Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

ތިޔަ ލޯތްބަށް އެދެމޭ 2 – 16

Baby Devil Level 610 Stories100 Stories
July 11, 2021 5 Mins Read
3 Comments

” މިހާރު ކޮބާ އޭތި.. ” މާއިން އަހާލިއެވެ.” މާން ބިރެއް ނުގަނޭތަ އަހަރެން ދެކެ އެއް.. ” އަލްވާ މާއިންއާއި ދިމަ ބަލާލިއެވެ.” ހްމްމް… ދެން ކިޔާދީބަލަ.. ” މާއިން އަނެއްކާ ވެސް އެދުނެވެ.” މިހާރު އެކަމުން ސަލާމަތް ވެއްޖެ… އެ ޖިންނިއަށް އެފަށް ނެތްކަން އިނގުނީ އެއަށް އެކި ކަހަލަ އުނދަގޫތައް ވާކަން އިނގުނީމަ… އަހަރެން ކަރުގަ އެފަށް އޮންނަހާ ހިނދަކު އެއަށް ރަނގަޅަށް ދިރިއުޅެވޭނީ… އޭތި އެހެން އޮވެފަ މަރުވީ.. ” އަލްވާ ކިޔައިދިނެވެ. މާއިން ހުރީ އަޖައިބުވެފައެވެ.” އަހަރެން ދޫކޮށެއް ނުލާނެތަ.. ” އަލްވާ އަހާލިއެވެ.” ކީއްކުރަން ދޫކޮށްލަންވީ… މިހާރު ނެތެންނު އެޔެއް… ” މާއިން ހިނިތުންވިއެވެ.

 

**16 ވަނަ ޕާޓު**

 

” ދެން ހިނގަދާން… މަންމަމެން ހޯދާނެ ލަސްވެގެން… ” މާއިންގެ ހިތަށް ލިބުނު ކުޑަ ހަމަޖެހުން ވެސް ކެނޑުނީ އިންޝާ މަތިން ހަނދާންވުމުންނެވެ. އަލްވާ ވެސް އިތުރު އެއްޗެކޭ ނުބުނެ މާއިން އާއި އެއްވަރަށް ހިނގާލާފައި ދިޔައެވެ. މާއިންމެން ދިޔައިރު މިޝްޔާ އާއި ރާކިންއެއް ނެތެވެ.” މިޝް ނުކައި ހުރީ އެކަމަކު ނުދާންވެގެން ގަދަހެދީމަ ރާކިން ގެންދިޔައީ… ” މާއިން އެމީހުން ކޮބާހޭ އަހާލުމުން ހިޝާ ޖަވާބުދިނެވެ. މާއިން އޯކޭއޭ ބުނެފައި އިންޝާގެ ހާލު ބަލާލަންވެގެން އެތެރެއަށް ވަނެވެ. އޭރު އިލްޔާ އާއި މަޔާން ގޮނޑީގައި އިށީނދެލައިގެން އިންޝާ ހޭއަރާނެ އިރެއްގެ އިންތިޒާރުގައި ތިއްބެވެ. މާއިން ވެސް ގޮސް ގޮނޑިއެއްގައި އިށީނދެލިއެވެ.

 

” ތިއްތީ… ހިނގާދާން… ” މިޝްޔާ ކައިނިމިގެން ކިޔަންފެށިއެވެ.” އެހަށް ފެންވަރައިގެން ދާންވާނީ.. ތިއްތިވެސް މިދަނީ ފެންވަރަން.. ” ރާކިން އެދުނެވެ. މިޝްޔާ މާޔޫސް ކަމާއެކު ކޮޓަރިއަށް ވަނެވެ. ރާކިން ވެސް ފެންވަރާލަންވެގެން ކޮޓަރިއަށް ވަނެވެ.

