Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ހިތުގެ ޝަކުވާ… 15

Nayaa
Nayaa Level 1010 Stories100 Comments100 Login500 Comments100 Stories1K Comments
June 14, 2021 7 Mins Read
6 Comments

މާނާ ނުކުތުމާއި އެކުހެން މާއިޝްގެ ބަޑި ފަޅައިގެން ދިޔައެވެ. ބައްޕަ އޭނާ ދެކެ އެހާ ނަފްރަތު ކުރަން ޖެހުނީ ކީއްވެބާވައޭ ހިތަށް އެރިއެވެ. އޭނާ ހަމައެކަނި އިއްވާލީ އޭނާގެ ހިތުގެ އަޑެވެ. ބޭރުކޮށްލީ ހިތުގެ އުދާސްތަކެވެ. ކިޔައިދިނީ ހިތުގެ ޝަކުވާއެވެ. އެހެންނަމަވެސް، ބަދަލުގައި އޭނާއަށް ލިބުނީ ވޭނެވެ. ހިތާމައެވެ. ޒަޚަމެވެ. ބައްޕަގެ އެ ވިހަ ގަދަ ބަސްތަކުންނާއި. އަނިޔާވެރި ޢަމަލުން މާއިޝްގެ ހިތުގައި ބައްޕައާއި މެދު ނަފްރަތު އުފެދުނެވެ. ކުޑައިރުއްސުރެ މިއަދާ ހަމައަށްވެސް، ބައްޕަގެ ކުރިމައްޗަށް އަރާ ކޮންމެ ފަހަރަކުވެސް، އޭނާ ކުރިމަތިލާން ޖެހެނީ ބައްޕަގެ ތޫނު ޚަންޖަރެއް ފަދަ ވިހަގަދަ ބަސްތަކުންނެވެ. އެ އަނިޔާވެރި ބަސްތަކުން މިއަދާ ހަމައަށްވެސް އޭނާގެ ހިތަށް ލިބިފައިވާ ޒަޚަމްތައް ވަނީ ނުފިލާނޭ ބޮޑެތި ކޫރުތަކަކަށް ބަދަލުވެފައެވެ. ކުޑައިރުއްސުރެ ނުލިބިފައިވީ ބައްޕަގެ ލޯތްބަށް އޭނާ ފެންބޮވައިގަނެފައިވީ ވަރު އިނގޭނީ ހަމަ އޭނާއަށެވެ. އެހެންނަމަވެސް، އޭނާ އަދިވެސް ހިތްވަރުކުރާނެވެއެވެ. ބައްޕަގެ ލޯބި ލިބެންދެން އޭނާ ކެތްކުރާނެއެވެ. ބައްޕައަށް ވިސްނި، ތައުބާވާނެ ދުވަހަކަށް އޭނާ އިންތިޒާރު ކުރާނެއެވެ. އޭނާގެ ހިތުގެ ޝަކުވާތަކަށް ލުޔެއް ލިބޭތޯ ﷲ ގެ ޙަޟްރަތުގައި ކެތްތެރިކަމާއެކު ދުޢާ ދަންނަވާނެއެވެ.

*******

ފޯނު އެލާމްވާ އަޑަށް ހޭލެވުނު ރައިޝާ މޭޒުމަތިން ބޯ ނެގި އިރު އެ މޫނުމަތީގައި ވަނީ ވަރުބަލިވެފައި ހުރި ކަމުގެ އަސަރުތަކެވެ. ގިނަ ދުވަސް ވަންދެން ހަމަނިދި ނުލިބުމުގެ ސަބަބުން ރައިޝާގެ ދެލޯ ވަނީ ހިސާބަކަށް ވަޅުވަދެފައެވެ. އެހެންޏާ އެ މޫނުމަތިން ފެންނަން ހުންނަ ތާޒާކަމެއް ފެންނާކަށް ނެތެވެ. މޫނުމަތީގައި ހިސާބަކަށް ބިހި ނަގާފައި ހުރި އިރު މޫނުމަތީގެ އޮމާންކަންވެސް ވަނީ ކޮންމެވެސް ވަރަކަށް ގެއްލިފައެވެ. ރަނގަޅަށް ނުކެއުމުގެ ސަބަބުން ހަށިގަނޑު ކުރިއަށްވުރެ ނިކަމެތި ކަމަށް ދައްކައެވެ. ހޭލެވުމަށްފަހުވެސް އިރުކޮޅަކު އޮވެލާފައި ރައިޝާ ތެދުވެ ފޮތްތައް ލައްޕާލާފައި ސްޓަޑީ ޓޭބަލް މަތި ތަރުތީބު ކޮށްލިއެވެ. ސްޓަޑީ ޓޭބަލްގެ މަތީގައި ދިއްލާފައި ހުރި ރަން ކުލައިގެ ޓޭބަލް ލައިޓް ނިވާލަމުން ރައިޝާ ކޮޓަރީގެ ލައިޓް ޖެއްސިއެވެ. ހޭވިފައި ވާ އޭނާގެ ދިގު އިސްތަށިގަނޑު އޮމާން ކޮށްލަމުން ރައިޝާ ހުޅިއެއް ޖަހާލިއެވެ. ވަރުބަލި ވެފައި ހުރި ނަމަވެސް ފަތިސް ނަމާދު ބަންގީގެ އަޑު އިވުމުން ފާޚާނާއަށް ވަނީ ނަމާދުކުރަން ޖެހޭނެތީއެވެ. ރޭގައި ވަރަށް ދަން ވަންދެން ފިލާވަޅު ކިޔަން އޮވެފައި ނިދުނީ ދޭއްވެސް ޖެހި ފަހުންނެވެ. މިއަދަކީ ޓެސްޓް ފެށޭ ދުވަސްކަމުން ރައިޝާ ރޭ އެއްކޮށް ހޭދަކުރީ ފޮތް ކިޔުމުގައެވެ. ފަތިސް ނަމާދުކޮށްގެން މިއަދު ޓެސްޓުން ރަނގަޅު ނަތީޖާއެއް ލިބޭތޯ ރައިޝާ ﷲ އަށް ދުޢާ ދެންނެވީ ﷲ ގެ ޙަޟްރަތުގައި ކުރާ ދުޢާއަށް ވުރެ ބާރުގަދަ ހަތިޔާރެއް ނުވާކަން އެނގޭތީއެވެ.

