Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ލޯބިވެވުމުން 10

Nafu Level 810 Stories100 Comments100 Login500 Comments100 Stories500 Login
July 22, 2021 4 Mins Read
5 Comments

”އަހަރެން އަދި ދާނަން. އަދިވެސް އަހަރެންގެ މީހަކަށް ހަދާނަން.” ދަތްކުޑިވިކާލާފައި އަކްރަމް ބުނެލިއެވެ. އެދެއަތް މުށްކެވިގެން ދިޔައިރު ލޮލުން ފެންނަމުން ދިޔައީ ރުޅިވެރިކަމެވެ.

***

”ބައްޕާ ދެން ކޮން ދުވަހަކުން އެރަށަށް ދަނީ؟ އަދި ކުރަން ޖެހޭ ކަންތައްތައް އެބަހުއްޓެއްނު. މިހާރު މަންމަވެސް ރަނގަޅެއްނު.” ބާލު ޚާނާގައި ހުރި ގޮޑިއެއްގައި ނޫހެއް ހިފައިގެން އޮތް ރަޝީދުއަށް މުޖާހު އެހެން ބުނެލުމާއިއެކު އޭނާގެ ހުރިހާ ސަމާލުކަމެއް މުޖާހަށް ހުއްޓިގެން ދިޔައެވެ.

”ބައްޕަ މިފަހަރު ގަސްދެއް ނުކުރަން ދާކަށް. ދަރިފުޅު ދާން ވީނުން. ހަފްތާއެއް ވީ މިޙާރު މަސައްކަތްތައް ވެސް ހުއްޓިވެފަ ހުންނަތާ.” ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ރަޝީދު ބުނެލިއެވެ. އެދެލޮލުން އަދިވެސް ފެންނަމުން ދަނީ މާޔޫސްކަމެވެ. ފުސްކަމެވެ.

”އެންމެ ރަނގަޅު. އެކަމަކު އަޅުގަނޑު އެކަނިވީމަ ވަރަށް އުނދަގޫވާނެ. ދޮންބެއަށް ދެވޭނެތަ؟” މުޖާހުވެސް ގޮސް އެތަނުން ގޮޑިއެއްގައި އިށީންދެލިއެވެ.

”ދޮންބެ މިހަފްތާގަ ވަރަށް ބިޒީވާނެ. ފަރުހާދު ހުންނާނެ ދަރިފުޅަށް އެހީވާން. ކަމެއް ބޭނުންވެއްޖާ އޭނާ ގާތު ބުނޭ. ތިން ހަފްތާއަށް ތައްޔާރުވެގެން ދާނީ. މާދަން ފުރޭ ގޮތަށް ބައްޕަ ހަމަޖައްސާނަން. ހަނދާންކުރާތި. މިއީ ބައްޕަ ދަރިފުޅަށް ހަވާލުކުރި މަސައްކަތެއް. އެންމެ ފުރިހަމައަށް އަދާކުރެވޭތޯ ބަލާތި.” މުޖާހަށް ނަސޭހަތް ލައިދީފައި ރަޝީދު އެތަނުން ނުކުމެގެން ދިޔައެވެ. އެޔާއިއެކު މުޖާހު ފޯނު ނަގައި ނަވާޒަށް ގުޅާލިއެވެ. އަދި މާދަން އެރަށަށް ދާން ފުރާ ވާހަކަ ބުނެލިއެވެ.

”އޭ. ހަޔާ ނުދޭތަ ނަންބަރެއް؟” މުޖާހު އަހައިލިއެވެ. އެއާއިއެކު ދެން އިވުނީ ނަވާޒްގެ މަޑު ހުނުމުގެ އަޑެވެ.

