Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ލޯބިވެވުމުން 6

Nafu Level 810 Stories100 Comments100 Login500 Comments100 Stories500 Login
June 29, 2021 4 Mins Read
4 Comments

”ދަރިފުޅާ ހަޔާ. އާދެބަލަ.” ފަރާހަތުގެ އަޑާއިއެކު ސިހުމަކާއިއެކު ހަޔާތަށް ކޮޅަށް ޖެހެވުނެވެ. އެހައި ދަންވެފައި ހުއްޓާ މަންމަ ގޮވަން ފެށުމުން އޭނަގެ ހިތުގައި ބިރުވެރިކަން ވަށައިލިއެވެ.

ހަލުވި ފިޔަވަޅުތަކެއް ނަގަމުން ގޮސް ހަޔާތު ދޮރު ހުޅުވައިލިއެވެ. އޭރު މަންމަވެސް ބޭރުގައި އޭނާގެ އިންތިޒާރުގައި ހަށަން ބަނދެލައިގެން އެތަނުގައި ހުއްޓެވެ.

”ކުއްޖަކު އެބަހުރި ހޯދަން އައިސް.” އެހެން ބުނެފައި ފަރާހަތު ގޮސް ވަނީ ކޮޓަރިއަށެވެ. ހަޔާތުގެ ސިކުނޑީގައި ސުވާލުތަކުން ފުނިޖެހެމުން ދިޔައެވެ.

އެގާރަ ޖަހާފައި ހުއްޓާ އޭނާ ހޯދަން އަންނާނީވެސް ކާކުބާއޭ ހިތަށް އަރަމުން ދިޔައެވެ. އެތައް ސުވާލުތަކެއް އެމުނެމުން ދިޔަ އޭނާގެ ސިކުނޑިއަށް ސިހުމެއް ލިބިގެން ދިޔައީ ކުއްލިއަކަށް އޭނާގެ ކުރިމައްޗަށް އެރި މުޖާހު ފެނިއެވެ. ހިނިތުންވެލައިގެން ހަޔާތުގެ މޫނަށް މުޖާހު ބަލަން ހުރުމުން އޭނާއަށް ލަދުން އިސްޖަހައިލެވުނެވެ. އޭރު އޭނާގެ ދެކޯ ވަނީ ޖަންބުކުލައިން ފަވައިލެވިފައެވެ. ތުންފަތުގައި ލުއި ހިނިތުންވުމެއް ކުޅެލައިފައިވިއެވެ.

މުޖާހަށް ދީވާނާވެފައި ހުރި މީހެއް ފަދައިން ހަޔާތުއަށް ބެލެމުން ދިޔައެވެ. ހަޔާތު ލަދުގަނެފައި ހުރުމުން މާ ރީތި ކަމުގައި އެ ހިތް ބުނަމުން ދިޔައެވެ. ހަމަ އެހިނދުގައި އޭނާގެ ހިތުގައި އެތައް ސުވާލުތަކެއްވެސް އެނބުރެން ފެށިއެވެ. ހަޔާތުއަށް އެވަނީ ކިހިނެއް ހެއްޔެވެ؟ އޭނާ ފެނުމުން މީގެ ކުރިން ހިނިތުންވުމެއް ދައްކާނުލާއިރު މިއަދު އޭނާ ފެނުމުން ހަޔާތުގެ މޫނަށް އެއައި އުޖާލާކަމުގެ ސިއްރަކީ ކޮބައި ހެއްޔެވެ؟ ނޫނީ ވިއްޔާ އެއީ އޭނާގެ ހިތާމާތައް ފޮރުވަން ބޭނުންކުރަމުންދާ ވަސީލަތެއް ހެއްޔެވެ؟

އައި ބޭނުންވެސް ހަނދާން ނެތިފައި މުޖާހަށް ހުރެވުނީއެވެ. ކުރިމަތީގައި ހުރި ޕަރީއެއްފަދަ ހަޔާތުއަށް ބަލަހައްޓައިގެންނެވެ.

