Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތީއޭ މިހިތުގެ ދިރުމަކީ (10)

🌹YEOJA🌹 Level 610 Stories100 Login100 Comments
June 16, 2021 5 Mins Read
7 Comments

ޔޫލީގެ އެ ބެލުމުގައި އިޝްހާ ފިއްސާލާހާ ނުރައްކާތެރިއެވެ. ” ކަލޭ ހީކުރީދޯ ، ހުރެބަލަ ނިކަން ދެން ވާގޮތް ގޮތް ބަލަން އަހަރެން ހުއްޓާ އުފަލުގައި އުޅޭކަށް ކަލެއަކަށް ނުކެރޭނެ ” ޔޫލީގެ ދުލުން މި ލަފްޒް ތައް ބޭރުވިއިރު ވެސް ހުރީ ތުންފިއްތައިގެންނެވެ.

******************

ކައިވެނީގެ ހަފްލާ ނިމިގެން ދިޔައީ އެގާރަ ޖަހާކަތްހާއިރެވެ. އެންމެން އެކީ އެތްތަށިމައްޗަކުން ކައިގެން ސާފުކުރުމާގެން އެންމެން އުޅެގަންއިރު އަލަތު ދެމަފިރިން ވެސް ކޮޓަރިއަށް ދިޔައީ ސަނާމެން އެންމެން އެކަމަތް އެދުމުންނެވެ.

ކޮޓަރިއަށް ވަން އިޝްހާ ހުރީ ފިނިވެފައެވެ. އޭނާގެ ފަހަތުން އައިސް ވަން ރީހާން ކޮޓަރިތަޅުލުމަތް ފަހު ގޮތް ހުސްވެފައި ހުރި އިޝްހާ އަށް ބަލައިލާފައި ހިނިތުންވެލިއެވެ. ލައިގެން ހުރި ކޯޓު ކޮޓަރީގެ އެތްފަރާތުގައި ހުރި ސޯފާގައި ބާއްވާލަމުން އޭނާ ވެސް އެތާ ހަމަޖެހިލިއެވެ. ” އިޝްހާ ދަގަ ފްރެޝްވެލަން އަހަރެން އިންނާނަން މިތާގައި ، މިރެއަތް ޙާއްސަ ކޮށްކުރާ ނަމާދުކޮށްލަން އަހަރެން ބޭނުން ،” ރީހާން ބުނެލިއެވެ. އިޝްހާ ވެސް އެކަމަތް ބޭނުންވެފައި ހުރިކަން އިނގުނީ އަވަސް އަވަހަށް ބޯޖަހާލަމުންނެވެ. އެތްފަރާތެއް ގައި ހުރި ފޮށި ހުޅުވުމަތް ފަހު ގޭގައި ލާކަހަލަ ކަޅުކުލައިގެ ކަކުލާ ހަމައަތް އަންނަ ހެދުމަކާ ފުއްޕި ހަރުވާޅެތް ހިފައިގެން އިޝްހާ ލޯގަނޑުކުރިމައްޗައް ޖެހިލީ އަޅާއިގެން ހުރި ޝޯލް ބާލާށެވެ. ރީހަން އިނުމުން ލަދުގަތެއް ކަމަކު އަމިއްލަ ފިރިމީހާ ކަމުން ހަމަޖައްސާލިއެވެ. ޝޯލް ގައި ޖަހާފައި ހުރި ޕިންތައް ނައްޓުވަން އިޝްހާ ހުރިއިރު ރީހާން ގެ ދެލޯ އިޝްހާގެ ސޫރައިން ނުނެއްޓެއެވެ. އިޝްހާ ގެ ކޮންމެ ހަރަކާތަކަށް ރީހާން ދިޔައީ ފަރުވާތެރިކަމާއެކު ބަލަމުންނެވެ. އިޝްހާ ޝޯލް ބޭލުމާއެކު އޭނާގެ ދޮން ކަނދުރާފެނި ރީހާން ގެ ހިއްސުތައް ގަނޑުވިކަހަލަ އެވެ. ހުޅިއަކުން ހައްޔަރުވެފައިވާ އިޝްހާ ގެ އިސްތަށިގަނޑު މިނިވަންކޮށްލަން އޭނާ ގެ ހިތްގޮވަން ފެށިއެވެ. އިޝްހާ ފާހަނަ އަށް ވަންނަން ދެން ވެސް ރީހާން ގެ ދެލޯ އެހެންދިމާލަކަށް ނުހުއްޓެއެވެ. ފާހަނަ އަށް ވަތުމަށްފަހު ދޮރުގައި ލެގިލައިގެން ހުރި އިޝްހާ ގެ މޫނުމައްޗައް ވަނީ ޖަންބުކުލަ ވެރިވެފައެވެ. އަވަސްވެފައިވާ ހިތުގެ ތެޅުން ހަމަ ޖެހިލުމާއެކު ފެންވަރާ ތާޒާވެލަން އަވަސްވެގަތެވެ.

