“އަފާ.. މިކަމުގެ ތެރެއަށް ނުވަދެބަލަ.. އަހަންނަށް އޭނަ ކޮންމެ ކަމެއް ކުރިއަސް އަފާއަށް ކޮން ބެހޭ ކަމެއްތަ..!! ޖަސްޓު.. ޕުލީސް ލީވް މީ އެލޯން..!! މިތަނުން ދޭ. ދެން ނާންނާތި.. ގެޓް އައުޓް!! ” އަފާގެ އަތަށް ބާރުކޮށްލަމުން ޔީޝާ އެހެން ބުނީރު އެމޫނުމަތީ ރުޅިވެރިކަން ވިއެވެ. ޔީޝާގެ އަޑުގައި ހުރި ހަރުކަށިކަން ފެނިފައި އަފާ ބިރުގަތެވެ. އެއީ ހަމަ އޭނާ ރައްޓެހި ޔީޝާ ބާއޭ އަފާ ހިތަށް އެރިއެވެ.
އަފާއަށް އެއްޗެކޭ ނުބުނެވެނީސް ޔީޝާ އަފާ ކޮޓަރިން ބޭރުުކޮށްފައި ދޮރު ޖަހާފިއެވެ. ވަގުތުން އަފާގެ ލޮލަށް ކަރުނަ ޖަމާވިއެވެ. އަނގަމަތީ އަތް އަޅާލެވުނީ ރޮވެން ފެށުމުންނެވެ.
****
ޔީޝާ އެގޮތަށް އޭނާއާ ވާހަކަ ދައްކަ ފާނޭ ދުވަހަކުވެސް އަފާ ހިޔެއް ނުކުރެއެވެ. ޔީޝާގެ އެންމެ އުނދަގޫ ދުވަސްތަކު އޭނާއަށް ވެވޭނޭ އެހީއެއްވެސް ނެތްކަން އެނގުމުން އަމިއްލަ ނަފްސު ދެކެ ރުޅިއާދެވުނެވެ. ތެދެކެވެ. ޔީޝާ ބުނިހެން އޭނާއަށް ކުރެވޭ ކަމަކުން އެހެން ބަޔަކަށް ގެއްލުމެއް ލިބުމަކީ ވެދާނެ ކަމެކެވެ. އެދުވަހަކުން ދެން ކުރެވޭނޭ ކަމެއްވެސް ނޯންނާނެއެވެ. އެކަމު ޔީޝާ އެހާލަށް ދޫކޮށްލާކަށް އޭނާއަކަށް ފަސޭހައެއް ނޫނެވެ. ޔީޝާ އެހެން ބުނިނަމަވެސް އަފާއަށް އެކަން ކުރަން އުނދަގޫވާނެއެވެ
“އަފާ؟ ކިހިނެއްވީ؟؟؟” އެތަނަށް އައި ޔައީޝްއަށް އަފާ ފެނުމުން އަހާލެވުނެވެ. ޔައީޝް ކުރިމަތީ ނުރޯންވެގެން އަފާ ދެފަރާތަށް ބޯހޫރާލިއެވެ. އަދި މަޑުނުކޮށް ބޭރަށް ނުކުންނަން ދުއްވައި ގަތެވެ.
“އަފާ މަޑުކޮށްބަލަ.. ކީއްވެތަ ތިރޮނީ؟” ޔައީޝްވެސް އަފާގެ ފަހަތުން ދިޔައެވެ. އަފާ އާ ހަމަ ކުރުމަށްފަހު އޭނާގެ ދެކޮނޑުގައި ހިފާ ގާތް ކޮށްލިއެވެ.
“ކީއްވެ ތި ރޮނީ.. ހޫމް..؟؟” ޔައީޝްގެ ގާތްކަން ލިބުމުން އަފާއަށް އަނެއްކާވެސް ބޮޑަށް ރޮވުނެވެ. ޔައީޝްގެ މޭމަތީ މޫނު ފޮރުވާލައިގެން ހުރެ އަފާއަށް ގިސްލެވެން ފެށިއެވެ. ކަންބޮޑުވެފައި ވީނަމަވެސް ޔައީޝް އިތުރު ސުވާލެއް ނުކޮށް އަފާގެ ބުރަކަށޯގައި ފިރުމާލަ ފިރުމާލަ އިނީ އަފާ ހަމައަކަށް އެޅެން ދެނެވެ.
“ދެން ބުނެބަލަ ކީއްވެގެންކަން ތިރޮނީ.. ބޮޑުކަމެއް ވީތަ؟” އަފާ ހަމައަކަށް އެޅުމުން ޔައީޝް އެހިއެވެ. އަދި ބޮޑުވާ އިނގިލިން އަފާގެ ކަރުނަ ފުހެލަދިނެވެ.
“މާ ބޮޑު ކަމެއް ނުވޭ.. ޔީޝްއާ ކުޑަ ފައިޓެއް ހިނގީ” އަފާ ދޮގު ހެދިއެވެ.
“އެވަރު ކަމަކާ ތިހާ ބޮޑަށް ތިރުއީ.. އަހަންނަކަށް ކުރިއަކުން ނޭނގޭ ތިއީ ކުރައި ބޭބީއެއް ކަމެއް” ޔައީޝް އަފާގެ ކޮލުގައި ހިފާލަމުން ސަމާސާ ކޮށްލިއެވެ.
“ޔައީޝްއަކަށް އަންޑަސްޓޭންޑެއް ނުވާނެ.. އަހަރެން މިދަނީ ގެޔަށް.. ފަހުން އަންނާނަން” އަފާ އެހެން ބުނެފައި ޔައީޝްގެ އަތުތެރެއިން ދުރުވިއެވެ.
“އޯކޭ.. މަންމަ ބުނި ކައިވެނީގެ ފައިނަލް ޑޭޓެއް ހަމަ ޖައްސަން ވީނުން ހޭ.. އަހަންނަށްވެސް އަސްލު މިހާރު ވެއިޓު ކުރަން ވަރަށް އުނދަގޫ.. އަފާ އަހަރެންގެ އަނބަކަށް ވާނެ ދުވަހަކަށް ވަރަށް އިންތިޒާރު ކުރެވޭ.. ބައެއްފަހަރު ހިތަށް އަރާ މިހާރުވެސް ކޯޓަށްގޮސް ރެޖިސްޓުރީ ކޮށްފާނަމޭ” ޔައީޝް އެހެން ބުނުމުން އަފާގެ ތުންފަތް މަތީ ހިނިތުންވުމެއް ފަވާލިއެވެ.
“ތިހާ ކެތްމަދު ވާކަށް ނުވާނެ.. އިރާދަ ކުރެއްވިއްޔާ އެދުވަސް އެހާ ދުރެއް ނޫން” އަފާ އެހެން ބުނުމުން ޔައީޝް ބޯޖަހާލިއެވެ.
