ތިޔަ ލޯތްބަށް އެދެމޭ 2 – 17
” މަންމަ އެކްޓިންގ ހާދަ އެހެންކަހަލަ އޭ… ” މިޝްޔާ މަޔާން އަތަށް ފޯނު ދިނެވެ. ރާއިލް ދެކޮނޑު އަރުވާލިއެވެ.” ކޮން ރަށަކު އެތިބީ… ” މިޝްޔާ އަހާލިއެވެ.” ނޭނގެ..” މަޔާން ބުންޏެވެ.” ހަމަ އެކައްޗެއްވެސް ނޭނގެނީތަ… ” މިޝްޔާ ދެލޯ ހަނި ކޮށްލިއެވެ. މަޔާން ހިންދިރުވާލާފައި ކޮޓަރިއަށް ވަންނަން ދިޔައެވެ. ރާއިލް ވެސް ނޭނގޭ ކަމަކަށް ހަދާފައި ހިޝާ ކައިރީގައި ވާހަކައެއް ބުނަންށޭ ކިޔާފައި ދިޔައެވެ. މިޝްޔާ އަށް ޝައްކުވިއެވެ.” ކޮންމެސް ކަމެއް އެބަ ފޮރުވާ.. ” މިޝްޔާ ވިސްނާލިއެވެ.
**17 ވަނަ ޕާޓު**
މަޔާން ކޮޓަރިއަށް ވަތްގޮތަށް އެނދުގައި އޮށޯތެވެ. ވިސްނެން ފެށީ ލުޔާ އާއި ޔަޒާން އާ މެދުއެވެ. ހަމަ އަސްލުގައި ވެސް ލުޔާއަށް ކެންސަރު ޖެހުނީ ހެއްޔެވެ؟ ނޫނެކެވެ. އެހެނެއް ނުވާނެއެވެ. ނަމަވެސް ޔަޒާން ހުރީ ވަރަށް ދެރަވެފަ އެވެ. މަޔާން ސިކުނޑި ސުމަކަށް ދާވަރު ވިއެވެ.” ކޮން ކަމަކާ ތި ވިސްނަނީ މާ ވަރަކަށް.. ” އިލްޔާ އެނދުގައި އިށީންނަމުން އަހާލިއެވެ. އިލްޔާ ކައިރީގައި އެވާހަކަ ބުނަން މަޔާން ނިންމިއެވެ.” އިލޫ އާދެބަލަ.. ” މަޔާން ރީއްޗަށް އިށީނދެލިއެވެ. އިލްޔާ އައުމުން އިލްޔާ މަޔާންގެ އުނގުމަތީގައި އިލްޔާ ބޭއްވިއެވެ.
” އިލޫ…. މިވާހަކަ އަޑުއަހަން އެހާ ފަސޭހަ ނުވެދާނެ… އެކަމަކު މިޝްޔާ ނޫނީ އިނާއަށް މިކަން އިނގުނަ ނުދެއްޗޭ… ” މަޔާން އިލްޔާގެ ދިގު އިސްތަށިގަނޑުގައި އަތް ބާއްވާލިއެވެ.” ލުޔާ އެހާ ގިނަދުވަހު މި ދުނިޔޭގެ ނުހުރެދާނެ… ” މަޔާން ބުންޏެވެ. އިލްޔާ މޫނުގައި ސުވާލުމާކެއް ޖެހުނެވެ.” ކީކޭ؟.. ” އިލްޔާއަށް އޮޅުމެއް ނުފިލިއެވެ.” ލުޔާ އަށް ކެންސަރު ޖެހިފަ.. ” މަޔާން ތަފްސީލް ކޮށް ބުނެދިނެވެ. އިލްޔާ ފުން މައިގެން ތެދުވަން އުޅުނެވެ.” ހަމަޖެހިބަލަ އިލޫ… ދެން ކުރެވޭނެ ފަރުވާއެއް ނެތް…. ދުޢާ ކުރުން އެކަނި އޮތީ…. ” މަޔާން އިލްޔާގެ ނިއްކުރީގައި ފިރުމާލިއެވެ..” އިލޫ… ” މަޔާން ގޮވާލިއެވެ.” ހްމްމް.. ” އިލްޔާއަށް ލިބުނު ހަބަރަކުން ހިތް އެކަށް މާޔޫސްވިއެވެ. ރޯންވެސް ނޭނގުނެވެ.
