Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ނަފްރަތުން ވެވުނު ލޯބި 2 – 1

★ Amy ★ Level 110 Stories
July 28, 2021 5 Mins Read
5 Comments

★ 1  ވަނަ ބައި ★

ޑިއުޓީ ނިންމާލާފައި ގެއަށް އައިސް އަރައިގެން ހުރި ފައިވާން ގޭތެރެއަށް އެއްލާލާފައި އަޅައިގެން ހުރިއަވިއައިނު ހިފައިގެން ކޮޓަރިއަށް ގޮސް ވަނެވެ. ފިރިހެން ކުދިންގެ ހިތްތައް ކަތިލާ ފަދަ ހިނިތުންވުމަކާއި ފަންދިގު އިސްތަށިގަނޑެއް ވަނީ ލިބިފައެވެ. “ދޮންތަ ދެން ދީބަލަ ތި” ކޮޓަރިއާއި ދިމާލުން ޝަކުވާ ކުރާ އަޑު އިވިގެން މާޝާ އެދިމާއަށް ދިޔައީ ކޮށަން ހުރި ތަރުކާރީ ކޮޅު ބަހައްޓާފައެވެ. “ސާބަސް ހަމަ ދެކުދިންނަށް! ދޮންތީ ކޯޗެއްތަ ކޮއްކޮއަށް ނުދީ ތިއުޅެނީ” އެނދުމަތީގައި ތޮޅެން ތިބި މާޝާގެ ދެކުދިންނާއު ދިމާއަށް ބުނެލިއެވެ. “މަންމާ! ދޮންތި އަބާން ގެ ޓެބު ފޮރުވީ” ކުޑަކުއްޖެއްހެން މާޝާގެ ގައިގާ އައިސް އަބާން ބައްދާލާފައި ޝަކުވާ ކުރަން ފެށިއެވެ. “ހާނިޔާ! ތި ދެން ކޮއްކޮ އަތަށް ދީބަލަ ޓެބު އެހެންނޫނީ މިއަދު ތި ދެމީހުން ތޮޅޭ އަޑު ނޫން އަޑެއް ނުއިވޭނެ” އެނދުމަތީގައި ހަމަޖެހިލައިގެން އޮތް ހާނިޔާ އާއި ދިމާއަށް މާޝާ ބަލާލިއެވެ. ކަންނެތް ގޮތަކަށް ތެދުވެ ސައިޑް ޓޭބަލް ގެ ވަތްގަނޑު ތެރޭގައި އޮތް ޓެބު ނަގާ އަބާން އަތަށް ދިނެވެ. އަބާން އާއި މާޝާ ނުކުތުމުން ހާނިޔާ ތެދުވެ ގޮސް ދޮރު ޖަހާ ތަޅުލިއެވެ. “ކަންތަކާ ޖެހުނީ! ޔަގީން މިއަދު ވެސް އެއައީ ކޮންމެސް ކުއްޖަކާ ތޮޅެފަކަން” އަމިއްލަ ނަފްސާއި މާޝާ ވާހަކަ ދެއްކިއެވެ.

“ދޮންބެ، ދޮންބެ ދައްތާ، މަންމާ، ބައްޕާ” ދުވަމުން ގެއަށް ވަދެގެން އައި ފައިހާން އެންމެނަށް ގޮވަންފެށިއެވެ. “ދޮންބެ އާއި ބައްޕަ ވީ ޑިއުޓީގައޭ ދަރިފުޅާ” އަޅައިގެން ހުރި ބުރުގާ ރީތިކޮށްލަމުން އައިސް ފައިހާ ބުނެލިއެވެ. “ފައިހާން ހާދަ އުފާވެފަ ހުރި ދުވަހެކޭ” ފައިހާންގެ ކޮނޑު ގައި އޮތް ދަބަސް ފައިހާ ނެގިއެވެ. “އިނގޭތަ؟ ފައިހާން އަށް ޖޮބް ލިބުނީ އޭ” ފައިހާ ގައިގާ ބައްދާލަމުން ފައިހާން އެހެން ބުނި އިރު ފައިހާގެ ލޮލުން އުފާވެރި ކަމުގެ ކަރުނަ ނިރާލިއެވެ. “ދޮންބެ ދައްތަގެ ފައިހާން ބޮޑުވީ ދޯ” ފެންތައްޓެއް ހިފައިގެން އައިސް ފައިހާން އަށް ފެންތަށި ދިއްކޮށްލާފައި މާޝާ ބުނެލިއެވެ. “ކުޑާއްތަ އާ އަބާން އާ ކޮބާ؟” ފެންތަށީގެ އެއްބައި ބޮއެލާފައި ގޭތެރެއަށް ފައިހާން ނަޒަރު ހިންގާލިއެވެ. “ކޮޓަރި ދޮރު ޖަހައިގެން ކޮޓަރީގަ އެބައޮތް ކުޑާއްތަ. އަބާން ޓެބު ހިފައިގެން އެވަނީ ކޮޓަރިއަށް ގޭމު ކުޅެން ކަންނޭގެ” ބޯ ހޫރުވާލަމުން މާޝާ އެހެން ބުނެފައި ބަދިގެއަށް ވަނީ މެންދުރު ކާން ވާއިރަށް ކައްކާށެވެ.