”މިފަހަރު ތި އަންނަނީ ހަޔާ ކާމިޔާބު ކުރަން ދޯ؟ ބުނީމެއްނު ނަންބަރު މާ ފަސޭހައެއްކޮށް ނުލިބޭނެއޭ. އިންތިޒާރު ކުރަން ޖެހޭނީ.. ހެހެ..” ލާނެތްކަމާއިއެކު ނަވާޒް ބުނެލިއެވެ. ”އޭ އެކަމު މިފަހަރު ގޭގަ އެބަހުރި އެހެން ބައެއްވެސް. ބައްޕަ އާ ވާހަކަ ދައްކާފިންތަ؟ ހުސްކޮޓަރިއެއް ދެން ނެތީމަ.”

”ބައްޕަ ގޮއްސި ފަރުހާދުބެއަށް ގުޅަން. ދެން ނެތިއްޔާ އެހެން ގެޔެއް ހޯދާނީ. ހަޔާއަށް ސަލާމް ބުނެދެއްޗެ. އަދި އަހަރެން ދާ ވާހަކަވެސް ބުނެލަ ދޭތި.” އެއްތަނަކަށް ގެއްލިފައި އިނދެ މުޖާހު އެހެން ބުނެފައި ފޯނު ކަނޑާލިއެވެ. އެއަށްފަހު އޭނާގެ ފޯނުގައި އިން ހަޔާތުގެ ފޮޓޯ ނަގައި އެއަށް ބަލަން ފެށިއެވެ. އެއާއިއެކު އޭނާގެ ތުންފަތަށް ހިތްގައިމު ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. މޫނުމަތި އުޖާލާވެގެން ދިޔައެވެ.

ހަޔާތު ފެންނަން ދެން މާގިނައިރެއް ނެތުމުން އެހިތަށް ހަމަޖެހުމެއް ލިބިގެން ދިޔައެވެ.

***

ހެނދުނުގެ ހިތްގައިމު ވަގުތުގައި ހުދު ބޯކިރުފޮދެއް ފަދަ ވެލިގަނޑުގައި އިށީންދެލައިގެން އަރަމުން ދިޔަ ރަންކުލައިގެ އިރަށް ބަލަހައްޓައިގެން ހަޔާތު އިނީ ދިގު އިންތިޒާރެއް ކުރަމުން ދާ ފަދައިންނެވެ. ރަންކުލައިގެ އިރުން ނޫކުލައިގެ ދޫލައެއް ފަދައިން އެޅިފައިވާ މޫދުގެ ލޮނުގަނޑުގައި އޭގެ ދަޅަތައް ވިދަމުން ދިޔައިރު އެއަލިން މުޅިތަންވެސް ދިއްލާލާފައިވާ ފަދައެވެ. މަގޫ ގަސްތަކާއި ކަނޑޫ ގަސްތަކުގައި ޖެހިލާފައި އަންނަ ވައިރޯޅިތަކުން ހިތްގައިމުކަން ހިތައް ވެރިވަމުން ދާއިރު ބޯކޮޅު މަތިން އުދުހެމުން އަންނަ ދޫނި ތަކުގެ މިޔުޒިކީ ރާގުން އެ ފުރިހަމަކަން އިތުރުވެގެން ދެއެވެ.

އެހިތްގައިމުކަމުން ފުރިފައިވާ ރީތި މަންޒަރުގެ ފޮޓޯ ތަކެއް ހަޔާތު ފޯނުގައި ރައްކާކުރަމުން ދިޔައެވެ. މީހަކަށް އިންތިޒާރު ކުރަމުންދާ ފަދައިން އިރުއިރުކޮޅުން ހަޔާތު އޭނާގެ ފޯނަށް ނަޒަރު ހުއްޓާލައެވެ. ގަޑި ބަލަމުންދާ ފަދައިންނެވެ. އިރުއިރުކޮޅުން ފަހަތްވެސް ބަލައިލައެވެ. ނަމަވެސް މުޅި އެތަނުގައި ވެސް ހަޔާތު ނޫނީ އެހެން އެކަކު ވެސް ފެންނާކަށް ނެތެވެ.

