Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް ވިންދާނުލައި… (29)

zaisha Level 210 Stories
July 23, 2015 11 Mins Read
63 Comments

ގޭތެރެއަށް ވަދެގެންއައި މާކިންފެނި ސިޓިން ރޫމުގައި އިން ޒެރީން ތެދުވިއެވެ. މާކިންގެ މޫނުމަތިން ފާޅުވާން ހުރި ރުޅިވެރި ކަމާއިއެކު ފަހަތުން އައި އިނާރާގެ ހަރަކާތްތަށް ހުރިގޮތުން އޭނާގެ ރޭވުން ކާމިޔާބުވީކަން އިނގުނެވެ. އިނާރާއަށް ދުރުގައި ހުރި ޒެރީންގެ މޫނުމަތިން ހިނިތުންވުން ފެނުމުން އިތުރަށް ވީ ފޫއްސެވެ. އެތަނުގައި މަޑުނުކޮށް އޭނާ މާކިންގެ ފަހަތުން ގޮސް ކޮޓަރިއަށް ވަނެވެ.

“މާކިން ޕްލީސް.. އަހަރެން ދޮގެއް ނަހަދަމޭ.. ޑޮކްޓަރ އެވާހަކަ ނުބުނީ ބައްސާމްގެ ރޭވުމަކުންނޭ.. ލުކް އެޓް މީ..” އިނާރާ ގޮސް އިސްޖެހިފައި އިން މާކިންގެ މޫނުގައި ހިފަމުން ބުނެލިއެވެ. ނަމަވެސް މާކިން އެވަގުތު އެއިން އެއްވެސް ވާހަކައެއް އަޑުއަހާ ހިތެއް ނުވިއެވެ. “އިނާ ޕްލީސް ސްޓޮޕް އިޓް!” މާކިން ދެއަތުން ބޮލުގައި ހިފާއްޓާލަމުން ބުނެލިއެވެ. މާކިންގެ ހަރަކާތްތަކުން އޭނާ ހުރީ މާބޮޑަށް ހާސްވެފައިކަން އިނާރާއަށް އިނގުނެވެ. އަދި އެއްކޮން މާކިންގެ ހާލު ރަނގަޅު ނުވާއިރު މިގޮތަށް ކަންތައް ކުރުމުން އޭނާއަށް އަސަރު ކުރާނެކަން އިހުސާސްކުރެވުނެވެ.

“ސޮރީ.. ދެން މިރޭ އިތުރަށް އެވާހަކައެއް ނުދައްކާނަން.. ބޭބީ..” އިނާރާ ކަކޫމައްޗަށް ތިރިވެ މާކިންގެ އަތުގައި ހިފާލަމުން ބުނެލިއެވެ. އެވަގުތު ކޮޓަރީގެ ދޮރު ކުރިމައްޗަށް އެރި ޒެރީން މާކިންއަށް ގޮވާލިއެވެ. މާކިން ސިހިފައި އެދިމާއަށް ބަލާލިއިރު ޒެރީންގެ މޫނުން ފެންނުނީ ވޭނީ އަސަރެކެވެ.

“ކިހިނެތް ވީ؟ ތަނަކަށް ތަދުވަނީތަ؟” މާކިން ދުމެއް ޖަހާފައި ގޮސް ޒެރީންގެ އުނަގަނޑުގައި ހިފާލަމުން ބުނެލިއެވެ. “ކުޑަކޮން ބަނޑަށް ތަދުވަނީ.. އާދެބެ މިރޭ އަހަރެން ކައިރީގައި އޮވެލަން.. ނުވެސް ނިދޭ މިހާރު.. ޕްލީސް..” ޒެރީން ދެރަވެފައި ބުނެލިއެވެ. މާކިން އެވަގުތު އިނާރާގެ މޫނަށް ބަލާލިއެވެ.

އޭނާގެ މޫނުން ދާށޭ ބުނާފަދަ ގޮތަކަށް އިޝާރާތް ކުރުމުން މާކިން ޒެރީންގެ އަތުގައި ހިފާލިއެވެ. “ހިނގާ..” މާކިން ހިނގައި ގަތުމުން ޒެރީން އޭނާ ހުއްޓުވިއެވެ. “ނޫން… ނުހިނގޭނެ..” ޒެރީން ކުޑަކޮން ތުއި ވެލަމުން ބުނެލިއެވެ. މާކިން ބަލަން ނުހުރެ ޒެރީން އަތްދަނޑި މައްޗަށް ނެގިއެވެ. މާކިން ފުރަގަސް ދިނުމުން ޒެރީން އެހެން އޮވެފައި އިނާރާއާއި ދިމާއަށް ވިހަ ހިނިތުންވުމެއް ރައްދު ކޮއްލިއެވެ.

މި މަންޒަރު ބަލަން ހުރި އިނާރާ މާކިންއާއި ދޭތެރޭ ހަމްދަރުދީވިއެވެ. އޭނާ ހަމަ އެވަގުތު ގޮސް ޒެރީން ދަމާފައި އެއްލާލަން ހިތަށް އެރި ނަމަވެސް ކެތްކުރިއެވެ. މާކިންއަށް މިކަން އެހެން ގޮތަކުން ފަޅާއަރުވާލަން ނިންމިއެވެ.

ރޭގަނޑު އެގާރަ ގަޑި ބައިވާން އުޅެނިކޮން ރާހިލް އޭނާގެ ސައިކަލު މާކިންމެން ގޭގެ ބޭރުގައި ޕާކުކޮއްލިއެވެ. މަލަކްއަށް ގުޅުމުން ފޯނު ނުނެގުމުން އޭނާ ގޭގައި އުޅޭތޯ ބަލާލަން އިނާރާއަށް ގުޅަން ނިންމިއެވެ. އޭނާ ގުޅަން ފޯނު ނެގިތަނާއި ގެ ކައިރިއަށް މަޑުކޮއްލި ކަޅު ކާރަށް ރާހިލްގެ ނަޒަރު ހުއްޓުނެވެ. އޭނާ އެކަމަށް މާ ސަމާލުކަމެއް ނުދީ ފޯނަށް ނަޒަރު ހުއްޓާލަން އުޅެނިކޮން އޭނާ ހުއްޓުން އެރިއެވެ. މިފެނުނީ ހަމަ ރަނގަޅަށް ބާއޭ ހިތަށް އަރައި ދެވަނަ ފަހަރަށް އެކާރާއި ދިމާއަށް ނަޒަރު ހުއްޓާލިއެވެ.

އާއެކެވެ. ރަތް ކުލައިގެ ކުރު ހެދުމެއްގައި ކާރުން އެފެބީ މަލަކްއެވެ. އެ މޫނުމަތިން މާޔޫސްކަން ފާޅުވާން ހުރިއިރު އޭނާ ގެއަށް ދާން މިސްރާބުޖެހިއެވެ. ރާހިލް އެކާރަށް ބަލާލިއިރު އެއީ ޕްރައިވެޓް ކާރެކެވެ. އަދި ކާރުގެ ބިއްލޫރި ކަޅު ކޮއްފައި ހުރިމާއިއެކު ރޭގަނޑުގެ އަނދިރިކަމުން ދުއްވަން އިނީ ކާކުކަމެއް ނޭނގެއެވެ. މަލަކް އެގޮތަށް އެހެން ޕްރައިވެޓް ކާރެއްގައި ގެއަށް އަންނަންވީ ކީއްކުރަން ހެއްޔެވެ. އޭނާ ރައްޓެހިންނާއި އެކީ އަބަދުވެސް އަންނާނީ ހިނގާފައެވެ. އެހެން ނޫނީ ނާޒިމްގެ ކާރުގައެވެ.

ރާހިލް ވަގުތުން މަލަކްގެ ފޯނަށް ގުޅާލުމުން ދުރުގައި ހުރި މަލަކް ދަބަހުން ފޯނުނެގި މަންޒަރު ފެނުނެވެ. އިރުކޮޅަކު ފޯނަށް ބަލަހައްޓައިގެން ހުރުމަށްފަހު އޭނާ ފޯނުނެގިއެވެ. “މަލަކް ކޮންތާކު؟” ދުރުގައި ހުރި ރާހިލް ސުވާލުކޮއްލިއެވެ. “މި އައީ ގެއަށް..” މަލަކް އެހެން ބުނުމުން ރާހިލް އިތުރު ސުވާލެއް ކުރިއެވެ. “އެކަނިތަ އައީ؟ ޓެކްސީގަ؟” ރާހިލް މިހެން ބުނުމުން މަލަކް ހިމޭންވިއެވެ.

