Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ތި ސޫރަ ނޫން 2

yooon
yooon 10 Stories100 Comments100 Login100 Stories500 Comments
August 3, 2021 8 Mins Read
5 Comments

* ޔައުލާންގެ ހިތުގައި މިލީންއަށް ދެވިފައި ވަނީ އާދައިގެ ދަރަޖައެއް ނޫންކަން ދައްކުވާދެނީ ރިއަރވިއު ލޯގަނޑު ކޮޅުން ފެންނަމުން ދިޔަ މިލީންގެ މޫނަށް ހުއްޓިފައިވާ ޔައުލާންގެ ދެ ލޮލެވެ. ޒައިހާން، މިޝްލާ އަދި ޒާމިން އިނުމުން ޔައުލާން އެއްޗެކޭ ނުބުނެ އިން ކަމުގައި ވިޔަސް ދެލޯ މިލީންގެ މޫނުން ދުރެއް ނުވެއެވެ. *

“މަންމަގެ ލޯބިވާ ދަރިފުޅާ.. ލީން.. މާވަރަކުން ކާކާތަ ތި ޗެޓް ކުރަނީ..؟” މިޝްލާގެ ގާތަށް ވެސް ހުރީ ހިނިއައިސްފައެވެ. މިލީންގެ ކޯތާފަތް ކުރިއަށްވުރެ ބޮޑަށް ރަތް ވެގެން ދިޔައެވެ. “ޝަފްވާންވެސް ހުންނާނެޔޭ އެތަނުގައި.. ލޮލުގެ ކުރިމަތިން ފެންނަން ނެތްކަމުގައިވިޔަސް ލީންގެ ހުރިހާ ސަމާލުކަމެއް ޝަފްވާން ވަނީ އަތުލާފަދޯ..؟” ޒައިހާން ބުނެލި ޖުމްލައިން މިޝްލާ ހީނގަނެފައި ބޯ ޖަހާލީ އެއްބަސް ވުމުގެ ގޮތުންނެވެ. “އެހެންނެއްނޫންތަ ވާނީ ދޯ ދަރިފުޅާ..” މިޝްލާ އެހެން ބުނެލުމުން މިލީންވެސް ހީނލިއެވެ. މިލީން އާއި ޝަފްވާންގެ ދެމެދުގައިވާ އެކުވެރިކަމަށްވުރެ ގާތް ގުޅުން މިޝްލާ އަދި ޒައިހާންއަށްވެސް އެނގޭކަން އެ ވާހަކައިން ހާމަވެގެން ދިޔައެވެ.

މިޝްލާ ހިނިތުންވެފައި މިލީންގެ މޫނަށް ބަލާލިއެވެ. މިލީންގެ މޫނުމަތިން ރަމްޒުކޮށްދެނީ އޭނާކަމަށް މީހުން ބުނަނީ ކީއްވެގެންކަން އަބަދުވެސް މިޝްލާއަށް ވިސްނެއެވެ. މިލީން ހީވަނީ ހަމަ މިޝްލާގެ ޒުވާން ދުވަސްވަރުގެ ތަސްވީރެއް ހެންނެވެ.

“ޒާހުބޭ.. މިއަދު ކުއްލިއަކަށް މި ރެސްޓޯރެންޓަށް ދަނީ ކީއްވެގެންތަ..؟” ކާރުގެ ތެރެ ހިމޭންވުމުން ޔައުލާން އަހާލައިފިއެވެ. ”ދާތަން އަދި އެނގޭނެ ޔުއެލްއަށް ވެސް…” ޒައިހާން ޔައުލާން އާއި ދޭތެރޭ ކަންތައްތައް ކުރަނީ އަމިއްލަ އުފަން ދަރިއަކާއި ދޭތެރޭ ކަންތައް ކުރާނެހާ ގާތްކޮށެވެ. ބައެއް މީހުން ޔައުލާންއަކީ ޒައިހާންއަށް ނުލިބުނު ފިރިހެން ދަރިފުޅޭ ބުނެއުޅެނީވެސް އެހެންވެގެންނެވެ. “ދެވުނީމައި ޔުއެލް އަލުން ތި ސުވާލު ކުރާނެހެންނެއް މިއްތައަށްވެސް ހިޔެއް ނުވޭ..” މިޝްލާ އެހެން ބުނެލުމުން މިލީން އިހުނަށްވުރެ ޝައުގުވެރިވިއެވެ. އިއްޔެ ރެއިންސުރެއް ފަށައިގެން މާދަމާ ރޭގަނޑު ވާންވާއިރަށް ކޮންމެވެސް ތަނަކަށް ދާން ތައްޔާރު ވެގެން ހުންނާށޭ ކިޔާ ޒައިހާން ހަނދާންކޮށްދޭވަރުން މިލީން ހުރީ މިއަދު މި ދާން އުޅޭ ތަނަކާއި ދޭތެރޭ ޝައުގުވެރިވެފައެވެ. ޔައުލާންއަށް ވެސް ވެފައިވަނީ ހަމަ އެވަރެވެ. ގޯލްޑްރޯޒް ރެސްޓޯރެންޓާއި އަރާ ހަމަވުމުން ޒާމިން ކާރު ޕާރކް ކުރިއެވެ. “ޑޭޑް.. ނުވެސް ބުނެ..” މިލީންއަށް ގޯލްޑްރޯޒް ރެސްޓޯރެންޓްއާއި ދިމާލަށް ބަލާލެވުނެވެ.

