ހިތް ވިންދާނުލައި… (28)
“އެހެންތަ ދެން ދޭބަލަ! އަހަރެން ބަލާނަމޭ ކާކަށްތޯ މޮޅުވަނީ!” ޒެރީން އެންމެ ތަންފުކެއް ވެސް ދުލެއް ނުކުރިއެވެ. “އަދި ހަނދާން ކުރާތި ތި މުޑުދާރު އަތުން މާކިންގެ ގައިގައި އިނގިލި ކުރި ޖައްސާލިޔަސް މި އިނގިލަތައް ބިންދާލާނަން.” ޒެރީންގެ އިނގިލީގައި ހިފައި އަނބުރާލަމުން އިނާރާ ބުނެލިއެވެ. ޒެރީންއަށް ވީތަދުން އަވަހަށް އޭނާ އަތް ފޮޅުވާލިއެވެ. އިނާރާ ބެލުމެއް ނެތި އެދިޔަގޮތަށް ބާރަށް ދޮރު ޖަހާފައި ނިކުތެވެ.
އިނާރާ ނިކުން ހެން ހީވުނެއެވެ. ޒެރީން އަވަހަށް ފޯނުން ބައްސާމްއަށް ގުޅިއެވެ. “ހަލޯ..” އޮފީހުގައި ކޮފީއެއް ބޯންއިން ބައްސާމް ބުނެލިއެވެ. “އެ އިނާރާއަށް އިނގިއްޖެ މިއީ ބައްސާމްގެ ދަރިއެއްކަން!” ޒެރީން މިހެން ބުނި އަޑުއިވިފައި ބައްސާމް ކޮށިއެރިއެވެ. އަތުގައި ހުރި ކޮފީތަށި ވެސް ބަންޑުންނުވީ ކިރިއާއެވެ. “ވަޓް!! ކޮންއިރަކު؟” ބައްސާމް ސިހިފައި ހުރެ ސުވާލުކުރިއެވެ. ޒެރީން ހުރިހާ ކަމެއް އޮޅުން ފިލުވައި ދިންއިރު ބައްސާމް ހުރީ ހާސްވެ މުޅިމީހާ ދާހިއްލާފައެވެ.
“އަހަރެން އޭރުވެސް ބުނިން އެ އިނާރާ މާކިންއާއި ސުވާލުކުރާކަށް ފަހެއްނުޖެހޭނެޔޭ.. ރީތި ވެއްޖެއެއްނުން!!” ބައްސާމް ރުޅިވެރިކަމާއި އެކީ ހަޅޭލަވައިގަތެވެ. “ދެން އަހަރެން ވަކި ކީއްތަ ކުރާނީ.. މާކިންއާއި އެކީ ދާއިރު ވެސް އަހަރެން ހާދަ ބަލަމޭ.. އެހެންވެ އެއްނުން މިހާ ދުވަސްވަންދެން ހިފާއްޓާލެވުނީ.. ދެން ވާން ހުރިކަމެއް ކިތަންމެ ވަރެއް ކުރިޔަސް ނުހުއްޓުވޭނެ ދޯ.. ދެން ކިހިނެތް ހަދާނީ؟” ޒެރީން ވެސް ހުރީ ހާސްވެފައެވެ.
“ޒެރީން ދެން މީގެފަހުން އެއްވެސް ކަމެއް ކުރާނެ ކަމެއް ނެތް! މަޑުން ހުރޭ.. މިހާރުވެސް ތި ކުރެވުނު ކަންތައް ކުޑައެއް ނޫނެއްނުން..” ޒެރީން އެއްޗެކޭ ބުނުމުގެ ކުރިން ބައްސާމް ފޯން ބޭއްވިއެވެ. ދެއަތުން ބޮލުގައި ހިފާއްޓައިލެވުނު އިރު އޭނާ ހުރީ ގޮތް ހުސްވެފައެވެ. ކޮންމެ ގޮތެއް ވިއަސް މިވާހަކަ އިތުރު މީހެއްގެ ކަންފަތަށް އޭނާ ދިޔަކަ ނުދޭނެއެވެ.
“މިހާރު ކޮންމެ ރެއަކު އެބަޖެހޭ ވޮލެންޓިއަރ ވޯކަށް ދާން… ހެނދުނު އޮފީސް އޮންނާތީ ނުދެވޭ.. އޯކޭ ދޯ.. ޖަސްޓް ވަން އަވާ.” ރާހިލް ކައިރީގައި ހުރެ މަލަކް ވާހަކަދެއްކިއެވެ. މެންދުރުގެ ހޫނުކަން ކެނޑި ހިޔާވަމުން ދިޔަ ވަގުތު ރާހިލް ހުރީ މަލަކްގެ އޮފީސް ބޭރުގައި އޭނާ ބަލައި އައިހެވެ. ރާހިލްއާއި ގުޅުނު ފަހުން އަމިއްލައަށް ވަޒީފާއަށް ދާން މަލަކް ނިންމީއެވެ. ނާޒިމްގެ އޮފީހުގައި މަސައްކަތް ކުރެވެން އޮތް ނަމަވެސް އޭނާ ބޭނުންވީ އަމިއްލަ ފައިމައްޗަށް ތެދުވާށެވެ.