ރާކިން އަޝްލީން ގޮވައިގެން ސައިކަލް ދުއްވާލަން ނިކުތެވެ. އަޝްލީން ބޮލަށް ތަދުވާތީއޭ ކިޔައިގެން ގެއިން ނުނިކުންނަން އުޅޭތީއެވެ. އަނެއްކޮޅުން އިޝާންގެ ހަބަރެއް ވެސް ނުވެއެވެ. އެކަމާ ވެސް ރާކިންމެން ތިބެނީ ފުދޭވަރަކަށް ހާސްވެފައެވެ.” މިއަދު ކިހާ ރީތި ދުވަހެއް… ތިހެން މޫޑް އޮފްވެފަ އިނީމަ އަޝް އަކާ ނުގުޅޭ… ” ރާކިން ސައިކަލްގައި އިނދެ ބުންޏެވެ.” ދެން.. ” އަޝްލީން ރާކިންގެ ބުރަކަށިމަތީގައި ބޯ އަޅާލިއެވެ.” ދެނެއް ކިޔާނެ ކަމެއް ނެތް އިނގޭ… އައިސްކޯން ބޯނަންތަ.. ” ރާކިން އަހާލިއެވެ.” ހްމްމްމްމްމްމްމް.. ” އަޝްލީން އުފާވިއެވެ. ރާކިން ހީލާފައި އައިސްކޯން ވިއްކާ ތަނަކާ ދިމާއަށް މިސްރާބު ޖެހިއެވެ.
އިންޝާ ކޮޓަރީގެ ބެލްކަންޏަށް ނިކުމެ ބޭރު ބަލަން އިންދައި ލޮލުގައި އަޅައިގަތީ އިޔާންއެވެ. ޓީޝާޓު ބަލައިގެން ކުޅެމުން ދިޔައިރު އެ ދޮން ހިމަ ހަށިގަނޑުގައި ދާތިކިތައް ބަބުޅަމުން ދިޔައެވެ. ހެޔޮވަރު ވަރަކަށް ކޮށާލައިފައިވާ އިސްތަށިގަނޑުގައި ވެސް ފެންތިކިތައް ވެރިކަން ކުރަމުން ދެއެވެ. ކުޅުމުގެ ފޯރީގައި ހުރި އިޔާންގެ ހިނިތުންވުން ފެނި އިންޝާއަށް ވެސް ހީލެވުނެވެ. އަދި ހުވަފެނީ ގޮތަކަށް އިޔާން އާއި ދިމަ ބަލަންފެށިއެވެ. ދެވަނަ ސިކުންތުގައި ދެބުމަ ގޮއްޖަހާލާފައި ބެލްކަނީގެ ދޮރު ލައްޕާލިއެވެ.” މީ ކާކުތަ އަދި މަގޭ ހިތާ ކުޅެން… ނުވެސް ކުޅެވޭނެ.. ” އިންޝާ އަމިއްލަ ނަފްސަށް ވާހަކަ ދެއްކިއެވެ.” އިނާ.. ކޮން ކަމެއް ކޮށްލަނީ.. ” މިޝްޔާ ކޮޓަރިއަށް ވަނެވެ.” ކަމެއް ނުކުރަން.. ” އިންޝާ ލެޕްޓޮޕް ހުޅުވާލިއެވެ.” ދޮރު ލައްޕައިގެންތަ… ” މިޝްޔާ ގޮސް ދޮރު ހުޅުވާލިއެވެ. މިޝްޔާގެ ލޮލުގައި ވެސް އިޔާން އަޅައިގަތެވެ.