ދެމަފިރިން އެކުގައި ނަމާދުކޮށްނިންމާލާފައި ނިދަން އުޅުނުއިރުވެސް އިޝްހާ ގެ މޫނުމަތިން ހާސްކަން ނުފިލައެވެ. މިކަން ރީހާން އަށް ފާހަގަ ވާނމާގިނައިރެތް ނުނަގައެވެ. އިޝްހާ ކައިރިއަށް ރީޙާން ޖެހިލަމުން އޭނާގެ މޫނުގައި ދެއަތުން ރީހާން ހިފާލިއެވެ. ނުތަނަވަސްވެފައި ވީނަމަވެސް އިޝްހާ ރީހާން ގެ ދެލޮލާ ހަމަކޮށްލިއެވެ. ” އިޝްހާ ، ޑޯންޓް ވަރީ އަހަރެން އިޝްހާ ގެ ނުރުހުމުގައި އިޝްހާއަކާ ގާތެއް ނުވާނަން ސޯ ހަމަޖެހިލާ ، އަހަރެން ނަށް އިނގޭ އިޝްހާ އަދި އެފަދަ ގުޅުމަކަށް ތައްޔާރުނުވާކަން އެކަމަކު ވެސް އަހަރެން ނަށް މައްސަލަ އެތް ނެތް .” ހިތްހެޔޮކަމާއެކު ރީހާން މިހެން ބުނެލާފައި އެނދުން ބާލީހެތް ނަގާގެން ސޯފާއާއިދިމާލަށް މިސްރާބުޖެހިއެވެ. ” އަމް ، ރީހާން އެނދުގައި އޮތަސް އަހަންނަށް އޯކޭ” ދެއަތްދެއަތާ މޮޑެމުން އިޝްހާ ބުނެލިއެވެ. ރީހާން ހުއްޓުންއެރިއެވެ، އެނބުރިފައި އިޝްހާ މޫނަށް ބަލައިލަމުން ހިނިތުންވެލާފައި އެނދާދިމާލަށް މިސްރާބު ބަދަލުކޮށްލިއެވެ.

މެންދަމު އެކެއް ޖެހިއިރު ވެސް އިޝްހާ ގެ ލޮލަށް ނިންޖެއް ނާދެއެވެ. އޭނާގެ ވާތްފަރާތުގައި އޮތް ރީހާން ވަނީ ފުންނިންޖަކުން ނިދާލާފައެވެ. ރީހާން އޮތްފަޅިއަށް އެނބުރެމުން އިޝްހާ ހަމަޖެހިލިއެވެ. ނިދާފައި އޮތް ރީހާން އަށް ކަޅިނުޖަހާ ބަލަން އޮތް އިރު ތުންފަތުގައި ވަނީ މާނަ ފުން ހިނިތުންވުމެކެވެ. ރީހާން ދެކެ އޭނާ އަށް ލޯބިވެވިދާނެ ކަމާމެދު ކުޑަކޮށް ވެސް އޭނާ ހީނުކުރެއެވެ. ނަމަވެސް މިހާރު ރީހާން އަށްޓަކައި ހިތުގައި ޙާއްސަ ޖާގައެތް ވާކަން ހުދު އިޝްހާ ވެސް މިހާރު ޤަބޫލުކުރެއެވެ.  އެކިއެކި ހިޔާލުގައި އޮތް އިޝްހާ ސިއްސާގެން ދިޔައީ ނިދީގައި އޮތް ރީހާން ގެ އަތް އޭނާގެ އުނަގަނޑުގައި އަޅުވާލުމުންނެވެ. ތެޅެމުން ދިޔަ ހިތާ ވީފަޅީ އަތް އަޅާލައިގެން އޮތް އިޝްހާ ރީހާން ގެ އަތް ދުރުކުރާކަށް މަސައްކަތެއް ނުކުރެއެވެ. ބަދަލުގައި އިޝްހާ ވެސް ލޯމަރާލީ ނިދިއައުމުންނެވެ.

