އެންމެ ފަހުން ނަތާޝާ އަށް ޖެހުނީ އެ ފިހާރައަށް ވެސް ގޮސް ވަންނާށެވެ. ކަސްޓަމަރުން މަދު ނަމަވެސް ބޮޑު ފިހާރައެއް ކަމުން ސޭލްސް ގާލްސް އާއި ސޭލްސް ބޯއިސް ހެކިފެލިވެ އުޅުނީ އެމީހަކަށް ހަމަ ޖެހިފައިވާ ހިސާބުގައެވެ. އީނާޝް ރީތިވާ ސާމާނު ހާވަމުން ހާވަމުން ދަނިކޮށް ގޮސް ޖެހުނީ ޒުވާން ފިރިހެން ކުއްޖެއްގެ ގައިގައެވެ. ބަލާބެލުމަށް އެއީ އެ ފިހާރައިގަ މަސައްކަތް ކުރާ ޒުވާނެކެވެ. ލައިގެން ހުރި ރަތް ކުލައިގެ ޓީޝާޓުގައި ފިހާރައިގެ ނަން ‘ރަންނާޅި’ ޖަހާފައި އިނެވެ. އިރުކޮޅެއް ވަންދެން އެ ޒުވާން ފިރިހެން ކުއްޖާގެ މޫނަށް ބަލަން އީނާޝް އަށް ހުރެވުނީއެވެ. “ކޮން އެއްޗެއް ހޯދަނީ؟” އެ ޒުވާނާ އެއްސެވެ. އީނާޝް އަށް ހަމަ ދުނިޔެއަށް އާދެވުނީ ދެނެވެ. “އަމް.. މޭކަޕް ސެޓް” ބޮލުގަ އަޅުވާފައި އިން ހެޑް ފޯން ނަގާ ކަރުގަ އަޅުވާލަމުން އެ ޒުވާނާގެ ފަހަތުން އީނާޝް ހިނގައިގަތެވެ.
★ 2 ވަނަ ބައި ★
އަބާން ޓެން ހިފައިގެން އޮތީ ގޭމް ކުޅޭށެވެ. އެހެން އިރުކޮޅަކު އޮއްވާ ފޭސްބުކް އިން ނޮޓިފިކޭޝަން އެއް އައެވެ. ގޭމް ކުޅެން އޮއްވާ ނޮޓިފިކޭޝަން އައުމުން އަބާން ރުޅިއައިސްގެން ނޮޓިފިކޭޝަން ފުހެލިއެވެ. ގޭމް ކުޅެ ނިމުނު އިރު ހުރީ މެންދުރު 2:25 ވެފައެވެ. ނުކައި ހުރުމުގެ ސަބަބުން ބަނޑުން އަޑު ގޮވަން ފެށިއެވެ. ޓެބް އެނދުމަތީގައި ބާއްވާފައި އަބާން ތެދުވި ވަގުތު އަނެއްކާވެސް ނޮޓިފިކޭޝަން އެއް އައެވެ. “މިދެން ކިހާ ދެރަވެއްޖެ ކަމެެއް” ހިތާއި ހިތުން ކުދި ކިޔަމުން އަނެއްކާވެސް ޓެބު ނަގާ ނޮޓިފިކޭޝަން ބަލާލިއެވެ. “ހައްވާ އައިކާ” ޖަހާފައި އިން އައިޑީ އަކުން ފްރެންޑް ރިކުއެސްޓް ފޮނުވާފައި އިނުމުން ފޫހި ކަމާއި އެކު ޓެބް ބާއްވާފައި ނުކުމެގެން ދިޔައީ ކެތް ނުވެގެންނެވެ. “މަންމާ! ބަލާ. އަބޫ ބަނޑުން އަޑު ގޮވަނީ” އަބާން ހެމުން ދިޔަ އިރުވެސް ހުރީ އެކަށް ހެން