ކުރެވުނު ކަމަކުން 1
އާދުވަހަކަށް އިރު އެރިއެވެ.ޒޯޔާ އާއި އޭނާގެ ދެރަށްޓެހިން ކަމައްވާ ޔާނާ އާއި އިބާ އުޅުނީ އެމީހުންގެ ސްކައުޓް ކޭމްޕައް ދާން ދަބަސް ޕެކު ކުރާށެވެ.
“ކޮބާ މަ މިނިމުނީ.. ދެން ތިމީހުން.”ޔާނާ އޭނަގެ ދަބަހައް އެންމެ ފަހު ހެދުން ލުމައްފަހު އަނެއް ދެކުދިންނައް ބުނެލި އެވެ.ޔާނާ ، އިބާ އަދި ޒޯޔާ
އަކީ”ކަޒިންސް”ކަމުން އެކުދިން އެރޭ އެއައީ އެގެއަށް ރޭކުރާ ގޮތަށެވެ.
“ޔާނާ އާ އިބާ ދެން މާދަމާ ހެނދުނުން މިގޭން ދޯ ފުރަން ދާނީ.”ޒޯޔާ އެމީހުނާ ސުވާލުކުރީ އެމީހުން ކޭމްޕް ދަބަސް ގެނައުމުންނެވެ.”އާނ..މަންމަ އަންނާނަމޭ ބުނި ފުރާގަޑީގަ..ވަރަށް މަޖާވާނެދޯ..ހަފްތާއަކަށް ދާއިރު..”ޔާނާ ހުރީ ރޭކުރަން ފަޅުރަށަކަށް ދެވޭތީ ވަރަށް އުފާވެފައެވެ.”މަންމަ ބުނީ އަންނާނަމޭމާދަމާ ބައްޕައާ ދެމީހުން ފުރާގަޑިއަށް..”އިބާ ވެސް ހުރީ ދަތްޕިލަ ސޭލު އަޅުވައިގެނެވެ.
“ދަރިފުޅުމެން ހުރިހާކުދިން..ޕެކުކޮށް ނިމުނީތަ؟..އާދޭ ހުރިހާކުދިން ބަތްކާން..”ތިން މީހުން ވާހަކައިގާ ޖެހިފައި ތިއްބާ ކޮޓަރި ދޮރު ހުޅުވާލައިފާ ވަތް ޒޯޔާގެ މަންމަ ޒާރާ އެހެން ބުނުމުން ތިންމީހުން އެއްފަހަރާ ގަޑިއަށް ބަލައިލި އެވެ.ކަމަކުދާކަށްނެތެވެ.ގަޑިން މެންދުރު އެކެއްޖަހާބޮޑުވީއެވެ.އެމީހުން މިއަދު އެއްގަޑި ބަޔައް ބޭނުންވާއެއްޗިސް ހަމަކުރަން ސްކައުޓް މީޓިން އެއް އޮވެއެވެ.ވާހަކައިގާ ޖެހިފާ ތިބިވަރުން ގަޑިން ވީވަރެއްވެސް ނޭނގެއެވެ.
ތިންމީހުން އަވަސް އަވަހަށް ރެޑީވެގެން ނިކުތީ ނުވެސް ކައެވެ.
އެމީހުނައް އާދެވުނީ ހަވީރު ހަތަރެއް ޖަހަން އުޅެނިކޮށެވެ.ތިންމީހުމްވެސް މެންދުރު ނުކައި ތިބުމުގެ ސަބަބުން ތިބީ ހައިވެފާ ކަމުން ތިންމީހުުންވެސް މިސްރާބު ޖެހީ ކާގެއަށެވެ.
“އޭ މަ އަޑުއެހިން އެއްކަލަ ހައިފާ ޖިންނި މޮޔަވެގެން އުޅޭ ވާހަކަ އެއީ ތެދެއްތަ.”ރޭގަނޑު ނިދަންއަރާ އޮވެގެން ޔާނާ ޒޯޔާގެ ގާތު އަހާލިއެވެ.”އާއެކޯ..މަ މަންމައާ ދޮންތަ( ޔާނާގެ މަންމަ.) އާ ކުޑާ(އިބާގެ މަންމަ) އެހެން ކިޔަނިކޮން އަޑުއެހިން.”އަސްލަށްވެސް އެއީ ތެދެއް..އަހަރެން އިއްޔެ ފިހާރައަށް ދަނިކޮށް އެގޭތެރޭން ހައިފާ ހަޅޭއްލަވަ އަޑުއިވޭ..އޭނާ މަގޭ މަރާލާނެޔޯ..އެންމެންވިސް މަރާލާނެޔޯ..”ތުވާއްޔެއް ހިފައިގެން ފާހާނާއިން ނިކުތް އިބާ އެދެމީހުންގެ ވާހަކައިގައި ބައިވެރި ވެލިއެވެ.”އެހެންނު ވާނީ ހިސާބައްވުރެ ފޮނިއްޔާ.”ޒޯޔާ އެހެންބުނުމުން އެންމެން ހިނިގަނޑެއް ޖަހާލިއެވެ.އެންމެން އަވަހަށް ލޯމެރީ މާދަން އަވަހަށް ހޭލަން ޖެހޭތީއެވެ.
ހެނދުނު ހެނދުނާ ޒޯޔާ ތެދުވެގެން ފުރަތަމަވެސް ދިޔައީ އޭނާގެ ކޮށްކޮ ޒައިޝާގެ ކޮޓަރިއަށް އުނދަގުލެއް ކޮށްލާށެވެ.
ޒޯޔާ ގޮސް މަޑުމަޑުން ޒައިޝާގެ ކޮޓަރި ދޮރު ހުޅުވާލާފައި ބޯ ދިއްކޮށްލި އެވެ.
ޒޯޔާއަށް އަނގަމަތީ އަތްއަޅާލެވުނީ ހިނިގަނޑު މަތަކުރާށެވެ.”ލޯގަނޑޭ ލޯގަނޑޭ ކާކުތަ މިރަށުން އެންމެ ރީތީ މަރިޔަމް ޒައިޝާ ދޯ..”ޒައިޝާ ރީތިވާ މޭޒު ލޯގަނޑު ކުރިމަތީގައި ހުރެގެން އެހެންކިޔަމުން ލޯގަނޑުގައި ތަޅަމުން ދިޔައެވެ.”ލޯގަނޑާ ދެން ބުނެބިލަ ކާކުތަ މިރަށުން އެންމެ ރީތީ..”ނަމަވެސް އެހިސާބުން ޒޯޔާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.


eeps aa vhk feshee dhw
curious for the next part ingey
anws thanks ingey name thah usekoh leema and vrh noice vaahaka eh ✌✌✌❤❤❤❤??????
Yup aavaahakaeh fetteemi.next part submit kohlaafa innaanee ☺️☺️☺️
Lily ge phonein category ah levey.ekam categorys eh nueh feney.?