Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

އަންނަންދެން ހުންނާނަން ލޯބިން 53 (ފަހު ބައި)

Shyyyms
Shyyyms Level 510 Stories100 Login100 Comments100 Stories
June 8, 2021 4 Mins Read
4 Comments

މިވާހަކައިގެ ފަހުބައި އަލުން ގެނެސް މިދިނީ ކުރިން ކަންތައް ވީގޮތުން، މާބޮޑަށް ނޫނަސް ބައެއް ކުދިކުދި ބަދަލުތަކާއިވެސް އެކުގައެވެ.

 

2 އަހަރު ފަސް

____________

ކިޔާންމެން ގޭގައި މީހުން ވަރަށް ގިނައެވެ. މުޅިގޭ އޮތީ ފުރިފައެވެ. ވާނީވެސް އެހެންތާއެވެ. ކިޔާނާއި ސާރާގެ ފުރާނަ ފަދަ އެންމެ ލޯބިވާ ދަރިފުޅަށް ނަން ކިޔަނީއެވެ. އެހެންކަމުން އެކަމުގެ އުފަލުގައި ކައްކަނއެވެ. އައިލާ އާއި ރައްޓެހިންނަށް ބޮޑު ކެއުމެއް ދޭއިރު ގޭތެރެ ހިމޭނުން އޮންނާނެ ހެއްޔެވެ؟

“ކޮބާ ބައްޕިގެ ދޫނިކޮޅު؟” ކިޔާން ކޮޓަރިއަށް ބޯ ދިއްކޮށްލަމުން ގޮވާލިއެވެ. އެވަގުތު ފާޚާނާއިން ނުކުތް ސާރާ ފެނުނެވެ. “ހަމަ އެ ނިދީ.” ސާރާ ހީލިއެވެ. “އެހެންތަ؟ ވަރަށް ވަރު ދައްކާލި ދޯ؟” ހިނިއައިސްފައި ކިޔާން އަހާލިއެވެ. އަދި ކޮޓަރިއަށް ވަނެވެ. “އާނ.”

 

ކިޔާން އައިސް ސާރާގެ ގައިގައި ބައްދާލިއެވެ. “އައި މިސްޑް ޔޫ.”

“ޕިސް ޕިސް. މީގެ 2 ގަނޑި އިރު ކުރިން މިތާ ހުރެ ހުރެފަ ތި ދިޔައީ.” ސާރާ ޕިސް ޖަހާލިއެވެ. “އައި ސްޓިލް މިސް ޔޫ. 2 އަވާސް އެއީ ހާދަ އިރެކޭ އެހެން ނޫނަސް.” ކިޔާން ސާރާގެ މޫނާއި މޫނު އިތުރަށް ކައިރިކޮށްލިއެވެ. ސާރާގެ ހިތް އަވަސް ވެގެން ދިޔައެވެ.

 

ދެން އިވުނީ ތުއްތު ކުއްޖެއްގެ ރުއިމުގެ އަޑެވެ. ސާރާއަށް ކިޔާންގެ ގައިގައި އަޅާ ކޮށްޕާލެވުނެވެ. އެއާއެކު ކިޔާން ހޭން ފެށިއެވެ. “ކޮން ދުވަހަކުންތަ މަ ކޮށްޕާލުން ހުއްޓާލާނީ؟ އަހަރުން އެންމެ ފުރަތަމަ މީޓް ވި ދުވަހުއްސުރެ އަދިވެސް ސިއްސައިގެން ދާއިރަށް އެބަ ކޮށްޕާލާ.”

ސާރާ ކިޔާނާއި ދިމާއަށް ލޯ އަޅާލިއެވެ. އަދި ގޮސް ދަރިފުޅު އުރާލައި ރުއިންގަނޑު މަތަކުރެވޭތޯ ބެލިއެވެ. އިރުކޮޅެއްފަހުން އެކަން ވެސް ވިއެވެ. ކިޔާން އައިސް އެ ކުއްޖާ އުރާލިއެވެ. “ބައްޕިގެ އައިމިނަތު ކިޔާރާ ކިޔާން.” ކިޔާން އެ ކުއްޖާގެ ނިތްކުރިއަށް ބޮސްދިނެވެ. ސާރާއަށް ހެދިފައި އެ މަންޒަރު ބަލަހައްޓައިގެން ހުރެވުނީއެވެ.

