ބްރޭކް ގަޑި ޖެހުމުން ޒާރާ އާއި ވީރާ އަދި މަނާލް އެކީގައި ކުލާހުން ނުކުމެގެން ދިޔައީ ކެންޓީނަށެވެ. ޒާރާ އެބަ އަންނަން ކަމުގައި ބުނެ ފުރަތަމަ ދިޔައީ އިސްތަށިގަނޑު ރީތިކޮށްލަން ފާހަނައަށެވެ. ވީރާ، މަނާލް، އީރަމް އަދި ޔޫލީން ކެންޓީނުން ކާނެ އެއްޗެހި ނަގައިގެން މޭޒެއްކަިރީގައި އިށީނެވެ. ޒާރާއަށް ލައިގެން ވީރާ ކާ އެއްޗެހި ނެގިއެވެ. ފާހަނައިން ނުކުތް ވަގުތު ފާހަނަ ބޭރު ދޮރު މަތީގައި ހުރި ފެންތަކެއް މައްޗަށް އަރާ ޒާރާ ކައްސާލިއެވެ. ޒާރާއަށް ދެލޯ ގޮތާ ބާރުކޮށްލެވުނީ ވެއްޓިއްޖެނަމަ އޭނާއަށް ހަޅޭ ލަވައިގަނެވޭނެކަން އެނގޭތީއެވެ. ވެއްޓުމުގެ ކުރިން އޭނާގެ ގައިގާ މީހަކު ހިފެހެއްޓިއެވެ. ދެލޯ ހުޅުވާ ބަލާލި ވަގުތު އަތްފައި ފިނިވާން ފެށިއެވެ.
* 2 ވަނަ ބައި *
” ކޮބައިބާ ދޮންތަ؟ ” ޒާރާ ނައިސްގެން ވީރާ ހާސްވިއެވެ. ” ކާން ޑައުން ޑާލިންގ ދެއާ ޝީ އިޒް ” ކެންޓީނުން އެތެރެއަށް ވަދެގެން އައި ޒާރާ ދައްކާލިއެވެ. ” ހާދަހާ ލަހޭ ” އީރަމް ބޯން އިން ޖޫސްތަށި މޭޒުމަތީގައި ބޭންދިއެވެ. ލަސްވީ ކީއްވެގެންކަން ޒާރާ އެންމެންނަށް ކިޔައިދިނެވެ. ” އޯ. ސެޓު ވީތަ ދެން ” ޔޫލީން އަށް އެހެން ބުނެވުނީ ތަންކޮޅެއް ބާރަށެވެ. އެތާ ތިބި ހުރިހާ ކުދިން އެމީހުންނާއި ދިމާއަށް ބަލާލިއެވެ. ޒާރާ ބަނޑުހައި ނޫން ކަމަށް ބުނެ ހަމަ އެކަނި ފެންތައްޓެއް ބޮއެގެން ކުލާހަށް ދާން ހިނގައިގަތެވެ. ” ބީ ކެއާފުލް ” ޒާރާގެ ސިކުނޑީގައި ޔުހާންގެ އަޑު ގުގުމާލަ ގުގުމާލަ ހުއްޓެވެ. އެއީ ހަމަ ޔޫހާންގެ އަޑު ބާއޭ ވެސް އެތަށް ފަހަރަކު ހިތަށް އެރިއެވެ. ވާނީވެސް އެހެންތާ އެވެ. ޔޫހާންގެ އަޑު ޒާރާއަށް އިވުނު ނީ ފުރަތަމަ ފަހަރެވެ. ޔޫހާން އަކީ ބަސްމަދު މަޑު މައިތިރި ކަމަށް ލޯބި ކުރާ ކުއްޖެއްކަން އެކީ ކިޔެވުނި އަހަރުތަކުގައި އޭނާއަށް ވަނީ އެނގިފައެވެ.
