ހިތްދަތި ދުވަސްތައް 9
އެދެމީހުން އަތްގުޅާލައިގެން އަންނަތަން ފެނުމުން ރައުފާ އާއެކޭ ބުނީކަން ކިޔާރާއަށް އެނގުނެވެ.ނައުހާން ރައުފާ ކިޔާރާގަތު ބަހައްޓާފައި ސީޔޫ ބޭބީ އޭ ކިޔާފައި ނައުފާމެން ގާތައް ދިޔައެވެ.
ނައުހާން ނައުފް މެން ގާތައް ދިޔުމުން އެންމެންގެ ސުވާލްތަކާއި ކުރިމަތި ލާން ޖެހުނެވެ.ނައުހާން ކަން ހިނގި ގޮތް އަކުރުން އަކުރަށް ކިޔައި ދިން އިރު އޭނާ ކުޑަކޮށް ލަދުގަންނަ ގޮތްވިއެވެ.
“އޭ ދެން ކަން ވީ ގޮތަކީ ކޮބައޯ..؟”ނައުހާން ދިޔުމުން ކިޔާރާ ކެތްމަދުވެފައި އަހާލި އިރު އޭނާގެ މޫނުމަތިން ފެންނަނީ ލާނެތް ކަމެވެ.”ހުމް..މި ކިޔާގެ ކަނތަކޭ މަ ބިރު ގަންނަވާލީ އެ ނައުހާން ފުރަތަމަވެސް.”އޭނާ ކިޔާރާގެ ގައިގާ ކުޑަކޮށް ޖަހާލަމުން ރައުފާ ވާހަކަ ކިޔައިދޭން ފެށިއެވެ.
ކިޔާރާ ދިޔުމުން ރައުފާ މޫދު ރާޅުފެނައް ގޮސް ފައި ތެންމާލިއެވެ.އެހެން ހުންނަތާ ދެ މިނެޓް ފަހުން ރައުފާގެ ފާހަތުން ރަތް އައްޔެއް އެޅޭހެން ހީވުމުން ފަހަތް ބަލައިލި އެވެ.ނަމާވެސް ފަހަތުގައި ރަތް ކީއްކުރަން އެއްވެސް އައްޔެއް ނެތެވެ.އެއީ ހީވި ގޮތް ކަމައް ބަލާ އަނެއްކާ ވެސް ހަމަ ކުރިން ހުރިގޮތައް އެނބުރުނެވެ.އިރުގަނޑެއްފަހުން ވަލުތެރެއިން ވަރަށް ބާރަށް މީހަކު ހަޅޭއްލަވައި ގަތް އަޑުއިވުނެވެ.
ރައުފާ ބިރު ގަތަސް އެއީ ކާކުތޯ ބަލަން މަޑުމަޑުން އަޑު އައި ދިމާއަށް ހިނގައިގަތެވެ.ވަލާއި ވަރަށް ކައިރި ވެފައި ހުއްޓާ ފަހަތައް އެއްޗެއް ވެއްޓުން އަޑު އިވުމުން ރައުފާ ބިރުން ފިތްކަނޑައިގެން ދާ ވަރުވެއެވެ.ޖެހިލުންވެ ހުރެވެސް ފަހަތައް އެނބުރި ބަލައިލި އިރު އެއްވެސް އެއްޗެއް ފަހަތަށް ވެއްޓިފަ އެއް ނެތެވެ.އެހެން ހުއްޓާ އަނެއްކާވެސް އެއްކަލަ އަލި ފަހަތުން އެޅުނެވެ.ރައުފާ ސިހިފާ ފަހަތް ބަލައިލި އެވެ.ފެނުނު މަންޒަރުން އޭނާގެ ލޮލުން ކަރުނަ އައެވެ.”ރައުފާ ވިލް ޔޫ މެރީ މީ..؟”ފަހަތުގައި އެއް ކަކޫ ޖަހައިގެން އިން ނައުހާން އެހެން ބުނުމުން ރައުފާ އަވަހަށް ބޯ ޖަހާލަމުން ނައުހާންގެ އަތުގައި ހިފިއެވެ.
