Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޒީޝާ (ތިންވަނަ ބައި)

Hannah Level 110 Stories
July 20, 2015 3 Mins Read
19 Comments

އަދިވެސް ޒައިން ހުރީ ޒީޝާގެ އަތުގައި ހިފައްޓައިލަގެންނެވެ. ޒައިން ޒީޝާގެ އަތުން ދޫކޮށްލީ ދެވަނަ ފަހަރަށް ދޫކޮށްލާށޭ ޒީޝާ ބުނުމުންނެވެ. އޭރު ޒީޝާގެ މޫނުމަތިން ނުރުހުންވެފައި ހުރިކަން އެނގެއެވެ. “ސޮރީ ޒީ.. އަސްލު ވަރަށް ބޮޑު ވާހަކައެއް ބުނަން ބޭނުން ޒީ ގާތު..” އިސްޖައިހާލައިގެން ހުރެ ޒައިން ވާހަކަ ދެއްކިއެވެ. ޒީޝާ އެއްވެސް އެއްޗެއް ނުބުނެ މަޑުން ހުރީއެވެ. އޭނާ ބޭނުންވަނީ ވީ އެންމެ އަވަހަކަށް ޒައިން އޭނާގެ ކުރިމަތިން ދިއުމަށެވެ. “ޒީ އަޅެ އެއްޗެކޭ ބުނެބަލަ” ޒީޝާ އެއްޗެއް ނުބުނެ ހުރުމުން ޒައިންއަށް އުނދަގޫވިއެވެ. “ޒައިން އިހަށް މިތަނުންދޭ” މިހެން ބުނެފައި ޒީޝާ ގޮސްވަނީ ކޮޓަރިއަށެވެ. މާޔޫސްވެފައިހުރެ އެގެއިން ނިކުތުމަށް ޒައިން ހިނގައިގަތުނެވެ. އެވަގުތު ގެއަށް އައިސްވަނީ ނާހިދާ އާއި ޒާރާއެވެ. ޒައިން ވަރަށް ރަނގަޅަށް ޒާރާއަށް ބަލާލިއެވެ. އެއީ ހަމަ ކުޑަ ކުޑަ ޒީޝާއެވެ. އެވަށްވަށް ދޮންމޫނެވެ. މޫނުމަތިން ފެންނަނީ މައުސޫމް ކަމެވެ. އެފަންފަން އިސްތަށިކޮޅުގެ ސަބަބުން އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ. ނާހިދާއަށް އެއީ ޒައިންކަން އެނގުނެވެ. “ޒައިން ކޮން ދަތުރެއް..؟ ހާދަ ދުވަހެއް ކޮށްލާފަ މި ފެނުނީ..؟ ކަންތައްތައް ރަނގަޅުތަ..؟ ޒީޝާއާ ދިމާވިތަ؟” ނާހިދާ އެއްފަހަރާ ސުވާލުތައް އަމުނާލިއެވެ. މާލެ އައިސްގެން އުޅޭ ސަބަބު ނާހިދާއަށް ޒައިން ކިޔައިދިނެވެ. “ހޫމް ޒީޝާއާ ދިމާވި. ތަނަކަށް ދާންވެގެން މިދަނީ” ޒައިން ވާހަކަ ދެއްކީ ޒާރާގެ މޫނަށް ބަލަހައްޓައިގެން ހުރެއެވެ. ހީވަނީ ކުރިމަތިން ޒީޝާ ފެންނަ ހެންނެވެ. ޒައިން ބަލާކަށް ޒާރާ އަށް އެނގުނެވެ. އެހެންވެ އަވަހަށް ކޮޓަރިއާ ދިމާލަށް ދުއްވައިގަތުނެވެ. “ޒައިން ވާނެ އަދި މިގެއަށް އަންނަން އިނގޭ” ނާހިދާ މިހެން ބުނުމުން ބޮލުގެ އިޝާރަތުން އާއެކޭ ބުނެފައި އެގެއިން ނިކުތެވެ.