“އޯކޭ.. އަހަރެން ލާދޭނަން..” ސައިކަލު ދުއްވާލަމުން ރާހިލް ބުނެލިއެވެ. “ނޫން.. އެމީހުން އަންނާނެ ބަލައި.. އޯކޭ ވާނެ އިނގޭ ބޭބީ..” މަލަކް އަވަހަށް މިހެން ބުނެލަމުން ރާހިލްގެ ފުރަގަހުން ބައްދާލިއެވެ. އޭނާއަށް މިގޮތަށް ދޮގުހަދަން ޖެހުނީތީ ދެރަވިއެވެ. ރާހިލް އިތުރަށް އެއްޗެކޭ ނުބުނި ނަމަވެސް އޭނާ އެކަމާއި އެހާ ހިތްހަމައެއް ނުޖެހުނެވެ .
ދެމީހުން ސައިކަލުގައި ދިޔައިރު މަލަކް އޮތީ ރާހިލްގެ ކޮނޑުގައި ބޯ އަޅައިގެގެންނެވެ. އޭނާގެ ލޮލުން ވެއްޓުނު ކަރުނަތިކި ރާހިލްގެ ގަމީހަށް ފޯވެގެން ދިޔައެވެ. މަލަކް އަޑެއްވެސް ލައްވާނުލައި ރޮވެމުން ދިޔައިރު ރާހިލްއަށް މިކަން ވަނީ ސިއްރުވެފައެވެ.
ކޮޓަރިގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި އިނާރާ ވިސްނަމުން ދިޔައީ އެކަން ފަޅާއަރުވާލާނެ ގޮތަކާއިމެދުއެވެ. ފުރަތަމަ މާކިންއަށް ހެއްކާއި އެކީ އެކަން ސާބިތު ކޮއްދޭން އޭނާ ނިންމިއެވެ. މާގިނަ ދުވަހު މިކަން ސިއްރުކުރާކަށް އޭނާ ބޭނުމެއް ނުވެއެވެ. އެވަގުތު ފާޚާނާއިން ނިކުން މާކިން ފެނިފައި އިނާރާ އެދިމާއަށް ދިޔައެވެ.
އޭނާ މާކިން ގެނެސް އެނދުގައި ބެއިންދުމަށްފަހު ކައިރީގައި އިށީދެލިއެވެ. އިނާރާ މިވަގުތު ވެސް ހުރިހާ ކަމެއް މާކިންއަށް ކިޔާދޭން ބޭނުންވި ނަމަވެސް އޭނާ ފަސްޖެހުނެވެ. އޭނާ ބުނެލާއި ބަހަކަށް މާކިން ޤަބޫލު ނުކުރާނެކަން އިނގޭތީއެވެ. އެވެސް މިހާ ދުވަސް ވަންދެން މާކިން ހުވަފެންތައް ދެކެމުން އައި ދަރިފުޅަކީ އޭނާގެ ދަރިއެއް ނޫންކަމަށް ބުނެފިއްޔާ އޭނާ އަމުދުން އެކަން ޤަބޫލެއް ނުކުރާނެއެވެ.
“ކިހިނެތްވީ މާ ފާޑަކަން ތި ބަލަނީ..” އިނާރާ ބަލަން އިންގޮތަކުން މާކިން ހެވިފައި އިނދެ ސުވާލު ކުރިއެވެ. “ކިހިނެތްވީ.. އަހަރެން ފިރިމީހާއާއި ދިމާއަށް ބޭނުން ވަރަކަށް ބެލޭނެޔޭ..” އިނާރާ ހަޤީޤަތް ފޮރުވަމުން ބުނެލިއެވެ. “އެހެންވިއްޔާ އާދެ ތަންކޮޅެއް ކައިރިން ބަލާލަން..” މާކިން ލާނެތް ގޮތަކަށް ހީލަމުން އިނާރާގެ އަތުގައި ހިފައި ގަޔާއި ކައިރި ކޮއްލިއެވެ.
އިރުއޮއްސި އަނދިރިކަން ފާޅުވަމުން އައިރު ގޭތެރޭގައި ވަނީ ފަނޑު އަލިކަމެވެ. މަޑު ހިނގުމެއްގައި އައިސް ލައިޓު ދިއްލާލުމަށްފަހު ސޯފާގައި އިށީދެލި އިނާރާ ފޯނުން ހޮސްޕިޓަލަށް ގުޅާލިއެވެ. އަދި ޑޮކްޓަރ މީރާއާއި ވާހަކަދެކެވޭނެ ގޮތެއްވާނެތޯ އޮޅުން ފިލުވިއެވެ. އޭނާ ހީކުރި ގޮތާއި ޚިލާފަށް ފަސޭހައިން ޑޮކްޓަރާއި ވާހަކަދެކޭވޭ ގޮތް ވެއްޖެއެވެ.
