ގާތުގާވުމަށް ހިތް އެދެނީ (9)
އެންމެން ކައި ނިމުމާއެކު ޔުލީން އަދި ލައިހާ ތަށިތައްނަގަމުން ތަންސާފުކޮށްލާ ހެދިއެވެ. އެއިރު ރިޔާން ނުޒްހަތް މެންނަށް ގުޅާގެން އިން އިރު ޔޫއާން ވެސް އިނީ ފޯނާ ކުޅެންށެވެ. ރިޔާން ވާހަކަ ދައްކާ ނިމުމުން ޔުލީން އަތަށް ފޯނުގެނެސްދިން އިރު ލައިހާ މޭޒުމަތި ސާފުކުރަން ހުއްޓެވެ. ބަދިގެއިން ނިކުމެގެން ޔުލީން ދިޔައީ އެތަނާމާދުރުނޫން ހިސާބަކަށް ނުޒްހަތް އާ ވާހަކަ ދެއްކުމަށެވެ. ބަދިގެތެރޭގައި ލައިހާ އަދި ރިޔާން އެކަނިވިއިރު ދެމީހުންވެސް ތިބީ ހިތްއަވަސްވެފައެވެ. ލައިހާ ގެ ހަރަކާތްތަކަށް ނަޒަރު ހުއްޓާލައިގެން ރިޔާން ހުރީ އަށިގަނޑުގައި ލައްގަނެލާގެންނެވެ. މަސައްކަތް ނިމުމާއެކު ލައިހާ އޭނާގެ ފޯނުނަގަން މޭޒުދޮށަށް ޖެހެލިއެވެ. ފަހަތަށް އެނބުރެލި ވަގުތު ލައިހާގެ މޫނުޖެހުނީ ރިޔާންގެ މޭމަތީގައެވެ. އިސްއުފުލާލާ ލައިހާ ބަލަން ވެސް ހުރީ ނުކުޅެދިފައެވެ. ރިޔާން ގެ ނަޒަރު ލައިހާގެ ޖަންބު ކުލައަރާފައި ހުރި މޫނަށްހުއްޓުނުއިރު އޭނާ އަށް ހިނިތުންވެލެވުނެވެ. އެވަގުތު އެތެރެއަށް ވަން ޔުލީން ކަރުކެހިލުމުން ރިޔާން އަށް ކުއްލިއަކަށް ލައިހާ ކައިރިން ދުރަށްޖެހެވުނެވެ. ޔުލީން އަތުން ފޯނުއަތްލަމުން ރިޔާން ދިޔައީ ލައިހާ އަށް ބަލައިލަމުން ހިނިތުންވެލާފައެވެ.
**********
ނިދަން ތައްޔާރުވެގެން ފާހަނަ އިން ނިކުން ނޫރީން ފެނުމުން ޒިޔާދު އޭނާ އަތުގައި އޮތް ފޮތްލައްޕާލަމުން ،ނޫރީން އަށް ގޮވާލިއެވެ. ” އާދެބަލަ މިތަނަށް ވާޙަކަ އެތް ދައްކާލަން އެބަ ޖެހޭ ” ޒިޔާދު ބުނެލިއެވެ. ނޫރީން އައިސް ޒިޔާދު ކައިރި އިށީނުމާއެކު ޒިޔާދު އޭނާގެ ވާހަކަ ފެށިއެވެ. ” މިއަދު ހަވީރު އަހަންނަށް ގުޅިއެތްކަލަ ސަޢީދު ، އަހަރެން ކައިރި ބުނި އޭނާގެ ދޮށީ ފިރިހެން ދަރި ޒަޔާން އިނގެއެތް ނު ، އޭނާ މިކޮޅަށް ގެންނަން ވެގެންނޯ ، މިގޭގާ ބެހެއްޓޭނެ ހޯ ބުނި އަހަރެން ބުނިން އާނއެކޭ މިގޭގާ އިތުރު ކޮޓަރިއެއް ހުރުމާއެކު ފަސޭހަވާނެ އެތްނު ދޯ ، ލައިހާ މެން ކުޑައިރު އެތްކޮށް ވީއްޔަ އުޅުނީ ދޯ ” ނިންމާލަމުން ޒިޔާދު ބުނެލިއެވެ. ” ހޫމް ރަނގަޅުވާނެ ، ކީއްކުރާށޯ ޒަޔާން އަންނަނީ ލަންކާގައި ކިޔަވާކަންނު ހުރީ ” ނޫރީން އަހާލިއެވެ. ” ކިޔަވާނިމިއްޖެ މިހާރު ދެން އެސޮރު ބޭނުން ވަނީ މިކޮޅުންނޯ ވަޒީފާއަށްވަންނަން ، ސަޢީދު ހުރީ އޭނާގެ އަންހެން ދަރި ނުހާ ކިޔަވާތީ ނާދެވިފާ އެކަނި ބަހައްޓާފައެއް ނާދެވޭނެ އެތްނު ދޯ އެކުދިންގެ މަންމަ މަރުވިތާ އަދި އަހަރެއް ނުވޭ ސަޢީދުވެސް ކުޑަކޮށް ހަމަޖެހިލަން ވާނެ އެތްނު ” ފުންނޭވާއެއް ދޫކޮށްލަމުން ޒިޔާދު ބުނެލިއެވެ. ނޫރީން ބޯޖަހާލަމުން އެނދުގައި އޮށޯވެލިއެވެ.