ހަވީރުގެ ހިތްގައިމު ވަގުތެވެ. ސަމާ އާއި ޒީޝާ ތިބީ އާޓިފިޝަލް ބީޗްގައި ކުޅެން އުޅޭ ކުޑަކުދިންގެ ހަރާކާތްތަކަށް ބަލާށެވެ. މަދުން ނަމަވެސް ލޯބިވެރިން އަތުގުޅައިލައިގެން އުޅޭތަން ފެނެއެވެ. ކުޑަކޮށް ވައިގަދަ ދުވަހެއްކަމުން އިރުކޮޅަކާ ޒީޝާގެ އިސްތަށިކޮޅު މޫނުމައްޗަށް ވެއްޓެއެވެ. އިސްތަށިކޮޅު ވެއްޓޭ ކޮންމެ ފަހަރަކު އަތުން އިސްތަށިކޮޅު އެއްފަރާތް ކޮށްލައެވެ. “އަހަންނަށް ހީވަނީ ވިއްސާރަވާ އުޅޭހެން” ކުއްލިއަކަށް އުޑުމަތި ބަނަކޮށްލުމުން ސަމާ ބުނެލިއެވެ. “އާން .. މަށަށްވެސް ހީވަނީ އެހެން.. ގެއަށްދަމާދޯ” އިސްތަށިކޮޅު އެއްފަރާތް ކޮށްލަމުން ޒީޝާ ވާހަކަ ދެއްކިއެވެ. ހުދު ކުލައިގެ ސްކިނީއަކާއި ކަޅުކުލައިގެ ޓޮޕް ކޮޅެއް ލާފައި ހުރި ޒީޝާއާ ވަރަށް ގުޅެއެވެ. ގަޔަށް ޓޮޕްކޮޅު ކުޑަކޮށް ބާރުކަމުން އޭނާގެ އެރީތީ އަންހެންވަންތަ ހަށިގަނޑު އެނގެއެވެ. އެތާތިބި ބައެއް ޒުވާން ފިރެހެންކުދިންގެ ލޯތައް ޒީޝާއަށް އަމާޒުވެއެވެ. ޒީޝާއަށް އެއިން ކޮންމެ މީހަކުވެސް ބަލާލަނީ ދަހިވެތިކަމާއެކުަގައެވެ. ޒީޝާމެންނަށް ގެއަށް ދެވުނީ ކިރިޔާއެވެ. ވަރަށް ބޯކޮށް ވާރޭވެހެން ފެށިއެވެ. ވާރޭ ވެހެން ފެށުމުން ސަމާ ޒީޝާމެންގެ ގޭގައި މަޑު ކުރިއެވެ. “ދަރިފުޅުމެންނަށް ކިރިޔާ ތިއާދެވުނީދޯ. ދެކުދިންދޭ އަވަހަށް ސައިބޯން. މަންމަ ހުންނާނެ ހެދިކާ ހަދާފަ.” ދެމީހުން ގެއަށް އައިސް ވަނުމާއެކު ނާހިދާ ބުންޏެވެ. އޭރު ޒާރާ އަނގަމަތީ އަތް އަޅައިގެން ހޭން ހުއްޓެވެ. “މިހާރު ޒާއްކޮ ކޮންކަމަކާ މިހެނީ” ސަމާ ޒާރާގެ ކޮލުގައި ހިފާލައިފައި އަހާލިއެވެ. “ސަމާއްތަމެންނަށް ކިރިޔާއެއްނު ލަނޑެއް ނުލިބުނީ” ޒާރާ މިހެން ބުނުމުން ސަމާއަށް ހެވެނުވެ.

ޒީޝާ އުޅުނީ ކޮލެޖްއަށް ދާން ތައްޔާރުވާށެވެ. ކަޅުކުލައިގެ ޖިންސް އަކާ ނޫކުލައިގެ އެސްތަކުން ޖަރީކޮށްފައިވާ ހުދުކުލައިގެ ކުރުތާގައި ހުންނައިރު ޒީޝާ ފެންނަލެއް ނުހަނު ހިތްގައިމެވެ. އެފަން އިސްތަށިގަނޑުވަނީ ފަހަތަށް ދޫކޮށްލާފައެވެ. “ދޮންތި ތިވަރަށް ތިއްތި ނުވިޔަސް ރީއްޗޭ.. ” ލޯގަނޑުން ފަރި ބަލަން ހުރި ޒީޝާ ސިހުނީ ޒާރާ ވާހަކަ ދެއްކުމުންނެވެ. “ހެހެ.. ދޮންތިއަށް ވުރެން ޒާއްކޮ މާލޯތްބޭ.. ” ޒާރާގެ ބޮލުގައި ފިރުމާލަމުން ޒީޝާ ބުންޏެވެ. ދެމީހުން އެކު އެކީގައި ކޮޓަރިން ނިކުތެވެ. އެވަގުތު ޒީޝާގެ ފޯނު ރިންގުވިއެވެ. ގުޅަނީ ޒައިންއެވެ. ޒީޝާ އަޅައިނުލާ ފޯނު ސައިލެންޓަށްލިއެވެ. ޒީޝާ ފޯން ނުނެގުމުން ޒައިން ހާސްވިއެވެ. އެހެންކަމުން ޒައިން ނިންމީ އެގެއަށް ގޮސް ޒީޝާއާ ވާހަކަ ދެއްކުމަށެވެ. އަދި އޭނާ ދައްކަން ބޭނުންވާ ވާހަކަ ޒީޝާ ގާތު ބުނަން ނިންމިއެވެ. ރަށަށް ދިޔުމުގެ ކުރިން އެކަން ނިންމަން ޒައިން ބޭނުންވިއެވެ.

