ލޯބި_14
ކެއުން ނިންމުމަށްފަހު އެންމެންވެސް ދިޔައީ މޫދަށް އެރޭށެވެ. މޫދުގައި ވަރަށް ގިނަ ސަކަރާތް ޖެހުމަށްފަހު އެންމެންވެސް މޫދުން އެރިއެވެ. އެއަށްފަހު އެންމެން އަވަސްވެގަތީ ގެއަށް ރަށެވެ. އޭރު އަސުރު ނަމާދު ބަންގި ގޮވަން ވަށް ގާތް ވެއްޖެއެވެ. އަހުމަދުބެ ބަގީ އަށް ގުޅުމުން ވަރަށް އަވަހަށް ބަގީ އައެވެ. އެންމެންވެސް ބަގީ އަށް އަތުލުން ބަގީ ނައްޓާލިއެވެ.
އަހަރެން އަވަހަށް ކޮޓަރިއަށް ވަދެ ފެންވަރާލީމެވެ. އަދި ވުޟޫ ކޮށްލައިގެން މިސްކިތަށް ދިޔައީމެވެ. މިސްކިތުން އައިއިރު އަންހެންވެރިން ސައި ތައްޔާރު ކުރަނީއެވެ. އިރުކޮޅެއް ތެރޭ ސައި ބޮއެ ނިމުމަށްފަހު ވާހަކ ދައްކާލުމަށޓަކައި އެންމެންވެސް ސޯފައިގައި ޖައްސާލިއެވެ. ބައްޕަމެން ވާހަކަ ފެށިއެވެ. އެމީހުންގެ މައުލޫއަކަށް ވީ ރަށަށް ދިޔުމެވެ. އަހަރެން އަހުމަދުބެ ގާތުގަ މިފަހަރު އަހަރެމެންނާއެކު ރަށަށް ދާނެ ޖެހޭނެކަމަށް ބުނީމެވެ. އަހުމަދުބެ ވަގުތުން އެކަމަށް އެއްބަސްވިއެވެ. އަހުމަދުބެގެ އަންހެނުންވެސް މެއެވެ. އަހަރެން އެކަމާ ވަރަށް އުފާވެފައި އިނދެ ބައްޕަ ގާތުގައި ރަށަށް ދިޔުން އޮތީ ކޮން ދުވަހަކުން ތޯ ސުވާލު ކުރީމެވެ. މާދަން ނޫން އަނެއް ދުވަހު ދާންވީ ކަމަށް ބައްޕަ އަހަރެން ގާތު ބުންޏެވެ. އެންމެންވެސް ސޯފާއިން ތެދުވި ދަތުރު ތައްޔާރު ކުރަން ބުނަމުންނެވެ.
އޭގެ އަނެއް ދުވަހު ފަތިސް ނަމާދު ބަންގިއަށް އަހަރެންނަށް ހޭލެވުނެވެ. އަހަރެން އަވަސްއަވަހަށް އަންހެނުންނަށް ގޮވާފައި ނަމާދު ކުރަން ތެދުވުމަށް ބުނުމަށްފަހު ފާހާނާ އަށް ވަދެ ފެންވަރައިގެން ވުޟޫ ކޮށްލައިގެން އައިސް ރީތި ވެލީމެވެ. އަދި މިސްކިތަށް ދިޔުމަށްޓަކައި ކޮޓަރިން ނުކުތީމެވެ. މިސްކިތުން އައިއިރު އަންހެންވެރިން ސައި ތައްޔާރު ކުރުމަށްޓަކައި އުޅެއެވެ. އެންމެންވެސް ސައި ބޮއެ ނިމިގެން މާދަމާ ގުދަން އެއްޗެހި ހަމަ ކުރަން އަވަސްވެގަތެވެ. އަހަރެން ބައްޕަ ގާތުގައި ކެންދޫ ބަނބުކެޔޮ ކޮޅެއް ބޭނުން ކަމުގައި ބުނުމުން ބައްޕަ ތީ އެއްވެސް މައްސަލައެއް ނޫން ކަމުގައި ބުންޏެވެ. އަދި ވަރަށް ފަސޭހައިން ކެންދޫ ބަނބުކެޔޮ ލިބިދާނެކަމަށް ވެސް ބުންޏެވެ.