”މިހައި ދަން ވެފައި ހުއްޓާ ކޮން ކަމަކު ތިއައީ؟” ހަޔާތު މަޑުމަޑުން އަހައިލިއެވެ. އެވަގުތު މުޖާހަށް ހޭވެރިކަމެއް ވި ފަދައެވެ. އެހެން ދިމާލެއް ބަލައިލަމުން ވިސްނައިލިއެވެ. ކަމެއް ޔަގީން ކުރާ ފަދައަކުންނެވެ.

”އެހެން ދޯ މިވީ. މިރޭ ބާބަކިއު އެއް ހަދާތީ ހަޔާ ބަލައި މިއައީ. އަހަރެމެން ތިން މީހުންވެސް ހީކުރީ ހަޔާ ކައިރީ އެވާހަކަ ބުނެފަ ކަމަށް އާދެވުނީ. އެކަމު އެހެންނެއް ނޫންތާ މިވީ. ހަޔާ ލަސްވާތީ ނައިސްގެން ހުރެ ހުރެފަ މިއައީ. ހިނގަދާން. ހަޔާ މަންމަ ކައިރިން ހުއްދަވެސް ނަގާފަ އޮންނާނީ.” ތުންފަތަށް ހިނިތުންވުމެއް ވެރި ކުރުވައިގެން ހުރެ މުޖާހު ވާހަކަ ދައްކަމުން ދިޔައެވެ.

އޭނާ އެތަނުގައި ހުރެ ބޭރަށް ނުކުމެގެން ދިޔައީ ހަޔާތު އެބައަންނަމޭ ބުނެ އެތެރެއަށް ވަދެގެން ދިޔުމުންނެވެ. ފަސްވަރަކަށް މިނެޓް ފަހުން ހަޔާތު އައީ ރީތިވެލައިގެންނެވެ. މޫނުގައި ފުށް ޖަހާފައި ނުވިނަމަވެސް ލައިގެން ހުރި ހެދުންވަނީ ބަދަލުކޮށްލާފައެވެ. ހަމައެހެންމެ އިސްތަށިގަނޑު ވަނީ ވަރަށް ދޫކޮށް ގަތާލާފައެވެ. އެހެންކަމުން ކުރު އިސްތަށިތައް ވަނީ މޫނުމައްޗަށް އެޅިފައެވެ. އެހައިވެސް ފުރިހަމައެވެ. ހިނގާދާން އޭ ކިޔައި ހަޔާތު ކުރިއަށް ހިނގައިގަންނަން އުޅުނު ނަމަވެސް އޭނާގެ ދެފައިގައި ތަޅު އެޅުވިގެން ދިޔައީ މުޖާހުގެ ކައިރީގައި ހުރި ސައިކަލު ދައްކާލުމުންނެވެ.

”އަހަރެން ދާނީ ހިނގާލާފަ. މުޖާ ދޭ ސައިކުގަ.” ހަޔާތު އެހެން ބުނެލި ނަމަވެސް މުޖާޙު ހުރީ އޭނާގެ ގޮތުގައެވެ. ހަޔާތު އެކަނި އެހައި ދަންވެފައި ހުއްޓާ މަގުމައްޗަށް ދޫކޮށްލާފައި އޭނާއަކަށް ނުދެވޭނެއެވެ.

”އަހަރެންނަކަށް ނުކެރޭނެ ހަޔާ އެކަނި ބަހައްޓާފަ ދާކަށް. ހާސްނުވޭ. އަހަރެން ހަޔާއަކަށް ކަމެއް ނުކުރާނަމޭ. ޓްރަސްޓް މީ.” މުޖާހު އާދޭހާއެކު ބުނެލިއެވެ. ނަމަވެސް ހަޔާތުއަކީ މީހުންގެ ސައިކަލު ފަހަތަށް އާންމުކޮށް އަރައިގެން އުޅޭ މީހަކަށް ނުވާތީ އެކަން ކުރަން އޭނާ ޖެހިލުންވިއެވެ. އެހެނަސް މުޖާހު ދެރަވެފައި އޭނާއާ ދިމާލަށް ބަލަހައްޓައިގެން ހުރި ގޮތުން އެ ސައިކަލު ފަހަތަށް އެރުމަށް އޭނާގެ ހިތުގެ ކަނަކުން ގޮވަމުން ދިޔައެވެ. ހަދާނެ ގޮތެއް ނޭނގި ހުރެފައި އެންމެ ފަހުން ހަޔާތު ގޮސް ސައިކަލު ފަހަތަށް އެރިއެވެ. މުޖާހައަށް ވަރަށްވެސް އިތުބާރު ކުރަމުންނެވެ.

