އޭލިޔަން ސިލްސިލާ 2 – ހަނގުރާމަ 3
ރޫނާގެ ގާތަށް ވެސް އަންނަނީ ރުޅިކަން އޭނާ އަންގައިދިނެވެ. ޕީޖިވިއޯން މިއީ ރަނގަޅު ސިގްނަލްއެއް ނޫނެވެ. މިއީ ކޮންމެވެސް ނުބައި ތާކުން އައިސްގެން ހުރި ނުލަފާ ޖަނަވާރެކެވެ.
“އާން! އެކަމް މިވެރިކަން އެކަންޏެއް ނޫން! އިތުރު ބާރުތައްވެސް ހޯދުން. އެއީ އަހަރެންގެ މަޤްސަދު..” ޕީޖިވިއޯން ގެނައި ކުއްލި ހަރަކާތާއެކު ރޫނާއަށް ބިންމައްޗަށް ވެއްޓެވުނީ އަމިއްލަ އިޚްތިޔާރުގައެއް ނޫނެވެ. އެއީ ސެވިއޯސްތަކަށް ލިބިފައިވާ ޚާއްސަ ބާރަކަށްވެފައި ވުމުން އެކަމަށް ދެކޮޅުހެދޭނޭ އެއްވެސް އިތުރު ގޮތެއް ނެތީއެވެ.
“ހަދަހާ ނިކަމެތިއޭ ދޯ؟ ހައްހައްހާ ..” ޕީޖިވިއޯންގެ އަޑުގައިވަނީ މަލާމާތެވެ. އޭތި ހެމުން މަލާމާތް ކުރަމުން ދަނިކޮށް ރޫނާ ބިންމަތިން ތެދުވީ ދަނޑިގަނޑު އަތަށް ހެޔޮވަރު ކޮއްލަމުންނެވެ. “ކީއްކުރެވޭނީ ކަލެއަށް؟ އަހަރެމެން މިތިބީ މިތަނުގައި! އަދި މަގޭ ބައްޕަ، ކަލޭ މަރާލާނެ ..” ރޫނާއަށް ދެވުނީ އިންޒާރެކެވެ.
“އަހަނ! އަހަރެން މަރާލާނެ؟؟ ..” އަނެއްކާވެސް ޕީިޖިވިއޯން މޮޔައަކު ފަދައިން ހޭން ފެށިއެވެ. ފަރުވާ ކުޑަގޮތަކަށް އެއެއްޗަށް ބަލާލުމަށްފަހު ރޫނާ ކުރިއަށްގެންދިޔައީ އޭނަގެ ޕްލޭނެވެ. އޭނަގެ ދަނޑިގަނޑުގެ ފަހަތުބައިގައި ހިފާ ދޫ ކޮއްލުމުން އޭތި ނެއްޓުނެވެ. އޭގެ ތެރެއިން އޭނަގެ އަތަށް ވެއްޓުނީ ކުޑަކުޑަ ބޯޅައެކެވެ. އެބޯޅަ އޭނަގެ ލޮލާއި ހަމަކޮއްލުމަށްފަހު ބޯޅައިގައި މަޑުމަޑުން ފިރުމާލުމަށްފަހު ސިއްރުން އެއްޗެއް ބުނެލިއެވެ.
“ރީންޑިކި ޕްރިޔޯނި ..”
“އާހް!!!!!!!! ..” ބާރު ބާރަށް ހޭންހުރި ޕީޖިވިއޯނަށް އޭނާގެ އަދަބު ލިބުނުހެން ހީވިއެވެ. ކަރުގައި އަތް އަޅައިގެން އޭނަ ހުރީ ނޭވާލާން ވެސް ދަތިވެފައި ހުރީމައެވެ. ރޫނާގެ މޫނުމަތީގައި ފުސް ހިނިތުންވުމެއް ހުއްޓެވެ.
“އެކްސްޕެކްޓޯ ޕެޓްރޯނަމް ..”