ގައިން ހަކަތަ ހުސްވެފައެވެ. “ދަރިފުޅު ހެނދުނު ވެސް ނުކައި ވިއްޔާ. މެންދުރު ކާން ހަދާފަ ގޮވީމަވެސް ޓެބް ހިފައިގެން ވަނީ ގޭމް ކުޅެން. އަބާން ބަސް ނާހަންޔާ ދެން ޓެބް ދޭނީ ވަކި ގަޑިތަކެއްގަ” ގޭގެ ބޭރުފަރާތުން ވަދެގެން އަންނަމުން މާޝާ އަބާން އާއި ދިމާއަށް ވަރަށް އަޑުލިއެވެ. އަބާން އަނގައިން ބަހެއްވެސް ނުކިޔައި އިނެވެ. އަބާން އަކީ އަބާން މަންމަ އެއްޗެކޭ ބުންޔަސް އޭގެއައި ވިއްދާފައި ބަސްބުނާ ކުއްޖެއް ނޫނެވެ. “މަންމާ. ދޮންތިއަށް ދީބަ ހަންރެޑް ރުފިޔާ” ކަޅު ކުލައިގެ ހެދުމެއް ލައި ކަޅު ހަރުވާޅެއް ލައިގެން ނުކުމެ ބޫޓަށް އަރަން އިށީނދެ ހާނިޔާ ބުނެލިއެވެ. “އެ ކީއްކުރަން. ކޮބާ ދަރިފުޅު ލާސްޓް މަމްތްގެ ސެލެރީ. މިހާރު ހުސްވީ؟” މާޝާ ކޮޓަރިއާއި ދިމާއަށް ދަމުން ހާނިޔާއަށް ބަލާލިއެވެ. “ދޮންތި ސެލެރީ ޔޫސް ނުކުރަން. ދެން ފްރެންޑަކަށް ދަޅެއް ދޭން ޖެހިފަ އޮތީމަ ޓްރާންސްފާ ކުރުމަށް ވުރެއް ރުފިޔާ ދީފަ ގަންނަން ވެގެން.” ނާޑުވާ އައްސާލާފައި މާޝާ އަންނަން ވާއިރަށް ބަދިގެއަށް ވަނީ ފެންތައްޓެއް ބޯލާށެވެ. “ދޮންތީ!” އަބާން އަށް ހާނިޔާ ފެނުމާއިއެކު ގޮވާލިއެވެ. “މާ ލޯބިން ތި ގޮވާލީ އޯ؟ ކޯޗެއް ގެނެސް ދޭންވީ؟” ހާނިޔާ އަބާން އާއި ދިމާއަށް ބަލާލިއެވެ. “އެނގިއްޖެ ދޯ ކަމަކު ކަން ގޮވީ” އަބާން ހޭން ފެށިއެވެ. “އަމް. މިރޭ ސަބްމެރިން އެއް ބޭނުން ދޮންތި ހަރަދު. އެހެން ނޫނީ މަންމަ ކައިރީ ބުނާނަން އެއްކަލަ ވާހަކަ” އަބާން އެއްމިޔަކަނުން ހީލިއެވެ. “ކޮން ވާހަކައެއް” ހާނިޔާ ގޮސް އަބާން ގެ އިސްތަށިގަނޑު ގައި ހިފިއެވެ. “އައިމަން” އަބާން ގެ އަނގަމަތީގައި ހާނިޔާގެ އަތް އަޅާލީ މާޝާ އަންނަ ތަން ފެނުމުންނެވެ. “އޯކޭ ޑީލް” ރުޅިވެރި ނަޒަރަކުން އަބާން އާއި ދިމާއަށް ބަލާލާފައި މާޝާ ދިއްކޮށްލި 200 ރުފިޔާ ހިފައިގެން ހާނިޔާ ނުކުމެ ނަންބަރަކަށް ގުޅާލިއެވެ.