 

ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް އިންޝާގެ ހާލުވެސް ދިޔައީ ރަނގަަޅު ވަމުންނެވެ. އެންމެންގެ އިންތިޒާރަކަށް ނިމުމެއް އައީ އިންޝާ އެއްކޮށް ރަނގަޅުވެ ގެއަށް ދޫކޮށްލުމުންނެވެ. މީގެ ދުވަސްކޮޅެއް ކުރިން ލުޔާ ވަރަށް ގަދަޔަށް ކެއްސިއެވެ. އަނގައިން ކޮންމެ ވެސް ވަރަކަށް ލޭ ވެސް އައެވެ. ޔަޒާން ކައިރީގައި ނުބުނެ ހުރީ އެއީ އާދައިގެ ކަމަކަށް ހަދާފައެވެ. ފަހުން މާގިނައިން ކެއްސާފަ ލޭ އަންނާތީ ޔަޒާން ކައިރީގައި ބުނީއެވެ. ނަމަވެސް މިޝްޔާއަށް އެކަން އިނގިދާނެތީ ޔަޒާން ނިންމީ ލުޔާ ގޮވައިގެން ޑޮކްޓަރ އަށް ދައްކަން މާލެ ދާންށެވެ. މަޔާން އާއި ރާއިލް ވެސް އެކަމަށް އެއްބަސްވެ ލުޔާ އާއި ޔަޒާން މާލެ ފޮނުވިއެވެ.

 

” މަންމަ ކޮބާތަ.. ” މިޝްޔާ އަށް ލުޔާ ނުފެނިގެން އަހާލިއެވެ.” ރަށުން ބޭރަށް ގޮސްވީ… ” ރާއިލް ޖަވާބުދިނެވެ.” ހަމަ މިޝް ނުލާތަ ދާންޖެހެނީ… ވަރަށް ފޫހި.. ” މިޝްޔާ ތުން ދަމާލިއެވެ. މަޔާން އާއި ރާއިލް އެއްޗެކޭ ނުބުނެ ޓީވީއަށް ސަމާލުކަން ހުއްޓާލިއެވެ. އެވަގުތު އިންޝާ ކޮޓަރިން ނިކުތެވެ.” ހިނގާ ދާން.. މިހުރީ ރެޑީގަ.. ” އިންޝާ ބުންޏެވެ. މިޝްޔާ އާއި އިންޝާ އެކީގައި އެދާތާކަށް ދާންނިކުތެވެ.

 

ޔަޒާން އާއި ލުޔާ ހޮސްޕިޓަލަށް ވަދުނެވެ. އޭރު ކިޔޫ ހަދާފައި މީހުންތައް އޮތެވެ. ކުއްލިއަކަށް ލުޔާ ކެއްސަންފެށިއެވެ. ޔަޒާން ހާސްކަމާއެކު އަވަސް އަވަހަށް ލުޔާ ގޮވައިގެން ދިޔައީ އަންހެން ފާހާނާބަރިއާއި ދިމާއަށެވެ. ލޭ އަންނަން ފެށުމުން އަނގަމަތީގައި އަތް އެޅީ މީހަކަށް ނުދައްކަންވެގެންނެވެ. ފާހާނާ ބަރިން މީހުން ހުސްވުމުން ޔަޒާން އާ އެކީގައި ލުޔާ މޫނު ދޮންނަ ތަށި ކައިރިއަށް ދިޔައެވެ. އަތް ނެގިއިރު މުޅި އަނގަމަތީގައި އޮތީ ލޭތަކެވެ. ކުއްލިއަކަށް ޔަޒާންމެން ސިހުނީ ދޮރު ހުޅުވާލާފައި މީހަކު ވަދުމުންނެވެ.

 

މާއިން އަލްވާ އާއި ވާހަކަދައްކަމުން ދިޔައީ ފޯނުންނެވެ. އެގޭގައި އޮންނަ ހިތްގައިމު ބަގީޗާ ތެރޭގައި މާއިން އެކަނިމާއެކަނި ހިނގަމުން ދިޔައިރު އެ ރީތި މޫނުމަތީގައި ވަނީ އަންހެން ކުދިންގެ ހިތް ކަތިލާ ފަދަ ރީތި ހިނިތުންވުމެކެވެ. އެކި މައުޟޫޢުތަކަށް ވާހަކަ ދައްކަމުން ދިޔަ ދެ ލޯބިވެރިންތިބީ އަމިއްލަ ދުނިޔޭގައެވެ. ދުރުގައި ތިބިކަމަކު އެކަމެއް ހިޔެއް ނުވެއެވެ.” އަހ ވެއިޓް… އިނާގެ މެސެޖެއް އައިއްސި… ބަލައި ދާށޯ.. ފަހުން ގުޅާނަން އިނގޭ އަލްބޭބީ… އިންތިޒާރުގަ ހުންނައްޗޭ.. ލަވް ޔޫ.. ” މާއިން ވަރަށް ލޯބިން ބުންޏެވެ.” ޔާ ހުންނާނަން.. ލަވް ޔޫ މޯރ.. ” އަލްވާ ވެސް ނިކަން ލޯބިން ބުނެލިއެވެ.