ހަވީރުގެ ހިތްގައިމު ވަގުތު ބެލަކަންޔަށް ބޯދިއްކޮށްލައިގެން އިން ކުއްޖާގެ ލޮލުން ކަރުނަ ތިކިތައް ވެއްޓެމުން ދިޔައެވެ. ބެލްކަނި އެއްކޮށް މާމެލާމެލިން ފުރިފައިވާއިރު އެ ކުއްޖާގެ ލޮލުން ވެއްޓޭ ކޮންމެ ކަރުނަތިއްކެއް ފަތެއް މައްޗަށް ވެއްޓި ބުރައިގެންދެއެވެ. އަތުގެ ނުފުށުން ލޮލުގެ ކަރުނަ ތިކިތައް ފޮހެލާފަހަރުވެސް ދެއެވެ. “ދަރިފުޅާ” ކޮޓަރި ދޮރު ހުޅުވާލާފައި ލިއުޝާ ގޮވާލުމުން އަވަހަށް ރީތިކޮށް މޫނު ފުހެލާފައި ހިނިތުންވެލިއެވެ. “ދަރިފުޅު ރޮނީތަ؟” ހިފައިގެން އައި މައިލޯ ތަށި ބަހައްޓާފައި ލީޝާގެ ގާތަށް ލިއުޝާ ޖެހިލިއެވެ. ނޫނެކޭ ބުނެ ލީޝާ ދެކޮޅަށް ބޯ ހޫރުވާލިއެވެ. “މި މަންމައޭ. ދަރިފުޅު މަންމަ އަށް އެއްވެސް ކަމެއް ސިއްރު ނުކޮށް ކިޔައިދީބަލަ” ލީޝާ އެނދުމަތީގައި ބައިންދާފައި ލޯބިން ބޮލުގައި ފިރުމާލަ ދިނެވެ. “މަންމާ. ކޮބާ ބައްޕަ. ބައްޕަ މަތިން ހަނދާން ވަނީ” ލިއުޝާ އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. “ދަރިފުޅު ބައްޕަ ވީ ލޯންޗު ދަތުރަކު ގުރައިދޫއަށް ގޮސް އޭނުން” ލިއުޝާ ބުނެލި އެވެ. އޭނައަށް ދެރަދިން ޖައިލަމްގެ ވާހަކަ އޭނަގެ ދަރިފުޅު ކައިރީ ބުނާކަށް އޭނަ ބޭނުމެއް ނޫނެވެ. “މަޑު ކުރޭ މަންމަ މި ގުޅަނީ ބައްޕައަށް. އަން މި މައިލޯ ތަށި ބޯލާ” ލިއުޝާ ފޯނު ހިފައިގެން އައިސް ޔުނާން އަށް ވީޑިއޯ ކޯލެއް ހެދިއެވެ. ދެތިން ފަހަރަކު ގުޅާލުން ޔުނާން ފޯނު ނެގިއެވެ. “ދަރިފުޅު ހެދެ ބައްޕަ މަތިން މިސްވަނީތަ؟” ޔުނާން ލީޝާ އާއި ދިމާއަށް ބަލާލިއެވެ. އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ. “ޔާން ކޮން އިރަކުން އަންނަނީ؟” ލީޝާ ކައިރިން ދުރަށް ޖެހިލާފައި ލިއުޝާ ޔޫނާން ގާތު އަހާލިއެވެ. “ދޫންޔާ! މިރޭ ދެވޭނީ. ވަރަށް މިސްވޭ ލިއު އާ ޝާޝާ މަތިން. ފަހުން ގުޅާނަން އިނގޭ އެމީހުން ގޮވައިގެން ފުރަނީމި. ލަވް ޔޫ” ލިއުޝާ ހިނިތުންވެލާފައި ބަދިގެއަށް ވަނީ ތަށިތައް ނަގާ މޭޒުމަތި ސާފު ކުރާށެވެ.