****************

ފަތިސްނަމާދުގެ ބަންގިއާއެކު އިޝްހާ އަށް ދެތުވެވުނެވެ. ލޯހުޅުވާލެވުނުއިރު އޭނާ އޮތީ ރީހާން ގެ އަތުތެރޭގައިކަން ރޭކާލީ އިރުކޮޅެއް ފަހުންނެވެ. ރީޙާން ގެ މޭގައި ބޯއަޅާލައިގެން އިޝްހާ އަސް އޮވެވުނު އޮރު ރީހާން ގެ ދެއަތް ވަނީ އިޝްހާ ގައިގައި ވަށާލެވިފައެވެ. އެހެން މާގިނަ އިރުނޯވޭ އޭނާ ތެދުވަން މަސައްކަތް ކުރިއެވެ. ރީހާން އަށް ތެދުވެވުނީ އިޝްހާ މި ސަކަރާތް ޖަހަނިކޮށެވެ. ” ސޮރީ ” އިޝްހާ މިނިވަންކުރަމުން ރީޙާން ބުނެލިއެވެ.

”އިޓްސް އޯކޭ ، ނަމާދައް ނުދަނީތަ ؟ ” އެނދުން ތެދުވަމުން އިޝްހާ އަހާލިއެވެ. ” ނޫން ދާން ވެގެން މިތެދުވީވެސް ، އިޝްހާ ދެގަ އެހަށް ފާހަނަ އަށް އަހަރެން ވަންނާނަން އިޝްހާ ނިމުނީމާ ” ހެޑްބޯޑުގައި ލަތްގަނެލަމުން ރީހާން ބުނެލިއެވެ. އިޝްހާ ވެސް އަވަސްވެގަތީ ފާހަނަ އަށް ވަދެ ތާޒާވެލުމަށެވެ.

