Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

ތިޔަ ލޯތްބަށް އެދެމޭ 2 – 23

Baby Devil Level 610 Stories100 Stories
July 26, 2021 6 Mins Read
3 Comments

” ދޮގު… ” މާއިންގެ ދެލޯ ހީވީ ނުކުމެގެން ގޮސްދާނެ ހެންނެވެ.” ހްމްމް… ބަލާބަލަ މިއޮއް ސެޓްފިކެޓެއް.. ” ރާކިން ފޯނު ނަގާފައި މިޝްޔާގެ ސެޓްފިކެޓް ދެއްކިއެވެ.” މަ އަހައިފިން ޔަޒާންބެ ކައިރީގަ ވެސް.. އޭނަ ކިޔައިދިން އެއްޗެއް… ” ރާކިން ފުން ނޭވާއެއް ދޫކޮށްލިއެވެ. މާއިންގެ އަނގައިން ނުބައި ބަހެއް ބޭރުވިއެވެ.” ތިކަހަލަ ބަސް ބޭރުވަންޏާ އަނގަ މަޑުން ލައިގެން ހުރެބަލަ… ދެން މިޝް އާ އިނާ ކައިރީގަ ނުކިޔާތި… އަނެއްކާ އެމީހުން ޝޮކަކަށް ގޮސްދާނެ… ” ރާކިން ފޯނު ނިއްވާލިއެވެ. މާއިން އޭރު ވެސް ހުރީ ހައިރާންވެ އަންތަރީސްވެފައެވެ.” އިމްޕޮސިބްލް… ” މާއިން އަށް ގަބޫލް ކުރެވޭ ކަމަކަށް ނުވިއެވެ.” މާން ގަބޫލް ނުކުރިޔަސް ތެދު ވާނީ ތެދަށް.. ” ރާކިން ކޮޓަރިއަށް ވަދުނެވެ.

 

**23 ވަނަ ޕާޓު**

 

އައިސް ހުރި ރުޅީގައި މިޝްޔާ ވިސްނާލުމެއްނެތި ދިޔާން އާއި ރައްޓެހިވިއެވެ. މިޝްޔާ ހަމަ ރަނގަޅަށް ވެސް ރާކިން ދެކެ ހިތްހަމަ ނުޖެހުނެވެ. އަދި ވަގުތުން ޔަޒާން އަށް ގުޅާފައި ހުރިހާ ވާހަކައެއް ކިޔާދިނެވެ.” ކީއްވެ މިޝް ޔެސް އޭ ނުބުނީ… ” ޔަޒާން އަހާލިއެވެ.” ކީއްކުރަންތަ ބުނަނީ…” މިޝްޔާ ވެސް އަހާލީ ސުވާލެކެވެ.” ދަރިފުޅު ޔެސް އޭ ބުނިނަމަ… ” ޔަޒާން ބުންޏެވެ.” ދެން ބައްޕާ… ” މިޝްޔާގެ އަޑުގައި ވަނީ ޝަކުވާއެވެ.” ދެން އެންމެ ރަނގަޅު… ” ޔަޒާން އެހެން ބުނެފައި ވާހަކަ ބަދަލް ކޮށްލިއެވެ.

 