ކޮޓަރީގައި ދެފަރާތަށް ހިނގާލަ ހިނގާލާ ޔީޝާ އިނީ ކަމަކާ ވިސްނާށެވެ. ކުއްލިއަކަށް އޭނާގެ ހިތަށް އައި ހިޔާލުން އޭނާއަށް ދުރު ވެވޭ ގޮތެއް ނުވިއެވެ. އުމުރު ދުވަހު މިހާލުގައި އުޅުމަށްވުރެ މިކަމުން މިންޖުވެވޭނޭ ކަމެއް ކުރަން އޭނާ ބޭނުމެވެ. އެކަމުން ނުކުމެދާނެ ހިތި ނަތީޖާއަކާ ދޭތެރޭ ވިސްނާކަށް އޭނާގެ ސިކުނޑި ފުރުސަތެއް ނުދެއެވެ.
ޔީޝާގެ ފިޔަވަޅު ހުއްޓުނީ ކޮޓަރީގައި ދިއްލާފައި ހުރި ބޮކިތަށް ނިވުމުންނެވެ. ޒަބޫރިޝް އައީކަން ޔީޝާއަށް އެނގުނެވެ. ބިރު ނުގަންނަކަން ދައްކަން މަސައްކަތް ކުރިނަމަވެސް ޔީޝާއަކަށް އެކަމެއް ކާމިޔާބެއް ނުވިއެވެ. ކޮޅަށް ހުންނަން ދަތިވެގެން ޔީޝާ އެނދުގައި އިށީނެވެ.
“އަހަރެންގެ ފަރާތުން ބޭނުންވަނީ ކޮންކަމެއް؟” ޔީޝާގެ އަޑު ނުކުތީ މަޑުންނެވެ. ކިތަންމެ ސިއްރުން ވާހަކަ ދެއްކި ނަމަވެސް ޒަބޫރިޝްއަށް އަޑު އިވޭނެކަން އެނގޭތީއެވެ.
“ކަލޭ ބޭނުންވާ ކަމެއް ކޮށްދީފިއްޔާ އަހަރެން ދޫކޮށްލާނަންތަ؟” ޔީޝާ އަނެއްކާވެސް ވާހަކަ ދެއްކިއެވެ. މީހެއްގެ ފިޔަވަޅުގެ އަޑު އިވުނެވެ. ކޮޓަރިއަށް ކަނު އަނދިރިކަން ވެރިވެފައި ވުމުން ޒަބޫރިޝް ކައިރީގައި ހުއްޓަސް އޭނާއަށް ނޭނގޭނެ ކަން ޔީޝާއަށް އެނގެޔެވެ.
“އަހަރެން ބޭނުންވާ ކަންތައް ކޮށްދެވޭނެތަ؟” ޔީޝާގެ ކަންފަތް ބުޑުގައި ވައިއަޑުން ޒަބޫރިޝް ސުވާލު ކޮށްލިއެވެ. ސިހުނު ވަރުން ޔީޝާއަށް ތެޅިގަނެވުނެވެ. އަދި ޒަބޫރިޝް ފެނިދާނެކަމުގެ ބިރަށް ދެލޯ މަރާ ބާރުކޮށްލެވުނެވެ. ޒަބޫރިޝް ފެނިއްޖެ ނަމަ އޭނައަށް ވާހަކަ ދައްކާނޭ ހިތްވަރެއް ނުލިބޭނެތީއެވެ.
“ކޮށްދެވޭނީ.. އޭގެ ފަހުން އަހަންނަށް ދުވަހަކުވެސް އުނދަގޫ ނުކުރާނެ ކަމުގެ ޔަގީންކަން ދެވެންޏާ” ޔީޝާ ރައްދުގައި ބުނެލިއެވެ. ޒަބޫރިޝްއާ ވާހަކަ ދައްކާނެ ހިތްވަރެއް އޭނާއަށް ލިބުނީ ކިހިނެއް ކަމެއްވެސް ޔީޝާއަކަށް ނޭނގުނެވެ.
“އަހަރެން އާނއެކޭ ބުނެއްޖެ ނަމަ ޔީޝާ އަހަރެންގެ ބަހަށް އިތުބާރު ކުރެވޭނެތަ؟” ޒަބޫރިޝްގެ އަޑު އައީ ސީދާ އޭނާގެ ކުރިމަތިންނެވެ. ޔީޝާއަށް ދެލޯ ތަގުޅި ކޮއްލެވުނެވެ. ތުރު ތުރު އަޅަ އަޅާހުރި ދެއަތްތިލަ ތެރެއަށް ބޭޑުޝީޓު ލައި ބޮނޑިކޮއްލެވުނެވެ.
ޒަބޫރިޝްގެ އެސުވާލަށް ދޭނޭ ޖާވާބެއް ޔީޝާއަކަށް ނޭނގުނެެވެ. ޒަބޫރިޝް އޭނާ ދޫކޮއްލާނެ ކަމުގެ ޔަގީންކަމެއް ނެތެވެ. ޒަބޫރިޝް ބުނާ ބަހުގެ ތެދާމެދު ޔީޝާއަށް ޝައްކެވެ. އިތުބާރު ކުރެވޭނީ ކިހިނެއް ހެއްޔެވެ. އޭނާގެ ދިރިއުޅުމުގައި ދިމާވި ހުރިހާ ހިތާމައިގެ އަސްލަކީ އެއީއެވެ. އަހްނަފް ހުޝާމް އަދި އަޒާންގެވެސް ގާތިލަކީ އެއީއެވެ. ނަމަވެސް ޒަބޫރިޝްއަށް އިތުބާރު ކުރުން ނޫންގޮތެއް މިވަގުތު ޔީޝާއަށް އެބައޮތް ހެއްޔެވެ.
“ޔީޝާގެ ތި ތަވީދު އޮށްވަކާ އަހަންނަކަށް ޔީޝާއަކާ ގާތެއް ނުވެވޭނެ.. އަހަރެންގެ ބޭނުމަކީ ކޮބާކަން ޔިޝާއަށް އެނގޭނުން.. ހައްވާދީ ހުރިހާ ވާހަކައެއް ކިޔައިދިނެއްނު.. އެހެންވީމަ އަހަރެން ބޭނުންވާ އެއްޗެއް އަހަންނަށް ލިބޭނީ ކިހިނެއްކަންވެސް ޔީޝާއަށް އެނގޭނެ.. ބުނަން އުޅޭއެއްޗެއް އެބަ ވިސްނޭތަ؟” ހަރަކާތް ހުއްޓިފައިވާ ޔީޝާ އަނެއްކާވެސް ސިހުނީ ޒަބޫރިޝްގެ އަޑު ކޮޓަރިތެރޭ ގުގުމާލުމުންނެވެ
“އެނގޭ.. އެކަމު އަހަރެން ވަގުތު ކޮޅެއް ބޭނުން..” ޔީޝާ ބުނެލިއެވެ.
