާ ސިއްރު ލޯބިވެރިޔަކު ގެންގުޅެނީބާ؟” އެނދުމަތީގައި ފިކުރުބޮޑުވެފައި އިން ނައިޝާ މަޑުމަޑުން އޭނާގެ ޟަމީރަށް ސުވާލު ކޮށްލިއެވެ.

މެންދުރަށް ކާމޭޒުމަތި ތައްޔާރުކުރަން ނައިޝާ އުޅުނުއިރު ވެސް އޭނާގެ ބޮލުން “ސުހާ” އެނަން ނުފިލައެވެ.މޭޒުމަތި ތައްޔާރު ކޮށްނިމި ނައިޝާ ކާން އިށީނެވެ.ކާން އިންނަ އިރު ނައިޝާ ދޭތެރެއަކުން ސައިފް އާދޭތޯ ދޮރާ ދިމާއަށް ބަލައިލައެވެ.ނައިޝާ ކައިނިމި ތަށިތައް ދޮވެ ނިމުނުއިރު ވެސް ސައިފް ގެއަކަށް ނާދެއެވެ.

އަނގޮޓީގައި އިން ނަން ފެނުނު ފަހުން ސައިފާ ދޭތެރޭގައި ނައިޝާއަށް ޝައްކުކުރެވެން ފެށިއެވެ.ސައިފް ގެއަށް ނާންނާތީ ހާސްވެހުރެ ސައިފަށް ގުޅާލިއެވެ.ދެފަހަރު ގުޅުމުންވެސް ސައިފް ފޯނެއް ނުނަގައެވެ. ” ސައިފް ކޮންތާކުބާ ވާނީ؟….ސައިފް ކާކާ އެކުގަ ބާ އެއުޅެނީ” ސައިފް ފޯނު ނުނެގުމުން ނައިޝާގެ ހިތަށް އެރިއެވެ.

ސައިފް ފެނޭތޯ ބޭރުދޮރުމައްޗަށް ނައިޝާ ނިކުތެވެ.ނަމަވެސް ސައިފެއް ނުފެނުނެވެ. މަޑުމަޑުން ގެއާ ދުރަށް  ނައިޝާ ހިނގައިގަތެވެ.ދިޔަ މަގުމަތީގައި ސައިފް ފެނޭތޯ ދެފަރާތް ހޯދާ ނައިޝާ ބެލިއެވެ.ހިނގަމުންގޮސް ރަށުގެ ބަނދަރާ ހަމައަށް ނައިޝާ އަށް ނިކުމެވުނު އިރުވެސް ސައިފް ފެންނަން ނެތުމުން މާޔޫސްކަން މަތީގައި ހުރެ ގެއާ ދިމާއަށް ނައިޝާ މިސްރާބު ޖެހިއެވެ.

ކޮޓަރިއަށް ވަދެ އެނދުމަތީގައި ނައިޝާ އިށީނެވެ.އެހެންދުވަސްތަކާ ޚިލާފަށް މިއަދު ނައިޝާ ސައިފާ ދޭތެރޭގައި ވަރަށް ބޮޑަށް ވިސްނެން ފެށިއެވެ.އިރުކޮޅުކޮޅާ ފޯނުނަގާ ސައިފަށް ގުޅާލައެވެ.ނަމަވެސް ސައިފް ފޯނެއް ނުނަގައެވެ. ސައިފް ގެއަށް ނުވަންނަ ކޮންމެ ސިކުންތެއް ނައިޝާ ހާސްކޮށްލައެވެ. ސައިފް އުޅޭތަނެއް ކުރާކަމެއް ނައިޝާ އަށް ނޭނގޭތީ އެވެ.ނައިޝާގެ ބޮލަށް ނުބައި ވަސްވާސް ވަންނަން ފެށިއެވެ.މީހާ ހާސްވެ ކަންބޮޑުވުން އިންތިހާއަށް އިތުރުވާން ފެށުމުން ބާލީސް ރަނގަޅު ކޮށްލުމަށްފަހު އެނދުގައި ނައިޝާ ޖައްސާލިއެވެ.

ފިކުރު ކުރުމާ ދުރުވެލަން ނިދޭތޯ ނައިޝާ މަސައްކަތް ކޮށްލިއެވެ.ނަމަވެސް ނައިޝާ އަށް ނިދޭގޮތެއް ނުވިއެވެ.ފިކުރުކުރުމާއި ދުރަކަށް ވެސް ނައިޝާ އަކަށް ނުދެވުނެވެ.އެގޮތުގައި އިރުއޮއްސިގެން ދިޔައެވެ.

ރޭގަނޑު 8 ޖަހަން ތިރީސް މިނެޓްވި ތަނާ  މީހަކު ކޮޓަރި ތަޅުގައި ހިފާލިއެވެ.އެނދުގައި އޮށޯވެގެން އޮތް ނައިޝާ ތެދުވެ ގޮސް ތަންޑު ނައްޓާ ކޮޓަރީގެ ދޮރު ހުޅުވާލިއެވެ.ދޮރުމަތީގައި ހުރީ ސައިފެވެ.ނައިޝާ ވަރަށް ރަނގަޅަށް މަތިން ފެށިގެން ތިރިއަށް ސައިފާ ދިމާއަށް ބަލައިލި އެވެ.