އިނާރާ އޭނާގެ އެދުން ޑޮކްޓަރަށް ހާމަކުރިއެވެ. “އޯކޭ.. އެކަމަކު ބަދަލުގައި..” ޑޮކްޓާރ މީރާގެ ވާހަކަ މެދުކަނޑާލީ އިނާރާއެވެ. “ފަސް ހާސް ދޭނަން.. ކޮންމެހެން ދޮގެއް ނޫން ހަދަންވީކީ.. އަހަރެންނަށް މިއަދު ޑޮކްޓަރ ކިޔައިދިން ވާހަކަތައް ހަމަ އެގޮތަށް މާކިންއަށް ކިޔާދޭންވީ..” އިނާރާ ހުރީ ފައިސާ ދީގެން ވިޔަސް މާކިންއަށް ޑޮކްޓަރުގެ ފަރާތުން ހަޤީޤަތް އޮޅުން ފިލުވައިދޭން ތައްޔާރަށްށެވެ.
“ތިހެން ވީއިރު މައްސަލައެއް ނެތް… އާދޭ ޓެންއަށް ހޮސްޕިޓަލަށް.. ރިސެޕްޝަންގައި ބުނެލާފައި ރޫމަށް އައީމަ ދިމާވާނެ..” ޑޮކްޓަރ އެކަމާއި އެއްބަސް ވިއެވެ. “އެހެންވީމަ މިރޭ ދިހައެއް ޖަހާކަށް ހާއިރު ދާނަން.. ޝުކުރިއްޔާ.” އިނާރާ ޝުކުރު އަދައި ކޮއްފައި ފޯނު ބޭއްވިއެވެ. އޭނާ ހުރީ މިރޭ ހުރިހާ ހަޤީޤަތެއް މާކިންއަށް އެންގުމަށް ތައްޔާރު ވެގެންނެވެ.
ނަމަވެސް އިނާރާގެ ވާހަކަތައް ފަހަތުގައި ހުރި ޒެރީންއަށް އަޑުއިވުނެވެ. އޭނާ ކޮޓަރިން ނިކުން ގަޑީގައި އިނާރާ ފޯނުން ވާހަކަދައްކާ އަޑުއިވިގެން ކައިރިއަށް ޖެހިލުމުން ހުރިހާކަމެއް ހާމަވިއެވެ. ޒެރީންގެ ހާސްވި އިރު އަވަހަށް އިނާރާއަށް ނުފެންނަނީސް ގޮސް ކޮޓަރި ތެރެއަށް ދެމިގަތެވެ. އަވަސް ހަރަކާތްތަކާއި އެކު އޭނާ ފޯނުން ބައްސާމްއަށް ގުޅާލިއެވެ.
ލޯ ކައިރީގައި އަނދުން އަޅާލުމަށްފަހު މަޑު ކަޅު ކުލައެއް ލޯމަތީގައި ހާކާލިއެވެ. އިސްތަށިގަނޑު އެއްފަރާތަށް ގެނެސް ދައްޗެއް ޖަހާލުމަށްފަހު ތުންފަތުގައި ގަދަ ރަތްކުލައެއް ހާކާލިއިރު ހީވަނީ ލޭއަރާފައި ވާހެންނެވެ. ކައިރީގައި ހުރި ސެންޓު ފުޅިނަގައި ކަރު ދޮށަށް ޖަހާލުމަށްފަހު ލޯގަނޑުން އަމިއްލަ ސޫރައަށް މަލަކް ބަލައިލިއެވެ.
ލޮލުން ކަރުނަ ނިރާލުމުން އޭނާ ޓީޝޫއަކުން ފަރުވާތެރި ކަމާއިއެކީ ލޯ ފޮހެލިއެވެ. އޭނާ ކޮންމެ ރެއަކު މި ތައްޔާރު ވަނީ އެހެން މީހުން ހިތްހަމަޖައްސައި ދިނުމަށެވެ. މިހާރު އަމިއްލަ ސޫރަދެކެ ވެސް ރުޅިއާދެއެވެ. ލައިގެން ހުރި ކުރު ރަތްކުލައިގެ ހެދުން ރީތި ކޮއްލަމުން ދަބަސް ހިފައިގެން މަލަކް ކޮޓަރިން ނިކުތެވެ.
އޭރު ސިޓިން ރޫމުގައި ޓީވީ ބަލަން އިން ނާޒިމްއަށް މަލަކް މާ ރީތިވެގެން ބޭރަށް ދާތަން ފެނުމުން ގޮވާލިއެވެ. “ދަރިފުޅާ ކޮންތާކަށް؟ އަނެއްކާއި ޕާޓީއަކަށް ދަނީތަ؟” ނާޒިމްގެ ސުވާލުން މަލަކްގެ ފިޔަވަޅުތައް ހުއްޓުނެވެ. “މި ރައްޓެހިންނާއި އެކީ ބޭރަށް ގޮސްލަނީ..” މަލަކް އިސްޖެހިފައި ހުރެ ބުނެލިއެވެ.
“އަވަހަށްދޭ.. އެކަމަކު ބައްޕަމެން ލަދު ގަންނަ ކަހަލަ ގޮތަކަށް ނޫޅޭތި އިނގޭ.. ތީ މި ޢާއިލާގެ އަބުރާއި އިއްޒަތް ރައްކާތެރި ކުރަން ހުރި ހަމައެކި އަންހެން ކުއްޖަކީ..” ނާޒިމް އައިސް މަލަކްގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.
