ހިތްދަތި ދުވަސްތައް 11
ނައުފް ދިޔަދިމާލައް ކިޔާރާވެސް ނައުފް ފަހަތުން ދުއްވައިގަތެވެ.އޭނަގެ ބިރު ދިޔަ ތަނެއްވެސް ނޭނގެއެވެ.
ކިޔާރާ އަށް ނައުފް އަތުވީ ފުދޭވަރަކަށް ދުރަށް ދެވުނު ފަހުންނެވެ.އޭނަ ދިޔަގޮތަށް ގޮސް ނައުފް ގެ އަތުގައި ހިފެހެއްޓި އެވެ.”ނައުފް ކޮންތާކަށް..ހިނ..”
“ނަން އޮފް ޔޯ ބިޒްނަސް.. ކިޔާރާއަށް ކޮން ބެހޭކަމެއް އަހަރެން ކޮންމެ ތަކައް ދިޔަސް…ކަލޭ އަމަޔާ ބަފަޔާ ކައިރިއަށް މަ މިދަނީ…އެހެންޏަ މި ކިޔާރާއަކާހެދި އަހަރެންނައް ހަމަޖެހިގެން އުޅެވޭނީ އެއް ނޫން..ހަމަ ބޮޑު މުސީބާތެއް.”ނައުފް އެހެންކިޔާފައި ކިޔާރާ ދުރަށް ކޮއްޕާލިއެވެ.ކިޔާރާއަށް ބެލެނސް ނުކުރެވިގެން ބިންމައްޗަށް ވެއްޓުނެވެ.ކިޔާރާ މައިންބަފައިންނާ ބެހުމުން ކިޔާރާ ނައުފް ދެކެ ރުޅި އައެވެ.
ނައުފް އުޝާދެކެ އައިސް ހުރި ރުޅި ބޭލުނީ ކިޔާރާއަށެވެ.އެކަމާ އޭނާ ވަރަށް ދެރަވެސް ވިއެވެ.
ކިޔާރާ ދެރަވިވަރުން ލޮލުން ކަރުނަ އައެވެ.ތެދުވިގޮތައް ދެވޭ ނުދެވޭ ތަނެއް ނޭނގޭ ހާލުގައި ދުއްވައިގަތެވެ.
ނައުފް މާފައް އެދެން ކިޔާރާ ގާތައް ފިޔަވަޅެއް އަޅާލިތަނާ ކިޔާރާ ބާރައް ދުއްވައިގަތެވެ.ނައުފްވެސް ކިޔާރާ ފަހަތުން ކިޔާރާ ދިޔަ ދިމާއަށް ދުއްވައިގަތެވެ.
ކިޔާރާ ދުވަމުން ދުވަމުން ނުކުމެވުނީ ރަށުގެ ތުނޑި ފަރާތަށެވެ.ކިޔާރާއަށް ދޮންވެލިގަނޑުގައި އިށީނދެ ރޮވެން ފެށުނެވެ.”މިދުނިޔޭގަ ތިބީ ހުސް އަހަރެން ދެކެފޫހިވާމީހުން..ކީއްވެ..ކޮބާއަހަރެންގެ ކުށަކީ.. އަހަރެން ނިކަމެތި ވީމަތަ ނޫނީ މައިންބަފައިން ނެތީމަތަ.”
ނައުފް އަށް އާދެވުނީ ކިޔާރާ އެގޮތައް ޝަކުވާ ކޮށް ކޮށް އިންދައެވެ.ކިޔާރާގެ މައިންބަފައިން ނެތްކަން އެނގުމުން ނައުފް ނިތްކުރީގައި އަތުން ޖަހާލީ އޭރު ކިޔުނު އެއްޗެހި ހަނދާން ވުމުންނެވެ.
ނައުފް ގޮސް ކިޔާރާ ގާތު އިށީނެވެ.އިށީންދެ ކިޔާރާގެ ދެކޮނޑުގައި ހިފާލިއެވެ.ކިޔާރާ ދިޔައީ ސިއްސައިގެންނެވެ.
“ކީކުރަން ތިއައީ..އަހަރެން މީ ބޮޑު މުސީބާތެއްނު.. ކީކުރަން މުސީބާތެއް ފަހަތުން ތިއައީ..”ނައުފް ގެ އަތް ފޮޅުވާލަމުން ކިޔާރާ ރޮމުން ކޮޅަށް ތެދުވިއެވެ.”ކިޔާރާ ޕްލީސް ފޮގިވް މީ..އަހަރެން..އަހަރެން ގަސްތުގަ އެއނޫން.. އުޝާދެކެ އައިސް ހުރި ރުޅި ބޭލުނީ ކިޔާރާއަށް..ސޯ ސޮރީ..އައި ފީލް ގިލްޓީ..އަހަރެންނައް ކިޔާރާއަށް ވަރަށް ހާޓް ކުރެވިއްޖެ..ސޯ ސޮރީ..”ނައުފް ދެރަވިވަރުން އަޑު ބެދުނެވެ.”ވައި ކީއްވެ.. ތިމީހުންނައް އަހަރެން.ި ދުނިޔޭގަ އުޅޭތީވެސް އުނދަގޫ ވޭ….އެހެންވީމަ ޑޯންޓް ވޮރީ..ދެން އަހަރެންނާ ހެދި އުނދަގޫ ވެގެން އުޅޭކަށް ނުޖެހޭނެ..އަހަރެންނާ ހެދި އެކަކަށް ވެސް އުނދަގޫ ވާކަށް ބޭނުމެއްނޫން..އަހަރެން މިދަނީ..”
