ލޯބި_15
މާ ގިނައިރު އިންތިޒާރު ކުރާކަށްނުޖެހުނެވެ. ހެދިކާ އާއި ސައި ހިފައިގެން ވޭޓަރު އައެވެ. އަހރެނއނ ްދެ މީހުން އަވަހަށް ސައި ބޯން ފެށީމެވެ. އެހެންމީހުން ވެސް އޭރު ސައި ބޯން ފަށައިފިއެވެ. ސައި ނިމުން ދިޔައިރު އަނެއް މެދުގައި ތިބި އަހރެންގެ އާއިލާ މީހުން ތިބީ އޮލަ ވާހަކަިގައެވެ. ނަމަވެސް އެއާ ޚިލާފަށް އަހަރެމެން ދެ މީހުންގެ ދެމެދުގައި އެއްވެސް ވާހަކަ އެއް ނުދެކެވެއެވެ. އަހަރެމެންގެ މެދުގައި ވަނީ ހަމަހިމޭންކަމެވެ. އެ ވަގުތު އަންހެނުން އަހަރެންނާ ވާހަކަ ދައްކަން ފެށްޓީ އެ ހަމަހިމޭކަމުން އުނދަގޫ ވާތީ ކަންނޭގެއެވެ. އަހަރެންވެސް އަންހެނުންގެ ވާހަކައިގައި ބައިވެރިވީމެވެ. އެހެން ވާހަކައިގައި ތިބެ އަހަރެމެން ސައި ބޮއެ ނިންމާލީމެވެ. އޭރު އެހެން މީހުންވެސް ސައި ބޮއެ ނިމިގެން ގޮނޑިން ތެދުވެގެން ހިނގައިގަންނަނީއެވެ. އަހަރެމެންވެސް ގޮނޑިން ތެދުވެގެން ގޮސް އެމީހުންނާ އަރާ ހަމަ ކުރީމެވެ.
ރެސްޓޯރެންޓް އިން ސައި ބޮއެ ނިމުމަށްފަހު އަހަރެމެން ބެލީ ކެންދޫ ބަނބުކެޔޮ ލިބޭތޯ އެވެ. އެހާ ދުރަށް ހިނގާކަށްވެސް ނުޖެހުނެވެ. ބައްޕަގެ ގާތް ރަށްޓެއްސެއްގެ ގެއަކުން ކެންދޫ ބަނބުކެޔޮ ލިބިއްޖެއެވެ. އަހަރެން ވަރަށް އުފާވިއެވެ. ކެންދޫ ބަނބުކެޔޮ ނުލިބިދާނެތީ އަހަރެން ހުރީ ވަރަށް ދެރަވެފަ އެވެ. މިހާރު އެ ހިތާމައެއްވެސް ކުރާކަށް ނުޖެހޭނެއެއްނޫންހެއްޔެވެ.
އިރުއޮއްސެން ގާތްވުމުން އަހަރެމެން ގެ އާއިލާ އަވަހަށް ގެއަށް މިސްރާބު ޖެހީމެވެ. ގެއަށް އައިސް ވަރުން މަޣްރިބު ނަމާދު ބަންގި ގޮވަނީއެވެ. އަހަރެން އަވަސްވެގަތީ ބައްޕަ މެންނާ އަހުމަދުބެ އާއެކު ވުޟޫ ކޮށްލައިގެން ޖަމާޢަތަށް މިސްކިތަށް ދިއުމަށެވެ. އަހަރެން ވުޟޫ ކޮށްލައިގެން އައިސް ރީތި ވެގެން ނުކުން އިރު ބައްޕަމެންނާ އަހުމަދުބެ އަހަރެނެގެ އިންތިޒާރު ގައި ތިއްބެވެ. އަހަރެން ނުކުތުމުން އެމީހުން ހިނގައިގަތެވެ.
މިސްކިތުން އައިސް އަހަރެން ކޮޓަރިއަށް ވަން އިރު އަންހެނުން މާދަމާ ރަށަށް ދިޔުމަށްޓަކައި ފޮށްޓަށް އެއްޗެހި އަޅައި ތައްޔާރުވަނީއެވެ. އަހރެންވެސް އަންހެނުންނަށް ފޮށޓަށް އެއްޗެހި އެޅުމަށްޓަކައި އެހީތެރިވެދިނީމެވެ. ފޮށްޓަށް އެއްޗެހި އަޅައި ނިމުން އިރު ދެމީހުންވެސް ތިބީ ވަރަށް ވަރުބަލީވެފައެވެ. އެހެންކަމުން ދެމީހުންވެސް ކުޑަކޮށް އަރާމުކޮށްލަން ޖައްސާލީމެވެ. އިރުކޮޅެއް ނުވެ އިވުނީ އިޝާ ނަމާދު ގެ ބަންގީގެ އަޑެވެ. އަހަރެން އަވަހަށް ފާހާނާ އަށް ވަދެ ވުޟޫ ކޮށްލައިގެން އައިސް ރީތި ވެގެން މިސްކިތަށް ދާން ނުކުތީމެވެ. އޭރު ބައްޕަމެންނާ އަހުމަދުބެ ވެސް މިސްކިތަށް ދިޔުމަށްޓަކައި ގެއިން ނުކުންނަނީ އެވެ.