 

” ސާބަހޭ.. އިޔާންގެ ކޮއްކޮއާ އެކީ އުޅެންޏާ މަށަށް ހީވަނީ ދުވަސް ކޮޅަކުން އިޔާންއާ ކަންނެ ރައްޓެހިވާނީ ދޯ ޔޫހާ… ” މާއިން ނީމާމެންގޭ ދޮރުމަތީގައި ހުއްޓުނުއިރު ޔޫހާ އާއި އިންޝާ އަދި މިޝްޔާ ހުއްޓެވެ. ނީމާ ވެސް ހުއްޓެވެ. ޔޫހާ ވެސް މަޑުމަޑުން ހީލިއެވެ. ކުރީގައި މަޑުން ހުއްޓަސް މިހާރަކަށް އައިސް ޔޫހާ ވެސް އެމީހުން ޖަހާ ސަކަރާތުގައި ކުޑަކޮށް ބައިވެރިވެއެވެ. އެއީ މިޝްޔާމެން ވަރަށް އުފާވާ ކަމެކެވެ.

 

” ހެވޭ ދޮންބޭ… ހިނގާ މިޝް… ” އިންޝާ އަނގައަށް ގޮތެއް ހަދާލާފައި ހިނގައިގަތެވެ.” ބާއި.. ޔޫހާ ބަލައި އަންނާނެދޯ… ” މާއިން އަހާލިއެވެ.” ނޫން އަހަރެން ޔޫއްކޮ ލާން ދާނީ.. ” ނީމާ ހިނިތުންވިއެވެ. މާއިން އެންމެ ރަނގަޅޭ ބުނެފައި މިޝްޔާމެންނާއި އެއްވަރުކުރަން ދުއްވައިގަތެވެ. އަލްވާ އާއި މާއިންގެ ގުޅުމުގެ ވާހަކަ ރާކިން އާއި އިޝާން އަދި އަޝްލީން އަށް ފިޔަވައި އިތުރު މީހަކަށް ނޭނގޭނެއެވެ. ދެން އިނގޭނީ މާއިން އަށާއި އަލްވާއަށެވެ. ހަމަ އެކަކު ކައިރީގައި ނުބުނީ ވެސް މާއިންގެ ބޭނުން ނުވާތީއެވެ. އިންޝާމެންނަށް އިނގިއްޖެއްޔާ ދިމާކޮށްލާނެ ވަރު މާއިންއަށް އިނގެއެވެ.

 

ގެއަށް ދިޔައިރު ވެސް މަޔާން އާއި ރާއިލް ތިބީ ސޯފާގައެވެ. އިލްޔާ އާއި ހިޝާ ބަދިގޭގައި އުޅޭ އަޑު އިވެއެވެ.” އަބަދު ތިތާތަ އިންނަނީ… ފޫއްސެއް ނުވޭތަ.. ” މިޝްޔާ އަހާލިއެވެ. މަޔާން އާއި ރާއިލް ސިހުނެވެ.” ކިހިނެއްވީއޭ.. ” ރާއިލް އަހާލިއެވެ.” އަޅާ ނުލާ… ” މިޝްޔާ އާދައިގެ ކަމަކަށް ހަދާލާފައި ކޮޓަރިއަށް ވަނެވެ.” ހާދަ ލަހޭ.. ގުޅާކަށް ނުވޭތަ އަދިވެސް… ” ޔަޒާންގެ ކޯލެއްގެ އިންތިޒާރުގައި އިން މަޔާން ބުންޏެވެ.” ކެތް ކޮށްބަލަ… މާލޭގަ އެހާ އަވަހެއް ނުވާނެއޭ.. ” ރާއިލް މަޔާންގެ ގައިގައި ޖަހާލިއެވެ.

