އޭލިޔަން ސިލްސިލާ 2 – ހަނގުރާމަ 7
“ދެން އާދޭ!..” ރޫނާ ދުވެފައި ގޮސް އެތަނުގެ ދަށުން އެތެރެއަށް ދެމިގަތެވެ. ނަޔާނީ އާއި ލިލިޔަން ވެސް ފަހަތުން އެގޮތަށް ކަންތައް ކުރިއެވެ. ނަސީބަކުން އެފަށަށް އެއްވެސް ގެއްލުމެއް ނުދީ ފުރަތަމަ ކަންތައް ހާސިލް ވެއްޖެއެވެ.
“ސޯ؟ މިތާ ތެރޭގަ ދޯ ހަމަލާ ދިނީ! ..” ނަޔާނީ ރޫނާގެ ގާތުގައި އަހާލިއެވެ. އޭރު އެކުދިންނަށް ތިބެވުނީ ހަނި ހަނި ކޯރިޑޯއެއްގައެވެ. ވަށައިގެން އެއްވެސް އަލިކަމެއް ނުވާ، އެތަނުގައި ފާޑެއްގެ ނުބައި ވަހެއް ހަރުލާފައި ހުއްޓެވެ. އެއީ އެއޭލިޔަންގެ ލޭ ވަހެވެ.
“އެއޮތީ ކޯއްޗެއް؟ ..” ތަންކޮޅެއް ދުރުގައި ވެއްޓިފައި އޮތް ދިގު ދަނޑިކޮޅެއް ރޫނާގެ ލޮލުގައި އަޅައިގަތެވެ. ރޫނާ އެހެން ބުނުމުން ނަޔާނީ އާއި ލިލިޔަންގެ ސަމާލުކަށް އެކަން އައެވެ. “މިކަހަލަ ދަނޑިއެއް ދޯ އެއީ! ..” ލިލިޔަން އެދަނޑިކޮޅާއި އޭނަގެ ދަނޑިކޮޅު އަމާޒުކޮއްލިއެވެ. “ހޫމް. ސަތޭކަ ޕަރސެންޓް! ..” ރޫނާ އެދަނޑިކޮޅާއި މަޑުމަޑުން ގާތްވެލައި އެދަނޑީކޮޅު ނެނގިއެވެ.
“ޔެސް!.” ރޫނާގެ މޫނުމަތިން އުފާވެރިކަން ފެނިގެން ދިޔައެވެ. “ކިހިނެއްވީ؟ ..” ނަޔާނީއާއި ލިލިޔަންއަށް އެއްފަހަރާ އެހުނެވެ. “ބަލަ. މި ފަށުގެ މީންދަ ނިޝާން! މިއީ ޕީޖިވިއޯންގެ ދަނޑިގަނޑު!! ..” ލިބުނު ފޯރިއާއި އޭނައަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ. “ކިހިނެއް ތިއެއް އެނގެނީ؟! ..” ތަންކޮޅެއް ދުރުގައި ހުރި ނަޔާނީ ފުންވިސްނުމެއްގައި ހުރެ އަހާލިއެވެ.
“މިއޮތީނު! މިއީ ޕީޖިވިއޯން ގެންގުޅޭ ފަށެއް. މިފަށުގަ އެބައޮތް މި ނިޝާން! ކޮންމެގޮތެއް ވިޔަސް ބުނެވޭނީ މީ ޕީޖިވިއޯންއާ ގުޅުން ހުރި ފަށެކޭ ނަޔާ. ” ރޫނަ ކިޔައިދިނެވެ. “ދައްކާލަބަ! ..” ނަޔާނީ ރޫނާގެ ގާތުގައި ހުއްޓުނެވެ. “އާން! ދޯ! ..” އެއީ ހަމަ އެއް ނިޝާނެކެވެ. ތިން ކުދިންނަށް ވެސްއެކަމާއި މެދު އެއްބަސް ވެވުނެވެ.
“އާން. މަންމަ ގާތަށް މި ހިފައިގެން ދިޔައިމަ މަންމަ އޭތި މަރާލާނެ.. ނޫނީ ބައްޕަ ހުރިނަމަ! ..” ރޫނައަށް، ރާއިދު ހުރިނަމަ ވަރަށް ފަސޭހަވާނޭކަން އެނގެއެވެ. ނަމަވެސް ތަޤުދީރު ތަން ދެއްކި ގޮތް ބަލާށެވެ. ބާރުގަދަ ޖާދޫގަރަކަށް އެގަނޑުވަރު ހިފަން އެނގުނީ ވެސް އެންމެ މުހިންމު މީހާ ނެތް އިރާއި ދިމާކޮށެވެ. ރަސްކަލަކާއި ނުލާ އެގަނޑުވަރު ވަނީ މުޅިން ހަފުސްވެފައެވެ.