ނާޒިމްގެ ބަސްތައް ހީވީ އޭނާގެ ހިތަށް ހެރުނު ތީރުތަކެއް ހެންނެވެ. މަލަކް ހިތަށް ކުރި އަސަރު ފޮރުވަމުން ކުޑަކޮން ހީލަމުން އެތަނުން ދިޔައެވެ. ބޭރަށް ނިކުންނަމުން އޭނާ ފަސްއެނބުރި ނާޒިމްއާއި ދިމާއަށް އޭނާ ބަލާލިއެވެ. “ސޮރީ ބައްޕާ..” މި ބަސްތައްވީ މަލަކްގެ ހިތުގައެވެ. މަޑު ހިނގުމެއްގައި ގެއިން ނިކުމެގެން ވަކި ހިސާބަކަށް ގޮސް އެތަނުގައި މަޑު ކޮއްގެން އޮތް ކަޅުކުލައިގެ ކާރަކަށް މަލަކް އެރުމާއި އެކީ އޭތި ދުއްވާލިއެވެ.
ސިޓިން ރޫމުގައި ޓީވީ ބަލަން އިން މާކިންގެ ކައިރީގައި އިށީދެލި އިނާރާ ފާރުގައި ހުރި ގަޑިއަށް ބަލާލިއެވެ. އޭތު ދިހައެއް ޖަހަން ފަނަރަ މިނެޓަށް ވީއެވެ. މިހާރު ނުބުނިއްޔާއި ދެން މިވާހަކަ ބުނެވޭވަރެއް ނުވާނެއެވެ. “މާކިން..” އިނާރާ ގޮވާލިއެވެ. “ހޫމް..” ޓީވީ އިން ދައްކަމުން ދިޔަ ފިލްމަކަށް ގެއްލިފައި އިން މާކިން ބުނެލިއެވެ.
“މާކިން އަހަރެންނަށް އިތުބާރު ކުރަންތަ؟” އިނާރާ ދައްކަންފެށި ވާހަކައަކުން މާކިން ޓީވީ ނިއްވާލިއެވެ. “ޔެސް ބަމްބީ.. ކިހިނެތްވީ އަނެއްކާއި..” މާކިން ސުވާލު ކުރިއެވެ. “ހިނގާބަ އަހަރެންނާއި އެކީ ހޮސްޕިޓަލަށް ދާން..” އިނާރާ މިހެން ބުނުމުން މާކިންގެ މޫނުމަތިން ކަންބޮޑުވުން ފާޅުވިއެވެ. “އެ ކީއްކުރަން؟ ބަމްބީ ބަލީތަ؟” އިނާރާގެ ނިތްކުރީގައި އަތް ޖައްސާލަމުން މާކިން ބުނެލިއެވެ.
“އައި އެމް ފައިން.. މީހަކާއި ބައްދަލު ކޮއްލަން.. އެއްވެސް އިތުރު ސުވާލެއް ނުކުރާތި.. ދިޔައީމަ ހުރިހާ ކަމެއްވެސް އިނގޭ.. އައި ލަވް ޔޫ..” މާކިންގެ އަތުގައި ހިފާލަމުން އިނާރާ ބުނެލިއެވެ. “އޯކޭ.. އިނގޭ ލޯބިވާވަރު.. ހިނގާ ދާން.. އައި ޓަރްސްޓް ޔޫ މޯ ދެން އެނީތިން.” މާކިން ވެސް ޔަޤީންކަން ދެމުން ބުނެލިއެވެ. އިނާރާ ހިނިތުން ވެލަމުން ހިތާހިތުން ދުޢާކުރީ ހުރިހާ ކަމެއްވެސް އޭނާ އުއްމީދު ކުރާގޮތަށް ވޭތޯއެވެ.
ހޮސްޕިޓަލް ތެރެއަށް ވަދެގެން ދިޔަ އިނާރާ ހުރީ މާކިންގެ އަތުގައި ހިފާއްޓާލައިގެންނެވެ. ރިސެޕްޝަނުގައި ބުނެލުމަށްފަހު އެމީހުން މިސްރާބުޖެހީ ޑޮކްޓަރ މީރާގެ ރޫމަށްށެވެ. އޭރު މާކިން ހުރީ އަދިވެސް މިވާން އުޅެނީ ކިހިނެތްކަން ނޭނގިފައެވެ. އިނާރާގެ އެދުމުގެ މަތިން އޭނާ އެއްވެސް ސުވާލެއް ނުކުރީއެވެ.
ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވައިން އިނާރާ، މާކިންއާއި އެކީ ގޮނޑީގައި އިށީދެލިއެވެ. ޑޮކްޓަރ އެތަނަށް އިރުކޮޅަކުން އަންނާނެ ވާހަކަ ބުނެފައި އޮތުމުން އިނާރާމެން އިންތިޒާރުގައި ތިއްބެވެ. “އިނާ، އަދިވެސް ނުބުނާނަތް ވެގެން މިއުޅޭ ގޮތެއް.. އިނާ ކޮންބަޔެއް ވެގެން ތި އުޅެނީ؟..އަހަރެން މިހާރު ބިރުގަނޭ އެބަ..” މާކިން ހާސްވެފައި އިނދެ ބުނެލިއެވެ.
