ތީއޭ މިހިތުގެ ދިރުމަކީ (16)
އެއްފަރާތެއްގައި ކާރުޕާކް ކޮށްލުމަށް ފަހު ރީހާން އެތެރެ އަށް ވަދެގެން ދިޔައިރު ކަންބޮޑުވެފައި ހުރެ ސަނާ ދެކޮޅަށް ހިނގަމުން ދިޔައެވެ. ކައިރީ އީނާ ހުރި އިރު އޭނާ ގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ކަންބޮޑުވުމެވެ. ސޯފާގައި ފައިގެ ކަކުލިގައި ދެއުޅަނބޮށިވިއްދާލައިގެން ދެއަތް ޖޯޑުކޮށްލާގެން އިން އަޙްމަދް ވެސްކޮންމެވެސް ފިކުރެއްގައި އިންހެން ހީވެއެވެ. ” މަންމާ ” ރީހާން ސަނާ އަށް ގޮވާލިއެވެ. ” ދަރިފުޅާ އިޝްހާ އަށް ކިހިނެތްތަ ވީ ، ގެއަށް އައީ ރޮމުން ރޮމުން ދެންމެ ހާކަތްހާއިރު ގޮއްސި ފޮށްޓާއެއްޗެހި ހިފައިގެން މަންމަ މެން ގޮވާގޮވާވެސް އެ ދަރި ވާހަކަ ނުދެއްކި އީނާ އިޝްހާ ފަހަތުން ބޭރަތް ދިޔަ އެނބުރި އައިގޮތަށް ބުނީ އިޝްހާ ބުންޏޭ އެ ދަރި މަންމަ މެން ގެއަށް ދިޔަ ވާހަކަ ” ރީހާން ގެ ދެއަތުގައި ހިފާލަމުން ސަނާ ބުންޏެވެ. ރީހާންވެސް އިތުރަކަށް ވީގޮތް މަންމަ މެންނަކަށް ސިއްރުކުރާކަށް ނުވިސްނިއެވެ. އެހެންކަމުން ހަޤީޤަތް ކިޔާދިނީ އެއްވެސް އަކުރެއް ފިއްޔެއްވެސް ވަށްޓާނުލައެވެ. ” ކީކޭ ދަރިފުޅާ ، ބައްޕަ އަށް ޔަޤީން ރީހާން އިޝްހާ އަށް ބޭވަފާތެރި ވާވަރުކަމެއް ނުކުރާނެކަން ، އިޝްހާ އެހުރީ އޮޅުންގަނޑެއްގާތާ ދޯ ، ބައްޕަ އަށް ފެންނަނީ މިކަން ހުމެއިދްގެ ދެމަފިރިންނަށް ވެސް އަންގަން އެހެންނޫނީ ދެއާއިލާ ދެމެދު މިވާ އެކުވެރިކަމަށް ވެސް ބުރޫއަރާނެ ، ދެން އިޝްހާގެ ބައި ހަވާލު ދަރިފުޅާ ” އިށީދެގެން އިން ސޯފާ އިން ތެދުވެލަމުން އަޙްމަދް ބުނެލިއެވެ. މިކަމާ އެއްބަސް ވެލުމަށް ރީހާން ބޯޖަހާލަމުން ކޮޓަރިއާއި ދިމާލަށް ހިނގައި ގަންއިރު ދިޔައީ ކުރިމަތީ ފިކުރެއްގައި ހުރި އީނާ ގެ ކޮނޑުގައި އަތްބާއްވާލަމުން އެދުނީ އޭނާ އާއި އެތް ކޮށް އައުމަށެވެ. ރީހާން އާއެކުއެކީ ކަހަލަ ގޮތަކަށް ކޮޓަރިއަށް އީނާ ވަތެވެ. ” އީނޫ ދޮންބެ އަށް އިތުބާރުކުރަންތަ ، މިހެން މިބުނީ އީނޫ ގެ މޫނުމަތިން ދޮންބެ އަށް އެއްވެސް ޔަޤީން ކަމެއް ފެންނަން ނެތުމުން ،” ރީހާން އަހާލިއެވެ. ” ލައްބަ ދޮންބޭ އަޅުގަނޑު ދޮންބެ އަށް އިތުބާރުކުރަން ހަމައެހެންވެ އެންމެ ގާތް އެކުވެރިޔާ އަށްޓަކައި ހިތާމަކުރަން ދޮންބޭ ވީޙާވެސް އަވަހަކަށް މި އޮޅުންގަނޑު ރަނގަޅުކޮށް އަލުން ރީތި ދިރިއުޅުމެއް ފަށަން އަވަސްވާން ހިނގާ މިއަދު ދޮންބެދައްތަ ގެ ލޮލުން އަޅުގަނޑު ފުރަތަމަ ފަހަރަށް ކަރުނަ މިފެނުނީ އެކުވެރިކޮށް ކުރިން އެއްވެއުޅުނުއިރުވެސް ދުވަހަކުވެސް ނުދެކެން އެލޮލަކުން ކަރުނައެތް ، ސޯ ޕްލީސް ގެޓްހާ ބެކް ” ހިތާވަވެރިކަން އެކުލެވިގެން ވާރާގެތްގައި އީނާ ބުނެލިއެވެ. ” ޔެސް އަހަރެން އަނބުރާ އިޝޫ ގެންނާނަން ” އަޒުމާއެކީ ރީހާން ބުނެލިއެވެ.