*********
ޓީވީއިން އަޅުވާލައިގެން އިން ބިރުވެރި ފިލްމަކަށް ގެއްލިފައި ހަތަރުމީހުންނަށް ތިބެވުނީއެވެ. ލައިހާ އަކީ ބިރުވެރި ފިލްމް ބަލާ އުޅޭ ކުއްޖަކަށް ނުވުމާއެކު އޭނާ އަށް އިނދެވުނީ ފާޑަކަށެވެ. ޔުލީންގެ ވަރުގައި ރިޔާން ކައިރި ލައިހާ ބައިންދާލަމުން ދެން ޖެހިގެން ސޯފާގައި އިނީ ޔުލީން އަދި ޔޫއާން އެވެ. ދޭތެރެ ދޭތެރެ އިން ޔޫއާން އަށް ޕޮޕްކޯން ކޮޅެއް ކާލަ ކާލަ އިން ޔުލީން އަށް ބަލައިލެވެއެވެ. މިކަން ފާހަގަވެގެން ޔުލީން ގެ ކަރަތެރެއިން ޕޮޕްކޯން ކޮޅުދިރެނީ ހާލަކުންނެވެ. ބިރުވެރި ފިލްމަކީ އާންމުކޮށް ވެސް ޔުލީން ބަލާ ވައްތަރު ފިލްމަކަށް ވުމުން ސޯފާ އަށް ދެފައި އަރުވާލައިގެން ހަމަޖެހިލާގެން ޔުލީން އަށް އިނދެވުނެވެ. ސޯފާގެ މެދުގައި ރިޔާން އިނީ ގަސްދުގައެވެ. އެހެންކަމުން ލައިހާ އަށް އިންނަން ޖެހުނީ ރިޔާން އާ ކައިރީގައެވެ. ދޭތެރެ ދޭތެރެ އިން ދައްކާލާ ބިރުވެރި ތަންކޯކޯ ފެނި ލައިހާ އަށް މޫނުގައި އަތް އަޅާލެވޭއިރު ރިޔާން އަށް މިމަންޒަރުތައް ސިއްރެއް ނުވިއެވެ. ކުއްލިއަކަށް ފިލްމުގައި ދައްކާލި ބިރުވެރި އަންހެންކުއްޖާ ފެނި ލައިހާ އަށް ރިޔާންގެ އަތުތެރެއަށް ވަދެވުނެވެ. ލިބުނު ސިހުމުގައި ރިޔާން އަރިއަޅާލިނަމަވެސް އޭނާ ބެލެންސް ކޮށްލިއެވެ. ފިލްމަށް ގެއްލިފައި ތިބި ޔުލީން އަދި ޔޫއާން އަކަށް ވެސް މިކަމެއް ނޭނގެއެވެ. ލައިހާގެ އުނަގަނޑުގައި އަތްއަޅުވާލަމުން ރިޔާން ލައިހާ ގެނެސް އިތުރަށް ކައިރި ކޮށްލިއެވެ. ލައިހާ ގެ ހިތުގެ ތެޅުން ރިޔާން އަށް އިވޭފަދައެވެ. އިސްއުފުލާލާ ރިޔާންގެ އަސަރުގަދަ ދެލޮލަށް ބަލަހައްޓައިގެން ލައިހާ އަށް ހުރެވުނީއެވެ. ދެމީހުންވެސް އެކަކު އަނެކަކު ނޭވާ އިހްސާސް ވާ ހިސާބުގައި އިން އިރު ރިޔާން އަށް ލައިހާ ގެ މޫނާ ގާތްކޮށްލެވުނެވެ. ލައިހާ އަށް ދެލޯމަރާލެވުނީ ކީކޭ ހިތަށް އަރައިގެން ކަމެއް ނޭނގެއެވެ. ލައިހާގެ ފަރާތުން ލިބުނު ފެހި ސިގްނަލް އާއެކު ރިޔާން އަށް އިތުރަށް ކައިރި ކޮށްލެވުނެވެ. ނަމަވެސް