 

” އަންހެނުންގެ ފާހާނާ އަށް ފިރިހެނުން ވަދުމަކީ މަނާ ކަމެއްނުން… ކީއްވެ ވަދެގެން ތިހުރީ… ” އެމީހާ އަހާލިއެވެ.” އަޅުގަނޑުގެ އަންހެނުން ބަލިކަމުން ވަގުތީގޮތުން ވަދުނީ… ” ޔަޒާން ބުންޏެވެ.” އެކަމަކު ވެސް މަނާ ކަމެއްނު… ބޭބެ ނިކުނަންވީނުން އަހަރެން ހެލްޕް ވެފާނަން… ” އެމީހާ އެދުނެވެ. ޔަޒާން ދެކޮޅު ހެދުމެއްނެތި ނިކުތެވެ.” އަހަރެންނަކީ ޒީނާ… ކޮން ނަމެއް ތިކުއްޖައަށް ކިޔަނީ… ” ޒީނާ އަހާލިއެވެ.” ހިލްޔާ… ” ލުޔާ ޖަވާބުދިނެވެ. ޒީނާ ލުޔާ އާއި ދިމަ ބަލާލީ ކޮންމެވެސް ކަމެއް ޝައްކު ވެގެންނެވެ.” ހިލްޔާ… އަހަރެންނަކީ ޑޮކްޓަރ އަކަށް ވާން ކިޔަވަމުންދާ އެކާވީސް އަހަރުގެ މީހެއް… އަހަރެންނަށް ވަރަށް ޝައްކުވޭ ހިލްޔާ އަށް ކެންސަރު ޖެހިފަ ހުރިކަން… ” ޒީނާ އެހެން ބުނުމުން ލުޔާގެ ހިތް ހީވީ ހުއްޓުނު ހެންނެވެ.” ހަމަ އަސްލު ވެސް؟.. ” ލުޔާ ދެލޮލުން ކަރުނަ ފައިބަންފެށިއެވެ.

 

” ހިލްޔާގެ ދަރިއެއް ހުރޭތަ.. ” ޒީނާ އަހާލިއެވެ. ލުޔާ ބޯ ޖަހާލީ މިޝްޔާގެ ހަގީގަތް އިތުރު މީހަކަށް އިނގެން ބޭނުން ނުވާތީއެވެ.” ސޯޅަ އަހަރު… މި އަހަރު ވާނެ ސަތާރަ.. ” ލުޔާ އިތުރަށް ކިޔާދިނެވެ. ޒީނާ ލުޔާގެ ކޮނޑުގައި އަތް ބާއްވާލިއެވެ.” އެހާ އަވަހަށް އުންމީދު ކަނޑާލާކަށް ނުވާނެ… އަދި މީ ހީއެއް …. ޔަގީނެއް ނުވޭ ނުން… ” ޒީނާއަށް އެކަން ޔަގީވި ނަމަވެސް ބުންޏެވެ. ލުޔާ ކަރުނަތައް ފޮހެލާފައި މޫނު ދޮވެލިއެވެ. އަދި ޒީނާ ދިން ޓިޝުލުން މޫނު ފޮހެލިއެވެ. ޔަޒާން ކައިރީގައި އެ ވާހަކަ ނުބުނީ އަދި ޔަގީން ނުވާތީއެވެ. ޒީނާ ވެސް އެހިސާބުން ލުޔާ އާއި ވަކިވިއެވެ.