 “ނޫން.. ރައްޓެހިންނާއި އެކީ ހިނގާފައި..” މަލަކް ޖެހިލުމެއް ނެތި ދޮގު ހެދުމުން ރާހިލް ސިހުނެވެ. އެހެންނޫނީ ދުވަހަކު ވެސް މަލަކް އޭނާއަށް އެގޮތަކަށް ދޮގެއް ހަދާފައެއް ނުވެއެވެ. “އޯކޭ.. ބައި. ޓެކް ކެއާ.. ގެއަށް އައިތޯ ބަލައިލީ..” ރާހިލް އޭނާއަށް ހަޤީޤަތް އިނގޭކަން ފޮރުވަމުން ބުނެލިއެވެ. ފޯނު ބޭއްވުމަށްފަހު ގޭތެރެއަށް ވަދެގެން ދިޔަ މަލަކްއަށް ރާހިލް ބަލަންހުއްޓެވެ.

މަލަކް ކޮންމެ ރެއަކު މިދަނީ ކޮންތާކަށްތޯ އޭނާ ބަލާނެއެވެ. އޭނާއަށް ދޮގުހަދާފައި ދާތާކަށް އެދަނީ ވަރަށް ބޮޑުކަމެއް ސިއްރު ކުރަންތާއެވެ. އޭނާގެ ހިތަށް އެންމެ ފުރަތަމަ ވެސް އެރީ އަނެއްކާއި މަލަކް އަލުން ޑްރަގްސްގެ ކަންތަން ފެށީކަމަށެވެ. ކޮންމެ ގޮތެއް ވިޔަސް މަލަކްގެ މިޢަމަލުން އޭނާއަށް ވަރަށް އަސަރު ކޮއްފިއެވެ. އޭނާ މިކަމުގެ ހަޤީޤަތް ހޯދާނެއެވެ.

އާދުވަހަކަށް އިރު އަރައިގެން އައިއިރު މާކިން ސިޓިން ރޫމުގައި ކަސްރަތު ކުރަން އުޅެއެވެ. ޓީޝާޓަކާއި ސޯޓެއް ލައިގެން ހުރިއިރު  ޓީޝާޓުގެ ކަރުވަޅު ވަނީ ތެމިފައެވެ. އިރުގެ އަލިން އަތުގެ މުލައްދަނޑީގައި ހުރި ދާތިކިތައް ފާޅުވަމުން ދިޔައިރު ދުރުގައި ހުރި އިނާރާ ކަޅިޖަހާލަން ނޭނގި އެދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. އެވަގުތު ކޮޓަރިން ނިކުން ޒެރީން އައިސް އިނާރާ ކައިރީގައި މަޑު ކޮއްލިއެވެ.

“ދުރުން ބަލައިގެން ހިތްހަމަ ޖައްސާލާ ދެން.. މީގެ ފަހުން މާކިން އޮންނާނީ އަހަރެން ކައިރީ.” ޒެރީންގެ އަޑު ޖެހުމާއި އެކި އިނާރާގެ މޫޑު ޚަރާބުވިއެވެ. “ޒެރީންއަށް ހީވަނި ދެން ތި ކާމިޔާބު ވީމަކަށްތަ؟ މާކިން ކިތަންމެ ރެއެއް ޒެރީން ކައިރީގައި ހޭދަކުރިޔަސް އޭނާގެ ހިތަކީ އަހަރެންގެ މިލްކެއް.. ވަރަށް މޮޅު ތި ދެމީހުން ރޭގައި ކުޅުނު ކުޅިވަރު.. އެކަމު ހީނުކުރައްޗޭ އަހަރެން ގޮތް ހުސްވީއޭ.” އިނާރާ ހަށަން ބަދެލަމުން ބުނެލިއެވެ.

“އެހެންތަ.. ތިކަމެއް އިނގިދާނުން..” ޒެރީން މިހެން ބުނެފައި އޭނާ ފާޑަކަށް ރޯން ފެށިއެވެ. “އެ ކީއްވެތަ އިނާރާ.. އަހަރެންގެ ކުށަކީ ކޮބާތަ؟” ޒެރީން ބާރަށް މިހެން ކިޔަން ފެށުމުން އިނާރާ ސިހުނެވެ. މިވަނީ ކީއްހެއްޔެވެ. އޭރު ދުރުގައި ކަސްރަތު ކުރަންހުރި މާކިންއަށް ޒެރީންގެ ރުއިމުގެ އަޑުއިވުމުން އެދިމާއަށް ދިޔައެވެ.

“ކިހިނެތް ވީ؟” މާކިން ހާސްވެފައި ހުރެ އަހާލިއެވެ. “މާކިން އަޅެ އިނާރާ ކައިރި ބުނެބަލަ އެހެން ނަހަދާށޭ.. އޭނަ އެކިޔަނީ މިއީ މާކިންގެ ދަރިއެއް ނޫނޯ.. މި ދަރިއަށް މާކިންގެ ލޯތްބެއް ވެސް ނުލިބޭނެޔޯ..” މާކިންގެ ގައިގައި ބައްދާލަމުން ޒެރީން ބުނެލިއެވެ. ޒެރީން ދެރަވެފައި ހުރިތަންފެނި މާކިން ހިތްހަމަ ނުޖެހުނެވެ.

“ޝޫޝް.. ހުއްޓާލާ.. މިއީ އަހަރެންގެ ދަރިއެކޭ.. އިނގެ އެއްނުން އެކަން.. ދެން ހަމަ މީހަކު އެއްޗެކޭ ބުނާއިރަށް އަދި ރޯކަށް ނުވެއެއްނުން.. ހުއްޓާލާ.. ހިނގާ ކޮޓަރިއަށް އޮށޯވެލަން.” މާކިން މިހެން ބުނެފައި ޒެރީން ގޮވައިގެން އެތަނުން ދަމުން އިނާރާއާށް ލޮލުގެ އިޝާރާތުން މަޑު ކުރުމަށް އެންގިއެވެ. ޒެރީން ހެވިފައި ހުރެ އިނާރާއަށް ބަލައިލީ އޭނާއަށް މާކިންގެ ލޯބި ހޯދާލުމަކީ ކިހާ ފަސޭހަކަމެއް ކަން ހާމަކުރުމަށެވެ. އޭރު އިނާރާ ރުޅިއައިސްގެން މުޅި މޫނަށް ލޭއަރައި ރަތްވެއްޖެއެވެ.

ޒެރީން ކޮޓަރިއަށް ލުމަށްފަހު މާކިންއައިސް އިނާރާ ކައިރީގައި މަޑުކޮއްލިއެވެ. “ތީ ކޮންކަމެއް؟ ކީއްކުރަން އެހެން ކިޔަންވީކީ.. ތިއީ ކުޑަކުދިންތަކެއްތަ ޝަކުވާ ކޮށްކޮށް ތިބެން.. ބަލަ އެއްވެސް އަހަރެންގެ އަންބެކޭ..” މާކިން ހިތްހަމަ ނުޖެހިފައި ހުރެ ބުނެލިއެވެ. “އަހަރެން އެހެންނެއް ނުބުނަން.. މާކިން ތިހިރީ މުޅިން ޒެރީންގެ މަޅީގައި ޖެހިފައި ހަމަ. ތެދެއް ދޮގެއް ވަކިނުވޭ..” އިނާރާ ވެސް ހުރީ އިންތިހާއަށް ރުޅިއައިސްފައެވެ.

 “އިނާރާ! އިތުރަށް އަހަރެން ލައްވަ ހަޅޭލައްވަން އުޅޭނެ ކަމެއް ނެތް.. ހަމަ އެހާ ރީތިކޮން ހަމަޖެހިގެން އުޅެމުން ދަނިކޮން އިނާރާ ތި ފެށީކޮން ކަމެއް… ޕްލީސް އަހަރެން ބޭނުމެއް ނޫނޭ މިދެމެދުގައި އިތުރު މައްސަލަ ތަކެއް ޖެހޭކަށް..” މާކިން އެންމެފަހުން ބުނެލި ޖުމްލަ ބުނެލީ މަޑުމައިތިރުކޮންނެވެ.

“އިނގޭ ތިކަން.. އަހަރެންވެސް ވަކި ބޭނުމެއް ނޫން އިތުރު މައްސަލަ ތަކެއް ޖެހޭކަށް.. އެކަމަކު އަހަރެން އިނގިހުރެ ކިހިނެތްތަ މާކިން މިކަންތައް ގަނޑު ތެރެއަށް ދޫކޮއްލާނީ.. އައި ލަވް ޔޫ.. ޕްލީސް ބްލީވް މީ.. މާކިންއަށް ހީވޭތަ އަހަރެން ތި ދަރިފުޅާއި މެދު ހަސަދަވެރި ވެދާނެއޭ؟.. އެކަމަކު އެއީ މާކިންގެ ދަރިއަކަށް ނުވާތިއްޔޭ މި ބުނަނީ..” މާކިންގެ އަތުގައި ހިފާލަމުން އިނާރާ ވާހަކަދެއްކިއެވެ. ނަމަވެސް މާކިން އެއްޗެކޭ ނުބުނެ އިނާރާގެ މޫނަށް ބަލަހައްޓައިގެން ހުރީއެވެ.