އަޅޭ..ހީހީ..އަހަރެން ބޭނުން އަޅެ އެގަޑީގައި ދޮންތަ އަށް ވެފަ ހުރި ގޮތްބަލާލަން..”ކިޔާރާ މަޖާވެފައި އެހެން ބުނުމުން މިފަހަރު ރައުފާގެ މޫނަށް ޖަނބުކުލައެރީ އެވަގުތު އޭނާއަށް ވީގޮތް ހަނދާން ވުމުންނެވެ.
އެރޭ އެއްވެސް ކަމެއް ރާވާފައި ނުވާތީ އެންމެން ނިންމީ ރަށުތެރެއަށް ހިނގާލަން ދާށެވެ.އެރަށުގައި މީހުން ނޫޅޭތީވެ ހޮޅިބުރި ކަހަލަ އެއްޗިއްސެއް ނުހުރެއެވެ.އެހެންކަމުން އެންމެން ނިންމީ އެމީހުންގެ ފޯނު ހިފައިގެން ދާށެވެ.
ރަށުގެ ވަލުތެރެއަށް ވަދެވުމުން ކިޔާރާ ހުރީ ކުޑަކޮށް ބިރުގަނެފައެވެ.
“އޭކިޔާ މަގޭ އަތައް ތަދުވެއޭ..”ނާޔާ އެހެން ބުނުމުން ކިޔާރާ ސިހިފައި އޭނާގެ އަތް ނައްޓާލިއެވެ.ބިރުންގޮސް އޭނާއަށް ނާޔާގެ އަތުގައި ހިފުނީ ތަންކޮޅެއް ބާރަށެވެ.
ރަށުގެ މެދާ ހަމައަށް އާދެވުނު ތަނާ ކިޔާރާގެ ފައިވާން ގެއްލުނެވެ.”ނައޫ.. އައި ލޮސްޓް މައި ސްލިޕާސް..ހެލްޕް މީ.”ކިޔާރާއަށް އެކަނި އެތާ ހުންނަން ނުކެރިގެން އެންމެ ކައިރީގައި ހުރި ނަައުފާއަށް ގޮވާލުމުން ނައުފާ އައިސް ކިޔާރާއަށް އެހީވާން އުޅުނެވެ.ނައުފާގެ ފަހަތުން އައި ނައުފް ވެސް އެހިސާބަށް އައިސް ފޯނުން އަލިކުރިއެވެ.
ފަސް މިނެޓް ފަހުން ތަންކޮޅެއް ބޭރުން ނާޔާ އާއި ރައުލާ އަދި ރައުފާ އައިސް ކިޔާރާ ކައިރީގައި ވަރަށް އަވަހަށް އައިސް ބަލާށޭ ބުންޏެވެ.”އޭ މަގޭ ފައިވާން ގެއްލިގެން..ސޮރީ މިގަޑީގައި ނެތް ދެވޭކަށެއް.”ކިޔާރާ އަނެއްކާ ފައިވާން ހޯދަން ފެށިއެވެ.”ތިހެންވީއިރު ނައު އަޔަސް އޯކޭއޭ..އަވަސް..އެއްޗެއް ހަދަން..ނައުފް ފައިވާން ހޯދަން ހެލްޕްވާނޭދޯ..އާދޭ އަވަސް.”ނައުފާ ގާތު އަންނާށޭ ބުނުމުން ނައުފާ ދުވެފައި އެމީހުން ފަހަތުން ދިޔައެވެ.
ފައިވާން ފެނުމުން ކިޔާރާ ހިނގައިގަތީ ނައުފްގެ ފަހަތުންނެވެ.އޭރު އަނެއްބައި މީހުން ފެންނަންވެސް ނެތެވެ.