“އަހަރެން އަންނާނަން.. ޔީޝާ އަހަންނަށް ދައުވަތު ދިނުމަށްފަހު ދެނެއް ސަލާމަތެއް ނުވެވޭނެ.. އެދުވަހަކުން ޔީޝާއަކަށް އަހަރެންގެ އެއްވެސް ކަމަކަށް ދެކޮޅެއް ނުހެދޭނެ” ޒަބޫރިޝް އެހެން ބުނުމާއެކު ކޮޓަރީގެ ބޮކިތަށް އަލުން ދިއްލުނެވެ. ޒަބޫރިޝް ދިޔައީކަން ޔަގީންވުމުން ޔީޝާ ދެލޯ ހުޅުވާލިއެވެ. ނޭވާ ހޮޅިތެރޭ ތާށިވެފައިވާ ފުން ނޭވާ ބޭރުކޮއްލެވުނެވެ. ލޮލަށް ޖަމާވި ކަރުނަތައް ރޮނގަކަށް ކޯތާފަތް މައްޗަށް ބަންޑުން ވިއެވެ.
“އަފާ އެބުނީ ތެދެއް.. އަހަރެން އަސްލަށްވެސް މޮޔަވެއްޖެ.. އަހަރެން ކީއްވެ ޒަބޫރިޝްއަށް އިތުބާރުކުރަން މިނިންމީ.. އޭނަ އަހަރެން މަރާވެސް ލާފާނެ. އެކަމު އޭރުންވެސް މިހާރު އަހަރެން މިއުޅޭ ހާލުން ސަލާމަތް ވެވޭނެ.. އެހެން ބަޔަކަށް ގެއްލުމެއް ނުލިބޭނެ” ބާލީހުގައި ބައްދައިގެން އޮތް އިރު ޔީޝާއަށް ގިސްލެވެމުން ދިޔައެވެ.
ހަފްތާއެއް ތެރޭ އަފާއާއި ޔައީޝް ކައިވެނި ކުރެވޭ ތާރީހް ހަމަ ޖެހިގެން ދިޔައެވެ. ދުވަސް ކައިރިވަމުން ދިޔަވަރަކަށް ކައިވެނީގެ ކަންތައް ހަމަ ޖެހެމުން ދިޔައެވެ. ޔައީޝް އާއި ރާޝިދާމެންވެސް ގިނަ ވަގުތު އުޅެނީ އަފާމެންގެ ގޭގައެވެ. ކައިވެނީގެ ގިނަ ކަންތައްތައް ކުރިއަށް ދަމުން ދިޔައީ އަފާމެންގެ ގޭގައި ކަމުންނެވެ. ދެއާއިލާއަކީ ގުޅޭ އާއިލާކަމުން ހުރިހާ ކަމެއްވެސް ވަމުން ދިޔައީ ހިތްހަމަ ޖެހޭހާ ފަސޭހައިންނެވެ.
ފެންވަރާ ތާޒާ ވެލުމަށްފަހު ޔީޝާ ރީތިވާ މޭޒުކައިރީ އިށީނެވެ. އޭނާގެ ކުލަ ވެއްޓިފައިވާ މޫނުގައި މޭކަޕު ކޮށްލީ ތަންކޮޅެއް ތާޒާކަން ދައްކާލުމަށެވެ. ނަމަވެސް އެ ޒީނަތަކުން އޭނާގެ ވަރުބަލިކަން ވެރިވެފައިވާ ދެލޮލެއް ފަރުދާއެއް ނުކުރެވުނެވެ. އިސްތަށިގަނޑު ރީތިކޮށްލުމަށްފަހު ޔީޝާ ފަހުފަހަރަށް އަމިއްލަ ސޫރަ ލޯގަނޑުން ބަލާލިއެވެ. ފޯނު ޖިންސުގެ ފަހަތު ޖީބަށް ޖަހާލުމަށްފަހު ޔީޝާ ކޮޓަރިން ނުކުތީ އަފާގެ ގެއަށް ދިޔުމަށެވެ. އަފާއާ ޖެހުނު މައްސަލައަށްފަހު ޔީޝާ އަދި އަފާއަކާ ވާހަކައެއް ނުދައްކައެވެ. އޭގެ ފަހުން އަފާއާ ބައްދަލުވެސް ނުވެއެވެ. އަފާވެސް އޭނާ ހޯދާކަަށް ނާދެއެވެ. ހަގީގަތުގައި އެރޭ ޔީޝާއަށް ކަންތައް ކުރެވުނު ގޮތުން ޔީޝާ ދެރަވިއެވެ. އަފާ އޭނާއާ ދޭތެރޭ ވިސްނާއިރުވެސް ޔީޝާ އޭނާގެ ހަމައެކަނި އެކުވެރިޔާވެސް ދުރު ކޮށްލީއެވެ. އަފާ އޭނާދެކެ ރުޅިއައި ސަބަބު ޔީޝާއަށް ވިސްނެއެވެ. އެކަމުގައި އަފާ ކުށްވެރިއެއްވެސް ނުކުރެވެއެވެ. އަފާ އޭނާއަށް މައާފް ނުކުރި ނަމަވެސް ޔީޝާ އޭނާގެ އެކުވެރިޔާގެ އުފަލުގައި ބައިވެރިވާން ބޭނުމެވެ.
“ޔީޝް.. ކޮންތާކަށް ދާން ތިއުޅެނީ؟” ރީތިވެގެން ޔީޝާ ނުކުތުމުން ބޭރަށް ދާން އުޅޭހެން ހީވެގެން ޔައީޝްއަށް އަހާލެވުނެވެ.
“އަފާ ކައިރިއަށް” ޔީޝާ ބުނެލިއެވެ.
“އަހަރެން ހީކުރީ ޔީޝް މިއަދުވެސް ނުދާނެ ކަމަށް.. ޔީޝް ނުދާތީ އަފާވެސް ވަަރަށް ދެރަވެފަ ހުރީ” ޔައީޝް ބުނެލިއެވެ.
“ކުޑަ ކަމަކާ ދެބަސް ވެވުނީ.. އެކަމު އަހަރެން އަފާގެ ވެޑިންއަށް ނުދާވަރުގެ ކަމެއް ނުވޭ.. ނުވެސްވާނެ.. ތުއްތުބެ ތިދަނީ އެގެޔަށްތަ؟” ޔީޝާ އަހާލިއެވެ.