****************

ނަމާދުކޮށް އަވަދިވެގެން ގޭތެރެ އަށް އިޝްހާ ނިކުތީ ފަތިހު ކޮފީބޯން އާދަވެފައި ހުރީމާ އެކަން ކުރުމަށެވެ. ބަދިގޭގެ ޒިންކުން ފެން އޮހޭ އަޑުއިވުމުން އިޝްހާ އަށް ހައިރާން ކަމެއް ވިއެވެ. ބަދިގޭގައި ހަރަކާތްތެރި ވަމުން ދިޔަ ސަނާފެނި އިޝްހާ އެދިމާލަށް ދާން އަވަސްވެގަތެވެ. ” އަހަ ، ދަރިފުޅާ ، ކޮފީ ބޯންތަ ތިއައީ ” އިޝްހާ ފެނުމާއެކު އޯގާތެރިކަމާއެކު ސަނާ އަހާލިއެވެ. ”ލައްބަ ، މަންމަ ވެސް ދޯ ” ސަނާއަތުގައި ހުރި ކޮފީމަގު ފެނި އިޝްހާ ސުވާލުކުރިއެވެ. ” އާން ކޮފީހަދާއިރު ރީހާން އަށް ވެސް ހަދާއްޗޭ ، އީނަވެސް އައިސްދާނެ ދެން މިހާރު ” ކޮފީމަގު ހިފާގެން މޭޒުދޮށުގައި އިށީދެލައިގެން އިނދެ ސަނާ ބުނެލިއެވެ. ” ލައްބަ، މަންމާ ބައްޕަ އަކަށް ނަހަދަންތަ؟ ” އަޙްމަދް މަތިންހަނދާން ވުމުން އިޝްހާ އަހާލިއެވެ. ” އަޙްމަދް އަންނާ ނީ އޭނާ ގެ އެކުވެރިންނާއެކު އަބަދުވެސް ނަމާދުކޮށްގެން ކޮފީބޮއެގެން ” ސަނާ އޮޅުން ފިލުވާދިނެވެ. ” ގުޑްމޯރނިން މަންމާ ، އެން ދޮންބެދައްތާ ” ބަދިގެތެރެއަށް ވަދެގެން އައި އީނާ ބުނެލިއެވެ. ” އާން ގުޑް މޯރނިން އީން  ” ފެންކޮޅެއް އުނދަމުން އިޝްހާ ބުނެލިއެވެ. މާގިނައިރެއް ނުވެ ރީހާން ވެސް އެދިމާލަށް އައެވެ. ” މަންމާ ” ރީހާން ހިނިތުންވެލަމުން ގޮވާލިއެވެ. ގޮނޑިއެތްގައި އިށީދެލީ އިޝްހާ ކޮފީމަގު ހިފައިގެން އަންނަތަން ފެނިފައެވެ. ” މަންމާ ދެން މިއަދު އަޅުގަނޑު މެން ވަޒީފާއަތް ނިކުތަސް ހެޔޮތަ؟ ” ކޮފީމަގުން އެތިކޮޅެތް ބޯލަމުން ރީހާން އަހާލިއެވެ. ” ދަރިފުޅުމެން ދާންތިބީއާހަމަ ދާންވީ މަންމަ މައްސަލައެތް ނެތް ” ސަނާބުނެލިއެވެ.

*******************

އޮފީހަށް ދާންވެގެން އިޝްހާ އަދި ރީހާން އަށް ތައްޔާރުވެގެން ނިކުމެވުނީ އެކުއެކީގައި ކަހަލަ ގޮތަކަށެވެ. ” އަހަރެން ޑްރޮޕް އެތް ކޮށްލަދޭނަން އިނގޭ، ނިމުނީމާ ވެސް އަހަރެންނަށް ގުޅާލާ އަންނާނަން ބަލާ ” ހިނިތުންވެލަމުން ރީހަން އޭނާގެ ކާރާ ހިސާބައް ދަމުން ބުނެލިއެވެ. އިޝްހާ ވެސް ބޯޖަހާލީ ހިނިތުންވުމެތް ހަދިޔާކުރަމުންނެވެ. ވިހިމިނެޓްތެރޭގައި އިޝްހާ ގެ އޮފީސް ކައިރިއަށް ރީހާން ކާރުމަޑުކޮށްލިއިރު އީމާ ވެސް ޒިހާން ގެ ސައިކަލުން ފައިބަނީއެވެ. ” އިޝޫ ،” އަތްހޫރާލަމުން އީމާ ގޮވާލިއެވެ. ރީހާން އަށް ހިނިތުންވުމެތް ދެމުން އިޝްހާ އީމާ ކައިރިއަށް ދިޔައެވެ. ރީހާން ޒިހާން އަށް އަހޫރާލަމުން ކާރުގައި އޮފީހާ ދިމާލަށް ދިޔައެވެ.

” ކޮބާ ކިހިނެތްތަ ؟ ، ރީހާން އޯކޭ ތަ ” ދެމީހުން ވެސް މޭޒުދޮށުގައި ހަމަޖެހިލަމުން އީމާ އަހާލިއެވެ. ” ހޫމް ވަރަށް ރަނގަޅު ، އަހަރެން ވާހަކަ އެތް ބުނަން ތަ؟ ” ނުކެރިފައި އިނދެ އިޝްހާ އަހާލިއެވެ. ” ހޫމް ބުނެބަލަ ، އަނެއްކާ ކޮންކަހަލަ ވާހަކަ އެތް ތަ ތިހާ ރަކިވެފައި ތިއިނީ ރީހާންގެ ވާހަކަ އެތްދައްކަން އުޅޭތީކަން ޔަޤީން ” ލާނެތް ރާގަކަށް އީމާ ބުނެލިއެވެ.