އޭނާ ހީކުރަމުން ދިޔައީ އިނާރާއަށް ބޮޑު ބައްޔެއް ޖެހުނީ ކަމަށެވެ. އެހެންވެ އެކަން ޑޮކްޓަރާއި އެކީ އަންގަން އުޅެނީ ކަމަށެވެ. މިކަހަލަ ގޯސް ޚިޔާލުތަށް ހިތަށް ވަންނަން ފެށުމުން މާކިންއަށް ނާހައެއް ނީނދެވުނެވެ.
“އަހަރެން އޯކޭ އޭ.. ވެގެން އުޅޭ ގޮތަކީ..” އިނާރާ އެވާހަކަ ބުނަން އުޅެފައި ވެސް ފަސްޖެހުނެވެ. އެވަގުތު ދޮރު ހުޅުވާފައި އެތެރެއަށް ވައިން ޑޮކްޓަރ ފެނުމުން އިނާރާ ހިތްހަމަޖެހުނެވެ. ދެން މާ ގިނައިރެއް ނުވެ މާކިންއަށް ޒެރީންގެ ހުރިހާ ހަޤީޤަތެއް އިނގިދާނެއެވެ. ޑޮކްޓަރ އައިސް އިށީނުމުން އިނާރާ އޭނާގެ ވާހަކަފެށިއެވެ.
“މާކިން.. އަހަރެން މި އުޅެނީ މާކިންއަށް ކަމެއް އޮޅުން ފިލުވައިދޭން.. އަހަރެންގެ ބަސް މާކިން ޤަބޫލު ނުކޮއްފާނެތީ ޑޮކްޓަރ ކައިރިއަށް މިއައީ ވެސް…” އިނާރާ ވާހަކަ ދައްކަމުން ދިޔައިރު މާކިންގެ ނަޒަރު އޭނާގެ މޫނުން ވަތްކެއް ނުވެއެވެ. “މިހާ ދުވަސް ވަންދެން ޒެރީން އުޅުނީ މާކިންއަށް އޮޅުވާލައިގެން.. ތި ކައިވެންޏަކީ ވެސް ޒެރީންގެ ރޭވުމެއް..” އިނާރާ ދައްކަމުން ދިޔަ ވާހަކަ މާކިންއަށް އޮޅުން ފިލައި ގޮތެއް ނުވިއެވެ.
“ޒެރީން ކޮންކަމެއް އޮޅުވާލީތަ؟” މާކިން ކެތްމަދުވެފައި އިނދެ ސުވާލުކުރިއެވެ. “ޒެރީން.. ޒެރީންގެ ބަނޑުގައި އެވަނީ މާކިންގެ ދަރިއެއްނޫން..” އިނާރާ ހިތްވަރުކޮއްފައި މިހެން ބުނިއިރު މާކިންގެ މޫނަށް އަރައިގެން ދިޔަ ކުލަވަރު އޭނާއަށް ފެނުނެވެ.
“ތި ކިޔޭ އެއްޗެއް އެބަ އިނގޭތަ؟ އިނާރާއަށް ތިހެން ބުނެވެންވީ ކީއްވެ؟ އެއީ ކާކު ދަރިއެކޭ ބުނަން ތިއުޅެނީ ދެން” މާކިންގެ އަޑުގައިވަނީ ރުޅިވެރިކަމެވެ. އަމިއްލަ ދަރިއެއްކަމަށް ޤަބޫލުކުރަމުން އައި ދަރިފުޅަކީ އޭނާގެ ލެއެއް ނޫނޭ ބުނުމުން ރުޅި ނާންނާނީ ވަކި ކާކުހެއްޔެވެ.
“ބައްސާމް.. ސޮރީ އެކަމަކު މިއީ ހަޤީޤަތަކީ..” އިނާރާ މިހެން ބުނުމުން މާކިންގެ ރުޅި އިތުރަށް ގަދަވިއެވެ. “އިނާރާ ޕްލީސް.. ކީކޭތަ ތި ކިޔަނީ.. ބައްސާމް.. ނުވާނެ އެހެންނެއް.. ކޮންމެހެން އޭނަ މި ދޭތެރެއަށް ވައްދަން އުޅޭނެ ކަމެއް ނެތް..” މާކިން އޭނާގެ އަޑު މަޑުކުރަން މަސައްކަތް ކުރަމުން ބުނެލިއެވެ
“މާކިން ޤަބޫލު ނުކުރާނެތީ މިތަނަށް މިއައީ ވެސް.. ޑޮކްޓަރ ހުރިހާ ކަމެއް މާކިންއަށް އޮޅުން ފިލުވައިދީ..” އިނާރާ އުއްމީދުން ފުރިގެންވާ ނަޒަރަކުން ޑޮކްޓަރާއި ދިމާއަށް ބަލައިލިއެވެ. މާކިން ވެސް މިހެން ބުނުމުން އެދިމާއަށް ނަޒަރު ހުއްޓާލިއެވެ. “ކޮން ކަމެއްތޯ..” ޑޮކްޓަރ މިރާގެ މޫނުމަތިން ފާޅުވެގެން ވެގެން އުޅޭގޮތް ނޭނގޭ ކަހަލަ އަސަރުތަކެކެވެ. އޭރު އިނާރާ ވެސް ހުރީ ޑޮކްޓަރ އެހެން ބުނުމުން ވާނުވާގައެވެ.