ރިފްޝާން ގޭ ދޮރު މަތީގައި ހުރީ އިންޝާގެ އިންތިޒާރުގައެވެ. ފިރިހެން ކުއްޖަކާ އެކީ އެކަނި ދާން ޖެހޭތީ ފުދޭވަރަކަށް ނުތަނަވަސްކަމެއް އިންޝާގެ ހިތުގައި އުފެދިފައި އޮތެވެ.” ވަރަށް ގިނައިރު ވެއްޖެ ދޯ.. ” އިންޝާ ނުތަނަވަސްކަން ފޮރުވަމުން ބުންޏެވެ.” ދެންމެ މި ނިކުތީ… އަދި މަޑު ކޮށްލާ އަވާން އަންނަންދެން… ” ރިފްޝާން ސައިކަލެއްގައި ލެނގިލިއެވެ. މިފަހަރު އިންޝާގެ މޫނުމަތީގައިވި ނުތަނަވަސްކަން ރިފްޝާންއަށް ފާހަގަ ވިއެވެ.” ކޮންކަމަކާ ތިހެން ވެފަ ތިހުރީ… ” ރިފްޝާން އަހާލިއެވެ.” ކަމެއް ނުވެ… ” އިންޝާ އަތުގައި އޮތް ފޯނު ބޮނޑިކޮށްލަން އުޅުނެވެ.” ތި ފޯނު ބޮނޑިކޮށްލެވޭ ވަރަށް އިންޝާ އަތުގަ ވަރު އެބަ ހުރިތަ… ” ރިފްޝާން ހިނިގަނޑެއް ޖަހާލިއެވެ. އެވަގުތު އަވާން އަންނަތަން ފެނުނެވެ.

 

ބެލްކަނީގައި ހުރި މާއިންގެ ލޮލުގައި ދެ ފިރިހެން ކުދިންނާ އެކީ ހުރި އިންޝާ އަޅައިގަތެވެ. ދެބުމަ ކައިރިކޮށްލާފައި އަވަހަށް ބޭރަށް ދާން މާއިން ދުއްވައިގަތެވެ. ދޮރުން ނިކުމެވުނު އިރު އެމީހުން އެދާތާކަށް ދާން ނައްޓައިލަނީއެވެ. މާއިން އެމީހުންނަށް ނޭނގޭގޮތަށް ފަހަތުން ދާން މިސްރާބު ޖެހިއެވެ. އެމީހުން ގޮސް ހުއްޓުނީ ރަސްފަންނުގައެވެ. އައިސް ކޯން ގަނެގެން އިންޝާމެން ދިޔައީ އިށީންނަންށެވެ. މާއިން މާ ގިނައިރު އެތާ ނުހުރެ އިންޝާ ކައިރިއަށް ދިޔައެވެ.” ކީއްތިކުރަނީ މިތާ.. ” މާއިން ދެބުމަ ގޮށްޖަހާލިއެވެ.” މީ ކާކު… ” ރިފްޝާން އަހާލިއެވެ.” މަ މީ އޭނަގެ ބޭބެ.. ކީއްކުރަން މިމީހުންނާ އެކީ އައީ… ” މާއިން ލޯ އަޅާލިއެވެ.” ކަމެއް ނުވެއޭ.. ” އިންޝާ މާއިން ކައިރިއަށް ޖެހިލިއެވެ. މާއިން އިންޝާ އަތުގައި ހިފައިގެން ހިނގައިގަންނަން އުޅުން ވަގުތު ރިފްޝާން ކުޑަ ގަނޑު ކޮޅެއް ދިނެވެ.

 

” ދޮންބެ ކައިރީ ނުވެސް ބުނެ ތި ދަނީ ނުދަންނަ ފިރިހެން ކުދިންނާ އެކީ… ” މާއިން ކާރެއް ހޯދަން މަސައްކަތް ކުރަމުން ވާހަކަ ދެއްކިއެވެ.” ސޮރީ… ދެން ނުދާނަމޭ ނުބުނެއެއް… ” އިންޝާ ގަނޑުކޮޅު އަތަށް ލައި ފޮރުވާލިއެވެ.” ތިހެން ބުންޏަސް ކިހިނެއް ގަބޫލް ކުރެވޭނީ… މި ހުރިހާ ދުވަހަކު ވެސް ތިހެން ކިޔައިގެން ތި އުޅުނީ.. ” މާއިން ހުރީ ހިތްހަމަ ނުޖެހިފައެވެ. އަނެއްކޮޅުން ރާކިން ދެއްކި ވާހަކަ އަކުން މާއިންގެ ބޯ ވަނީ އެކަށް ހާސްވެފައެވެ.” ދެން ދޮންބޭ.. ” އިންޝާ ދެބުމަ ގޮއްޖަހާލިއެވެ.” މަށަށް ގޮވާނެ ކަމެއް ނެތް… ” މާއިން ބާރަށް ބުނަން އުޅުން ޖުމްލަ ހުއްޓާލިއެވެ. އޭރު އިންޝާ ކަންބޮޑުވެފައި ބަލަން ހުއްޓެވެ.” ސޮރީ މާ ބޮޑަށް ރުޅި އާދެވުނީ… ” މާއިން ބުންޏެވެ. ” ދެން އެއީ ރުޅި އަންނަން ކޮންކަމެއްތަ… ރިފްޝާން އަކީ ދޮންބެ ހީކުރާ ކަހަލަ ކުއްޖެއް ނޫނޭ… އޭނަ ވަރަށް ރަނގަޅު.. ” އިންޝާ ރިފްޝާން ދިފާއު ކުރަން އުޅުނެވެ.