“ހަމަ އެންމެ ރެއަކުން ދަރިއެއް ލިބިދާނެހެން އަހަރެންނަކަށް ހިއެއްނުވޭ.. އަނެއްކާއި މާކިން އަމިއްލައަށް ބުނީ އެރޭ ވީކަމެއް ހަނދާން ވެސް ނެތޭ.. ދެން ހަމަ އެންމެ ފަހަރަކު ވެސް ހިތަކަށް ނަރާތަ ޒެރީން ދޮގު ހަދާފާނެއެކޭ؟ މާކިން ވާހަކަ ދައްކަބަލަ.. ތިހެން ނުހުރެ ޖަވާބެއް ދީބަލަ” އިނާރާ ދެރަވެފައި ހުރެ ވާހަކަދެއްކިއެވެ. މާކިން އިތުރަށް ބުނާނެ އެއްޗެއް ނޭނގިގެން އިނާރާ ގެނެސް އެމޭގައި ޖައްސާލިއެވެ.

“ޝުޝް.. އައިލ ލަވް ޔޫ.. ޕްލީސް ދެން ތިވާހަކަތައް ހުއްޓާލާ.. އަހަރެން ތިކަން ޤަބޫލު ކުރާނީ ކިހިނެތް.. އިތުރަށް ތިކަމާއި ވިސްނަން ވެއްޖެއްޔާއި ބޯ ގޮވާފާނެ ހެން ހީވަނީ.. ބަމްބީ ޕްލީސް.” މާކިން އާދޭހުގެ ރާގަކަށް މިހެން ބުނުމުން އިނާރާ އިތުރަށް އެއްޗެކޭ ނުބުނިއެވެ. މާކިންގެ މޭގައި މޫނު ފޮރުވާލައިގެން ހުރިއިރު އޭނާ ކޮންމެ ވެސް ގޮތަކުން މާކިން މިކަން ޤަބޫލު ކުރާނެ ގޮތެއް ހޯދުމަށް އަޒުމް ކަނޑައެޅިއެވެ.

ދެތިން ދުވަސް ވޭތުވެގެން ދިޔައިރުވެސް އިނާރާއަށް ކަންތަން ކުރަންވީ ގޮތެއް ނޭނގުނެވެ. ހަވީރުގެ ފިނިކަން މާހައުލަށް ވެރިވެފައި ވާއިރު އިނާރާ ހުރީ ބެލްކަނިން ބޭރުބަލާށޭވެ. މާލޭގެ ކާރުބާރު މަގުމަތީގައި ދުއްވާ އެއްޗެހި ތޮއްޖެހިފައި އޮތް އިރު އޭނާއަށް ގޭ ކައިރިއަށް މަޑުކޮއްލި ކާރުން ފޭބި މާކިން ފެނުނެވެ. ޒެރީން ގޮވައިގެން ޑޮކްޓަރަށް ދެއްކުމަށްފަހު ގެޔަށް ވަންނަން ފޭބީ އޭނާ އެކަންޏެވެ. ޒެރީން ފެންނަން ނެތުމުން އޭނާ މާކިން އަންނަން ވާއިރަށް ދޮރު ހުޅުވަން ދިޔައެވެ.

މާކިންއައިސް ބެލް ޖެހުމުގެ ކުރިން އިނާރާ ދޮރު ހުޅުވާލިއެވެ. މާކިން ހިނިތުން ވެލުމަށްފަހު އޭނާގެ އަތުގައި އޮތް ސްކޭން ރިޕޯޓު އިނާރާއާއި ހަވާލު ކުރިއެވެ. “މީތި ލާދީބަ ޒެރީންގެ ރޫމަށް.. އޭނާ ބުނީ އަލަމާރީގެ ތިރިން ދެވަނަ ކަބަޑަށް ލާދޭށޯ.. މީނި ކަބަޑުގެ ތަޅުދަނޑި.. ދޭބައި ލާދީފައި އަންނަން.. އަނެއްކާއި ބޫޓެއް ނުބޭލޭނެ..”  މާކިން މިހެން ބުނުމުން އިނާރާ އެ ފައިލް ހިފައިގެން ގޮސް ކަބަޑު ހުޅުވާލިއެވެ.

 އެތަނުގައި ހުރީ ހުސް ޑޮކްޓަރ ރިޕޯޓުތަކެވެ. އެވަގުތު އިނާރާއަށް ޚިޔާލެއް އައެވެ. އެތަން މާކިންއަށް ވެސް ތަޅުލާފައި ހުންނާނީ ކަމެއްވެގެން ކަންނޭގެއެވެ. މިތަނުން އޭނާއަށް ބޭނުން ހިފިދާނެ ރިޕޯޓެއް ކަހަލަ އެއްޗެއް އޮވެދާނެކަމަށް ފައިލް ލުމަށްފަހު ތަޅުނުލައި އެތަނުން ނިކުތެވެ. އެހެން ނޫނަސް މާކިންމެން އެދަނީ ބޭރަށްށެވެ. އިތުރު މީހަކު ނާންނެއެވެ.

“ކޮންތާކަށް ތި ދަނީ..” އަތުގައި އޮތް ތަޅުދަނޑި މާކިންއަށް ހަވާލު ކުރަމުން އިނާރާ ބުނެލިއެވެ. “ބޭބީ ޝޮޕިންއަށް.. ތޭންކްސް ބަމްބީ..” އިނާރާގެ ކޮލުގައި ބޮސްދިނުމަށްފަހު މާކިން ލިފްޓަށް އަރަން ދިޔައެވެ. މާކިން ދިޔަހެން ހީނުވެ އިނާރާ ދުވެލާފައި ގޮސް އެ ކަބަޑު ހާވަންފެށިއެވެ. އެތަށް ރިޕޯޓު ތަކެއް ހުރިއިރު އިނާރާ ވަކިވަކިން ކޮންމެ އެއްޗެއް ފަރުވާތެރި ކަމާއިއެކު ބަލަމުން ދިޔައެވެ.

 އެންމެފަހުން ނެގި ރިޕޯޓެއްގައި ތަންކޮޅެއް ކުރީގެ ތާރީޚެއް ޖަހާފައި އޮތުމުން އޭނާ އެރިޕޯޓު ނަގައި ހުޅުވާލިއެވެ. އެއީ މީގެ ފަސް މަސްކުރީގެ ރިޕޯޓެކެވެ. އެއީ ޒެރީންގެ އެންމެ ފުރަތަމަ ޕްރެގްނަންސީ ޓެސްޓުގެ ރިޕޯޓެވެ. އޭގައި ޖަހާފައި އިނީވެސް ޑޮކްޓަރ މީރާގެ ނަމެވެ. އިނާރާ ވީ އުފަލުން އަވަހަށް އެހެން ރިޕޯޓުތަށް އެހުރިގޮތަށް ކަބަޑަށް ލިޔެވެ. އެއަށްފަހު އަތުގައި އޮތް ރިޕޯޓަށް ބަލާލިއިރުން އެ ތުންފަތަށް ކާމިޔާބީގެ ހިނިތުންވުމެއް ވެރިވިއެވެ.

 ވޭތުވެގެން ދިޔަ ދުވަސްތަކުގައި ރާހިލް ދިޔައީ މަލަކްއަށް ފާރަލަމުންނެވެ. ކޮންމެ ރެއަކު ވެސް އޭނާ ދަނީ އެއް ތަނަކަށެވެ. ހަމަ ބަރާބަރު އެއްގަޑި އިރުފަހުން އެތަނުން އޭނާ ގޮވައިގެން ދެ ފިރިހެނުން ދެއެވެ. މިރޭ ރާހިލް އެތަނަށް ވަންނަން ނިންމިއެވެ. ތިރީގައި އެތަނުން އެކަކު މަޑުކޮއްގެން އިންނައިރު އެތަނަށް ވަންނަން ދާ ކޮންމެ މީހަކު އޭނައާއި ވާހަކަދައްކައެވެ. ރާހިލް ހިތްވަރުކޮއްފައި އެ އަނދިރި ގޯޅިގަނޑުތެރެއަށް ވަދެގެން ދިޔައެވެ.

“އޭތް..” ރާހިލް ގޮސް އެތަނުގައި އިން ފިރިހެން މީހާއަށް ގޮވާލިއެވެ. “ނޫން. މިރޭ ނިމުނީ މި.. ދޭ.” އެމީހާ ބުނެލީ ހަމައެކަނި މިހެންނެވެ. “ނޫނޭ.. ޕްލީސް..” ރާހިލް މިހެން ބުނުމުން އެ މީހަކު ކޮޅަށް ތެދުވިއެވެ. “ފައްސަތޭކަ ދީ.. އޭރުން މިރޭ ދެވޭނީ..” އެމީހާ މިހެން ބުނުމުން ރާހިލް ވޮލެޓުން ފައްސަތޭކެ ރުފިޔާ ނަގައި އޭނާއަށް ދިއްކޮއްލިއެވެ.

