ތީއޭ މިހިތުގެ ދިރުމަކީ (14)
” ކޮބާ ކައިވެނީގެ ކެއުން ދޭންވާނެ އިނގޭ ޒިހާން އަހަރެންގެ ބެސްޓީ ގެންދިޔާމާ އޮންނަން ޖެހޭނެ އެތްނު ، ” ސަމާސާ ރާގަކަށް ޒިހާން އަށް ބަލައިލަމުން އިޝްހާ ބުނެލިއެވެ. ” އާން އެއީ ޔަޤީން އެއްޗެއްކަމަށް ބަލާ ” ބޮލުގެ ފުށްކިބައިގައި އަތްހިންގާލަމުން ޒިހާން ބުނެލިއެވެ.
” ކައިވެންޏޭ ، ކަލޭ ކައިވެނިކުރަނީތަ ؟ އަހަރުން ކައިރި ނުވެސް ބުނެލާ ބަލާބަލަ ރީއްޗެއް ނު ، އެހެންމާ މަށާ މާއިޒް އަށް ދޭން ޖެހޭނެ އެކްސްޓްރާ ކޮށް ” ޒިހާން އާއި ދިމާލަށް ލޯ ކުޑަކޮށްލާފައި ބަލާލަމުން ރީހާން ބުނެލިއެވެ. ” އާން ސޮރީ ކުރިން ނުބުނެވުނީ މާ މަހުރީ މިރޭ ކަލޭމެން ކައިރި ބުނަން ކޮފީ އަކަށް އަރާފައި ދެން ކީއްކުރާނީ މިހާރު ތި އިނގުނީތާ ދޯ ” ކައިރީ ހުރި އީމާ ގެ އުނަގަނޑުގައި އަތް އަޅުވާލަމުން ޒިހާން ބުނެލިއެވެ. ” ހޫމް އޯކޭ އެކަމަކު މިރޭ ދިމާވާންވާނެ އިނގޭ ” ރީޙާން ބުނެލިއެވެ. ބޯޖަހާލުމަށް ފަހު ޒިހާން އީމާ ގޮވައިގެން ސައިކަލަށް އަރައިގަތެވެ. ރީހާން ވެސް އިޝްހާ ގެ އަތުގައި ހިފާލަމުން ކާރަށް އަރަން އަވަސް ވެގަތެވެ. ” މިއަދު އޮފީސް ކިހިނެތްތަ ؟” ކާރުތެރޭގައި ދެމީހުންގެ ދެމެދުގައި ވާ ހަމަހިމޭން ކަން ފޫއަޅުވާލަމުން އިޝްހާ ސުވާލުކުރިއެވެ. ” ދެން އޯކޭ ، އެކަމަކު ލޯބި މަތިން ވަރަށް މިސްވި ” ލޯބިން ފުރިގެން ވީ ގޮތަކަށް އިޝްހާ އާއި ދިމާލަށް ބަލައިލަމުން ލާނެތް ކަމާއެކު ރީހާން ބުނެލިއެވެ. ވަގުތުން އިޝްހާ ގެ ދޮން މޫނުކޮޅު ރަތްވެގެން ދިޔައެވެ. ލަދުން އިސްޖާހާލީ އޭނާ ގެ މޫނުމަތީގައިވާ ކުލަ ވަރު ރީހާން އަށް ފެނުނަނުދޭންވެގެން ނެވެ. ނަމަވެސް ރީހާން ގެ ކަތި ނަޒަރަކުން އިޝްހާ ގެ މޫނަށް އަރާފައިބައިގެން ދިޔަ ކުލަވަރުތައް ވަންހަނާ ވާ ގޮތެއް ނުވިއެވެ. ލުއި ހިނިތުންވުމަކަށް ފަހު ރީހާން މަގުމައްޗަށް ސަމާލުކަން ދެމުން އަނެތްކާ ވެސް އިޝްހާ އަށް ސަމާސާ އެތް ކޮށްލިއެވެ. ” އިޝޫ ވަރަށް ލޯބި ބްލަޝް ވީމާ ” މިފަހަރު ވެސް ރީހާން ބުނެލިއެވެ. ” ދެން ރީހާން ” ތުންކޮޅުދަމާލަމުން އިޝްހާ ބުނެލީ ލަދުގަންފާވަރު ނުދެއްކުމަށެވެ. އެކަހަލަ ލޯބީގެ އެކިއެކި ސަމާސާތައް ކުރަމުން