Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިކުޑަކުދިންގެ

ޕޯޝަން – 6

Aashii
Aashii Level 310 Stories100 Login
June 20, 2021 4 Mins Read
0 Comments

 

ކޮޓަރިއަށް ދާންވެގެން ނެގި ފިޔަވަޅާއިއެކު އަނާއަށް ބަދިގޭން ކާތަށިތައް ތަޅުވާ އަޑު އިވުނެވެ. ޔަގީނެވެ. މަންމަ އަދިވެސް ނުނިދަނީއެވެ. މީހެއްގެ ފިޔަވަޅުތަކުގެ އަޑު ބަދިގޭގެ ދޮރާއި ގާތްވަމުން އަންނަކަން ފާހަގަ ކުރެވުމުން އަނާ އަޅައިގެން ހުރި ދަބަސް ކައިރީގައި ހުރި ވާސްގެ ބިއްދޮށުގައި ބެހެއްޓިއެވެ.  ބުރުގާ ވެސް ނަގައި ސޯފާ މައްޗަށް ހޫރާލިއެވެ. ނިކަން ސާދާ ހިނިތުންވުމާއިއެކު އަނާއަށް އެރުނީ ސީދާ ރިހާނާގެ ކުރިމައްޗަށެވެ.

 

“އަނާ؟؟ .. ނުނިދަންތަ އަދިވެސް؟ ..” ރީހާނާގެ މޫނުމައްޗަށް ރުޅިވެރިކަން ފާޅުވާން ފަޅި ސުކުންތެއް ވެސް ނުނެގިއެވެ. އަނާއަށް ނޭވާލާން ވެސް ހަނދާން ނެތުނެވެ. “ނޫ…ން .. މީ ފެންބޯން ވެގެން ..” ދެމިދާނޭ ފުރުސަތެ ލިބޭތޯ އަނާ ދުޢާކުރިއެވެ. “މިގަޑީ؟؟ ފެންބޯން މިގަޑީ އަނާ ތެދުވެގެން ތިއުޅެނީ؟ ..” ރިހާނާގެ ސުވާލަކާ އަނެއްކާވެސް ކުރިމަތިލާން ޖެހުނެވެ. އާއެކޭ ބުނެ ތައްޓަކަށް ފެންއަޅައިގެން އެއްނޭވާ މަތިން އަނާ އޭތި ބޯލިއެވެ.

 

ފެން ބޮއެ އަވަދިވެގެން  ބަދިގޭން އަނާ ނިކުތް އިރު ރީހާނާ ކޮންމެވެސް ވައްތަރެއްގެ ޗެނަލެއް އަޅުވައިގެން ޓީވީ ބަލަން އިނެވެ. ރީހާނާ އިނީ އަނާ އަށް ފުރަގަސް ދީގެން ކަމުން ނުހަނު  ފަހި ފުރުސަތެއް އަނާއަށް ދަބަސް ހިފައިގެން ދިޔުމަށް ލިބުނެވެ. އެންމެ ވަގުތެއްވެސް ބޭކާރު ކޮއްނުލާ އަނާ އަވަހަށް އެދަބަސް،އެ ހަނި ހަނި ދޭތެރެއިން ދަމައިގަތެވެ. ކުޑަ ކުޑަކޮށް ތެޅިލި ވާސްގައި އަނާއަށް ނުހިފެހެއްޓުނު ނަމަ އޮންނާނީ ކަންތަކާއި ލައިގަނެފައެވެ. ބޯހޫރުވާލަމުން އައްސިވެފައިވާ އަތުން ދަބަސް ހިފައިގެން އަނާ ކޮޓަރިއަށް ވަނެވެ.

 

ނިދަންލާ އެއްޗިހި ލައިގެން އަނާ ފާހަނައިން ނިކުތީ ރީއްޗަށް ފެންވަރައިލައިގެންނެވެ. ރީތިވާ މޭޒުކައިރީ ބޮލުގައި ތުވާލި އަޅައިގެން ހުރި އަނާ ކުޑަކޮށް ރީތިވެލިއެވެ. ނިދާށެވެ. ރޭ ހަތަރުދަމު ނުނިދާ ހުރުމުގެ ސަބަބުން އަނާ ހުރީ ފާޑަކަށް ލޮޑުވެފައެވެ. ކުޑަކުޑަ ސެންޓުކޮޅެއް ގަޔަށް ބުރުވަލަމުން އަނާ ގޮސް އެނދުގައި އިށީނެވެ.

