ވީރާއަށް ހޭލެވުނީ ފަތިހު ބަންގި ގޮވާއަޑަށެވެ. އޭރު އޭނާގެ އެންމާ ބަނޑު ދައްތަ ޒާރާ އޮތީ ގަދަ ނިދިފައެވެ. ފެންވަރާލައިގެން ނުކުމެ ޒާރާއަށް ގޮވަން ފެށިއެވެ. ” ދޮންތީ! އިޓްސް ޓައިމް ފޯ ޕްރެޔާ. ހޭލަން އުޅޭ ” ވީރާ ޒާރާ ނެގިއެވެ. ” ޔެސް މައި ޑާލިން. މިދަނީ ފެންވަރާލަން ” ޒާރާ ވީރާގެ ބޮލުގައި ފިރުމާލިއެވެ. ނަމާދު ކޮށްލައިގެން ވީރާ އާއި ޒާރާ ހެނދުނުގެ ސައި ތައްޔާރު ކުރަން ނުކުތެވެ. އޭރު އެމީހުންނާއި އެކު އެއްގެއެއްގައި އުޅޭ އީރާމް ޔޫލީމް އަދި މަނާލް ގެ ހަބަރެއް ނުވެއެވެ. ހެނދުނުގެ ސަޔަށް ޕާނާއި ބިސްގަނޑު ގެ އިތުރުން ސޮސެޖް ވެސް ހެދިއެވެ. ސްކޫލަށް ދާ ގަޑި ޖެހެން ކައިރި ވުމުން ވީރާ އާއި ޒާރާ ދެންތިބި ކުދިންނަށް ގޮވަން ދިޔައެވެ.
” ދޮންބެ އަދިވެސް ގެއަށް ނާދޭތަ؟ ” ޔޫމިމް ގޭތެރެއަށް ނަޒަރު ހިންގާލިއެވެ. ޔޫހަން އަކީ ކޮންމެ ދުވަހަކުވެސް ފަތިސް ނަމާދު ކޮށްލައިގެން ހެނދުނުގެ ކަސްރަތު ކުރާ ކުއްޖެކެވެ. އަންހެން ކުދިންގެ ހިތްތައް ކަތިލާ ފަދަ ކަޅި އަކާއި ހިނިތުން ވުމެއްގެ ވެރިއެކެވެ. ފިރިހެންވަންތަ ހަށިގަނޑެކެވެ. ޔޫހަން އަކީ 16 އަހަރުގެ ފިރިހެން ކުއްޖެކޭ ބުންޔަސް އެކަކުވެސް ގަބޫލު ނުކުރާނެއެވެ. އެއަށް ވުރެ އޭނާ ފިރިހެންވަންތައެވެ. ” މަ މިހިރީ އޭ ” ބޫޓު ބާލަމުން ޔޫހަން ޔޫމިންގެ ބޮލުގައި ޖަހާލިއެވެ. ” ދޮންބޭ ” ޔޫމިން އައް ތަދުވުމުން ތަންކޮޅެއް ބާރަށް ބުނެވުނެވެ. ޔޫހަން ހެމުން ހެމުން ދިޔައީ ސްކޫލަށް ދާން ވާއިރަށް ފެންވަރާ ތާޒާ ވެލާށެވެ.
” މަނާލް, އީރަމް, ޔޫލީން ” ވީރާ އާއި ޒާރާ ކޮޓަރީގެ ދޮރުގައި ތަޅަމުން ގޮވަންފެށިއެވެ. އީރަމް އާއި ޔޫލީން ހޭލި އިރުވެސް މަނާލް އެއޮތް ގޮތަށް އޮތެވެ. ” ހިނގާ ފެން އަޅަން ” ޔޫލީން އަނގަމަތީގައި އަތް އަޅާފައި ހޭން ފެށިއެވެ. އީރަމް ކުޑަ ތައްޓަކަށް ފެން އަޅާއިގެން އައިސް މަނާލްވެ މޫނަށް ފެން ތަށި އޮއްސާލިއެވެ. މަނާލް ނިންމައިގެން އެނދުން ތެދުވި އެވެ. ” މަންމާ! މަ ގަނޑު ވެއްޖެ ” ހުރިހާ ކުދިން އެއްފަހަރާ ހޭން ފެށިއެވެ. މަނާލް ކުޑަ ކުއްޖެއްހެން ބޮޑާ ހާކާލިއެވެ. ” ދެން ސަކަރާތް ޖަހަން ތިބެން ވީއެއް ނޫން. ހިނގާ ސައިބޮއެގެން ސްކޫލަށް ދާން ރެޑީ ވާން” ޒާރާ ބަދިގެއަށް ދާން ހިނގައި ގަތެވެ.