ވަކި ހިސާބަކަށް ދެވުނު ތަނާހެން ކިޔާރާގެ ފައި ވެއްޓިފައި އޮތް ގަސްގަނޑެއްގައި ތަށި ވިއެވެ.”ނައުފް އަހަރެންގެ ފައި ތާށި ވެއްޖެ..ހެލްޕް.”ކިޔާރާ ތިރިވެ ފައި ނެއްޓުވޭތޯ އުޅެން ފެށިއެވެ.”އަމިއްލައަށް ފައި ތާށި ކުރީ އަމިއްލައަށް ނައްޓުވާ.”ނައުފް އެހުރި ގޮތައް ހުރެ ބުނެލި އެވެ.އެވަގުތު މީ ފޮނި ފިރިހެނެކޭ ކިޔާރާ ހިތައްއެރިއެވެ.
“އަދިވެސް ނުނެއްޓުވޭތަ..މިހާރު އެމީހުން ތިބޭނީ ޓެންޓް ތައް ކައިރީގަ.”އޭގެ ފަސްމިނެޓް ވީ އިރުވެސް ކިޔާރާ ފައި ނުނެއްޓިގެން އުޅޭތަން ފެނުމުން ނައުފް ގާތައް ރުޅި އައެވެ.”ކިހާ ބޮޑު މުސީބާތެއް..މަ މިހާރު މިތާ ހުންނަތާ ބައިގަޑިއިރު.މިހާރު ދެން ދާހާއިރު ވެއްޖެކަންނޭނގެ.. ފޮނިވިޔަސް ތީ ބޮޑުވަރު މަމިދަނީ..”ނައުފް ބާރަކައް އެހެންބުނެފާ ދިޔައީ ކިޔާރާ ގޮވަ ގޮވާ އޮށްވައެވެ.
އިރުކޮޅެއްފަހުން ކިޔާރާގެ ފައި މިނިވަން ވިއެވެ.ނަމަވެސް ކިޔާރާއަށް ދާނެ ދިމައެއް ނޭނގުނެވެ.”ނައޫފް..ނަ..ނައުފް..ދްދް..ދެން ތި ސަމާސާނުކޮށްބަ..އަ..ަަަަަަރެން ބިރުގަނޭ..ނައޫފް.”ކިޔާރާ އަޑުނެއްތަނައް ނައުފް އަށް ގޮވުމުން ވެސް ނައުފްގެ އަޑެއް ބަޑެއް ނީވުމުން ކިޔާރާގެ ހިތައް ބިރުވެރިކަމެއް ވަނެވެ.
ދާނެ ދިމާލެއް ނޭނގި ކިޔާރާ އެތާ ހުއްޓާ ކުއްލިއަކަށް ފޯނު ނިވުނެވެ.އެއާއެކު ކިޔާރާއަށް ބިރުން ހަޅޭއްލަވައި ގަނެވުނެވެ.އެއޮށްފަދަ ވަގުތު ފޯނު ވެސް ނިވެން ޖެހޭހެއްޔެވެ.
ކިޔާރާއަކީ ކުޑައިރުވެސް އަނދިރީގައި އެކަނި ހުންނަން ބިރުގަންނަ ކުއްޖެކެވެ.
ކިޔާރާ ބިރުން ހުރިވަރުން ބިންމަތީގައި އިށީނދެ ކަކުލުގައި ބޯ އަޅާލާ އިރަށް އޭނައަށް ރޮވެން ފެށުނެވެ.ހ
އެތާ އިންނަތާ ގާތްގަނޑަކަށް ފަސްމިނެޓް ފަހުން އިންތަނުން ކިޔާރާއަށް ތެދުވެވުނީ ގަސްތަކު ތެރޭ އެއްޗެސް ދުވާއަޑު އިވުމުންނެވެ.ހިނދެއްހިނދަކައް އެއަޑު ގަދަވާކަން އޭނައަށް ފާހަގަ ވިއެވެ.ކިޔާރާ އަޑު އަންނަ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ.ކިޔާރާ ބަލަބަލާ ހުއްޓާ ބޮޑު ކަޅު ބުޅަލެއް ވަލުތެރެއިން އައިސް ކިޔާރާގެ ގަޔަށް ފުންމާލިއެވެ.އެއާއެކު އެފަކީރު ބިރުން ހުރިވަރުން ވަގުތުން ހަބަރު ހުސްވެގެން ބިންމައްޗަށް ވެއްޓުނެވެ.