” އައި ތިންކް އައިއެމް އިން ލަވް ، އީމާ އަހަރެން ރީހާން ދެކެ ލޯބިވެވިއްޖެ ހެން ހީވަނީ ” އިސްޖަހާލަމުން އިޝްހާ ބުނެލިއެވެ. ” އޯއެމްޖީ ، އަސްލުތަ އަޅޭ އައިއެމް ސޯހެޕީ ، ފައިނަލީ އަހަރެން ގެ ބެސްޓީއަށް ވެސް ލޯބިވެވިއްޖެ އެތް ނު ، މުޅި އުމުރުދުވަހަށް ހުސްކޮށް ހުންނަން ކީމީހާ އޭތީ ” ހެމުންހެމުން އީމާ ބުނެލިއެވެ. ” ދެން ހެވޭ އެއީ ކުރީގައެތް ނު ” ލަދުގަނެފައި އިނދެ އިޝްހާ ބުނެލިއެވެ.

************************

ކެބިންގެ ދޮރުގައި ޓަކިދިން އަޑަށް ރީހާން ގެ ސަމާލުކަން އެތަނަށް ހުއްޓެވެ. ދެބުމަ ގާތްކޮށްލަމުން ވަންނާށޭ ބުނެލިއެވެ. ” ހައި ރީޙާން މިއައީކޮފީ ހިފައިގެން ” ތުއިގޮތަކަށް ރީހާން އަށް ބަލާލަމުން ޔޫލީ ބުނެލިއެވެ. ފަރިހިނގުމެތްގައި ރީހާން ކައިރި އަށްޖެހިލަމުން މޭޒުމަތީ ކޮފީމަގު ބެހެއްޓިއެވެ. އޭރުވެސް ރީހާން އިނީ ދެބުމަ ގާތްކޮށްގެންނެވެ. ” އަހަރެން ނުބުނަން ކޮފީއަކަށް ސޯ މިގެން ދޭ ، އެން މީއީ މަސައްކަތް ކުރާ ގަނޑި ސޯ މިކަހަލަ ބޭކާރުކަންކަމާ އުޅެންޏާ ވަޒީފާ އިން ވަކިކުރަންވެސް ޖެހިދާނެ ” ރުޅިއައިސްފައި އިނދެ ރީހާން ބުނެލިއެވެ. ” އާންއެކޭ ސޮރީ ދެން ، ބައިދަވޭ ރީޙާން ގެ ވައިފް ވަރަށް ކަޓުވައްތަރު ޖަހާ އިނގޭ ، ރީހާން ކައިރި ބްރައިޑް ގެ މަގާމުގައި ހުންނަން އަހަރެން ވަރަށް ހުވަފަން ދުށިން ، އެހުވަފެން ފުރިހަމަ ވެސް ވެދާނެކަމަތް މިބަލަނީ ، އެން އެ އަންހެނާގަނޑު ގައިން އަހަރެންނަށް ވުރެ ކޮންތަނެތް ރިތީ އެ ، ބޮނޑު ގޯނިގަނޑަކަށް އެރިގެން ހުންނަނީ އަބަދުވެސް ” ދެއަތް އުރާލަމުން ހިތަށް އައިހާ އެއްޗެއް ޔޫލީ ދިޔައީ ކިޔަމުންނެވެ. ” ޔޫލީ!!!! ” ރުޅިއައިސްފައި ހުރެ ރީޙާން ގޮވާލެވުނީ ވެސް އެހާމެ ބާރަށެވެ. ގޮނޑީންތެދުވެގެން އައިސް ޔޫލީ އާއި ކައިރިވެލަމުން ޝަހާދަތް އިނގިލި ޔޫލީ އާއި ދިމާލަށް ދިއްކޮށްލީ އިންޒާރެއް ދޭފަދައިންނެވެ. ” އަހަރެން ގެ ވައިފް އާނުބެހި ހުންނާނީ ، އެން އިޝްހާ އަހަންނަށް މާރީތި ކަލެއަށް ވުރެ . ޔޫލީ ލާހެދުމަށް ވެސް ބަލައިލަން ކެރޭވަރެތް ނޫން ، ތިކަހަލަ އަންހެނުން ގެ ގޮތް ތީ ބޮޑާވެގެން އުޅޭނީކޮންމެ ކަމެތްގައި ވެސް ، ސޯ ލީވް އަހަރެން ގެ ރުޅިގަނޑު ކޮންޓްރޯލް އިންނުނައްޓަނީސް މިތަނުން ދޭ ” ދޮރާދިމާލަށް އިނގިލި ދިއްކޮށްލަމުން ރީހާން ބުނެލިއެވެ. ޔުލީ ތުން އަނބުރާލާފައި ހަލުވިހިނގުމެތްގައި ދޮރުންނިކުމެގެން ދިޔުމާއެކު ރީހާން އޭނާ އިށީން ބޮޑު ލެދާގޮނޑިއަށް ވެއްޓިގަތެވެ. ލޯމަރާލަމުން ގޮނޑީގައި ހަމަޖެހިލީ ބޮލުގައި ރިހުމެއް ހުރުމުންނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