ޒައިން ހަވީރު ޒީޝާމެންގެއަށް ދިޔައެވެ. ނަމަވެސް ކަންދިމާކުރި ގޮތުން ޒީޝާވީ އެވަގުތު ސަމާއާއެކު ފިހާރައަށް ގޮސްފައެވެ. އެހެންކަމުން މިރޭ ބައްދަލު ކޮށްލަން ބޭުނުން ކަމަށް ބުނެ ޒައިން ޒީޝާއަށް މެސެޖެއް ކޮށްލިއެވެ. އެއަށްފަހު އެގެއިން ނިކުމެފައި މިސްރާބުޖެހީ ގެއާދިމާލަށެވެ. ޒީޝާގެ ޖަވާބަކަށް އިންތިޒާރު ކުރަމުންނެވެ. ޒީޝާމެން ބާޒާރުކޮށް ނިމިގެން ގެއަށް އައިރު ހުރީ އިރުއޮއްސެން ގާތްވެފައެވެ. “ދަރިފުޅާ ޒީޝާ.. ދަރިފުޅު ހޯދަން ޒައިން ހަވީރު އައިސް އެދިޔައީ..” ޒީޝާ އައުމުން ނާހިދާ ބުނެލިއެވެ. އެހެން ހެއްޔޭ ބުނެފައި ޒީޝާ ދިޔައީ ކޮޓަރިއަށެވެ. ކޮޓަރިއަށް ގޮސް ފޯނު ބަލާލިއިރު ޒައިންގެ މެސެޖެއް ލިބިފައި އޮތުމުން މެސެޖް ކިޔާލިއެވެ. ކުޑަކޮށް ވިސްަނަން ހުރެފައި ނިންމީ ޒައިންއާ ބައްދަލުކޮށް ޒައިން ދައްކާ ވާހަކައެއް އަޑު އަހާށެވެ. ތައްޔާރު ވާންވީ ކިހާ އިރަކުހޭ ޖަހާފައި ޒީޝާ މެސެޖް ކޮށްލިއެވެ. ޒީޝާގެ މެސެޖް ލިބުމާއެކު އުފަލުންހުރެ ޒައިންވެސް މެސެޖް ކޮށްލިއެވެ. ނުވައެއް ޖަހާއިރަށް ރޭޑީވެ ހުންނާށެ ބުނެފައެވެ. އޭރު ޒައިންގެ މޫނުމަތިން ފެންނަނީ ހިނިތުންވުމެވެ. އެއާ ޙިލާފަށް ޒީޝާ އިނީ ނުތަނަވަސްވެފައެވެ. ޒައިން ދައްކަން އެއުޅެނީ ކޮން ވާހަކައެއްކަން ނޭނގޭ ހާލުގައެވެ.

ގަޑިން އަށްގަޑި ބައިވިއިރު ޒީޝާ ހުރީ ލޯގަނޑު ކުރިމަތީގައި ތައްޔާރުވާށެވެ. ކަކުލާ ހަމައަށް އަންނަ ރަންކުލައިގެ އެސްތަކުން ޖަރީކޮށްފައިވާ ކަޅުކުލައިގެ ހެދުން ޒީޝާއާ ނުހަނު ގުޅެއެވެ. އިސްތަށިގަނޑުވަނީ ފަހަތަށް ދޫކޮށްލައި ދައްޗެއް ޖަހާފައެވެ. މަޑު ރަތްކުލައިގެ ލިޕްސްޓިކު ތުންފަތުގައި ޖައްސާލައިފައި ވާއިރު އިތުރު ފުރިހަމަ ކަމެއް އެމޫނު މަތިން ފެންނަން ހުއްޓެވެ. ގަޔަށް ބާރު ކުރު ހެދުމެއް ލައިފައި ހުރި ޒީޝާގެ ލޫޅާފަތި ކަމާއި ފުރިހަމަކަން ފާހަގަވެއެވެ. ކަރުގައި ރަން ފަށެއް އަޅާލުމުން އެދޮން ކަރަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދިނެވެ. ތައްޔާރުވެ ނިމުނުތަނާހެން ޒައިން ގުޅިއެވެ. “ރެޑީވެ ނިމުނީތަ.. ބޭރުގަ މިހުރީ” ޒީޝާ ފޯން ނެގުމުން ޒައިން ބުނެލިއެވެ. މިދަނިއްޔޭ ބުނެފައި ޒީޝާ ފޯން ބޭއްވިއެވެ. މަންމަ ގާތު ޒައިންއާއެކުގައި ބޭރަށް ދަނިއޭ ބުނެފައި ނިކުތެވެ. ޒީޝާ ފެނުމުން ޒައިން އަށް ހުރެވުނީ ކަޅިވެސް ޖަހާނުލާ ބަލާށެވެ. (ނުނިމޭ(

