އިޔާޝް އާދައިގެ މަތިން ސްކޫލުން އައިސް ފޯނު ނަގާ ގުޅާލީ އޭނަ މިހާރު ގެންގުޅޭ އަންހެން ކުއްޖާއަށެވެ. އިޔާޝް އަކީ ކޮންމެ ދެ ހަފްތާއަކުން ރައްޓެހިވާ ކުއްޖާ ބަދަލު ކުރާ ކުއްޖެކެވެ. އިޔާޝްގެ މައިންބަފައިން އިޔާޝް އުޅޭ ނޫޅޭ ގޮތެއް ބަލައެއް ނުހަދައެވެ. އިޔާޝް ހަލާކުވެގެން ދިޔައީވެސް އެސަބަބާ ހުރެއެވެ. އިނާޒާ ޓީޝާޓަކާއި ކުރު ސޯޓެއް ލައި ތުންފަތުގައި ލިޕް ގްލޯޒް ހާކާލިއެވެ. އަދި އިސްތަށިގަނޑު ކުރުކޮށް ކޮށާލާފައި ހުރުމުން ބޭންޑެއް އަޅާ ގެއިން ނުކުތީ ލޮލުގައި އަވި އައިނު އަޅާލައިގެންނެވެ. އެދުމައްޗަށް ވެއްޓިގަނެގެން އޮތް އިޔާޝް ދޮރާއި ދިމާއަށް ބަލާލީ މީހަކު ވަނުމުންނެވެ. އޭރު އިނާޒާ އައިސް ވަދެ ދޮރު ލައްޕަނީއެވެ. ” ހެއި ބޭބް ” އިނާޒާ އިޔާޝް ގެ މޫނުގައި އަތް ބީއްސާލިއެވެ. ކުރެވުނު އިހްސާސްއިން ދެލޯ މަރާލެވުނެވެ. އިނާޒާ އިޔާޝްގެ ގައިގާ ބައްދާލިއެވެ. ދޮރުގައި ޓަކި ޖެހި އަޑަށް އިނާޒާ އާއި އިޔާޝް ސިހި ދޮރާއި ދިމާއަށް ބަލާލިއެވެ. ކަމެއް ކުރަން ވިސްނަން ވާއިރަށް އެމީހަކު ދޮރު ހުޅުވާ އެތެރެއަށް ވަދެއްޖެއެވެ. އިޔާޝް އަށް ހީވީ އޭނާގެ މޫނު މަތީގައި މީހަކު އެތިފަހަރެއް އަޅުވާލި ހެންނެވެ.
* 3 ވަނަ ބައި *
” މާން! މާން! ފިރިސޮރު ގުޅި ދެންމެ” ވީރާ ގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ. މަނާލް އިސްތަށިގަނޑު ގައި ވޫލުކޮޅެއް އައްސާލައިގެން ނުކުމެ ޔޫމިންގެ އަތުގައި އޮތް ފޯނު އަތުލިއެވެ. އޭރު ވެސް ޔޫލީން އާއި ވީރާގެ ހިނިގަނޑު މަތަނުވެގެން ހީހީ ބިނދެނީއެވެ. ” އައިމް ހޯމް ” އީރަމް ދުވަމުން ވަދެ އެންމެނަށް އަޑު އިވޭ ވަރަށް ބުނެލިއެވެ. ” ދެން ހިނގާ އެންމެން ކާން. މިއަދު ނެތް މޫދަށް ދެވޭކަށް މާދަމާ އޯވާ ނައިޓަށޑ ބޭނުންވާ އެއްޗެހި ހަމަ ކުރަން ޖެހޭ އަދި. އީއްކޮވެސް އެއައީނުން ހިނގާ ” ޒާރާ ފްރައިޑް ރައިސް ހަދާފައި ހުރިހާ ކުދިންނަށް ކާން ގޮވިއެވެ. ހުރިހާ ކުދިންނަށް ގިނައިން ކައްކަނީ ޒާރާއެވެ. ޒާރާ އަށް ދިހަ އަހަރުގައި ޒާރާގެ މަންމަ ވަނީ ވީރާ އާއި ދެކުދިންނަށް އެކަނި ތަނަކަށް ގޮސްގެން ވެސް އުޅެވޭނެ ވަރު ކޮށްދީފައެވެ. ޒާރާގެ މަންމަ ފަރީދާ ދެ އަހަރު ބަލި އެނދުގައި އޮވެ ދުނިޔެ ދޫކޮށް ދިއުމުން ޒާރާގެ ބޮޑުދައިތަ ސަމްހާ އެކުދިން ކިޔަވަން ކުޅުދުއްފުށްޓަށް ފޮނުވީއެވެ.
