Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިއްސާ ކޮށްލަމޭ ލޯބިވާ ވަރު 5

Najdha Level 210 Stories100 Login
June 6, 2021 3 Mins Read
3 Comments

މާނިއު ނަމާދުކޮށްގެން އައިސް ރިވައިޒް ކުރަން ފެށި ގޮތަށް ހުއްޓާލީ 7 ގަޑި 30 ގައެވެ. މާނިއު ބޭނުންވީ އެވަގުތު ރީހާން ކައިރީ މިޒްނާ އާއި ރީހާންގެ ގުޅުމުގެ ވާހަކަ އަހަން ވަރަށް ބޭނުންވެފައެވެ. އެހެންކަމުން ރީހާން ދޮރުގައި ޓަކި ޖަހާލިއެވެ. ރީހާން ވަންނަން ބުނުމުން މާނިއު ވަދެ ވާހަކަ ފެށިއެވެ. “ރީހާން މިޒޫ ދަންނަން ދޯ؟” މާނނިއު ސުވާލު ކުރިއެވެ. “އާނ. ކިހިނެތްވީ؟” ރީހާން ކުޑަކޮށް އޮޅުން އަރީމައި އެއްސެވެ. “ކަމެއް ނުވޭ. ހަމަ އަލާލީ. އޭ އަދި އަހާލަން ބޭނުންވޭ އެއްޗެއް. އެއް އިރެއްގައި އެއީ ކައޭގެ ބިޓެއްތަ؟”މާނިއު ސީދާ މައުޟޫއަށް މިފަހަރު ދިޔަ އެވެ. ދެން މާނިއުއަށް އަޑު އިވުނު ޖުމްލައިން މުޅިތަން ގުޑައިން ދިޔަހެން މާނިއުއަށް ހީވިއެވެ.

***********************************

“އާނ އެއީ މައޭގެ އެކްސް އެއް. ކީއްވެ ތި ހުރިހާ ސުވާލެއް ތި އަހަނީ؟ އަނެއްކާ މާނިއުއަށް އިނގުނީތަ؟” ރީހާންއަށް އަހާލެވުނެވެ. “ނޫން. އެކަމަކު އިގެން ބޭނުންވީމަ އެހީ”. މާނިއު ގަދަކަމުން ހީލާފާ ބުންޏެވެ. ރީހާން ރޫމްއިން ނުކުމެގެން މާނިއުގެ ރޫމް އަށް ވަދެ ދޮރު ތަޅުލިއެވެ. އެނދުގައި ގޮސް އޮށޯވެ އޮތް އިރު މިޒްނާގެ މޫނު އޭނާގެ ދެލޮލަށް ފެންނަ ކަހަލައެވެ. ދުވަހަކު ހިތަށް ނުވާ ތަދެއް މިހާރު އިހުސާސް ކުރެވެން ފަށައިފިއެވެ. މިޒްނާއަށް މާނިއު ލޯބިވާ ވާހަކަ ކިޔައިދޭނީ ކޮން ދުލަކުން ހެއްޔެވެ؟ އަނެއްކޮޅުން ރީހާން އެވެ. ގޮއްމުކަވައިފައި ރީހާން ގައިގައި ޖަހަން ބޭނުން ވިއެވެ. އެކަމަކު ކުރާނެ ކަމެއް ނެތެވެ. ރީހާން އަށް މާނިއުއަށް އޭނާ ކުރާ ކަންކަން އެނގެން ބޭނުން ނުވާތީ ހަނުހުރުން އެއީ އެންމެ ރަނގަޅު ގޮތެވެ. ކުއްލިއަކަށް އެހެން އޮވެ މާނިއު އެދުން ތެދުވީ އެއްޗެއް ހަނދާން ވެގެންނެވެ. ގަޑިއަށް ބަލާލިއިރު 7 ގަޑި 50 ވީއެވެ. އަވަހަށް އިސްތަށިގަނޑުގައި ކުޑަކޮށް އަތް ހިނގާލާ ރީތިކޮށްލުމަށްފަހު ފޮތް ދަބަހާ ސައިކް ތަޅުދަނޑި ނަގާ ބޭރަށް ނުކުމެ ސައިކަށް އަރާ ކޮލެޖާ ދިއުމަށް މިސްރާބު ޖެހިއެވެ.