ދިޔައިރު ދެ ހިތް ވެސް ވަނީ އުފާވެރިކަމުގެ ތެރޭގައެވެ. ދުލުން ހާމަ ނުކުރިއެތް ކަމަކު ދެހިތުގައި ވާ ލޯބި ވަނީ އެކަކު އަނެކަކަށްޓަކައި އިންތިހާ ދަރަޖައަށް އިތުރުވެފައެވެ. ދެއަތްގުޅާ ލަމުން ގޭތެރެ އަށް ދެމީހުން ވަދެގެން ދިޔައީ އެކަކު އަނެކަކާ ވާޙަކަ ދައްކަމުންނެވެ. މި މަންޒަރުބަލަން ހުރި ސަނާ ގެ މޫނުމަތީގައި ވަނީ ފުޅާ ހިނިތުންވުމެކެވެ. ކޮޓަރިއަށް ވަން ގޮތަށް ރީހާން ތާޒާވެލަން ވަން ވަގުތަކީ އިޝްހާ ގެ ފޯނު ރިންގްވި ވަގުތެވެ. ގުޅަނީ އޭނާ މަންމަ ކަމުން ލަސްތަކެއް ނުކޮށް ފޯނުނަގަން އިޝްހާ އަވަސްވެގަތީ މިހާޜު ވާހަކަ ނުދެއްކޭތާ ވެސް ދުވަސްތެކެއް ވެފައިވުމުންނެވެ. ” މަންމާ ކިހިނެތްތަ؟” ފޯނުނެގުމަތް ފަހު ފުރަތަމަ ވެސް އިޝްހާ ވާހަކަ ދެއްކިއެވެ. ” އަލްޙަމްދްލިއްﷲ މަންމަ ހަމަ ރަނގަޅު ދަރިފުޅު ކިހިނެތް ” އެކޮޅުން ޔުސްރާ ބުނިއެވެ. ” އަޅުގަނޑުވެސް ރަނގަޅު ” އިޝްހާ ބުނެލިއެވެ. ” ދަރިފުޅާ މަންމަ ބުނީ މިއަދު ހަވީރު ރީހާން ގޮވާގެން އަންނާޗޭ ގެއަށް ސައިބޯން ” ޔުސްރާ ބުނެލިއެވެ. ” ލައްބަ ” ކުރުކުރު ޖަވާބަކުން އިޝްހާ ފުއްދާލިއެވެ. ދެމައިން ވާޙަކަ ދައްކަން އެތައް އިރަކު ތިއްބެވެ. ފާހަނަ އާ ފުރަގަސް ދީގެން އެނދުމަތީ އިޝްހާ އިނުމުން ފާހަނައިން ރީހާން ނިކުންއިރުވެސް އިޝްހާ އަކަށް ހިލަމެތް ނުވިއެވެ. އަތުގައި އޮތް ތުވާލި ސޯފާ މައްޗަށް އެއްލާލަމުން ރީހާން ގޮސް ފަހަތުން އިޝްހާގައިގައި ބައްދާލިއެވެ. އެއާއެކު އިޝްހާ ގެ ހަށިގަނޑައް ލޮޅުމެތް އައެވެ. ވަގުތުން ފޯނުކުރުކޮށްލުމަށް ފަހު އޭނާގެ ކޮނޑޫގައި ދަތްދޮޅި އަޅުވާލައިގެން އިން ރީހާން އަށް ބަލައިލިއެވެ. ރީހާން ގެ ހާމައަށް އޮތް ހަށިގަނޑު ގައިގައި ޖެހުމާއެކު އިޝްހާ ގެ ގައިން ހީބިހިނެގިއެވެ. ލަދުވެތިކަން ވެސް އިޙްސާސް ކުރެވުނެވެ. އެހެންއިނދެފައި ރީހާން ހާމަ އަށް އޮތް އިޝްހާގެ ކަނދުރާގައި ބޮސްދިނުމާއެކު އިޝްހާ އޭނާގެ ލޯމަރާލިއެވެ. ” ދެން ރީހާން މިގަނޑިއަކު ނޫން ތާޒާ ވެލަން ދާންވެއްޖެ ” އަވަސްވެފައި ވާ ރީހާން ގެ ހަރަކާތްތަކުން މިންޖުވަމުން އިޝްހާ ބުނެލިއެވެ. ރީހާން ވެސް ބޯޖަހާލީ އެކަމާ އެއްބަސް ވާފަދައިންނެވެ.