ނަމާދުކޮށްގެން ޤުރުއާން ކިޔަވާލުމަށްފަހު ރައިޝާ އަނެއްކާވެސް އިށީނީ ފޮތް ކިޔާށެވެ. މިދުވަސްކޮޅު ބަދިގެއަށް ވަންނާކަށްވެސް ރައިޝާއަށް ވަގުތެއް ނުވެއެވެ. ނުހާވެސް އިހަށް ހަމައެކަނި ކިޔެވުމަށް ސަމާލުކަން ދޭން އެދުމުން، ރައިޝާ ގިނަ ވަގުތު ހޭދަކުރާނީ ކޮޓަރީގައި ފޮތް ކިޔުމުގައެވެ. ގިނަފަހަރަށް ކާންވެސް ނުނުކުންނާއެވެ. އެހެންނަމަވެސް އެއިން ކޮންމެ ފަހަރަކުވެސް ރިއާޝްއާއި، ޔާޝް ނޫނީ ރީޝާ ރައިޝާގެ ކޮޓަރިއަށް ކާ އެއްޗެހި ގެންގޮސްދޭނެއެވެ. ރިޔާޒްވެސް ރައިޝާއަށް ބޭނުންވާ އެެއްޗެއް ނަމަ، އެދުވަހަކު އެ އެއްޗެއް ހޯދައިދޭނެއެވެ. ރައިޝާގެ ހުރިހާ ކަމެއްހެން ނުހާ ބަލައިދޭތީ ރައިޝާއަށް އިތުރު އެއްވެސް ކަމަކާ ފިކުރު ކުރާކަށް ނުޖެހެއެވެ. އާއިލާ މެމްބަރުން އޭނާއަށް ދޭ އެއްބާރުލުމާއި، އެހީތެރިކަން ފާހަގަކޮށް، އަބަދުވެސް ރައިޝާ އެކަމަށް ޝުކުރުވެރިވެއެވެ.

*******

މަޑުމަޑުން ނައިރާގެ ކޮޓަރީގެ ދޮރު ހުޅުވާލާފައި ވަތް ނިޝާއަށް ހިނިތުންވެލެވުނީ ނައިރާ ނިދާފައި އޮތް އިރު އެއް އަތުގައި ފޮތެއް އޮތުމުންނެވެ. އޭނާގެ ދަރިފުޅު ކިޔަވަން ކުރާ މަސައްކަތާއި މެދުގައި ނިޝާ އަބަދުވެސް ފަޚުރުވެރި ވެއެވެ. ﷲ ގެ ޙަޟްރަތުގައި ނައިރާއަށް ރަނގަޅު ނަތީޖާއަކާއި، އުފާވެރި މުސްތަޤްބަލެއް ދެއްވާތޯ ދުޢާ ކުރެވުނު ޢަދަދުވެސް ނޭނގެއެވެ. މަޑުންމަޑުން ގޮސް ނިޝާ ނައިރާގެ އެނދު ކައިރީގައި ހުއްޓިލިއެވެ. ނައިރާގެ އަތުގައި އޮތް ފޮތް ނެގި ތަނުން ނައިރާ ކުޑަކުޑަކޮށް ދެލޯ ހުޅުވާލިއެވެ. ނިޝާ ހިނިތުންވެލުމަށްފަހު ނަމާދަށް ތެދުވާށޭ ބުނުމުން ނައިރާ ދެލޯ އުނގުޅަމުން ތެދުވިއެވެ. މަޑުމަޑުން އެނދުން ތެދުވެ، ލަސް ފިޔަވަޅުތަކެއްގައި ގޮސް ނައިރާ ފާޚާނާއަށް ވަނުމުން ނިޝާ އެނދުމައްޗާއި، މޭޒުމަތި ރީތިކޮށްލިއެވެ. އަދި ނައިރާއަށް އަޑު އިވޭ ވަރަށް ނަމާދުކޮށްގެން ސައިބޯން އަންނާށޭ ބުނުމަށްފަހު ނިޝާ އެ ކޮޓަރިން ނުކުތެވެ.

މިދުވަސްކޮޅު ނައިރާއަށް މާއިޝްގެ ޚަބަރެއް އެއްގޮތަކަށްވެސް ނުވެއެވެ. ފޯނުން ގުޅުންވެސް ވަނީ ދަތި ކަމަކަށެވެ. ޓެސްޓުތައް އޮންނާތީ އެހެން ކަމަކާ ވިސްނާނެ ވަގުތެއް ނުވާތީއާވެސް އެކުގައެވެ. ސްކޫލުން ފެންނަ އިރު މާއިޝް ކުޑަކޮށް ބަލި ފާޑުވެސް ޖަހައެވެ. އެހެންނަމަވެސް، ނައިރާ އެކަންކަން އެއްފަރާތް ކޮށްލަނީ އެއީ މާއިޝްވެސް ޓެސްޓުތަކަށް ތައްޔާރުވާތީ، އަރާމު ކުރަން ނުލިބުމުން ކަމަށް ވިސްނާފައެވެ. މިއިން އެއްވެސް ކަމެއް ނައިރާ ރައިޝާއަށް ނޭންގީ މިދުވަސްކޮޅު ކިޔެވުން ފިޔަވައި އެހެން އެއްވެސް ކަމަކަށް ވަގުތު ހުސްކުރަން ރައިޝާ ބޭނުންނުވާކަން އެނގޭތީއެވެ.