ގޯލްޑް ރޯޒް ރެސްޓޯރެންޓް ގައި ވަނީ ކުލަކުލައިގެ ބޮކިތައް ދިއްލާލާފައެވެ. ތައްޔާރު ކޮށްފައިވާ ގޮތުން އެކަނިވެސް އެއީ ބޮޑު ޕާރޓީއަކަށް ތައްޔާރު ކޮށްފައިކަން އެނގެއެވެ. “ކޮންގްރެޓްސް ލީން..” ޔައުލާން އައިގޮތަށް އައިސް މިލީންގެ ކޮނޑުގައި ޖަހާލިއެވެ. ޒައިހާން ބޭއްވި އެ ޕާރޓީގެ މަގްސަދު ޔައުލާންއަށް ނަގައިގަނެވުމުންނެވެ. “މީ ދަރިފުޅުގެ އޭލެވެލް ނިމުނީމައި ބައްޕަ ބާއްވައިދޭ ޕާރޓީއެއް.. ކޮމްޕެނީއާއި ހުރެ ވަރަށް ލަހުންދޯ ދަރިފުޅަށް ޕާރޓީއެއް މި ބާއްވައިދެވުނީ..؟” ޒައިހާން އައިސް މިލީންގެ ބޮލުގައި ފިރުމާލިއެވެ.

“ތޭންކްސް ޑޭޑް.. އައި ލަވް ޔޫ ސޯ މަޗް…!” މިލީން އުފަލުން ޒައިހާންގެ ގައިގައި ބައްދާލިއެވެ. ހަފްލާތަކަށް ދިޔުމަކީ މިލީން ކުރާހިތްވާ ކަންތައްތަކުގެ ލިސްޓަށް އަރާނިމިފައިވާ ކަމެކެވެ. “މި ޕާރޓީއަށް ދައުވަތު ދީފައިވާނީ ދަރިފުޅާއެކީ ކިޔެވި ހުރިހާ ކުދިންނަށާއި ދަރިފުޅުގެ އެހެން ގާތް ކުދިންނަށް އެކަނި.. އަވަހަށް އާދޭ ވަންނަން.. އެ ހުރިހާ ކުދިންވެސް އެ އިންތިޒާރު ކުރަނީ ދަރިފުޅު އަންނަން ދެން..” ޒައިހާން މިލީންގެ އަތުގައި ހިފައިގެން ރެސްޓޯރެންޓްގެ ތެރެއަށް ވަންނަން ދިޔައެވެ.

ރަންކުލަ، ރީނދޫކުލަ އަދި ކަޅުކުލައިން ގޯލްޑް ރޯޒްގެ ހިތްގައިމު މާހައުލު ތައްޔާރު ކޮށްފައިވަނީ ވަރަށް ފުރިހަމައަށެވެ. މިލީން ވަނުމާއި އެކީގައި އެންމެން މިލީންއަށް މަރުހަބާ ކިޔަން ފެށިއެވެ. މިލީންވެސް ހެވިލާފައިހުރެ ކުރިއަށް ހިނގައިގަތީ އެއިން ކުއްޖަކަށް ޝުކުރިއްޔާއެއްހާ ހިސާބުވެސް ނުބުނެއެވެ. މިލީންގެ ދެލޯ ހޯދަމުން ދިޔައީ ހަމަ އެންމެ ފަރާތެކެވެ. އެތަނުގެ އެއްފަރާތުގައި ހުރި ކުޑަ ސްޓޭޖްގެ މަތީގައި ހުރި މީހާ ފެނި މިލީންގެ އުފާވެރިކަމަށް އެތައް ގުނައެއް އިތުރުވި ކަހަލައެވެ.

ސްޓޭޖް މަތީގައި ބަހައްޓާފައި ހުރި ސްޓޫލްގެ މަތީގައި އިށީނދެލައިގެން ޝަފްވާން އިނެވެ. ކަންފަތަށް ހެޑްސެޓް ޖަހާލައިގެން ފޯނުން އަންނަމުން ދިޔަ ލަވައާއި އެއްވަރަށް ގިޓާރ ކުޅެމުންދިޔަ ޝަފްވާން މަޑުމަޑުން ލަވަވެސް ކިޔަމުން ދިޔައެވެ. ގިޓާރ އާއި ކުޅެމުން ދިޔަވަރަކަށް ޝަފްވާންއަށް ބޮލުންވެސް އިޝާރާތް ކުރެވެމުން ދިޔައެވެ. މުޅިން ކަޅު އެއްޗެހި ލައިގެން އިން ޝަފްވާން ފެންނަނީ މީހުންގެ ހިތްތައް ފޮތިފޮތި ކޮށްލާނެހާ ފިރިހެންވަންތަކޮށެވެ. ސިނގިރޭޓެއް އަނގަޔަށް ޖަހައިގެން އިން ރަންކުލައިގެ ސްކަލް ހެޑް އެއް ކުރަހާފައިވާ ކަޅުކުލައިގެ އަތްދިގު ޓީޝާޓަކާއި އެކީގައި ކަޅު ރިޕްޑް ޖިންސެއް ލައިގެން އިނުމުން ޝަފްވާން ފެންނަ އެންމެން އޭނައަށް ފިދާވާނެއެވެ. ބޮލަށް ގެންނަ އިޝާރާތް ތަކާއެކީ އޭނަގެ ކަޅު ރޭގަނޑެއް ފަދަ ފަން ފަން އިސްތަށިގަނޑު ވައިގެތެރޭ ވިހުރިލާއިރު ހީވަނީ ހަމަ އަސްލު ސްޓާރއެއް ހެންނެވެ. އާރޓިކް ބްލޫ ކުލައިގެ ޕާރމެނެންޓް ލެންސް އިން އެދެލޯ ވިދަމުން ދިޔައީ އެހެނެއް ބަލާފައެއް ނޫނެވެ. ޝަފްވާންގެ ގާތަށް ގޮސް ބައެއް ކުދިން ފޮޓޯ ނަގާ ހަދަމުން ދިޔައެވެ.