” އޯވ ވާވް ބަލާބަލަ އިޔާން… ސިކްސްޕެކް އަރާލާފަ އެހުރީ… ހާދަ ހޮޓްއޭ.. ” މިޝްޔާ ތައުރީފު ކޮށްލިއެވެ.” ހާހ މިޝް.. ދޮންބެމެން ތިއްތިމެންގެ ސިކްސްޕެކް އެއް ނުފެނޭތަ… ” އިންޝާ މޫނުމަތިން ފޫހިކަން ދައްކާލިއެވެ.” ނޫނޭ.. ” މިޝްޔާ ހިނިގަނޑެއް ޖަހާލިއެވެ.” ހާދަ ފޫއްސެކޭ ތި ވަނީ އިޔާން ދެކެ.. އެސޮރު ކޮން ކަމެއް ކޮށްގެން.. ” މިޝްޔާ ދިމާކޮށްލިއެވެ.” ކަމެއް ވާ ނުކުރޭ… ދެން ތި ދޮރެއް ލައްޕާބަލަ.. ” އިންޝާ ލެޕްޓޮޕް ނިއްވާލާފައި ކުރަހާފޮތް ނެގިއެވެ. މިޝްޔާ ހެމުން ދޮރު ލައްޕާލިއެވެ.
” ކޮންޗެއް ކުރަހާ ދުވަހެއް އާރޓިސްޓް އިނާ.. ” މިޝްޔާ މޭޒު ކައިރީގައި ހުރި ގޮނޑީގައި އިށީނެވެ.” މި ވިސްނަނީ… ” އިންޝާ އަތުގައި އޮތް ފަންސުރު އަނގައަށް ލާފައި ވިސްނަން ފެށިއެވެ.” ޔެސް.. އައިޑިއާއެއް… ” އިންޝާ ފުންމައިގެން ތެދުވިއެވެ.” ހްމް ކޮން އައިޑިއާ އެއް.. ” މިޝްޔާ އަކީ ވެސް ކުރެހުމަށް ޝައުގުވެރިކަން ހުންނަ ކުއްޖެކެވެ. ނަަމަވެސް އިންޝާ އަތުގައި އޮންނަކަހަލަ މޮޅު ހުނަރެއް މިޝްޔާއަތަކު ނެތެވެ.” ދެ މީހުން އިނގިއްޖެ… އެތަނުން މިޝް ބުނާ މީހަކު ކުރަހާނީ.. “އިންޝާ ބުންޏެވެ. މިޝްޔާ އިންޝާ އާއި ދިމަ ބަލާލީ ކޮން ކަމެއްހޭ އަހާފަދަ ގޮތަކަށެވެ. އިންޝާ ދެ އެނިމޭ ކެރެކްޓަރ އެއްގެ ނަން ކިޔުމުން މިޝްޔާ ވިސްނާލިއެވެ. މިޝްޔާ އެތަނުން އެކަކުގެ ނަން ބުންޏެވެ.” އޯކޭ މިރޭ ވަންނައިރަށް ކުރަހައި ނިންމާނަން.. ” އިންޝާ ޓެބްލެޓްއިން އޭނާގެ ފޮޓޯއެއް ހޯދާލާފައި ކައިރީގައި ބައިންދާލިއެވެ.
މާއިން އާއި އަލްވާ ރާވަމުން ދިޔައީ މިރޭ ފިލްމެއް ބަލަންށެވެ.” ކޯންޗެއްތަ ބަލާނީ.. ” މާއިން އަހާލިއެވެ.” ބިރުވެރި ފިލްމެއް… ލައިކް.. ނޭނގެ.. ” އަލްވާ އިނގިލި ކޮޅުގައި ދަތް އަޅާލިއެވެ.” ނޭނގެ ކިޔާ އިނގިރޭސި ފިލްމް ވެސް ހުރޭތަ.. ” މާއިން ހޭންފެށިއެވެ.” ދެން ސާބަހޭ.. ނޭނގޭތީ އޭ އެހެން ބުނީ… ” އަލްވާ މާއިންގެ ގައިގައި ޖަހާލިއެވެ.” ހެހެ… މިރޭ އަންނައްޗޭ އިޝާ ނަމާދުކޮށް ނިންމައިގެން… ކުޑަދޮރު ހުޅުވާފަ ބަހައްޓާނީ.. އެހެން ނޫނީ މިޝްމެންނަށް އިނގިދާނެ… ” މާއިން ބުންޏެވެ. އަލްވާ ބޯ ޖަހާލިއެވެ.