ފަތިސް ނަމާދު ކޮށްލުމަށްފަހު ނައިރާވެސް ދުޢާ ކުރީ އޭނާއަށް ރަނގަޅު ނަތީޖާއެއް ދެއްވާތޯއެވެ. ނަމާދު ކޮށްލުމަށްފަހު ބޭރަށް ނުކުތީ ސައިތަށްޓެއް ބޮއިލާށެވެ. ބޭރަށް ނުކުތުމުގެ ކުރިން ނައިރާ ލޯގަނޑުން އަމިއްލަ ސޫރައަށް ބަލައިލިއެވެ. މިދުވަސްކޮޅު މާ ބުރަކޮށް އުޅެން ޖެހުމުގެ ސަބަބުން ރައިޝާއެކޭ އެއްފަދައިން ނައިރާގެ މޫނުމަތިންވެސް ބަލި ގޮތެއް ފެންނަން ހުއްޓެވެ. ހަށިގަނޑުވެސް ނިކަމެތިވެފައި، ކުޑަކޮށް ރޯގާ ވައްތަރު ވެފައި ހުރުމުން އަޑުވެސް ވަނީ ކުރަކިވެފައެވެ. ލޯގަނޑުން އަމިއްލަ ސޫރައަށް ބަލަހައްޓައިގެން ހުރި ނައިރާއަށް ނިޝާ ގޮވާ އަޑު އިވުމުން އަވަސްއަވަށް އިސްތަށިގަނޑުގައި ދައްޗެއް ޖަހާލުމަށްފަހު އިސްތަށިގަނޑު ލުއި ގޮތަކަށް ހަރުކޮށްލިއެވެ. ނަމާދުކުރި މުސައްލަ އަލަމާރި ތެރެއަށް ލުމަށްފަހު ނައިރާ އަވަހަށް ކޮޓަރިން ނުކުތެވެ.

*******

ނިދިފައި އޮތް މާއިޝްއަށް ހޭލެވުނީ މީހަކު އޭނާގެ ގައިގައި ހިފާ ގޮވާ ކަހަލަ އިހުސާސެއް ކުރެވުމުންނެވެ. ވަރުބަލި ގޮތަކަށް ބޯ ހިއްލައިލާފައި ބަލައިލި އިރު އެނދު ކައިރީގައި މާނާ ހުރި ތަން ފެނުމުން މާއިޝް އަނެއްކާވެސް އޮށޯތެވެ. އެހެންކަމުން މާނާ އެނދުމަތިން ބާލީހެއް ނަގައި މާއިޝްގެ ގައިގައި ބޮނޑިއެއް އަޅާލިއެވެ. “މާޝް… މިއަދު ޓެސްޓު ފެށޭ ދުވަހެއްނު.. އަވަސް އަވަސް.. ތެދުވޭ.. ބަލަ މިހާރު އެއޮށް ހައެއް ޖަހަނީ.. އަދި ތި އޮތީ ފަތިސް ނަމާދުވެސް ނުކޮށް.. އަށެއް ޖަހާއިރު ސްކޫލަށްވެސް ދާން ޖެހޭނު.. ތިހެން އޮއްވައި މިއަދުވެސް ސައި ނުބޮއެ ދާން ވެއްޖެއްޔާ ކަމަކު ނުދާނެ.. އަދި އަމުދުން ޓެސްޓް ފެށޭ ދުވަހު..” އާދައިގެ މަތިން މާނާ އޭނާގެ ހާސަރުތައް ދަމަން ފެށުމުން މާއިޝް އެނދުން ތެދުވީ އޭނާ ނުތެދުވާހާ ހިނދަކު މާނާ ކުރުނުކުރާނެކަން އެނގޭތީއެވެ. މާއިޝް ތެދުވެގެން ގޮސް ފާޚާނާއަށް ވަނުމުން މާނާ ދެފަރާތަށް ބޯ ހޫރުވާލުމަށްފަހު މާއިޝްގެ އެނދުމަތި ރީތި ކުރަން ފެށިއެވެ.