ޝަފްވާން އަކީ ނަވާރަ އަހަރުގެ ފިރިހެން ކުއްޖެކެވެ. މިލީން އާއި ޝަފްވާން ދިމާވީ އޭލެވެލް ހެދި އަހަރުއެވެ. ފުރަތަމަ ފެނިލުމުން އެކުވެރިވެގޮސް ފުރަތަމަ ޝަފްވާންދެކެ ލޯބިވާ ވާހަކަ ބުނީވެސް މިލީންއެވެ. އޭގެފަހުން ދެމީހުން ގުޅިގެން އުޅޭތާ މިހާރު ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެދާނެއެވެ. ޝަފްވާންއަކީ ސްކޫލްގެ އެކި އިވެންޓްތަކަށް މިޔުޒިކް ކުޅެ ހަދާދެމުން ގެންދާ ކުއްޖެކެވެ. ބައެއް ފަހަރު ރަށުގެ އަތިރި މަތީގައި އެކި މީހުންނަށް ކުދިކުދި ޝޯތައް ބާއްވައިދެއެވެ. ވަޒީފާއަކަށް ނުގޮސް ޝަފްވާން ފައިސާ އެއްކުރަނީ އެގޮތަށެވެ. ރަށުގައި ޝަފްވާންގެ ނަން ބުނެލައިފިނަމަ ނޭނގޭ މީހަކު ވަރަށް މަދުވާނެއެވެ. ނަމަވެސް ޝަފްވާންގެ ހަގީގަތާއި ސިއްރުތައް އެނގޭނީ ވަރަށް މަދު ބަޔަކަށެވެ.

“ހަލޯ..؟” ކުއްޖަކާއެކީ ފޮޓޯއެއް ނަގާފައި ޝަފްވާން އައި ކޯލަށް ޖަވާބު ދިނެވެ. “އޭތް މިއަދު ހަވީރު ފުރަން އެބަޖެހެޔޭ..!! ކަލޭ ކޮންތާކަށް ވަދެ ފިލައިގެން ތިއޮންނަނީ..؟ އަވަހަށް އާދޭ.. ލޯންޗްގެ ކައްޕި ގާތު އާދޭސް ކޮށްގެން މަ މިހުންނަނީ..” ފޯނު ނަގާއިރަށް ހީވީ ޝަފްވާންގެ ކަންފަތް ބުޑުގައި ބޮމެއް ގޮއްވާލިހެންނެވެ. އޭނާގެ އެންމެ ގާތް އެކުވެރިޔާ އަހުނަފްގެ އަޑުން ޝަފްވާންއަށް ފޯނުވެސް އަތުކޮޅަށް ހޫރާނުލެވުނީ ހަމަކިރިޔާއެވެ. ހީވީ އަހުނަފް އެ ހަޅޭއްލަވައިގަތީ ފޯނުގައި އަނގަ ޖައްސައިގެން ހުރެ ހެންނެވެ

“އޭ މިއަދުތަ..؟ މާދަމާ ހަވީރެއްނޫންތަ ފުރަން ޖެހޭނީ..؟” ޝަފްވާން އަޑު މަޑުކޮށްލަމުން އަހާލިއެވެ. ”ނޫނެކޭ.. އެފިހާރަ ރޮބް ކޮށްލެވޭނީ ހަމައެކަނި މިރޭ ދިޔައިއްޔާ.. މަޖާވާނެ.. އާދޭ އެނޫނީ މަ މި ތިކޮޅަށް މި ދަނީ ކަލޭ ބަލާ..” އަހުނަފް ބުނެލިއެވެ. “ކަލެއަށްވެސް މިއަދުތަ އެކޮޅަށް ދާން ނިންމަން އެނގުނީ..؟ މަ މިހުރީ މިލީންގެ ޕާރޓީގަޔޭ… އެންމެ ލަވައެއް ހާ ހިސާބުވެސް ނުކިޔާދީ މަ ގޮސްފިއްޔާ މިލީން މަގޭ ދުވަސް ދުއްވާލާނެ..” ޝަފްވާން ކުރިއަށްވުރެވެސް އަޑު މަޑުކޮށްލަމުން އަހުނަފް އާއި ދިމާލަށް އެތިވަރު ގޮވާލިއެވެ.