” ދޮންތާ! ޒާ! ” ވީރާ އާއި ޔޫހީން ގޮވާލިއަޑު އިވުމުން ޒާރާ ފަސްެެއެނބުރި ބަލާލިއެވެ. އޭރު މަނާލް އާއި އީރަމްވެސް އެމީހުންގެ ކައިރިއަށް އައިސް ހުއްޓުނެވެ. ” މިއަދު ހިނގާ ސްކޫލް ނިންމާފަ މޫދު އެރެންދާން. މިހާރު ކޮން ދުވަހެއް އަހަރެން އެހެން ކިޔާތާ” ޔޫހީން ޝަކުވާ ކޮށްލިއެވެ. ” އެހެންވީރު ސްކޫލް ނިންމާފަ ތިކަމާ އުޅެމާ ” ޒާރާ ބެލް ޖެހުމުން މަނާލް އާއި ވީރާ އެކީ ކުލާހަށް ވަނެވެ. އަދި ގޮނޑީގައި ގޮސް އިށީނީ ޓީޗަރު އައިސް ވަނުމުންނެވެ. ޔޫހާން ކުލާހަށް އައީ ޓީޗަރު ކިޔަވައިދޭން ފެށިތާ ދިހަ މިނެޓު ފަހުންނެވެ. ޓީޗަރުގެ އިޝާރާތުން ވަނުމަށް އެދުމުން ޔޫހާން ގޮނޑީގައި އިށީނެވެ.
ކައިލާން ޓީޗަރަށް ސަމާލުކަމެއް ނުދީ ފޯނު ނަގާ ޑެސްކްގެ ވަތްގަނޑަށް ލައިގެން ގޭމް ކުޅެން އިނެވެ. ކައިލާންގެ ކައިރީގައި އިން ވީރާ އެތަށް ފަހަރަކު ފޯނު ނިވާލާފައި ބޭއްވުމަށް އެދުނެވެ. ނަމަވެސް ކައިލާން އެކަމަށް ދިނީ ބީރު ކަންފަތެކެވެ. ” ޝިޓް އެމަރުވީ ” ކައިލާން ޑެސްކް ތެރެއަށް ފޯނު ވައްޓާލިއެވެ. ހުރިހާ ކުދިންގެ ސަމާލުކަން ހުއްޓުނީ ކައިލާން އަށެވެ. ” ކައިލާން ސްޓޭންޑް އަޕް ” ކައިލާން ކަންނެތް ގޮތަކަށް ތެދުވި އެވެ. ” ކާކުތަ މަރުވީ ” ކައިލާން އާއި އަރާ ހާމަކޮށްފައި އެއްސެވެ. ” މިސް އޭނަ..” ކައިލާން ވީރާއަށް ބަލާލުމުން މޫނުމައްޗަށް ވައްތަރެއް ޖައްސާލާފައި އަނެއް ފަރާތަށް އެނބުރުނެވެ.
” މިސް އަހަރެންނޭ މަރުވީ ” ކައިލާން ޓީޗަރާއި ދިމާއަށް ބުނެލިއެވެ. ހުރިހާ ކުދިން އެއްފަހަރާ ހޭން ފެށިއެވެ. ” އަޑު މަޑު ކުރޭ. މިސް އުންމީދުކުރަން ދެން ބޭކާރު ވާހަކަ ކުލާހުގަ ކިޔަވައިދޭގަޑީގަ ނުދައްކާނެ ކަމަށް. އޯކޭ ސިޓް ޑައުން ” ކައިލާންގެ ވިހަ ހިނިތުންވުން ވީރާ އަށް ރައްދުކޮށްލިއެވެ. ވީރާ އައި ރޯލް ކޮށްލާފައި ކިޔަވައިދެމުން ދިޔަ ޓީޗަރަށް ސަމާލުކަން ހުއްޓިއެވެ. ” ސޯ ހުރިހާ ކުދިން މާދަމާ އޯވާ ނައިޓްއަށް ބޭނުންވާނޭ ހުރިހާ އެއްޗެއް ހިފައިގެން އަންނާތި ” ކުލާސް ޓީޗަރު ހަދީޖާ އައިސް ހުރިހާ ކުދިންނަށް ހަނދައިން ކޮށްދިނެވެ. ޔޫހާން ކައިލާން އެކީ ކުލާހުން ނުކުމެގެން ދިޔަތަން ބަލަން ޒާރާއަށް އިނދެވުނީ އެއްވެސް އިހްތިޔާރަކާ ނުލައެވެ. ” ދޮންތާ ލެޓްސް ގޯ ” ވީރާ އާއި އެކު މަނާލް ވެސް ޒާރާ އެކީ ދާން މަޑުކޮށްލައިގެން ހުއްޓެވެ.
