Skip to content
އެސްފިޔަ

އަންނަންދެން ހުންނާނަން ލޯބިން 52

1 އަހަރު ފަސް

__________

“އަނބި ގަބޫލު ކޮށްފިން.” ކިޔާން ސާރާގެ ލޮލަށް ބަލަހައްޓައިގެން އިނދެ ބުނެލިއެވެ. ސާރާގެ ތުންފަތްމަތީގައި ލަދުރަކި ހިނިތުންވުމެއް ދުވެލިއެވެ.

“އަނބި ގަބޫލު ކޮށްފިން.” އަކުރަމް ތާރާގެ އަތަށް މަޑުމަޑުން ފިއްތާލިއެވެ. ތާރާގެ ހިނިތުންވުން ފުންވެގެން ދިޔައެވެ. ސާރާ ތާރާއަށް ބަލައިލިއެވެ. ދެބޭންގެ ކައިވެނި ކުރެވިގެން ދިޔައީ އެކުގައެވެ. ދެބޭންނަށް ވެސް ކުރިމަތިވި އެތަކެއް ގޮންޖެހުން ތަކަށް ފަހު ވެސް އެ ދެބޭންގެ ލޯބި ހާސިލުވިއެވެ.

 

4 މީހުން ވެސް ތެދުވެގެން ގޮސް އެމީހުން ހުއްޓިލަން ހަމަޖެހިފައިވާ ސްޓޭޖުގައި މަޑުކޮށްލިއެވެ. ކިޔާން އޭނާގެ އަލަތު އަނބިމީހާއަށް ބަލައިލިއެވެ. ސާރާ މިއަދު ވަރަށް ފުރިހަމަ އެވެ. ވަރަށް ޗާލެވެ. ވަރަށް ލޯތްބެވެ. ލައިގެން ހުރި ހުދު ކުލައިގެ ބޮޑު ވެޑިން ޑްރެސްގައި ހީވަނީ ހޫރުޕަރީއެއް ހެނެވެ. އަޅައިގެން ހުރި ހުދު ކުލައިގެ ޝޯލު ތެރެއިން އެ ލޯބި ލޯބި މޫނުކޮޅު ފެންނަލެއް ވަރަށް ހިތްގައިމެވެ.

އަކުރަމް ތާރާގެ އުނަގަނޑުގައި އަތްއަޅުވާލިއެވެ. “ވަރަށް ރީތި މިރޭ.” އަދި މަޑުމަޑުން ތާރާގެ ކަންފަތް ދޮށުގައި ބުންޏެވެ. ތާރާގެ މޫނުމަތި ރަތްވެގެން ދިޔައެވެ. ތެދެކެވެ. ތާރާ ވެސް މިރޭ ވަރަށް ރީޗެވެ. ލައިގެން ހުރި ހުދުކުލައިގެ ވެޑިން ޑްރެސާއި ނޫ ކުލައިގެ ޝޯލް އޭނާއާއި ވަރަށް ގުޅެއެވެ. ހީވަނީ ފަތްމިންޏެއް ހެންނެވެ.

ކިޔާން ސާރާގެ ނިތްކުރިއަށް ބޮސްދިނެވެ. “އައި ކާންޓް ބިލީވް ޔޫ އާ ފައިނަލީ މައިން. މައި ލޯބި ލޯބި ވައިފް.” ކިޔާން ބުނެލިއެވެ. “މީ ޓޫ. ދިސް އިޒް އެ ޑްރީމް ކަމް ޓްރޫ.” ސާރާ ކިޔާންގއ މޭގައި ބޯ އަޅާލިއެވެ.

 

“އޯއި އޯއި. ލަވް ބާޑްސް! މިކޮޅަށް ބަލާލަބަ!” އިވުނީ ކައިލާންގެ އަޑެވެ. ސާރާމެން ބަލައިލިއިރު ކައިލާން ކެމެރާއެއް ހިފައިގެން ހުއްޓެވެ. ކައިލާންގެ ގާތުގައި އޭނާގެ އަނބިމީހާ، ވީރާ ހުއްޓެވެ. ސަމާ އާއި ޖައިލަމް ވެސް ހެވިފައި ހުއްޓެވެ. ސަމާ ހުރީ އޭނާގެ 2 މަހުގެ ބަނޑުގައި އަތް އަޅާލައިގެނެވެ.

އެ މީހުނާއި ޖެހިގެން ހުރީ އީމާނާއި ޒީނާއެވެ. އީމާން ހުރީ އޭނާގެ ލޯބިވާ ދަރިފުޅު، ޒާޔާ އުރާލައިގެން، ޒީނާގެ އަތުގައި ހިފާލައިގެނެވެ. ޔުކްތާ އާއި އީކަން ޔޫކަން ރޯވަރުން މަސަލަސް ކުރަން އުޅުނު ތަން ފެނުނެވެ.

“ސޭ ޗީޒްޒްޒް!” ސަނަމް ހަޅޭއްލަވައިގަތް އަނޑު މުޅި ތަނުގައި ގުގުމާލިއެވެ. ސިހިފައި އެންމެން ސަނަމާއި ދިމާއަށް ބަލައިލިއިރު ހުރި ގޮތުން ހިނިއައެވެ. އޭނާ ހުރީ ތިން ގޮނޑި އެއްކޮށްލައިގެން އޭގެ މައްޗަށް އަރައެވެ. އޭނާގެ ކައިރީގައި ހާސްވެފައި ހުރި އެލެކްސް ހުއްޓެވެ.

ފޮޓޯ ނަގައި ނިމުމުން އެންމެން ސާރާމެން ކައިރިއަށް އައެވެ. “ދެން އެންމެ އަވަހަށް އޮތީ ތިމީހުން ދޯ؟” ތާރާ ސަނަމާއި އެލެކްސަށް ބުންޏެވެ. “އަނ. ސަޅި ވާނެ އަހަރެމެންގއ ވެޑިން.” ސަނަމް ވަރަށް ހެވިލާފައި ބުންޏެވެ.

އިރުކޮޅެއްފަހުން ރީހަން އައިސް ހުއްޓެލިއެވެ. އޭނާ އާއި އެއްކޮށް އަންހެން ކުއްޖަކު ހުއްޓެވެ. “އަހަރެމެން ވެސް ވަރަށް އަވަހަށް މެރީ ކުރަން މިއުޅެނީ. ގާއިސް. މީޓް މައި ލަވް، ހައިމާ.”

…………………..

❤️?❤️?

Dhen innaany emme fahu bai. Inthizaaru kollahvaa☺️

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (1)

  1. Era123

    Heiii…this is one of the best story I have ever read..Masha Allah ❤️ so beautiful
    Can’t wait for your next story..
    As a reader i want to point out something..
    English in liyefa hunna bai thankolheh Madhu kohlan veenun..I mean it’s kinda difficult to read ? ..hope you won’t take it as a negative one

Comments are closed.