”ޕޮއް” ހަޔާތަށް ސިއްސައިގެން ގޮސް އޭނާގެ މޭގައި އަތް އަޅައިލެވުނެވެ. ޒަންމަތު އައިސް އެހެން ހަދައިފާނެ ކަމަކަށް އޭނާ ހިޔެއްވެސް ނުކުރެއެވެ. އެހެންކަމުން އެކަމަށް ނުވިސްނާ އިނެވުމުން ބޮޑަށް ސިއްސައިގެން ދިޔައީއެވެ.

”އައީ ދޯ. ކީކޭ ބުނަންތަ މިތަނަން އަންނަން ބުނީ؟ ފޯނުން ކީއްވެ ނުބުނީ؟ ކީއްވެ ލަސްވީ؟” ހަޔާތު އެއްފަހަރާ ސުވާލުތައް އަމުނާލިއެވެ. ސިއްސައިގެން ދިޔުމުން އަދިވެސް އޭނާ ހަމައަކަށް ނޭޅެއެވެ.

”ސާބަސް. އަހަރެން މިއައީ ސުވާލު މުބާރާތެއް ފަށާކަށް ނޫނޭ.” ހިނި އައިސްފައި އިނދެ ޒަންމަތު ބުނެލިއެވެ. އެއާއިއެކު ހަޔާތަށް ލަދުން އިސްޖަހައިލެވުނެވެ.

ޒަންމަތު ލަސްތަކެއް ނުކޮށް އޭނާގެ ވާހަކަ ފެށިއެވެ. މުޖާހު ސަލާމް ބުނި ވާހަކަ އާއި މިރަށަށް މިއަދު އަންނަ ވާހަކައެވެ. އަދި ގުޅާ ކޮންމެ ފަހަރަކު ހަޔާތު ހޯދާ ވާހަކަވެސް ޒަންމަތު ބުނެލީ ހިނިތުންވެލައިގެން އިނދެއެވެ.

އެވާހަކަތައް އަޑު އިވުމާއިއެކު ހަޔާތުގެ ހިތުގެ ތެޅުން އަވަސްވެގެން ދިޔައެވެ. ހިތަށް ހަމަޖެހުމެއް ލިބިގެން ދިޔަނަމަވެސް ފާޑަކަށް އެހިތް ނުތަނަވަސް ވަމުން ދިޔައެވެ. އެހުރިހާ ކަމަކާއިއެކު ހަޔާތު، ޒަންމަތުއަށް ހިނިތުންވުމެއް ރައްދުކޮށްލިއެވެ.

”މޮސްޓް ސަޕްރައިޒިންގލީ އޮފް އޯލް، މުޖާ އިޒް ސްޓެއިން އިން ޔޯ ހޯމް ފޮރ ތްރީ ވީކްސް.” ޒަންމަތު އަޑަށް ބާރު ލާފައި ބުނެލިއެވެ. އެއާއިއެކު ހީވީ ހަޔާތު ދުލުގައިވެސް ގޮށެއް ޖެހިގެން ދިޔަހެންނެވެ.

”ވަޓް؟!.” އޭޏާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ހައިރާންކަމުން އެމޫނުމަތި އެއްކޮށް ބައްދާލިއެވެ.

”ޔެސް. އަހަރެމެން ގޭ ފުލްވެފަ ހުރީމަ ތިގޭގަ ބަހައްޓަނީ. މުޖާ އެކަނި މިފަހަރު އަންނަނީ. ފަރާއްތަ އޯކޭ ދިނީމަ. ހަޔާ ގާތު ނުބުނޭތަ އެވާހަކައެއް؟” ހެވިފައި އިނދެ ޒަންމަތު ބުނެލިއެވެ.