 

މިފަހަރު ވެސް މަޔާން ހަޅޭއްލަވައި ގަންނަން އުޅެފައި ހުއްޓުނެވެ. ރުޅި ކޮންޓްރޯލް ކުރެވޭކަން އެއީ ނަސީބެކެވެ.” މިގަޑީގަ ތިވާހަކަ ނުދައްކާ… ” މާއިން އެ ވާހަކަ ހިންދާލާފައި ކާރެއް ހޯދިއެވެ. އަދި އިންޝާ ގޮވައިގެން ކާރަށް އެރުމަށްފަހު ދާންވީ އެޑްރެސް ބުންޏެވެ. ކާރު ތެރޭގައި ވެސް މާއިން އިނީ ފުން ހިޔާލަކަށް ގެއްލިފައެވެ. އިންޝާގެ އަތުގައި އޮތް އައިސްކޯން ދިޔާ ވަމުން ދިޔަ އިރު ވެސް އެ ބޯން ހިތަކަށް ނޭރިއެވެ. އަތުގައި އޮތް ޓިޝޫ ތެމެމުން ދިޔައީ ޗޮކްލެޓް އައިސްކްރީމް އިންނެވެ.” އަން ދޮންބެއަށް… އަހަރެން ބޭނުމެއް ނޫން… އަދި ނުވެސް ބޮން… ” އިންޝާ މާއިންއަށް އެ އައިސްކޯން ދިނެވެ. މާއިން ޝަކުވާނުކޮށް އައިސްކޯންގައި ހިފިއެވެ.

 

ގެއަށް ވަދެފައި އިންޝާ ކޮޓަރިއަށް ދިޔައީ އެ ގަނޑުކޮޅުގައި ވަނީ ކޮން އެއްޗެއްކަން ބަލައިލަން ބޭނުންވެގެންނެވެ. އޭގައި އޮތީ ނަންބަރެއް ލިޔެފައެވެ. އިންޝާ ފޯނު ނަގާފައި އެ ނަންބަރަށް ގުޅާލިއެވެ.” ހަލޯ… ” ފޯނު ނެގުމުން އިންޝާ ބުންޏެވެ.” ހެއި އިންޝާތަ؟.. މީ ރިފްޝާން.. ” ރިފްޝާން ހިނިތުންވިއެވެ.” އޯހ… އޯކޭ ކާކު ނަމްބަރެއްތޯ ބަލާލަން މި ގުޅާލީ… ” އިންޝާ ހީލިއެވެ. ރިފްޝާން ވާހަކަ ގިނަނުކޮށް ފޯނު ކަނޑާލިއެވެ. އިންޝާ ފޯނު ބާއްވާފައި ފޮށްޓަށް އެއްޗެހި އެޅުމަށް އުޅުނެވެ.