 

ހަމަ އެވަގުތެވެ. ދުވަހަކުވެސް ނުނަގާ ވައްތަރުގެ ދިލައެއް އަނާގެ ފައިން ނަގައިގަތެވެ. ކެތްނުކުރެވޭ ދަރަޖަޔަށް ދިޔުމުން، އަނާ އެންމެ ގާތުގައި އެނދުގެ ފަނޑި މަތީގައި ބަހައްޓާފައި ހުރި ފެހި ކޯލާވަޓަރު ފުޅި ފައިމައްޗަށް އޮއްސާލިއެވެ. ތަދުގަނޑު ފިލީ އެހިސާބުންނެވެ. އަނާއަށް ނިދޭވަރުވަރު ވުމުން ބާލީހުގައި ބޯއަޅާލަމުން ލޯމަރާލިއެވެ.

 

* ********** *

*** ހެނދުނު ***

* ********** *

 

އެނދުގައި ނިދާފައި އޮތް އަނާއަށް ހޭލެވުނީ ނިދާފައި އޮތްތާ އެންމެ ހަތަރު ގަޑި އިރު ފަހުންނެވެ. އޭނާ ކުޑަކޮށް އާފުރިލަމުން ގަޑި ބަލާލިއެވެ. އަދި ކިރިޔާ އެވީ ހަ ގަޑި ތިރީހެވެ. އަދި ތެދުވާކަށް ނުޖެހެޔޭ އަނާގެ ހިތް ބުނެލުމާއިއެކު އޭނާ އަނެއްކާ ވެސް އެނދަށް ވެއްޓިގަތެވެ. އަދި ވެސް އެއްފަހަރު ނިދާލުމުގެ ނިޔަތުގައެވެ. އިރުކޮޅެއްފަހުން އަނާއަށް ހޭލެވުނީ ފާޑެއްގެ ހުވަފެނެއް ފެނިގެންނެވެ. އެއްތާކަށް ނަޒަރު ހުއްޓާލައިގެން ވިސްނުމެއްގައި އޮތް އަނާއަށް ގަޑި ބަލާލުމަށް ހަނދާންވިއެވެ. ދެވަނަ ފަހަރަށް އަނާ ގަޑި ބަލާލިއިރު ގަޑިން ވީ ހަތްގަޑި ފަނަރައެވެ. ބޯހޫރާލުމަށް ފަހު އަނެއްކާ ވެސް އަށެއް ޖަހާއިރު ތެދުވުމުގެ އުންމީދުގައި އަނާ އޮށޯތެވެ. ނަމަވެސް ތެދުވެވުނީ އޭގެ ފަނަރަ މިނެޓު ފަހުންނެވެ. މިވާގޮތެއް އަނާއަކަށް ނޭނގުނެވެ. އަނެއްކާ މިއީ ހުވަފެނެއް ބާއެވެ؟

ވިސްނަން ވެގެން ހުވާކޮއްފައި އެނދުމަތީގައި އޮތް އަނާއަށް ފުންކޮށް ނިދާލެވުނީ ނުވެސް ވިސްނާ ހުއްޓައެވެ. އިރުގަނޑެއް ފަހުން އަނާއަށް ތެދުވެވުނު އިރު ބޮލުގައި ރިހުމެއް އުފެދިފައި ހުއްޓެވެ. އިރު އިރު ކޮޅާ އަނާ ބެލީ މަންމަ އާދޭތޯއެވެ. ނަމަވެސް އެހާ ގިނަ ވަގުތު ފާއިތު ވިއިރު ވެސް މަންމައެއް ނައެވެ. އެންމެ ފަހުން އަނާ ގަޑި ބަލާލިއެވެ. އަސްތާއެވެ! ނުވައެއް ޖަހާ ބޮޑު ވެއްޖެއެވެ. ލިބުނު ސިހުމުގައި އަނާގެ ފައި ހަރަކާތެއްވެސް ނުކުރިއެވެ. ހަމަ އަސްލަށް ވެސް އެހާ ގިނަ ވަގުތު ފާއިތުވީ ހެއްޔެވެ؟؟

 

“އަޅޭ!! ..” އަނާ އެނދުން ތެދުވެ ދުއްވައިގަތެވެ. ބޮލުގައިވީ ރިހުމުގެ މަތިން ކުޑަ ވެސް ހަނދާނެއް  ނެތް ފަދައެވެ. ފާހަނައަށް ވަދެ ގައިން ތާޚިރުވެލައިގެން ނުކުމެ އަނާ ކާގެއާއި ދިމާލަށް މިސްރާބު ޖެހީއެވެ. މިހާރު މަންމަގެ ދެލޯ ނުނުކުންނާނެ ކަމެއް ވެސް ނޭނގެއެވެ. ތަޅުލައިގެން ނިދާލެވުނު އިރު ތަޅު ލީކަމެއް ވެސް އޭނައަކަށް ނޭނގުނެވެ. ރޭގައި އޭނާއަށް ވެފައި ހުރީ ކީއް ހެއްޔެވެ؟؟