ކިޔާރާ ބޮޑަށް ވައްތަރީ ތާރާ އާއިއެވެ. ލިބިފައިވަނީ ތާރާގެ ބޮޑުބޮޑު އަޅިފެހި ލޮލާއި ކިޔާންގެ ކަޅުކަންގަދަ އިސްތަށިގަނޑެވެ.

 

“ދެން މަ މީ ކާކު؟” ސާރާ ދެރަވާ ކަމަށް ހަދަލިއެވެ. “ތީ ކާކު؟” ކިޔާން ވެސް ނޭނގޭ ކަމަށް ހަދާލިއެވެ. “ކިޔާންންން!” ތާރާ ތުންކޮޅު އޫކޮށްލިއެވެ. “ސީރިއަސް ކޮށޭ ތީ ކާކުތަ؟” ކިޔާން ހިނިގަނޑު ކޮންޓްރޯލް ކޮށްލިއެވެ.

“ހުއް. ވަރަށް ފޫހިވެ. މަ މިދަނީ ބަދިގެއަށް.” ސާރާ ދާން ހިނގައިގަތެވެ. “އޭއި! އޭއި!” ކިޔާން ސާރާގެ އަތުގައި ހިފާފައި ގެނެސް މޭގައި ލައްކޮށްލިއެވެ. ސާރާ ހީލަމުން ކިޔާންގެ މޭގައި ބޯ އަޅާލަމުން ލޯ މަރާލިއެވެ. “އަދި ކިރިޔާ ވިހައިގެން ތިޔައީ. އަދި ނުވޭ މަސައްކަތް ކުރާ ވަރެއް.” ކިޔާން ބުނެލިއެވެ.

“ހުމްމްމް. ދެން ބުނެބަލަ މަ މީ ކާކު؟” ސާރާ އަހާލިއެވެ. “މައި ލިޓްލް މަންކީ.” ކިޔާން ހޭން ފެށިއެވެ. ސާރާ ވަގުތުން ކިޔާންގެ މޭގައި ތަޅައިގަތެވެ. “ތީ ޑޮންކީގަނޑު.”

“ހަހަހަ. އައި ވޯޒް ކިޑިން. ޔޫ އާ މައި ކުއީން.” ކިޔާން ސާރާގެ ބޮލަށް ބޮސްދިނެވެ. “އެން ދިސް އިޒް މައި ލިޓްލް ޕްރިންސެސް.” ކިޔާން ބުނެލިއެވެ. ސާރާ ހިނިތުންވެލިއެވެ. އަދި ކިޔާންގެ މޭގައި ބޯ އަޅާލައިގެން ހުރެ ކިޔާރާއަށް ބަލައިލިއެވެ. “މަންމިގެ ކުޑަ ކުޑަ ޔާރު އެން ހޭންޑްސަމް ހަޒްބެންޑް. އައިމް ސޯ ހެޕީ ނައު. ސޯ ސޯ ހެޕީ.”

 

މީގެ އަހަރެއް ކުރިން ކިޔާން ސާރާއަށް އީމާގެ ވާހަކަ ކިޔާދިނެވެ. އީމާގެ ދަރިފުޅު އީނަމަކީ ކިޔާންގެ ކުއްޖެއް ނޫންކަމެވެ. އީމާ ބަލިވެއިނީ ކިޔާންގެ އެކުވެރިއަކަށް ކަމަށް ބުންޏެވެ. އަދި އީމާ ކުށްވެރި ނުވާން ވެގެން ކިޔާންގެ ބޮލުގައި އެޅުވީ ކަމަށް ބުނެވެސް ބުންޏެވެ. އެކަމަށް ކިޔާންގެ ކުރީގެ އެކުވެރިޔާ އިޢުތިރާފުވެސް ވިއެވެ.

ސާރާ ވެސް ކިޔާނަށް ވަނީ ނާއިލްގެ ވާހަކަ ކިޔާނަށް ކިޔާދީފައެވެ.

…………..

 

5 އަހަރު ފަސް

__________

 

“މަންމީ؟” އިވުނީ 4 އަހަރުގެ ތުއްތު ކިޔާރާގެ އަޑެވެ. “ލައްބަ ޔާރޫ. ކިހިނެއްވީ ލޯބީ؟” ސާރާ ބަދިގެއިން ނުކުމެ ބަލައިލިއެވެ.