ރާހިލް އެ މީހެއްގެ ފަހަތުން ގޭގެ ދެވަނަ ބުރިއަށް އެރިއެވެ. އަދި އެތަނުގައި ހުރި ކޮޓަރިއާއި ހަމައަށް ދެވުމުން އެތަނުން ފިރިހެނަކު ނިކުތެވެ. “ބްރޯ މީ ކާކު؟ ގަޑި ހަމަ ވިއްޔޭ..” އެމީހާ ވާހަކަދެއްކީ ރާހިލްގެ ކައިރީގައި ހުރި މީހާއާއެވެ. އެދެމީހުން ވެސް ތިބީ ބޯ ދިގުކޮށް ގަޔަށް ދޫ ބޮޑެތި ޓީޝާޓު ލައިގެންނެވެ. ދުވަނީވެސް ސިނގިރޭޓުވަހެވެ.

ރާހިލް ކައިރީގައި ހުރި މީހާ އަތުގައި އޮތް ފައްސަތޭކައިގެ ނޯޓު ދައްކާލުމުން ދުރުގައި ހުރިމީހާ ހެވި ދިލުނެވެ. “މަޑު ކުރޭ..” އެ މީހާ މިހެން ބުނެފައި ގޮސް ކޮޓަރީގެ ދޮރުގައި ތަޅައިގަތެވެ. އޭރު ރާހިލްގެ ހިތް ނެގިނެގިފައި ޖެހެއެވެ. އޭނާއަށް މިތަނުގައި މި ހިނގާ ކަންތައް އިނގުނު ކަހަލައެވެ. އެކޮޓަރީގައި މަލަކް ވާނަމަ ރާހިލްގެ ހެއަށްވެސް ގޮތްވެދާނެއެވެ.

“އޭ ނިކުމޭ! އަވަސް!!!” އެމީހާ ހަޅޭ ލަވައިގަތުމުން އިރުކޮޅެއްގެ ތެރޭގައި ކޮޓަރިން ފިރިހެނަކު ނިކުތެވެ. ގަމީހުގެ ގޮށްތަށް އަޅުވަމުން ނިކުމެގެން ދަމުން އެތަނުން އެކަކާއި ވާހަކަ ދެއްކިއެވެ. “އޭތް އެމަންޖެ ވަރު ދައްކަނީ!” އޭނާ ބުނެލިއެވެ. “ހެވެއްނުން! ގަތަކަމުން ވެސް އައި ކަންތައް ވެއްޖެއެއްނުން.. ނިކުމޭ ދެން..” ރާހިލްގެ ކައިރީގައި ހުރި މީހާ މިހެން ބުނުމުން އޭނާ އެތަނުން ނިކުތެވެ. ރާހިލް ވަންނަން ނުކެރިފައި ވެސް ކޮޓަރި ތެރެއަށް ފިޔަވަޅެއް އެޅިއެވެ.

ލައިގެން އިން ހެދުން ކޮނޑުން ވީދިފައި ވާއިރު މަލަކް ފުރަގަސް ދީގެން އިނދެ ހެދުމުން ގައި ނިވާކުރަން މަސައްކަތް ކުރަމުން ދިޔައެވެ. ދެންމެ ނިކުމެގެން ދިޔަ މީހާ ގަދަކަމުން އޭނާ ބޭނުންކުރިއެވެ. އަނިޔާކުރިއެވެ. ހުއްޓުމެއްނެތި މަލަކްއަށް ރޮވެމުން ދިޔައިރު އޭނާގެ މަޑު ގިސްލުމުގެ އަޑު ކޮޓަރިތެރޭގައި ހިފާފައި ވެއެވެ.

ރާހިލްއަށް މިއަޑު އިވުމުން އޭނާގެ ޝައްކު ޔަޤީންވާން ފެށިއެވެ. އޭނާ އެނބުރި ނިކުންނަން ބޭނުންވިއެވެ. ފަހަތުން މީހެއްގެ ހިލަމެއް ވުމުން މަލަކް ފަސްއެނބުރި ބަލާލިއެވެ. އެވަގުތު އޭނާއަށް ހީވީ ނާރުތަކުން ލޭގެ ހިނގުން ވެސް ހުއްޓުނު ހެންނެވެ. ކުރިމަތީގައި ހުރި ރާހިލް ފެނި ކަރުނުން ފުރެމުން ދިޔަލޯ މަރާލެވުނެވެ. އޭނާގެ ކިބައިގައި ރާހިލްގެ އެމޫނަށް ބަލާނެހައި ހިތްވަރެއް ނެތެވެ. ރާހިލް މިތަނަށް އެއައީ ކިހިނެތް ކަމެއް މަލަކް އަކަށް ނޭގނުނެވެ. އޭނާ ހިތްވަރުކޮއްފައި ލޯ ހުޅުވާލަމުން ރާހިލްއާއި ހަތަރުކަޅި ހަމަކުރިއެވެ.

ޖަހާފައި ހުރި ބުދެންހެން ހުރި ރާހިލް އެއީ މަލަކް ނޫންކަން ހިތަށް ވިސްނައިދޭން ބޭނުންވިޔަސް ކުރިމަތިން ފެންނަމުން މިދާ މަންޒަރު ދޮގު ކުރެވޭކަށް ނެތެވެ. މަލަކްގެ ލޯ ރަތްވެފައި ވާއިރު ރުއިމުގެ ސަބަބަން އަޅާފައި ހުރި އަނދުނާއި މަސްކަރާ ވަނީ ފޭދި ލޯކައިރީގައި ހޭކިފައެވެ. އެ ރީތި ތުންފަތް ހިކިފައި ވާއިރު ރަތްކުލަ މުޅި އަނގަމަތީގައި ހޭކިފައިވެއެވެ. ބޯވެސް ހޭވި ހަޑިވެފައި ވާއިރު ހެދުން ވެސް އޮތީ ކޮނޑު ކައިރިން އިރާލެވިފައެވެ. އޭނާގެ ލޯބިވާ މަލަކް މިއިނީ ކޮންފަދަ ހާލެއްގައި ހެއްޔެވެ.

މަލަކްއަށް ހީވީ ރާހިލް ދެންމެ ދެންމެ ހަޅޭލަވައިގެންފާނެ ހެންނެވެ. ނޫނީ އޭނާއަށް އަނިޔާކޮއްފާނެ ހެންނެވެ. ބޭރުގައި ސިޑޭ ނެތްކަން އެއީ ނަސީބެކެވެ. އެހެ ންނޫންނަމަ މިހާރު ރާހިލްގެ ފުރާނަ ނެތް މަސްގަނޑު އޮންނާނީ މިތާ ބޭރުގައެވެ. ހުއްޓުމެއްނެތި ރޮވެމުން ދިޔަ މަލަކް ސިހުނީ ރާހިލް އައިސް އޭނާ ނަގައިގެން ގެންގޮސް އެނދުގައި އިށީދެ އުނގުގައި ބައިންދާ ބައްދާލުމުންނެވެ. ރާހިލްގެ މޭގައި ބޮނޑިވެ ގަންނަމުން މަލަކް ގިސްލަމުން ދިޔައެވެ.

“ރާ.. ރާހިލް.. ރާހިލް..” މަލަކް ވާހަކަދައްކަން މަސައްކަތް ކުރިއެވެ. “ޝުޝް. އައި އެމް ހިއާ..” ރާހިލް މިހެން ބުނިއިރު އެލޮލުން ހޫނު ކަރުނަތަށް ރޮނގަކަށް ކޮތާފަތަށް ފޭބިއެވެ. އޭނާއަށް ރުޅިއެއް ނާދެވުނެވެ. ރާހިލްއަށް ހުރީ އެއަށްވުރެ ބޮޑަށް އަސަރުކޮއްފައެވެ. އޭނާ ބޭނުންވީ މަލަކް ކައިރީގައި ވުމަށްށެވެ.

އެތަށް އިރަކު މިހެން ތިބުމަށްފަހު މަލަކް ހުރިހާ ހަޤީޤަތެއް ރާހިލްއަށް ކިޔާދިނެވެ. ރާހިލްއައި ރުޅީގައި އެ ސިޑޭގެ ކަރުގައި ހިފައި މަރާލަން ބޭނުންވިއެވެ. މަލަކްއަށް ގޮތްހުސްވެ އެހެން ހަދަން މަޖުބޫރު ކުރުވީ ސިޑޭއެވެ. އޭނާއަށް ކުރިން ހަމަލާ ދިނީވެސް ސިޑޭއެވެ.

ރާހިލްއަށް މިއިން އެއްވެސް ކަމެއް ކުރިން ނޭނގުނީތީ އޭނާ ހިތާމަ ކުރިއެވެ. ރާހިލް ބޭނުންވީ ވަގުތުން މަލަކް ގެއަށް ގެންދިއުމަށްށެވެ. ނަމަވެސް ރާހިލް އޭނާ ގޮވައިގެން ހިނގައްޖެނަމަ ސިޑޭއަށް ހުރިހާކަމެއް ފަޅާއަރާނެކަމަށް މަލަކް ބުންޏެވެ. އަދި ނުވިތާކުން ބޭރުގައި މިތިބި މީހުން އެމީހުންގެ ދުވަސް ދުއްވާލާކަށް ވެސް ފަސްނުޖެހޭނެއެވެ.