ދިޔަ މަގުމަތީގައި މުޖާހުގެ އަނގަ ހުއްޓާ ނުލައެވެ. އޭނާގެ އެކިއެކި ވާހަކަތައް ހަޔާތުއަށް ހިއްސާކުރަމުން ދިޔައިރު ހަޔާތު އެވާހާކަތައް ވަރަށްވެސް ޝައުގުވެރިކަމާއިއެކު އަޑު އަހަމުން ދިޔައެވެ. ބައެއް ފަހަރަށް ހަޔާތު އެހެން އިނދެލާފައި ހޭން ފަށައެވެ. އެހުރިހާ މަންޒަރެއް ބަލަން މުޖާހުގެ ކަޅި ހިނދުކޮޅުން ސައިކަލުގެ ލޯގަނޑަށް އަމާޒުވެގެން ދެއެވެ.

ހަޔާތުގެ ލޮލުގައިވެސް ސައިކަލުގެ ލޯގަނޑު އަޅައިގަތުމާއިއެކު އެ ލޯގަނޑުން ފެންނަމުން ދިޔަ މުޖާހުގެ މޫނަށް އޭނާގެ ނަޒަރު ހުއްޓިގެން ދިޔައެވެ. ތުނިކޮށް ކޮށާލަފައިވި ތުނބުޅިއާއި މަތިމަހުން މުޖާހުގެ ރީތިކަން އިންތިހާއެވެ. އެސޫރައަށް ބަލަން އިންދާ މުޖާޙުވެސް ހަޔާތުއަށް ބަލައިލިއެވެ. ދެމީހުންގެ ހަތަރު ކަޅި ހަމަވެގެން ދިޔަ ވަގުތު މުޅި ދުނިޔެވެސް އެކުގައި ހުއްޓުނު ފަދައެވެ. އެދެމީހުންނަށް ޓަކައި ކަހަލައެވެ. އުޑުމަތީގައި މުތީތަކެއް ފަދައިން ވިދާ ބަބުޅަމުންދާ ތަރިތަކާއި ސާދަވިލޭރޭގެ ހަނދުވެސް އެދެމީހުންނަށް މަރުހަބާ ކިޔަމުންދާ ފަދައެވެ. ލަދުން އަނެއްކާވެސް ހަޔާތު އިސްޖަހައިލިއެވެ. އޭނާއަށް އެ ވަމުންދާ ގޮތް ނޭނގި އަޖައިބުވަމުން ދިޔައެވެ.

”އަހަރެންނަށް މިވަނީ ކީއް ހެއްޔެވެ؟ މުޖާހު ފެނުމުން އަހަރެންގެ ހިތް އެހައި ބާރަށް ތެޅެނީ ކީއްވެ ހެއްޔެވެ؟ މީގެ ކުރިން މިހެން ނުވާއިރު މިހާރު އެހެން މިވަނީ ކީއްވެ ހެއްޔެވެ؟ ވޭތުވެ ދިޔަ ހަފްތާގައި މުޖާހު ނުފެނުމުން  އޭނާ ފެނުމަށް މި ދެލޯ އެހައި ވަރަކަށް އެދުނީ ކީއްވެ ހެއްޔެވެ؟ ޝަމްވީލް އޭނާ ދޫކޮށްލުމުން އެހައި ދެރަ ނުވީ ކީއްވެ ހެއްޔެވެ؟ އޭގެ ބަދަލުގައި ފަސޭހައިން އެކަމުން އަރައިގަނެވި މުޖާޙުގެ ހިޔާލު ކުރެވެން ވީ ކީއްވެ ހެއްޔެވެ؟” މިހުރިހާ ސުވާލުތަކެއް ވެސް ހަޔާތުގެ ސިކުނޑިއަށް އެމުނެމުން ދިޔައީ މިނާތަކެއް ރޮއްޖަކަށް އަމުނާލާ ފަދައިންނެވެ.