“ބަލާ މަންމީ. ޔާއު ކުވުހި އެއްތެއް.” ކިޔާރާ ގަނޑެއް ދައްކާލިއެވެ. ސާރާ އެގަނޑު ބަލައިލިއެވެ. އޭގައި އިނީ 3 ދަނޑި މީހުންނެވެ. “މީ މަންމި. މީ ޔާއު. އެން ދެން މީ ދެދީ. ވީތި ތަ؟” ކިޔާރާ އަހާލިއެވެ. “ލައްބަ މަންމި ލޯބިކޮޅޫ. ވަރަށް ލޯބި.” ސާރާގެ ފެންކަޅިވިއެވެ. އަދި ތިރިވެލާފައި ކިޔާރާ ގެނެސް އޭނާގެ މޭގައި ޖައްސާލިއެވެ.

އެވަގުތު ގެއަށް ވަދެގެން އައީ ކިޔާނެވެ. “ޑެޑީގެ ޕްރިންސެސްސްސް!” ކިޔާން ގޮވާލިއެވެ. ވަގުތުން ކިޔާރާ ކިޔާނާއި ދިމާއަށް ދުއްވައިގަތެވެ. “ނުދުވޭ ޔާރޫ ވެއްޓިދާނެ.” ކިޔާރާ އަކީ ސާރާހެން ހަލަނި ކުއްޖަކަށް ވުމުން ސާރާ ގޮވާލިއެވެ. ނަމަވެސް ކިޔާރާ އަޑެއް ނާހައެވެ. ދިޔަގޮތަށް ގޮސް ކިޔާންގެ ގައިގައި ބައްދާލިއެވެ. “ދެދީ!! އައި މިސްވް ޔޫ.”

 

“އޯވްވްން. ޑެޑީ ވެސް ޔާރު މަތިން ވަރަށް މިސް ވިޔޭ.” ކިޔާން ކިޔާރާ އުރާލިއެވެ. އަދި ގޭތެރެއަށް ހިނގައިގަތެވެ. ކިޔާން ސޯފާ މަތީގައި ދަބަސް ބަހައްޓާފައި ކިޔާރާ ގޮވައިގެން ބަދިގެ ދޮށަށް ދިޔައެވެ. “ހާދަ މީރުވަސް ދުވައޭ.” ކިޔާން ބުނެލިއެވެ. “ހުމްމްމް. މިހަދަނީ ޔާރުގެ ފޭވްރިޓް ބިރިޔާނީ އޭ ދޯ؟” ސާރާ އެހެން ބުނަމުން ކެއްކުމާއިގެން ކުރިއަށް ދިޔައެވެ. “އެހެންތަ؟”

 

“ހުމްމްމް… މިއަދު އާދޭ ތިއްތަ މެން ވެސް. އެހެންވެ.” ކިޔާރާ ބުނެލިއެވެ. އަދި ބިންމަތީގައި ބެހެއްޓުމަށް ކިޔާން ގާތު ބުންޏެވެ. ކިޔާން ކިޔާރާ ބިންމަތީގައި ބެހެއްޓުމުން ދުވެފައި ކުޅެން ދިޔައެވެ. ކިޔާން ކަރުގައި އަޅާފައި އިން ޓައީ ދޫކޮށްލަމުން ބަދިގެ ތެރެއަށް ވަނެވެ. އަދި ކައްކަން ހުރި ސާރާގެ އުނަގަނޑުގައި އަތް ވަށާލިއެވެ.

“ކިޔާން! ކީއް ތި ކުރަނީ؟” ސާރާ އަހާލިއެވެ. “ކަމެއް ނުކުރަމެއްނު. މައި ވައިފް ކައްކާތަން ބަލަނިއްޔޭ މި.” ކިޔާން ސާރާގެ ކޮނޑުގައި ދަތްދޮޅި އަޅުވާލިއެވެ. އަދި ސާރާގެ ކޮލަށް ބޮސްދިނެވެ. “ހުމްމްމް.. އެކަމް ތިހެން ނުހަދަބަ. އިޓްސް ޑިސްޓްރްކްޓިން މީ.” ސާރާ ލަދުން އިސްޖަހާލިއެވެ. “ހަހަ. މިހާރު އަހަރެމެން މެރީކޮށްގެން އުޅޭތާ 7 އިޔާޒް ވީ. އަދިވެސް ލަދުން ތިއުޅެނީ.” ކިޔާން ހޭން ފެށިއެވެ. ސާރާ ކިޔާނާއި ދިމާއަށް އެނބުރިލާފައި ކިޔާންގެ މޭގައި ޖަހާލިއެވެ. “ދެންންން.”