“އޭ ހުވާ..؟ އެކަމަކު ކަލޭ މަގޭ ކައިރީ ބުނީމެއްނު ލީންއާއި ދޭތެރޭ ފޫހިވެފައޭ ތި ހުންނަނީ..؟ މިހާރު ކޮންކަމަކާއި ހުރެ ތި ހާސްވަނީ..؟” އަހުނަފް ހައިރާންވެފައި އަހާލިއެވެ. “ޝްޝްޝް… އެހެންނޭ.. އެވާހަކަ އަދި މިލީންގެ ގާތުގައި ނުބުނެވިގެންނޭ މި އުޅެނީ.. އެހެންވެ..” ޝަފްވާން އެހެން ބުނެލުމުން އަހުނަފް ޖަހާލީ ހިނިގަނޑެކެވެ. “އަށް މަސްއެކީ އުޅުނީވެސް މުޅި ސްކޫލުންވެސް އެންމެ ރީތި ކުއްޖާ އާއެކީގައި.. ދެން ކޮން ފޫއްސެއް ވެގެންތަ ކަލޭ ތިއުޅެނީ..؟” އަހުނަފް ދެން އަހާލީ ޝަފްވާންއަށްވެސް މިހާތަނަށް ޖަވާބު ދޭން ނޭނގުނު ސުވާލެކެވެ. ޝަފްވާންއަށް ވެސް ހަމައެކަނި އިހުސާސްވަނީ މިލީން އަކީ ޝަފްވާންއަށް ހުރި އަންހެން ކުއްޖާ ނޫންކަމެވެ. ޝަފްވާންއަކީ ސިފައަށް ބަލައިގެން އަންހެން ކުދިން ހޮވާ މީހަކަށް ނުވާތީ ކަމަށްވެސް ވެދާނެއެވެ.

“ފަނަރަވަރަކަށް މިނެޓްތެރޭ މަ އެބަ ދަން… މީ ކަލޭގެ ކެތްތެރިކަން ބައްލަވަން ލެއްވި އިމްތިހާނެއް ކަމަށް ވިސްނާލައިގެން ދެން މަޑުކޮއްލާ..!” ޝަފްވާން އެހެން ބުނެ އިތުރަށް އަހުނަފްގެ އަޑު ނާހަން ވެގެން ފޯނު ކަނޑާލިއެވެ. “ހެއި ޝަފްވާން…” މިލީން ގޮވާލުމުން ޝަފްވާން ދިޔައީ ސިއްސައިގެންނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. މިލީން ދިޔަގޮތަށް ގޮސް ހުއްޓުނީ ޝަފްވާންގެ ނޭވާ އިހުސާސްވާހާ ގާތުގައެވެ. “ލީން.. ވަރަށް ބޮޑަށް ސޮރީ.. އަމް އާރޖެންޓްކޮށް.. ވަރަށް އަވަހަށް ތަނަކަށް އެބަ ދާން ޖެހޭ…” މިލީންއާއި ދުރަށް ޖެހިލަމުން ޝަފްވާން ބުނެލިއެވެ. މިލީންގެ ހިނިތުންވުން ފަނޑުވެގެން ދިޔަގޮތުން ހީވީ ސާދަ ވިލޭރޭގެ ހަނދަށް ކަޅު ވިލާ ކޮޅެއް އެޅުނުހެންނެވެ.

“ދެން ނޫން.. އެއީ ކީއްވެގެންތަ..؟” މިލީން އަހާލިއެވެ. “އަމްމްމް.. ޖޮބް އިންޓަރވިއުއަކަށް.. މިއަދު ނުގޮސްފިއްޔާ ޗާންސެއް ލިބުމަށްވުރެ ނުލިބުން ގާތް..” ލިބުނު ދެތިން ސިކުންތުގެ ތެރޭ ޝަފްވާން ރަނގަޅު ދޮގެއް ހަދާލިއެވެ. “އެކަމްވެސް ޝަފްވާން.. މިއީ އަހަރެންގެ ޕާރޓީ…” މިލީން ދެރަވިއެވެ. އެފަދަ ހަނދާނުން ފިލައިގެން ނުދާނެ ފަދަ ޕާރޓީއެއްގައި އެންމެންވެސް ބޭނުންވާނީ އެންމެ ލޯބިވާ މީހުންނާއި ގައި ހުންނާކަށް ނޫންހެއްޔެވެ.؟

”ސޮރީ މިލީ…” ޝަފްވާން އުނގުމަތީގައި އޮތް ގިޓާރވެސް ސްޓޫލް މަތީގައި ބަހައްޓާފައި ނުކުމެ ދުއްވައިގަތެވެ. އޭރު ބާކީ އޮތީ ތޭރަ މިނެޓެވެ. އެވަގުތު އަހުނަފް ހުރީ ގޯލްޑް ރޯޒް ރެސްޓޯރެންޓް ކުރިމަތީ ކާރުގައި ޝަފްވާން ބަލާ އައިހެވެ. ޝަފްވާން ނުކުމެ ދެ ކޮޅު ބަލާލާފައި ބަނދަރާއި ދިމާލަށް ދުއްވައިގަތެވެ. ޝަފްވާންއަށް އަޑު އިވޭތޯ އަހުނަފް ބަރުގޮނުވެސް އެޅިއެވެ. ޝަފްވާން ނުހުއްޓުނުތާ ފަހަތަށް ބަލާވެސް ނުލުމުން އަހުނަފް އެންމެފަހުން ކާރު ދުއްވާލިއެވެ.