އަޒާން ޝޫޓިންގ ނިންމާލާފައި ގެއަށް އައި އިރު ހުރީ އިރުއޮއްސި ހައެއް ޖަހާފައެވެ. ގޭތެރޭގައި އެންމެންވެސް ސަކަރާތް ޖެހުމުގައި އުޅެއެވެ. އެންމެ ފުރަތަމަވެސް އަޒާން ގޮސް ހާނިޔާގެ ގައިގާ ވަރަށް ލޯބިން ބައްދާލިއެވެ. އަމިއްލަ ދަރިއެއް ނޫން ކަމަކު އަޒާން ހާނިޔާ ދެކެ ލޯބިވާނީ އަމިއްލަ ދަރިއެއް ފަދައިންނެވެ. ހާނިޔާއަށް އަޒާން އަކީ އޭނަގެ ދޮން ބައްޕަކަން އެނގޭ ދުވަހު ދެރަވާނެ ވަރު އަޒާން އަށް އިހްސާސް ކުރެވެއެވެ. ނަމަވެސް ކޮންމެސް ދުވަހަކުން ފަޅާ އަރާނެކަން އެނގޭތީ އަޒާން އާއި މާޝާ ނިންމީ މިރޭ އެ ވާހަކަ ހާނިޔާގެ ގާތު ބުނުމަށެވެ. “ބަލަ ބައްޕަ އަބަދު ދޮންތި ގައިގަ ބައްދާލާނީ އަބާން އަކީ އަބަދުވެސް ބާކީ ވެފަ ހުންނަ ކުއްޖެއް” އަބާން ދެރަވެލާ ކަމަށް ހަދާފައި ގޮސް މާޝާގެ ގައިގާ ބައްދާލިއެވެ. އަޒާން ގާތަށް ހިނި އައީ އަބާން އުޅުނު ގޮތް ފެނިފައެވެ. “ތި މިހާރު ކުޑަ ކުއްޖެއްތަ އޭން” މަލާމާތުގެ ރާގަކަށް އީނާޝް ބުނެލިއެވެ. “ތިމާ ބޮޑު މީހެއްތަ؟” އަބާން ރައްދުދިނެވެ. “މަ ބޮޑޭނުން” ފައިހާން ފޮނި ކަނޑާލިއެވެ. އެތާ ތިބި އެންމެންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. އެކި ސަކަރާތުގައި ތިބެފައި އެމީހެއްގެ ކޮޓަރިއަށް ގޮސް ވަނީ ބަންގި ގޮވުމުންނެވެ.

“އަބާން!” މިސްކިތުން އައި މަގުމަތީގައި ދެމީހުންގެ މެދުގައި ވީ ހިމޭން ކަން ނަގާލީ ފައިހާން އެވެ. “ހޫމް. ކޯޗެއް ބޭނުންވީ” ފައިހާން އާއި ދިމާއަށް ލޯ އަޅާލީ ފައިހާން އަބަދުވެސް އަބާން އަށް ގޮވާލާނީ ކަމަކު ކަން އިނގޭތީއެވެ. “ޕިސް ކަމަކު ނޫނޭ. މަށަށް ޖޮބް ލިބިއްޖެ” އަބާން ގެ ކޮނޑަށް އަތް ވައްޓާލަމުން ފައިހާން ބުނެލިއެވެ. “ކޮބައި ދަޅު” އަބާން ފައިހާންގެ އަތްދަށުން ނުކުންނަމުން ބުނެލިއެވެ. “ދޭނަމޭ. ކެތް ކޮއްބަލަ” ގެއާއި އަރާ ހަމަވުމުން ފައިހާން އަބާން ގެ ފަހަތުން އެތެރެއަށް ވަނެވެ.