****************
ހަވީރުގެ ހިޔާޖެހިފައިވާ މަގުމަތީގައި މީހުން ގިނަހެން ފާހަގަ ކުރެވުނެވެ. ހަވީރުގެ ހިތްގައިމު ވަގުތައް ވުމާއެކު އެކިއުމުރު ފުރައިގެ މީހުންވެސް މަގުމަތީގައި ހަރަކާތްތެރިވަމުން ގެންދިޔައެވެ. އިޝްހާ އަދި ރީހާން ވެސް މަޑުހިނގުމެތްގައި ދުވާރުމަތިން އަންނައިރު ދެމަފިރިން ގެ މޫނުމަތީގައި ވެސް ވަނީ ހިތްހަމަ ޖެހުމެވެ. އެކަކު އަނެކަކާ ވާހަކަ ދައްކަމުން ދިޔައިރު ދެމީހުންނަށް ބަލައިލި ކޮންމެ މީހަކަށް އެއީ ބާއްޖަވެރި ހަޔާތެއް ވޭތުކުރަންމުން އަންނަ ދެމަފިރިންކަން ޝައްކަކާ ނުލާ އިނގޭނެއެވެ. ނަމަވެސް މިދެމީހުންގެ ހަރަކާތައް ކަޅިއަޅާން ތަންކޮޅެއް ދުރުގައި ހުރި ޔޫލީ ގެ ލޭކެކެމުން ދާ ކަހަލައެވެ. ހަވީރުގެ ވަގުތުކަމުން އެކުވެރިންނާއެކު ހިނގާލަން ނިކުން ޔޫލީ އަށް އިޝްހާ މެން ފެނުމާއެކު ކޮންމެސް ކަހަލަ ޖެއްސުމެއް ކޮށްލަން ހިތަށްއަރުވައިގެން އެދެމީހުންނާ ދިމާލަށް ދިޔައެވެ. މޫނުނުފެނާނެހެން ޔޫލީ ހުރިއިރު އެމީހުންނާ އެތްވަރުކޮށްލުމަތްފަހު ގަސްދުގައި މަގާ ވީފަޅިއަށް ހުރި އިޝްހާ ގައިގައި ޖެހިގަތީ މަގުމައްޗަށް ވެއްޓޭނެ ކަމުގެ އުންމީދުގައެވެ. ނަމަވެސް މަޑުހަޅޭކަކާއެކު ވެއްޓެން ދިޔަ އިޝްހާ ގެ އުނގަނޑުގައި ރީހާން އަތް އަޅޫވާލަމުން އޭނާ ކައިރި އަށް ދަމާލިއެވެ. މަގުމަތީގެ އެތައް ބައެތްގެ ނަޒަރުތައް އެ ތަނަށް ހުއްޓެމުން ދިޔައެތް ކަމަކު ރީހާން އަޅައިނުލާ ހުރީއެވެ. ރީހާން ގެ ލޮލުގައި އަޅާއިގަތުމުގެ ކުރިން ޔޫލީ އެތަނުން ދާން މިސްރާބުޖެހިއެވެ. ” އިޝޫ ޔޫ އޯކޭ ؟ ” ބިރުން ފިތްކަނޑާގެން ދާވަރުވެފައި ހުރި އިޝްހާ ގެ މޫނުގައި ދެއަތުން ހިފާލަމުން ރީޙާން އަހާލިއެވެ. މަޑުމަޑުން ބޯޖަހާލަމުން ދެމީހުންވެސް ޖެހިގެން ހުރި އިޝްހާ މެންގެއަތް ވަދެގެން ދިޔައެވެ. އެއިރު ވެސް އިޝްހާ ގެ ނޭވާ ދިޔައީ ހަމައަކަށް އަޅުވަމުންނެވެ.