“މިއަދު އަޅުގަނޑަށް ކިޔާދިން ވާހަކަތައް..” އިނާރާ އޮޅިފައި އިނދެ ބުނެލިއެވެ. “އައި އެމް ސޮރީ… މީގެ ކުރިން ތިބޭފުޅާއާއި ދިމާވެފަ އެއްވެސް ނުވޭ.. މިތަނަށް ތިއައީ އަޅުގަނޑަށް ދައްކާކަށް ނޫންތޯ.. ދެން ތި ބޭފުޅުން ކޮން އަމިއްލަ ވާހަކައެއްތޯ ތިދައްކަނީ..” ޑޮކްޓާރ މިރާ އިނާރާގެ ވާހަކަ ދޮގުކުރިއެވެ.
އިނާރާގެ މޫނުމަތިން ހާސްކަން ފާޅުވީއިރު އޭނާ ރުޅިއައެވެ. “ޑޮކްޓަރ މީރާ.. ކިޔާދީބަ ޒެރީންއާއި ބައްސާމް މިތަނަށްއައި ވާހަކަ.. ކީއްވެތޯ ތި ދޮގު ހަދަނީ..” އިނާރާ ތެދުވެ މޭޒުގައި އަތް ބައްވާކަމުން ބުނެލިއެވެ. “ލުކް މިއީކީ ހަޅޭލަވަން އަންނަތަނެއް ނޫން.. ވަރަށް ރީތިކޮން ބުނެވިއްޖެ ތި ދައްކާއި ވާހަކައެއް ނޭނގެއޭ..” ޑޮކްޓަރ މީރާވެސް ރުޅިވެރިކަމާއި އެކީ މިހެން ބުނުމުން މާކިންގެ ދެއަތުން ބޮލުގައި ހިފައްޓާލިއެވެ. ދެމީހުން ދެވާހަކައެއް ދައްކަމުން ދިޔައިރު މާކިން ހުރީ ބޯ ހާސްވެފައެވެ.
“އެކަމަކު..” އިނާރާގެ ވާހަކަ ހުއްޓުވީ މާކިންއެވެ. “ހުއްޓާލާ! ކޮންކަމެއް ސާބިތު ކުރަންތަ އިނާރާ ތިއުޅެނީ.. އަހަރެންނަށް ކުރިން ކުރެވުން އަނިޔާތަކުގެ ބަދަލު ހިފަންތަ ތި އުޅެނީ؟.. ކެތް ނުކުރެވުނީތަ އިނާރާގެ ބަދަލުގައި ޒެރީން އަހަރެންގެ ދަރިއަކަށް ބަލިވެއިނީމަ.. ކޮން ދޮގު ވާހަކަތަކެއް ދައްކާކަށް.. އެބުނީ އެއްނުން އޭނައަކަށް ނޭނގެއޭ..” މާކިން ތެދުވެ މިހެން ބުނުމުން އިނާރާ އޭނާއަށް ވިސްނަދޭން މަސައްކަތް ކުރިއެވެ.
“ނޫނެކޭ މާކިން! އަހަރެން ދައްކާވާހަކަ އަޑުއަހާބަ.. މިއީ ދޮގެއް ނޫން. އަހަރެންނަކަށް ނޭނގެ މިހާރު ޑޮކްޓަރ މިކަމަށް އިންކާރު އެކުރަނީ ކީއްވެގެން ކަމެއް.. ޕްލީސް ބްލީވް މީ.. އެ ޒެރީންއާއި ބައްސާމް އެ އުޅެނީ މާކިންގެ ދިރިއުޅުން ހަލާކު ކުރަން.” މާކިންގެ އަތުގައި ހިފައި އިނާރާ މިހެން ބުނުމުން މާކިން އެއަތް ފޮޅުވާލިއެވެ. އޭނާ އެތަނުން ދާން ހިނގައި ގައިންތަނާއި ކުޑަކޮން އަރިއަޅާލުމުން އިނާރާ އޭނާ ހިފަހައްޓަން ދިޔައެވެ.
“ޑޯންޓް! ކިތަށް ފަހަރު މަޢާފަށް އެދުނިން.. ދެން ކީއްވެ.. ކީއްވެ..” އިނާރާ ދުރުކޮއްލަމުން މާކިން މިހެން ބުނިއިރު އޭނާގެ އަޑުގައި ތުރުތުރު އެޅުމެއް ހުއްޓެވެ. މާކިން އެތަނުގައި އިތުރަށް މަޑުނުކޮށް ހިނގައިގަތުމުން އިނާރާ އޭނާގެ ފަހަތުން ނިކުތެވެ. “މާކިން.. ޕްލީސް..” އިނާރާ ބުނެލިއެވެ.