🌹YEOJA🌹

Level 610 Stories100 Login100 Comments

Other Articles

Previous

ލޯބިވެވުމުން

Next

ހާދަހާ ލޯބިވޭ 2

Next
June 16, 2021

ހާދަހާ ލޯބިވޭ 2

Previews
June 15, 2021

ލޯބިވެވުމުން

7 Comments!

  1. ?YEOJA? says:
    June 16, 2021 at 3:01 pm

    Hello my dear readers❤️❤️
    Hope u love this part too❤️❤️
    Swry kudakoh las veemaa ingey❤️❤️
    Next part ISA vrh avaha❤️❤️
    Keep waiting ❤️❤️
    Stay safe❤️❤️ and tvgc ❤️❤️

  2. Princess says:
    June 16, 2021 at 6:40 pm

    V reethi mi part vex❤️❤️❤️❤️❤️❤️
    Alheyyy v avahah genesdhehchey ingey next part

  3. ?YEOJA? says:
    June 16, 2021 at 7:12 pm

    In reply to princess
    Thank uu soo much❤️❤️
    Vrh happy vehje kamudhiyaamaa❤️❤️?
    ISA vrh avaha kiyaalan libeyne ingey??❤️
    Keep waiting ❤️❤️
    Stay safe❤️❤️ and tvgc❤️❤️

  4. Skyper says:
    June 17, 2021 at 7:45 pm

    Thi part is also amazing.. Vrh reethi yeoja liyaa vhk thah.. MASHA ALLAH ???
    Vrh Avahah next part neyrehchey.. I m so excited to read???

    1. ?YEOJA? says:
      June 18, 2021 at 11:03 am

      Thank u soo much skyper❤️❤️
      Vrh vrh happy vehje kamudhiyaamaa ❤️❤️
      Next part mihaaru vaany submit kohlaafaa❤️❤️❤️. Keep waiting ingeyyy❤️❤️
      Stay safe❤️❤️ and tvgc ❤️❤️

  5. Rishu says:
    June 17, 2021 at 8:29 pm

    wow,this part is also awesome …..curiously waiting 4 next

  6. ?YEOJA? says:
    June 18, 2021 at 11:06 am

    In reply to Rishu
    Thank uuu soon much ❤️❤️
    Vrh ufaavehje part kamudhiyaamaa ❤️❤️
    Keep waiting mihaaru inaanee 11 vaahaka part submit kohlaafaa❤️❤️
    Stay safe ❤️❤️and tvgc❤️❤️

Comments are closed.

Next Episodeތީއޭ މިހިތުގެ ދިރުމަކީ (11)←


All Right Reserved!