ހަގީގަތުގައި ހަޔާތު ގާތު ފަރާހަތު އެހެން ނުބުނީ ޒަންމަތުގެ އެދުމަށެވެ. ޒަންމަތު އެހެން ބުނަންވެގެންނެވެ. ހަޔާތަށް ވާ ގޮތް އޭނާގެ ދެލޮލުން ބަލައިލަން ބޭނުންވާ ތީއެވެ.

”ކޮން އިރަކު މުޖާ އަންނަނީ؟” ހަޔާތުގެ އަޑުގައި ވަނީ ހާސްކަމެވެ. މުޖާހު އާއި އެއްފުރާޅެއްގެ ދަށުގައި އުޅެން އޭނާއަށް ލާހިކެއް ނޫނެވެ. ކުރިމަތީ ހުންނަން ޖެހުނަސް ހިތް ހީވަނީ މޭކަށި ފަޅާފައި ނުކުމެދާނެ ހެންނެވެ. އެއް ފުރާޅެއްގެ ދަށުގައި އުޅޭނީ ކިހިނެއް ހެއްޔެވެ؟

”މެންދުރު އާދެވޭނެ ވާހަކަ ބުނީ. ދެން ހިނގާ ދާން. އަހަރެން ބުނަން އައި ވާހަކަ ބުނެ ނިމުނީމި.” ޒަންމަތު އެހެން ބުނެލުމާއިއެކު ވަގުތުން ހަޔާތު އިން ތަނުން ތެދުވެލިއެވެ. އަދި ގައިން ވެލި ފޮޅައިލުމަށްފަހު އެތަނުން ދިޔުމަށް ހިނގައިގަތެވެ.

***

ސިޓިންގ ރޫމުގައި ހުރި ކަނޑު ނޫކުލައިގެ ވެލްވެޓް ސޯފާގައި އިށީންދެލައިގެން ހަމަ އެކުލައިގެ ކުޝަނެއް އުނގަށް ލައިގެން އިން މުނާގެ މޫނުމަތީގައި ވަނީ ހިތާމަވެރިކަމާއި މޮޅިވެރިކަމެވެ. ކުރިމަތީގައި އިން 52 އިންޗީގެ ޓީވީ ހުޅުވާފައި ވި ނަމަވެސް އެއަކަށް އޭނާގެ ސަމާލުކަމެއް ނެތެވެ. އޭނާގެ ނަޒަރު ހުއްޓިފައި ވަނީ ކުރިމަތީގައި ހުރި އަޅިކުލައިގެ ފާރަށެވެ. ސިޓިންގް ރޫމުގެ ހަތަރު ފާރުގައި އަޅިކުލަ ލާފައިވާއިރު ކަނޑު ނޫކުލައިގެ ދެ ސޯފާއެއް އެތަނުގައި ބަހައްޓަފައި ހުއްޓެވެ. ތިރީގައި އަޅިކުލައަކަށްދާ ވިދާ ކާޕެޓެއް އަޅާފައި ވާއިރު މުޅި އެތަނުންވެސް ފެންނަމުން ދިޔައީ ޝާހީ ކަމާއިއެކު ތަރުތީބުކަމެވެ. އެތަނުން ފެންނަމުން ދިޔަ ޝާހީކަން އިތުރުވެފައި ވަނީ ސީލިންގ ގައި އަޅުވާގައި އިން ބޮޑު ޗާންދަލިޔާއިންނެވެ. އެތަނުގައި ފުރިހަމަ ކަމެއް ހުއްޓެއްކަމަކު މުނާގެ މޫނުމަތި ވަނީ މިލާފައެވެ. މުޖާހު ދިޔުމުން ކަމަށްވެސް ވެދާނެއެވެ.

”މުނާ، ކޮންކަމަކާ ވިސްނަނީތި؟” ދޮރު ހުޅުވާލާފައި ވަދެގެން އައި ރަޝީދު ހަލުވި ހިނގުމެއްގައި އައިސް މުނާގެ ގާތުގައި އިށީންދެ ހަމަޖެހިލިއެވެ.