ޒަންމަތުމެން ގެޔާ ހަމައަށް އާދެވުނު އިރުވެސް ހަޔާތަށް ހިޔާލަކަށް ގެއްލިފައި އިނެވުނީނެވެ. މުޖާޙު އެތައް ފަހަރަކު ގޮވުމުންވެސް އޭނާއަށް އަޑެއް ނީވުނެވެ. އެންމެފަހުން އޭނާގެ ދެކޮޑުގައި ހިފައި ތަޅުވައިލުމުން ސިހިފައި މުޖާހުގެ މޫނަށް ބަލައިލީ ދެލޯ ބޮޑުކޮށްލަމުންނެވެ.

”އެން ކީކޭ؟” އޭރުވެސް ކަންވީ ގޮތެއް ހަޔާތަށް ފަހުމެއް ނުވެއެވެ. އެހެންކަމުން އެއްބުމަ ހިއްލާލަމުން މުޖާހައަށް އަނެއްކާވެސް ބަލައިލިއެވެ. ވާހަކަ ނުދައްކާ ބޮލުގެ އިޝާރާތުން އޭނާ ދައްކައިލީ ޒަންމަތުމެން ގެއެވެ. އެއާއިއެކު ކައްޓެއް ޖެހުނު ފަދައިން ހަޔާތު ސައިކަލުން ފައިބައިގެން ގޮސް އެގެއަށް ވަދެލިއެވެ. ފަހަތުން މުޖާހުވެސް ހެމުން ހެމުން އައިސް ވަދެލީ ހަޔާތަށް އަންނަމުން ދިޔަ ބަދަލާއިއެކު އެކަމާ ވިސްނަމުންނެވެ.

***

ޒަންމަތުއާއި ނަވާޒް އެކުގައި ސޮސެޖްތައް ނަގަން އުޅުނު އިރު ދެމީހުން ދައްކަމުން ދިޔަ ވާހަކައިގެ ޒާތުން ދެމީހުންގެ މޫނުމަތީގައިވެސް ވަނީ ހިނިތުންވުމެކެވެ. އެކަކު އަނެކަކަށް ދޫކޮށްލާ ލޯބީގެ ނަޒަރުން އެދެމެދުގައި ވަނީ ވަރުގަދަ ގުޅުމެއްކަން ހާމަވަމުން ދިޔައެވެ.

”އަނހާ މިއޮށް އައީނު. ހާދަ އިރެއްވީ.” ދޮރުން ވަދެގެން އައި ހަޔާތު އާއި މުޖާހު ފެނި ޒަންމަތު އަހައިލިއެވެ. ހަޔާތު އައި ގޮތަށް އައިސް ހުއްޓުނި ޒަންމަތު ކައިރީއެވެ. މުޖާހުވެސް ގޮސް ނަވާޒްގެ ކައިރީ ހުއްޓިލައި ހަޔާތުއަށް ބަލައިލިއެވެ.