އައިސްކޯން ގަނެގެން އަޝްލީން އާ އެކީގައި ރާކިން ދިޔައީ ރާޅުޖަހާ ހިސާބަށެވެ. އޭރު އެކި ލޯބިވެރިން އެކި ދިމަދިމާގައި ތިއްބެވެ. ރާކިންއަށް މާއިން ވެސް ފެނުނެވެ. އެދިމާއަށް ދާން އުޅެނިކޮށް މާއިން އަލްވާގެ އަތުގައި ހިފާފައި ގަސްގަނޑުގެ އެފާރަތަށް
ގެންދިޔައެވެ. ރާކިން ގާތަށް ހިނިއައެވެ. އެމީހުންގެ ވަގުތުކޮޅު ގެއްލުވާލާކަށް ނުވާނެއޭ ހިތަށް އަރާފައި އަލުން އަޝްލީން ކައިރީގައި ރާކިން އިށީނެވެ. އަޝްލީން ފައިން ވެއްޔާ ކުޅެން ފެށުމުން ރާކިން އަޝްލީންއަށް ނޭނގޭގޮތަށް އަޝްލީންގެ އައިސްކޯންގެ އެއްބައި ބޯލިއެވެ.” ހާދަ މީރޭ ވެނީލާ.. ” ރާކިން ހީލިއެވެ. އެހެން ބުނުމުން އަޝްލީން ބަލާލީ އަތުގައި އޮތް އައިސްކޯނަށެވެ.” ދެން ހަމަ.. ” އަޝްލީން ތުން ދަމާލިއެވެ. އަދި ރާކިން އަތުގައި އޮތް އައިސްކޯން އަތުލާފައި ބޯލިއެވެ.” ޗޮކްލެޓް ވެސް ވަކި ނުބައެއް ނޫން.. ” އަޝްލީން ހީގަތެވެ.
މާއިންގެ އެކުޑަ އަމަލުން އަލްވާގެ ހިތް އަވަސްވިއެވެ.” ހާދަ ބިރެއް ތި ގަތީ… ” މާއިން ކުޑަ ހިނިގަނޑެއް ޖަހާލިއެވެ.” ކީއްކުރަން މިތަނަށް ތި ގެނައީ… ” އަލްވާ އަހާލިއެވެ. މާއިން ރީއްޗަށް އޮށޯތެވެ.” ކަމެއް ނުވޭ… އެތާ މާ މީހުން ގިނަކަމުން.. ” މާއިން ޖަވާބުދިނެވެ.” މިހާރު އެއުޅެނީ އިރުއޮއްސޭން.. ” އަލްވާ އޮއްސެމުން ދިޔަ އިރަށް ބަލާލިއެވެ.” އޭގެ މާނައަކީ އަހަރެމެން ދެމީހުންގެ ގުޅުން ނިންމާށޭ ދޯ.. އޯކޭ ލެޓްސް ބްރޭކް އަޕް.. ” މާއިން ބުންޏެވެ.” ނޫން ނޫން.. ތިހެނެކޭ ނުބުނަން.. ” އަލްވާ ފެންކަޅިވިއެވެ.” ޑޯންޓް ކްރައި އަލްބޭބީ… ނޫޅެމޭ ބްރޭކް އަޕް ވާކަށް… އެއީ ހަމަ އެކަނި ޖޯކެއް… ” މާއިން ވެލިގަނޑު މަތިން ތެދުވިއެވެ. އަލްވާ ކަރުނަތައް ހިންދާލިއެވެ.” ހިނގާ ގެއަށް… އެކަހަލަ އެއްޗެއް ބުންޏަސް ނުރޮއްޗޭ… އެއީ މަޖާ.. ހީވޭތަ އަހަރެން އަލްބޭބީއާ ބްރޭކް އަޕް ވާނެހެން.. ” މާއިން އަލްވާގެ އަތުގައި ހިފާފައި ނެގިއެވެ.