” އޭތް މި ގޭތެރޭގަ ކޮން ހާ ވައްތަރެއްތަ ތިޔަ ޖައްސަނީ އަންހެނުން ވައްދައިގެން ” ކައިލާން އިޔާޝް އާއި ދިމާއަށް ބުނެލިއެވެ. ” ކިހާ ދެރަކަމެއް ކަލޭ ގެއެއް ނޫނޭނުން. އާން އެކަމު ކައެ އެކްސް ބިޓު ” އިޔާޝް އިނާޒާ އާއި ދިމާއަށް އިޝާރާތް ކޮށްލިއެވެ. އިނާޒާ އޭރު ކޮޓަރީގެ ކުޑަ ދޮރު ހުޅުވާ ބޭރު ބަލަން ހުއްޓެވެ. ” އައި ޓޯންޑް ކެއަރ އެބައުޓް ހާ. ޝީ ޗީޓެޑް އޮން މީ ” ކައިލާން އެނދުމަތީގައި އޮށޯވެލިއެވެ. ” ދޭބަލަ ޗޭންޖް ކޮށްލައިގެން އަންނަން. މަ އެބަ ޖެހޭ މާދަމާ ކޭމްޕް ދާން ވާއިރަށް އެއްޗެއް ގަންނަން ދާން ” އިޔާޝް ޓީޝާޓަކާއި ސޯޓެއް ހިފައިގެން ފާހަނައަށް ވަދެ އެއްޗެހި ބަދަލުކޮށްލައިގެން ނުކުތެވެ. ” އިޓްސް އޯވާ ސްވީޓް ހާރޓް ” އިނާޒާގެ މޫނުގައި އަތް ބީއްސާލަމުން އިޔާޝް ބުނެލިއެވެ. އިޔާޝްގެ އަތް ފޮޅުވާލާފައި އިނާޒާ ނުކުމެގެން ދިޔައެވެ. ” ކިހާ ދެރަކަމެއް. އޭނަވެސް ޔޫސް ކޮށްލާފަ އެއްލާލީ ދޯ ” ކައިލާންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ” ދެން ބޭކާރު ވާހަކަ ނުދައްކާ ހިނގާ” ޖީބުގައި އޮތް ފޯނު ނަގާ ކައިލާން ޔޫމިން އަށް ގުޅާލިއެވެ. ނަމަވެސް ފޯނެއް ނުނަގައެވެ.
ކައިލާން ދިޔަ މަގުމަތީގައި އެޑްމޭންއަށް ވަދެ ކޭމްޕަށް ގެންދަން ބޭނުންވާނޭ ބައެއް ސާމާނު ގަތެވެ. އިޔާޝް ފިހާރަތެރޭގައި އެނބުރެނިކޮށް ގޮސް ޖެހުނީ އަންހެން ކުއްޖެއްގެ ގައިގައެވެ. ” ސޮރީ ” އިސްއުފުލާލި ގޮތަށް އިޔާޝް އަށް ބުނެވުނެވެ. އިސްތަށިގަނޑު ގެ އެކި ތަންކޮޅު ކޮޅުގައި އެކި ކުލަޖައްސާފަ ހުރި އިރު އިސްތަށިގަނޑު ގައި ވަނީ ރީތިގޮތަކަށް އައްސާލާފައެވެ. ތުންފަތުގައި ފިޔާތޮށި ކުލަ ޖައްސާފައި ލޮލުގައި އާއިލާއިން އަޅާފައި ހުރި އިރު އެ އަންހެން ކުއްޖާގެ ރީތި ކަން އިތުރު ކޮށްދެއެވެ. މަޑު ފެހި ކުލައިގެ ކަޅިއެއް ލިބިފައިވީ އިރު ބަލާބެލުމަށް ފެޝަނަށް ލޯބި ކުރާ ކުއްޖެއްކަން ނޭނގި ނުހުންނާނެއެވެ. އަޅާއިގެން ހުރި އަވި އައިނު އެ އަންހެން ކުއްޖާ ތިރިކޮށް އިޔާޝް އާއި ދިމާއަށް ބަލާލިއެވެ. އިޔާޝް އާޝޯހު ވެފައި އެ އަންހެން ކުއްޖާއާއި ދިމާއަށް ބަލަން ހުރެވުނީއެވެ. ” ކޮންނަމެއް ކިޔަނީ” އިޔާޝް އަށް މަޑު މަޑުން އަހާލެވުނެވެ. ” އީރަމް ” ލަދު ރަކި ހިނިތުންވުނެއް އީރާމްގެ ތުންފަތުގައި ކުޅެލިއެވެ.