”ހަތަރު މީހުންތަ؟” އިތުރު މީހަކު އެތަނުގައި ފެންނަން ނެތުމުން ހަޔާތު ހައިރާންވެފައި ހުރެ އަހައިލިއެވެ. ”ކޮބާ ބޭބެމެން؟”

”ހަދައި ނިމުނީމަ ބައްޕަމެން އަންނާނެ. ހަޔާ ދޭބަ މީރުކޮށް ނޫޑްލީސް ގަނޑެއް ކައްކައިލަން. ބަދިގޭގަ ހުންނާނެ ބޭނުންވާނެ ހުރިހާ އެއްޗެއް ގަނެފަ. އަހަރެމެން މީއްޗެހި ފިހެލާނަން.” ޒަންމަތަށް އެހެން ބުނެ ނުނިމެނީސް ހަޔާތު ހުރީ ގޮސް އެގޭ ބަދިގެ ދޮރު ކައިރީއެވެ. ފަހަތުން މުޖާހުވެސް އޭނާގެ ފަހަތުން ދިޔައީ އެހީތެރިވެދިނުމުގެ ނަމުގައިއެވެ. އޭރު ޒަންމަތު އާއި ނަވާޒް ދިޔައީ ހުއްޓާ ނުލައި އެދެމީހުންނަށް ބެހެމުންނެވެ.

”ކީއްކޮށްދޭންވީ؟ އަހަރެންވެސް ވަރަށް މޮޅު ވާނެ ކައްކަން.” މުޖާހު އައިސް ނޫޑްލީސްތައް ފުނޑުކުރަން ފެށިއެވެ. އޭރު ހަޔާތު ހުރީ ނަގާފައި ހުރި ފިޔާތަކުގެ ތޮށި މަށާށެވެ.

”އެހެން ވީރުން މުޖާ މިރޭ ކައްކާނީ. އަހަރެން ހުންނާނަން ހެލްޕް ވެދޭން. އޯކޭތަ؟” މުޖާހު ބޯ ޖަހައިލުމާއިއެކު ހަޔާތުއަށް ހިނިތުންވެލެވުނެވެ. މުޖާޙުގެ ރަނގަޅުކަން އެނގިއެވެ.

ވަރަށް ފަރުވާތެރި ކަމާއިއެކު ފިޔާ ކޮށަމުން ދިޔަ ހަޔާތުގެ އަނގައިން މަޑު ތޫލި އަޑެއް ބޭރުވެގެން އައެވެ. އެއަޑު އިވި ތެއްޔަކަށް ހޫނު ފެން އަޅަން ހުރި މުޖާހަށްވެސް ސިހުމެއް ލިބި އަވަހަށް ހަޔާތަށް ބަލައިލިއެވެ. އެޔާއިއެކު އޭނާގެ ފައިދަށުން ހީވީ ބިންގަނޑު ދެމިގެން ދިޔައެވެ. ހަޔާތުގެ އިނގިލިން ފައިބަމުން ދިޔަ ލޭތައް ފެނި އޭނާގެ ބޯވެސް އަނބުރައިގަނެގެން ދިޔައެވެ. އެއްޗެހިތައް ކަބަޑުމަތީގައި ބަހައްޓާފައި އަތުގައި ޖެހުނު ފޮތިކޮޅެއް ހިފައިގެން ދުވެފައި މުޖާހު ގޮސް ހަޔާތުގެ އިނގިލީގައި އަޅައިލަ ދިނެވެ. އަދި އަންނަމުން ދިޔަ ލޭތައް މަނާ ކުރުމަށްޓަކައި މަޑުމަޑުން އެތަނުގައި ހިފަހައްޓާލިއެވެ.

”އެބަ އަންނަން. މިތަނުގައި ހިފަހައްޓާލަ. އޭރަށް ލޭ މަނާ ވާނީ.”  އެހެން ބުނެ މުޖާހު އަނެއްކާވެސް ދުވެފައި ދިޔައީއެވެ. ހަޔާތުއަށް އެއިން ގޮތަށް އިނދެވުނީއެވެ. ތަދުވާ ކަމުގެ އެއްވެސް އަސަރެއް އެމޫނުމަތީގައި ނުވެއެވެ. އޭގެ ބަދަލުގައި އޭނާ އިނީ ފުން ހިޔާލެއްގައިއެވެ.