ތިން ކުދިން އެކީ ނުކުމެގެން އައިރު އީރަމް އާއި ޔޫލީން އެމީހުންގެ އިންތިޒާރުގައި ބޭރު ގޭޓުކައިރީގައި ތިއްބެވެ. ” ކައި މިއަދު ކުލާހުގަ ގޭމް ކުޅުނީ ދޯ ” ޔޫހަންގެ އަޑު ވީރާގެ ކަންފަތުގައި ޖެހުމުން ފަހަތަށް ބަލާލިއެވެ. އޭރު ފަސް ފިރިހެންކުދިން އެކި ވާހަކަ ދައްކަމުން އެކި ސަކަރާތް ޖަހަމުން ދިޔައެވެ. ” ހޭއި ބެސްޓީ! ” އީރަމްއަށް ޔޫމިން ފެނުމުން ދުވެފައި ގޮސް އޭނާގެ ގައިގާ ބައްދާލިއެވެ. ” ބެސްޓީ! ” ކައިލާން އަށާއި ވީރާއަށް އެކީގައި ބުނެވުނެވެ. ކައިލާން ބަލާލީ ސީދާ ވީރާއަށެވެ. އޭރު ވީރާ ތުންއަނބުރާލާފައި އަނެއްފަރާތަށް އެނބުރިއްޖެއެވެ. ކައިލާން ގާތަށް އައީ ހިންޔެވެ. ” ގާއިސް ދިސް އިޒް މައި ބެސްޓީ އީރަމް ” ޔޫމިން އެންމެން ނަށް އީރަމް ތަޢާރަފް ކޮށްދިނެވެ. ” ހައި ” އީރަމް އެންމެންނަށް ހިނިތުންވުމެއް ރައްދުކޮށްލިއެވެ. “ހިނގާ ޖޭފޯ ބޯންދާން. އީރާ ގެ ޓްރީޓެއް” ޔޫމިން ލޮލަށް ގޮތެއް ހަދާލުމުން އީރަމް އާދޭސް ކުރަން ފެށިއެވެ. ” އޯކޭ ޖޫގޯ ގާލް ” ޔޫމިންް އީރަމް އަށް ޖެއްސުމަކަށް ކިޔަނީ ” ޖޫގޯ ގާލް ” އެވެ. އެއީ އަބަދު އީރަމް ޖޫގޯ ބޯން ދާން ރޯތީއެވެ.