މުޅި ތަން އަލިވެގެން ދިޔަ ގަދަފަދަ އައްޔާއިއެކު ރޫނާ އޭނަގެ އަތަށް ބާރު ކުރަމަުން ދިޔައެވެ. ދެތިން ސިކުންތު ވަންދެން އެހެން ހުއްޓާ، އެއަލިގަނޑު ނިކުތް ތަނުން ވެދެ އެއްކޮށް ހިނދުނެވެ. ރޫނާ ޖެހިލުންވެފައި ކުރިއަށް ބަލައިލި ވަގުތު އެތަނުގައި އެއްވެސް އެއްޗެއް ފެންނާކަށް ނެތެވެ. ރޫނާގެ މޫނުަތީގައި ހުރި ހިނިތުންވުން ވަނީ އެއްކޮށް ބަދަލުވެފައެވެ. ހާސްކަމަށެވެ.
ރޫނާ ނިކުމެ ދުއްވައިގަތީ މަޑުންނެއްވެސް ނޫނެވެ. ތަންކޮޅެއް ބާރަށް ދުވެ ދުވެ، ހިނދު ހިނދުކޮޅަށް ދުވުން ބާރު ކުރަމުން ދިޔައެވެ. އޭރު އޭނަގެ މިސްރާބު ހުރީ ރިއާނާ އަދި ރާއިދުގެ ކޮޓަރިއަށެވެ. މަންމައާއި ބައްޕައަށް ހަޤީޤަތް ކިޔައިދޭން ރޫނާ ބޭނުންވީއެވެ.
“މަންމާ!! މަން.” މަންމަ އަށް ގޮވަމުން، ރޫނާ ދުވެފައި ދަނިކޮށް ރޫނާގެ ފައިގައި އެއްޗެއް އަޅައިގަތީއެވެ. އެއާއިއެކު އޭނާ ވެއްޓުނީ ބިންމައްޗަށެވެ. އުނދަގޫ ގޮތަކަށް ބިންމަތިން ތެދުވިިއިރު ރޫނާގެ ފަޔަށް ތަދެއްއަރާފައި ހުއްޓެވެ. މޫނަށް ވެސް ތަދުވެއެވެ. ރޫނާއަށް އަނގަ ހަދާލެވުނެވެ. މިއަދު އޭނާ ވެއްޓުނު ފަހަރުމީ ދެވަނައެވެ.
“އައުޗް.. އަައު ..” ތަދުވާތީ ކޮރަމުން ގޮސް މަންމަގެ ކޮޓަރި ދޮރުގައި ޓަކިދީފައި ރޫނާ އެކޮޓަރިއަށް ވަނީވެސް ހަމަ އެޙާލުގައި ހުރެއެެވެ. “ރުން. ކިހިނެތްވީ؟؟ ކޮބާ ދަނޑިގަނޑު؟ ..”
ކިޔަން އިން ފޮތް ބައްވާފައި ރިއާނާ ބަލައިލިއިރު ރޫނާ ހުރިހާލު ފެނުމުން ހިތުގައި ސުވާލުމާކު ޖެހުނެވެ. މިއީ ޖާދޫގެ ދަނޑިއެއް ބަލާ ގުދަނަށް ފޮނުވި ރޫނާއެވެ. އެކަމަކު އެނބުރި މިއައީ ކިލާގަނޑަކަށް ވެގެންނެވެ. އަނެއްކާ ރޫނާ އައީ ސިމެންތި ގަށާ މެޝިނެއްގެ ތެރެއަށް ވަދެފައި ބާއޭ ހިތަށްއަރައި ރިއާނާގެ ގާތަށް ކުޑަކޮށް ހިނިއައިސް ހީލެވުނެެވެ.
“މަންމާ! ބޮޑު ކަމެއްވެއްޖެ! ބޮޑު ކަމެއް އިނގޭ! ..” ރޫނާ އަތް ހޫރަމުން ގުނބު ހިލިފައި ހުރެ ގޮނޑިއެއްގައި އިށީނެވެ. ރިއާނާވެސް ސުވާލުކުރަމުން ގޮސް ރޫނާގެ ގާތުގައި އިށީނެވެ. “ކޮންކަމެއް ވީ؟ ކޮންތާކަށް ވެދެފަ ތިއައީ ދަރިފުޅު؟ ..” ރިއާނާ އެއްސެވެ. މަސައްކަތެއް ހަވާލުކޮށްފައި ރޫނާ ފޮނުވިިއިރު އެއާއި އިދިކޮޅު މަަސައްކަތެއް ކޮއްފައި އައީމާ ރިއާނާ އެހާ ހިތްހަމައެއް ނުޖެހުނެވެ. ނަމަވެސް ކަނުލައި އަޑުއަހަމުން ދިޔައީ ރޫނާ ކިޔައިދެމުން ގެންދިޔަ ވާހަކަތަކެކެވެ.