ސައިފް ލައިގެން ހުރީ ސައިފްގެ ރަހުމަތްތެރިޔާއަށް ކައިވެނި ކުރަން މާލެއިން ނައިޝާ ފައިސާ ދެއްކި އަންނައުނެވެ.ސައިފް އަރައިގެން ހުރީވެސް އެދުވަހު ގަތް ބޫޓަށެވެ.ހަމަ އެ ބެލްޓެވެ.ހަމަ އެޖެކެޓާ ގަމީހާ ފަޓުލޫނެވެ.

“މަ ބުނީމެއްނު ވަގުތު ޖެހުނީމަ އެނގޭނޭ” ސައިފަށް ބަލަހައްޓައިގެން ބަސްހުއްޓިފައި ހުރި ނައިޝާއާއި ދިމާލަށް ސައިފް ބުނެލި އެވެ. “އާދޭ” ދޮރުމަތީގައި ހުރެ ސައިފް ދުރުގައި ހުރި މީހަކަށް ގޮވާލި އެވެ.އެވަގުތު ސައިފް ކައިރިއަށް އައިސް ހުއްޓުނީ ސައިފްގެ އަންހެން އެކުވެރިޔާ އެވެ.

“މިއަދު އެހީމެއްނު ސުހާ އަކީ ކާކުހޭ؟…މީ ސުހާ…މަގޭ ލޯބި…މަގޭ އަނބިމީހާ….މިއަދު ކައިވެނި ކުރީ”ސައިފްގެ އަންހެން އެކުވެރިޔާ ސައިފާ ކައިރި ކޮށްލަމުން ހިތްހަމަ ޖެހިފައި ހުރެ ނައިޝާ އަށް ސައިފް ބުނެލި އެވެ.

އެވަގުތު ނައިޝާ ސުހާއާ ދިމާއަށް ބަލައިލި އެވެ.ސުހާ ލައިގެން ހުރީ ނައިޝާ މާލެއިން ފޮނުވި ހުދުކުލައިގެ ވެޑިން ޑުރެހެވެ.އޭނާ ބޮލުގައި އަޅާފައި ވަނީވެސް ހަމަ އެ ހުދު ބޮލުފޮތިކޮޅާ ބުރުގަލެވެ. ސުހާ ވެޑިންޑުރެހުގައި މާބޮނޑިއެއް ހިފައިގެން ހެވިފައި ނައިޝާއަށް ބަލަހައްޓައިގެން ހުއްޓެވެ.

“އަހަރުމެން ދެމީހުން އެންގޭޖްވެ ކައިވެނި ކުރަންއުޅޭތާ ވަރަށް ޒަމާންވެއްޖެ….މިއިނީ އަނގޮޓި” ނައިޝާ ބަސްހުއްޓި އެދެމީހުންނާ ދިމާއަށް ބަލަން ހުރުމުން، ސުހާގެ އަތުގައި ހިފައި އޭނާ އަޅައިގެން ހުރި އަނގޮޓި ނައިޝާއަށް ސައިފް ދައްކާލިއެވެ.

ސުހާގެ އިނގިލީގައިވެސް ވަނީ ސައިފް އިނގިލީގައި އިން ކަހަލަ އަނގޮޓިއެކެވެ. “މިވާހަކަ ބުނެލަން މިއައީ…އަދި އެއްވާހަކަ އެބައިން…އަހަރުމެންގެ މި އުފާވެރި ރޭ ޚަރާބު ކުރާކަށް ބޭނުމެއްނޫން އެހެންވީމާ ނައިޝާ މިވަގުތު ރެސްޓުކޮށްލާ” ދޮރުކައިރި އިން ކަރަންޓް ބޯޑު މަތީގައި އޮތް ކޮޓަރި ތަޅުދަނޑި ނެގުމަށް ފަހު ސައިފް ބުނެލިއެވެ.ނައިޝާއަށް އެއްޗެކޭ ނުބުނެވެނީސް ސައިފް ކޮޓަރި ދޮރު ލައްޕާ ބޭރުން ތަޅުލިއެވެ.

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

lamhus

Level 910 Stories100 Login500 Login100 Stories100 Comments

Other Articles

Previous

ކޮމެޑީ ލޭންޑް 14

Next

ގާތުގާވުމަށް ހިތް އެދެނީ (13)

Next
August 24, 2021

ގާތުގާވުމަށް ހިތް އެދެނީ (13)

Previews
August 24, 2021

ކޮމެޑީ ލޭންޑް 14

One Comment

  1. lamhus says:
    August 24, 2021 at 11:41 pm

    For those who reading my story…. Story upload kureveyleh las vaathy maafah edhen….kuriah oithaa avahaka story upload kuraanan insha allah….and for those who gave support I would like to say thank you ♥️

Comments are closed.

Next Episodeދިމާވި އާދަޔާ ޚިލާފް ޒުވާނާ (އަށާވީސް ވަނަ ބައި)←


All Right Reserved!