މާއިޝްގެ ސްޓަޑީ ޓޭބަލް މައްޗަށް ނަޒަރު ހުއްޓުމާއި އެކު މަނާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ހަމައެކަނި ސްޓަޑީ ޓޭބަލްގެ މައްޗަށް ބަލައިލުމުންވެސް މާއިޝް މިފަހަރު ޓެސްޓުތަކަށް ތައްޔާރުވާ ވަރު ފެނެއެވެ. އެހެން ފަހަރުތަކޭ ޚިލާފަށް މިފަހަރު މާއިޝް ކިޔެވުމަށް ސަމާލުކަން ދޭކަން މާނާއަށް ވަރަށް ރަނގަޅަށްވެސް އެނގެއެވެ. އެހެންނަމަވެސް، މާއިޝް މި ހުރިހާ ކަމެއް އެ ކުރަނީ މާއިޝްގެ އަމިއްލަ އުފަލަށް ނޫންކަން އެނގުމާއި އެކު މާނާގެ ހިތުގައި ރިއްސާލިއެވެ. މާއިޝް މި ހުރިހާ ކަމެއް އެ ކުރަނީ އަމާން އުފާކޮށްދޭން ކަންވެސް އެނގުނެވެ. އެންމެ ކުޑައިރުއްސުރެވެސް މާއިޝްގެ ހުވަފެނަކީ ރާއްޖޭގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިއަކަށް ވުން ކަން މާނާއަށް ވަރަށް ރަނގަޅަށްވެސް އެނގެއެވެ. މިފަހަރު މާއިޝް ޓެސްޓުތަކުން ރަނގަޅު ނަތީޖާއެއް ހޯދުމަށްފަހު މާއިޝް އޭނާގެ އަމިއްލަ މަގުން ހިނގަން ބޭނުންވާ ވާހަކަ މާނާ ކައިރި ވަނީ ބުނެފައެވެ. އަމާންގެ ރުހުން ލިބުނަސް، ނުލިބުނަސް މާއިޝް ހުރީ އޭނާގެ ހުވަފެންތައް ކާމިޔާބު ކުރުމުގެ ޢަޒުމުގައެވެ. އޭނާގެ ނޭވާ ހުރިހާ ހިނދަކު، މާއިޝް ދިރިއުޅުމުގައި އަޅާ ކޮންމެ ފިޔަވަޅެއްގައި ވެވެން ހުރި ހުރިހާ އެހީތެރިކަމެއް ވެދޭން މާނާ ހުރީ ތައްޔާރަށެވެ. ޚިޔާލުތަކުގައި ހުރި މާނާއަށް ފާޚާނާގެ ދޮރު ހުޅުވުނު އަޑު އިވުމާއިއެކު، ކަރުނަތައް ފުހެލުމަށްފަހު ކޮޓަރިން ނުކުންނަން ދިޔައީ މާއިޝް ކައިރީގައި ނިމިގެން ސައިބޯން އަންނަން އެދުމަށް ފަހުއެވެ.

*******

ދުވަހަކަށްފަހު ދުވަހެއް ފާއިތުވަމުން ގޮސް ބާރަ ދުވަހުގެ ތެރޭގައި ގިނަ ޓެސްޓުތައް ހުރީ ނިމިފައެވެ. މިއަދަކީ އެންމެ ފަހު ޓެސްޓް އޮންނަ ދުވަސް ކަމުން ރައިޝާއާއި ނައިރާ އެގްޒާމް ހޯލަށް ވަނީ އެހެން ޓެސްޓުތަކެކޭވެސް އެއްފަދައިން މި ޓެސްޓުވެސް ފަސޭހަވޭތޯ ދުޢާ ކުރަމުންނެވެ. މިއަދު އޮތީ ހިސާބު ކަމުން ރައިޝާ ހުރީ ކުޑަކޮށް ބިރުގަންނަ ގޮތް ވެފައެވެ. ނައިރާއަށް މިކަން އެނގުމުން އެކި ވާހަކަތައް ދައްކައިގެން ރައިޝާ މަސަލަސް ކުރެވޭތޯ ބެލިއެވެ. ޓެސްޓު އޮންނާތީ ކުޑަކޮށް ބިރު ގަތް ނަމަވެސް، މިއަދު ހުރިހާ ޓެސްޓުތަކެއް ނިމޭތީ، ރައިޝާއާއި ނައިރާގެ އިތުރުން މާއިޝްވެސް ހުރީ ހަމަޖެހިފައެވެ. ޓެސްޓު ނިމުމުން ޗުއްޓީގައި ކުރާނެ ގިނަ ކަންތައްތަކެއް ރައިޝާއާއި ނައިރާ ހުރީ ރާވާފައެވެ. އެހާ ބުރަކޮށް މުޅި އަހަރު ދުވަހު އުޅެފައި ބޮޑު ޗުއްޓީއެއް ލިބޭތީ ނައިރާ ހީވަނީ ފޯރިއެއް އަރައިގެން އުޅޭ ހެންނެވެ. އެހެން ދުޗަސްދުވަހަށް ވުރެ އަނގަގަދަ ވެފައި، ހަރަކާތްތެރިހެންވެސް ހީވެއެވެ. ދެކުދިން އެކީގައި ގޮސް އެކުއްޖަކަށް ޚާއްސަ ކުރެވިފައިވާ ގޮޑީގައި އިށީނެވެ. މާ ދުރު ނޫން ހިސާބެއްގައި މާއިޝްވެސް އިނެވެ. ޓެސްޓު ޕޭޕަރު ލިބުމުން ރައިޝާ ނައިރާއަށ ވައި އަޑުން “ގުޑް ލަކް” އޭ ބުނެލިއެވެ. ބަދަލުގައި ނައިރާވެސް ހިނިތުންވެލާފައި “ޔޫ ޓޫ” އޭ ބުނެލިއެވެ. އެވަގުތު ޓީޗަރު ޓެސްޓް ހަދަން ފަށާށޭ ބުނުމުން އެއްވެސް ކުއްޖަކު އަނެއް ކުއްޖަކާ ވާހަކައެއް ނުދައްކައެވެ. ރައިޝާއާއި، ނައިރާގެ އިތުރުން މާއިޝްވެސް ބެލީ ފަރުވާތެރި ކަމާއެކު ގަޑި ޖެހުމުގެ ކުރިން ޓެސްޓު ހަދާ ނިންމާލެވޭތޯއެވެ.