“ހޫމް.. މިދަނީ ބެކްޑުރޮޕް ބަލައްޔާ އެކީ.. އޭތި ނިމިގެން މިހާރު ގުޅާފި..” ޔައީޝް ބުނެލިއެވެ
“އަހަރެން އެގެޔަށް ވައްޓާލަ ދީބަލަ” ޔީޝާ އެހެން ބުނުމުން ޔައީޝް ބޯޖަހާލިއެވެ.
ބޭރަށް ނުކުމެގެން ދިޔަ ދެބެންނަށް ބަލަން ރާޝިދާ އިނީ ފަހާ ފޮށި ހިފައިގެން ހެދުމެއް ފަހާށެވެ. ފަހަކަށް އައިސް ޔީޝާ އެހާ ގިނައިން ވާހަކަ ދެއްކި މިއީ ފުރަތަމަ ފަހަރެވެ. އަމިއްލައަށް ބޭނުންވެގެން ބޭރަށް ދާން ނުކުތްވެސް މިއީ ފުރަތަމަ ފަހަރެވެ. ފަހަރުގައި ޔީޝާއަށް އައި ބަދަލު އެއީ އަފާއާ މައްސަަލަ ޖެހުނީމާ ވީކަމަކަށް ވެދާނެއޭވެސް ރާޝިދާ ހިތަށް އެރިއެވެ.
ޔީޝާއާ މެދު ވިސްނަން އިން ރާޝިދާ ސިހުނީ މޭޒުމަތީ އޮތް އޭނާގެ ފޯނު ރިންގުވުމުންނެވެ. ގުޅަނީ ކާކުތޯ ބެލީރު އެއީ އޭނާ އިންތިޒާރު ކުރަމުން ދިޔަ ފޯނު ކޯލެވެ.
“ހަލޯ.. ކޮބާ ކިހިނެއް ވީ؟ ރަނގަޅު މީހަކު ފެނިއްޖެތަ؟” ފޯނު ނެގުމާއެކު ރާޝިދާއަށް އަހަލެވުނެވެ.
“އާން ރަނގަޅު.. އެމީހާއަށް ގުޅޭނެ ނަންބަރެއް އަހަރެން ބޭނުން. ތިމީހާ މިއަތޮޅުން ފުރައިގެން ދާން ވާއިރަށް އަހަރެން ބޭނުން އެމީހާއާ ވާހަކަ ދައްކާލަން” އެކޮޅުން ލިބުނު ޖަވާބާއެކު ރަޝިދާއަށް ހަމަ ޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.
“އަހަން ޔީޝާ.. ހާދަ ދުވަހެއް ވެއްޖެއޭ ތިކުއްޖާ ފުޅު ނުފެންނަތާ.. ކިހިނެއްތަ؟” އަފާގެ ގޭގެ ދޮރާށިން އެތެރެއަށް ވަދެވުމާއެކު އަފާގެ މަންމަ ހާމިދާ ގޮވާލިއެވެ.
“އަޅުގަނޑު ރަނގަޅު.. ދައްތަ ކިހިނެއް؟” ހިތްހެޔޮ ހިނިތުންވުމެއް ހަދިޔާ ކޮއްލަމުން ޔީޝާ އެހެން ބުނެފައި ވަށައިގެން ބަލާލީ އަފާ ފެންނަން ހުރިތޯއެވެ.
“ދައްތަވެސް ހަމަ ރަނގަޅު.. އަފާވެއްޖެ ކޮޓަރީގަ.. ދޭ ކޮޓަރިއަށް” ހާމިދާ އެހެން ބުނުމުން ޔީޝާ ބޯޖަހާލާފައި އެތެރެއަށް ވަނުމަށް ހިނގާގަތެވެ. އަފާގެ ކޮޓަރި ދޮރުކައިރިއަށް ޔީޝާ ދިޔައިރު ކޮޓަރި ތެރެއިން މީހުން ވާހަކަ ދައްކާ އަޑު އިވެއެވެ. އަޑުންވެސް ކޮޓަރީގައި އެއުޅެނީ އަފާގެ ތިމާގެ ކުދިންކަން ޔީޝާއަށް އެނގުނެވެ.
މަޑު މަޑުން ހުޅުވުނު ދޮރު ކައިރީ ހުރި ޔީޝާއަށް އެންމެންގެ ލޯތައް ހުއްޓުނެވެ. ކޮންމެ މީހަކު ހީލަފައި ޔީޝާއަށް ގޮވާލުމުން ޔީޝާވެސް އެމީހުނަށް ހިނިތުންވެލިއެވެ. ނަމަވެސް އެނދުމަތީ އިށީންދެގެން އިން އަފާ ފެނިފައި ޔީޝާގެ ހިނިތުންވުން ފިލައިގެން ދިޔައެވެ. ޔީޝާ ފެނުމުން އަފާ އުފާވި ހެނެއް ހިޔެއް ނުވެއެވެ. އަފާ އަދިވެސް އޭނާ ދެކެ ރުޅިއައިސް ހުރިކަން އެނގުމުން ޔީޝާ ދެރަވިއެވެ. ތިރީ ތުންފަތުގައި ދަތް އަޅާލެވުނީ އެހެންވެއެވެ.
“ތިމީހުން އިހަށް ބޭރަށް ނުކުމެ ދީދާނަންތަ.. ޔީޝްއާ އެކަނި ވާހަކައެއް ދައްކާލަން” އަފާ އެހެން ބުނުމުން އެތާ ތިބި މީހުން ހައިރާނުގެ ނަޒަރަކުން ދެމީހުންގެ މޫނަށް ވަކި ވަކިން ބަލާލިއެވެ. ޔީޝާއާއި އަފާއަކީ ކުޑައިރުންސުރެވެސް ގާތްކޮށް އުޅޭ ދެމީހުންކަން އެމީހުނަށް އެނގެޔެވެ. ދެމީހުން ޒުވާބުކޮށް ރުޅިހަދާލައިގެން އުޅުމަކީ އެއްއިރަކުވެސް ވެފައިވާ ކަމެއް ނޫނެވެ. އެއްބަނޑު އެއްބަފާ ދެމީހުނަށްވުރެވެސް އެ ދެމީހުން ގާތްހެން ހީވެއެވެ. ނަމަވެސް މިއަދު އެެމީހުންގެ މޫނުމަތީވި ކުލަވަރުން އެދެމީހުން ކަމަކާ ދެބަސްވީކަން ނޭނގޭނެ މީހަކު ނުހުންނާނެއެވެ. އިތުރު ސުވާލެއް ނުކޮށް ފަހަރަކު މީހަކު އެކޮޓަރިން ނުކުތީ އެހެންވެއެވެ.