“މިކަލޭގެއަށްވެސް އެނގޭނީ ދެކަންފަތަށް ހެޑްސެޓް ޖަހައިގެން އުޅެން..” ޝަފްވާން ދުވަމުން ދިޔައީ ދެކަންފަތަށް ހެޑްސެޓް ޖަހައިގެންކަން އެނގުމުން ގަޑި ބަލާލާފައި އަހުނަފް ކުދި ކިޔައިގަތެވެ. އަހުނަފް އެވަރަށް ބަރުގޮނު އެޅުމުންވެސް ޝަފްވާންއަށް އަޑު ނީވުނީ ކީއްވެގެންކަން އެނގުމުންނެވެ. އެންމެ  ފަހުން އަހުނަފް ކާރުގައި ގޮސް ޝަފްވާންގެ ގާތުގައި ހުއްޓި އަޑު އިވޭނެހާ ބާރަށް ހަޅޭއްލަވައިގަތެވެ. އެވަރުންވެސް ޝަފްވާންއަށް އަހުނަފް ހުރިކަން އެނގުނީ ދެތިން މިނެޓް ފަހުންނެވެ. “އޭ ކަލޭ އެބަ ހުރިންތަ..؟ ދެން ލޯންޗް ނައްޓާލައިފިއްޔާޔޯ..؟” ޝަފްވާން ކާރަށް އަރަމުން އަހާލިއެވެ. “ހާސްނުވޭ.. މަޣްރިބް ނަމާދަށް ގޮވަން ވާއިރަށް އަހަރެމެންނަށް ލޯންޗާއި ހަމައަށް ދެވިއްޖެނަމަ އެމީހުން ފުރާނީ އަހަރެމެންވެސް ގޮވައިގެން…” އަހުނަފް ބުނެލިއެވެ. ވަރުބަލިވެފައި ހުރުމުން ޝަފްވާން ކާރުތެރޭ އޮތް ފެންފުޅި ނަގާ އަނގަތެރެއަށް އޮއްސާލިއެވެ. އަދި ދެ މިނެޓެއް ހާއިރު ވަންދެން ސީޓްގައި ލެނގިލައިގެން އިނދެފައި ޝަފްވާން ހުޅުވާފައިވާ ފޯނުން ގަޑި ދައްކާލިއެވެ. ހަގަޑި ބާރަ ހިނގާފައި އޮތްތަން ފެނުމުން އަހުނަފް ކާރު ދުއްވާލިއިރު ހީވީ ރޭހަކުން މޮޅުވާންވެގެން ދުއްވާލިހެންނެވެ.

“އޭތް އަހޫ..! މަޣްރިބަށް ބަންގި ގޮވަން ބާކީ އެންމެ ތިން މިނެޓް..” ޝަފްވާން އެހެން ބުނެލުމާއެކީގައި އަހުނަފް ކާރުގެ ދުވެލި އިހުނަށްވުރެ ބާރު ކޮށްލިއެވެ. ކާރު އުދުއްސައިގަތްހެން ހީވީ އެފަހަރެވެ.

މިއަލް ގަބު ހިނގުމެއްގައި ގޭތެރެއަށް ވަންނަން ދިޔައެވެ. އޭރު ރީއަލް ސޯފާގައި އިށީނދެލައިގެން އިނެވެ. “އެލް.. ދޮންބެ ބުނަމެއް ނޫންތަ މިވަގުތު އަންހެން ކުދިން އެކަނިމާއެކަނި ބޭރުގައި އުޅޭކަށް ނުވާނެޔޭ..؟” މިއަލް ފެނިފައި ރީއަލްއަށް އެހެން ބުނެވުނީ ތަންކޮޅެއް ބާރަށެވެ. ފަހަތުން ވަތް ކިއަނާ އަވަހަށް ދެލޯ ބޮޑުކޮށްލާފައި ދެ ފަރާތަށް ބޯ ހޫރާލީ އެވާހަކަ ނުދެއްކުމަށް ބުނުމަށެވެ. މިއަލްގެ މޫޑު އެހާ ގޯސްވެފައި ހުއްޓާ ރީއަލް އެހެން ވާހަކަ ދެއްކުމުން މާ ސަކަރާތް ވެދާނެކަން ކިއަނާއަށްވެސް ވިސްނެއެވެ.

ރީއަލް މަޑުމަޑުން ތުންފަތުގައި ހަފާލާފައި ޓީވީއާއި ދިމާލަށް ބަލާލިއެވެ. އޭރު ބަންގީގެ މާތް ކަލިމަތައް އަޑުއިވެން ފަށައިފިއެވެ. މިއަލްގެ ފަހަތުން ކިއަނާވެސް ގޮސް މިއަލްގެ ކޮޓަރިއަށް ވަނެވެ. “އެލް… ކީއްވެގެންތަ އެމީހުން ހެދިހާ ގޮތެއް ހަދަންދެން އެއްކަމެއްވެސް ނުކޮށް ތިހުންނަނީ..؟” ކިއަނާ އެހެން ބުނެލުމުން ވުޟޫ ކޮށްލައިގެން ނުކުތް މިއަލްއަށް ބަލާލެވުނެވެ. ކިއަނާ އެ އިޝާރާތް ކުރީ މިއަލްގެ ފޫބުޑުން ނުނެއްޓިގެން އުޅޭ އެ ފިރިހެން ގްރޫޕްގަނޑުގެ ވާހަކަކަން މިއަލްއަށް ދޭހަވިއެވެ. “ކަމެއް ނުވޭ.. އާނާވެސް ރަނގަޅުވާނީ އަހަރެންނާއި ދުރުގައި ހުރިއްޔާ.. އެހެންނޫނީ އާނާއާއި ވެސް އެމީހުން ދިމާކުރަން ފަށާނެ..” މިއަލްގެ އަޑުގައި ޝައުގުވެރިކަމެއް ނެތެވެ. ކޮޓަރީގެ ދޮރުފަތުގައި ބޯ ޖައްސާލައިގެން އަޑު އަހަން ހުރި ރީއަލްގެ ހިތް ކުދިކުދި ވާވަރުވިއެވެ. މިއަލްއަށް އުނދަގޫ ކުރަމުން ގެންދާ މީހުންނަށް ރަނގަޅު ފިލާވަޅެއް ދޭން ބޭނުންވިއެވެ. އެކަކުވެސް ރީއަލް އާއި ދިމާކޮށް ހަދައެއް ނޫޅެއެވެ. ފަހަރެއްގައި ރީއަލްއަކީ ރަށުގެ އެންމެ މަޝްހޫރު ފިހާރައިގެ ފަރުވާތެރި މުވައްޒަފަކަށް ވާތީ ކަމަށްވެސް ވެދާނެއެވެ. ރީއަލް ކިއަނާ އާއި މިއަލްގެ ވާހަކަތައް އަޑު އަހަން ދޮރު ކައިރީގައި ހުރެފައި ކޮޓަރިއަށް ވަނެވެ. އަވަހަށް ތައްޔާރުވެލައިގެން މިސްކިތަށް ދާށެވެ.