ލީޝާ ގެއަށް އައިސް ބަދިގެއަށް ވަނީ ލިއުޝާ ބަދިގެ ތެރޭގައި އުޅޭ އަޑު އިވޭތީ އެވެ. “މަންމަ ކޯޗެއް ކައްކަނީ” ފިނި ފެން ތައްޓެއް ބޯލަމުން ލީޝާ އަހާލިއެވެ. “ބައްޕަ އަންނަ އިރަށް ދަރިފުޅު ނެތް ވިއްޔާ ފޮނި އެއްޗެއް ވެސް ހަދާފަކާ އެހެންވެ ޕިރިނީ ކައްކާފަ ހެދިކާ ހަދަން ވެގެން މިއުޅެނީ” ލީޝާ ވީ އުފަލުން ހަޅޭލަވައިގަތެވެ. “ޝާޝާ ހަދާނަން އެހެން ވީމަ ޗޮކްލެޓް ފަޖް. މަންމަ ހަދާ ހެދިކާ” ލިއުޝާ ގައިގާ ބައްދާލާފައި އަލަމާރި މަތީގައި އޮތް ފަންސާސް ރުފިޔާ ހިފައިގެން ލީޝާ ކައިރި ފިހާރައަކަށް ދިޔައީ ކޮކޯ ޕެކެޓެއް ގަންނާށެވެ. “އައުޗް. ބަލައިގެން އުޅިބަލަ” ލީޝާ ގޮސް ޒުވާން ފިރިހެން ކުއްޖެއްގެ ގައިގާ ޖެހުމުން އެ ފިރިހެން ކުއްޖާ ނުރުހުންވެފައި ބުންޔެވެ. ލީޝާ އިސް އުފުލާ ބަލާލީ ދަންނަ އަޑަކާއި ވައްތަރުވުމުންނެވެ. އިރުކޮޅަކު ހުއްޓުން އެރީ އެއީ ހަމަ ލީޝާ ހީކުރި ކުއްޖާއެވެ. ލީޝާ އަށް ހިނިތުންވުމެއް ރައްދުކޮށްފާ އެ ޒުވާނާ އަތުގައި ހުރި ފޮށިގަނޑު ބޭރުގައި ބަހައްޓާފައި ފިހާރަ ކައުންޓަރަށް ވަނުމުން ލީޝާ އަށް ލިބުނީ ހައިރާން ކަމެކެވެ. “ލީ، ކޯޗެއް ހޯދަނީ” ލީޝާ އެއްތާކު ހުރުމުން އެއްސެވެ. “އަ…މް… ކޮކޯ ޕެކެޓެއް.” އަޅަ އަޅާގެން ލީޝާ ބުންޔެވެ. “ލީ. މިހާރު ފައިހާން ކުރިމަތީވެސް ލަދު ގަންނަން ފެށީތަ؟” ފައިހާން ލާނެއް ގޮތަކަށް ހީލިއެވެ. ނޫނެކޭ ބުނެ ދެފަރާތަށް ބޯ ހޫރުވާލިއެވެ.
އަބާން އިޒްކާން ކައިރީ އިންދާ އަބާން ގެ ފޯނަށް މެސެޖް ތަކެއް އަންނަން ފެށިއެވެ. “އޭ. ތި ދެން ބަލަން ވީނުން ކާކު ތޯ؟” އިޒްކާން ދުރުބަލާލިއެވެ. މެސެޖް ތައް ކިޔާފައި އަބާން ރިޕްލައިވެސް ދިނެވެ. “ކާކު؟” އަބާން އަނގައިން ނުބުނެ އިނުމުން އިޒްކާން އަހާލިއެވެ. “އެއްކަލަ އައިކާ. ހުވާ އެމަންޖެ އަކާ ހެދި ބޮޑު އުނދަގުލެއް މިހާރު” ފޯނު ސައިލެންޓަށް ލައިފާ އަބާން އާއި އިޒްކާން ގެއަށް ދާން ހިނގައިގަތެވެ. ދިޔަ މަގުމަތިން ދެ ކޯލާ ފުޅިގަނެގެން އަބާން އާއި އިޒްކާން ރަސްރަނި ބަގީޗާ އަށް ވަނެވެ. ސަކަރާތް ޖަހަމުން އައި އަންހެން ކުއްޖަކު އައިސް އިޒްކާން ގެ ގައިގަ ޖެހުނެވެ. “ސޮރީ” އިޒްކާން ބުނެލިއެވެ. “ދޮންތަ. އީއްކޮ” އަބާން ދެލޯ އަޅާލިއެވެ. “ކަލޭ ދައްތަމެންތަ؟” އަބާން އަށް އިވޭ ވަރަށް އިޒްކާން ބުނެލިއެވެ. އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ. އީނާޝް ވަގު ވަގަށް އިޒްކާން އަށް ބަލަމުން ދިޔައެވެ. “މޭކަޕް ގާލް” އިޒްކާން އީނާޝް އާއި ދިމާއަށް އިނގިލި ދިއްކޮށްލިއެވެ. އަބާން ހައިރާން ވެފައި އެއްފަހަރު އިޒްކާން އަށް އަނެއްފަހަރު އީނާޝް އަށް ބަލާލިއެވެ. “އެ ކުރިން ދުވަހު ފިހާރަ ތެރޭގަ ހުއްޓަ މީނަ އައިސް މަގައިގަ ޖެހިގަތީ ކަމެއް ނޫނީ ޖެހުނީކަމެއް ނޭނގެ. މޭކަޕް ތަކާއި ހަމައަށް ގައިޑް ކޮށްދޭން ޖެހުނީ މަށަށް” ލާނެއް ގޮތަކަށް އިޒްކާން ބުނެލިއެވެ. “އަބޫ މިތާ ކީއްކުރަނީ؟” ހާނިޔާ އަބާން އަށް ބަލާލިއެވެ. ނަމަވެސް ޖަވާބު ދިނުމުގެ ބަދަލުގައި އަބާން އިޒްކާން ގޮވައިގެން އެތަނުން ދިޔައެވެ.