ލީޝާ އާއި އައިކާ ރޭގަނޑު ފިހާރަތަކަށް ގޮސްފަ ގެއަށް ދާން ހިނގައިގަތީ ނުވަގަޑި ބައިވަނިކޮށެވެ. ލީޝާ އާއި އައިކާ ވާހަކައިގަ ދަނިކޮށް ލީޝާ އެއްލި ކަޅިއަކުން ހުސްހަށިގަނޑާއި ހުރި ފިރިހެންކުއްޖަކު ލޮލުގައި އަޅައިގަތެވެ. “ހީ އިޒް ސޯ ހޮޓް. އައިއްކޮ ބަލާބަލަ” ގެއެއްގެ ބެލްކަނީގައި ހުރި ފިރިހެންކުއްޖާ އަށް އިޝާރާތް ކޮށްލިއެވެ. “އޭން. ހޮޓްއޭ. އޭނަ؟” އައިކާ މޫނު ކުނިކޮށްލިއެވެ. “ހޫމް ހޮޓްއެއް ނޫންތަ؟” ލީޝާ އަނެއްކާވެސް މައްޗަށް ބަލާލިއެވެ. އެވަގުތު އެ ފިރިހެން ކުއްޖާ ތިރިއަށް ބަލާލިއެވެ. “ވަޓްދަ ހެކް. އެ ބަޖިޔާ ހަށިގަނޑު ޝާޝާ އަށް ރީތި ތިވީ. އެ އަހަރުމެން ކުލާސް އަބާން ގަނޑު” ލީޝާ މޫޑު ސަކަރާތް ވީ އެއީ އައިކާ މެން އުމުރުގެ ކުއްޖެއްކަން އެނގުމުންނެވެ. “އަދިވެސް ޝާޝާ ބޭނުންތަ އެ ބަޖިޔާ ހަށިގަނޑު އަބާން” އަބާން ހުރި ދިމާއަށް އިޝާރާތް ކޮށްލަމުން އައިކާ ބުނެލިއެވެ. މޫނު މައްޗަށް ވައްތަރެއް ޖައްސާލާފައި އައިކާގެ އަތުގައި ހިފައިގެން ލީޝާ މެންގެ ގެއާއި ދިމާއަށް ހިނގައި ގަތެވެ.

 

އިޝާ ނަމާދު ކުރަން ކޮޓަރިއަށް ވަތްގޮތަށް ހާނިޔާ ކާން ނުނިކުތުމުން ތައްޓަކަށް ބަތް ކޮޅަކާއި ފިހުނު މަސް ކޮޅެއް ލައިގެން ފެންތައްޓެއް ވެސް ހިފައިގެން މާޝާ އާއި އަޒާން ހާނިޔާގެ ކޮޓަރިއަށް ދިޔައެވެ. އެނދުމަތީގައި ކުރު ސޯޓަކާއި ގަޔަށް ދޫ ޓީޝާޓެއް ލައިގެން ހާނިޔާ އޮތީ ލެޕްޓޮޕް އިން ކޮންމެވެސް ކޮރިޔާ ޑްރާމާއެއް ބަލާށެވެ. “ދަރިފުޅު ކީއްވެ ކާން ނުނިކުތީ؟” މާޝާ ހާނިޔާގެ ކައިރީގައި އިށީންދެލިއެވެ. “ކަމެއް ނުވޭ” ލެޕްޓޮޕް އާއި ދިމާއަށް ބަލަން އޮވެ ހާނިޔާ ޖަވާބު ދިނެވެ. “ދަރިފުޅާ ތެދުވެބަލަ ކާން. ތިހެން ނުކައި އޮންނާކަށް ނުވާނެ. ބައްޕަ މިއައީ ދަރިފުޅު ކެއީމަ ވަރަށް ބޮޑު ވާހަކައެއް ދައްކަން ވެގެން” އަޒާން ހާނިޔާ ގެ އުނގުގައި އޮތް ލެޕްޓޮޕް ނަގައި އެނދުމަތީގައި ބެއިންދިއެވެ. ކައްޓެއް ހެރުނުހެން ކޮޅަށް ހާނިޔާ އެރިއެވެ. “ބައްޕީ ޕޯސް ނުކޮށް ތިބޭންދީ” އަޅުވާފައި އިން ޑްރާމާ ޕޯސް ކޮށްލަމުން ހާނިޔާ އަނގައަށް ވައްތަރެއް ޖައްސާލިއެވެ. މާޝާ ސައިޑް ޓޭބަލް މަތީގައި ބެހެއްޓި ބަތްތަށި ނަގާ ހާނިޔާގެ އަތަށް ދިނެވެ. ބަސް އަހާ ކުޑަ ކުއްޖެއްހެން އަނގައިން ބަހެއްވެސް ނުކިޔައި ކައި ނިންމާލާފައި ތަށިދޮވެފައި އައިސް އަޒާންގެ އުނގުގައި ބޯ އަޅާލިއެވެ. “ކޮން ވާހަކައެއްތަ ބައްޕާ؟” އަޒާންގެ ލޮލާއި ހާނިޔާގެ ލޯ ސީދާވިއެވެ. ހާނިޔާއާއި ހަތަރު ކަޅި ހަމަކޮށް ގެން ހުރެ އެވާހަކަ ބުނާހާ ހިތްވަރެއް އަޒާން އަކަށް ނުލިބުނެވެ. “ދަރިފުޅު..” މާޝާގެ ވާހަކަ މެދުކަނޑާލީ އަޒާން އެވެ. “ދަރިފުޅުމެން އުޅޭ މަންމައާ ބައްޕަ އެކީ މެލޭޝިޔާ އަށް ދާން” އަޒާން އަށް އެންމެ ރަނގަޅުގެން ހޯވާގޮތް ބުނެލިއެވެ. “ހިނގާ” ހާނިޔާ ފުންމައިގެން ތެދުވެ ދުވަމުން ދިޔައީ އަބާން ގެ ކޮޓަރިއާއި ދިމާއަށެވެ. “އަޒާން! ޔަގީންތަ ތިކުރަނީ ރަނގަޅު ކަމެއްކަން؟” މާޝާ ހާސްވާން ފެށިއެވެ. “މާޝް! ހާސްނުވެބަލަ އަހަރެން މިހުރީ ނުން. ހުރިހާ ކަމެއްވެސް ރަނގަޅުވާނެ. ދުވަހަކުވެސް ހާނިޔާއަކަށް އަހަރެންގެ ފަރާތުން ބައްޕަގެ ލޯބި ނުލިބިއެއް ނުދާނެ.” މާޝާ އަޒާންގެ ކޮނޑު ގައި ބޯ އަޅާލިއެވެ. ލޮލުން ވެއްޓެން ކައިރިވެފައި ވީ ކަރުނަތިކި އެތެރެއަށް ހިންދާލީ އަޒާން ކަންތައް ބޮޑުވެދާނެ ތިންނެވެ.