“އެލް ކީކޭ ތިކިޔަނީ..؟” ދެލޯ ބޮޑުކޮށްލާފައި ކިއަނާ އަހާލިއެވެ. “އަހަރެން މިބުނަނީ އާނާވެސް ދެން އަހަރެންނާއި ގާތްކޮށް ނޫޅޭށޭ..” މިއަލްގެ އަޑުއިވިފައި ކިއަނާ ހިތުގައި ޖެހޭގޮތްވިއެވެ. “އެލް.. އެލް އަށްވެސް އެނގެއެއްނޫންތަ އަހަރެން އެލް ދޫކޮށްނުލާނެކަން..؟ ދެން އެންމެ ފަހަރަކުވެސް އެލް ތިހެން ބުނެފިއްޔާ ދެން މީގެފަހުން ނާންނާނަން މިގެއަކަށް..” ކިއަނާ އެނދުމަތީގައި އިށީންނަމުން ބުނެލިއެވެ. ދެރަވެފައި ހުރި މިއަލްގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިތަން ފެނިފައި ކިއަނާވެސް ހިތްހަމަ ޖެހުނެވެ. ކުރިންވެސް މިއަލްގެ ތުންފަތް މަތީ ހުންނަ ހިނިތުންވުން ފެންނަން ހުންނަން ކިއަނާ ކިތަންމެހާވެސް ބޮޑަކަށް ބޭނުންވެއެވެ. ނަމަވެސް އެކަން ކޮށްދެވޭނީ ކިހިނަކުންކަމެއް ކިއަނާއަކަށް ނުވިސްނެއެވެ. ނަމަވެސް މިއަލްއަށް އެހީވާން ކިއަނާ ބޭނުންވެއެވެ.

މިއަލްއާއި އެކީގައި ކިއަނާ މަޣްރިބް ނަމާދު ކުރިއެވެ. “އެލް… ދެން އެލްގެ ޕްލޭންސް އަކީ ކޮބާ..؟ މިހާރު އޭލެވެލްވެސް ހަދާ ނިމުނީ..” ނޫކުލައިގެ ފާރަށް ގެއްލިފައި މިއަލް އިންނަން ފެށުމުން ކިއަނާ އަހާލިއެވެ. “އަދި ނޭނގޭ.. ނުވިސްނަން.. ފަހަރެއްގައި ޖޮބެއްވެސް ހޯދަފާނަން..” މިއަލް ވަކިގޮތެއް ވިސްނާފައި ނުވާކަން ހާމަ ކުރިއެވެ. އޭރުވެސް މިއަލްގެ ސިކުނޑީގައި ދައުރުވަމުން ދިޔައީ ސަފީނާއާއި މިޝްލާގެ ޚިޔާލެވެ. މިޝްލާއަށް މިއަލް އެދޭވަރު އެނގޭނެ ނަމައެވެ. މިޝްލާ އެނބުރި އަންނާނެ ނަމައެވެ. މަންމައެއްގެ ލޯތްބާއި ނުލާ ދިރިއުޅުމަކީ ކިހާ އުނދަގޫ ކަމެއްކަން މިޝްލާއަށް ވިސްނޭނެ ނަމައެވެ.

މިއަލް ހަމަ އެއްދިމާއަކަށް ގެއްލިފައި ހުންނަން ފެށުމުން ކިއަނާ މިއަލްގެ މޫނު ކުރިމަތީގައި އަތް ހޫރުވާލިއެވެ. “އެލް އަބަދުވެސް ކޮން ކަމަކާއި ދޭތެރޭ ތި ވިސްނަނީ..؟” ކިއަނާ އެއްސެވެ. “އާނާ ތި ބުނި ކަމާއި… މިހާރު އޭލެވެލް ނިމުނުތަނާވެސް ދުވަސްކޮޅެއްވީ..” މިއަލް އަވަހަށް ކިއަނާއަށް ސަމާލުކަން ދިނެވެ. “އެ މީހުން ކިޔާ އެއްޗެއްސާއި ދޭތެރޭ ދޯ ތިވިސްނަނީ..؟ އަހަރެން އެލްގެ ގާތުގައި ކިތައްފަހަރު ބުނީމައިތަ އެލް ގަބޫލު ކުރާނީ މީހުން ކިޔާ އެކަހަލަ އެއްޗެއްސަށް ވިސްނައިގެންނެއް ދުނިޔެއަކު ނޫޅޭވޭނެކަން..؟” ކިއަނާއަށް ހީވީ މިއަލް މާވަރަކަށް އެ ވިސްނަނީ އެ ފިރިހެންކުދިންތައް އޭނާއާއި ބެހޭތީ ކަމަށެވެ. އެހެންހިތާ މިއަލްގެ އަތަށް ފިތާލާފައި ކިއަނާ ވިސްނައިދިނެވެ.