ގޮނޑީގައި އިށީދެގެން އިން ޑޮކްޓަރ މީރާގެ ތުންފަތަށް ވިހަ ހިނިތުންވުމެއް ވެރިވިއެވެ. އޭނާ ފޯނުން މީހަކަށް ގުޅާލިއެވެ. “ޑަން..” މިހެން ބުނެފައި ފޯނު ބޭއްވުމަށްފަހު ދަބަހުން ދިހަ ހާސް ރުފިޔާނަގައި އޭނާ އޭތި ގުނަން ފެށިއެވެ.
ހޮސްޕިޓަލް ބޭރުގައި ހުރި ބައްސާމްއަށް މާކިންގެ ފަހަތުން އަންނަ އިނާރާ ފެނުނެވެ. އޭނާ މާކިންއާއި ވާހަކަދައްކަން މަސައްކަތް ކުރި ނަމަވެސް މާކިން އޭނާ ދުރުކޮއްލައެވެ. ބައްސާމް ނުލަފާއި ހިނިގަނޑެއް ޖަހާލުމަށްފަހު އޭނާގެ ރޭވުމާއި މެދު އުފާކުރިއެވެ.
ޒެރީން ގުޅާފައި އިނާރާ މިރޭ މާކިންއަށް ހަޤީޤަތް ހާމަކުރާ ވާހަކަ ބުނުމުން އޭނާ ޑޮކްޓަރ މިރާއާއި ބައްދަލު ކުރިއެވެ. އެވެސް އިނާރާމެން އައުމުގެ އިރުކޮޅެއް ކުރިންނެވެ. އިނާރާ ދޭން އުޅުނު ފަސްހާހުގެ ބަދަލުގައި ދިހަހާސް ދިނުމުން ޑޮކްޓަރ މިރާ އިނާރާގެ ވާހަކަތަކަށް އިންކާރު ކުރަމަށް އެއްބަސް ވީއެވެ. އެއަށްފަހު އިނާރާމެން ކައިރިއަށް ގޮސް ކަންތައް ވީވެސް އެހެންނެވެ.
މިހާރު އޭނާ ބޭނުންވި ގޮތަށް މާކިން ހީކުރާނީ މިއީ އިނާރާގެ ރޭވުމެއް ކަމަށެވެ. މާކިންގެ ހިތުގައި އިނާރާއަށްޓަކައި ނަފްރަތު އުފެދުމުން މިހާރު ވަކި އިނާރާއަށް އެކަން ސާބިތު ކުރެވޭނެ ގޮތެއް ވެސް ނޯންނާނެއެވެ. އިނާރާއަށް އަދި މިކުޅެވެނީ ބައްސާމް ކުޅެކުޅެ ބާވެފައި އޮތް ކުޅިވަރެއް ކަމެއް ނޭގެއެވެ. އޭނާ މިކަމަށް އެތަށް ގުނައެއް މޮޅުވާނެއެވެ. އިނާރާ އެއްފިޔަވަޅު އެޅިއްޔާ ބައްސާމް އޮންނާނީ ކުރިއަށް ދެފިޔަވަޅު އަޅާފައެވެ.
ހޮސްޕިޓަލުން ކާރު ނެތްލަމުން ދިޔައިރު މާކިންގެ ކައިރީގައި އިން އިނާރާ އިތުރަށް ބުނާނެ އެއްޗެއް ނެތެވެ. މިވަގުތަށް ބަހެއް ނުބުނެ އިނުމަށް އިނާރާ ނިންމުމަށްފަހު ލޯގަނޑުން ބޭރު ބަލާލިއިރު ދުރުގައި ހުރި ބައްސާމް ފެނި އޭނާ ސިހުނެވެ. ވަގުތުން ވީގޮތް އިނާރާއަށް ނަގައި ގަނެވުނެވެ.
ބައްސާމްގެ ތުންފަތަށް ވެރިވެފައިވި ކާމިޔާބީގެ ހިނިތުންވުން ފެނި އިނާރާގެ ހިތުގައި ބަދަލަ ހިފުމުގެ ހުޅު ރޯވެގެން ދިޔައެވެ. ބައްސާމް މިގޮތަށް މިކަން ގެންދަން ބޭނުން ވަންޏާމު އޭނާވެސް އެހެރީ މިކަން ކުރަން ތައްޔާރަށްށެވެ.
މިފަހަރު ބައްސާމްއަށް ކާމިޔާބު ލިބުނަސް އިނާރާ ހިތްވަރު އެލުވައެއް ނުލާނެއެވެ. އޭނާއަށް އެނގިހުރެ މާކިން އެމީހުންގެ ނުލަފާ ރޭވުންތަކުގެ ޝިކާރައަކަށް ވާކަށް ދުލެއް ނުކުރާނެއެވެ. ބައްސާމް ކިތަންމެ ހުށިޔާރަސް މި އިނާރާގެ ކުޅިގަނޑު އަދި އޭނާއަށް ނުފެންނަނީއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
69 Comments!
Comments are closed.