ނައުފް އަށް ޓެންޓް ތައް ކައިރިއަށް ދެވުނު އިރު އެކެއްވެސް ޖަހާ ބޮޑުވެއްޖެއެވެ.އޭނާ އެތަނަށް ދިޔައީ އަތިރީގައި އިނދެފައި ކިޔާރާ ދާނެހާ އިރު ކޮށްފައި އެވެ.
“އޭ ނައުފް ކޮބާ ކިޔާ..؟”ނައުފް އެތަނަށް ދިޔުމުން ރައުފާ ވަރަށް ހާސްވެފައި ހުރެ އަހާލިއެވެ.ނައުފްގެ ހިތައް އެރިއެވެ.ކިޔާރާ އަދިވެސް ނާންނަނީ ހެއްޔެވެ.އަނެއްކާ ކިޔާރާއަށް މަގު އޮޅިގެން ނުނިކުމެވުނީ ބާއެވެ.އަނެއްކާ ކިޔާރާ އަށް ކަމެއް ވީ ބާއެވެ.
“ދޮންބޭ ކޮބާހޭ ކިޔާ..؟”ނައުފާ އައިސް ނައުފް ގާތު ހުއްޓެމުން ބާރަކައް އަހާލިއެވެ.”ކްކްކިޔާރާ އަދިވެސް ނާދޭތަ..އެއެކަމް އަހަރެން ހީކުރީ މިހާރު އޭނާ އައިސްފާނެކަމައް.”ނައުފް ވާހަކަ ދެއްކި އިރުގައި އަޑުވެސް ތުރު ތުރު އަޅައެވެ.އޭނާގެ ހިތަށް ތަފާތު ވަސްވާސް ތައް ވަންނަމުން ދިޔައެވެ.ކިޔާރާއަށް ކަމެއް ވެދާނެތީ އޭނާ ހުރީ ވަރަށް ބިރުންނެވެ.
ނައުފް އެވަގުތު ހުރިހާ ވާހަކައެއް ކިޔައި ދިނެވެ.”ވަޓް..ވަޓް ދަ ހެލް..ޔޫ ދޮންބޭ..ދޮންބެއަށް މިރަށުގަ އުޅެން އެނގުނަސް ކިޔާއަކައް ނޭނގޭނެ.. އެންމެން ހިނގާ ކިޔާ ހޯދަން..އޭނަ ވަރަށް ބިރުގަންނާނެ ރޭގަނޑު ވަލުގަ އުޅެން..”އެހެން ބުނެވުނުއިރު ނައުފާ އަށް ރޮވިއްޖެ އެވެ.އޭނަ މީން ދުވަހަކުވެސް އެނާގެ ދޮންބެ ދެކެ އެހާ ރުޅިއައި ދުހެއް ނޭނގެއެވެ.
އެހެން އެންމެނައް ވުރެ ކުރިން ނައުފް ކިޔާރާ ހޯދަން އެމީހުން ކުރިން ތިބި ދިމާއަށް ދުއްވައިގަތެވެ.އޭނާއަށް އެވަގުތު އޭނާގެ އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ.
ނައުފް ގޮސް ކިޔާރާ ފައި ތާށިވިތާ ހުއްޓުނެވެ.އެތާހުރެ އޭނާ އަޑު ކޮޅައް ކިޔާރާއަށް ގޮވިއެވެ.ކިޔާރާގެ އެއްވެސް ހަބަރެއް ނުވުމުން ދާން ހިނގައި ގަނެފައި ނައުފް ހުއްޓުނީ ތަންކޮޅެއް ދުރުގައި ވެއްޓިފައި އޮތް ކިޔާރާ ފެނުމުންނެވެ.