”އަހަރެން ހިތަށް އަރަނީ ދަރިންނަށް ހަގީގަތް އެނގިއްޖާ ވާނީ ކިހިނެއްބާއޭ. އެރަށަށް ގޮސް އުޅުމުގެ ތެރޭގައި މުޖާއަށް އެނގިދާނެ ފަރުހާދުގެ ފަރާތުން.” ކުރެހިފައިވާ އަޑަކުން މުނާ ވާހަކަދައްކަން ފެށިއެވެ. އެވާހަކަތައް އަޑު އިވިފައި ރަޝީދުއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ.

”އެކަމާ އެހައި ބޮޑަށް ނުވިސްނާ. ފަރުހާދުވެސް ނުކިޔާދޭނެ އެވާހަކައެއް. އަހަރެންނަށް އޭނާ އެކަމަށް ވައުދުވެފަ އޮތީ. މުނާ އެކަމާ ދޯ އަހަރެމެން ނެތް އިރުވެސް ވިސްނީ.؟” ރަޝީދުގެ ތޫނުފިލި ސިކުނޑިއަށް ކަންކަން ވިސްނެމުން ދިޔައެވެ. އެއާއިއެކު މުނާ އެކަމާ ވިސްނާވަރު އޭނާއަށް އަންދާޒާ ކުރެވުނެވެ. ނަމަވެސް ކުޑަކޮށްވެސް އޭނާ އެކަމާމެދު ވިސްނާނުލައެވެ.

ރަޝީދުގެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން މުނާ ހަމައެކަނި ހޫމް އަކުން ފުއްދައިލީއެވެ. އިތުރަށް އެންމެ ބަހެއްވެސް އެދުލުން ބޭރު ނުކުރެއެވެ.

”ހިނގާބަ ކާންދާން. ވަރަށް ބަނޑުހައި.” ރަޝީދު މުނާގެ ކޮނޑަށް އަތް ވައްޓާލައި ގަޔާ ކައިރިކޮށްލަމުން ބުނެލިއެވެ. އެދެމެދުގައި ވަނީ ނިމުމެއް ނެތް ލޯތްބެވެ. ދެމީހުންގެ ލޮލުންވެސް އެކަމަށް ހެކިދެއެވެ.

***

ރަސްފަންނުގައި ހުރި ޖޯލިފައްޗެއްގައި އިށީންދެލައިން އަފްއާން އާއި އަކްރަމް ތިބިއިރު އެދެމެދުގައި ވަނީ ހަމަހިމޭން ކަމެވެ. ދެމީހުންވެސް ވާހަކަ ނުދައްކަން ހުވާ ކޮށްގެން ތިބިފަދައެވެ. ނަމަވެސް އެހަމަހިމޭންކަން އަފްއާނަށް އުނދަގޫކުރަމުން ދިޔައެވެ.

”މުޖާ ގޮއްސި ނޮޅިވަރަމަށް. ގެސްޓް ހައުސްގެ ކަންކަމުގަ. ތިން ހަފްތާއަށް އެދިޔައީ.” އެންމެ ފަހުން ނޯވެވިގެން އަފްއާން ވާހަކަދައްކަން ފެށިއެވެ.

”އެހެންތަ؟” ބަރުވެފައިވާ އަޑަކުން އަކްރަމް ބުނެލިއެވެ. ”މުޖާހު ކީއްވެ އެދުވަހު މަށާ ރުޅި އައިސް ހުރެ އެ ވާހަކަދެއްކީ؟ ކުރިން އެއީ އަންހެންކުއްޖަކަށް މަ އެހެން ކަންތައް ކުރިއަސް އެގޮތަށް ވާހަކަދެއްކި މީހެއްނޫން.”