“އަހަރެން އޯކޭޔޭ.. އެމީހުންނަށް އަދި ނުވިސްނޭތީ އެ އުޅެނީ… އާނާ… ހައު ޑަޒް އިޓް ފީލް ޓު ހޭވް އަ މޯމް..؟” މިއަލް އާދައިގެ މަތިން ކުރާ ސުވާލެއް ކިއަނާގެ ގާތުގައި ކޮށްލިއެވެ. “ދެން އެލް ކޮންމެ ދުވަހަކު އަހަރެންގެ ގާތުގައި ތި ސުވާލު ނާހަބަލަ… ވަރަށް ދެރަވެޔޭ…” ކިއަނާ މިއަލްގެ އަތުގައި ބައްދާލަމުން ބުނެލިއެވެ. “ހްމްމްމް..” މިއަލް ލައްވާލީ ހޫމްއެކެވެ.

“މާދަން ހުކުރު ދުވަހެއްނު ދޯ..؟ އަހަރެންނާއެކީ ހިނގާލަން ދާންވާނެ އިނގޭ… މަންމަމެން އެބަ ކިޔާ ދަތުރެއް ރާވަންވެސް… އަހަރެން ދަންޏާ އެލްވެސް ދާން ވާނެ…” ކިއަނާ ވަރަށް ފޯރީގައި ބުނެލިއެވެ. “އާނާ އެނގެއެއްނު އަހަރެން މީ ތިކަހަލަ ކަންކަމުގައި ބައިވެރިވާން އުޅޭ މީހެއް ނޫން ކަން..” މިއަލް ފަސްޖެހުނެވެ. “ދެން އަހަރެންނަށްޓަކައި… އޭރުން އެލްގެ ދޮންބެވެސް ކިހާ އުފާ ވާނެ..؟ އޭރުން ފަހަރެއްގައި ރީއަލްވެސް އަހަރެމެންނާއެކީގައި ދަތުރު ދާން އައިސްފާނެ..!!” ކިއަނާ ވިސްނައިދިނެވެ. ކިއަނާގެ ދުލުން ރީއަލްގެ ނަން ބޭރުވުމުން މިއަލްގެ ގާތަށް ހިނިއައެވެ. ދެ މީހުން އެންމެ ކުޑައިރުއްސުރެވެސް ކިއަނާގެ ހިތުގައި ރީއަލްއަށް ދެވިފައިވާ މަތީ މަގާމު މިއަލް ރަނގަޅަށް ދެނެހުއްޓެވެ.  “އޯކޭ.. އަހަރެން ދާނަން..” ކިއަނާ ކުރުނުކުރާނެކަން އެނގޭތީ މިއަލްއަށް ޖެހުނީ އެއްބަސް ވާށެވެ. އެއާއެކީ ކިއަނާގެ ތުންފަތްމަތީ ދުވެލި ކާމިޔާބުގެ ހިނިތުންވުން ދެކިފައި މިއަލް ކުޑަކޮށް ހީނލިއެވެ. “ކިއާން…” ރީއަލް ދޮރުގައި ޓަކި ޖަހާލިއަޑަށް ދެ މީހުންވެސް ސަކަރާތް ޖެހުން ހުއްޓާލިއެވެ. “ޝާޒް ދައްތަ ގުޅައިފި.. ގެއަށް ދާށޭ ބުނީ..” ރީއަލް ކުޑަކޮށް ދޮރު ހުޅުވާލައިގެން ހުރެ ބުނެލިއެވެ. ޝާޒްލީނާ އަކީ ކިއަނާގެ މަންމައެވެ. “ބާއި.. މާދަން ހަވީރަށް ތައްޔާރު ވައްޗޭ އިނގޭ…” ކިއަނާ ނުކުންނަން ދަމުން ހަނދާން ކޮށްދިނެވެ.

“ކިއާން އެކަނިތަ ތި ގެއަށް ދަނީ..؟” ރީއަލް އަހާލައިފިއެވެ. “އާނ.. ކިހިނެތްވީ..؟” ކިއަނާ އަހާލިއެވެ. ކިއަނާ ނުގޮތަށް ރީއަލްއާއި ސުވާލު ކުރިގޮތުން މިއަލްއަށް ހެވުނެވެ. ނަމަވެސް ކިއަނާއަށް އެއްބާރުލުން ދޭން ވެގެން މޫނުމަތިން އެއްވެސް އަސަރެއް ނުދައްކާ މިއަލް އިނެވެ.

“އަހަރެން ކިއާން ގެއަށް ލައިދީފާނަން.. އޭ އެލް.. ގޭގައި ހުންނައްޗޭ..” ރީއަލް ސައިކަލުގެ ތަޅުދަނޑި ހިފައިގެން ނުކުންނަމުން ބުނެލިއެވެ.