 

” ކިން މަ ވިސްނާ ވިސްނާ ބޯ ގޮވައިފިއޭ… ” މާއިން ގެއަށް އައި އިރު ރާކިން އިނީ ސިޓިންރޫމްގައެވެ.” ޓްރަސްޓް މީ… ” ރާކިން އިނީ އެހާ ރަނގަޅު މޫޑަކު ނޫނެވެ. މާއިން އޯކޭއޭ ބުނެފައި ސޯފާއަށް ވެއްޓިގަތެވެ. އެވަގުތު އަލްވާ ގުޅިއެވެ. މާއިން ފޯނު ނަގައިގެން ކޮޓަރިއަށް ވަނެވެ. އަލްވާ އާއި ވާހަކަ ދައްކާލުމުން މޫޑް ރަނގަޅު ވެދާނެކަމަށް ބަލާފައެވެ. ރާކިން ބޭރަށް ނިކުތް އިރު އެއްކަލަ އަންހެން ކުއްޖާ ހުއްޓެވެ. މޫޑް އިތުރަށް ސަކަރާތްވެ ހުއްޓައި އުމުރުން ދުވަސް ވެފައި ހުރި އަންހެނެއް ނިކުމެފައި އެ އަންހެން ކުއްޖާ އާއި ދިމަ ބަލާލިއެވެ.” ޝިފްނާ އަވަހަށް އާދެބަލަ… ” އެ މީހާ ގޮވާލިއެވެ.” މަޑު ކޮށްލާ މަންމާ މި ދަނީ އޭ… ” ޝިފްނާ ރާކިންއަށް ގެއްލި ހުސްވެފައި ހުރެ ބުންޏެވެ. އެމީހާ ބޯ ހޫރުވާލާފައި ބޭރުގައި މަޑު ކޮށްލިއެވެ.

 

މިޝްޔާ ބެލްކަނީގައި ހުރި އިރު ދިޔާން އާއި ވާހަކަ ދައްކަމުން ދިޔައެވެ. އެއްލި ކަޅިއަކުން މިޝްޔާގެ ލޮލުގައި އަޅައިގަތީ އުމުރުން ދުވަސްވީ އަންހެން މީހާއެވެ.” ދިޔާން އެހަށް ބާއްވަނީ.. ” ކުއްލިއަކަށް މިޝްޔާ އެހެން ބުނެފައި ފޯނު ބޭއްވިއެވެ. އެއީ ދަތުރު ގޮސް އުޅެނިކޮށް ހުވަފެނުން ފެނުނު އަންހެން މީހާއެވެ. އެއްވެސް ޝައްކެއްނެތެވެ. އެމީހާގެ ސަމާލުކަން ހޯދަން ވެގެން މިޝްޔާ ގޮވާލީ ތިރީގައި ހުރި ރާކިން އަށެވެ.” މިޝް ކިހިނެއްވީ… ” ރާކިން އަހާލިއެވެ.” މިޝްޔާއަށް ކަމެއް ކޮށްދޭން އާދެބަ ތިއްތީ.. ” މިޝްޔާ އެމީހާއަށް އަޑު އިވޭ ވަރަށް ބުންޏެވެ. އެވަގުތު އެމީހާގެ ހައިރާންވެފައިވާ ނަޒަރު މިޝްޔާއަށް ހުއްޓުނެވެ.” މިޝްޔާ… ” އެ މީހާ ދެލޯ ބޮޑު ކޮށްލިއެވެ.

 

ރާކިން އަވަހަށް މިޝްޔާ ކައިރިއަށް އައެވެ.” ކިހިނެއްވީ.. ” ރާކިން ދިޔައީ މާނޭވާ ލަމުންނެވެ.” ކަމެއް ނުވޭ.. ކުއްޖެއްގެ އެޓެންޝަން ހޯދަން ގޮވާލީ… ” ރާކިން އައުމުން މިޝްޔާ ބުންޏެވެ. ރާކިން ދެބުމަ ކައިރިކޮށްލާފައި ކޮޓަރިން ނިކުތެވެ. އޭރުވެސް އެ އަންހެން މީހާ ހުރީ މިޝްޔާ އާއި ދިމަ ބަލަންށެވެ.” މަންމާ.. ކޮންތާކަށްތަ ތި ބަލަނީ… ” ޝިފްނާ އެ އަންހެން މީހާއާއި އެއްކޮށް އެތެރެއަށް ވަނެވެ. މިޝްޔާ ހުރީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ.” އެއީ އެމީހާތަ؟.. ” މިޝްޔާ އެމީހުން ވަތް ގެއަށް ރަނގަޅަށް ބަލާލިއެވެ. އެންމެ ރަނގަޅު ވާނީ އިންޝާ ކައިރީގައި ބުނިއްޔާއެވެ.” އޭއި އިނާ.. އަހަރެމެން ދަތުރެއް ދިޔައީ މެއްނު ފަޅު ރަށަކަށް.. އެ ރަށުގަ އަހަރެންނަށް ހުވަފެނުގައި ފެނުނު މީހާ ކުރިމަތީގައި ހުރި ގެއިން ފެނިއްޖެ ދެންމެ… އަހަރެންނަށް ހަމަ ޔަގީން އެއީ އެއީ އޭނާކަން… ” މިޝްޔާ އެނދުގައި އިށީނެވެ.