“ނާޝް! ނާޝް!ކޮބައި މަންމަގެ އެއްކަލަ ކަޅު ފައިވާން” ހެނދުނު ހެނދުނާއި އެނދުދަށާއި ފައިވާން ހަރުތަކާއި ގޭތެރެއިން ފައިވާން ނުފެނިގެން ނަތާޝާ ގޮވަން ފެށިއެވެ. “މަންމާ އޭނީއޭ” އައިސް އަލަމާރި މަތީގައި އިން ފައިވާން ދައްކާލަމުން އީނާޝް ބުނެލިއެވެ. “ސާބަސް. މަންމަ ބުނަން ދޯ ހުންނަ ތަނުގަ ބަހައްޓާށޭ އެކަމަކު މި ކަންފަތަކަށް އަޑެއް ނީވޭނެ* އީނާޝްގެ ކަންފަތުގައި މަޑު މަޑުން ނަތާޝާ ހިފާލިއެވެ. “ރެޑީތަ؟” ފައިވާނަށް އަރާ އަތްދަބަސް ނަގަމުން ނަތާޝާ އަހާލިއެވެ. އީނާޝް އާއެކޭ ބުނުމުން ކޮޓަރިތައް ތަޅުލައި ބޭރު ދޮރު ތަޅުލައިފައި އީނާޝް ގޮވައިގެން ނުކުތީ އީނާޝް އަށް ބޭނުންވާ ބައެއް ސާމާނު ގަންނާށެވެ. މޭކަޕް ސެޓަކާއި އެންމެ ފަހުގެ ހެދުން ނުލިބިގެން ޝަކުވާކުރާ ވަރަށް ދުވަސް ވެއްޖެއެވެ. ނަތާޝާގެ ޝޫޓިންގ ނެތް ދުވަހަކަށް ވާތީ މިއަދު ފިހާރައަށް ދާނަން ކަމަށް ބުނެވިފައި އޮތުމުން ފަރިހި ހެކި ގޮތަށް އީނާޝް އެބުނާ ވާހަކައެއް ނުދައްކައެވެ. ދެތިން ފިހާރައަށް ވަތް އިރުވެސް އީނާޝް އަށް ކަމުދާ އެއްޗެއް ފެނުނު ކަމަކަށް ނުވިއެވެ. “ދެން ހިނގާ ގެއަށް. ނާޝް އަށް ކަމުދާ އެއްޗެއް ބުފެނުނޭނުން” އަވިއައިނު އަޅާލަމުން ނަތާޝާ ބުނެލިއެވެ. “ނޯ. މަންމީ. ހިނގާބަ އެއޮށް ފިހާރައަށް.” ކުރިމަތީ ގައި ހުރި ފިހާރައަށް އީނާޝް ގޮސް ވަނެވެ. އެންމެ ފަހުން ނަތާޝާ އަށް ޖެހުނީ އެ ފިހާރައަށް ވެސް ގޮސް ވަންނާށެވެ. ކަސްޓަމަރުން މަދު ނަމަވެސް ބޮޑު ފިހާރައެއް ކަމުން ސޭލްސް ގާލްސް އާއި ސޭލްސް ބޯއިސް ހެކިފެލިވެ އުޅުނީ އެމީހަކަށް ހަމަ ޖެހިފައިވާ ހިސާބުގައެވެ. އީނާޝް ރީތިވާ ސާމާނު ހާވަމުން ހާވަމުން ދަނިކޮށް ގޮސް ޖެހުނީ ޒުވާން ފިރިހެން ކުއްޖެއްގެ ގައިގައެވެ. ބަލާބެލުމަށް އެއީ އެ ފިހާރައިގަ މަސައްކަތް ކުރާ ޒުވާނެކެވެ. ލައިގެން ހުރި ރަތް ކުލައިގެ ޓީޝާޓުގައި ފިހާރައިގެ ނަން ‘ރަންނާޅި’ ޖަހާފައި އިނެވެ. އިރުކޮޅެއް ވަންދެން އެ ޒުވާން ފިރިހެން ކުއްޖާގެ މޫނަށް ބަލަން އީނާޝް އަށް ހުރެވުނީއެވެ. “ކޮން އެއްޗެއް ހޯދަނީ؟” އެ ޒުވާނާ އެއްސެވެ. އީނާޝް އަށް ހަމަ ދުނިޔެއަށް އާދެވުނީ ދެނެވެ. “އަމް.. މޭކަޕް ސެޓް” ބޮލުގަ އަޅުވާފައި އިން ހެޑް ފޯން ނަގާ ކަރުގަ އަޅުވާލަމުން އެ ޒުވާނާގެ ފަހަތުން އީނާޝް ހިނގައިގަތެވެ.