*******

ޓެސްޓު ނިންމާފައި އެގްޒާމް ހޯލުން ނުކުތް ރައިޝާއާއި ނައިރާގެ މޫނުމަތީގައި ވަނީ ހިތްހަމަޖެހިފައި ހުރިކަމުގެ ކުލަވަރުތަކެވެ. އެ ދެކުދިންގެ މޫނަށް އެކަނި ބަލައިލުމުންވެސް މިއަދުގެ ޓެސްޓު ދިޔައީ ރަނގަޅަށް ކަން އެނގެއެވެ. “ކޮބާ.. ހޭޓަރ އޮފް މެކްސް.. ކިހިނެއް ޓެސްޓު ދިޔައީ…؟ ފަސޭހަ ދޯ..” ރައިޝާގެ އުޅަނބޮށީގައި ޖަހާލަމުން ނައިރާ އަހާލިއެވެ. “ހޫމްމްމް.. ޓެސްޓް ދޯ.. ދެން އޯކޭ.. ބެޓަރ ދޭން އައި އެކްސްޕެކްޓެޑް.. އިންޝާ ﷲ އެޓްލީސްޓް ނައިންޓީ ފައިވް ލިބޭނެ.. އައި ޕްރެކްޓިސްޑް އަ ލޮޓް ދިސް އިޔަރ..” ރައިޝާ ބުނެލީ ޔަޤީންކަމާއި އެކުގައެވެ. ގެއަށް ދިޔަ މަގުމަތީގައި ނައިރާ ދިޔައީ ޓެސްޓުތައް ނިމުމުން ބޮލަށް ފަސޭހަވާ ވާހަކަ ހުއްޓުމެއް ނެތި ދައްކަމުންނެވެ.

“އޯހ ގޯޑް.. ހާދަ ބޮލަށް ފަސޭހަ ވެއްޖޭ އެގްޒާމްތައް ނިމުނީމަ.. ދިސް ޕާސްޓް ވަން މަންތް ފެލްޓް ލައިކް ހެލް.. ރަނގަޅަކަށް ނުވެސް ކެވެ، ނުވެސް ނިދެ، ޓީވީއެއް ބަލައިލެވުނީކީ ނޫން، ނުވިތާކަށް ފޯނުގަވެސް އަތެއްނުލެވެ… ހުވާ މި ބުނީ.. މަ މިއަދު ގޮއްސަ ބިރިޔާޏެއް ކާލާނީ.. ހާދަ ބަނޑުފައޭ..” ނައިރާ ކުޑަކުއްޖެއްހެން ކުސްތަޅާލިއެވެ. ނައިރާ އުޅުނު ގޮތުން ރައިޝާ ކައިރިއަށް ހިނި އަންނަ ގޮތް ވިއެވެ. “ހެހެ.. އެހެން ދޯ.. މަވެސް ހަމަ ތިފަދަ.. ބަޓް ޔޫ ނޯ.. މިދުވަސްކޮޅު ޖެހޭނެ ވަރަށް އެކްޓިވް ވާން.. ކުޑަބެއާ ރީއްތަގެ ވެޑިން އިޒް އިން ފޯރ ޑޭސް.. އައި ހޭވް ޓު ޕްރިޕެއާރ ފޯރ އިޓް.. އޭ.. ބައި ދަ ވޭ، މަންމަ އޮތް މަށަށާ ނައިއަށާ އެއްވައްތަރު ހެދުން ގެނެއްސަ.. އިޓް ވޯޒް ސޯ ސޯ ސޯ ބިއުޓިފުލް.. އަޅެ މާދަމާ އަންނައްޗެ އެ ހެދުން ވަރުކޮށްލަން.. ޖްވެލަރީސް އެންޑް ހައި ހީލްސްވެސް ޝޯލް ވެސް.. ހުރިހާ އެއްޗެސްވެސް ސޭމް.. މާދަމާ އާދޭ..” ރައިޝާ އެހެން ބުމުން ނައިރާ ވަގުތުން އިސް ޖެހިއެވެ. ރައިޝާއަށް އެ މަންޒަރު ފެނުމުން ވީ ގޮތެއް ދެނެގަންނަން ވަގުތުކޮޅެއް ނެގިއެވެ. ވީ ގޮތް އެނގުމުން ރައިޝާ ނުވާ ކަމަށް ހަދާފައި ކަރުކެހެލިއެވެ.

“ހޫމްމް.. އާޝް ދޮންބެވެސް އުޅޭނެޔޭ.. ހާސް ކަނޑާލާ ފަހަރީ.. މީޓް ކޮށްލަން ބޭނުންތަ..؟ މަ އެކަން ހަމަޖައްސަދީފާނަން..” ރައިޝާ ދިމާކޮށްލާ ރާގަކަށް އެހެން ބުނުމުން ނައިރާގެ ކޯތާފަތަށް ޖަންބު ކުލަ ވެރިވާން ނެގީ މަދު ސިކުންތުކޮޅެވެ. މި މަންޒަރު ފެނުމުންވެސް ރައިޝާއަށް ނައިރާއާ ދިމާކޮށްނުލާ ކެތެއް ނުވިއެވެ. “ހޯ ހޮއެ ހޮއޭ.. ސަމް ވަން އިޒް ބްލަޝިން އައި ގެސް..” ނުވާ ކަމަށް ހަދާލާފައި ރައިޝާއެހެން ބުނުމުން ނައިރާ ރައިޝާގެ ގައިގައި ޖަހާލާފައި ކުރިއަށް ދުއްވައިގަތެވެ. ރައިޝާވެސް ހިނިގަނޑެއް ޖަހާލުމަށްފަހު، ނައިރާގެ ފަހަތުން ގެއަށް ދާން މިސްރާބު ޖެހިއެވެ.