 

” ދެން ސާބަސް… ހުވަފެނުގަ ފެންނަ އެއްޗަކަށް ނުވާނެ ހާސްވާކަށް… ދުނިޔޭގަ އުޅޭ މީހެއްވީމަ ފެނިދާނެ ދޯ ހަމަ ހުވަފެނުގަ… އެހާ ވަރަށް ވިސްނާކަށް ނުވާނެ.. ” އިންޝާ އާދައިގެ ކަމަކަށް ހަދާލިއެވެ.” ދެން އިނާ…” މިޝްޔާ ހުރީ ޝައުގުވެރިވެފައެވެ. ” ކިހިނެއް ވީ… ” އިންޝާ އެނދުގައި އޮށޯތެވެ.” ކަމެއް ނުވޭ… ” މިޝްޔާ ކޮޓަރިން ނިކުތެވެ. އޭރު އެ ފްލޯރ ގައި އުޅޭ އެހެން ކުއްޖަކު ބޭރުގައި ހުއްޓެވެ.” ހޭއި… ” އެ ކުއްޖާ މިޝްޔާ ކައިރިއަށް އައެވެ.” ހެއި ހިމާ.. ” މިޝްޔާ ހިނިތުންވެލިއެވެ.” ހިނގާބަލަ ހިނގާލަން ވަރަށް ފޫއްސެއްނު… ” ހިމާ ބޫޓަކަށް އަރަމުން ބުންޏެވެ. މިޝްޔާ އޯކޭއޭ ބުނެ ހިމާ އާ އެއްކޮށް ލިފްޓަށް އެރިއެވެ.

 

” ޝިފޫ.. މިއީ މިޝްޔާ އިނގޭ… މިޝް.. މީ ޝިފްނާ.. ” ހިމާ ހީލިއެވެ. ޝިފްނާ ދިޔައީ ސިއްސައިގެންނެވެ.” ޝިފޫ ކުޑަކޮށް ބޮޑުވާނެ… ތޭވީސް އަހަރު ވާނީ… އަހަރެންނަށް ސަތާރަ މިޝްއަށް އަށާރަ… ” ހިމާ އިތުރަށް ކިޔާދިނެވެ. ޝިފްނާގެ ހައިރާންކަން ދެގުނައަށް އިތުރުވިއެވެ.” އެހެން ދޯ.. ނައިސް ޓު މީޓް ޔޫ ޝިފްނާ.. ” މިޝްޔާ ޝިފްނާ އާއި ސަލާމް ކޮށްލިއެވެ.” ސޭމް ޓު ޔޫ މިޝްޔާ.. ” ޝިފްނާ ހިނިތުވުމާއެކު ބުންޏެވެ.” ހިނގާލަން ދާން މި ދަނީ… ޝިފޫ ދާނަންތަ.. ” ހިމާ އަހާލިއެވެ.” މިއްކޮ އަންނަންދެން މިހުރީ… މިޝާ އައިމަ ދާނަން… މަޑު ކޮށްލެވިދާނެ ތަ… މަންމަ އަންނާނެ މިއްކޮ ގޮވައިގެން… ” ޝިފްނާ ބޯ ކަހާލިއެވެ.” މިޝާ އެއީ ކާކު.. ” މިޝްޔާ އަހާލިއެވެ.” އެއީ އަހަރެންގެ އެއްބަނޑު އެއްބަފާ ކޮށްކޮއެއް… ” ޝިފްނާ ޖަވާބު ދިނެވެ.