⭐ ނުނިމޭ ⭐

⁦ ނޯޓް: ނަފްރަތުން ވެވުނު ލޯބި 2 އަކަށް ވެސް ކިޔުންތެރިންގެ ސަޕޯޓް ލިބޭނެ ކަމަށް އުންމީދު ކުރަން

⁦ ◔‿◔

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

★ Amy ★

Level 110 Stories

Other Articles

Previous

ދުލުން ބަޔާން ކުރަން ދަތިވެއްޖޭ…

Next

ލޯބި_20

Next
August 1, 2021

ލޯބި_20

Previews
July 28, 2021

ދުލުން ބަޔާން ކުރަން ދަތިވެއްޖޭ…

5 Comments!

  1. Anuu says:
    July 28, 2021 at 4:27 pm

    ? .. ރަންނާޅި މި އޮށް ނަމެއް

    1. Me says:
      July 28, 2021 at 6:16 pm

      Eii kulhudhuhfusheega ina fihaara akah kiyaanamekey.. Thaakun fenna ehchakah malaamai kuran jeheytha. By the way konme kahala nameh viyas eii Anuu aa kon beheykameh dhoa.

    2. ★ Amy ★ says:
      July 28, 2021 at 6:27 pm

      ރަންނާޅި އަކީ ފިހާރައަކަށް ކިޔާ ނަމެއް ހަމަ ???‍♀️

  2. RaNa says:
    July 28, 2021 at 8:08 pm

    Vrh vrh vrh reethi when next♥️♥️

  3. Shamma Mohamed says:
    July 29, 2021 at 12:22 pm

    Furathama season ves baraabarah kyn. Varah reethi vaahakaeh. Vaahakaige dhevana seasoneh genesdhey thy varah ufaa vejje. Vaahaka nimendhen genesdheyne kamah ummeedhu kuran. By the way “amy” thi kulhudhuffushi kujjeh tha? Rannaalhi jahaafa inyma ahaaly.

Comments are closed.

Next Episodeނަފްރަތުން ވެވުނު ލޯބި 2 – 2←


All Right Reserved!