“ފޮނި ވެސް ފިރިހެނެކޭ” އީނާޝް އަށް އިވޭނެހެން ހާނިޔާ ބުނެލިއެވެ. އީނާޝް ނުހޭން ހުއްޓާވެސް ހެވުނެވެ. ގަޑިން ނުވައެއް ޖެހިއިރު ފައިހާން ގެއަށް އައިސް ވަނެވެ. އޭރު ސިޓިންރޫމު ތެރޭގައި ޓީވީ ބަލަން ފާރިޝް އާއި ފައިހާ އިނެވެ. “އަނހަ ފައިހާން* ފާރިޝް ގޮވާލިއެވެ. ފޯނު ލޮކް ކޮށްލާފައި ޖީބަށް ލިއެވެ. އަދި ގޮސް ފާރިޝް އާއި ފައިހާގެ މެދުގައި އިށީނެވެ. “ދަރިފުޅު ރައްޓެހިވެގެން އުޅޭ ކުއްޖާ ގެންނަންވީ ނުން ގޭ މީހުންނާއި ބައްދަލުކޮށްލާ ހަދަން” ފާރިޝް އިސްވެ ވާހަކަ ދައްކަން ފެށިއެވެ. “ހެދެ ދަރިފުޅާ. މަންމަ މެން ބޭނުން ދަރިފުޅު ގެ ވާން އުޅޭ އަންހެނުންނާއި ބައްދަލުކޮށްލާ ވާހަކަ ދައްކާ ހަދާލަން. އޭރުން ދޯ މަންމަ މެންނަށް ދަސްވާނީ ވެސް، އިނގޭނީ ވެސް އެއީ ކޮންކަހަލަ މިޒާޖެއްގެ ކުއްޖެއްކަން” ފައިހާ އެކަމާއި ވިއްދާފައި ބަސްބުންޔެވެ. “އޯކޭ. އަޅުގަނޑު ވާހަކަ ދައްކާފަ މަންމަ މެން ކައިރީ ބުނާނަން ދުވަހެއް. މިދަނީ އިނގޭ ނިދަން. މާދަމާ ހެނދުނު ޑިއުޓީ ވީމަ އަވަހަށް ނިދަން ވެގެން” ފައިހާ އާއި ފާރިޝްގެ ގައިގާ ބައްދާލާފައި ފައިހާން ގޮސް ކޮޓަރިއަށް ވަނެވެ.
“ދަރިފުޅާ! ދަރިފުޅާ ޝާޝާ!” ޔުނާން ގެއަށް ވަދެ ފުރަތަމަވެސް މިޝާއަށް ގޮވަން ފެށިއެވެ. “ޝާޝާ ފޯނެއްގަ ހުރީ” ލިއުޝާ ޔުނާން އަށް ފެންތައްޓެއް ގެނެސް ދިނެވެ. “އެހެންތަ. ވަރަށް ބަނޑުހައި” ހުސްތަށި ލިއުޝާގެ އަތަށް ދީފައި ލިއުޝާ ގެނެސް ޔުނާންގެ މޭގައި ލައްކޮށްލިއެވެ.
≈ ނުނިމޭ ≈
Hi readers! I’m taking a break from story writing. I am going through a lot of things. N also am having depression. Love you all. Take care be safe. I’ll come back as soon as possible.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