ދެމީހުން ދުރުވާން ޖެހުނީ ސިޓިންރޫމަތެރެއިން އިވުނު ޔުލީންގެ ހަޅޭކާއެކުއެވެ. އެއިރު ޓީވީ އިންދައްކަމުން އަންނަ ބިރުވެރި މަންޒަރު ނުބަލަންވެގެން ލައިހާ މޫނުގައި އަތްއެޅިނަމަވެސް އޭނާ އެކަން ކުރީ މޫނުމައްޗަށް އަރަމުން ދިޔަ ޖަންބުކުލަ ރިޔާން އަށް ފޮރުވުމަށެވެ. ލޯމަޜާލިޔަސް ދެންމެ ގެ ހިތްގައިމު ވަގުތުކޮޅު ލޮލުކުރިމައްޗަށް ސިފަވާހެން ވެސް ލައިހާ އަށް ހީވެއެވެ. އޭނާގެ ހިތްތެޅެމުން ދިޔައީ މޭފަޅާފައި ނިކުންނަހާ ބާރަށެވެ. ” ޔުލީ ކިހިނެއް ވީ ؟ ” ލައިހާ އަށް ބަލައިލުމަށްފަހު ރިޔާން އަހާލިއެވެ. ” މިއޮތްއުޅޭ ޔޫއާން އެ ބިރުވެރިތަންކޯ އައިގަނޑީ ކޮށްޓާލީމާ ސިއްސާގެން ގޮސް ހަޅޭލަވާގަނެވުނީއޭ ދޮންބޭ ” ޔޫއާން ގައިގައި ޖަހާގަންނަމުން ޔުލީން ބުނެލިއެވެ. ” އެކަމް ބިރެއް ނުގަނެއޯ މީހަކު ބުނި، ކިތަންމެ ހިތްވަރުކޮށްގެން ޔުލީން އިނަސް ހަމަ ބިރުގަނެފައޭ ތިއިނދެވެނީ ” ހެމުން ހެމުން ޔޫއާން ބުނެލީ ޔުލީން އަށް ދިމާކޮށްލުމަށެވެ. ” ހެވޭ ދެން މިގަނޑީ ޒުވާބުކުރަން ނަހަދާތި އިނގޭ ސައިކޯ ” ދެލޯކުޑަކޮށްލަމުން ހީލަމުން ޔުލީން ބުނެލިއެވެ. ” އަހަރެން އެބައުޅޭ ދޯ ” ޔޫއާން ބުނެލިއެވެ. ” ގޫޑް ބޯއި ” ޔޫއާން ގެ ބުރަކަށީ އަތްޖަހާލަމުން ޔުލީން ބުނެލިއެވެ. ފޮނިވެލާފައި ޔޫއާން ލައިގެން އިން ގަމީހުގެ ގިރުވާން ހިތްލާލިއެވެ. ޔުލީން އަނގަޔަށް ގޮތެއް ހަދާލަމުން ދުރުބަލާލިއެވެ. އެއްވެސް ގޮތަކަށް ނުދެއްކިއެތްކަމަކު ޔޫއާންގެ ފިރިހެންވަންތަ ސޫރަ އޭނާގެ ހިތާކުޅެލިކަން ގައިމެވެ. ނަމަވެސް ނުހާން ގެ ހަނދާންތައް ޔުލީންގެ ސިކުނޑީގައި ބުރުޖަހަމުން ދާފަދައެވެ. ” ދެން ހިނގާ ނިދަން ދަމާ ދޯ ” އެންމެ ފަހުން ރިޔާން ބުނެލިއެވެ. ” އާން ހިނގާ ވަރަށް ނިދިއައިސްފި އަސްލުވެސް ” އާފުރިލަމުން ޔުލީން ބުނެލިއެވެ. ލައިހާގެ އަތުގައި ހިފައިގެން ޔުލީން ކޮޓަރިއަށް ވަންނަން މިސްރާބުޖެހިއެވެ. ރިޔާން އަދި ޔޫއާންވެސް ހުރިހާ ތަނެއް ނިންވާލަމުން ކޮޓަރިއަށް ދިޔައެވެ.