ރާހިލް ވިސްނުމަށްފަހު އޭނާވެސް ގޮތެއް ރޭވިއެވެ. ރާހިލް ނިކުމެގެން ދިއުމުން އެމީހުން މަލަކް ގެއަށް ލާން ދެން ފަހަތުން ދާނީއެވެ. އެއަށްފަހު މަލަކް ގެއަށް ގެންގޮސް އެންމެންނަށް މިކަން އަންގައި ފުލުހުންނަށް ރިޕޯޓުކުރަން ނިންމިއެވެ. ނަމަވެސް މަލަކް ގޭގެ މީހުންނަށް މިކަން އަންގާކަށް ބޭނުމެއް ނުވިއެވެ. އެހެންކަމުން ރާހިލް އޭނާ ހިތްހަމަޖައްސައި ދިނުމަށް ހަމައެކަނި ގެއަށް ދާނީ ކަމަށް ބުނެދިނެވެ. ނަމަވެސް އެ ހާލުގައި ހުރެ ގެއަށް ދިއުމުން ވަކި މިކަން ސިއްރު ކުރެވޭނެ ހެއްޔެވެ.

ގޭތެރޭގައި އިން އިނާރާ އިންތިޒާރު ކުރަމުން ދިޔައީ މާކިން ފެންވަރައިގެން ނިކުންނާނެ އިރަކަށްށެވެ. އޭރުން އޭނާ މި ރިޕޯޓި ދައްކައި ހުރިހާ ކަމެއް ފަޅާއަރުވާލާނެއެވެ. އޭރު އަދި ޒެރީންއަށް ކަބަޑުގައި އެ ރިޕޯޓު ނެތްކަމެއް ނޭގެއެވެ. އޭނާ ގެއަށް އައިސް ކަބަޑު ހުޅުވަން ނޫޅުމުން އެތަން ތަޅިނުލައި ހުރިކަން ވެސް ނޭނގުނީއެވެ. އޭނާ އުޅުނީ ގަނެގެން ގެނައި ބޭބީ ހެދުންތަކާއި އެކި ވައްތަރުގެ އެއްޗެހި ހޭވުމުގައެވެ.

ގަމީހުގެ ގޮއްތަށް އަޅުވަމުން ކޮޓަރިން ނިކުއިން މާކިން ދިޔައީ އައިސް އަލަމާރިއާއި ދިމާއަށްށެވެ. އިނާރާ އަތުގައި އޮތް ރިޕޯޓު ސޯފާގައި އޮތް ކުޝަންއެއްގެ ދަށަށް ލުމަށްފަހު އެދިމާއަށް ހިނގައިގަތެވެ. އޭނާ ބޭނުންވީ މާކިން އެތަނަށް ގެނެސް އެ ރިޕޯޓު ދައްކާށެވެ. “މާކިން..” ކާގެއަށް ވަންނަމުން އިނާރާ ގޮވާލިއެވެ. “ހޫމް..” ފެންބޯން ހުރި މާކިން ބުނެލިއެވެ.

“ވާހަކައެއް ދައްކަން ވެއްޖެ..” އިނާރާ މިހެން ބުނުމުން މާކިން ކޮޓަރިއަށް ވަންނަން ދިޔައެވެ. “ކިހިނެތް ވީ..” ކޮޓަރިންއަށް ވައިން މާކިން ބުނެލިއެވެ. އޭރު އިނާރާ ވެސް އޭނާގެ ފަހަތުން ކޮޓަރިއަށް ވަންނަނީއެވެ. “އަހަރެން ބުނީމެއްނުން މިކަން ސާބިތު ކުރާނަމޭ.. އައި ހެވް ޕްރޫފް..” އިނާރާ މިހެން ބުނުމުން މާކިން ދެފަރާތަށް ބޯހޫރުވާލިއެވެ.

“އަނެއްކާއި އެވާހަކަ.. އިނާ..” މާކިންގެ ވާހަކަ މެދުކަނޑާލީ އިނާރާއެވެ. “ނޫން.. މިފަހަރު އަހަރެން އަތުގައި އެބައޮތް ޕްރޫފް.. ހިނގާ ދައްކާނަން..” މާކިންގެ އަތުގައި ހިފައި ދާން ހެދުމުން މާކިން އޭނާ ހުއްޓުވިއެވެ. “އިނާ އަޑުއަހާބަލަ..” އިނަރާގެ ކޮނޑުގައި ހިފައި ގަޔާއި ކައިރިކޮއްލަމުން މާކިން ބުނެލިއެވެ.

 އެވަގުތު ސިޓިން ރޫމަށް ޓީ.ވީ ބަލަން ނިކުއިން ޒެރީން އައިސް ސޯފާގައި އިށީދެލިއެވެ. ކައިރީގައި އޮތް ކުޝަންނަގައި އުނަގަނޑު ދަށަށް ލާން އުޅެނިކޮން އެތަނުން ގަނޑުކޮޅެއް ޒެރީންގެ ފައިބުޑަށް ވެއްޓުނެވެ. ޒެރީން އެ ގަނޑުކޮޅުނަގައި ހަމަޖެހިލުމަށްފަހު ހުޅުވާލިއެވެ.

އެއާއި އެކީ އޭނާގެ ހިތް ހުއްޓުނުހެން ހީވިއެވެ. ޒެރީންގެ ދެބުމަ ކައިރި ކުރެވިފައި ވާއިރު ރަނގަޅަށް އެ ގަނޑުކޮޅު ކިޔާލިއިރު މިއީ އޭނާގެ ރިޕޯޓެވެ. އޭނާ ކަބަޑު ތަޅުލައިގެން ވެސް ގެންގުޅެނީ މީތި އެތަނުގައި އޮތީމައެވެ. އެއްލާލަން ހިތަށް އަރާފައި ވެސް އަލަތު ދަރިފުޅުގެ ރިޕޯޓު ކަމަށްވާތީ އޭނާ އޭތި ފޮރުވީއެވެ. މާކިންއަކީ ވެސް އެތަން ހާވާ މީހެއް ނޫނެވެ.

އެހެން ވީއިރު މި ރިޕޯޓު އެތަނަށްއައި ގޮތަކާއިމެދު އޭނާ ވިސްނިއެވެ. އިތުރަށް އެތަނުގައި މަޑުނުކޮށް އޭނާ އަވަސް އަވަހަށް ރިޕޯޓު ހިފައިގެން ކޮޓަރިއަށް ވަދެ ކަބަޑަށް ތަޅުދަނޑި ޖަހާލިއެވެ. އޭނާ އަނެއްކާ ވެސް ސިހުނީ ކަބަޑު ހުޅުވާފައި ހުރުމުންނެވެ. މާކިން އެތަން ނުހާވާނެކަން އޭނާއަށް އިނގެނީ އެ ރިޕޯޓު އޮންނާނީ އެންމެފަހުން ފޮރުވާފައި ކަމަށްވާތީއެވެ.

 އަދި އެވަގުތު ދާން ލަސްވެފައި ހުރުމުން މާކިން އެތަން ހާވަން އަމުދުން މަޑުނުކުރާނެކަން އިނގެއެވެ. އެހެންނޫނަސް މިތާ ހުރީކީ މާކިންއަށް ނުފެންނަ ރިޕޯޓުތަކެއް ނޫންވިއްޔާއެވެ. ޒެރީން އަވަހަށް ރިޕޯޓު އޮތްތަނަށް ލުމަށްފަހު ވިސްނަންފެށިއެވެ. މިއީ އިނާރާ ނޫން މީހެއްގެ ކަމަކަށް ނުވާނެއެވެ. އެކަމަކު އޭނާއަށް މިތަނުގެ ތަޅުދަނޑި ލިބެންވީ ވަކި ކިހިނެއްބާއޭ ޒެރީން ހިތަށްއެރިއެވެ.

“އިނާރާ ތިއުޅެނީ އަހަރެން އިތުރަށް ރުޅިއަރުވަން.. ކީއްކުރަން ދައްކާ ދޮގު ވާހަކަތަކެއްތަ!” މާކިން ހުރީ އިންތިހާއަށް ރުޅިއައިސްފައެވެ. އިނާރާ އަދިވެސް އޭނާގެ ބަހުގައި ހިފައްޓާއިގެން ހުރީތީއެވެ. “ހިނގާ ދައްކާނަން..” އިނާރާ މާކިންގެ އަތުގައި ދަމާފައި ކަހަލަ ގޮތަކަށް ކޮޓަރިން ނިކުތެވެ. “ދައްކަބަލަ ތި އެއްޗެއް!” މާކިން ސިޓިން ރޫމަށް ގޮސްފައި ބުނެލިއެވެ.