ފަސްޓް އެއިޑް ބޮކްސް އެއް ހިފައިގެން މުޖާހު އައިސް ހަޔާތުގެ އިނގިލި ސާފުކުރަން ފެށިއެވެ. އޭރު އޭނާއަށް ނޭނގުނު ކަމަކީ ހަޔާތުގެ ނަޒަރު އޭނާގެ މޫނަށް ހުއްޓިފައިވާ ކަމެވެ. އެ ކަތިނަޒަރުން ބަލަމުން ދިޔައިރު އެސްފިޔަވެސް ޖަހައި ނުލައި ކަމެވެ. ހަޔާތުގެ ތުންފަތުގައި ހިނިތުންވުމެއްވާ ކަމެވެ. ބޭސް އަޅައިދީ ނިންމާލުމަށް ފަހު މުޖާހު ހަޔާތަށް ބަލައިލިއެވެ. އެވަގުތު އޭނާގެ މެޔަށް ހީވީ ފިނިފެން އެއްޗެއް އޮއްސައިލި ހެންނެވެ. ހުއްޓާ ނުލައި ހަޔާތު ބަލަން އިނުމުންނެވެ. އޭނާއަށްވެސް އެކަމުގައި ބައިވެރިވެވުނެވެ. ހަޔާތުގެ ފުން ދެލޮލަށް ގެނބިގެން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ.

އެގޮތުގައި އެތައް ވަގުތެއް ފާއިތު ވެގެން ދިޔައީއެވެ. އެތަނަށް އައި ޒަންމަތުއަށާއި ނަވާޒަށް އެމަންޒަރު ފެނި ފޮޓޯ ނަގައިލިއެވެ. ”ހޯހޯ.. މީ ދޯ މިކުރާ ކަމަކީ.”

ނަވާޒުގެ އަޑާއިއެކު ކުއްލިއަކަށް މުޖާހު ހަޔާތުއާ ދުރަށް ޖެހިލާ ދުރު ބަލަން ފެށިއެވެ. ހަޔާތުވެސް ނޫން ކަމަށް ހަދާލައި އަލުން ފިޔާ ކޮށުމާއިގެން ކުރިއަށް ދިޔައެވެ. އޭރު ލާނެތް ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވައިގެން ޒަންމަތުއާއި ނަވާޒް އެތަނުގައި ހުރިއިރު ލަދުން މުޖާހަށް ހުރެވުނީ ތަނެއް ގުޑުވާލަންވެސް ނުކެރި ފަސް އެނބުރިގެންނެވެ.

ކައި ހުރިހާ ކަމެއް ކޮށް ނިމުނު އިރު ގަޑިން ދޭއް ޖަހަން ވަނީ ގާތްވެފައެވެ. ހަޔާތަށް ގެއަށް ދެވުނު އިރު ވަނީ މުޖާހާއި ގާތް ގުޅުމެއް އުފެދިފައެވެ.

***

އާދުވަހަކަށް އިރުއަރައިގެން އައީ މުޖާހު އާއި ރަޝީދުގެ ކަންފަތް ބުޑުގައި ހޮނު ގުރުގުރިއެއް ޖަހައިލަމުންނެވެ. ހިތުގެ ތެޅުން އަވަސްކުރުވައި ހާސްކުރުވަމުންނެވެ.

~ ނުނިމޭ ~

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nafu

Level 810 Stories100 Comments100 Login500 Comments100 Stories500 Login

Other Articles

Previous

އެކުއްޖާ 2 – 41

Next

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ހަތަރުވަނަ ބައި)

Next
June 30, 2021

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ހަތަރުވަނަ ބައި)

Previews
June 29, 2021

އެކުއްޖާ 2 – 41

4 Comments!

  1. MaayaMayyu says:
    June 30, 2021 at 5:12 pm

    Nice ❤️

    1. Nafu says:
      July 1, 2021 at 1:07 am

      Thank u so much dear?

  2. Elzie says:
    June 30, 2021 at 5:15 pm

    ?salhi

    1. Nafu says:
      July 1, 2021 at 1:09 am

      Thank u so much dear?

Comments are closed.

Next Episodeލޯބިވެވުމުން 7←


All Right Reserved!