ޖަވާބުގައި އަހުމަދުބެ ބުނީ އަހަރެންގެ މަންމަގެ ވެސް އުފަން ރަށެވެ. އެއީ ރ.މީދޫއެވެ. އަހަރެން އެ ވާހަކަ އަހުމަދުބެ ގާތު ބުނީމެވެ. އަހުމަދުބެ އަހަރެންނަށް ހިނިތުންވެލުމެއް ދިނުމަށް ފަހު އެތަނުން ތެދުވި އެވެ. އަހަރެންވެސް އެތަނުން ތެދުވެގެން ގޮސް ކޮޓަރިއަށް ވަނީމެވެ. އޭރު އަންހެނުން ވަރަށް އަރާމުގައި ނިދާފައި އޮތެވެ. އަހަރެންވެސް ފެންވަރައިގެން އައިސް ނިދަން އޮށޯތީމެވެ.

އޭގެ އަނެއް ދުވަހު އަހަރެން ހޭލި އިރު އަންހެނުންނެއް ނެތެވެ. އަންހެނުން ބަދިގޭގައި ކަމަށް ހިތަށް އަރުވާލުމަށްފަހު އަހަރެން އަވަސްވެގަތީ ފެންވަރާށެވެ. ފެންވަރައި ރީތި ވެގެން ނުކުން އިރު ބަދިގޭގައި އަންހެންވެރިން އުޅެއެވެ. އޭރު ގަޑިން 6 ޖެހީއެވެ. ފަތިސް ނަމާދަށް ނުތެވުނީމަ އަހަރެން ވަރަށް ދެރަ ވިއެވެ. ސިޓިންގް ރޫމް ސޯފާގައި އަހުމަދުބެ އިނުމުން އަހަރެން ގޮސް އަހުމަދުބެ ގާތު ޖައްސާލީމެވެ. އަދި ހިނިތުން ވުމެއް ރައްދު ކޮށްލީމެވެ.

ގަޑިން 7 ޖެހުމުން ސައި ތައްޔާރު ވެއްޖެ ކަމަށް އަންހެނުން ބުނުމުން އަހަރެން ސައި ބޯން ދިޔައީމެވެ. ހެނދުނު ސަޔަށް ހުރީ މަސް ހުންޏާ ރޮށްޓެވެ. ސައި ބޯން އިނދެފައި އަހަރެން މަންމަ ގާތު އަހުމަދުބެގެ އަންހެނުންނަކީ ވެސް ރ.މީދޫ މީހެއްކަން ބުނީމެވެ. ޖަވާބުގައި މަންމަ ހިނިތުން ވެލިއެވެ. އެކި ވާހަކައިގައި ތިބެގެން ސައި ބޮއެ ނިންމާލި މެވެ. ސައި ބޮއެ ނިމުމަށްފަހު އަހަރެން އަންހެނުން ގޮވައިގެން ކުޑަކޮށް ހިނގާލުމަށްޓަކައި އަތިރިމައްޗަށް ދިޔައީމެވެ. އިރުކޮޅަކު ހިނގާލުމަށްފަހު އަހަރެމެން ރާޅު ޖަހާ ފަށުގައި އިށީނީމެވެ. އަންހެނުން އަހަރެންގެ ކޮނޑުގައި ބޯ އަޅާލުމުން އަހަރެން ހިނިތުން ވެލީމެވެ. ގަޑިން 9 ޖެހުމާއެކު އަހަރެމެން ގެއަށް ދިޔުމަށްޓަކައި ހިނގައިގަތީމެވެ. ގެއަށް އައިސް އަހަރެމެން ވަނުމުން އަހަރެންގެ މަންމަ އާއި އަންހެނުންގެ މަންމަ އަހަރުމެންނަށް މަރުހަބާ ކިޔަން ފެށިއެވެ. ކޮން ކަމަކަށްތޯ މަރުހަބާ ކިޔާނީ އަހަރެމެން ދެ މީހުން ސުވާލު ކުރުމުން ދެ މަންމައިން ވަރަށް އުފާވެފައި މިއަދުމީ ތި ދެކުދިންގެ ކައިވެންޏަށް 2 މަސް ފުރުން ދުވަސް ކަމުގައި ބުންޏެވެ. އަހަރެމެން ދެ މީހުން ވަރަށް އުފާވިއެވެ. އަދި އަހަރެންނަށް އެކަން ހަނދާން ނެތުމުން އަހަރެންގެ މޮޔަކަން ހިތަށް އަރައި ބޯ ކަހަމުން ކަހަމުން ގޮސް ކޮޓަރިއަށް ވަނީމެވެ. އަަހރެން ކޮޓަރިއަށް ވަންތާ އިރުކޮޅެއް ނުވެ އަންހެނުން އައިސް ކޮޓަރި އަށް ވަނެވެ. އަދި ކިހިނެއްވީތޯ ސުވާލު ކުރިއެވެ. އަހަރެން އެކަން ހަނދާނަވުމުން ދެރަވީކަމަށް ބުނެ ފާހާނާ އަށް ވަދެ ފެންވަރައިލައިގެން އައިސް ރީތިވެލީމެވެ. އަދި އަންހެނުން ގާތު އެކަމަށް މަރުހަބާ ކީމެވެ. އަންހެނުންވެސް އަހަރެންގެ ގައިގައި ބައްދާލުމަށްފަހު އެކަމަށް މަރުހަބާ ކިއެވެ.