މިއަލް މަޑުމަޑުން ބޯ ޖަހާލިއެވެ. ރީއަލްއާއި ކިއަނާ ނުކުމެ ދޮރު ލެއްޕި އަޑަށް މިއަލް އެނދުމަތީގައި އޮތް ބާލީސް ދަށުން ފޮޓޯގަނޑެއް ނެގިއެވެ. އެއީ ސަފީނާ އާއި މިއަލްގެ ފޮޓޯގަނޑެކެވެ. މިއަލް އެ ފޮޓޯގަނޑަށް ބަލަހައްޓައިގެން ހުރިއިރު ދެލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. ކަރުނަތައް އެ އޮމާން ކޯތާފަތްމަތީގައި ބޮސްދީފައި އެ ފޮޓޯގަނޑުގައި ޖެހެމުން ދިޔައެވެ. “މާމާ.. މާމަ އަޅުގަނޑު ދޫކޮށްފައި ދިޔައީމައި އެ ހުރިހާ އެންމެން އަހަރެންނަށް މަލާމާތް ކުރަނީ… މާމަ ހުރި ނަމަ.. މާމަ ކީއްވެގެންތަ އަޅުގަނޑު ދޫކޮށްފައި ދިޔައީ..؟” އެފޮޓޯގަނޑުގައި ހިނިތުންވެގެން ހުރި ސަފީނާގެ މޫނުގައި ފިރުމަމުން މިއަލް ޝަކުވާ ކުރިއެވެ.

މިއަލް އެ ފޮޓޯގަނޑުގައި ބޮސްދީފައި ބާލީސް ދަށަށްލާ ފޮރުވިއެވެ. އަނދިރިވެފައިވާ މިއަލްގެ ހަޔާތަށް އަލިކަމެއް އަންނާނީ ކޮން ދުވަހަކުން ކަމެއްވެސް ނޭނގެއެވެ. މިއަލް ގިޓާރ ނަގާ ކުޅެން ފެށިއެވެ. އެ އަޑު ޖެހުނީ ގޭތެރެއަށް ވަދެވަދެ ހުރި ނަވާލްގެ ކަންފަތުގައެވެ. ނަވާލްގެ ހިތުގައި މީހަކު ހިފާ ބާރު ކޮށްލި ކަހަލައެވެ. ”މިޝް.. މިޝްލާ…” ދެލޯ ނިތްމައްޗަށް ލައިގެން ކަހަލަ ގޮތަކަށް ނަވާލްގެ ފިޔަވަޅުތައް ހުރީ މިއަލްގެ ކޮޓަރިއާއި ދިމާލަށެވެ.

“މަންމަގެ ރަން ދޫންޏާ ނިދާލާށޭ… ނިދާލާށޭ…” މިއަލް ކިޔަން ފެށީ މިޝްލާ މިއަލް ނިންދަވަންވެގެން ކިޔާ އުޅުނު ނާނާއެއްކަމަށް ސަފީނާ ބުނެދިން ނާނާއެކެވެ. ނަވާލް މަޑުމަޑުން މިއަލްގެ ކޮޓަރީގެ ދޮރު ހިންމިއަކަށް ހުޅުވާލިއެވެ. ފިޔާތޮށި ކުލައިގެ ޓީޝާޓްކޮޅަކާއި ނޭވީ ބްލޫ ކުލައިގެ ޖިންސެއް ލައިގެން އެ ރާޅުބާނި އިސްތަށިގަނޑުވެސް ހާވާލައިގެން ގިޓާރ ކުޅެން އިން މިއަލް ފެނިފައި ނަވާލްއަށް ހީވީ ލޯކުރިމަތީގައި ހަމަ މިޝްލާ ފެނުނު ހެންނެވެ.

 

= ނުނިމޭ =

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

yooon
Follow Me Written By

yooon

10 Stories100 Comments100 Login100 Stories500 Comments

Transcend reality in this little safe space <3

Other Articles

Previous

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ސަތާރަވަނަ ބައި)

Next

ގާތުގާވުމަށް ހިތް އެދެނީ (2)

Next
August 4, 2021

ގާތުގާވުމަށް ހިތް އެދެނީ (2)

Previews
August 2, 2021

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ސަތާރަވަނަ ބައި)

5 Comments!

  1. DevilBoy says:
    August 3, 2021 at 4:28 pm

    vv ryhthi. yoon ge stories osm. Shafvaan ei vageh tha.? So Shafvaan aa mileen aa gulhigen ulhefa he’s bored of her dho.? Varah curious. Yaulaan likes Mileen. Varah interesting vaane kamah beleveny. Keep up the good work love you a lot

    1. yooon yooon says:
      August 5, 2021 at 11:39 am

      Vrh bodah thankiu DevilBoy ?? Shafwaan dhw.. Lets c in the nxt part.. Yes shafwaan and Milyn has been together but he’s a bit bored of her.. Labba Yuel likes Milyn.. Glad you enjoyed it ? Will try my best and lym dear ? Stay safe tgc

  2. Rishu says:
    August 3, 2021 at 7:19 pm

    Varah reethi mi part ves…?
    Curiously waiting 4 next part?
    Lysmmm?
    Tvgc

    1. yooon yooon says:
      August 5, 2021 at 11:41 am

      Thankiu so much Rishu ?? Insha allah part 3 miadhu.. 5th ga.. Love you moore ? you take good care too dearlss

  3. Aishath Faruha Abdulla says:
    August 5, 2021 at 2:05 pm

    Mi story vrh thihthi.. ?Masha Allah….. Anekkaa vxx yooon aai dhimaa vee dhww…?❤️❤️ Ummeedh kuran mi vaahaka vxx thihthi vaane kamah.. Waiting for the next part…… ❤️❤️

Comments are closed.

Next Episodeތި ސޫރަ ނޫން 3←


All Right Reserved!