*******

ގެއަސް އައިސް ވަތް ރައިޝާ އެންމެ ފުރަތަމަވެސް ސޯފާމައްޗަށް ވެއްޓިގަތެވެ. ވަރުބަލި ވެފައި ހުރުމުން ރައިޝާ ބޭނުންވީ އިރުކޮޅަކަށް ނަމަވެސް ވަރުބަލިކަން ފިލުވާލާށެވެ. އެހެންނަމަވެސް މަރައިގެން އޮތް ދެލޯ ހުޅުވާލަން ޖެހުނީ ރިއާޝް އޭނާއަށް ގޮވަން ފެށުމުންނެވެ. “ރާރާ.. ދޭބަލަ ޔުނީފޯމް ބަދަލުކޮށްގެން އަންނަން އިހަށް.. ކައިގެން ގޮސް ދެން ކޮޓަރީގަ ނިދަން އޮވޭ..” މިފަހަރު ރައިޝާއަށް ޖެއްސުން ކުރުމުގެ ބަދަލުގައި، ރިއާޝް ރީތިކޮށް ވާހަކަ ދެއްކީ ރައިޝާ މި ހުރިހާ ދުވަހަކު، ނުކައި، ނުބޮއެ، އަރާމު ކުރުމެއް ނެތި، ކުރި ބުރަ މަސައްކަތުން ވަރުބަލިވެފައި، ހަމަނިދި ނުލިބޭކަން އެނގޭތީއެވެ. މިކަހަލަ ދުވަހެއްގައި ރައިޝާ ރުޅި އެރުވުމުން ރުޅިގަނޑު ދެގުނައަށް ބޮޑުވާނެކަން ރިއާޝްއަށްވެސް ވަރަށް ރަނގަޅަށް އެނގެއެވެ. ރިއާޝް އެހެން ބުނުމުން ދާން ނުދާން ކަހަލަ ގޮތަކަށް އޮވެފައި ރައިޝާ ތެދުވެގެން ގޮސް ކޮޓަރިއަށް ވަނީ ފެންވަރާ ތާޒާވެލުމަށެވެ.

*******

ނައިރާ ގެއަށް ވަދެ އެންމެ ފުރަތަމަވެސް ދުއްވައިގަތީ ކޮޓަރިއާ ދިމާލަށެވެ. ފާޚާނާއަކަށް ދާން ވެފައި ހުރުމުން އެހާ ބާރުގަންނުވާފައި ދިޔަ އިރު، ނިޝާ ގޮވާކަންވެސް ނޭނގޭ ކަހަލައެވެ. ފެންވަރާ ނިމިގެން ނައިރާ ނޫކުލައިގެ ޖަރޒީ އަކާ ކަޅު ކުލައިގެ ފުއްޕި ހަރުވާޅެއް ލިއެވެ. ރީތިވެ ނިމިގެން އެންމެ ފުރަތަމަވެސް ދުއްވައިގަތީ ބަދިގެއާ ދިމާލަށެވެ. އޭރު ނިޝާ ކޮންމެވެސް އެއްޗެއް ކައްކާ ވަސް ނޭފަތުގައި ޖެހުމުން ނޭފަތް އެތެރެއަށް ދަމާލެވުނެވެ. ފަހަތުން ގޮސް ނައިރާ ނިޝާ ގާތު ހަދަނީ ކޯއްޗެއްތޯ އަހާލިއެވެ. “ބިރިޔާނި..” ނިޝާގެ ޖަވާބުން ނައިރާ އުފަލުން ފުންމައިގެން އެރިއެވެ. އަވަހަށް ތަށިތައް ނަގާ މޭޒުމަތި އަތުރަން ފެށީ ބަނޑަށް އެއްޗެއް ލުމުގެ ބޭނުމުގައެވެ.

*******

ދޮރުން އެތެރެއަށް ވަދެގެން ލަސް ފިޔަވަޅުތަކެއްގައި ހިނގަމުން އައި މާއިޝްއަށް ހުއްޓެން މަޖުބޫރުވީ ސޯފާގައި އިން އަމާން އޭނާއަށް ގޮވާލުމުންނެވެ. ދެލޯ މަރާ ބާރުކޮށްލަމުން މާއިޝް އަތް މުއްކަވާލީ އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލުމުގެ ގޮތުންނެވެ. އޭރު މާއިޝްގެ އަތުންނާއި، ކަރުން ހުރީ ނާރުތައް ފުފިފައެވެ. މުޅި މޫނުވެސް ރަތްވެފައި ހުރުމުން މާއިޝް އެ ހުރީ ވަރަށް ރުޅި އައިސްފައިކަން ބަލައިލި ކޮންމެ މީހަކަށްވެސް އެނގޭނެއެވެ. އަމާން ދެކެ އޭނާ މިހާރު ވަނީ ފާޑެއްގެ ފޫއްސެކެވެ. އެހެންނަމަވެސް، ރުޅި ކޮންޓްރޯލް ކުރަން މަސައްކަތް ކުރަމުން މާއިޝް އަމާންއާ ވީ ދިމާލަށް އެނބުރުނެވެ.