 އިނާރާ އަވަހަށް ސޯފާމަތީގައި އޮތް ކުޝަންނެގިއެވެ. އެކަމަކު އެތަނުގައި މިހާރު އެޔެއް ނެތެވެ. އޭނާ ކުޝަންތައް ނަގައި އެތައްމިތަން ހޯދަމުން ދިޔައެވެ. ވަޔާ ގޮސްފައި އޮތްތޯ ބެލިއިރު ވެސް އެޔެއް އިނާރާއަކަށް ނުފެނުނެވެ. “މިތާނގައޭ ބޭއްވީ!” އިނާރާއަށް ގޮތް ހުސްވެފައި ހުރެ ބުނެލެވުނެވެ.

“ކޯއްޗެއް ހޭ؟” މާކިން މިހެން ބުނުމުން އިނާރާ ރިޕޯޓު ހޯދިގޮތާއި އެ ބޭއްވިތަން ވެސް އޮޅުން ފިލުވައިދިނެވެ. އޭރު ސިޓިން ރޫމުގައި އަޑުގަދަ ވެގެން ބޭރަށް ނިކުން ޒެރީންއަށް މި އަޑުއިވި އެކަން ވީގޮތް އޮޅުން ފިލިއެވެ. އޭނާ މި ސަލާމަތްވީ ހަމަ ކިރިޔާއެވެ.

 “އެހެރީ! އެ ޒެރީންގެ ކަންތަން މީ..” އިނާރާ އައިސްފައި ހުރި ރުޅީގައި ގޮސް ޒެރީންގެ ކޮނޑުގައި ހިފައި ތަލުވައިގަތެވެ. އޭނާ ހުރީ ކޮންމެފަހަރަކު މާކިންއަށް ހަޤީޤަތް ހާމަ ކުރަން އުޅޭއިރަށް ޒެރީންމެން އޭނާ ހުއްޓުވާތީ އިންތިހާއަށް ރުޅިއައިސްފައެވެ. ހަމަ ފަޅާއަރަން އެހާ ކައިރިވެފައި ވަނިކޮން ޒެރީންއާއި ހެދި އެކަން ވެސް ނުވީއެވެ.

“ބުނޭ! ކޮބާ އޭތި.. ގެނޭ ރިޕޯޓު.. މާ ރަނގަޅު ވެގެން ހުންނާނެ ކަމެއްނެތް! ލަދުކުޑަ.. އެހެން މީހެއް ދަރިއެއް މާކިންގެ ބޮލުގައި އަޅުވައިގެން އެބަހުރެ އެއްނުން އަދި.” އިނާރާ ހުރީ ރުޅިއައިސްގެން ހައްދުން ނައްޓަފައެވެ. އޭނާއަށް ޒެރީންއަށް އަނިޔާ ކުރެވޭއިރު ވެސް ނޭނގެއެވެ. އިނާރާ ހިތަށް އައިހައި އެއްޗެއް ކިޔާލުމަށްފަހު އަތުގައި ހުރި ބާރެއްލާފެއް ޒެރީން ކޮއްޕާލިއެވެ. ޒެރީން ގޮސް ދޮރު ކަނީގައި ޖެހުމާއިއެކި އުނގަނޑުގައި އަތް އަޅާލިއެވެ.

“އިނާރާ!” ހަމަ އެސިކުންތުގައި މާކިން އިނާރާގެ އަތުގައި ހިފައި އަނބުރާލުމަށްފަހު ޖަހަން އަތް މަޅާލިއެވެ. ނަމަވެސް އެއަތް ހުއްޓުނެވެ. އަތް މުއްކަވާލުމަށްފަހު މަޑުމަޑުން ތިރި ކުރިއިރު އޭނާގެ ލޮލުން ރުޅިވެރިކަން ފާޅުވެއެވެ. “އަހަރެން ބޭނުމެއް ނޫން އިނާރާއަށް އަނިޔާ ކުރާކަށް..ބަލަ ޒެރީންއަށް އަނިޔާ ކުރީމަ ގެއްލުން ވާނީ އޭނާއަށް އެކަންޏެއް ނޫނޭ! ހަމަ މިހާރު ތި ސަކަރާތްގަނޑު ހުއްޓާލަންވީ.. ޒެރީން ވަދޭ ކޮޓަރިއަށް.. މީގެފަހުން ތިވާހަކަ ދައްކާގެން ނުވާނެ..” މާކިން އިނގިލި ދިއްކޮއްފައި މިހެން ބުނިއިރު އޭނާ ރުޅިއައިސްފައި ހުރިވަރު ފެނުމުން އިނާރާގެ ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހުނެވެ.

“މާކިން..” އިނާރާ ދިފާއުގައި ވާހަކަދައްކަން އުޅުމުން މާކިން އެވާހަކަ އަޑުނާހަން ގެއިން ނިކުންނަން ހިނގައިގަތެވެ. އިނާރާ ވެސް މަޑުކުރުމެއްނެތި މާކިންގެ ފަހަތުން ދިޔައެވެ. ދޮރުގައި ލެނގިލައިގެން ހުރި ޒެރީން ހިނިތުންވެލަމުން އަވަހަށް މި ޚަބަރު ދޭން ބައްސާމްއަށް ގުޅާލިއެވެ. ލިފްޓަށް އެރުމުގެ ބަދަލުގައި މާކިން ފޭބީ ސިޑިންނެވެ. އިނާރާވެސް ފަހަތުން ދަމުން މާކިންއަށް ވިސްނަންދޭން މަސައްކަތް ކުރިއެވެ. މިފަހަރު މާކިން އެގޮތަށް ދިޔައެއް ނުދޭނެއެވެ.

ގޭކައިރިއަށް މަޑުކޮއްލި ކާރުން މަލަކް ފޭބިއިރު އޭނާވަނީ ޝޯލްއަކުން ހެދުމުގެ ކޮނޑު ފޮރުވާފައެވެ. މޫނުމަތީގައި ކުރިން ހޭކިފައި ހުރި މޭކަޕު ފޮހެފައި ހުރި ނަމަވެސް އޭގެ އަސަރު އަދިވެސް ވެއެވެ. އެކާރު އެތަނުން ދިއުމާއިއެކީ މަލަކް ގެއަށް ދާން މިސްރާބުޖެހިއެވެ. ދުރުގައި ސައިކަލު ޕާކު ކޮއްލުމަށްފަހު ރާހިލް ދުވެލާފައި ގޮސް މަލަކް އެނާ ގަޔާއި ކައިރިކޮއްލިއެވެ. “ނޫން.. ރާހިލް ދޭ ޕްލީސް..” ގޭތެރެއަށް ވައިން މަލަކް ބުނެލިއެވެ.

“މަލަކް ތިހެން ނަހަދާ.. ނޭނގޭތަ އަހަރެން ދެރަވާނެ ވަރެއް..ހިނގާ އެންމެން ކައިރި ބުނަން..” ރާހިލް މިހެން ބުނުމުން މަލަކް އެކަމާއި ދެކޮޅުހަދައި ދާން އުޅުމުން ރާހިލްއަށް ހިފުނީ އޭނާގެ ގައިގައި އޮޅިފައި އޮތް ޝޯލްގައެވެ. މަލަކް ކައިރިއަށް ގެންނަން އުޅުމުގެ ތެރޭގައި ޝޯލް ބިންމައްޗަށް ވެއްޓުނު ނަމަވެސް އެކަމަކަށް ރާހިލް ސަމާލުކަމެއް ނުދިނެވެ. އެތަން ކުޑަކޮން އަނދިރި ވުމުން މަލަކްއަށް ވެސް އެކަން ނޭނގުނީއެވެ.

“މާކިން އަޑުއަހާބަލަ..” ސިޑީގެ ހަރުފަތްތަށް ގިރާކުރަމުން ދިޔަ މާކިންގެ އަތުގައ ހިފާލަމުން އިނާރާ ބުނެލިއެވެ. “ދޫކުރޭ އަތުން… މި ގަޑީގައި އަހަރެން އެކަނި ދޫކޮއްލައި.. އަންނަ ރުޅިގައި އިނާރާއަށް އަނިޔާއެއް ކުރެވިދާނެ.. ޕްލީސް ޖަސްޓް ލެޓް ގޯ..” އިނާރާގެ އަތް ފޮޅުވާލަމުން މާކިން ބުނެލިއެވެ.

ތިރީގައި ހުރި ރާހިލް މަސައްކަތް ކުރަމުން ދިޔައީ މަލަކް ހަމައަކަށް އެޅުވޭތޯއެވެ. އޭރު މަލަކްއަށް ރޮވެމުން ދިޔައިރު އޭނާ ގޮސް ފާރުގައި ޖެހި ތަތްވެފައި ހުއްޓެވެ.” ރާހިލް ޕްލީސް.. ނުބުނާނަން.. ނުކެރޭނެ..” މަލަކް ރޮމުން އާދޭސް ކުރިއިރު ރާހިލް ހުރީ އޭނާ ގެނެސް އެއަތުގެ ތެރޭގައި ފޮރުވާލާފައެވެ. މުޅި އުމުރަށް ވެސް އޭނާއަށް ހިމާޔަތް ދިނުމަށެވެ.