” ނޫން.. އެކަމް ހަމަ ވެދާނެ ދޯ.. ” އަލްވާ ބުންޏެވެ.” ކަމް އޯން… އަލް މާ ސީރިއަސް ވަނީއޭ.. އަހަރެންނަށް ޓްރަސްޓް ނުކުރަނީ ދޯ.. ” މާއިން ދެރަވާކަމަށް ހެދެމުން އަހާލިއެވެ.” ނޫން މާން.. ދެން ތިހެން ނުބުނޭ.. އަހަރެން ވަރަށް ޓްރަސްޓް ކުރަމޭ… ” އަލްވާ ޖަވާބުދިނެވެ.” ހެހެ ހަމަ އަސްލު ވެސް ވަރަށް ލޯބިވޭ އިނގޭ..” މާއިން އަލްވާ އަތުގައި ހިފާލިއެވެ.” އަހަރެންވެސް… ” އަލްވާ ހީލިއެވެ. ދެމީހުން އެކީގައި ގެއަށް ދާން ހިނގައިގަތެވެ. ރާކިން އާއި އަޝްލީން ވެސް ފަހަތުން އައިސް އެމީހުންނާ އެއްވަރުކުރިއެވެ.
” ނިމުނީ ކުރެހުން… ” ޔޫޓިއުބް އިން ފިލްމެއް ބަލަން އިން މިޝްޔާ އަތުގައި ކޮއްޓާލާފައި ބުންޏެވެ. މިޝްޔާ އިންޝާ އަތުގައި އޮތް ކުރެހުމަށް ބަލާފައި އަތްތިލަބަޑި ޖަހާލިއެވެ.” ވަރަށް ރީތި މާޝާ ﷲ.. ” މިޝްޔާ ބުންޏެވެ.” ތޭންކްޔޫ މިޝް… ” އިންޝާ އެ ކުރެހުން މޭޒުމަތީގައި ބާއްވާލިއެވެ.” އެނީޓައިމް.. އެނީވޭސް މިދަނީ ކޮޓަރިއަށް.. ” މިޝްޔާ ތެދުވެގެން ގޮސް ކޮޓަރިއަށް ވަނެވެ. އިންޝާ އޭސީގެ ފިނި ގަދަކޮށް ލާފައި ލެޕްޓޮޕް ހިފައިގެން އެނދުގައި ޖައްސާލިއެވެ. އެވަގުތު އިންޝާގެ ލޮލުގައި އަޅައިގަތީ ގަޑިއެވެ. ކަމަކުދާކަށް ނެތެވެ. ބަންގި ގޮވަން އިނީ ފަސް ވަރަކަށް މިނެޓެވެ. އިންޝާ ލެޕްޓޮޕް އެނދުމައްޗަށް ދޫކޮށްލާފައި ތުވާލި ހިފައިގެން ފާޚާނާއަށް ވަނީ މެންދުރު ފެންވެރިގޮތަށް ދެން ފެން ނުވަރާކަން ހަނދާންވުމުންނެވެ.ފެންވަރައިގެން ނުކުތްއިރު ބަންގިގޮވާ ނިމިއްޖެއެވެ. އަވަސްއަވަހަށް އަތްދިގު ކުރުތާއަކާއި ދޫ ހަރުވާޅެއް ލާފައި ނަމާދުކުރަން ފެށިއެވެ.
ނަމާދުކޮށް ނިމިގެން ރަނގަޅަށް ހަމަޖެހިނުލެވެނީސް ދޮރުގައި ޓަކި ޖަހަން ފެށިއެވެ. އިންޝާ ގޮސް ދޮރުހުޅުވާލިއިރު މަޔާން ކުރިމަތީގައި ހުއްޓެވެ.” އެހެން ގެއަކަށް ދާން މިއުޅެނީ…. މިގެ އިތުރަށް ރީތިކޮށް ހަދަންވެގެން… އެހެންވެ ޕެކް ކުރަން ފަށާ އިނގޭ… ” މަޔާން ބުންޏެވެ.” ދެން ބައްޕާ…. ” އިންޝާ އެއޮށް ކަންނެތްވެ ފައި ހުއްޓާ އަނެއްކާ އެޖެއްސީ އަނެއްހާ ކަންތަކެވެ. މަޔާން ހިނިގަނޑެއް ޖަހާލާފައި މިޝްޔާގެ ކޮޓަރިއާއި ދިމާއަށް ދިޔައެވެ. ޔަޒާން ދަމުން ދިޔައީ ރާއިލް އާއި މަޔާންއާ މިޝްޔާ ހަވާލުކޮށްފައެވެ.