”ނޭނގެ ދޯ. މިހާރު އެހެން އުޅެން ބޭނުން ނުވަނީނުން. އަހަރެންނަށްވެސް މާ ސަޅި ކަމެއް ނޫން އަކޭ ތިކުރީ.” އަފްއާން އޭނާގެ ކޮޅު ހާމަކޮށްލިއެވެ.

އެއާއިއެކު އަކްރަމްގެ މޫނުމައްޗަށް ފޫހިކަން ވެރިވެގެން ދިޔައެވެ. އޭނާ ބޭނުންވީ ކަމެއް ދޭހަ ކުރާށެވެ. އަފްއާންގެ ދުލުން އޭނާ ގާތު އެވާހަކަ ބުނުވާށެވެ. ހަގީގަތުގައި އެދުވަހު މުޖާހު ބުނެލި ބަސްތައް އޭނާއަށް އިވިގެން ދިޔައެވެ. މުޖާހު އެވާހަކަތައް ދެއްކި އިރު އޭނާ ހުރީ އެތަނުގައި ހުރި ގަސްތަކުގެ ނިވަލުގައެވެ. ނަމަވެސް އެއީ އޭނާ ބޭނުން ގޮތެއް ނޫނެވެ.

”އަހަރެން ހުއްޓަކާ ތިކަން ވިޔަކަ ނުދޭނަން.” އަކްރަމްގެ ދެއަތް މުށް ކެވިގެން ދިޔައެވެ. އަކްރަމް މޫނަށް ވެރިވި ކުލަވަރުތައް ރަނގަޅަށްވެސް އަފްއާނަށް ފެނުނެވެ. އެ ނުރައްކާތެރި ނަޒަރު ސިއްރެއް ނުވިއެވެ.

~ ނުނިމޭ ~

Share Article

Follow Me Written By

Nafu

Level 810 Stories100 Comments100 Login500 Comments100 Stories500 Login

Other Articles

Previous

ނޭނގި ވެވުނީ ލޯތްބޭ 2- 3

Next

އަނދިރި ހަޔާތް

Next
July 25, 2021

އަނދިރި ހަޔާތް

Previews
July 21, 2021

ނޭނގި ވެވުނީ ލޯތްބޭ 2- 3

5 Comments!

  1. Nafu says:
    July 22, 2021 at 3:33 pm

    salaam readers. i am very sorry for the delay. alhugandu midhuvaskolhu vr bxy koh ulheythy vaahaka lasvany. unmeedhu kuran understand vaane kamah. and mibai kamudhaane kamah vs. dhn oii bai insha allah saturday gai genes dheveythw balaanan. have a nice day. stay safe.

    1. Aishath Faruha Abdulla says:
      July 22, 2021 at 8:09 pm

      Masha Allah….❤️ Mi part vx varah reethi.. Ok.. Ehn kankan kohfa hunna huss vaguthu thakuga ehnu vaahak liyeveynee… I can understand…. waiting for next part..
      Stay safe.. ❤️
      EID MUBARAK ❤️

    2. Nafu says:
      July 23, 2021 at 12:54 am

      Thank u soo much dear.. it means a lot.. konme part akun dear ge loabi comment eh fennaathy vr ufaavey.. thanks for the support.. and thank u for understanding.. yah keep waiting.. s?
      Eid mubarak??

  2. Black Swan says:
    July 23, 2021 at 9:48 pm

    How are u? Missed u so much.. Masha Allah v vvvv salhi ❤️❤️❤️
    Love you so much ❤️❤️❤️❤️
    Tc
    Mi Black Swan ingey

    1. Nafu says:
      July 24, 2021 at 12:31 am

      Black swannn.. ??missed u soo soo much dear.. alhamdhulillah vr rangalhu.. n dear kihineh tha?
      Thank u soo much.. vr ufaa vehjje anehkkaa vs black swange comment eh nafuge vaahakain fenunyma.. thanks a lot.. ????
      Take care and lymmm???

Comments are closed.



All Right Reserved!