Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިކުޑަކުދިންގެ

އޭލިޔަން ސިލްސިލާ 2 – 2

Aashii
Aashii Level 310 Stories100 Login
June 15, 2021 3 Mins Read
1 Comment

” މިވެސް ދެންދޯ؟ ..” ރޫނާއަށްވެސް ހީލެވުނެވެ.  ލިލިޔަންވެސް ހެމުން ހެމުން ގޮސް ރޫނާގެ ކޮޑުގައި އަތް އަޅުވާލިއިރު ދެން ފެނުނީ ބިންމައްޗަށް ވެއްޓިފައި އޮތްވައެވެ.  އާއެކެވެ. ނަޔާނީ ގޮސް ލިލިޔަން ފައިދަތި އެޅުވީއެވެ.

 

“ނަޔާނީ!! އައިވިލް ކިލްޔޫ! ..” 

 

ލިލިޔަން ސަމާސާއަކަށް ހަދާފައި ހަޅޭއްލަވައިގަތެވެ. 

 

“ހެހެ!.. އައިވިލް ކިލް ޔޫ ފަސްޓް! ..” ނަޔާނީ ރައްދު ދިނެވެ. ދެމީހުން ދެމީހުންނަށް ކޯޅެމުން ދިޔައެވެ.  ރޫނާ މިމަންޒަރު ބަލަން ދުރުގައި އިނެވެ. އޭނަގެ ހިޔާލުގައި ވަނީ މިއަދު ވީ  ވަރަށް އެހެން ކަހަލަ ކަމެކެވެ.

 

******

 

“ދަރިފުޅާ ރުން.. މިއޮތީ ގުދަނުގެ ތަޅުދަނޑި! .. އަވަހަށް ދޭ ޖާދޫގެ ދަޑިއެއް ގުދަނުން ހިފައިގެން އަންނަން..” ކޮޓަރި ސާފުކޮށް ނިންމާފައި އަވަދިވެގެން އައި ރޫނާއަށް ބަލައިލަމުން  ރިއާނާ، ރޫނާގެ އަތަށް ތަޅުދަނޑިއެއް ދިއްކޮއްލިއެވެ. އެއީ އެގުދަނަށް ވަދެވެން އޮތް ހަމައެކަނި މަގެވެ. 

 

“ޑަބަލް ތަޅުދަނޑި ކޮބާ މަންމާ؟ ..” ރޫނާ އެއްސެވެ. “އޭތި އޮތީ ބައްޕަ ކޮޓަރީގަ.. ” ރިއާނާގެ ޖަވާބު އަޑުއަހަން ކެތްމަދުވެފައި އިތުރު މަޚުލޫޤެއް ހުރިކަމެއް އޭނައަކަށް ނޭނގުނެވެ. އެނގޭނީވެސް ކިހިނަކުން ހެއްޔެވެ.  އޭނަހުރީ އެކަހަލަ ކަމަކަށް ތައްޔާރުވެގެން ވެސް ނޫން ވިއްޔާއެވެ.

 

ދާހިއްލާ ފޯވެފައިވާ ހާލު،  ތަޅުދަނޑި ހިފައިގެން  ރޫނާ ގޮސް އެގުދަން ކައިރީ މަޑުކޮއްލި އިރު  ހިތުގައި މިއަދު ހަވީރު އޭނަގެ ދެއެކުވެރިން ދެކޭތީ ފޮނި އުންމީދުތަކެއް ކުރެވެމުން ދިޔައެވެ.  ތަޅުދަނޑި ތަޅަށް ޖަހައިލައި އަނބުރައިލި އިރު އަޑެއް އިވުނެވެ. އެތެރެއިންނެވެ.  އިެއާއިއެކު ރޫނާ ހީކުރީ އެތެރޭގައި އެއުޅެނީ ރާއިދު ކަމަށެވެ.  

 

“ބައްޕު!؟؟ ..” 

 

ހިނިތުންވެލައި އަވަހަށް ދޮރު ހުޅުވާލަމުން ގޮވާލަން އުޅުނު ރޫނާގެ ބަސް ބުރިބުރިވެގެން ދިޔައީ އެތެރޭގައި ހުރި މަޚުލޫޤު ފެނިފައެވެ. އެއީ ރޫނާމެންގެ ނަސްލު މީހެއް ނޫނެވެ. ރޫނާމެންނަކީ އެކިކުލަކުލައިގެ ހެދުންތައް އަޅައި ޒީނަތްތެރިވާ ބަޔަކަށްވާ އިރު ކަޅުކުލައިގައި މުޅި މޫނު ނިވާކޮއްގެން އުޅޭ އެކަކުވެސް ރޫނާގެ ހަމަލޮލުން، އެގަނޑުވަރު ތެރޭގައި އުޅޭތީ ފެނިފައެއް ނެތެވެ. ރަނގަޅަށް ނަމަ އެއީ އަދުއްވެކެވެ.  އެހެންވިޔަސް މި ގުދަނުގެ އެއްވެސް މައުލޫމާތެއް ރަސްގެފާނާއި އެ މަނިކުފާނުގެ އާއިލާއަށް ނުނީ އެނގިފައެއް ނެތެވެ.