މެނދުރު ކެއުމަށްފަހު އެންމެން ނިންމީ ކުޑަކޮށް އަރާމު ކޮށްލާށެވެ. އަހރެންވެސް ކައިގެން އައިސް އަންހެނުންނާއެކު ނިދަން ޖައްސާލީމެވެ. އަހަރެމެންނަށް ހޭލެވުނީ ކޮޓަރި ދޮރުގައި ވަރަށް ބާރަށް ތަޅާ އަޑަށެވެ. އަހަރެން އަވަހަށް ގޮސް ދޮރު ހުޅުވާލީމެވެ. ކުރިމަތީގައި އަހަރެންގެ ބައްޕަ ހުއްޓެވެ. އަހަރެން ކިހިނެއްވީތޯ ސުވާލު ކުރުމުން އަސުރު ވެއްޖެކަމަށް ބައްޕަ ބުނުމުން އަވަސް އަވަހަށް އަހަރެން ފާހާނާ އަށް ވަދެ ވުޟޫ ކޮށްލައިގެން އައިސް ރީތި ވެލީމެވެ. އަހަރެންނަކީ ކުޑަ އިރުއްސުރެވެސް އެއްވެސް ނަމާދެއް ދޫކޮށްލާ މީހެއް ނޫނެވެ. އެއީ އަަަހަރެންގެ މައިންބަފައިން އަހަރެންނަށް ދަސްކޮށްދީފައި ހުރި ގޮތެވެ. އަހަރެން މިސްކިތަށް ދިޔުމަށްޓަކައި ގެއިން ނުކުތީމެވެ. އޭރު ބައްޕަމެން މިސްކިތަށް ދާތަން ފެނެއެވެ.
މިސްކިތުން އައިސް އަހަރެން ކޮޓަރިއަށް ވަން އިރު އަންހެނުން ލޯގަނޑު ކުރިމަތީގައި ރީތިވާން ހުއްޓެވެ. އަހަރެން އަންހެނުން ގާތު ހާދަ ރީއްޗޭ ބުނުމުން އަންހެނުން ޝުކުރިއްޔާ އޭ ބުނެ އަހަރެން ގައިގައި ބައްދާލިއެވެ. އަހަރެމެން ދެމީހުން ކޮޓަރިން ނުކުން އިރު އެންމެން ހިނގާލަން ދާން ހިނގާށޭ ބުނުމުން އަހަރެމެން ދެމީހުން އެއްވެސް ދެބަސްވުމެއް ނެތި އެމީހުން ފަހަތުން ހިނގައިގަތީމެވެ. މަގުމަތީގައި ހިނގަމުން ދިޔައިރު އަހަރެންނަށް ބެލެނީ އަހަރެންގެ އަންހެނުންނަށެވެ. ކަޅު ކުލައިގެ ޓައިޓަން ފެހި ކުލައިގެ ކަކުލާ ހަމައަށް އަންނަ ހެދުމަކާ އަޅި ކުލައިގެ ހެދުމުގައި އަހަރެންގެ އަންހެނުން މިއަދު ވަރަށް ރީއްޗެވެ. ހަމަ ހީވަނީ ޕަރީ އެއް ހެންނެވެ. އަހަރެން އަންހެނުންނަށް ބަލަން ފެށުމުން އަންހެނުން ކިހިނެއްވީ ހެއްޔޭ އަހާލިއެވެ. އަހަރެން ރީތި ކަމުން ބެލެނިއޭ ބުނުމުން އަންހެނުން އަހަރެންނަށް ހިނިތުންވުނެއް ރައްދު ކޮށްލިއެވެ.
އެންމެން ހިނގަމުން ހިނގަމުން ގޮސް ވަދުނީ ވަރަށް ރީތިކޮށް ހަދާފައިވާ ރެސްޓޯރެންޓް އަކަށެވެ. އެތަނުގައި ވަރަށް ރީތި މަގަށް ހައްދާފައި ހުއްޓެވެ. އަހަރެން ރެސްޓޯރަންޓަށް އައީ ކިއްކުރަނތޯ ސުވާލުކުރުމުން ޖަވާބުގައި އަހުމަދުބެ މިއީ އަހުމަދުބެއާ އަހުމަދުބެގެ އަންހެނުން ގެ ފަރާތުން ދޭ ދަތެއް ކަމަށް ބުންޏެވެ. އަހަރެން އެދެމީހުންނަށް ޝުކުރު އަދާކުރުން އެދެނީހުންވެސް އަހަރެންގެ ކައިވެނީގެ ސަޔަށް ޝުކުރު އަދާ ކުރިއެވެ. އަހަރެން އަންހެނުންނާއެކު ވަކިން މޭޒެއްގައި އިށީނީމެވެ. އަދި ވޭޓަރަކަށް ގޮވައި ހެދިކާޔާ ސައި ދެ ތަށި ފެންނަން ބުނީމެވެ. އެހެނ މީހުންވެސް މޭޒެއްގައި އިށީނދެ ވޭޓަރަކަށް ގޮވައި ހެދިކާޔާ ސައި ގެންނަން ބުންޏެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