 

އިރުކޮޅެއް ފަހުން ޝިފްނާގެ މަންމަ ބުޅި އިސްތަށިގަނޑަކާއި ދޮން ހަށިގަނޑެއް ލިބިފައިވާ ބާރަ ވަރަކަށް އަހަރުގެ އަންހެން ކުއްޖެއް ގޮވައިގެން އައެވެ.” އަންނާނަން އިނގޭ ބަންގި ގޮވަން ވާއިރަށް… ” ޝިފްނާ އޭނާގެ މަންމަ އާއި ވާހަކަ ދެއްކިއެވެ. އޭރު ވެސް އެ މީހާގެ ނަޒަރު ހުއްޓިފައި ހުރީ މިޝްޔާ އަށެވެ.” ބާއި.. ” މިޝާ ހީލާފައި ޝިފްނާ އަތުގައި ހިފައިގެން ހިނގައިގަތެވެ. މިޝްޔާ ހުރީ މިޝާ ލޯބިކަމުން މިޝާ އަށް ބަލަންށެވެ. މިޝާ މިޝްޔާއާއި ކުޑަކޮށް ވައްތަރުކަން މިޝްޔާއަށް ފާހަގަވެ ހައިރާން ވިއެވެ. ކުޑަކޮށް އަޖައިބު ވެސް ވިއެވެ. ބުޅި އިސްތަށިގަނޑެވެ. ދޮން ހަންގަނޑެކެވެ. ހިމަ ނޫނަސް އާދައިގެ ހަށިގަނޑެކެވެ. ކަޅުކަންގަދަ ކަޅިއެކެވެ. ދިގު އިސްކޮޅެކެވެ. މުޅިން ވެސް މިޝްޔާގެ ސިފަތަކެވެ.

 

އިންޝާ އެނދުގައި އޮށޯތީ ވަރުބަލި ވެފައިވާވަރުންނެވެ. މާދަމާ އަދި ދަތުރު އޮތީއެވެ. އެއްވެސް ކަމެއް ކުރާ ހިތް ނުވެފައި އޮއްވައި ނީމާ ގުޅަން ފެށިއެވެ. އިޔާންގެ އަޑު އިވޭނެ ކަމަށް އުންމީދު ކޮށްގެން ފޯނު ނަގާ ކަންފަތުގައި ޖައްސާލިއެވެ. ނަމަވެސް އިޔާންގެ އަޑެއް ނީވެއެވެ. ކުޑަމިނުން އެހެން މީހެއްގެ އަޑެއް ވެސް ނީވެއެވެ. މާޔޫސް ވެފައި އިންޝާ ހެއި އޭ ބުންޏެވެ.” ހައި… ފޫހިވާތީ މި ގުޅީ… ބަންގި ގޮވަން އެ އުޅެނީ.. ” ނީމާ ބުންޏެވެ. ދެކުދިން ބަންގި ގޮވަންދެން ވާހަކަ ދައްކާފައި ފޯނު ބޭއްވީ ނަމާދު ކުރަންށެވެ.

 