****************
” ދަރިފުޅާ ތިވެގެން އުޅޭ ގޮތެއް ބުނެބަލަ މަންމަ ކައިރި ގެއަށް އައީސްސުރެ ދަރިފުޅު އަދިތިގެން ރޮނީ ބައްޕަ އަންނަން ވާއިރަށް ހުއްޓާލާ އެހެންނޫނީ ބައްޕަ ވެސް ކަންބޮޑުވާނެ އެންނޫން ތަ ، ދަރިފުޅު ތިއައީ ފޮށިވެސް ހިފާގެން ކަމެއް ގޯސްކޮށްހިނގީތަ ބުނީމާ ދޯ މަންމަ އަށް އިނގޭނީ ” ޔުސްރާ ގެ އުނގުގައި ބޯއަޅާއިގެން އޮވެ ގިސްލާ ރޮމުން ދިޔަ އިޝްހާ އަށް ބަލައިލަމުން ޔުސްރާ ބުނެލިއެވެ. އިޝްހާ އެހާ އަސަރުގަދަ ކޮށް ރޯތީ އޭނާ ގެ މައިލަގޮނޑިއަށް ކެތްވަނީކީއްނޫނެވެ. ބޮޑުވިފަހުން ކަމެތްގައި އިޝްހާ އެހާ ހިތްދަތިކޮށް ރޮއެ ފުރަތަމަ ފަހަރަށް ވުމާއެކު ޔުސްރާ ގެ ހިތްބުނަމުން ދިޔައީ ބޮޑުކަމެއް ހިނގައިފިކަމެވެ. އިރުކޮޅަކުން ޔުސްރާ އުނގުންބޯނަގާ ރަނގަޅަށް އެނދުގެ ފަޑީގައި ލައްގަނެލަމުން ހިނގާދިޔަ ކަންތައް އިޝްހާ ޔުސްރާ އަށް ކިޔާދިނީ އެމަންމަ އިތުރަތް ނުތަޅުވުމަށެވެ. ” ނާހަމަ ތެދެއްތަ ދަރިފުޅާ އެކަމަކު މަންމަ އަށް ހަމަ ޤަބޫލުކުރަން ދަތިވަނީ ، ރީހާން އެފަދަ ކަމެއް ކުރާނެ އެކޭ މަންމަ ގެ ހިތެއް ނުބުނޭ އެކަމަކު … ދެން ނޭނގެ މަންމަ އަކަށް ސަނާ މެންނާ މަންމަ ވާހަކަ ދައްކާކަންހިނގިގޮތް ކިޔާދޭނަން ، އެކަމަކު ދަރިފުޅު ނުވާނެ އެންނު ތިހެން އަންނާކަށް ، އަޙްމަދް މެން ކީކޭ ހިތަށް އަރާނީ ، ދަރިފުޅު ކެތްތެރި ވާންވާނެ ” އިޝްހާގެ ބޮލުގައި ފިރުމާލަމުން ޔުސްރާ މިހެން ބުނެލިއެވެ. ” މަންމާ އަހަރެން ގެ ހިތެއް ވެސް ޤަބޫލެތް ނުކުރެއޭ ރީހާން އެހެން ހަނދާފާނެ ކަމަކަށް ، އެކަމަކު އަހަރެންގެ މިދެލޮލުންނޭ މިއަދު މަންޒަރު ދެކުނީ ، އަދިވެސް ލޮލަށް އެ މަންޒަރުތައް ފެންނަ ކަހަލަ ، ރީހާން ފެނުމުން އަހަރެން ގެ ހިތަށް އިތުރަތް ތަދުވުން ނޫންކަމެތް ނުޥާނެ ، މަންމާ އަހަރެންވެސް މިހެން އަންނާކަށް ބޭނުމެތް ނޫން އެކަމަކު ވެސް ކެތްނުވެގެން އަހަރެން މިއައީ އިތުރަށް ރީހާން އާ ކުރިމަތިލާން ބޭނުން ނުވާތީ ” ބެދިފައިވާ އަޑާއެކު ނިކަން އަސަރާ އެކު އިޝްހާ އޭނާ ގެ ވާހަކަ ނިންމާލިއެވެ. ދެރަވެފައި އިންނަމަވެސް ޔުސްރާ އެއްޗެއް ބުނާކަށް ގަސްތެއް ނުކުރިއެވެ. އިޝްހާ ކައިރި އަރާމުކޮށްލަން ބުނުމަށް ފަހު އޭނާ ނިކުމެގެން ދިޔައީ ހުމެއިދް އޮފީހުން އަންނަން ވާއިރަށް ކާއެއްޗެއް ރޯފިލުވާލުމަށެވެ. ބާލީހުގައި ބައްދާލައިގެން އެތް އަރިއަކަށް އޮވެގެން އޮތް އިޝްހާ ގެ ދެލޮލުން ކަރުނަތިއްކަކަށް ފަހު ތިއްކެއް ހިފަހައްޓާލައިގެން އޮތް ބާލީހުގައި ބޮސްދެމުން ދިޔައެވެ. އަޑުން އަޑުން ނަގާ ނުރޮއުނެއް ކަމަކު އެ ހިތްދިޔައީ އަޑުގެ ނެތް ތަނަށް ރޮމުންނެވެ. ރީހާން ގެ ސޫރަ ދެކިލަން ހިތްއެދެމުން ދިޔަޔަސް އިރުކޯކޮޅާ ދެލޯމައްޗަށް ޔޫލީ ރީހާން ގެ އުނގުގައި އިންތަން ސިފަވެގެން ދެއެވެ. އެތައް ހާސް ކަރުނައަކާ ހަނގުރާމަކުރުމަށްފަހު ނިދީގެ ފުންކަނޑަކަށް ގެބިގެން އިޝްހާ ދިޔައިރު މަޑު ގިސްލުމެއް ކޮޓަރީގެ ހަތަރު ފާރަތެރޭގައި ހަރުލާފައި ވެއެވެ.
ގޭގެ ބެލް އެޅުމާއެކު އަވަސް ފިޔަވަޅެއްގައި ބަދިގޭގައި ހުރެފައި ޔުސްރާގޮސް ދޮރުހުޅުވާލީ އޭނާ ގެ ހިތުގައިވާ އިންސާނާ ދޮރުކުރިމަތި ހުރޭތޯ ދުޢާ ކޮށްލަމުންނެވެ. ދޮރުމަތީ ކަންބޮޑުވެފައި ހުރި ރީހާން ފެނުމުން ޔުސްރާ ގެ ހިތަށް ހަމަޖެހުން ލިބިގެން ދިޔައެވެ. އެހެނީ އޭނާ އިންތިޒާރުކުރަމުން އެދިޔައީ އިޝްހާ ކައިރިއަތް ރީހާން އަންނާނެ އިރަކަށެވެ. ” ދަރިފުޅާ އަވަހަށް ވަދޭ ” މަޑުމަޑުން ޔުސްރާ ބުނެލިއެވެ. ” މަންމާ އަޅުގަނޑުދެކެ ރުޅިއެތް ނާދޭތޯ ، މިހާރު ކޮންމެސް ވަރަކަށް ކަންހިނގިގޮތް މަންމަ އަށް ވެސް އިނގިފައިވާނެ ކަން އަޅުގަނޑަށް ހީވޭ ” އެތެރެއަށް ވަންނަމުން ހައިރާން ކަމާއެކު ރީހާން އަހާލިއެވެ. ” މަންމަ އަށް އިނގޭ ، އިޝްހާ ކިޔާދިން އެކަމަކު މަންމަ އަށް އިނގޭ ރީހާން އެފަދަ ކަމެއް ނުކުރާނެކަން މިވީހާ ދުވަހެއްގައި މަންމަ އަށް ރީހާން ގެ ލޮލުން އިޝްހާ އަށްޓަކައި ސާފު ލޯބިފެނިގެން ދިޔަ މަންމަ ރީހާން އަށް އިތުބާރުކުރަން އެކަމަކު ވެސް އިޝްހާ އެވަނީ އަދި އެއްޗެއް ވިސްނޭހާ ހާލެތް ގައެތް ނޫން ، އޭނާ އެބައޮތް ކޮޓަރީ ” އިޝްހާ ގެ ކޮޓަރިއާދިމާލަށް އިޝާރާތް ކޮށްލަމުން ޔުސްރާ ބުނެލިއެވެ. އެހެނީ އޭނާ އަށް ރީޙާން އައި ބޭނުން ވިސްނޭކަށް މާގިނައިރެތް ނުނެގިއެވެ. ” ވަރަށް އުފާވެއްޖެ މަންމަ އަޅުގަނޑަށް އިތުބާރުކުރީތީ ، އިޝްހާ އަށް ކުރެވުފައިވާ ކުށްހީ ފިލުވަން އަޅުގަނޑު ވަރަށް މަސައްކަތް ކުރާނަން ، އަޅުގަނޑު އަންނާނަން އިޝްހާ ކައިރިއަށް ވަދެލާފާ ” ހިނިތުންވެލަމުން ރީހާން ބުނެލިއެވެ. ޔުސްރާ ބޯޖަހާލަމުން އަނބުރާ ބަދިގެއަށް ދިޔައީ ހިތްހަމަ ޖެހިފައި ހުރެއެވެ. މަޑުމަޑުން ކޮޓަރި ދޮރުހުޅުވާލުމާއެކު ރީހާން އަށް ފެނުނީ ދޮރާދިމާލަށް މޫނުއަނބުރާލައިގެން ލޯބިގޮތަކަށް ނިދާލައިފައި އޮތް އިޝްހާ އެވެ. އެނދާކައިރި އަށް މަޑުމަޑުން ރީހާން ދިޔައެވެ. ކައިރިވި ވަރަކަށް އެދެލޮލުގައި ނުހިކި ހުރި ކަރުނަތައް ފެނިގެން ދިޔައެވެ. ތެއްވެފައިވާ ބާލީހާ އިވިގެންދާ ގިސްލުމުގެ އަޑުތަކުގެ ސަބަބުން ރީހާންގެ ހިތް ރޯލިއެވެ. އޭނާގެ ސަބަބުން އެ މަޢުސޫމް ހިތަށް ފުންއަސަރުތަކެއް ކޮށްފިކަން ވިސްނުނެވެ. ދެވަނަ ފަހަރަށް އިޝްހާ ގެ ހަޔާތަށް ބަހާރުމޫސުން ގެނެސްދިނުމަށްޓަކައި ރީހާން އޭނާގެ އަޒުމު ވަރުގަދަ ކޮށްލިއެވެ. އިރުކޮޅަކު އިޝްހާ ކައިރި މަޑުކޮށްލުމަށް ފަހު ގެއަށް ދާން ވެގެން ކޮޓަރިން ނިކުމެގެން އައިއިރު ސޯފާގައި އިން ހުމެއިދް އާއި ޔުސްރާފެނި އެމީހުން ކުރިކަނޑާފައި ދާކަށް ރީހާން އަކަށް ނުކެރުނެވެ. އެހެންހުއްޓާ ހުމެއިދް ގޮވާލުމާއެކު ރީހާން ވަކިން އިން ސޯފާއެތްގައި އިށީދެލީ ހުމެއިދް އެކަމަށް އެދުމުންނެވެ. ” ބައްޕަ އުންމީދުކުރަން ރީހާން އަނބުރާ އިޝްހާ ގެ ހަޔާތަށް އުފާވެރިކަން ގެނެސްދޭނެކަމަށް ” ހުމެއިދް ގެ މި ޖުމްލަ އިވި އޭނާ އަށް ވެސް ހުރިހާ އެއްޗެއް އިނގިއްޖެކަން ރީހާން އަށް ވިސްނުނެވެ. ” ލައްބަ ، ދެން އަޅުގަނޑު ދިޔުމުގެ ހުއްދައަށް އެދެން ” ރީހާން ހިނިތުންވެލަމުން ބުނެލިއެވެ. ” ހުމެއިދްވެސް އިތުރަށް ރީހާން މަޑުކުރަން ނަހަދާ ހިނިތުންވެލަމުން ބޯޖަހާލިއެވެ.