ނަމަވެސް ކިޔާން ދަނޑިވަޅުގެ ބޭނުން ހިފައި ސާރާގެ ތުންފަތުގައި ބޮސްދިނެވެ. ސާރާއަށް ވެސް އެ ޢަމަލުގައި ބައިވެރި ވެވުނެވެ. ދެމީހުން ދުރުވެލީ ނޭވާ ކޮޅަށް ދިޔުމުންނެވެ. އޭރު ކިޔާން ލާނެތް ގޮތަކަށް ހީލައިގެން ހުއްޓެވެ. “ޔޫ ނޯ ޔޫ ލައިކް އިޓް.”

“ޝަޓް އަޕްޕްޕްޕް!………. އޯހް. މައި. ގޯޑްޑްޑް! އާރްގްގްގް! ހުވާ މިބުނީ ކިޔާން ކަންތަކޭ މީ! ސޯސްގަނޑު އެ އެނދީ ވިއްޔަ! ހުންނާތި. މި ހޫނު ދޭފަތުގެ ކުޅި ދައްކާލާނަމޭ މިފަހަރު.”

……………………

 

އެންމެން ދިޔައީ ރޭގަނޑު 10 ޖަހައި ބޮޑުވި ފަހުންނެވެ. އޭރު ކިޔާރާ ނިދައިފިއެވެ. ކިޔާނާއި ސާރާ ކިޔާރާގެ ކޮޓަރި ބޭރުގައި ބަލަހައްޓައިގެން ހުއްޓެވެ. އެހެން ހުރެފައި ގޮސް އެމީހުންގެ ކޮޓަރިއަށް ވަނެވެ.

 

ސާރާ ފާޚާނާއަސް ވަދެފައި ނިދާ ހެދުން ލައިގެން އައިސް ކިޔާން ކައިރިއަށް އެނދަށް ނިދަން އެރިއެވެ. ވަގުތުން ކިޔާން ސާރާގެ ގައިގައި ބައްދާލިއެވެ. “ކިޔާން؟”

“ހުމްމްމް؟”

“އައިމް ޕްރެގްނެންޓް.”

“ވާޓްޓްޓްޓް؟!”

…………………

ދެމީހުންގެ އިންތިޒާރުގެ ނިމުން ނިކަން ދެކި ބަލާށެވެ. ކިހާ ފުރިހަމަ ހެއްޔެވެ؟ އެތަކެއް ގޮންޖެހުންތަކެއް ކަޑައްތުކޮށްފައި ވެސް ދެމީހުން އެތިބީ އެކުގައެވެ. ދެ ހިތުންވި ތެދުވެރި ލޯބިގެ އިންތިޒާރުގެ ސަބަބުންނެވެ.

 

(ނިމުނީ) 

 

އުންމީދު ކުރަން މި ވާހަކަ ކިޔުންތެރީންނަށް ވަރަށް ކަމުދިޔަ ކަމަށް. 

 

Love you guys so much for the support. Without you guys I couldn’t have completed this story. 

 

އުންމީދު ކުރަން އަޅުގަނޑުގެ ނިއު ސްޓޯރީ ވެސް ކިޔާލާނެ ކަމަށް. ‘ލޯބި އޭގެ އަސްލުގައި’ މައި ނިއު ސްޓޯރީ. ކިޔާން އެން ތާރާ… އައި މީން ސާރާ. ހެހެ. ކިޔާން އެން ސާރާގެ ސްޓޯރީ ރީތިވިފަދައިން އެ ސްޓޯރީ ވެސް ކިޔުންތެރީންނަށް ރީތި ވާނެކަމަށް އުންމީދު ކުރަން. 

 

Good luck to all those who are doing their exams. 