“ތީ؟؟ ވީގޮތަކީ؟؟ ..” ރިއާނާ އަހާލިއެވެ. ރޫނާ ކިޔައިދީ ނިމުމުންނެވެ. އޭނައަށް އެއްގޮތަކަށްވެސް އެވާހަކަތައް ޤަބޫލެއް ނުކުރެވުނެވެ. “އާން! .. އައި ސުވެއަރ.. ހީވޯޒް ދެއަރ. ޕީޖިވިއޯން!.. ” . ވަރަށް ޔަގީންކަމާއިއެކު ރޫނާ ބުނެލިއެވެ. ނަމަވެސް ރިއާނާއަކަށް އެވާހަކައެއް ހަޖަމެއް ނުކުރެވުނެވެ.
“ދެން؟؟ ރޫނާ! ޕީޖިވިއޯން ނައްތާލެވިފަ ވަނީ. މަންމަ ބުނީމެއްނު ރުނާ ގާތުގަ؟ އެހާ ބާރުގަދަ ސޯސެރަރ އަކަސް ދުނިޔޭގަ ވެސް ނޫޅެވޭނެ. އެހެންވެ، ދަރިފުޅުގެ ބައްޕަ އަހަރުތަކެއް ކުރިން އޭތި ނައްތާލީ! ..” ރިއާނާ ކޮޅަށް ތެދުވެ ދެއަތަށް ހިނގައިލިއެވެ.
“ދެން މަމް! ..” ރުނާއަށް އިތުރަށް ކުރިއަށް ނުގެންދެވި އުޅެނިކޮށް ހުއްޓެވުނީ ރިއާނާގެ ނުރުހުމުގެ އަޑު ކަންފަތުގައި ޖެހުމުންނެވެ. “އިނަފް! ބުނާގޮތަށް ހަދާ ރުނާ!. ދެން ފެންވަރައިގެން ކާން އާދޭ..”
އެންމެ ފަހު ބަސް އިއްވާލުމަށްފަހު ރިއާނާ ކޮޓަރިން ނުކުމެ ހިނގައިގަތެވެ. ރޫނާވެސް އެއްވެސް އެއްޗެއް ބުނަން ނުކެރިފައި ހުރެ ކޮޓަރިން ނުކުތީ މާޔޫސްވެފައި ހުރެގެންނެވެ. މަންމަމެންގެ ރުހުން ނުލިބި، ޤަބޫލު ނުކުރި އެއްކަމަކު ރުނާއަށް ޤަބޫލުކުރެވުނެވެ. އެކަން ޚުދު ރޫނާއަށްވެސް އެނގެއެވެ.
“ޔޫ ވޯންޓް ދެމް؟؟؟ ޔޫ ބެޓަރ ގެޓް ދެމް!!!! ..” ރޫނާ ސިއްރު ސިއްރުން ޕީޖިވިއޯނަށް ބުނެލީ އޭއްޗަށްވެސް އެއަޑު ނީވޭނެކަން އެނގި ހުރެއެވެ. އޭނާ އަޒުމް ކަނޑައެޅީ އެކަން ހަނގުރާމައަކަށް ނުގޮސް ހުއްޓާ، ކަންތައް ނިންމާލާށެވެ. އޭނަގެ ހިތުގައި ޕީޖިވޯނަކަށް، ވީޖިވޯނަކަށް، ފަރުވާލެއް ނެތެވެ.
****
“ރުނާ؟؟ ..” ނަޔާނީ ރޫނާގެ ސަމާލުކަން ހޯދުމުގެ ނިޔަތުގައި އަތުން އަަޑެއް ގޮއްވާލީ ދެތިން ފަހަރަކު ގޮވައިލުމުންވެސް ރޫނާ އިންގޮތަށް އިނީތީއެވެ. އޭރު ލިލިޔަން އާއި ނަޔާނީގެ ހަނގުރާމަ ހުއްޓިއްޖެއެވެ. ލިލިޔަންވެސް ރޫނާއަށް ގޮވާލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