އެހެން މީހުން ކޮޓަރިން ނުކުތުމުން ޔީޝާ މަޑު މަޑުން ހިނގާފައި އައިސް އެނދު ކައިރީ ހުރި ގޮނޑީގައި އިށީނެވެ. އެއަށްފަހު 10 ވަރަކަށް މިނުޓު އެދެމެދު ވޭތުވީ ހަމަހިމޭން ވަގުތު ކޮޅެކެވެ. ދެމީހުން ވާހަކަ ނުދެއްކި ނަމަވެސް އިރު އިރުކޮޅާ ހަތަރު ކަޅި ހަމަ ކޮށްލައެވެ.
“އަހަރެން ހީކުރީ ނާންނާނެ ކަމަށް؟” އެ ހަމަ ހިމޭންކަން ނަގާލީ އަފާއެވެ.
“ސޮރީ..” އަފާ ވާހަކަ ދެއްކުމުން ޔީޝާ އަށް އެންމެ ފުރަތަމަވެސް ބުނެވުނީ އެހެނެވެ.
“ކޮން ކަމަކާ؟” އަފާ ފިނި ނޭވާއެއް ދޫކޮށްލަމުން އެސުވާލު ކުރީ ޔީޝާ މާފަށް އެދެނީ އެރޭ ވީ ކަންތަކާ ކަން އެނގިހުރެއެވެ.
“އެރޭ އަހަންނަށް ކަންތައް ކުރެވުނު ގޮތުން.. އައިމް ސޮރީ އަފާ.. މާ ބޮޑަށް ޕުރެޝަރ ވީމަ އަހަންނަށް އެދުވަހު ކަންތައް ކުރެވުނީ ގޯސްކޮށް” ޔީޝާ އަފާއަށް ބަލާލަމުން ބުނެލިއެވެ ހިނިތުންވުން ފިލައިގެން ދިޔައެވެ. ަށައިގެން ބަލާލީ އަފާ ފެންނަން ހުރިތޯއެވެ.
ުގެ
“އަފާ އަހަންނަކަށް މާފެއް ނުކުރާނަންތަ؟” ޔީޝާ އެހެން ބުނުމުން އަފާ ތެދުވެގެން އައިސް ޔީޝާ އިން ގޮނޑި ކައިރީ ހުއްޓުނެވެ.
“އަހަރެން ޔީޝްއަށް މާފް ނުކުރާނެ އެއްވެސް ކަމެއް ނޯންނާނެ.. އެކަމު އަހަރެން ވަރަށް ދެރަވި.. އެގޮތަށް ޔީޝް އަހަރެން ދުރު ކޮއްލާނެއެކޭ އަހަރެން ދުވަހަކުވެސް ހިޔެއް ނުކުރަން.. އެކަމު އެއަށްވުރެ ބޮޑަށް އަހަރެން ދެރަވީ އޭގެ ފަހުން ޔީޝް އަހަރެންނާ ބައްދަލު ކުރަން ނައީމަ.. ވެޑިންގެ ހުރިހާ ކަމެއް ފައިނަލް ވެގެން ދިޔައިރު އަހަރެން އެންމެ ބޭނުންވި މީހާ އަހަރެން ކައިރީ ނެތީމަ..” އަފާ އެހެން ބުނުމުން ޔީޝާ އަފާގެ ގައިގައި ބައްދާލިއެވެ.
“ވަރަށް ބޮޑަށް ސޮރީ.. އެކަމު މިހާރު އަހަރެން މިހިރީ އައިހޭނުން.. ދެން އެކަމަށް މާފްކޮއްދީ” ޔިޝާ އެހެން ބުނުމުން އަފާ މޫނަށް ވައްތަރެއް ޖައްސާލިއެވެ.
“އެހާ ފަސޭހައެއްނުވާނެ.. އެކަމު ކައިވެނި ކުރެވޭ ދުވަސް އަންނަންދެން ހުރިހާ ވަގުތެއްގަ އަހަރެންގެ ހިދުމަތުގަ ހުރެއްޖެއްޔާ އަހަރެން ތިކަމާ ވިސްނާލާނަން..” އަފާ އެހެން ބުނުމުން ޔީޝާ ހޭންފެށިއެވެ.
“ޔެސް މޭމް!!” ޔީޝާ އެހެން ބުނެފައި އަނެއްކާވެސް އަފާގެ ގައިގައި ބައްދާލިއެވެ.
“އަހަންނަށް ވެޑިން ޑުރެސް ދައްކާލަބަލަ” ޔީޝާ އެހެން ބުނުމުން އަފާ އަވަސް ފިޔަވަޅުގައި ހެދުން އަލަމާރިއާ ދިމާއަށް ހިނގާގަތެވެ. ހީވާގޮތުން އަފާ އެހުރީ ޔީޝާ އެހެން އަހާނެ އިރަކަށް އިންތިޒާރުގައެވެ.
“ޔީޝްގެ ހެދުން އަދިވެސް ނުނިމޭތަ؟” އަފާ އަހާލިއެވެ.
“އަދި ނުނިމޭ.. ދޮންތަ ހެދުން އަދި ނިމުނީ.. މަންމަ މިހާރުވެސް އިނީ ފަހާ ފޮށި ކައިރީ” ޔީޝާ އެހެން ބުނެފައި އަފާގެ ހެދުމަށް ފާޑުކިޔަން ފެށިއެވެ.
އަފާ އެދުނުހެން ހުރިހާ ވަގުތަކުވެސް ޔީޝާ އުޅުނީ އަފާއާ އެކުއެވެ. މީން ދުވަހަކު ޔިޝާގެ މޫނުމަތިން ނުފެންނަހާ ހިތްހަމަ ޖެހުމާ އުފާވެރިކަން އެމޫނުމަތިން ފެންނަމުން ދިޔައެވެ. ނަމަވެސް ކިރިޔާވެސް އެކަނިވާ ވަގުތެއްގައި ޔީޝާގެ މޫނުމަތިން ވަރުބަލިކަމާ މާޔޫސްކަން ފަވާލައެވެ. ނަމަވެސް އެ ހިތާމަ ހިނިތުންވުމެއްގެ ފުރަގަހުގައި ފަރުދާކޮއްލަނީ މަދު ސިކުންތު ކޮޅެއްގެ ތެރޭގައެވެ. އެހެން މީހުނަށް ޔީޝާގެ އުފާވެރިކަން ފެނުނު ނަމަވެސް އަފާއަކަށް އެދެލޮލުން ހަގީގީ އުފާވެރިކަމެއް ނުފެނެއެވެ. އެއީ ޔީޝާ ކުރަމުން ދާ ހިތާމަ އެހެން މީހުނަށް ނުދެއްކުމަށް އޭނާ ދައްކާ ދަޅައެއްކަން އަފާއަށް އެނގެޔެވެ.