“ލައްބަ ބައްޕާ..” މާއިޝްގެ އަޑު އައީ މަޑުންނެވެ. “ޓެސްޓުތައް ކިހިނެއް ދިޔައީ..؟ ކިހާވަރެއް ލިބޭނެހެން ހީވޭ..؟” މާ ކުރިންވެސް އަމާން އަހާނީ އެހެންކަން މާއިޝްއަށް އެނގެއެވެ. “ރަނގަޅަށް ދިޔައީ.. ފާސްވާނެ ހަމަ ގައިމުވެސް..” އެއްވެސް ފަރުވާލެއްނެތް ގޮތަކަށް ކޮނޑު އަރުވާލުމަށްފަހު މާއިޝް ކޮޓަރިއާ ދިމާލަށް މިސްރާބު ޖެހީ ވަރުބަލިވެފައި ހުރިލެއް ބޮޑުކަމުންނެވެ. އޭނާ ކިތަންމެ ވަރުބަލިވެފައި ހުއްޓަސް އަމާންއަށް ފާހަގަ ވެގެން އަރާމްކޮށްލަން ދާށޭ ނުބުނާނެކަން އެނގޭތީއެވެ. މާއިޝް ދިޔުމުން އަމާން ފުން ނޭވާއެއް ދޫކޮށްލުމަށްފަހު އަނެއްކާވެސް ކިޔަން އިން ނޫސް ހުޅުވާލިއެވެ. ތިރީގައި ހުރި މާހީންއަށް މާއިޝް ކޮޓަރިއަށް ވަތް ތަން ފެނުމުން، ކާ އެއްޗެހި ހިފައިގެން މާއިޝްގެ ކޮޓަރިއާ ދިމާލަށް މިސްރާބު ޖެހީ އަމާން ގޭގައި އުޅޭހާ ހިނދަކު މާއިޝް ތިރިއަށް ނުފައިބާނެކަން އެނގޭތީއެވެ.

*******

“މީތި ސަޅި ދޯ.. މިއަށް އަރާނީ ބީޗްގަ..” ފޮށިގަނޑެއްގައި ހުރި ފައިވާންތަކުން ފައިވާނެއް ދައްކަމުން ރައިޝާ ނައިރާއަށް ދައްކާލިއެވެ. އެ ދެކުދިން ތިބީ ރައިޝާގެ ކޮޓަރީގައެވެ. މާދަމާ ޔާޝްއާއި ރީޝާގެ ކައިވެނި އޮންނާތީ އެ ދެކުދިންވެސް ދަނީ އެކަމަށް ތައްޔާރު ވަމުންނެވެ. “ހޫމް.. މީތި ސަޅި.. ހެދުން ވަރުކުރަން އުޅެމާ..” ނައިރާ އެހެން ފޮށިގަނޑެއްގައި އޮތް ހެދުމެއް ނެގިއެވެ. ރައިޝާވެސް އެއްބަސް ވުމަށްފަހު އެ ހެދުން ހިފައިގެން ފާޚާނާއަށް ވަނީ ހެޔޮވަރުތޯ ބަލާށެވެ. ނައިރާއާ ދެކުދިން ހެދުމާއި، ފައިވާނާ އެއްޗެހި ވަރުކުރަން އެތައް އިރަކު އުޅުނެވެ. ދެން ހުރި ހުރިހާ ކަމެއް ރިޔާޒްމެން ހަމަޖައްސާނެކަން އެނގޭތީ ރައިޝާމެންނަށް މާ ބޮޑު މަސައްކަތެއް ކުރާކަށް ނުޖެހުނެވެ.

ފޮށިގަނޑުތަކާއި ކޮތަޅުތައް އެއްފަރާތް ކޮށްލާފައި ދެކުދިން ވެގެން ރައިޝާގެ ކޮޓަރި ސާފުކޮށްލިއެވެ. އޭރު ބޭރުގައި ނުހާއާއި، ރިޔާޒްއާއި، ނިޝާގެ އިތުރުން ޔާޝްއާއި ރީޝާވެސް ވާހަކަ ދައްކާ އަޑު އިވެއެވެ. ރިއާޝް ވީ ރިޔާޒް ބުނެގެން ފިހާރައަކަށް ގޮހެވެ. ކޮޓަރި ސާފުކުރުމަށްފަހު ދެކުދިން ރައިޝާގެ އެނދުމަތީގައި އޮށޯވެލީ ވަރުބަލިވެފައި ހުރުމުންނެވެ. “ނައީ..” ރައިޝާ ގޮވާލުމުން ޖަވާމުގައި ނައިރާ ހޫމް ލައްވާލިއެވެ. “މާދަމާ ނައި ވާނެ އިނގޭ ވަރަށް ރީތިވާން..” ރައިޝާ އެއްމިޔަކަނުން ހީލަމުން ބުނެލިއެވެ. “އެއީ..؟ ކީއްކުރަން މަ ރީތިވަނީ..؟ ބަލަ މެޑަމޫ މަށެއް ނޫނޭ ކައިވެނި ކުރަން މިއުޅެނީކީ..” ނައިރާ މާ ބޮޑު ކަމަކަށް ނުހަދާ ބުނެލިއެވެ. އެއާއެކު ރައިޝާގެ ތުންފަތްމައްޗަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ. “ކައިވެނި ނުކުރިޔަކަސް…… ސްޓިލް އިޓް މޭ ބީ ޔުއަރ އެނިވަރސަރީ ޑޭޓް..” ރައިޝާ އެންމެ ފަހުން ބުނެލި ޖުމްލަ ނައިރާއަށް އަޑު ނީވޭ ވަރަށް ވައި އަޑަކުން ބުނެލުމަށްފަހު އަމިއްލަ ނަފްސަށް ހިނިތުންވެލިއެވެ.