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hannah

Level 110 Stories

Other Articles

Previous

ހިތް ވިންދާނުލައި… (27)

Next

ޝުދޫ…. (3) ވަނަ ބައި

Next
July 20, 2015

ޝުދޫ…. (3) ވަނަ ބައި

Previews
July 20, 2015

ހިތް ވިންދާނުލައި… (27)

19 Comments!

  1. Hannah says:
    July 20, 2015 at 10:57 pm

    Sorry guys mirey ves thankolheh kurukoh mi genes dhevunee.. iraadhu kurehviyaa maadhama dhebai genesdheynan.. keep reading guys 🙂

  2. sumone says:
    July 21, 2015 at 12:02 am

    mi part ves varah reethi……… waiting for the next part……….. but u can do better than this……. ❤❤❤❤❤❤❤❤❤❤❤❤❤ 🙂

    1. Hannah says:
      July 21, 2015 at 12:06 am

      ehaa rycheh noontha mi part eh?

  3. sumone says:
    July 21, 2015 at 12:14 am

    nop varah reethi …………… ekam thankolheh kuru v ma kanneynge ehaa rangalhah sifa nukurevi hury……. but thahkolhe dhigu kohlaafa sifakurun reethi kohlyma varah reethi story akah vaane………. i’m sure u can do it….. u have the talent to write stories……..mi part ves varah reethi……… waiting for the next part……….. but u can do better than this……. ❤❤❤❤❤❤❤❤❤❤❤❤❤ 🙂

    1. Hannah says:
      July 21, 2015 at 12:17 am

      hehehe.. maadhama dhigu koh genesdheynan ingey.. keep reading 🙂 <3 thanks for the sweet sweet comment 🙂

  4. Sam says:
    July 21, 2015 at 12:17 am

    Ohh..! Itx OK…! Maadhama genesdheche igey…! Story rythi

    1. Hannah says:
      July 21, 2015 at 12:18 am

      Maadhama dhe part genesdheveytho try kuraanan ingey.. thankyou 🙂

  5. sumone says:
    July 21, 2015 at 12:22 am

    And ibaaraai kurun ves ranglhu kohlachey ingey…… can’t wait to see what ur improved story would look like………. ❤❤❤❤❤❤❤❤❤❤❤❤❤ 😀 🙂

    1. Hannah says:
      July 21, 2015 at 12:23 am

      i will try my best 🙂 .. hope you gonna be love my story 😀

  6. swyty girl.. says:
    July 21, 2015 at 12:31 am

    Wow soooo nice…. ♥♥♥

    1. Hannah says:
      July 21, 2015 at 12:33 am

      thankyou swyty gril.. keep reading ingey 🙂

  7. swyty girl.. says:
    July 21, 2015 at 12:33 am

    Yaa I luv ur stry sooo much more… Once again keep it up n keep writing darlin??? Hw old a u??♥♥♥♥♥

    1. Hannah says:
      July 21, 2015 at 12:35 am

      i am 19years old.. keep touching.. 🙂 <3 thankyou for the sweet sweet comment <3

  8. nukko says:
    July 21, 2015 at 1:06 am

    V v v reethi.. mashaallah… hmmmm 2 parts dw.. v happy vejje nukko…. hehe.. ya kuda koh kuru. Ekm vs v v habeyz vaahaka eh… Waiting 4 the next part.. 🙂

    1. Hannah says:
      July 21, 2015 at 3:51 pm

      Thankyou nukko 🙂 keep reading ingeyy 😀

  9. Meera says:
    July 21, 2015 at 12:55 pm

    wow.. varah reethi

    1. Hannah says:
      July 21, 2015 at 3:52 pm

      thankyou meera 🙂

  10. Shabee says:
    July 21, 2015 at 8:27 pm

    Mibaivex v v v reethi…anekka Kihineh baa vaan eulheneee??? Propose kurantha?? 😛 dhen hama v salhi…but maa kuru…

  11. shaa says:
    July 26, 2015 at 11:37 pm

    Varah hadi..proof read ves nukuran dho.. furathama bunefa eynee kalhu kakulaa hamayah araa hedhumekey.. irukolhakun hedhun kuruvehjje

Comments are closed.

Next Episodeޒީޝާ (ހަތަރުވަނަ ބައި)←


All Right Reserved!