Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އުފެއްދުންތެރި ލިޔުންއެހެނިހެންލޯބި

ލޯބި….ތޭރަވަނަބއި

Princess Level 210 Stories100 Comments
June 10, 2021 2 Mins Read
2 Comments

އަހަރެމެން ގެއަށް އައިކަން އެނގުމުން ސައި ބޯން އައުމަށް ބުނެ ބަދިގެއަށް ވަނެވެ. ސައި ބޮއެ ނިމުމަށްފަހު އަހަރެމެން އެންމެން ތުނޑިއަށް ހިނގާލަން ދިޔައެވެ. އެންމެން އެންމެނާ ސަކަރާތް ޖަހަމުން ތުނޑީގައި ހިނގަމުން ދިޔައިރު ގަޑިން އިރުއޮއްސި އަނދިރި ވާން ގާތް ވެއްޖެއެވެ. އެންމެންވެސް އަވަސްވެގަތީ ގެއަށް ދާން މިސްރާބު ޖެހުމަށެވެ. ގެއަށް އައިސް ވަނުމަށްފަހު އެންމެންވެސް އެމީހެއްގެ ކޮޓަރިއަށް ވަދުނެވެ. އަހަރެންވެސް އަންހެނުންނާ އެކު ގޮސް ކޮޓަރިއަށް ވަނީމެވެ. ފެންވަރައި ފްރެޝް ވެލާނީ ފަހުން ކަމަށް ހިތަށް އަރައި އަހަރެން ވުޟޫ ކޮށްލައިގެން ބައްޕަމެންނާއި އަހުމަދުބެ އާއެކު މިސްކިތަށް ދިޔައީމެވެ. މިސްކިތުން އައިސް އަހަރެމެން ގެއަށް ވަން އިރު ޓީވީން ޤުރުއާން ޖަހާފައި ހުއްޓެވެ. އަދި ކޮންމެ ކޮޓަރިއަކުން ވެސް ޤުރުއާން ކިޔަވާ އަޑު އިވެއެވެ. އަހަރެންވެސް ކޮޓަރިއަށް ވަދެ ޤުރުއާން ކިޔަވަން ފެށީމެވެ. ޤުރުއާން ކިޔަވާ ނިމުނު އިރު އިޝާ ނަމާދު ބަންގި ގޮވަނީއެވެ. އަހަރެން އަވަހަށް މިސްކިތަށް ދާން ކޮޓަރިން ނުކުތީމެވެ. އޭރު އަހަރެން މަސް ވެގެން ބައްޕަމެންނާ އަހުމަދުބެ ހުއްޓެވެ. އަހަރެން ނުކުތުމުން އެމީހުން ވެސް މިސްކިތަށް ދިޔުމަށްޓަކައި ހިނގައިގަތެވެ.

މިސްކިތުން އައިރު އަންހެންވެރިން ބަދިގޭގައި ކެއުން ތައްޔާރު ކުރަން އުޅެއެވެ. އަހަރެމެން ގޮސް ކާން އެރީމެވެ. އެކި ވާހަކައިގައި ތިބެގެން ކެއުން ނިންމާލި މާދަން ހެނދުނު ދަތުރު ދާން ނިންމާފައެވެ. އަދި އެންމެންވެސް އަވަހަށް ހޭލުމަށް ނިންމަމުންނެވެ. އަހަރެން އަވަހަށް ނިދަން ވެގެން ގޮސް ފާހާނާ އަށް ވަދެ ފެންވަރައިގެން އައިސް ފޯނު އެލާރމް ކުރުމަށްފަހު ނިދަން އޮށޯތީމެވެ. އަންހެނުން ވެސް އަހަރެންނާއެކު ނިދަން އޮށޯތެވެ.

ފޯނު އެލާރމް ވާ އަޑަށް އަހަރެންނަށް ހޭލެވުނެވެ. އޭރު އަންހެނުން ވާހަކައިގައި އުޅޭތޯ އަހަރެން މަޑު ކޮށްލީމެވެ. އަންހެނުން ފާހަގައިން ނުކުތުމުން އަހަރެން ފާހާނާ އަށް ވަދެ ފެންވަރައިގެން ވުޟޫ ކޮށްލުމަށް ފަހު ނުކުމެ ރީތިވެލައިގެން ބައްޕަމެންނާ އަހުމަދުބެ އާއެކު މިސްކިތަށް ދިޔައީމެވެ. މިސްކިތުން އައިސް އަހަރުމެން އަވަސްވެގަތީ ދަތުރު ދާން ތައްޔާރު ވުމަށެވެ. އަހަރެން ކޮޓަރިއަށް ވަން އަންހެނުން ތައްޔާރު ވެ ނިމިއްޖެއެވެ. އަހރެންވެސް އަވަހަށް އެއްޗެހި ބަދަލުކޮށްލައިގެން އަންހެނުންނާއެކު ކޮޓަރިން ނިކުން އިރު އެންމެންވެސް ތައްޔާރުގައި އަހަރެމެންގެ އިންތިޒާރުގައި ތިއްބެވެ. އެންމެން ހަމަވުމުން އަހުމަދުބެ ބަގީ އަށް ގުޅިފައެވެ. މާ ގިނަ އިރެއް ނުވެ ބަގީ އަތުވެއްޖެ އެވެ. އެންމެން ބަގީ އަށް އެރުމުން ދާންވީ ބީޗަށް ކަމަށް ބުނުމުން ބަގީ ނައްޓާލިއެވެ.