“އާއެކޭ! އަވަހަށް އާދޭ؟؟ ..” ލިލިޔަން ދުއްވައިގަތުމުން ފަހަތުން ދެކުދިން ވެސް ދުއްވައިގަތެވެ. ގަނޑުވަރުގެ ރަސްމީ ބަޔަށް ދެވުމާއި ހަމަޔަށް އެކުދިން ދިޔައީ ދުވެފައެވެ. ވަރުބަލިވެ އެކުދިންނަށް މާނޭވާ ލެވުނެވެ.
.” ރޫނާ އަށް ހިނިތުންވެވުނެވެ. ” އާން! ..”
********
“އޭއި! ކޮބާ މަގޭ ދަނޑި؟؟ ..” ޕީޖިވޯނަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ. އޭނަ އެތަނުގައި ބާއްވައިފައި ދިޔަ ދަނޑިކޮޅެއް މިހާރު އެތަނަކު ނެތެވެ. ގާތުގައި އެހީވެދޭން ހުރި ޚާދިމް މީހާ ނިކަމެތިކަމާއިއެ
“މަންމާ! މަންމާ! ބަލާބަ މިއޮތް އެއްޗެއް!.. ޕީޖިވިއޯންގެ ވޯންޑް ..” ރިއާނާގެ ކޮޓަރިއަށް ވަދެ ރުނާ ދޮރުޖެހިއެވެ. ރިއާނާއަށް ލިބުނު ކުއްލި ހައިރާންކަމުގައި ހަމަ ބަލަހައްޓައިގެން ހުރެވުނީއެވެ. “އަސްލު؟؟ ..” އޭނައަށް ބުނެވުނެވެ. “އާއެކޭ މަންމާ! މިއޮތީ ..” ރޫނާ އޭތި ދައްކާލިއެވެ. ރިއާނާ އޭތި ނަގައި މޭޒުމަތީގައި ބޭއްވިއެވެ.
“އޭތީގަ އެހާ ގިނައިން އަތްނުލާތި! އެކަމް ބަލަ މީތި!..” ރިއާނާ އެދަނޑިކޮޅަށް ބަލާލާފައި ދައްކާލީ ވަށް ބޯޅައެކެވެ. އޭގެން ވަރަށް ބާރަށް އުދުހިފައި އަންނަ އޭލިއަނެއް ތިން ކުދިންގެވެސް ލޮލުގައި އަޅައިގަތެވެ. “އެއީ ބައްޕަ ދޯ؟؟ .ކު ނޭނގެއޭ ބުނީ ބިރުންނެވެ. އެއާއިއެކު ޕީޖިވިއޯން އެ މީހާގެ ކޮނޑުގައި އަޅާ ބާރު ބާރަށް ފާރާއި ދިމާލަށް ކޮއްޕާލިއެވެ.
“ކަލޭދޯ އޭތި ނެގީ! ..” ޕީޖިވިއޯން އައި ރުޅީގައި އެމީހާއާއި ދިމާލަށް ރަހުމެއް ނެތް ބަސްތަކެއް ބުނެލިއެވެ. އޭރު އޭނާގެ ލޮލުން އަލިފާންކަނި ބުރާކަހަލައެވެ. އެމީހާ ހުރީ ބިރުން، ކިރިޔާ ނުރޮވިއެވެ. “ނޫން! ސާހިބާ. ނޫން..” ދެއަތުން މޫނު ފޮރުވާލަމުން އެމީހާ ޖަވާބުދިނެވެ. ޕީޖިވިއޯން ނުލަފާ ގޮތަކަށް ހީލިއެވެ.
“ރޫނާ!! ކަލޭ ދޯ އޭތި ނެގީ؟؟ އަހަރެން ކަލޭ މަރާލާނަން!! ކަލޭ މަރާލާ މީހަކަށް އަހަރެން ވާނަން..”
ރުޅިއައިސް ރަތްވެފައިވާ ޕީޖިވިއޯންގެ ލޮލުގައި ނުރައްކާތެރި ވިދުވަރެއް ހުއްޓެވެ. މިފަހަރު ހަމަ ޔަގީނުންވެސް ރޫނާ މަރާލާނެއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.



Vrh vrh vrh vvvvvvvvvv….. Reethi ??????❤❤❤
lw u
waiting ingey