 

ބައިގަޑިއެއްހާއިރުފަހުން ޔަޒާން އާއި ލުޔާގެ ޓޯކަން ނަންބަރ ޖެހުނެވެ. ދެމީހުންވެސް ތިބީ ޑޮކްޓަރ ބުނާ އެއްޗެއްގެ އިންތިޒާރުގައެވެ. ހާއްސަކޮށް ލުޔާއެވެ.” މީ.. ” ޑޮކްޓަރ އަތުގައި އޮތް ގަނޑަށް ބަލާލާފައި ޔަޒާންއާއި ލުޔާއަށް ބަލާލިއެވެ.” ހިލްޔާ ކިތަށް ދުވަސް ވެއްޖެ ތިގޮތަށް ކެއްސާތާ.. ” ޑޮކްޓަރ އަށް ވެސް އެ ހަބަރު ދޭން އުނދަގޫ ވުމުން އަހާލިއެވެ.” މިދިޔަ އަހަރު ފެށުން ކޮޅު ވާން ފެށިކަމެއް… ” ލުޔާ ބުންޏެވެ. ޑޮކްޓަރ ފުން ނޭވާއެއް ލިއެވެ.” ހިލްޔާ ވަނީ ކެންސަރުގެ އެންމެ ފަހު ސްޓޭޖްގައި… ” ޑޮކްޓަރ އެހެން ބުނުމުން ޔަޒާން އަށް ގަބޫލު ކުރަން ދަތިވިއެވެ.” ނުވާނެ އެހެނެއް.. ” ޔަޒާން އަތް މުއްކަވާލިއެވެ. ލުޔާ ޔަޒާންގެ އަތުގައި ހިފަހައްޓާލިއެވެ.” ޑޮކްޓަރ އެބުނީ ދޮގެއް ނޫން… ” ލުޔާ މަޑުމަޑުން ބުންޏެވެ.

 

ޔަޒާން ދެލޯ މަރާލިއެވެ. މިއީ އޭނަ ދުވަހަކު ވެސް އުންމީދުކުރި ދުވަހެއް ނޫނެވެ. އޭނާގެ ލޯބިވާ ލުޔާ މަރުވާތަން ބަލަން އޭނާއަކަށް ކެތެއް ނުވާނެއެވެ.” އޯކޭ ތެންކްސް.. ” ޔަޒާން އާދައިގެ ގޮތަކަށް ހިނިތުންވަމުން ނިކުތެވެ.” އިނގޭތަ ޒީނާ ވެސް ބުނި އަހަރެންގެ ގައިގަ ކެންސަރު ހުރެއޭ.. އެއީ ވެސް ޑޮކްޓަރ ކަން ކިޔަވަން އުޅޭ ކުއްޖެއް…. ” ލުޔާ ޔަޒާން ގެ މޫނަށް ބަލާލިއެވެ.” ލޫ.. އަހަރެންނަކަށް ނޫޅެވޭނެ ލުޔާ ނުލައެއް… ” ޔަޒާން ފެންކަޅިވިއެވެ.” ޔަޒާން.. އަހަރެންނާ ނުލައި ވެސް އުޅެން ދަސްކުރަން ވާނެ.. އަހަރެން އަބަދަކު ނުހުންނާނެ… ” ލުޔާގެ ލޯ ވެސް ތެމުނެވެ. ޔަޒާން މަޑުމަޑުން ލުޔާގެ އަތްތިލަ ގެނެސް ތުންފަތުގައި ޖައްސާލިއެވެ. އޭރު ދެމީހުންނަށް ވެސް ހޮސްޕިޓަލުން ބޭރަށް ނިކުމެވިއްޖެއެވެ. ޔަޒާން އަވަހަށް ފޯނު ނަގާފައި މަޔާން އަށް ގުޅާލިއެވެ.

 