” ބާއި. މީޓް ޔޫ ގާއިސް ހަވީރުން ” ޔޫމިން އެހެން ބުނެފައި އީރާންގެ އަތުގައި ހިފައި ދުއްވައިގަތެވެ. ވީރާ އާއި ޒާރާ ދެފަރާތަށް ބޯ ހޫރުވާލާފައި އަނެއްކާވެސް ހިނގައި ގަތެވެ. ގެއަށް ދިޔަ އިރު އެންމެންގެ މެދުގައިވެސް ވަނީ މަރުފަދަ ހިމޭން ކަމެވެ. މަނާލް ގެ ފޯނު ރިންގް ބީ އަޑަށް އެންމެން ވެސް ދިޔައީ ސިއްސައިގެންނެވެ. ” ދަ ހެކް ” ޔޫލީން އަށް ބުނެވުނެވެ. ވީރާ އާއި ޒާރާ ހިނިގަނޑެއް ޖަހާލިއެވެ. ” ހަލޯ ” މަނާލް ފޯނަށް ޖަވާބު ދިނެވެ. “. އަމް އަދި ޗޭންޖް ވެސް ނުކުރެވޭ. އަހަރެން ބަލާ އާދޭ ގޭ ކައިރިއަށް ” މަނާލް ފޯނުން ވާހަކަ ދެއްކި އިރު ވީރާ ޒާރާ އަދި ޔޫލީން ހުރީ އެކާކުތޯ ބަލަން ކެތްމަދުވެފައެވެ. ” ކާކު؟ ” ” ހޫ ” ކާކު ގުޅީ ” ތިން މީހުންނަށް އެއްފަހަރާ ސުވާލު ކުރެވުނެވެ. މަނާލް ހުރީ ފުރަތަމަ ޖަވާބު ދޭނީ ކާކަށް ކަމެއް ނޭނގިފައެވެ. ” މައި ބޯއީ ފްރެންޑް ” މަނާލް އެހެން ބުނެފައި ކޮޓަރިއަށް ވަދެ ދޮރު ލެއްޕިއެވެ. ” ވަޓް ދަ . އަހަރެމެން ގާތު ނުވެސް ބުނެލާ. މިއަދު މޫދަށް ގޮސް ހޭ އަރުވާލާނަން ” ޔޫލީން އެހެން ބުނެ އެތެރެއަށް ވަނީ އެއްޗެހި ބަދަލުކޮށްލައި ނަމާދު ކޮށްލަން ށެވެ.
” ބޭބް ސުވާލެއް ކޮށްލަންތަ ؟” އީރަމް ޔޫމިން ގާތު އެއްސެވެ. ” ދެން ބޭބް ނުކިޔަ އެހެން ނަމެއް ކިޔާ ބަލަ. ދެން ތިކުރަން އުޅެނީ ކޮން ސުވާލެއްތަ؟ ” ޔޫމިން ޖޫގޯ ތަށި ހިފައިގެން އަތިރި މަތީގައި ހުރި އައްޓެއް މަތީގައި އިށީނދެލިއެވެ. އީރަމްވެސް ޔޫމިންގެ ކައިރީގައި އިށީންދެލިއެވެ. ” މިން މެންގެ ފްރެންޑްސް ތެރޭގަ ހެއާގަ ރެޑް ކަލާ ޖައްސާއިހެން ހުރީ ކާކު ” އީރަމް ދުރު ބަލާލިއެވެ. ” އެއީ އިޔާޝް. 15 އަހަރު ކިހިނެއް ވީ؟” ޔޫމިން އީރާންގެ ކޮނޑުގައި ޖަހާލިއެވެ. ” ނަތިންގ . ހިނގާ ދާން ” އީރަމް މަޢުލޫ ބަދަލުކޮށްލިއެވެ. ” ޔޫ ލައިކް ހިމް ދޯ. ދޯ ދޯ.ދޯ” ޔޫމިން އީރަމް ރުޅިއެރުވުމުގެ ނިޔަތުގައި އެހެން ކިޔަން ފެށިއެވެ. އައި ރުޅިގައި އީރަމް ބުނަން ހުރި ބަސް ބޭރުވިއެވެ.
ނުހާޝް ޓީޝާޓަކާއި ޖިންސެއް ލައިގެން ބޭރަށް ނުކުމެ މަނާލް އަށް ގުޅާލިއެވެ. ” އަހަރެމެންގެ ޅިޔަނޫ” މަނާލް ފާހަނައަށް ފެންވަރަން ވައިތް ގަޑީގައި ޔޫލީން އާއި ވީރާ މަނާލްވެ ފޯނު ނެގިއެވެ. ” ލަވް ❤︎” ޖަހާފައި އިން ނަންބަރަކުން ގުޅުމުން ފޯނު ނެގިއެވެ. ނުހާޝް ފޯނު ކަނޑާލީ ގަތް ލަދުންނެވެ. އޭރު ނުހާޝްގެ ގައިން އޮއްދާ ހިތްލަނީއެވެ. ހިތް ހަމަ ޖައްސާލުމަށް ކައިރި ފިހާރައަކަށް ވަނީ ރެޑްް ބުލް ދަޅެއް ގަންނާށެވެ. ” ޔޫހަން މިތާނގަ ކީއް ތިކުރަނީ ” ފިހާރަ ތެރޭގައި ހުރި ޔޫހަން ފެނުމުން ނުހާޝް އެއްސެވެ. ” އަހަރެން ވަނުން މަނާ ފިހާރައަކީ ތަ؟” ޔޫހަން ޖެއްސުމުގެ ރާގުގައި އެހެން ބުންޔެވެ. ” ނޫން” ދަޅެއް ނަގައި އެގެއަށް ރުފިޔާ ދައްކާފައި ނުހާޝް އަތިރިމައްޗަށް ޖެހިލި އެވެ.