 

ވައްކަން ކުރަން އުޅުނު ވަގުގެ ހާލަކީ ކޮބައިތޯއެވެ. ޖެހި ތަނުގައިި ހިރިވެސް ލާން ނުކެރިފައި އޭނައަށް ހުރެވުނީއެވެ. ފަރާތް ފަރާތް ބަލަމުން ދިޔައިރު ހީވަނީ ސަލާމަތް ވެވޭނޭ ގޮތެއް ހޯދަނީ ހެންނެވެ. 

 

 “އެކްސްޕެލިޔަރމަސް ..” 

 

ރޫނާ އައި ރުޅިން އޭނަގެ ޖާދޫގެ ދަޑިގަނޑު ނަގައި  ފުރަތަމަ ހަމަލާ އަމާޒު ކޮއްލީ އެ ވަގުކަލޭގެ ހިފައިގެން ގެންގުޅުނު ކުޑަ ދަބަހަށެވެ. އޭރު އެމީހާ ބިރުން ރޫޅި ރޫޅި ހުއްޓެވެ. އެދަބަސްގަނޑު އައި ބާެރުމިނުގައި ޖެހުނީ ރޫނާގެ ފައިބުޑަށެވެ.

 

“މީކޯއްޗެއް؟ ..”

 

 ހަރުކަށިކަމާއިއެކު ރޫނާ ސުވާލުކުރިއިރު މީހެއްގެ ނުލަފާ ހިނިތުންވުމެއްގެ އަޑު ކަންފަތުގައި ޖެހުނެެވެެ. ސިހިފައި ރޫނާ ކުރިއަށް ބަލައިލިއިރު ބިރުގަނެފައި ހުރި މީހާގެ މޫނުމަތިން ފެންނަން ހުރި ކުލަވަރު ފެނިފައި ހިންދިރުވާލަންވެސް ނުކުޅެދުނެވެ. މިއީ އަނެއްކާ މއެއްކަލަ ފިޑި ވަގުކަލޭގެ ބާއެވެ. ރޫނާއަށް އެމީހާގެ ފޮރުވިފައި ހުރި ދެލޮލުން ޔަގީންކުރެވުނީ ޖެހިލުން ކުޑަކަމާއި، ހުޝިޔާރުކަމެވެ.

 

“ބިރުގަތީތަ؟ ..” ނުލަފާ ހިނިގަނޑެއް ޖަހާލަމުން އެމީހާ ހީނގަތެވެ. ރޫނާ ފަހަތަށް ފިޔަވަޅެއް އަޅާލިއެވެ. “ނޫން! ދުވަހަކުވެސް ބިރެއް ނުގަންނާނަން!! ..” ރޫނާގެ މޫނުމަތިން ފެންނަން ހުރީ ސާބިތުކަމެވެ. “އަޅެ ހިނގާދޯ ބަލަމާ! ..” އެމަޚްލޫގުގެ އަތުތެރޭގައި ފޮރުވާފައި އޮތް ޖާދޫގެ ދަނޑިކޮޅު ރޫނާއަށް އެވަގުތު ފެނުނެވެ.  އަނެއްކާ އޭނަ މަރާލަން އުޅެނީ ބާއެވެ.

 

“ތީ ކާކު؟ ތީކާކުހޭ މިކިޔަނީ؟؟؟؟؟ ..” ރޫނާ ހަޅޭއްލަވައިގަތީ ބިރުންނެވެ.  އެމަޚްލޫޤު ހީލާފައި ރޫނާގެ ގާތަށް ފިޔަވަޅު އަޅަން ފެށިއެވެ. ސިކުންތުކޮޅެއްގެ ތެރޭގައި އެއީ ކޯއްޗެއްކަން ރޫނާއަށް އެނގި ބިރުވެރިކަން އިތުރުވިއެވެ. އެއީ ސެވިއޯސް އެކެވެ. އެއެއްޗިއްސަކީ ކަޅު ވެލިން އުފެދިފައިވާ އެއްޗިއްސެވެ.  ސްޕީޑް ހައި ވެފައި އަތުގެ ބާރުތައް ހުންނަ މަޚްލޫޤެކެވެ.  އަތުން މައްޗަށް އަރާށޭ ބުނެފިއްޔާ އެއަމުރަށް ތަބާނުވާ އެންމެ ވެލިފުކެއް ވެސް މިދުނިޔޭގެ ބިމުގައި ހަރެއް ނުލާނެއެވެ. މާތްކަލާއްކޯއެވެ.