” ހަލޯ… ރަނގަޅުތަ ހުރިހާ ކަމެއް.. ” މަޔާން ފޯނު ނެގިއެވެ.” ނޯ.. އެއްގޮތަކަށް ވެސް ރަނގަޅެއް ނޫން… ” ޔަޒާންގެ އަޑު ހުރީ ކުރެހިފައެވެ.” ކިހިނެއް ވީ އަނެއްކާ.. ” ރާއިކްވެސް އެކަށް ހާސްވިއެވެ.” ލޫ.. ލޫއަށް ކެންސަރު ޖެހިފަ… އެންމެ ފަހު ސްޓޭޖްގައި… ” ޔަޒާން އެހެން ބުނިއިރު ލޮލުން ކަރުނަތައް ފައިބައިފިއެވެ. މަޔާން އަތުން ވެސް ފޯނު ދޫނުވީ ކިރިޔާއެވެ.” ކޮބާ މިޝް.. ” ޔަޒާން އަހާލިއެވެ.” މިޝް އާދެބަލަ.. ” ރާއިލް ގޮވާލިއެވެ. ” ބައްޕަ.. ” މިޝްޔާ ނިކުތުމުން މަޔާން ފޯނު ދިނެވެ. މިޝްޔާ ފޯނުގައި ހިފިއެވެ.” ހަލޯ ބައްޕާ.. ކޮބާ މަންމަ… ” މިޝްޔާ ހަމަޖެހިލަމުން އަހާލިއެވެ.” މިހުރީ… ” ޔަޒާން ލުޔާ އަތަށް ފޯނު ދިނެވެ.” ހަލޯ ދަރިފުޅާ.. ” ލުޔާ ވާހަކަ ދެއްކިއެވެ.” މަންމަ ވަރަށް ލޯބިވޭ… މިވަގުތު ވާހަކަ ދައްކާނެ ވަގުތެއް ނެތް… މަންމަ އުންމީދުކުރަން ދަރިފުޅު ވެސް މަންމަ ދެކެ ލޯބި ވާނެކަމަށް.. ” ލުޔާ ކެއްސަން ފަށަން ވާއިރަށް ބުންޏެވެ. މިޝްޔާ ހައިރާންވިއެވެ.” ލައްބައޭ މަންމާ… އަހަރެން ވެސް ލޯބިވެއޭ.. ” މިޝްޔާ ހީލިއެވެ. ލުޔާ އަވަހަށް ފޯނު ކަނޑާލިއެވެ. އޭރު ޔަޒާން ކާރެއް ހޯދައިފިއެވެ. ލުޔާ އާއި ޔަޒާން ކާރަށް އަރާފައި ދާންވީ އެޑްރެސް ބުންޏެވެ.

 

” މަންމަ އެކްޓިންގ ހާދަ އެހެންކަހަލަ އޭ… ” މިޝްޔާ މަޔާން އަތަށް ފޯނު ދިނެވެ. ރާއިލް ދެކޮނޑު އަރުވާލިއެވެ.” ކޮން ރަށަކު އެތިބީ… ” މިޝްޔާ އަހާލިއެވެ.” ނޭނގެ..” މަޔާން ބުންޏެވެ.” ހަމަ އެކައްޗެއްވެސް ނޭނގެނީތަ… ” މިޝްޔާ ދެލޯ ހަނި ކޮށްލިއެވެ. މަޔާން ހިންދިރުވާލާފައި ކޮޓަރިއަށް ވަންނަން ދިޔައެވެ. ރާއިލް ވެސް ނޭނގޭ ކަމަކަށް ހަދާފައި ހިޝާ ކައިރީގައި ވާހަކައެއް ބުނަންށޭ ކިޔާފައި ދިޔައެވެ. މިޝްޔާ އަށް ޝައްކުވިއެވެ.” ކޮންމެސް ކަމެއް އެބަ ފޮރުވާ.. ” މިޝްޔާ ވިސްނާލިއެވެ.

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Baby Devil

Level 610 Stories100 Stories

Other Articles

Previous

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (އެގާރަވަނަ ބައި)

Next

އިނަތިހާ -5

Next
July 11, 2021

އިނަތިހާ -5

Previews
July 11, 2021

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (އެގާރަވަނަ ބައި)

3 Comments!

  1. AavyaAaxin says:
    July 11, 2021 at 4:19 pm

    Very impressive

  2. Chweet_kristy says:
    July 11, 2021 at 5:57 pm

    WOW WHAT A NICE STORY

  3. Aishath Faruha Abdulla says:
    July 12, 2021 at 8:41 am

    Mi part vx varah reethi. Masha Allah ❤️ Ummeedh kuran vaahaka nimendhen hama migothah Kiyun therinnah kiyaalan libeyne kamah.. ❤️

Comments are closed.

Next Episodeތިޔަ ލޯތްބަށް އެދެމޭ 2 – 17←


All Right Reserved!