And stay safe❤️❤️

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Shyyyms
Follow Me Written By

Shyyyms

Level 510 Stories100 Login100 Comments100 Stories

21-year-old author of the stories that hurt.🥀 Writing psychological tales of betrayal, silenced truths, and the wreckage of "love." ⚖️Trauma, Revenge, & the Journey to Justice. Because sometimes, the ones who should trust you the most are the ones who let you burn.

Other Articles

Previous

ލޯބި އޭގެ އަސްލުގައި 1

Next

ހިތްދަތި ދުވަސްތައް 4

Next
June 8, 2021

ހިތްދަތި ދުވަސްތައް 4

Previews
June 8, 2021

ލޯބި އޭގެ އަސްލުގައި 1

4 Comments!

  1. ?Ril? says:
    June 8, 2021 at 1:09 pm

    Hellllooo shaiiii
    First of alll I am a very big fan of uuuu
    I love this stry soo much . Vrh vrh vrh Hama Sali stry eh meee ❤️
    Hama kiyaahithun konme duvahaku hureveny vrh happy vey duvahaku part eh kiyaalan libeythee vxxx
    Thank uuu usoo much for this lovely stry
    Ril mihunany vxx mi part aeemaa cmnt eh kohlan kama . Heheheh ❤️❤️
    Thaaraa oops I mean saaraa and kiyaan ge love stry Wass enough to make me cry vrh lwbi de kudhin eyyy Masha Allah❤️❤️
    And I love the way shaiii stry genesfaa in goi Hama bunelan othy thigothugaa kuri ah daashey ISA u will be a great writer in future
    And may Allah bless u and protect u from evil eyes . And unmeedukuran Hama mihaaa reethi vaane kama dhn in stry thank uuu e stry ge vxx 2 part ehfaharaa up kohladiny maa .I am soo extieddd. ❤️❤️
    Will read it ingey Hama support kuran shaii ah abaduvxxx.❤️❤️
    And Thankx Ril men ge exam feshigen mioleny shaiii ahxvxx good luck Ingey ❤️❤️
    Love uuuuu sooo much ❤️❤️
    Stay safe and tvgc❤️❤️
    Ur number on fan ??
    ❤️❤️❤️❤️

  2. Nayaa Nayaa says:
    June 8, 2021 at 2:35 pm

    Sisooooooo… Finally… Story nimunee dhw.. This story is really special for me for some reason.. hehe.. anyways mee mihaathanah nayaa ah kiyunu enme reethi vhk.. sis buneemennu thankolheh kurin alhugandaa liyam ge kairi story ge kuriyah huri episode thakun vx fennaane kamah ummeedhu kuramey.. hehe mi fenuneenu dhw.. sisooo i really really really miss u.. and this story is the best.. vvvvvvvv lwbi saaraa and kiyaan ge love story… HATE TO LOVE dhw.. hehe.. so cute.. and thanx for wishing me good luck on my exams.. sis good luck keema kanneynge miadhu business test nayaa ah hedhunee vrh salhi koh.. i think i will get full marks.. hehe.. sisooo good luck to u as well ingey.. bas ahaigen kiyavahche.. sis mihaaru liyaa vhk vx nayaa hama baraabarah kiyaanan insha allah… i will always support u.. lyssssssssssssssssmmmm… mysssssssssssssmm.. ss and tc

    1. Nayaa Nayaa says:
      June 8, 2021 at 2:39 pm

      and btw biriyani akee Kiyaaraa ge vx favourite dish tha? really? sisoo guess what? wii nayaa ge vx most favourite dish.. i can’t live without biriyani.. hehehe.. liyam vx buni mifaharu nayaa ge b day ah vx fonuvaanee biriyani oa.. hahaha.. sis ah vx biriyani meeru tha?

  3. Shyyyms Quinn_Rosa says:
    June 8, 2021 at 7:24 pm

    Hiii. Thanks everyone for your support. n v special koh Naayaa ah❤️❤️❤️. Haha.
    I can’t reply to hurihaa comments ah cuz shaige phone akah nudhahkaa Gina comments eh??

    But still thanks to all❤️❤️❤️
    Lysm❤️❤️

Comments are closed.

Next Episodeއަންނަންދެން ހުންނާނަން ލޯބިން 53 (ފަހު ބައި)←


All Right Reserved!