ގަޑިން ރޭގަނޑު އަށެއް ޖަހަނީއެވެ. އަހަރެމެންގެ އާއިލާ ތިބީ ކެއުމަށް އިންސާފު ކުރާށެވެ. ކާން ތިބިއިރު އަހަރެމެންގެ އާއިލާ ތިބީ ވަރަށް އޮލަ ވާހަކައެއްގައި ވެ. އެއީ އަހަރެމެންގެ އާއިލާ މާދަމާ ރަށަށް ދާ ވާހަކައެވެ. ރަށަށް ގޮއްސަ ވެސް ވަރަށް ގިނަ ދަތުރު ދާން ޖެހޭނެ ކަމަށް އަހުމަދުބެ ބުންޏެވެ. ވާހަކައިގައި ތިބެގެން ކެއުން ނިމުނު އިރު ގަޑިން 10 ޖަހަނީއެވެ. އެންމެންވެސް އަވަސްވެގަތީ އަވަހަށް މާދަން ފުރަން ވާއިރަށް ހޭލެވޭތޯ ނިދަން ދިޔުމަށެވެ. ކޮޓަރިއަށް ވަން އިރު އަހަރެންނަށް ވަރުބަލިކަން އިހުސާސް ކުރެވެއެވެ. އެހެންވެ އަހަރެން ފެންވަރާލައިގެން އައިސް ނިދަން އެނދުގައި ޖައްސާލިއިރު އަންހެނުންވެސް ނިދަން އެނދުގައި އޮތެވެ. އަންހެނުންނަށް “ގުޑް ނައިޓް” މިހެން ބުނުމުން އަންހެނުންވެސް އަހަރެންނަށް ހަމަ އެހެން ބުނެލުމަށްފަހު ދެލޯ މަރާލި އެވެ. ނަމަވެސް އަހަރެން ރަށަށް ދާ ހިތްވެފައި ހުރިލެއް ބޮޑު ކަމުން އަހަރެންގެ ލޮލަކަށް ނިންޖެއް ނައެވެ. އެހެން އޮވެފައި ނިދިން އިރެއްވެސް އަހަރެންނަކަށް ނޭނގެއެވެ.
އަހަރެންނަށް ހޭލެވުނީ ފޯނު އެލާރމް ވާ އަޑަށެވެ. އޭރު ގަޑިން ފަތިހު 4 ޖެހީއެވެ. ފަތިސް ނަމާދު ބަންގި ގޮވަނީ ގަތަރު ގަޑި ދިހައެއްގައި ކަމުން އަހަރެން ފެންވަރާލައިގެން ވުޟޫ ކޮށްލައިގެން އައިސް ރީތި ވެލީމެވެ. އަދި އަންހެނުންނަށް ގޮވާލައިފައި ނަމާދު ކުރަން ތެދުވުމަށް ބުނުމުން އަންހެނުން ތެދުވި އެވެ. އަހަރެން މިސްކިތަށް ދިޔުމަށްޓަކައި ކޮޓަރިން ނުކުން އިރު އަހުމަދުބެމެންނާ ބައްޕަމެން ސޯފައިގައި ތިއްބެވެ. އަންހެންވެރިން ވެސް ސައި ތައްޔާރު ކުރުމަށްޓަކައި އުޅެއެވެ. އަހަރެން ނުކުތުމުން ބައްޕަމެންނާ އަހުމަދުބެ ވެސް މިސްކިތަށް ދިޔުމަށްޓަކައި ގެއިން ނުކުތެވެ.
މިސްކިތުން އައިސް އަހަރެމެންގެ އާއިލާ ސައި ބޮއެގެން ފޮށިތައް ނުކުއްދުވުމަށްޓަކައި އުޅުނީމެވެ. ފެރީ ފުރަނީ ހަތެއް ޖަހާއިރު ކަމުން އަހަރެމެން އަވަހަށް ގެއިން ނުކުތީމެވެ.
ނުނިމޭ…..
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.



Mee mi vhk ge 15 vana part mi part vex reethi vaane kamah ummeedhu kuran❤️❤️❤️❤️❤️❤️
reechey reechey magey dharifulhoooooooo.. hn avahah hingaashey bodu dhitha men fihaara ah jessumeh kohlan dhaan.. majaa moden vx vaaney.. baiy gandeh modelan vx vaaney.. eyy mashah libunee 7.. yay yay yay.. i’m soo happy
vrh lwbiveyyyyyyyyyyy.. miss vey vrhhhhhhhhhh…