 

ކައިގެން ހިތްހަމަ ޖައްސާލައި ފިނި ކޮއްލުމަށްޓަކައި އަނާ ބޭރަށް ނުކުތެވެ. ގޭގެ ބޭރުގައި ބަހައްޓާފައި ޖޯލީގައި އަނާ އޮތްއިރު ބަގީޗާގައި ގަސްތަކަށް ފެންދޭން ހުރި ރީހާނާ ލޮލުގައި އަޅައިގަތެވެ. ނަމަވެސް ރީހާނާއަކަށް އަނާ ނުފެންނަކަން ޔަގީނެވެ. ފެނުނުނަމަ ހަމަ މިހާރު ވަގުތުން ވަގުތަށް އައިސް ސުވާލު އުފައްދާނެއެވެ.

 

އިރުކޮޅަކު އިށީދެލިތަނާ އަނާ ފާހަނައަށް ދާން ޖެހުނެވެ. އެހެންކަމުން ފާހަނައަށް ދިޔުމަށްޓަކައި އަނާ ތެދުވެ ހިނގައި ގަންނަން ނެގި ފިޔަވަޅާއިއެކު ގޭގެ އޮޅިމައްޗަށް އަނާ ވެއްޓުނެވެ. ތެދުވެ ހިނގައިގަންނާކަށް އަނާއަށް ނޭނގުނެވެ. ފަޔަށް ބަރުވެގެން ކޮޅަކަށްވެސް އޭނައަކަށް ނުތެދުވެވުނެވެ.

 

“އަނާ؟؟ ..” ޔޫލީއަށް އެ ގެއަށް އާދެވުނީ އެގަޑީގައެވެ. އަނާ ފެނުމުން ބުނާނެ އެއްޗެއް ހިތަކަށް ވެސްް ނައެވެ. ޔޫލީގެ ފަހަތުން އައި ޔޫވްއަށް ވެސް އެމަންޒަރު ފެނިގެން އަނާއަށް ގޮވާލައިފިއެވެ.  “ޔޫވް! އަނާ އެއޮތީ ވެއްޓިފަ. ކީއްކުރާނީ؟ ..” ޔޫލީ އަހާލިއެވެ. “ކީއްކުރާނީ ހެއްޔޭ. އަނާ ނަގަން ހިނގާބަލަ ..”

 

“ޔޫލީ؟ ޔޫވްތަ؟ ކޮބާ ދޮންތަ؟ ..” ތަަދުވާތީ އަނާއަށް ކެތްކުރެވޭ ކަން ވެސް ނަސީބެކެވެ. ފަޔަށް ބަރުވެގެން ހީވަނީ ހަމަ އެހެން ކަމެއް ހެންނެވެ. އެ ފަޔަކީ އޭނަގެ ވައަތު ފައެވެ. ރޭ ތަދެއް އަރައިގެން އެފައެއްގެ މައްޗަށް ފެހި ކޮލާވަޓަރު އެޅި ފައެވެ.

 

“މަށޭ މީ. ކީއްވެ ވެއްޓިފަ ތިއޮތީ..” އަނާގެ އަތުގައި ހިފާ އަނާ ނަގަން ޔޫވް އުޅުމާއި އެކު ޔޫލީ ވެސް ދުވެފައި އައިސް އެދެކުދިންނަށް އެހީވިއެވެ.

 

“ނޭނގެ. މީ ރޭގަ އެއްކަލަ ދައިތަ ދިން ފުޅިން ތަންކޮޅެއް ވެއްޓުނު ފައޭ.. ކަމެއް ދިމާވީ ކަންނޭނގެ… ކީއްކުރާނީ ދޯ!..” ހާލުގައި ތިބެ ކޮޓަރިއަށް ވަންނަމުން އަނާ ޖަވާބު ދިނެވެ. “ދެން މަންމައަށް ނުދައްކަންތަ؟..” ޔޫލީ އަށް ބުނެވުނެވެ. ގަސްތުގައެއް ނޫނެވެ. ޔޫވްގެ ބުމަ ކައިރިވިއެވެ.