އެރޭ ގެއަށް އައި ގޮތަށް އިންޝާ އާއި މިޝްޔާ އެ ވާހަކަ ހިއްސާ ކުރިއެވެ.” އިނާ… ހަމަ އަސްލަށް ޓްރަސްޓް ކޮށްބަލަ… މިޝް އާ ވަރަށް ވައްތަރު ކުއްޖެއް ހުރި… އަނެއްކާ ކިޔަނީ ވެސް މިޝާ… އެކުއްޖާގެ ދޮންތަ ވެސް މިޝްހެން ހުންނަނީ… އެކުއްޖާގެ މަންމަ ބުނި މިރޭ ދާށޯ އެގެއަށް ސައިބޯން އެއީ އެކުއްޖާގެ މަންމައާއި ބައްޕަގެ ފަރާތުން ދިން ދަޢުވަތެކޯ… ޕްލަސް އިނާ ވެސް ދާންވާނެ…. ވަރަށް ހިތްހެޔޮ ދައްތައެއް.. ” މިޝްޔާ ހެދުމެއް ހިފައިގެން ހުރެ ކިޔެއެވެ.” ޔަގީން ތީގޭގަ ފިިރިހެން ކުއްޖެއް އުޅޭތީ ތިހާވަރުން އަހަރެން ގެންދަން ތިއުޅެނީ.. ” އިންޝާ ފޯނު ހުޅުވާލިއެވެ.” ނޫޅޭ ދެން ސާބަސް… ދިޔާން އާ ރައްޓެހިވެގެންނޭ މިއުޅެނީ އަނެއްކާ އިނާގެ ކްރަޝް އަކީ އިޔާން ދެން ކީއްކުރަން ފިރިހެން ކުދިން ދައްކަންވީ..؟؟ ” މިޝްޔާ އަލަމާރި ކައިރިއަށް ޖެހިލިއެވެ.

 

” ޝްޝްޝް ދޮންބެ މެންނަށް އަޑު އިވިދާނެ… ” އިންޝާ ދެލޯ ބޮޑުކޮށްލާފައި މިޝްޔާ އާއި ދިމަ ބަލާލިއެވެ.” ހެހެ ނީވޭނެ ހާސްނުވޭ… ” މިޝްޔާ ފާޚާނާއަށް ވަނެވެ. އިންޝާ ބޯ ކަހާލާފައި އިންސްޓަގްރާމް އަށް ވަދުނެވެ. އިޔާން އިނީ އެކްޓިވްގައެވެ. އިންޝާ އިޔާންގެ ސްޓޯރީއަށް ވަދުނީ އޭގައި އޮތް އެއްޗެއް ބެލުމުގެ ބޭނުމުގައެވެ. ނީމާ އާއި އެހެން އަންހެން ކުއްޖެއްގެ ފޮޓޯ ހުރި އިރު ދެމީހުންނަށް ވެސް އޮތީ މެންޝަން ކޮށްފައެވެ. ކޮންމެސް ޔަލާ އެކޯއެވެ. ދެން އިނީ އެބުނާ ޔަލާ އަކާއި އިޔާން ނުހަނު ކައިރީގައި ތިއްބައި ނަގާފައި އިން ފޮޓޯއެކެވެ.” މައި ލައިފް… އައި ލަވް ޔޫ ޔަލް.. ” އޭގައި ޖަހާފައި ވަނީ މިހެންނެވެ. އިންޝާގެ އަތުން ފޯނު ދޫވެގެން ވެއްޓުނެވެ.

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Baby Devil

Level 610 Stories100 Stories

Other Articles

Previous

ވީމޭ ތިޔަ ލޯބީގައި-1

Next

ލޯތްބަކީ 25

Next
July 27, 2021

ލޯތްބަކީ 25

Previews
July 26, 2021

ވީމޭ ތިޔަ ލޯބީގައި-1

3 Comments!

  1. Reen says:
    July 26, 2021 at 11:09 pm

    Mmmm vrh rythi ?

  2. Aishath Faruha Abdulla says:
    July 27, 2021 at 6:38 am

    Masha Allah…. Varah reethi… And Thank you mihaa avahah up khdhineemai.. Dhn vx mihaa Avahah up kohla dhehchey ❤️❤️❤️❤️❤️

  3. Aishath Faruha Abdulla says:
    July 27, 2021 at 8:20 am

    Masha Allah… Very nice… ?❤️❤️and thank you ehaa avahah up kohleema.. Dhn vx mihaa Avahah up kohla dhehchey….

Comments are closed.

Next Episodeތިޔަ ލޯތްބަށް އެދެމޭ 2 – 24←


All Right Reserved!