އީރަމް ފިހާރައަށް ދިޔައީ ޒާރާ އާއި ވީރާ އާ އެކުގައެވެ. ގޮސް އެތާ ހުއްޓާ މޭކަޕް ސެޓު ތަކަކާއި މެއިލް ޕޮލިޝް އަދި ލިޕްސްޓިކް އޭނަގެ ލޮލުގައި އަޅައިގަތުމުން އެ އެއްޗެހި ބަލާ ނުލާ ނުހުރެވުނީއެވެ. އެތަނުން ރަތް ، ފިޔާތޮށި އަދި މެރޫން ކުލައިގެ ލިޕްސްޓިކް ނަގައިގެން އީރާމް ދިޔައީ ވީރާމެން ކައިރިއަށެވެ. ” މަންޖެ އަޅެފަހެ ކޮންތާކަށް ގޮސްފަތަ ތިޔައީ ” އީރަމް ފެނުމާއި އެކު ވީރާ އެއްސެވެ. ” ސަޅި ބިޓެއް ފެނިއްޖެ ” އީރަމް ހިތާއި ދިމާލު މޭގައި އަތް އަޅާލިއެވެ. ” ސާބަސް ހިނގާ އަވަހަށް ޕޭ ކޮށްފަ ގެއަށް ދާން ” ޒާރާ ހިނިގަނޑެއް ޖަހާލިއެވެ. ޒާރާގެ ފަހަތުން ވީރާ އާއި އީރަމް ހެމުން ހެމުން ދިޔައެވެ. އޭރު އެމީހުންގެ ހަރަކާތްތަކަށް ބަލަން ކައިލާން އާއި އިޔާޝް ތިއްބެވެ.
” މާން ފޯނު ނެގީ ކާކު ” ނުހާޝް މަނާލް އަތުގައި ހިފައިގެން ގޮސް ފުއްޓަރަށް ފޭބިއެވެ. ” އެ ވާނީ ވީރާ މެންނަށް ” މަނާލް ނުހާޝްގެ މޭގައި ބޯ އަޅާލިއެވެ. ” ހިނގާ ބަ މާދަމާ ރޭ ބާބަކިއު އެއް ޖައްސަން މާން އެންޑް މައި ފްރެންޑްސް” ނުހާޝް ދުރު ބަލާލިއެވެ. ” އައި ކާންޓް. މާދަމާ އެބަޖެހޭ ކުލާސް އޯވާނައިޓް އަކަށް ދާން. އޭގެ އަނެއްރޭ ހަދަން ވީނުން” މަނާލްގެ ހިޔާލަށް ނުހާޝް ތާއިދު ކުރިއެވެ. ދެމީހުން ފުއްޓަރުގައި އެކި ސަކަރާތް ޖަހާފައި ގެއަށް ދެވުނު އިރު އަސުރު ނަމާދަށް ބަންގި ގޮވައިފިއެވެ. ނުހާޝް ފެންވަރާލައިގެން ނަމާދު ކޮށްގެން ނުކުމެލީ އޭނާގެ ރަހުމަތްތެރިންނާއި ބައްދަލުކޮށްލަން ދާށެވެ.