އިންޝާ ކަންނެތް ގޮތަކަށް ކޮޓަރިއަށް ވަދެ އެއްޗެހިތައް ޕެކް ކުރަން ފެށިއެވެ. ހެދުންތައް ބޮޑު ފޮއްޓަކަށް އަޅާފައި ރީތިވާ ސާމާނު ކުޑަ ދަބަހަކަށް އެޅިއެވެ. ލެޕްޓޮޕާއި ޓެބްލެޓް ވެސް ދަބަހަކަށް ލިއެވެ. ދެން އިތުރަށް ގެންގުޅޭ އެހެނިހެން ސާމާނުތައް ވެސް ޕެކްކުރިއެވެ. އެންމެ މުހިންމުކަމަށް އިންޝާ ކުރީ މި ހުރިހާ ދުވަހު ކުރެހި ކުރެހުންތައް ހަމަތޯ ބެލުމެވެ. އަދި އެހުރިހާ ކުރެހުމެއް ފައިލަކަށް އަޅާފައި ފޮށިތެރެއަށް ލިއެވެ. ހުރިހާ މަސައްކަތެއް ކޮށް ނިމުންއިރު އިޝާނަމާދަށް ގޮވަން ވަރަށް ކައިރިވެއްޖެއެވެ. އިންޝާ ވުޟޫ ކޮށްގެން އައިސް އެނދުގައި ބައިންދާފައި އިން މުސައްލަ ނަގައިގެން ނަމާދުކުރަން ތައްޔާރުވިއެވެ.
” އިލޫ ހާދަ މަޑުމަޑުން… ލޫގެ ކަމާތަ.. ” ރޭގަނޑުގެ ކެއުން ތައްޔާރު ކުރަން ހުރި ހިޝާ އަހާލިއެވެ.” ހްމްމް… ” އިލްޔާ ބުންޏެވެ.” ހަމަ އަސްލުގަ ވެސް ގަބޫލު ކުރަން ވަރަށް ދަތިވި…. ” ހިޝާ ޖޫސް ގިރަން ފެށިއެވެ.” ދޯ.. ޔާން ވެސް އަހަރެން ކައިރީގަ ބުނީ މިއަދު… ” އިލްޔާ ފިޔައިކޮށަމުން ބުންޏެވެ.” މިޝް ކައިރީ ނުބުނައްޗޭ.. ” އިލްޔާ ހިޝާއަށް ހަނދާންކޮށްދިނެވެ.” ނުބުނާނަމޭ.. ރާލް ވެސް ބުނި ނުބުނާށޭ… ޔަޒާން ނޫނީ ލޫއެއް ނުގުޅާތަ.. ” ހިޝާ ގޮނޑީގައި އިށީނެވެ.
” އަދި ނުގުޅާ… އެކަމް ޔާންމެންނަށް ގުޅުމަށް ވޭ… މިޝްއަށް އިނގިއްޖެއްޔާ ކިހާ ދެރަވާނެ… ” އިލްޔާ ބުންޏެވެ.” ދެން.. ކޮބާ މިޝްގެ އުފަންދުވަހުގެ ސެޓްފިކެޓް.. ” ހިޝާ އަހާލިއެވެ.” ޔަޒާންމެން ކޮޓަރީގަ ވާނީ… އަހަރެމެން ޖެހޭނެ އެފޮރުވައިގެން ގެންގުޅެން… އެހެންނޫނީ މިޝްއަށް ފެނިދާނެ … ” އިލްޔާ ޖަވާބުދިނެވެ.” ޔަޒާން އަށް ގުޅަމާ.. ” ހިޝާ ފޯނު ނެގިއެވެ. އޭރު ބަދިގެއަށް ރާކިން ވަންނަނީއެވެ. އިލްޔާ ލޮލުގައި ރާކިން އަޅައިގަނެފައި ވަޅި އަތުގައި ވެސް އެޅުނެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.



Love it ?
Keep it up