*************
ދުވަސްތައް ވޭތުވެގެން ދިޔައެތް ކަމަކު އަދިވެސް އިޝްހާ އަދި ރީހާން ގެ ހަޔާތަށް ބަހާރު މޫސުމެތް ނާދެއެވެ. އެތައް ފަހަރެއް ގެ މަތިން ރީހާން އިޝްހާ ކައިރި އަށް ދިޔައެތް ކަމަކު އިޝްހާ ގެފަރާތުން އޭނާ އަށް ފެންނަނީ ރުޅިވެރިކަމާ ހިތާމަ އެވެ. ކޮންމެ ދުވަހެއް ކަހަލަ ގޮތަކަށް އެ ނުދަންނަ ނަންބަރުންލިބެމުން އަންނަ ވިޔަނުދާ ހަޤީޤަތެއް އެކުލެވިގެން ނުވާ މިމެސެޖް ތަކުގެ ސަބަބުން ރީހާން ދެކެ އިޝްހާ އަށް ރުޅިއާދެވެއެވެ. އެމެސެޖް ތަކުގައި ރީޙާން އާއި ގުޅުޥާގެން ދައްކާ ފައި ހުންނަ ނުބައި ވާހަކަ ތައް ކިތަންމެ ވަރަކަށް ޤަބޫލުކުރަން ބޭނުން ނުވިއެތް ކަމަކު އިޝްހާ އަށް މިކަންތައް ޤަބޫލުކުރަން މަޖްބޫރުވަނީ ކުރިން ފޮނުވި ފޮޓޯތަކާ މިހާރު ފޮނުވަމުން އަންނަ ބައެތް ފޮޓޯތަކުގެ ސަބަބުންނެވެ.
އެޑިޓް ކޮށްގެން އެތައް ބައިވަރު ފޮޓޮއެތް ޔޫލީ އިޝްހާ އަށް ފޮނުވަމުން އަންނަނީ އޭނާގެ އެކުވެރިއެއް ގެ އެހީއާއެކުއެވެ. އެކަނިވެރި ވެފައިވާ ރީހާން ގެ ހަޔާތާ ކުޅެލަން ޔޫލީ ބޭނުން ވާ ބޭނުން ފުއްދުމަށް ކުރަން ޖެހުނުކޮންމެ ކަމެތް ކުރަން ޔޫލީ ހުންނަނީ ތައްޔާރަށެވެ. އެގޮތުން ރީހާން އާއި ކުރިއަތްވުރެ ބޮޑަށް ގާގޯޅިވެ އޭނާ ގެ އޯގާތެރިކަން ރީހާން އަށް ދޭން މަސައްކަތް ކުރެއެވެ. ނަމަވެސް އާޙިރުގައި ނާކާމިޔާބުވާން ޖެހެނީ ވެސް ޔޫލީއެވެ. އޭނާ އަށް ނޭނގޭ ކަމަކީ ރީހާން ގެ ހިތުން އިޝްހާ ގެ ނަން ފިލުވާލަން ކިތަންމެ ވަރަކަށް މަސައްކަތް ކުރިއަސް އެއީ ފޫނެއް ފަޔަށް ފެންފުރުން ކަހަލަ ކަމެއްކަމެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
7 Comments!
Comments are closed.




Vrh reethi mi part vx. When next part?
Stay safe
Stay home ♥️
Hello readers❤️❤️
Hope u love this part ❤️❤️
Next part ISA soon❤️❤️
Keep waiting ❤️❤️
Stay safe ❤️❤️and take care ❤️❤️
Hey sisoooooo…
Masha allah…
V v v v v v v v v v v v reethi ingey mi prt vx…
Hama completely speechless…
Ehaavx reethi…
Ughhh I’m gonna kill that yooly… Hithun maa molhu meehakeetha? huh! Dhn maa reethi meehehvx nooniyya.. Ril sisoo bunaakah mi Yooly Chooly ah rangalhu landeh dheebala.. Huvaa mi bunee I can’t stand her!
Anyways again hama masha allah vrh reethi ingey mi prt vx..
Keep it up darl!
Will always support u..
Waiting for the next part..
Lyssssssssssmm
Mysssssssssmm
SS nd TVGC
Masha Allah v reethi ❤️❤️❤️
Thank uuu soo much ❤❤
Veh ufaavehje mi part kamudiyaamaa❤❤
Stay safe ❤❤and Tvgc❤❤
In reply to maiherr.r
Thank uu soo much ❤❤
Veh ufaavehje mi part kamudiyaamaa❤❤
Next part ISA vrh avaha ❤❤
Keep waiting ❤❤
Stay safe❤❤ and tvgc❤❤
In reply to Nayaa
Hey naayuu❤❤❤
Thank uu soo much ❤❤
Veh ufaavehje mi part kamudhiyakan inguny ❤maa.❤❤ Hehehe yooly dhw .?? Hehehe yooly ah landeh dhw deynvee hehehe.??
Again thanks dear for such a lovely cmnt ❤❤
Keep waiting ingey❤❤
Lymmmm❤❤
Mymmmmm❤❤
Stay safe❤❤ and tvgc❤❤