” އަހާ ދަރިފުޅުމެން ދެމީހުން އަވަހަށް ވަދޭ ” ބެލްޖެހުމާއެކު ދޮރުހުޅުވަން ދިޔަ ޔުސްރާ އޭނާ ކުރިމަތީގައި ހުރި އިޝްހާ އަށް ތަންދައްކަމުން އެތެރެއަށް ވަތެވެ. އެތެރެ އަށް ވަންއިރު ޓީވީއަށް ގެއްލިފައި އިން ހުމެއިދު އަށް ވެސް މިދެކުދިން ފެނުމުން ސޯފާގައި އިށީންނަން އިޝާރާތް ކުރިއެވެ. ” ދެން ލަސްނުކޮށް ދަރިފުޅުމެން އަންނަގަ ސައިބޯން ” މޭޒުދޮށައް ޖެހިލަމުން ޔުސްރާ ބުނެލިއެވެ. އެކިއެކި ވާހަކައިގައި ތިބެ ހަތަރުމީހުން ވެސް ސައިބޮއެ ނިންމާލަމުން ސޯފާގައިވެސް އަނގަތަޅާލަން މަޑުކޮށްލުމަތްފަހު ރީހާން އަދި އިޝްހާ ވެސް ގެއާދިމާލަށް ދާން މިސްރާބުޖެހީ އޮރުއޮއްސުމުންނެވެ.
***********
ހަލުވިކަމާއެކު ދުވަސްތައް ފާއިތުވަމުން ދިޔައީ އިޝްހާ އަދި ރީހާން ގެ ދިރިއުޅުމަށްވެސް ބަހާރުމޫސުން ގެނެސްދެމުންނެވެ. އެކަކު އަނެކަކާ އެކު ވަގުތު ހޭދަކުރާއިރު ނުފިލާ ހިނިތުންވުމެއް ދެމީހުންގެ މޫނުމަތީގައި ވެސް ކުޅެލަކުޅެލަ ހުރެއެވެ. ޔޫލީގެ އުނދަގޫ ވެސް އެކިގޮތްގޮތަށް އިޝްހާ އަށް ފޯރައެވެ. މަގުމަތިން ދިމާވީ އާ ކޮންމެސް ކަހަލަ ޖެއްސުމެއް އަބަދުވެސް ހުންނަނީ ކޮށްލަކޮށްލައެވެ. އޮފީސްތެރޭގައި ވެސް ރީހާން އާއި ގާގޯޅިވާން މަސައްކަތް ކުރާއިރު ރީހާން ގެ ސިކުނޑިފަޅައިގެން ދާހާވެއެވެ.