މަނާލް , އީރަމް އަދި ޔޫލިން ކާގެއަށް ވަނީ ނަމާދުކޮށްލައިގެންނެވެ. ” ތިދެން އަވަސް ކޮށްގެން ހިނގާ ސްކޫލަށް ދާން ތައްޔާރުވާން ވެސް ޖެހެޔޭނުން އަދި ” އީރަމް ތައްޓަކަށް ސައި އަލާ އިށީންދެލިއެވެ. ” ހޫމް ދޯ ” ޔޫލީން ވީރާ އާއި އެއްބައި ވެލިއެވެ. ހުރިހާ ކުދިން ސައި ބޮއެ ސައި ބުއި ތަށިތައް ދޮވެފައި އެމީހެއްގެ ކޮޓަރިއަށް ވަނެވެ. ޒާރާ އާއި ވީރާ އެއްކޮޓަރި އަކުއެވެ. ޔޫލީން އާއި މަނާލް އަނެއް ކޮޓަރީގައެވެ. އީރަމް ނިދަނީ ވަކިން އެކަނި ކޮޓަރިއެއްގައެވެ. ހެނދުނުގެ ސައި ތައްޔާރު ކުރަން އުޅުނު ގައިން ނުބައި ވަސް ދުވާތީ ޒާރާ ފެންވަރަން ވަނެވެ.
” ހޭ މޭން ” އިޔާޝް ކޮނޑުގައި އޮތް ދަބަސް ރީތި ކޮށްލިއެވެ. އޭރު ޔޫމިން އާއި ޔޫހަން ބޫޓަށް އަރައިގެން ދަބަހަށް ގޮތްތަށް ހަމަ ކުރަނީއެވެ. ” ކޮބައިތަ އެއުޅޭ ނުހާޝް އާއި ކައިލާން ” ޔޫމިން އެއް ކޯވަރުން ޖޫސްތަށި ދަމާ ލައިފާ ފޯނު ނެގިއެވެ. ” މަންމާ މިދަނީ އިނގޭ ” ޔޫހަން އޭނަގެ މަންމައަށް ގޮވާލާފައި ބުނެލިއެވެ. ނުހާޝް ނައުމުން ހަތަރު ފިރިހެން ކުދިން އެކީ ސްކޫލަށް ދާން މިސްރާބު ޖެހިއެވެ. ދިޔަ މަގުމަތީގައި ނުހާޝްގެ ކައިރީގައި އަންހެން ކުއްޖަކު ހުއްޓާ ފެނުނެވެ. ” ބަލަ. ނުހާޝް ގޮލާ ޖަހާ ސަކަރާތް ” ކުރިމަތިން ހިނގާފައި ދިޔަ އަންހެން ކުއްޖާ އާއި ނުހާޝް ދައްކާލިއެވެ. ” ނުހާޝް ” ޔޫމިން އަށް މަޑުން ނުހުރެވުނެވެ. ” ނުހާޝް ފަހަތަށް ބަލާލިއިރު ކަމަކު ދާކަށް ނެތެވެ. އޭނަގެ ހަތަރު އެކުވެރިން އޭނައާއި ދިމާއަށް ހިނގާފައި އަންނަނީއެވެ. އޭނަގެ ކައިރީގައި ހުރީ 16 އަހަރުގެ މަނާލް އެވެ. އިސްތަށިގަނޑު ރީތިގޮތަކަށް ކޮށާލައިފާ ވަނީ ރީތިކޮށް އައްސާލާފައެވެ. ބޮޑު ލޮލެއް ލިބިފައި ވީއިރު ލިބިފައި ވަނީ އަޅިކުލައިގެ ކަޅިއެކެވެ. ހިތިފަތު ބުމަ އަކާއި ބޮޑު ތުންފަތެކެވެ.
” އޭ ކައެ އާދޭ ތޯ ހުރެ ހުރެ ނައިސްގެން މިއައީ. މި ދޯ ތި ގަންނަ ގަނޑަކީ ” ޔޫމިން އެހެން ބުނުމުން އެންމެންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. މަނާލް އެބަ އަންނަމޭ ކިޔާފައި ދިޔަ ފަހުން މިހާރު ދިހަ މިނެޓު ވީ އެވެ. އަދިވެސް ނާދެއެވެ. މަނާލް ދާން އުޅުމުން މަނާލްވެ އަތުގައި ހިފަހައްޓާ ނުހާޝް ހުއްޓުވިއެވެ. ” މާން! ވެއިޓް . މީޓް މައި ފްރެންޑްސް ” އޭރު އެ ހަތަރު ފިރިހެންކުދިން އައިސް ނުހާޝް މެންނާއި އަރާ ހަމަ ކޮށްފިއެވެ. ” ދިސް އިޒް ޔޫހަން. އެންމެ މަޑުން އިންނަ މީހާ. އިޔާޝް ދަ ޕޮޕިއުލާ ގާއި އެންމެ ބިޓުންވަނީ މިހިރީ ކައިލާން އަށް ދެން މިހިރީ… ” ނުހާޝްގެ ވާހަކަ މެދުކަނޑާލީ ޔޫމިންނެވެ. ” ޔޫމިން. 15 އިޔާސް. ޔޫހަންގެ ކޮއްކޮ. ” ނުހާޝް ޔޫމިން އާއި ދިމާއަށް ބަލާލިއެވެ. ” އެއީ އެންމެ އަނގަ ގަދަ ” ނުހާޝް ހިނިގަނޑެއް ޖަހާލިއެވެ. ” މައި ނޭމް އިޒް މަނާލް. ނުހާޝްގެ ޖީއެފް . ދެއާއިޒް މައި ފޮރެންޑްސް އެން އައި ވެސް ދޭއް ވެއިޓިންގް ފޯމު ސޯ އައި ޝުޑް ގޯ ނައު ” މަނާލް ފަސް ފިރިހެންކުދިންގެ މެދުގައި ހުންނަން ޖެހުމުން ލަދުގަތީއެވެ. އެހެންކަމުން ގަހަނާއެއް ދައްކާފައި އަވަހަށް އެތަނުން ދިޔައީއެވެ.