ނައުފްއަށް އެދިމާއަށް ދެވުނު ގޮތެއްވެސް ނޭނގުނެވެ.ދިޔަގޮތައްގޮސް ކިޔާރާގެ ބޯ އޭނާގެ އުނގައް އެރުވާފަ ކިޔާރާއަށް ގޮވަން ފެށިއެވެ.ކިޔާރާ ނުތެދުވުމުން ބަލާކަށް ނުހުރެ އޭނާގެ އަތްދަނޑިމައްޗަށް ކިޔާރާ އުފުލާލައިގެން ހުރެ އެތަނުން ނުކުތެވެ.
ދުވެފައި އެދިމާއަށް އައި ނައުފް ގެ އަތްދަނޑި މަތީގައި އޮތް ކިޔާރާ ފެނުމުން ނާޔާ އާއި ރައުފާ އަދި ރައުލާ އާއި ރައުފާ އެދިމާއަށް ދިޔައެވެ.ކިޔާރާ ޓެންޓަކައް ވައްދާފައި ނައުފް ކިޔާރާގެ މޫނުގައި ފެންފޮދެއް އުނގުޅާލިއެވެ.ދެތިންފަހަރަކު އެހެން ހެދުމުން ކިޔާރާ ލޯ ހުޅުވާލިއެވެ.
ކިޔާރާ ލޯ ހުޅުވާލުމުން ނައުފް ކިޔާރާ ގައިގާ ވަރަށް ބާރަށް ބައްދާލިއެވެ.އަދި އެތައްފަހަރަކު އޭނަ އެހެން ކިޔާރާ ދޫ ކޮށްފައި ދެވުމުން މާފައް އެދުނެވެ.”އިޓްސް އޯކޭ..އަހަރެން މާފު ކޮށްފިން.”ކިޔާރާ ގަދަކަމުން ހިނިތުން ވެލިއެވެ.ނައުފް އެވަރަށް މާފައް އެދުމުން މާފު ނުކޮށް ހުންނާކައް އޭނާ އަކަށް ނުކެރުނެވެ.
އެ ހުރިހާ ކަމެއްވީއިތުވެސް އުޝާ ބަލަހައްޓައިގެން ހުރީއެވެ.ނައުފްއާއި ކިޔާރާގެ އެގާތްކަން ފެނި އޭނާގެ ހިތް ކިޔާރާއަށް ނަފުރަތުން ފުރުނެވެ.އޭނަ ދެކޭގޮތުގައި ނައުފް އަކީ ހަމައެކަނި އޭނަގެ މީހެކެވެ.
އަނެއް ދުވަހު ހޭލިއިރު ކިޔާރާ ރަނގަޅުވުމުން އެންމެންވެސް ވަރަށް ހިތްހަމަ ޖެހުނެވެ.އުޝާ ފިޔަވައެވެ.އުޝާގެ މުޅި މޫޑު ވަނީ ހަރާބުވެފައެވެ.އޭނާ ނައުފް އާއި ވާހަކަ ދައްކަން އުޅޭ ކޮންމެ ފަހަރަކު ކޮންމެވެސް އެއްޗެކޭ ކިޔާފައި އޭނައާއި ދުރަށް ދެއެވެ.އުޝާ ގަބޫލުކުރީ އެއީ ކިޔާރާ އާއި ހެދި ކަމަށެވެ.
އެދުވަހު އެންމެން ހެނދުނު ސައި ބޮއެގެން ތިބީ މިރެއަށް ކަމެއް ރާވާށެވެ.އެހެން އިނދެފައި ކިޔާރާ ތެދުވީ ފެން ބޯން ދާށެވެ.ފުރުސަތަކައް ބަލަ ބަލާ ހުރި ނައުފް ކޮންމެވެސް ބަހަނާއެއް ދައްކާފައި ކިޔާރާ ދިޔަ ދިމާއަށް މިސްރާބު ޖެހިއެވެ.