ރޭގަނޑޫގެ ވަގުތެވެ. ދިއްލާލައިފައިވާ ހޮޓެލް ތެރޭގައި މީހުން ގިނައެވެ. މުޅިތަން ޖަރީކޮށްފައި ވަނީ ރަތާ ގޯލްޑް ކުލައިންނެވެ. މަލުގެ އެކިއެކި ގުލްދަސްތާ ތައް މުޅިއެ ހޯލް ތެރޭގައި ފުރާލާފައިވާއިރު ކޮށްފައިވާ ޑެކޮރޭޝަން ތަކަށް ތަޢުރީފް ހައްޤުވާވަރެވެ. މީހުންގެ ހިއްތައް އަތުލާފައިވާ މި ހޯލްތޭރޭގައި ވަކިން ރީތިކޮށްލާފައި ހުރި ތާ ހުއްޓިލައިގެން ހުރި އީމާ ގެ އުނގަނޑުގައި އަތްވަށާލައިގެން ޒިހާން ހުއްޓެވެ. ދެމީހުންގެ ވެސް ކައިވެނީގެ ވަލީމާ ކުރިއަތްދިޔައިރު އެދެމީހުން ކައިރީ އިޝްހާ އަދި އީނާ ހަރަކާތްތެރިވަމުން ދިޔައެވެ. ރަތާ ގޯލްޑް ކުލަ ހިމޭނޭނެހެން ފަހާފައިވާ އަބާޔާއެތް ލައިގެން ހުރި އިޝްހާ އެހެން ދުވަސްދުވަހާ ހިލާފަތް ވަނީ މަޑުމަޑު މޭކަޕެތް މޫނުގައި ކޮށްލާފައެވެ. ގޯލްޑްކުލައިގެ ޝޯލް ތެރެއިން ފެންނަން އިން ދޮންމޫނަށް އެތައް ފިރިހެނެއްގެ ނަޒަރު ހުއްޓެމުންދިޔައިރުވެސް އިޝްހާ ގެ ނަޒަރު ހުއްޓެނީ ކަޅުކުލައިގެ ފަޓުލޫނަކާ ކަޅު ރަތްކުލައިގެ ގަމީހެތްގައި ހުރި ރީހާން އަށެވެ. ހުދު ރީހާން އަށް ވެސް އިޝްހާ ގެ މޫނުން ނަޒަރުވަކިކޮށްލަން ވަނީ އުނދަގޫކަމަކަށް ވެފައެވެ. މިދެމީހުންނެކޭ އެއްފަދައިން ކައިރިކައިރި ތިބި މާއިޒް އަދި އީނާ ވެސް ދިޔައީ އެކަކު އަނެކަނާ ލޯބީގެ ސަމާސާތައް ކުރަމުންނެވެ. އިޝްހާ އެކޭ އެއްގޮތައް އީނާ ވެސް ވަނީ ހެދުން ފަހާފައެވެ. ނަމަވެސް އީނާ ލައިފައިވަނީ ކަކުލުން ތިރިއަށް އަންނަ ވަތްތިރިހެދުމެކެވެ. ރީޙާން އާއި މާއިޒް ވެސް ވަނީ ހަމަ އެއްގޮތަކަށް ހެދުން އަޅާފައެވެ. ޕާޓީއަށް އައިސްތިބިމީހުން މަދުވުމާއެކު ދެން ފެށިގެން ދިޔައީ އާއިލާ އާއި ގާތް ރަޙްމައްތެރިން އެކުވެގެން ބާއްވާ ފޮޓޯޝޫޓް އެކެވެ. އީނާ އަދި އިޝްހާ އާއެކު ތަފާތު ވައްތަރު ފޮޓޯ އީމާ ނެގިއެވެ. އަދި ޒިހާން އާއި އެކުވެސް އެތައް ބައިވަރު ފޮޓޯއެއް ނެގިއެވެ. ” އެންމެ ފަހުން އީމާ އެން ޒިހާން ގެ ކައިވެނިވެސް ނިމުނީ މިގެން ދެން އޮތީ މާއިޒް ގެ ” ލާނެތް ރާގަކަށް ރީހާން ބުނެލިއެވެ. އެއިރު ލަދުން އީނާ އިސްޖަހާލީ ރީހާން އާއި ދިމާއަށް ކުދިކިޔަމުންނެވެ. ” ތިޔަދުވަހެއް ވެސް ދުރެތް ނޫން ދޯ ލޯބީ” އީނާ ގެ އުނަގަނޑުގައި އަތްވަށާލަމުން މާއިޒް ބުނެލިއެވެ. ދެލޯބޮޑުކޮށްލަމުން އީނާ މާއިޒް ގައިގައި ބޮޑިއެއް އަޅާލިއެވެ. އެއާއެކު ހަމީހުން ތިބިމިމޭޒްގައި ގުގުމާލީ އެންމެން ގެ ހުނުމުގެ އަޑެވެ. ދަންވިފަހުން ރީހާން އިޝްހާ ގެއަށް އާއިރު މާއިޒް އީނާ ގޮވާގެން އެއިރު ގެއަށް އައިސްފިއެވެ. ރީހާން އާއި އިޝްހާ އަށް ރޭގަނޑުގެ ތަހުނިޔާކިޔުމަށް ފަހު މާއިޒް ވެސް ގެއަށް ދިޔުމަށް އަވަސްވެގަތެވެ. ރީހާން މެން ދެމަފިރިންވެސް ލަސްތަކެއް ނުކޮށް ތާޒާވެލައިގެން ނިދަން އެރީ މާދަމާ ވެސް މަސައްކަތުގެ މައިދާނަށް ނިކުންނަން ޖެހޭ ދުވަހަކަށް ވީތީއެވެ. ރީހާން ގެ އަތުތެރޭގައި އޮތް އިޝްހާ އާއި ސަމާސާ ކޮށްލުމަތްފަހު ދެމީހުންވެސް ނިދީގެ ފުންކަނޑަށް ގެބިގެން ދިޔައީ އެކަކު އަނެކަކުގެ އަތުތެރޭގައި އޮތްވައެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.