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Nayaa
Follow Me Written By

Nayaa

Level 1010 Stories100 Comments100 Login500 Comments100 Stories1K Comments

I write for therapeutic reasons. Author of "Hithuge Shakuvaa", "Hoadhan Neydhen Loebbeh Thiya Noon", "Thiya Loebbah Edheveythee" and "Hiyy Edhey Manzilakee"

Other Articles

Previous

ނަފްރަތުން ވެވުނު ލޯބި 45 ( ފަހު ބައި )

Next

ނަފްރަތަކީ ލޯބީގެ ފެށުން 3

Next
June 14, 2021

ނަފްރަތަކީ ލޯބީގެ ފެށުން 3

Previews
June 14, 2021

ނަފްރަތުން ވެވުނު ލޯބި 45 ( ފަހު ބައި )

6 Comments!

  1. Nayaa Nayaa says:
    June 14, 2021 at 5:06 pm

    Salaam dear readers.. Ummeedhu kuran mi prt vx kiyuntherinnah kamudhiya kamah.. Next prt liyumuge masakkaiy alhugandu mihaaru kuriyah mi gendhanee..maadhamaage vaguthegga submit kohlaanan insha allah.. Keep waiting.. LYSM

  2. Princess says:
    June 14, 2021 at 10:16 pm

    Wow wow wow madamoooo mi partvex haadha reehchey kanbulo ????? v reethi ingey Hama asluvex❤️❤️❤️❤️❤️ nayooo Kokky ge test kihinehtha vanee kithah marks tah libunee onvebala plx mihaaru onehvex nuvey meenaa eh eyyyy nayooo guruathunvex 7 dhw libunee dhen v ufaavaanethaa dhw suvaalu number 7 nagaanan ma ?????? hahahahahah ?????????????? hurebal nikan Qur’an test gavex hedhi goyy hadhaalaa an mifaharuvex iraadhakurevviyyaa ???????????

  3. Nayaa Nayaa says:
    June 15, 2021 at 9:09 am

    i reply to mu moya kudahtha gandu..
    hooonn kurin dhuvahuvx ma on v mey.. kamanaafaanu on uveenu.. test dhww… ey magey ithah eri sir negee baavaey noonee hama mashah gasthuga 7 dhinee baavey.. hahaha magey hini gandu dhiyaee falhaigen 7 libun vhk buneema.. hmmm hadhaabala hadhaabala.. ma adhi ready vx nuvan ekamu.. haha.. ey vrh salaam ingey manje manma ashaa bappa ashaa.. dhn dhontha kairi buney ma bunyey bakari kaeedha dheke vrh lebi veyey… hahaha.. dhonbe adhivx thanmathin nuthedhuvey dhw.. kobaa thigeyga ulhey bahchaa gandu? mi bunee thuhthube vhk.. hahahahaha… eyyy bodudhatha men fihaara ah jassaalan vaane dhw mi covid kanthah nimuneema.. jessun kohlan vaane ingey.. ikko vx govaigen dhaanee majaa moden ehchehi hoadhaigen dhathuru dhaan dhw.. aharun 3 meehun mee cousin ge therein best cousin friends ennu dhw.. dhaan vaane ingey.. fuh basthaa vx hifaigen dhaanvaanee meehunnah landu dheyn.. wyy magey ufan dhuvas annaneenu.. koacheh dheynee mifaharu??? biriyani dheythi ingey..

    1. Princess says:
      June 15, 2021 at 9:46 am

      In reply to magey nayooo Kokko
      Biriyanni kihineh dheynee aan dhen Viber in ethikolheh fonuvafaanan❤️❤️❤️❤️❤️gaimuvex wish kuraanan emmenahthure kurin heheh magey lobi nayoo Kokky❤️❤️❤️❤️❤️aan dhathuru dhanavaane mi covid dhiyaeema and monitering negeema dhw ememn hkoh dhw dhanee ahrumen 3 meehun dhanee fuh dhalhu hifaigen fuh jahan hahahahahah ?????????? emmen gayah jahan jeheyne ingey ememnah salaam byeee nayooooooo Kokky ?♥️?♥️♥️♥️♥️ I am missing you sooooooooo much I love you sooooooooo much baby♥️♥️♥️♥️♥️♥️❤️❤️❤️?❤️?❤️?❤️?❤️?

    2. Nayaa Nayaa says:
      June 15, 2021 at 9:56 am

      yhh enme furathama vx kudahtha wish kurethoa onnaanan heylaa ingey.. aan e dhuvahu honbe dhahtha gayah ekani jeheema kada.. maa madhunney gendhevunee dhw.. h salaam bunaanan iraadhakurevviyyaa.. byeee… aheyy i miss u moreeee babe.. i love u moreeeee bodu dhaithaa

  4. Princess says:
    June 15, 2021 at 5:34 pm

    Hahahah ma mee bodu dhaitha viyya Mashah bodu dhaitha Kiyan??????? ya dhen gendhanvaane baivaru fuh kothalheh gendhanvaane ingey??????ememn gayah jahan vaane lha bahchaa thah dhurah laafa?????? I miss you sooooooooooooooooooooooo much and I love you soooooooooooooo much emem furatham ah wish kureytho balaathi ingey♥️♥️❤️❤️♥️❤️❤️❤️?❤️♥️♥️❤️??❤️♥️❤️??❤️?♥️??❤️❤️♥️❤️❤️?❤️♥️❤️??❤️

Comments are closed.

Next Episodeހިތުގެ ޝަކުވާ… 16←


All Right Reserved!