މެނދުރު 12 ޖެހުމުން މިސްކިތަށް ދިއުމަށްޓަކައި ވުޟޫ ކޮށްލައިގެން އަހުމަދުބެ އާ ބައްޕަ މެންނާއެކު މިސްކިތަށް ދިޔައީމެވެ. އޭރު އަންހެން ވެރިން ބަދިގޭގައި މެންދުރުގެ ކެއުން ތައްޔާރު ކުރުމަށްޓަކައި އުޅެއެވެ. އަހަންނާއި އަހުމަދުބެ އަދި ބައްޕަމެން މިސްކިތުން އައިސް ގެއަށް ވަން އިރު ގޭގައި ވަރަށް މީރު ވަހެއް ހުއްޓެވެ. އަހަރެންނަށް ޓަސް ލާފައި އެއީ ބަދިގޭން އަންނަ ވަހެއް ކަމާއި އަދި އެއީ ބިރިޔާނީ ގެ ވަސް ކަން އެނގުނެވެ. އަދި އެ ވާހަކަ އަހުމަދުބެއާއި ބައްޕަމެންނަށް ހިއްސާ ކޮށްލީމެވެ. އަހުމަދުބެއާއި ބައްޕަމެން ހިނިތުން ވެލުމަށްފަހު އަހަރެންނާއެކު ބަދިގެއަށް ވަނެވެ. ބިރިޔާނީ އަކީ އަހަރެންނަށް ވަރަށް މީރު އެއްޗެކެވެ. ކެއުން ކުރިއަށް ގެންދަމުން މިއަދު ބިރިޔާނީ ހެދީ ކާކުތޯ ސުވާލުކުރުމުން ދެ މަންމައިންނާ އަހުމަދުބެގެ އަންހެނުން ކަމަށް ބުންޏެވެ. އަދި އަހަރެންގެ އަންހެނުން ގެ މަންމަ އަކީވެސް ރ.މީދޫ މީހެއް ކަމާއި ރ.މީދޫ މީހުން ކުކުޅު ބިރިޔާނީ ހަދަން ވަރަށް މޮޅު ވާނެ ކަމަށް ބުންޏެވެ. އަހަރެން ހިނިތުން ވެލުމަށްފަހު ކެއުން ކުރިއަށް ގެންދިޔައީމެވެ.

މެންދުރު ކެއުމަށްފަހު އަހަރެން ނިދި ގޮތަށް ހޭލެވުނީ އަންހެނުން ނަމާދަށް ދާން ގޮވުމުންނެވެ. އަހަރެން އަވަސް އަވަހަށް ވުޟޫކޮށްލައިގެން ބައްޕަމެންނާ އަހުމަދުބެ އާއެކު މިސްކިތަށް ދިޔައީމެވެ. އޭރު އަންހެންވެރިން ބަދިގޭގައި ހަވީރު ސައި ތައްޔާރު ކުރުމަށްޓަކައި އުޅެއެވެ. މިސްކިތުން ފައިބައިގެން އަހަރެމެން ގެއަށް އައިސް ވަން އިރު އަންހެންވެރިން ވާހަކައިގައި ތިއްބެވެ.

 

 

0

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!