ކިޔާރާ ދުމެއް ޖެހިހެން މޫދާދިމާއަށް ދާން ހިނގައި ގަތެވެ.ނައުފްއަށް ކިޔާރާ ކުރަން އުޅޭ ކަންތައް އެނގުމުން ކިޔާރާ އޭނަގެ އަތުތެރޭ ހައްޔަރުކުރިއެވެ.
ލީވް މީ..އަހަރެން ބޭނުމެއްނޫން މި އަނިޔާވެރި ދުނިޔެއެއްގައި އުޅޭކަށް.”ކިޔާރާ ގަދަހަދަން ފެށިއެވެ.”ނޯ ކިޔާ.. ޕްލީސް ޑޯންޓް ޑޫ ދެޓް.. ޕްލީސް ޑޯންޓް ލީވް މީ.. އަހަރެންނަކައް ކީޔާރާއާއި ނުލައެއް ނޫޅެވޭނެ..””ނައުފް..ކްކްކީކޭ..ކީއްވެ..އައައަހަރެންނާ ނުލާ..ނޫޅެ..”ކިޔާރާ ހުރީ ޝޮކެއްގައި އެވެ.ކިޔާރާ މަޑުމަޑުން ނައުފް އާއި ދުރަށް ޖެހެލިއެވެ.”ކޮޒް އައި ލަވް ޔޫ ސޯ މަޗް ކިޔާ.. އަހަރެންނައް ނޭނގެ ކޮންއިރަކު ކަމެއްވެސް.. އައި ނޯ ދެޓް އައި ރިއަލީ ލަވް ޔޫ..”
ނައުފް އެހެން ބުނުމުން ކިޔާރާ ދެލޯ ބޮޑުވީ ލިބުނު އުފަލެއްގެ ބޮޑު ކަމުންނެވެ.ނަމަވެސް ދެވަނަ ސިކުންތުގައި ނައުފް އޭނަދެކެ ލޮއިއްބެއް ނުވެވޭނޭ ހިތައްއެރުމުން އޭނާ ހިނިގަނޑެއް ޖަހާލިއެވެ.”ހީހީ.. ނައުފް އަހަރެން މީ މޮޔައެއް ނޫން.. ނައުފް އަހަރެންދެކެ..އެވިސް ލޯބި..ލޮލް..ސަޗް އަ ޖޯކް.””ކިޔާ އިޓްސް ނޮޓް އަ ޖޯކް.. ސީރިއަސްކޮށް އައި ލަވް ޔޫ..”މި ފަހަރު ނައުފް ބުނި ގޮތުންވެސް އެއީ ތެދުކަން އެނގުނެވެ.
“ސޯ.. އައިމިނަތު ކިޔާރާ ވިލް ޔޫ ބީ މައި ގާރލް ފްރެންޑް.”ނައުފް އެހެން އެހުމުން ކިޔާރާ އުފަލުން ޔޭސް އޭ ކިޔާ ހަޅޭއްލަވައި ގަނެ ނައުފް ގައިގާ ބައްދާލިއެވެ.އެދެމީހުން ނިންމީ އެންމެނަށް ސަޕްރައިޒް އެއް ދޭށެވެ.
“އެކަމް އެގަޑީގައި ނައުފް އާ އުޝާ..؟”ދިޔަ މަގުމަތީގައި ކިޔާރާ އަހާލިއެވެ.ނައުފް އަކުރުން އަކުރަށް ވީގޮތް ކިޔައިދިނެވެ.ކިޔާރާ އުޝާ ދެކެ ވަރަށް ރުޅިއައެވެ.”ކިޔާ ކިޔާގެ ނަމްބާ އަހަރެންނައް ދީބަ.”ނައުފް އެހެން ބުނުމުން ކިޔާރާ އިސްޖަހާލިއެވެ.”ނުގެންގުޅެން ފޯނެއް”ކިޔާރާ ދެރަވިއެވެ.އޭނަގެ އުމުރު ހުރިހާ އެންމެން މިހާރު ފޯނު ގެންގުޅޭނެކަން ޔަގީނެވެ.
ކިޔާރާ ފޯނު ނުގެންގުޅޭ ވާހަކަ ބުނުމުން ނައުފް ހައިރާންވިއެވެ.”އެކަމް އެއްކަލަ ރޭ އެއީ ކާކުގެ ފޯނެއް..؟””އެއީ ނާޔާގެ”ކިޔާރާ އެހެންބުނުމުން ނައުފް އޯހް އޭ ބުނެލި އެވެ.
އެދެމީހުންނަށް އެތަނައް ދެވުނު އިރު އެންމެން ވެގެން ސޮސެޖް އާއި ކުކުޅު އަދި ޕާން ފިހެ ނިންމާލަނީއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