ނައުފް ދިޔަ ގޮތައް ގޮސް ހިފީީ ކިޔާރާގެ އަތުގައެވެ.”އައިމް ސޮރީ..އަތުގަހިފުނީތީވެސް ދެން..އަމް..ކުރިން..”ނައުފް ސިހިފައި ކިޔާރާގެ އަތުން ދޫކޮށްލޮއެވެ.”އަސްލު އެގަޑީގައި ބައްދާލެވުނީ މާ ވޮރީޑް ވެފަ ހުރީމަ..ސޯ..އައި އެމް ސޮރީ.”ނައުފް އެހެން ބުނުމުން ހީލާފައި މާފު ކޮށްފިން ކަމައް ބުންޏެވެ.
ނައުފް އެވަގުތު އެ ކުއްޖާގެ ރަނގަޅުކަން އެނގުނެވެ.އޭނާ އެހާވަރަށް އެކުއްޖާ ބިރުގަންވާފައި އެއްޗެހިކީމަވެސް އެއްފަހަރުން އެ މާފު ކުރީއެވެ.
އެދުވަހު މެންދުރު ކިޔާރާ އިނީ ފޫހިވެގެން އެތާހުރި ހިރުނދު ގަހެއްގެ ހިޔަލުގައި އެވެ.އެހެން އިނދާ ފަހަތުން މީހެއް އައިސް އޭނާގެ މޫނުމަތީގައި އެއްޗެއް އުނގުނޅިއެވެ.އެމީހެއް އަތްނެގުމުން އެއީ ކުލަކަން ކިޔާރާއަށް އެނގުނެވެ.
އޭނާ ފަހަތް ބަލައިލީ އެއީ ކާކުތޯ ބަލާށެވެ.ފަހަތުގައި ހުރި ނާހާ ކިޔާރާ ފަހަތައް އެނބުރުމުން ދުއްވައިގަތެވެ.ކިޔާރާ އެވަގުތު އެތާހުރި ފެން ބާލިދީ ފެނުމުން އެތީގެ އެތެރެއަށް އަތުގައި ހުރި ކުލަތައް ގިރުވާލައިފަ އެބާލިދީ ހިފައިގެން ނާހާގެ ފަހަތުން ދުއްވައިގަތެވެ.
ނާހާގެ ބަދަލުގައި ފެންބާލިދީ އޮއްސާލެވުނީ ނާޔާގެ ބޮލަށެވެ.ނާޔާ ކިޔާރާފަފަތުން ދުއްވައި ގަތުމުން އޭނާވެސް ދުއްވައިގަތެވެ.ފަހަތް ބަލަމުން ދިޔަ ކިޔާރާއަށް ވަކި ހިސާބަކަށް ދެވުނު ތަނާ މީހެއްގެ ގައިގައި ޖެހި އެމީހާ ލައިގެން ހުރި ހުދުކުލައިގެ ޓީޝާޓް ގައި ކިޔާރާގެ އަތުގައި ނުފިލާހުރި ކުލަތައް އުނގުޅުނެވެ.
ނައުފް ހުރީ ހިސާބަކަށް މޫޑު ކަޓާފައެވެ.އޭނާ ފެންވަރައިގެން އައިސް ހިނގާލަން ދާން ހިނގައިގަތްތަނުން ކުއްޖަކު އައިސް އޭނަގެ ގައިގާ ލައިގަތެވެ.އޭނާ ލައިގެން ހުރި ހުދުކުލައިގެ ޓީޝާޓް ގައި ރަތް ކުލައިން އެކުއްޖާގެ އަތުގެ އެއްބައި އަރާފައި އިނެވެ.އައި ރުޅިން އޭނާ އެކުޖާގެ މޫނައް ބަލައިލި އެވެ.
ކިޔާރާ އަށް ނައުފް ގެ ރުޅިވެރި ދެލޯ ފެނުމުން ޖެހިލުން ވިއެވެ.”ޔޫ ޑަމްބް ގާލް..މަގޭ ޓީޝާޓް..ކިޔާރާ ދެލޯ ނެތީތަ.”ނައުފް ރުޅިއައިސްގެން ކިޔާރާއަށް އަޑުލިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.


Hello dear readers here is the 9th part.hope you guys like this part too ☺️☺️☺️