ބީޗަށް އާދެވުމުން އެންމެންވެސް ބަގީ އިން ފޭބިއެވެ. އަހރެންވެސް ބަގީ އިން ފޭބުމަށްފަހު އެއްޗެހިތައް ބޭލުމަށްޓަކައި އަހުމަދުބެއަށާއި ބައްޕަމެންނަށް އެހީތެރި ވެދިނީމެވެ. އަންހެންވެރިން ސައި ހަދައި ނިމުމުން އެންމެންވެސް އަވަހަށް ސައި ބޯން އަވަސްވެގަތެވެ. ސަޔަށް ހަދާފައި ހުރީ ފަތް މަސްހުންޏާއި ރޮށްޓެވެ. އަހަރެން ސައި ބޮއެ ނިމުމަށްފަހު އަންހެނުންނާއެކު ހިނގާލަން ދިޔައީމެވެ. ކުޑަކޮށް ހިނގާލުމަށްފަހު އަންހެނުން ފަޔަށް ތަދުވާ ވާހަކަ ބުނުމުން އަހަރެން އެތާ ހުރި ގަހެއްގެ ހިޔަލުގައި ޖައްސާލީމެވެ. އެތަނަށް ވަރަށް ފިނި ވައި ޖެހެއެވެ. އިރުކޮޅަކު އެގޮތަށް ތިބުމަށްފަހު އަހަރެމެންގެ އާއިލާ ތިބި ދިމާލަށް ދިޔުމަށްޓަކައި ހިނގައިގަތީމެވެ. އަހަރެމެން އެމީހުން ތިބި ތަނަށް ދިޔައިރު އެމީހުން ކޮންމެސް އެއްޗެއް ކުޅުމަށްޓަކައި ތައްޔާރުވަނީއެވެ. އަހަރެން އެމީހުންނާ ސުވާލުކުރުމުން ފައިގައި ތަޅާ ކުޅެން ކަމަށް ބުނުމުން އަހަރެން ނުކުޅެނެ ކަމަށް ބުނެ އަންހެނުން ގޮވައިގެން ގަހުގެ ހިޔަލުގައި ތިބީމެވެ.

މެނދުރު ވާން ގާތް ވުމުން އެމީހުން ކުޅުން ހުއްޓާލުމަށް ފަހު އަހަރެން ތިބި ތަނަށް އައިސް ވުޟޫ ކޮށްގެން އައުމަށް ބުންޏެވެ. އަހަރެމެން ދެމީހުން ވުޟޫ ކޮށްގެން އައިރު އެހެނ މީހުން ބޮޑު ސަތަރި ގަނޑެއް އަޅަނީއެވެ. މެނދުރު ނަމާދު ކޮށް ނިމުން އިރު އެންމެންވެސް ތިބީ ވަރަށް ބަނޑުހައި ވެފައެވެ. އެހެންވެ އަންހެން ވެރިން އަވަހަށް ކެއުން ތައްޔާރު ކުރުމަށްޓަކައި އަވަސްވެގަތެވެ. ކާން ހަދަނީ ކޯއްޗެއްތޯ ބެލުމަށްޓަކައި އަހަރެން އެތަނާ ކުޑަކޮށް ގާތް ވެލީމެވެ. ކާން ހަދަނީ ފްރައިޑް ރައިސް ކަން އެނގުމުން ބައްޕަމެންނަށާއި އަހުމަދުބެ އަށް އެކަން އެންގީމެވެ. އެމީހުންވެސް އެއީ އެމީހުންނަށް ވަރަށް މީރު އެއްޗެއް ކަމަށް ބުނެ ހިނިތުންވެލިއެވެ. އަހަރެންވެސް އެއީ އަހަރެންނަށް ވަރަށް މީރު އެއްޗެއް ކަމަށް ބުނެ ހިނިތުންވެލީމެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Princess

Level 210 Stories100 Comments

Other Articles

Previous

ހިތް ބޭނުމޭ ދުލުން 7

Next

ލޯބި……ބާރަ ވަނަބައި

Next
June 10, 2021

ލޯބި……ބާރަ ވަނަބައި

Previews
June 9, 2021

ހިތް ބޭނުމޭ ދުލުން 7

2 Comments!

  1. Nayaa Nayaa says:
    June 10, 2021 at 1:29 pm

    Salaam dear readers.. alhuganduge lwbivaa kudahthage vhk ge mi prt kiyaladhevvi hurihaa kudhinnah vx vvvvv bodah shukuriyyaa… haha eyy sisooo gandaa vvvvv salhi ingey mi prt vx 12 vana prt vx… hama obi.. manma mennah salaam bunahchey… site therey ehaa gina iru noolheythi… nattaalaa oiy kiyan hama mihaaru… ehen noonee nolhaalaanan

  2. Princess says:
    June 11, 2021 at 10:51 am

    Salaam readers mee mi vhk ge 13 vana part mi part vex reethi vaane kamah ummeedhu kuran aneh part submit kohlaifin v avahah kiyaalan libeyne kamh ummeedhu kuran stay home stay safe all readers ♥️♥️♥️♥️

Comments are closed.

Next Episodeލޯބި……ބާރަ ވަނަބައި←


All Right Reserved!