 

“ޔޫލީ!! ..” އަނާ ހިތްހަމަ ނުޖެހިފައި ގޮވައިލިއެވެ. ޔޫވް ވެސް ޔޫލީއަށް ބަލައިލިއެވެ. “ދެން ސޮރީއޭ!! ..” ބެލުންތަކުން ރެކެންވެގެން އަވަހަށް ބުނެލައިފައި ޔޫލީ އިސްޖަހާލިއެވެ.  ޔޫލީ ހުރީ ރޭގައި މަންމަމެންނަށް ވަގަށް އެ އިވެންޓަށް ދެވުނީމާ އެހާ ހިތްހަމަ ޖެހިފައެއް ނޫނެވެ.  ހިވަނީ ޚުދު އޭނަގެ އަމިއްލަ ނަފްސުވެސް އޭނައަށް  މަލާމާތް ކުރަނީ ހެންނެވެ.

 

“އެކަމް އަނާ ބަލަ. އަނާގެ ފައި .. މިއޮތީ ވަރަށް ބޮޑަށް ދުޅަވެފަ. މަންމަގެ ގާތުގަ ބުނަން ޖެހޭނެއޭ. އަނާއަކަށް ނުހިނގެއެއް ނޫންތަ؟ ކިހިނެއް އެނގެނީ މިސާލަކަށް އަނާގެ މުޅި ޙަޔާތް ވެސް ތިގޮތުގައި ވެއަތު ކުރަން ޖެހިދާނެ ކަމެއް؟؟  ތަޤުދީރު އެއީ އަޅުގަނޑުމެންނަށް އިނގޭ އެއްޗެއް  ނޫނޭ އަނާ؟!! ..”

 

ޔޫލީ ބުނެ ނިންމާލިއިރު ޔޫވް އިނީ އޭނައާއި ދިމާލަށް ދެލޯ ބޮޑު ކޮއްގެން ބަލާށެވެ. ޔޫލީ އެދިމާލަށް ނުބަލަން ވެގެން ކުޑަދޮރުން ބޭރަށް ބަލާލިއެވެ. “އާން ދޯ ..” އަނާއަށް ވެސް ވިސްނެން ފެށުނެވެ. ޔޫވް ކަންބޮޑު ވިއެވެ. އާމާލް ރުޅި އަންނާނެއެވެ. “އެކަމް މަންމަ ރުޅި އަންނާނެ ..” ޔޫވް ދެކޮޅު ހެދިއެވެ. އެއާއިއެކު އަނާ ބޯހޫރުވާލިއެވެ.

 

“ބުނަންވީ. މަންމަ ރުޅިއަޔަސް އަހަރެން އަމިއްލަ ހާލަށް ދޫކޮށެއް ނުލާނެ ..” އަނާގެ ބުނުމަށް ޔޫލީ ތާއީދު ކުރިއެވެ. ޔޫވް އަށް ބޯޖަހާލެވުނީއެވެ. “އޯކޭ!! ..”

 

*******

 

ހަވީރުގެ ވަގުތެވެ. ޔޫވް އިނީ ވާހަކަ ފޮތެއް ނަގައިގެން އަނާގެ އެނދުމަތީގައެވެ. އަނާއަށް އޮތީ ނިދިފައި ނަމަވެސް ކަންބޮޑު ވާ ވަރުން ޔޫވްމެން މެންދުރު ކާންވެސް ބޭރަކަށް ނުދެއެވެ.  ކާން ގެނައީވެސް ކޮޓަރި ތެރެއަށެވެ. ރަޖާއަޅައިފައި ޔޫލީ އާއި އެކު ބޭރަށް ހިނގައްޖެ ނަމަ ކޮންމެ ވަގުތެއްގައި ރީހާނާ ވަދެ ސުވާލުވެސް ކޮއްފާނެ ކަން ޔޫވްއަށް ވިސްނެއެވެ. ޔޫލީވެސް މެއެވެ.

 

މީހަކު ދޮރު ހުޅުވާލިހެން ހީވެގެން ޔޫވް ބޯހިއްލާ ބަލާލިއެވެ. އޭނަގެ ހިތް ތެޅިގަތީ ދޮރުގެ ތަޅުގައި ހިފައިގެން ހުރި ރިހާނާގެ މޫނު ފެނިފައެވެ.

-ނުނިމޭ-

އިންތިޒާރުކޮއްލައްވާ!!!!

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Aashii
Follow Me Written By

Aashii

Level 310 Stories100 Login

:))

Other Articles

Previous

ތީއޭ މިހިތުގެ ދިރުމަކީ (12)

Next

ހިތްދަތި ދުވަސްތައް 11

Next
June 20, 2021

ހިތްދަތި ދުވަސްތައް 11

Previews
June 20, 2021

ތީއޭ މިހިތުގެ ދިރުމަކީ (12)



All Right Reserved!