ފާހަނައިން ޔުލީން ނިކުންނަން ދެން ލައިހާ އަށް އިނދެވުނީ ދެފައި ވަށްކޮށްލައިގެން އެނދުމަތީގައެވެ. އަދިވެސް ހިތާ ސިކުނޑީގައި އެނބުރެމުން ދިޔައީ އޭރު ހިނގައިދިޔަ ހިތްގައިމު ވަގުތުކޮޅެވެ. މީހާގެ މޫނު ރަތްވެގެން ދިޔައީ އެސްފިޔަޖަހާލާ ހާ އަވަހަށެވެ. ފާހަނައިން ނިކުން ޔުލީން އަސް ހަމަހިމޭން ވެފައި އިން ލައިހާ ފެނި ކޮންމެސް ކަމެއްވެއްޖެކަން ދެނެގަނެވުނެވެ. ލައިހާގެ ކުރިމައްޗައް އެރިއިރު ރަތްވެފައިވާ ލައިހާ ދެކޯ ފެނުމުން ޔުލީން ހައިރާންވިއެވެ. ” ލައީ ޔޫ ބްލަޝިންތަ ؟ ކޯހާދަ ރަތޭ ” ލައިހާ ގެ ކޮލުގައި އަތްލަމުން ޔުލީން ބުނެލިއެވެ.. ” އޭން ” މިހެންބުނެ ލައިހާ އޭނާގެ ކޮލުގައި އަތްއަޅާލިއެވެ. ” ކިހިނެއް ތަވީ އައިމް ކިޔުރިއަސް ، ދެން ބުނެބަ ” ޔުލީން އާދޭސް ކުރަން ފެށިއެވެ. ” ކަ..ކަމެއް ނު..ނުވެއޭ ” އަޅާއިގަންނަމުން ލައިހާ ބުނެލިއެވެ. ” ނޯ ވެއްޖެ ދެން ބުނޭ ” ތުންކޮޅު ދަމާލަމުން ޔުލީން ބުނެލިއެވެ. ” ޔުލީ ވީ އޮލްމިސްޓް ކިސްޑް ފިލްމް ބަލަން އިންގަނޑީ ” އެންމެ ފަހު ލައިހާ މޫނުމަތީގައި އަތްއަޅާލަމުން ލައިހާ ބުނެލިއެވެ. ” ވަޓް ، ދޮންބެ ،ސީރިއަސްލީ ،” ޤަބޫލު ނުކުރެވިފައި އިނދެ ޔުލީން ބުނެލިއެވެ. ” ޔެސް ޔެސް ، ހީވަނީ ރިޔާން ވެސް އަހަރެން ދެކެ ލައިކް ވޭހެން ، އެހެންނޫނަންމަ އެހެން ކައިރި އެއް ނުވީހެއްނު ” ލައިހާ ބުނެލިއެވެ. ” ޔާ ހީވޭ ދޯ ، ބަޓް ދޮންބެ ވެސް ހާދަ ރޮމެންޓިކް ވެއްޖެ އޭދޯ ” ހިނިގަނޑެއް ޖަހާލަމުން ޔުލީން ބުނެލިއެވެ. ލައިހާ އަށް ހިނިތުންވެލެވުނީއެވެ. ” ދެން ހިނގާނިދަން ”. މިހެންބުނެ ޔުލީން ތަންމައްޗަށް އެރިއެވެ. ލައިހާ ވެސް ޔުލީން ކައިރި އަނެއްފަޅީގައި އޮށޯވެލިއެވެ.