“މީން އެއްވެސް ކަމެއް ދިމާ ނުވިނަމަ ޔީޝްއާ ދާނިޝްވެސް މިހާރު މެރީ ކުރީސްދޯ” ރީތިވާ މޭޒުމަތީގައި މޭކަޕު ސަމާނުތަށް އަތުރަން ހުރި ޔީޝާއަށް ބަލާލަމުން އަފާ ބުނެލިއެވެ.
“މީން އެއްވެސްކަމެއް ނުވިނަމަ އަހަރެން ދާނިޝްއާ ބައްދަލު ވާނެ ކަމެއްވެސް ނޭނގޭނުން.. އަހަންނަށް ހީވަނީ އޭރުން އަހަރެން މިހާރު ހުންނާނީ މިރަށުން މީހަކާ އިނދެގެންހެން” ޔީޝާ ލުއި ހިނިތުންވުމަކާއެކު ބުނެލިއެވެ.
“ޔީޝް.. އަހަންނަށްޓަކައި މަންމަމެން ކައިރީ މިވާހަކަ ބުނަންވީނުން.. އަހަންނަށް ޔަގީން ޔީޝް މަންމަމެން ޔީޝް ތިކަމުން ސަލާމަތް ކުރަން ހުރިހާ ކަމެއްވެސް ކޮއްދޭނެކަން.. އަސްލު މިހާބޮޑު ކަމެއް ޔައީޝްއަށް ސިއްރު ކުރަންވެސް އަހަންނަށް އުނދަގޫ.. ޔީޝްއަށް ބުނަން ނުކެރެންޏާ އަހަރެން ވާހަކަ ދައްކަ ފާނަމޭ.. ޔީޝް ތިހާލަށް ދޫކޮއްލާކަށް އަހަންނަކަށް ފަސޭހައެއް ނޫން” އަފާ އާދޭހުގެ ރާގަކަށް ބުނެލިއެވެ.
“ނޫން.. އަހަރެން ބުނާނަން.. އެކަމު އަދި ވަގުތެއް ނުޖެހޭ.. ފުރަތަމަ ވެޑިން. އެއަށްފަހު އެންމެން ހަމަ ޖެހުނީމަ އެވާހަކަ ދައްކާނީ..” ޔީޝާ ބުނެލިއެވެ.
“ވެޑިންއަށް ވުރެ އެކަންތަށް މުހިންމު..” އަފާ އެހެން ބުނުމުން ޔިޝާ ތުންފަތުގައި ޝަހާދު އިނގިލި ޖައްސާލިއެވެ.
“ތިކަހަލަ ޑިޕުރެޝިން ވާހަކަ ދައްކާނީ ފަހުން.. ބަލާ އަހަންނަކަށް އެއްވެސް ކަމެއް ނުވެއެއްނު.. އެހެން ނޫނަސް އެޓްލީސްޓު އަަހަރެން ބޭނުން އަހަރެންގެ އެކުވެރިޔާގެ އެންމެ އުފާވެރި ދުވަސް އެންމެ ކައިރިން ދެކެން.. އަފާ ތުއްތުބެއާ މެރީ ކުރާ ވާހަކަ ބުނީމަ އަހަރެން ވަރަށް އުފާވި.. އަހަންނަށް ޔަގީން ބޭބެ އަފާ ވަރަށް ރަނގަޅަށް ބަލާނެކަން.. އޭރުން އަހަރެން އަފާއާ ދޭތެރޭ ކަންބޮޑުވާކަށް ނުޖެހޭނެ.. އައި ވޯންޓު ޔޫ ޓުބީ އޯލްވޭސް ހެޕީ.. ” ޔީޝާ އެހެން ބުނެފައި އަފާގެ އަތުގައި ހިފިއެވެ. އަދި އޭނާގެ އުނގުމަތީ އަފާގެ އަތް ބޭއްވުމަށްފަހު އަފާގެ އަތުގައި ހީނާފަތް އަޅަން ފެށިއެވެ.
“އަހަރެންވެސް ޔީޝް އުފަލުގަ ހުރުމަށް އެދޭތީއޭ މިހެން މިބުނަނީ.. ޔީޝްގެ ތިވާހަކަ ހުންނަ ގޮތުން ހީވަނީ ޔީޝް ތަނަކަށް ދާން ޖެހޭތީ ވާހަކަ ދައްކާހެން..” ޔީޝާގެ މޫނަށް ބަލަން ހުރެ އަފާ ބުނެލިއެވެ.
“ހުރިހާ އެންމެން އަބަދަކު ނުތިބޭނެ.. ހަމަ އަފާމެންވެސް އަހަރެން އެކަނި ކޮއްލާފަ މިރަށުން ފުރައިގެން ދިޔުމަކީ ވެދާނެ ކަމެއް.. އަހަރެންވެސް ދާން ޖެހިދާނެ.. ހަމަ ނުގޮސްވެސް ދާނެ.. ތަގުދީރުގަ އެހެން ލިޔެވިފައި އޮންނަ ކަންތައްތަކެއް ވަގުތު އައުމުން ނޫނީ ނޭނގޭނެ..” ޔީޝާ އެހެންބުނުމުން އަފާގެ ހިތަށް އުނދަގޫވިއެވެ. މިއީ ކުރިން ޔީޝާ ވާހަކަ ދައްކާ ގޮތެއް ނޫނެވެ.
“ހޫމް.. ޑިޕުރެޝިން ވާހަކަ ނުދައްކާށޭ ކިޔާފަ މިހާރު ތިދައްކަނީ ކޮންކަހަލަ ވާހަކައެއް.. އަހަރެން ނުދާނަން ޔީޝްއާ ދުރަކަށް.. މިހާރު މިވީގޮތުން އިތުރަށް އަހަރެމެން ދެމީހުން ގާތޭނުން މިވީ.. ޔީޝްގެ ފަހަރިއެއް ގޮތުގަ އަހަރެން ދެން އުޅޭނީވެސް ޔީޝްމެން ގޭގައެއްނު” އަފާ އެހެން ބުނުމުން ޔީޝާ ހޭންފެށިއެވެ.
“ތިހެން ބުނީމަ މިހަނދާންވީ.. އަދި ގޭގަވެސް އެބަހުރި ކުރަންޖެހޭ ބައިވަރު ކަންތަށް.. އަފާގެ އަތުގަ ހީނާފަތް އަޅާދީފަ އަހަރެން އެބަޖެހޭ ގެޔަށް ގޮސްލަން..” ޔީޝާ އެއްޗެއް ހަނދާންވެފައި ބުނެލިއެވެ.