Hey bestie ♥️♥️♥️♥️♥️♥️♥️♥️
Hama buxy kamun cmnt eh nukoh levenee,ekamu kiyan ingey♥️♥️♥️♥️♥️♥️♥️♥️♥️
BTW VRH vrh reethi ingey mi vhk kuri ah dhaagoi♥️♥️♥️♥️♥️♥️♥️♥️♥️♥️
Yoolee Kaley haadha nulafa ey dhw,meehun ge dheythere ah vannan hama ehvana dhw,?
Reehaan & Ishoo vrh lwbi♥️♥️♥️♥️♥️♥️
Ma vx beynun reehaan kahala soreh,mi kamaa visanhchey?☺
Zihaan & Eema ah congrats ♥️♥️♥️♥️♥️♥️
Dhen maaiz and eena ge kaiveni ah mi inthixaaru kurevenee,mashah kaan govahchey?
Keep it up darling ♥️♥️♥️♥️♥️♥️♥️♥️
Waiting for the next♥️♥️♥️♥️
Lysmmmmmmm♥️♥️♥️♥️♥️♥️♥️♥️
Take care ♥️♥️♥️♥️♥️♥️♥️♥️
Omg heyy bestie ❤️❤️❤️
I know eyy buxy Kan so no need of swry ❤️❤️
Thank uuu sooo much ingeyy xeee❤️❤️
Vrh happy vehje kamudhiyaamaa❤️❤️❤️
Hahahahaha nulafaa dhw Hama ???
Reehaan kahala soreh dhw .❤️❤️❤️ Dhn ma kihineh bestie eh ekahala soreh hwdaa deynee. ❤️❤️Thikamaa ulen jeheynee bestie eh nu ❤️❤️
Hahahahahhaha??????❤️❤️
Aaan kaan govaana Haas nuvey ❤️❤️
Keep waiting ingeyyy ❤️❤️
Lymmmm❤️❤️
Stay safe ❤️❤️and tvgc❤️❤️
V reethi mi part vex Masha Allah ❣️❣️❣️❣️❣️❣️❣️
Kon irakun next part?
Hello readers❤️❤️
Hope u love this part ❤️❤️
Next part ISA soon❤️❤️
Keep waiting ❤️❤️
Stay safe❤️❤️ and tvgc❤️❤️
In reply to princess
Thank uuu soo much ❤️❤️❤️
Vrh ufaavheje mi part vxx kamudhiyaamaa❤️❤️❤️❤️❤️
Next part miadu submit kohlaana ISA ❤️❤️
Keep waiting❤️❤️
Stay safe ❤️❤️and tvgc❤️❤️
ey..
vvvv bxy koh ulhemun ingey mi cmnt eh kohlanee…
quran course test thah feshigen ulheytheeve.. ehnve ehaa kuru cmnt eh ingey.. sry..
vvvvvvvvvvvv reethi mi prt vx as usual..
keep it up sisyyyy..
ss nd tvgc….
lyyyyyyyysmm
myssssssssssmm