” މަންނަ ކޮންތާކަށް ގޮސްފަ ތިޔައީ ؟ ކާކާ އެއްކޮށް؟” ފެންވަރައިގެން ނުކުމެ މަނާލް ޖެހުނީ ޔޫލީމްގެ ސުވާލު ތަކަށް ޖަވާބު ދޭށެވެ. މަނާލް ހުރިހާ ވާހަކަ ތަކެއް ކިޔައިދިނެވެ. ނަމާދު ނުކުރެވޭތީ ރީތި ވެލައިގެން ދިޔައީ ހަވީރުގެ ސަޔަށް އެއްޗެއް ތައްޔާރުކޮށްލުމުގެ ބޭނުމުގައެވެ. ނަމަވެސް އޭރު އީރަމް ޕޮޓޭޓޯ ޕައި އަކާއި ކޭކު ކޮށާފައި ސައި ހަދަނީއެވެ. އީރަމް އަށް މަނާލް ފެނުމުން ދެން ތިބި ކުދިންނަށް ސައި ބޯން ގޮވާން ދާން އެދުނެވެ. ” ވީއްކޯ، ޒާއްކޯ، ޔޫލީން އީއްކޮ އެބަ ގޮވާ ސައިބޯން” މަނާލް ކޮޓަރިތަށް ހުރި ދިމާއަށް ގޮސް އެންމެނަށް ގޮވަން ފެށިއެވެ. ” މިދަނީ ” ޒާރާ ބުނެލި އަޑު މަނާލް އަށް އިވުމުން އީރަމް އާއި އެކު ސައި ތައްޔާރު ކުރަން ބަދިގެއަށް ވަނެވެ. ” ޑަން “އީރަމް 32 ދަތް ސޭލު އަޅުވައިގެން ހުރެ ބުނެލިއެވެ. ” އީއްކޯ ” މަނާލް ހޭން ފެށިއެވެ. ” ކިހިނެއް ވީ ” އީރަމް ގެ ސިކުނޑީގައި ސުވާލު އުފެދުނެވެ. ” ބަލާބަލަ. ކޭކުގަ ޖަހަން ގިރިހާ އައިސިން ތިހުރީ މުޅި މޫނު މަތީގަ ” އީރަމް ފޯނު ނަގާ ކެމެރާ ހުޅުވާލައިފާ އަމިއްލަ ސޫރަ އަށް ބަލާލިއެވެ.
ދޮގެއް ގާނޫނެވެ. މޫނު މައްޗަށް އިސްތަށިކޮޅު ކޮޅު އެޅޭތީ އެއްކަރި ކޮށްލަން އުޅޭ ކޮންމެ ފަހަރަކު އަތުގަ ހޭކިފަ ހުރި އައިސިންތައް ހޭކުނޯ އީރަމްގެ މޫނުގައެވެ. ” ޝިޓް. އެހެންނޭ ވާނީ. އަހަރެން ހުރިހާ ކަމެއް ކުރި އިރު އެންމެން ތިބީ ކޮޓަރީގަ ވިއްޔާ ” އީރަމްގެ ކޮޅު ގަދަ ކޮށްލަން އެހެން ބުނެ ދިޔައީ ފެންވަރާލަންށެވެ. އީރަމް ފެންވަރައިގެން ނުކުތް އިރު ކޮޓަރި ތެރޭގައި އީރާންގެ ފޯނު ހިފައިގެން ޒާރާ ހުއްޓެވެ. ޒާރާގެ މޫނުމަތިން ނުރުހުންވުމިގެ އަސަރު ފެންނަން ހުރުމުން އީރަމް ކުޑަކޮށް ހާސްވިއެވެ. ” މި މިހާރު ކޮން ބިޓެއް” ފޯނު އީރަމްއަށް ދިއްކޮށްލިއެވެ. އީރަމްގެ އަތް ތުރުތުރު އަޅާ ހާލު ފޯނުގައި ހިފިއެވެ. އީރަމް އަށް ވެފައި ހުރި ގޮތް ފެނުމުން ޒާރާގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ. ” ސާބަސް އީއްކޯ. އައި ވޯސް ޖަސްޓް ކިޑިންގ. ބަޓް ޔާ. ނުދަންނަ ނަންބަރަކުން ގުޅި. ދައްތަ ނަގާފަ ބުނިން އީއްކޮ ވީ ފެންވަރަން ވަދެއެވެ. ” ދެން ދޮންތާ” އީރަމް ބޮޑާ ހާކާލިއެވެ. ފޯނު ޗާޖަށް ޖަހާފައި ޒާރާގެ އަތުގައި ހިފައިގެން ކާގެއަށް ވަދެ ދެންތިބި ކުދިންނާއި އެކު ސައި ބުއިމުގައި ބައިވެރިވިއެވެ.