” އެޔޮއް އަންނަނީ އެ މާން ” ދެއަތް ދެއަތާއި މޮޑެމުން އައި މަނާލް އަށް އިޝާރާތް ކޮށްލާފައި ޒާރާ އެހެންބުނިއިރު ހުރީ ނުރުހުންވެފައެވެ. ” އެޔޮއް ބެލް ޖެހީ ހިނގާ ވަންނަން ” މަނާލް ގޮސް ހުއްޓުނުތަނާ ބެލް ޖެހުމުން މަނާލް ބުނެލިއެވެ. އިތުރު ވާހަކަ ތަކެއް ނުދައްކާ އެމީހެއްގެ ކުލާހަށް އެމީހަކު ދިޔައެވެ. ކުލާހަށް ގޮސް ޒާރާ އާއި ވީރާ އިށީނީ ތަންކޮޅެއް ދުރުގައެވެ. ދެމީހުން ކައިރީގައި ތިބެފިނަމަ ކުލާހުގައި ކަންތައްގަނޑެއް ނުހިނގައި ނުދާނެ ކަން އެނގޭތޯ ކުލާސް ޓީޗަރ ދެމީހުން ދުރުކުރީއެވެ. ޔޫހަން މަޑު ހިނގުމެއްގައި އައިސް ޒާރާ އާއި ޖެހިގެން ހުރި ޑެސްކް ކައިރީގައި ހުރި ގޮނޑީގައި އިށީންދެލިއެވެ. ޒާރާއަށް ޔޫހަން އާއި ދިމާއަށް ބަލާލެވުނީ ތަފާތު ނަޒަރަކުންނެވެ. ކަޅުކަން ގަދަ ކަޅިއެކެވެ. ލިބިފައި ވަނީ ހިތިފަތު ބުމަ އަކާއި ބޮޑު ތުންފަތެކެވެ. އިސްތަށިގަނޑު ގައި ޖެލް ލައި ވަނީ ރީތިގޮތަކަށް ސްޓައިލް ކޮށްލާފަ އެވެ.
ބްރޭކް ގަޑި ޖެހުމުން ޒާރާ އާއި ވީރާ އަދި މަނާލް އެކީގައި ކުލާހުން ނުކުމެގެން ދިޔައީ ކެންޓީނަށެވެ. ޒާރާ އެބަ އަންނަން ކަމުގައި ބުނެ ފުރަތަމަ ދިޔައީ އިސްތަށިގަނޑު ރީތިކޮށްލަން ފާހަނައަށެވެ. ވީރާ، މަނާލް، އީރަމް އަދި ޔޫލީން ކެންޓީނުން ކާނެ އެއްޗެހި ނަގައިގެން މޭޒެއްކަިރީގައި އިށީނެވެ. ޒާރާއަށް ލައިގެން ވީރާ ކާ އެއްޗެހި ނެގިއެވެ. ފާހަނައިން ނުކުތް ވަގުތު ފާހަނަ ބޭރު ދޮރު މަތީގައި ހުރި ފެންތަކެއް މައްޗަށް އަރާ ޒާރާ ކައްސާލިއެވެ. ޒާރާއަށް ދެލޯ ގޮތާ ބާރުކޮށްލެވުނީ ވެއްޓިއްޖެނަމަ އޭނާއަށް ހަޅޭ ލަވައިގަނެވޭނެކަން އެނގޭތީއެވެ. ވެއްޓުމުގެ ކުރިން އޭނާގެ ގައިގާ މީހަކު ހިފެހެއްޓިއެވެ. ދެލޯ ހުޅުވާ ބަލާލި ވަގުތު އަތްފައި ފިނިވާން ފެށިއެވެ.
– ނުނިމޭ –
ނޯޓް: އުންމީދު ކުރަން ފުރަތަމަ ބައި ކިޔުންތެރިންނަށް ކަމުދާނެ ކަމަށް.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.


V reethi vhk eh❤️❤️❤️❤️
Thank you princess ❤️
I’m so glad that I like the story
Stay safe ✨
that u like the story*