“ޔީޝް އަހަންނަށް ކޮންމެވެސް ކަމެއް ސިއްރުކުރޭ.. ޔީޝް ކަމަކާ ކަންބޮޑުވެފަ އެހުންނަނީ އަނެއްކާ ޔީޝާ މޮޔަކަމެއް ކުރަން ނިންމީބާ.. އަނެއްކާ ޔީޝް އެރޭ ބުނިހެން ކަންތަށް ކުރަން ނިންމީބާ.. އެހެން ނޫންނަމަ ޔީޝް އެހާ ހާސްވެ ދެރަވެފަ ހުންނަންވީ ސަބަބަކީ ކޮބާ.. ޒަބޫރިޝް ޔީޝް މަރާވެސް ލާފާނެ.. ޔީޝް ކިތަންމެ ރުޅިއަޔަސް އަހަރެން މިކަންތައް އެހެން މީހުނަށް އަންގަން ޖެހޭނެ.. ޔައީޝް ކައިރީ ބުނަންވީބަ؟” ޔީޝާގެ މޫނަށް ބަލަން ހުރީރު އަފާގެ ސިކުނޑީގައި އެނބުރެމުން ދިޔައެވެ.
“ކޮން ކަމަކާ ތިވިސްނަނީ؟” އަފާ އިންގޮތުން ޔީޝާއަށް ފާހަގަ ކުރެވުނެވެ.
“ކަމަކާ ވިސްނަނީކީ ނޫން” އަފާ ދެފަރާތަށް ބޯހޫރާލިއެވެ.
“ފަސްޓު ނައިޓާ ދޭތެރޭ ނަރވަސް ވަނީ ދޯ” ޔީޝާ އެހެން ބުނިއިރު ލާނެތް ހިނިތުންވުމެއް ތުންފަތް މަތީ ފަވާލިއެވެ.
“ނުވޭ ނަރވަސްއެއް.. އަހަރެންވެސް ހީކުރީ ވަރަށް ހާސްވާނެ ކަމަށް.. އެކަމު ނުވޭ.. ވެދާނެ ޔައީޝް ވީމަ ކަމަށް” އަފާ ބުނެލިއެވެ.
“ވަރަށް ހެޕީ ވެފަދޯ ތިހުންނަނީ މެރީ ކުރެވޭތީ.. ކުޑައިރުންސުރެވެސް އަފާ އަބަދުވެސް ބުނާނެ ޔައީޝްއަކީ އަހަރެންގެ ފިއުޗަރ ހަސްބަންޑޭ.. އަފާ މެރީ ކުރާނީ ހަމައެކަނި ޔައީޝް އާއޭ.. އިންޝާﷲ އަފާގެ ހުވަފެން ސީދާ ވަނީނުން” ޔީޝާ ބުނެލިއެވެ.
އަސުރަށް ބަންގި ގޮވަން އަދި ވިއްސަކަށް މިނެޓު އޮތުމުން މިސްކިތައް ދިޔުމުގެ ބަދަލުގައި ވަލީދު އިށީނީ ގޭގެ ބިއްދަށު ފަރާތުގައި ހުންނަ ޖޯލިފަތީގައެވެ. ދެލޯ މަރާލައިގެން ވަލީދު އޮތީ ފުން ވިސްނުމެއްގައެވެ. ޔީޝާ މިރަށުން ފުރައިގެން ދިޔަ ކަން އެ ޖިންނިއަށް އެނގުނު ފަހުން މިގޭތެރެއިން އެ ޖިންނީގެ އެއްވެސް ނިޝާނެއް ނުފެނެއެވެ. މާބޮޑު ކަމެއް ނުކޮށް އެ ޖިންނި މިގޭން ފޮނުވާލެވުމުން ވަލީދު ހިތް ހަމަ ޖެހުނެވެ. ނަމަވެސް މިހާރު ޔީޝާ އުޅެނީ ކޮން ހާލެއްގައި ބާއޭ ވަލީދު ހިތަށް އެރިއެވެ. އެ ޖިންނީގެ ވާހަކަ ހުރި ގޮތުން އެހާ ފަސޭހައިން އެކުއްޖާ ދޫ ނުކޮށްލާނޭކަން ވަލީދުއަށް އެނގެޔެވެ. މިހާރު ޔީޝާއަށް ހަގީގަތް އެނގުމުން އަދި އިތުރަށް އޭތީގެ އުނދަގޫ ބޮޑުވާނޭކަންވެސް އެނގެޔެވެ. އޭނާ އަޅުވައި ދިން ތަވީދުން އެކުއްޖާއަށް ރައްކާތެރިކަން ލިބޭބާއޭ ވަލީދު ހިތަށް އެރިއެވެ.
އެފަދަ ހިޔާލެއްގައި އޮތްވާ ވަލީދު ސިހުނީ އޭނާގެ ފޯނު ރިންގު ވުމުންނެވެ. އޭނާ ހޯދަން އެގުޅަނީ ކާކުބާއޭ ހިތަށް އަރާ ވަލީދު ގަމީހުގެ ޖީބުން ފޯނު ނެގިއެވެ.
“އައްސަލާމު އަލައިކުމް.. ކޮން ބޭފުޅެއްތޯ” އެއީ ނުދަންނަ ނަންބަރެއްކަމުން ވަލީދު ވާހަކަ ދެއްކީ މަޑުމައިތިރި ކޮށެވެ.
“އަހަންނަށް ކިޔަނީ ރާޝިދާ.. ވަލީދު ކިޔާ ބޭފުޅެއް މިހޯދަނީ” އެކޮޅުން ޖަވާބުދިނެވެ.
“ވަލީދު ވާހަކަ ދައްކަނީ.. ކޮބާތޯ ބޭނުމަކީ؟” ވަލީދު އެހިއެވެ.
“މީހަކު ބުނި ތިއީ ރުގިޔާ ކުރުމަށް މޮޅު މީހެކޭ.. އަޅުގަނޑުގެ ދަރިފުޅު ރަށަށް އައި ފަހުން ހުންނަނީ ވަރަށް ފާޑަކަށް.. އޭނާގެ ފަރާތުން އެހެންޏާ ނުފެންނަ ކަހަލަ ކަންތައް ފެންނާތީ އަޅުގަނޑަށް ލަފާ ކުރެވުނީ އެއީ ޖިންނީގެ ކަމެއްހެން.. އަޅުގަނޑަށް އެހީއެއް ވެވިދާނެތޯ މިގުޅާލީ” ރާޝިދާ ބުނެލިއެވެ.
“ދަރިފުޅަށް ކިޔަނީ ކޮން ނަމެއް؟” ވަލީދު އަހާލިއެވެ.
“އާމިނަތު ޔީޝާ ޔާސިރު..” އެކޮޅުން ލިބުނު ޖަވާބާއެކު ވަލީދު ހައިރާންވިއެވެ.
“ތިއީ ޔީޝާގެ މަންމަތަ؟” ވަލީދު ޔަގީން ކޮއްލުމުގެ ގޮތުން އަހާލިއެވެ.