ޔޫމިން ގެއަށް ވަން އިރު ގޭތެރޭގައި ހިފާފައި ހުރީ ޕިއްޒާގެ ވަހެވެ. ” މަންމާ، ދޮންބޭ” ގޭތެރެއަށް ވަން ގޮތަށް ޔޫމިން ގޮވަން ފެށިއެވެ. “ޔެސް މިސްޓާ އެނޮއިން ލިޓްލް ބްރަދާ” ޕިއްޒާ ފޮއްޗެއް ކަމުން އައިސް ޔޫހަން ބުނެލިއެވެ. ” ވެއާ އިޒް ފޯ މީ” ޔޫމިން އާދޭސް ކުރަން ފެށިއެވެ. ޔޫހަން ކޮފީ މޭޒުމަތީގައި ހުރި ޕިއްޒާ ފޮށިތަކަށް އިޝާރާތްކޮށްލިއެވެ. ބުޅަލެއް އޭގެ ޝިކާރަ ފަހަތުން ދާހާ ބާރަށް ޔޫމިން ގޮސް އެތަނުން ޓޫނާ ޕިއްޒާ އިން ޕިއްޒާ ފޮއްޗެއް ނަގާ ކާލިއެވެ. ޔޫހަން ދެކޮޅަށް ބޯ ހަލުވާލާފައި ވަނީ ކޮންމެސް މީހަކު ގުޅުމުންނެވެ.
ކައިލާން އެނދުމައްޗަށް ވެއްޓިގަތެވެ. ސިނކުޑީގައި އެނބުރެނީ ވީރާގެ ހިޔާލުތަކެވެ. އެ ރީތި ބޮޑު ދެލޮލެވެ. ކަޅު ކަން ގަދަ ކަޅިއެއް ލިބިފައި ވީއިރު ލިބިފައި ވަނީ ދިގު ފަން އިސްތަށިގަނޑެކެވެ. އެ ރީތި ބޮޑު ތުންފަތެވެ. ނިއްކުރިމަތިން އިސްތަށިގަނޑު ވަނީ ކޮށާލާފައެވެ. ” ވަޓްދަ ހެކް. ވައި އޭމް އައި ތިންކިން އޮފް ދެޓް މިޑިލް ކްލާސް ގާލް. އާރް” ކައިލާން ބޮލުގައި ހިފާ ބާރުކޮށްލިއެވެ. އީރަމް ބެލަކަންޔަށް ނުކުމެލީ ކޮޓަރި ތެރޭ އޮވެ އޮވެ ފޫހިވެގެންނެވެ. އެހެން ހުއްޓާ އޭނާގެ ފޯނަށް މީހަކު ގުޅިއެވެ. ސޭވް ކޮށްފައި ނެތް ނަންބަރެއް ކަމުން ކާކު ކަމެއް އީރަމް އަށް ނޭނގުނު ނަމަވެސް ފޯނުނެގިއެވެ. އެކޮޅުން އިވުނު އަޑަކުން އެއީ ހަމަ ހަގީގަތް ބާވައޭ އެތަށް ފަހަރަކު ހިތަށް އެރިއެވެ.
≈ ނުނިމޭ ≈
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.


varah varah reethi maasha allah
you are one of my fav author
Take care and stay safe
Thank you Rishu ♥️
Take care n stay safe ?♥️
So nice. But why don’t you reply now??? ?
V reethi❣️❣️❣️❣️
Thank you princess ❤️?
Thank u ♥️♥️♥️
Rainberry comments approve v ma innaane reply koffa u can check them in part 2 ?
I never ignored ur comments ?