“ބޭބީ ޓްރައި ޓު އަންޑަސްޓޭންޑް..” ރާހިލްގެ އަޑުގަދަވުމުން މަލަކް އިތުރަށް ހާސްވެ ރާހިލް ދުރުކުރަން ހެދުމުން ވެސް އޭނާ ދުލެއް ނުކުރިއެވެ. “ނޫން!! ރާހިލް ޕްލީސް ނުވާނެޔޭ!” މަލަކްއަށް އެންމެ ފަހުން ހަޅޭލަވައިގަނެވުނެވެ. އެވަގުތު ސިޑީގެ އެންމެ ފަހު ހަރުފަތް ގިރާކޮއްފައި ނިކުން މާކިންއަށް މަލަކްގެ މި އަޑާއިއެކު ފެނުނު މަންޒަރު މުޅި މީހާ ގަނޑުވިއެވެ. މާކިންގެ ފަހަތުން ފޭބި އިނަރ ާވެސް މި މަންޒަރުފެނި ހުއްޓުންއެރި އިރު އޭނާއަށް ބަލާލެވުނީ މާކިންއަށްށެވެ.

ފަނޑުއަލީގެ ތެރެއިން ވެސް މާކިންގެ ކަތުރުކަށިގަނޑު ބާރުކޮއްލެވިފައިވާ ވަރުފެނުމުން އޭނާ ރުޅިއައިސްފައި ހުރީ އިންތިހާއަކަން ނަގައިގަނެވުނެވެ. އިނާރާގެ ކަންތަކާއި ހެދި ރުޅިއައިސްފައި ހުރިއިރު ކުރިމަތިން މިފެންނަނީ އޭނާގެ އެންމެ ގާތް ރަޚުމަތްތެރިޔާ އޭނާގެ ހުރި ހަމައެކަނި ކޮއްކޮގެ ގަޔަށް އަރައި މަންޒަރެވެ. މަލަކްގެ ބޯހޭވިފައި ވީއިރު އޭނާގެ ހެދުމުގެ ކޮނޑުވަނީ އިރާލެވިފައެވެ. މާކިންގެ ލޮލަށް ބޮނޑިވެގެން ކަރުނަތަށް ފޭބިއިރު އޭނާގެ ރުޅިވެރިކަމުގައި ހުޅު ރޯވިއެވެ.

“ރާހިލް!!!!” މާކިންގެ ހަޅޭކުގެ އަޑަށް ގޭގެ ތަނބުތައް ވެސް ގުގުމައިގެން ދިޔައެވެ. ރާހިލް ސިހިފައި ފަހަތަށް އެނބުރުނުހެން ހީނުވެ އޭނާ އެދިޔަގޮތަށް ގޮސް ފާރުބުޑަށް ވެއްޓުނެވެ. މާކިން ބަލާކަށް ނުހުރެ މުއްކަވާފައި ޖެހިލެއް ބާރުކަމުން ރާހިލްގެ އަނގަމަތި ފަޅައިގެން ގޮސް ހޯސްލާފައި ލޭތަށް ފައިބައިގަތެވެ. ދުރުގައި ހުރި މަލަކްއަށް މިތަންފެނި ދުވެފައި އައިސް މާކިންގެ ކޮނޑުގައި ހިފައި އޭނާ ދުރުކުރަން އުޅުނެވެ. “ދޮންބޭ! އޭތް.. ނަހަދާ ތިހެން!” މަލަކްގެ އޮޅުން ފިލުވަދޭން އުޅުނެވެ.

ނަމަވެސް މާކިން އޭނާ ފޮޅުވާލުމުން ގޮސް ނުވެއްޓުނީ ފަހަތުން އިނާރާ އައިސް މަލަކް ހިފޭއްޓުމުންނެވެ. އޭރު މާކިން ހަޅޭލަވަމުން ރާހިލް ގައިގެ އެތަށް މިތަނުގައި ތަޅަމުން ދިޔައެވެ. އޭނާ ހުރީ ހަމަހެއަކު ނޫނެވެ. ރާހިލް ދުރައްދާން މަސައްކަތް ކުރި ނަމަވެސް މާކިން އެއަށްވުރެ ވަރުގަދައެވެ. “ޔޫ ބްލަޑީ…” މާކިން ދުލަށް އައިހާ އެއްޗެއް ގޮވަމުން ދިޔައިރު އޭނާގެ ގަމީހުގެ އަތުކުރީގައި ވެސް ވަނި ލޭހޭކިފައެވެ. ހީވަނި އެއްފަހަރުން ރާހިލް މަރާލަން އުޅޭ ހެންނެވެ.

Share Article

Follow Me Written By

zaisha

Level 210 Stories

ވާހަކައަށަް ހިޔާލު ހުށައެޅުމަކީ އަޅުގަނޑަށް ލިބޭ ކުރިއެރުމެއް ކަމުގަަދެކެމެވެ. މި ވާހަކަ ކަމުދާނެކަމަށް އުއްމީދު ކުރަމެވެ

Other Articles

Previous

ނާމާނޭ…2

Next

އިންތިޒާރު 39

Next
July 23, 2015

އިންތިޒާރު 39

Previews
July 23, 2015

ނާމާނޭ…2

63 Comments!

  1. zaisha says:
    July 23, 2015 at 5:45 pm

    hey guyz. sorry lasvi mi part dhigu kon liyan vegen. hope u guyz like it, enjoy 🙂

  2. ummi says:
    July 23, 2015 at 5:47 pm

    Yeyyy v v salhiiiii

  3. zaisha says:
    July 23, 2015 at 5:56 pm

    no story tmrw. this part is including tmrws part and new part will out on Saturday in sha allah.

  4. Rana says:
    July 23, 2015 at 6:01 pm

    Vaahaka varah reethi. When is the nxt part ……….. oh!and me 1st

  5. zee says:
    July 23, 2015 at 6:04 pm

    WOW

  6. Faathun says:
    July 23, 2015 at 6:08 pm

    Dhn mihaaru maa dhigu dhammany ey thi.. dhn maakin ah thedhu falhaa aruwabala.. plus malak vx ekamun salaamai kuran v ey.. mihaaru maa dhigu waathy hadi wanee

  7. Princess Noddy says:
    July 23, 2015 at 6:09 pm

    Pis alhe dhen.. dhen bust kohbala.. mihaaru ma kairi ah vess rulhi aissi mikan bust nukohgen vess…N zaish mihaaru hyvany story maa dhigu vaahen. Btw mi part vess hama awsome. n hope saturday ga 2 part kiyaalan libeyne kamah

  8. dark princess says:
    July 23, 2015 at 6:19 pm

    vv rythi… alhey zeryn ge kanthah haadha bodeydhw… anehkaa aneh kanthah fenmathivy… raahil fakeeru salaamaiy viyyya kithenme haaves rangalhu….. maakin ah visnadheebaa zai…. v foohivey zeryn ge kolhu gadha vaathy….. thank u dhigu koh genes dhinyma… keep it up…

  9. Juma says:
    July 23, 2015 at 6:23 pm

    Vvv nice..waiting 4 nxt part… gud luck Zai.. 🙂 🙂

  10. nukko says:
    July 23, 2015 at 6:33 pm

    V reethi .. waiting

  11. nihaa says:
    July 23, 2015 at 6:34 pm

    Vrh reethi dhen ekam falha aruvaalabaa thankolheh avahah..

  12. zaisha says:
    July 23, 2015 at 6:34 pm

    thank you guyz. and there is only 2 or 3 episodes left. thanks for ur support

    1. sattte says:
      July 23, 2015 at 10:17 pm

      Zaisha.. mi vaahaka up kh nimunyma story ehkh kiyeyne gotheh nonnaanethr???

  13. naj says:
    July 23, 2015 at 6:50 pm

    Thanks..vvv reeethi

  14. Azki says:
    July 23, 2015 at 6:51 pm

    reethi 🙂
    mi story nimen vaairah zai ge new story eh kiyalan libeyne kamah ummeedh kuran

  15. Jam says:
    July 23, 2015 at 7:07 pm

    v v reethi

  16. someone says:
    July 23, 2015 at 7:13 pm

    Dhen!! I hate villians getting good
    story lovely ma sha allah

  17. sanam says:
    July 23, 2015 at 7:19 pm

    it’s awesome…masha allah..vvv salhi..

    1. kapoor says:
      July 23, 2015 at 7:31 pm

      I have been looking all over Maldives for you.

    2. sanam puri says:
      July 23, 2015 at 7:33 pm

      Kiyaa baath hey….marrvelos….aap meraa story write karna plz.

    3. sanam says:
      July 23, 2015 at 8:29 pm

      muje nehi batha upka story……pls bollna tumara story..may very busy in maldives

    4. Anonymous says:
      July 24, 2015 at 10:21 am

      sanam haadha hingaalaigen thiulheny mithaa

    5. Anonymous says:
      July 24, 2015 at 4:58 pm

      Aaekey.. sanam as meet kuran mavx beynun.. 😛

    6. sanam says:
      July 24, 2015 at 6:58 pm

      pls aajaa raalhugagu sarahahdah tomorrow knight,then you will meet me….by by may bohoth busy ….