އެގާރަ ގަނޑިބައިވިއިރު ވެސް ނުނިދިފައި ޔުލީން އަށް އޮވެވުނީ ނުހާން ގެ ހިޔާލުތަކުގައެވެ. ދެލޯ ފެންކަޅިވެގެން އައީ ދެމީހުންނަށް ހޭދަކުރެވިފައިވާ އުފާވެރިވަގުތުތައް ހަނދާން ވުމުންނެވެ. އެންމެ ފަހުން ނޯވެވިގެން ރިޔާން ގެ ކޮޓަރިއާ އޭނާގެ ކޮޓަރިއާ ގުޅިފައިވީ ބޮޑުބެލްކަންޏަށް ނިކުމެލީ ތާޒާ ވައިކޮޅެއް ހޯދާލުމަށެވެ. ރެއިލިންގައި އަތްއަޅުވާލައިގެން ޔުލީން އަށް ހުރެވުނީ އުޑުމައްޗަށް ބަލަހައްޓައިގެންނެވެ. ” ޔުލީން ” ފަހަތުން އިވިގެން ދިޔަ އަޑާއެކު ޔުލީން ފަހަތް ބަލައިލިއެވެ. ” ޔޫއާން ” ޔުލީން އަށް ބުނެވުނެވެ. ” އާން ނުނިދިގެން ނިކުމެލީ މިގެން ” ޔޫއާން އަށް ބުނެލެވުނެވެ. ހަމައެކަނި ސޯޓުކޮޅެއް ލައިގެން ހުރި ޔޫއާން ގެ ހާމައަށް އޮތް މޭމަތި ފެނުމުން ޔުލީންގެ ހިތްއަވަސްވެލިއެވެ. ހިންދިރުވާލަމުން ޔޫއާން އަށް ބަލައިލިއެވެ. ” ކިހިނެއް ވީ ؟ އަހަރެންގެ ބޮޑީ ރީތިދޯ ކަސްރަތޭ ބޭނުމަކީ ” ފޮނިވެލާފައި ޔުލީން ކައިރި އަށް ޖެހިލަމުން ޔޫއާން ބުނެލިއެވެ. ” ނޯން ރީއްޗެއް ” ހިތާ ދެކޮޅަށް ޔުލީން ބުނެލިއެވެ. ” ބައިދަވޭ ޔުލީން ވެސް ނުނިދިފާތަ ” ޔޫއާން އަހާލިއެވެ. ” ހޫމް ނުހާން ގެ ހިޔާލުތައް އުނދަގޫކުރާތީ ” ބޭއިހްތިޔާރުގައި ޔުލީން އަށް ބުނެލެވުނެވެ. ” އަހަރެން ބުނީމެންނު ވަގުތުވާވަރަކަށް އޯކޭ ވާނެއޭ ބަޓް ޔުލީން ވެސް ޖެހޭނެއެތް ނު މަސައްކަތް ކުރަން ޓައިމް އަށް ޑިޕެންޑްވެގެން ނުހުންނާޗޭ ” ޔޫއާން ބުނެލިއެވެ. ” މަސައްކަތް ކުރަމޭ އެކަމް ވެސް އޯކޭ ” ޔުލީން ބުނެލިއެވެ. މޯޅިއަކަށް ދެމިލަމުން ލައިހާ އަށް ދެލޯ ހުޅުވާލެވުނު އިރު ކައިރީ ޔުލީން ނެތްކަން އިނގުމުން މީހާޖެހުނީ ކޮޅަށެވެ. އަވަސްއަވަހަށް ތެދުވެ ފާހަނަ ބަލާލިއެވެ. ހުޅުވާފައިހުރި ބެލްކަނީގެ ދޮރު ފެނުމުން ލައިހާ އެދިމާލަށް މިސްރާބުޖެހިއެވެ. ޔޫއާން އާ ޔުލީން ވާހަކަ ދައްކަން ތިބިތަން ފެނުމުން ލައިހާގެ ތުންފަތަށް ހިނިތުންވުމެއް ވަރިވިއެވެ. އަޅައިނުލާ ލައިހާ އަނބުރާ ނިދަން އޮށޯވެލަން އުޅުނުނަމަވެސް ކަރުހިތްކާފައި ހުރުމުން ފެންފޮދެއް ބޯލަން ބެލިއިރު ފެން ފުޅި ނުގެނެވޭކަން ހަނދާންވުމުން ނިތްކުރިމަތީޖަހާލަމުން ކޮޓަރިން ނިކުމެގެން ކައިގެއަށް ދިޔައީ ފެންފުޅިބަލައެވެ. އެހިސާބަށް ދެވުނުއިރު އެތަން ދިއްލާފައި ހުރުމުން ލައިހާ ހައިރާންވިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.




Hello my dearss
Here’s the 9 th part hope u will like it
Next ISA soon
Stay safe and tvgc ❤️