އިޔާޝް އާދައިގެ މަތިން ސްކޫލުން އައިސް ފޯނު ނަގާ ގުޅާލީ އޭނަ މިހާރު ގެންގުޅޭ އަންހެން ކުއްޖާއަށެވެ. އިޔާޝް އަކީ ކޮންމެ ދެ ހަފްތާއަކުން ރައްޓެހިވާ ކުއްޖާ ބަދަލު ކުރާ ކުއްޖެކެވެ. އިޔާޝްގެ މައިންބަފައިން އިޔާޝް އުޅޭ ނޫޅޭ ގޮތެއް ބަލައެއް ނުހަދައެވެ. އިޔާޝް ހަލާކުވެގެން ދިޔައީވެސް އެސަބަބާ ހުރެއެވެ. އިނާޒާ ޓީޝާޓަކާއި ކުރު ސޯޓެއް ލައި ތުންފަތުގައި ލިޕް ގްލޯޒް ހާކާލިއެވެ. އަދި އިސްތަށިގަނޑު ކުރުކޮށް ކޮށާލާފައި ހުރުމުން ބޭންޑެއް އަޅާ ގެއިން ނުކުތީ ލޮލުގައި އަވި އައިނު އަޅާލައިގެންނެވެ. އެދުމައްޗަށް ވެއްޓިގަނެގެން އޮތް އިޔާޝް ދޮރާއި ދިމާއަށް ބަލާލީ މީހަކު ވަނުމުންނެވެ. އޭރު އިނާޒާ އައިސް ވަދެ ދޮރު ލައްޕަނީއެވެ. ” ހެއި ބޭބް ” އިނާޒާ އިޔާޝް ގެ މޫނުގައި އަތް ބީއްސާލިއެވެ. ކުރެވުނު އިހްސާސްއިން ދެލޯ މަރާލެވުނެވެ. އިނާޒާ އިޔާޝްގެ ގައިގާ ބައްދާލިއެވެ. ދޮރުގައި ޓަކި ޖެހި އަޑަށް އިނާޒާ އާއި އިޔާޝް ސިހި ދޮރާއި ދިމާއަށް ބަލާލިއެވެ. ކަމެއް ކުރަން ވިސްނަން ވާއިރަށް އެމީހަކު ދޮރު ހުޅުވާ އެތެރެއަށް ވަދެއްޖެއެވެ. އިޔާޝް އަށް ހީވީ އޭނާގެ މޫނު މަތީގައި މީހަކު އެތިފަހަރެއް އަޅުވާލި ހެންނެވެ.
≈ ނުނިމޭ ≈
★ އުންމީދު ކުރަން މި ބައިވެސް ކިޔުންތެރިންނަށް ރީތިވާނެ ކަމަށް ★
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.


Hi Amy. Hws u dear?? Be safe.
Mi Vaahaka varah rythi ingey.
Keep it up.
❤️❤️❤️
Lots of love
Hi Rainberry alhamdullilah I’m fine ♥️ how r u dear?
Am so glad u like the story ?♥️
Thank you
Be safe ✨?
Lots of love ♥️♥️♥️
V reethi ❤️❤️❤️❤️kon irakun next part?
Thank u ♥️
Iraadha kurevviyyaa miadhu up kolla dheynan
maasha allah varah reethi mibaives can’t wait 4 next
Thank u Rishu♥️
In sha Allah miadhu aneh Bai up kohla dheynan ?