  18. mako says:
    July 23, 2015 at 7:24 pm

    amazing story……waiting waiting

  19. Eena Angel says:
    July 23, 2015 at 7:35 pm

    Maadhama up date kurahchey

  20. Eena Angel says:
    July 23, 2015 at 7:35 pm

    Maadhama up date kurahchey

  21. Sweet girl says:
    July 23, 2015 at 7:52 pm

    Wow
    Waiting for the next part
    Can u plxxx make it quick zai

  22. Anonymous says:
    July 23, 2015 at 8:04 pm

    sanam puri mihaar dhivehi story thah kiyan feshy tha

    1. sanam says:
      July 23, 2015 at 8:32 pm

      yaa…mera muje achaa chykaahey dhivehi…….once again story is best

  23. Shabee says:
    July 23, 2015 at 8:33 pm

    Mibaivex v reethi… ekam dhen alhe bust vaanee kon irakuntha??? Zai mibai dhigu kh genessa dhen tomorrow nugeneshdeyn…. eyrun kada… eahvure hama rangalhee kurakas komme dhuvahaku up kuriyyaa… dhen i hope tomorrow up kuraanekamah…. 🙂 dhen 2 prt dhw..omg 😮 e 2 prt thereyn 1 prt ga hurihaaa kameh falhaa aruvaalaanee… last prt ga inaaraa adhi maakin,they live happily ever after… 😀 heheeeee… zai ge ehen dhigu vaahaka ehvex mi vaahaka nimuneema kiyaalan libeyne kamah ummeedhu kuran… 😉 anyways good luck dhen anna prt v tudun tudun khlahchey….i mean kudakh hiyy thalhuvaalaafa dhen rangalhu meehunah kaamiyaabu vaa gothah… 😛 ok bi bi..

  24. Crazi says:
    July 23, 2015 at 8:41 pm

    Dhigu nukoh nimaalaa nooney mivahaka hadi vedaaane

  25. Sam says:
    July 23, 2015 at 8:43 pm

    Hadi dhnn… Inaaraa ah kaamiyaabu dhyba plx

  26. sumone says:
    July 23, 2015 at 8:43 pm

    mi part hes kiyaafa salhi……… can’t wait to read the next part….. zai avahah up koh dhehchey ingey next part…. i love this story……. mi story nimunyma zai ge ehn story eh kiyan libeyne kamah ummeedhu kuran ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ 🙂 😀 😀 😀

  27. Princess Noddy says:
    July 23, 2015 at 9:02 pm

    Sanam puri ardhebala selfie eh nagan Noddy eky.. kurin dhuvahu mulhi male kudakohfa.. haraan fadha Noddy aa dhimaavi nama.

    1. liu says:
      July 23, 2015 at 10:58 pm

      kahaa thum rehenaaa…?????????????

  28. inayaa says:
    July 23, 2015 at 9:28 pm

    Zai plx bust kohlaba xeryn. Eulheny maafenmahchah araagen. Raahil as malak gulhuvahchey.plz raahil maraanulaathi.

  29. nuxoo says:
    July 23, 2015 at 9:51 pm

    so nice n cute story keep it up and all the best

  30. Anonymous says:
    July 23, 2015 at 10:28 pm

    Zai ur great… Keep it up….

  31. Anonymous says:
    July 23, 2015 at 10:28 pm

    Zai ur great… Keep it up….

  32. nishy says:
    July 24, 2015 at 1:09 am

    Mi baives reethI ekam Mihaaaru maaakin ah hurihaaa hageeegatheh egen veheje…

  33. lyn says:
    July 24, 2015 at 2:18 am

    V reethi ….luv this story

  34. zila says:
    July 24, 2015 at 10:53 am

    dhen miharu maa beykaaru vaahaka gina ee. mehun mehun dheke loabi ves vaane. ekamaku heybali vaakah nujehey dhw. abadhu inaa maavarun ulheythy v hadi. ahen ve maakin ah nuvisneny inaa dhuru v ma he will miss her n understanad what is wrong with him. hope writer will think this

    1. mai says:
      July 24, 2015 at 11:21 am

      vaahak ragalha kiyaabala. inaa ehves irega heybali vegn neh noolhey. kurin ves maakin aniyaa kuri fahun inaa dhuruga ulhuni. mihaaru they are together dhen inaa maakin save kuran ulhumuga kobaatha heybali vefa! ragalha vaahaka nukiya thikahala hama nujehey vaahaka nudhakaani. she was never so in love with him. loabivayas haama nukurey kurine! keekey bunaani. hama eh part kiyaafa vaanuva neygi comment nukuraani igey.

    2. sweet heart says:
      July 25, 2015 at 12:13 pm

      zilaa vaahaka kiyaaba adhi…

  35. zaahee says:
    July 24, 2015 at 11:33 am

    thedhe. inaa nooley over vegen neh. maakin understood hw much she loved him when she left him. so read it carefully than comment such stuff. btw story varah reethi. ❤️

  36. zee says:
    July 24, 2015 at 3:02 pm

    kon irakun avas cantwait vaahaka vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv reethi

    1. Princess Noddy says:
      July 24, 2015 at 3:32 pm

      Zee saturday ga next part.. Zai ge comment nukiyantha? 🙂

  37. zee says:
    July 24, 2015 at 3:03 pm

    🙂

  38. Zila says:
    July 24, 2015 at 5:05 pm

    mai n zaahee u two shuld read it again to get understand wat is happenining in this story. hama mehaku comment ah kuraa irah heybali vaakah nujehey dhw. hajam kuran dhas kurey. i expressed my point of view…… hehehe

  39. Zila says:
    July 24, 2015 at 5:13 pm

    Thahuzeebu nuvaa mujuthamau thakuga havaadhu dhavan ulhey mehun nah v hajam nuvaane. me democratic society ah. Anekaa ge hiyaalu nujeheyne thimaage hiyaalaa ah goi vaakah… plx vaanuvaa ingey amilla ah

  40. Zaahee says:
    July 24, 2015 at 8:37 pm

    Alhugandu ge namugai adhi nuxu aai dhimaa ah alhuugadey kiyaagen ehchehi kiya kujja ge mauloomathtakai dhanna vaalan.. mee story site eh.. mithaaga alhugandu kokko story eh liyuneema alhuganddu namuga adhi alhugandey kiyaa eyna rulhi neyruvun ehen.. GOT IT!!!!

  41. Zaahee says:
    July 24, 2015 at 8:38 pm

    name ga thafaathu vex innaaane.. e nan fashanee sinple koh.. alhugandu nameh liyaaanama fashanee captal koh

  42. Shabee says:
    July 24, 2015 at 9:22 pm

    Ey zai maadhama dhw 30 vana bai up kuraanee?? Maadhan konirakun??

  43. nysh says:
    July 24, 2015 at 10:02 pm

    mithanun ehvess kuhjaku laaraage hurihaa stories keentha?i mean minnu ge diary, beynunvany yaaraa,kushakaa nulaa hiyy nurohvaa… any of these stories … if so laaraa ge ehves vaahaka eh save kurintha?… 🙂

    1. Princess Noddy says:
      July 24, 2015 at 11:06 pm

      Nysh Yes i had readen some stories of laaraa.. still mihaaruveh laaraa ge story eh follow kuran eba..FB ga innaane laaraage vaahaka kiyaa page eh ?:)

    2. irish says:
      July 25, 2015 at 10:41 am

      yes hurihaa vaahaka eh kiyaifin…bt save nukuran..eyru laara ge blog in read kuree bt she remove the blog..FB page ga she didnt update kuree ge vaahak..

  44. Shabee says:
    July 24, 2015 at 10:06 pm

    Nysh i hav no idea abt tht laaraa…neynge eyee kaaku kamehvex
    .heheeeee 😛

  45. niyasa says:
    July 25, 2015 at 12:33 am

    Mirey up nukureveyne tha haadha kiyaahiyy vey

  46. nukko says:
    July 25, 2015 at 11:48 am

    C’mon dhen up kuran vejje eynun dww.. v foohi vey dhen…. mihaaru inthixaatuga kn ireh… 48 hours….. plx plx xaishaaaaaaaaa. Tdayh 2 parts dww… plxxxxx dhen ninman ulhebaa mj storryy….. avas up kohdhyyyyy…..
    v salaam..

  47. azu says:
    July 25, 2015 at 1:34 pm

    varah reethi mi baives

  48. Azki says:
    July 25, 2015 at 3:20 pm

    zaiiiiiiiiiiii! next part up kohdhyba dhen !
    Varah inthizaru kurevijje

  49. shaff says:
    July 25, 2015 at 5:06 pm

    v reethi hama hurihaa baeh ves… keep it up.. mi vaahaka nimuneema ehn vaahaka eh neredheythi.. plx.. zai ge vaahaka thah v v reethi <3 <3 <3 🙂 😀

Comments are closed.


All Right Reserved!