“ލައްބަ.. އަޅުގަނޑުގެ ދަރިފުޅު ދަންނަންތަ؟” ވަލީދު އެހެން އެހިގޮތުން ރާޝިދާއަށް އަހާލެވުނެވެ.
“އާން ދަންނަން.. އަޅުގަނޑުވެސް މިއުޅެނީ ޔީޝާ މިރަށުގަ އުޅުނު ގޭގަ.. ޔީޝާ އެއްވެސް ވާހަކައެއް ކިޔައި ނުދެނީތަ؟” ރާޝިދާގެ ވާހަކަ ހުރިގޮތުން އެމީހުނަށް އެއްވެސް ކަމެއް ނޭނގޭކަން ވަލީދުއަށް އެނގުނެވެ.
“ނޭނގުނު ތިބުނި އެއްޗެއް.. އަނެއްކާ ޔީޝާއަށް ތިރަށުގަ ކަމަކާ ދިމާވީތަ؟” ރާޝިދާގެ އަޑުގައި ހާސްކަމެއް އެކުލަވާލިއެވެ.
“މާދަމާ ފެރީއިން އަހަރެން ތިރަށަށް ދާނަން.. އިތުރަށް ވާހަކަ ދައްކާނީ ކައިރިއަށް ދެވުނީމަ.. ފޯނުން މިކަހަލަ ވާހަކަ ދެއްކުން އެއީ އެންމެ ރަނގަޅު ގޮތެއް ނޫން” ވަލީދު އެހެން ބުނެފައި ފޯނު ބޭއްވީ އެހާ ކަންބޮޑު ނުވުމަށް ބުނެފައެވެ.
“ހަލޯ.. އާން.. ރަށަށް ދާ ބޯޓުން އަދި ޓިކެޓު ހަމަ ޖައްސާނެ ކަމެއް ނެތް.. އަހަރެން އަދި މިތާ ކައިރި ރަށަކަށް ޖައްސާލަން ޖެހޭ އެބަ” އެހެން މީހެއްގެ ނަންބަރަށް ގުޅާފައި ވަލީދު ވާހަކަ ދެއްކިއެވެ. އަދި ފޯނު ޖީބަށް ލަމުން ބޭރަށް ނުކުތުމަށް ހިނގާގަތެވެ.
ވަލީދު ދާތަން ބަލަން ހުރެފައި ޖަނބުރޯލު ގަހަށް އަރައި އިން ނަހުވާން ގަހުން ފުންމާލިއެވެ. އަތުގައި އޮތް ޖަނބުރޯލު ކޮތަޅުގައި ގޮށް ޖަހާލަމުން ވަލީދު ދިޔަ ދިމާއަށް ނަހުޥާން ބަލާލީ ހައިރާނުގެ ނަޒަރަކުންނެވެ.
“ވަލީދުބެ ވާހަކަ އެދެއްކީ ޔީޝް ދައްތަގެ މަންމައާތަ؟ ކީއްކުރަންބާ ޔީޝް ދައްތަ މަންމަ އެގުޅީ.. ވަލީދުބެ އެހާ އަވަހަށް އެރަށަށް ދާން އެއުޅެނީ އަނެއްކާ ޔީޝް ދައްތައަށް ކަމެއް ވީބާ؟” ދާނިޝްއަށް ގޮވަމުން އެތެރެއަށް ދުވެފައި ދިޔަ ނަހުވާންގެ ހިތުގައި ވިއެވެ.
“ތަން ކޮޅެއް މަޑުން ދޮރު ލައްޕަ ބަލަ” ހުޅުވި ބާރު މިނުގައި ނަހުވާން ދޮރު ލެއްޕުމުން ދާނިޝް ހިތް ހަމަ ނުޖެހިފައި ބުނެލިއެވެ. މިހާރަކަށް އައިސް ދާނިޝް އަބަދުވެސް ހުންނަނީ މޫޑީވެފައި ކަމުން އެކަމަކަށް ނަހުވާން އެހާ އަޅައެއް ނުލައެވެ.
“ސޮރީ.. ވަރަށް ބޮޑު ވާހަކައެއް ދައްކަންށޭ މިއައީ” އެނދުމައްޗަށް އެއްފައި މަތިކޮށްގެން ފަޓުލޫނު ފައިކުރި އޮޅަން ހުރި ދާނިޝްއާ ދިމާއަށް ހިނގާގަންނަމުން ނަހުވާން ބުނެލިއެވެ.
“ތިވާހަކައެއް ދެއްކި ދާނެ ފަހުންވެސް.. އިހަށް ދޭ ފެންވަރައިގެން ނަމާދަށް ދާން ތައްޔާރުވާން.. މިހާރު ބަންގި ގޮޮވާކަށް ނެތް ގިނައިރެއް” ދާނިޝް ބުނެލިއެވެ.
“އިހަށް މިދައްކާ ވާހަކަ އަޑު އަހަބަލަ” އެނދުމައްޗަށް ޖެއްސިގަންނަމުން ނަހުވާން ބުނެލިއެވެ.
“ހޫމް ދެން އަވަހަށް ކިޔާބަލަ ތި ކިޔާހިތުން އުޅޭ އެއްޗެއް” ދެފަރާތަށް ބޯހޫރާލަމުން ދާނިޝް ގޮސް ކޮނޑުގައި އަޅުވާފައި ހުރި ކަޅު ގަމީސް ނެގިއެވެ. ގަމީސް ގަޔަށް މަހާލަމުން ލޯގަނޑު ކުރިމައްޗަށް ހުއްޓުނެވެ.
“އަހަންނަށް ހީވަނީ ޔީޝް ދައްތައަށް ކޮންމެސް ކަމެއް ވެއްޖެހެން؟” ނަހުވާން ބުނެލިއެވެ.
“ޔީޝްއަށޭ..؟؟ ކިހިނެއްވީ؟” ޔީޝާގެ ނަން އިވުމުން ދާނިޝް ކުރަން ހުރި މަސައްކަތް މަޑުޖެހުނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.




alheeeyyyyy most curious part ah huhtunee vesss
it is really good
Thanksss ❤️❤️❤️
omg mi part ves varah obi❤️❤️❤️
thank you snookie ❤️❤️☺️
Alhey mi story haadha hadha hadha reachey…. ?❤
Sorry kurin huri part thakah comment nukure vuneema..?. but hama huriha part eh ves midhanee kiyamun… asluga ves varah salhi ingey mi story… ??when next part nikunnanee… can’t wait…?
Love you sis ?
Take care ❤
Stay safe ?
awwwnn thank you taengoo ❤️❤️
v happy vejje story Kamu dhiyaeema. next part ves v avahah kiyaalan libeyne
love you more sis ?❤️❤️
you too take care ❤️
Varah varah reethi ❤️?❤️
Thank you gigs ❤️❤️☺️