reethi
next part tmrw evning in sha allah. enjoy. 🙂
yeyyyyyyyyyyyy.. im first.. thnkxx zai lwbiyyyyy
first veema hama ehaa thui vaanjehey thr?
im first dw..
dhevana faharah
gui ree
Wowwwwwsss
varah salhi….waiting for the next part ………
<3 🙂 🙂
this part is also amazing…………. i love it….. zai when is the next part . …….. can’t wait to read the next part……. avahah next part up koh dhehchey ingey ❤❤❤❤❤❤❤❤❤❤❤❤❤ 🙂 😀 😀
Varah reethi vahaka. Masha Allah. But ma kury. Thankolheh dhigukoh genesdhy. Pls.
varah reethi!
Thankyou xai
Vrh vrh reethi…
vvvvvvvvvvvvvvvvvvvvvvvvvvvvvvvvvv reethi
miadhu nethytha hama 2 part genes dheven.. story ge emme intersting hisaabah aeema busy vefa genesdhey schedule badhal vany dhw Zaish.. nagetive koh nunagahcheyy plz hama hithah eryma bunely Btw v reethi mi part vess… go ina go..falhaa aruvaalaafa dhookuran vaany….. bahsaam farah boli hilan dhaa varu kohlaathi… waiting 4 next part
V reethi
Dhen malaku vejje kaneyge decision eh nagan.. Huttan beynun vey ekam nukerey.. Mi oi fadha zamaanugai going Hus vegen hunnakah nujeheyne.. Writer ves vaahaka liyaa iru e zamaanakah fethey gothah liyun rangalhu.. Mibunee Mihaarah nisbai kon liyanya mizamaanan fehthun..
eki meehun ge khiyaalu thafaath vaaningey.
v rythi… avahah hurihaa kameh falhaa aruvaalaathi ingey… eyrun maakin ah ves majubooruvaane gaboolukuran… keep it up…
haadha kuriah nudhevey ey..
Reethi but mihar nunimi maa gina dhuvas vanee…
Vvvv nice. Let inaa win next time…
v inthixaaru kurin mi vaahaka ah.. reyga vhaka nunikunveema rovunu.. 12 jahan dhen inin balaigen mi vaahaka nukumeythoa
Last part ge comments kiaathi dhen reakun…zai ah up nukureythy in comment ga bunefa reyga up nukurevey vaahaka…dhen nuroathi vaahaka up nuvias…
Lol
zai kihineythi hadhan…vaahaka gennan kommes eygadiey hamajassan v nu..eyrun hama egadiakah check kolleveyne….plxxxx
she cant do tha…dhiriulhumuga ekahala kanthah ves dhimaavaane….haadha understand nuveyey dhw..
Habays….
Haadha lahey up vaaleh
Mirey adhi 1 part xaii plx plx plx… eoh reethi hisaabun nimunee.. alheyyy.. v salhi vaahaka eh…
V reethi mi part ..
varah reetii
Zai, no offence but mihaaru stry maa bodah dhigu vany ingey!ekamaku ehen bunyma avahah huriha echeh ehfaharaa naalha lachey ingey zai dear!love u
I’m going to end it soon with 3 or 4 episodes more or maybe even less than that. happy u guyz like it.
no zai…not happy…..very sad
V v v vvvvvvvvvvv interesting zai.u r the best
Basaamuah varugadha landeh dhyba inaaraa.xai plx mirey adhi ehbai
Huvahaku falhaeh naaraa ehves kameh
Mi baives v v v v v reethi… Waiting 4 next part…☺..
Emyhun kn dhuvahaku tha falha arany… Dhn maakin ves inara dheke rulhi annany
Anyway story v reethi
Next part avahah up koh dhechchey
Inaara zeryn aa vaahaka dhahkkamun fonah record kuraanama dho maakinnah adu ivvan. V nice ingey mi story
lhey.. intresting tankolhun.. plz plz irey adhi eh part nere veyne tha
v nice… aneh part avahah up koh dehchey… waiting n i love yewr stories… ♥
v reethi
v rythi. adhi nukiye mihaa intresting vaahaka eh keep it up
vvv reethi
Xai. U know what……? This is the bst story ever
Wow v v v nice mi part…keep it up..
Esfiyai ga vaahaka liyaaa Enme best vaahaka liyuntheriyaa varah salhi vaahaka..
thank you all
Vaaahaka Vvv reeethi.. dhen huruhaa kame falha aruvaaalaba… malak ves e Vaaahaka thah raaahil ah kiyaidheegen e kanthah huhtuvan v
Kon iraku up koh dheeni
Avaskohdheeba xai pls………..
This story is awesome.. i love it..
Zai??
avaskurey…. lasvany… vaahaka kobaahey.. zai……..!!!!!!
kobaahey , haveeru vehjjey , avas kuraashey
kobaa tha aneh part… mihaaru kon ireh mihen innathaa..hama waiting ga eyy miiny.. be fast Zaish evening ga nuvanyaa vess bunalaathi eyrun nun ingeyny dhw… can’t wait to read next part
Zai up koh dhyba….mi story vareh neii……..
pis , kobaa tha , keh madhuvefa hama , zai , !!!!!!
Koba haadha lahey…
Zai
Dhen ketheh mi hithah nuvaaney… Zaish
zaishoooooooooooooooooo
Pls up it fast
Zai when u will update next part
Plz zai avas waiting
KOIRAKUN
make it fast , heyo nuvaane