 

“އަހަރެންމީ ކާކު؟ އަހަރެން؟  ..” ޝަހާދަތް އިނގިލިން މޭގައި ޖައްސާލަމުން ބޮޑާކަމާއިއެކު ސެވިއޯސް ބުނެލިއިރު ރުނާގެ ހިތުގައި އެއާއިމެދު އެގަޑީގައި އެހާބޮޑު ޝައުގެއް އުފެދިފައެއް ނެތެވެ. ނަމަވެސް އޭނަގެ ވިސްނުންތެރި ސިކުނޑީގައި ވަރަށް މޮޅު ޚިޔާލެއް އެނބުރެމުން ދިޔައެވެ. ރޫނާ އަވަހަށް ޚިޔާލު ބަަދަލު ކޮއްލީއެވެ. 

 

“އަހަރެންމީ ޕީޖިވިއޯން .. އެންމެ މޮޅު ޖާދޫގަރު! މިދުނިޔެއިން މިހާތަނަށް ފެނިފައިވާ އެންމެ މޮޅު ޖާދޫގަރު!! އަހަންނަށްވުރެ ރަނގަޅު ޖާދޫގަރެއް މިދުނިޔެ ވެސް ދެކެފައެއް ނެތް! .. ” 

 

އޭނާގެ ޖާދޫގެ ދަނޑިގަނޑު  މައްޗަށް އުފުލާލަމުން ބޮޑާކަމާއި ކިބުރިވެރިކަމާއި އެކު ބުނެލިއިރު ރޫނާއަށް ހުރެވުނީ ފުންވިސްނުމެއްގައެވެ. މަންޒަރު ބަލާށެވެ. މި ސެވިއޯސްއަކީ ޕީޖިވިއޯން ހެއްޔެވެ؟ ފަހަރެއްގައި އޭނަ ބަލިވެދާނެއޭ ރޫނާގެ ހިތުގައި އޮތެވެ.

 

“އެންޑް ޔޫ! ކަލޭ މަގޭ އަތުން ކައްވަޅަށް ދާނެ! ..” ރުޅިވެރި ކަމާއިއެކު ރޫނާއާއި ދިމާލަށް ޝަހާދަތް އިނގިލި ދިއްކޮއްލުމަށްފަހު ބުނެލި ބަސްތައް ރޫނާެގެ ހިތް ބިރުގަންނަވާލިއެވެ. އެހެންވިޔަސް ބޭރުފުށުން އެކަމެއް ނުދައްކައެވެ. އޭރު ޕީޖިވިއޯންގެ ލޮލުން  އަލިފާންކަނި ބުރާ ކަހަލައެވެ. 

 

“އަސްލު؟ އެހެންތަ  ކަލޭ ދެކެނީ؟ .. އަހަރެންނާއި އަހަރެންގެ އާއިލާ ނައްތާލުމަށްފަހު  މި ވެރިކަން ހޯދުން؟ ..” 

 

ރޫނާގެ ގާތަށް ވެސް އަންނަނީ ރުޅިކަން އޭނާ އަންގައިދިނެވެ. ޕީޖިވިއޯން މިއީ ރަނގަޅު ސިގްނަލްއެއް ނޫނެވެ. މިއީ ކޮންމެވެސް ނުބައި ތާކުން އައިސްގެން ހުރި ނުލަފާ ޖަނަވާރެކެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Aashii
Follow Me Written By

Aashii

Level 310 Stories100 Login

:))

Other Articles

Previous

އެކުއްޖާ 2 – 38

Next

ޝިކާޔަތް

Next
June 15, 2021

ޝިކާޔަތް

Previews
June 14, 2021

އެކުއްޖާ 2 – 38

One Comment

  1. fregle says:
    June 16, 2021 at 10:04 am

    varah reethi Maashaa allah ????????❤❤❤

Comments are closed.

Next Episodeއޭލިޔަން ސިލްސިލާ 2 – ހަނގުރާމަ 3←


All Right Reserved!