މިޒްނާ 7 ގަޑި 55 ގައި ހުރީ ކޮލެޖު ކުރިމަތީގައެވެ. ތަންކޮޅެއް އަވަހަށް އާދެވުމުން ނަންބަރަކަށް ގުޅާލިއެވެ. “އޭ ކިބާތަ. މަ މިހުރީ މިހާރު ކޮލެޖު ކުރިމަތީގައޭ.” މިޒްނާ ތުން ދަމާފައި ވާހަކަ ދެއްކިއެވެ. “ހެހެ. މަ މި ދަނީ އަދި ކިރިޔާ. މަޑު ކުރައްޗޭ މަށަށް ދެވެންދެން.” ޒޯޔާ އެކޮޅުން ވާހަކަ ދެއްކިއެވެ. އޯކޭ އޭ ބުނެ މިޒްނާ ފޯން ކަނޑާލި ތަނުން މާނިއު ސައިކްގަ އައިސް ސައިކް ޕާކު ކުރަނީއެވެ. މާނިއު ފެނުމުން މުޅި މީހާ ގނޑުވީ މާނިއު ވާހަކަ ދައްކާނެބާވައޭ ހިތައް އަރާފައި ކަމެއް ނުވަތަ މާނިއު ފެނުމުން ކަމެއް ނޭނގެއެވެ. “މިޒޫ؟ ކީއްވެ މާ ވަރަކަށް ތިބަލަނީ؟” ލާނެއް ހިނިތުންވުމެއް ވެރި ކުރުވާފައި މާނިއު އެއްސެވެ. މިޒްނާގެ ނޫނު މައްޗަށްޖަނބު ކުލަ އަރައިގަތެވެ. މާނިއުއަށް ބަލަން ހުރެވުނީ ކިހާ އިރެއް ވންދެން ކަމެއްވެސް މިޒްނާ އަކަށް ނޭނގުނެވެ. ދެމީހުން ކައިރިޔަށް އައިސް ހުއްޓިލި މާއިޝް އާއި ޒޯޔާ އައީ އެވަގުތެވެ. މާނިއު އާއި މިޒްނާ އެހާ ކައިރީ ހުއްޓާ ފެނުމުން މާއިޝގެ އަތް ބާރަށް މުށްކަވާލެވުނީއެވެ. ޒޯޔާގެ ހިނިތުންވުންވެސް ފނޑުވިކަން ފާހަގަ ކޮށްލެވުނެވެ. “އޭ ތިދެމީހުން އަނެއްކާ ކަމެއްޔަ؟” މިޒްނާމެން ކައިރިއަށް އައިސް ހިނިގަނޑެއް ޖަހާލާފައި ޒޯޔާ އެހިއެވެ. “ނޫން”. މޒްނާ އާއި މާނިއުއަށް އެކީ ބުނެވުނެވެ. އެންމެން އެކީ ހޭންފެށީ ދެމީހުނަށް އެއްފަހަރާ ނޫނެކޭ ބުނެވުމުންނެވެ.

އެ ހުރިހާ ސަކަރާތެއްޖެހި އިރުވެސް މާއިޝް އެއްފަހަރުވެސް ވާހަކަ ނުދައްކައެވެ. “އޭ އެޔޮއް އަށެއް ޖެހީ. ކޮލެޖަށް ވަންނަ ގަޑި ޖެހުނީ އޭ.” ކުއްލިއަކަށް މާއިޝް ވާހަކަ ދެއްކި އަޑަށް އެންމެނަށް ރޭކާލީ ކަހަލައެވެ. އަވަހަށް ކޮލެޖަށް ވަދެ އެމީހެއްގެ ކުލާހަކަށް އެމީހަކު ދިޔައެވެ. މާނިއު އާއި މިޒްނާގެ އޮތީ އެއް ކުލާހެއް ކަމުން ދެމީހުން ދިޔައީ އެކުއެކީގައެވެ. ކުލާހަށް ހުރިހާ ކުދިން ގޮސް ވަދެ ނިމުމުން ލެކްޗަރާރ ކުލާހަށް ވަނެވެ. ސައިންސް ކުލާސް ކަމުން މިޒްނާ ހުރީ ވަރަށް ފޫހިވެފައެވެ. މިޒްނާ އަކީ ފެޝަން އެންޑް ޑިޒައިން އަށް ޝައުގު ހުންނަ ކުއްޖަކަށް ވިޔަސް މައިންބަފައިން މިޒްނާއަށް ކިޔަވަން ޖެއްސީ ސައިންސްގެ ދާއިރާއެވެ. މިޒްނާ އަބަދުވެސް މަންމަމެން ކައިރީ ފެޝަން އެންޑް ޑިޒައިންގެ ކޯސް ހަދަން ކިޔައެވެ. އެކަމަކު އެމީހުން މިޒްނާ ކިޔަވަން ބޭނުންވީ ސައިންސްއެވެ. އެހެން ކަމުން މަންމަމެނަށް ބޯލަނބައިން އާނއެކޭ ބުނީއެވެ. “މިޒްނާ. ޕްލީޒް ކޮންސެންޓްރޭޓް.” ލެކްޗަރާރ ގޮވާލި އަޑު އިވުނެވެ. ސިއްސައިންގޮސް މިޒްނާ އަށް ހިޔާލީ ދުނިޔެއިން ނުކުމެވުން ކަހަލައެވެ. އަވަހަށް ރީއްޗަށް އިށީނދެ ކުލާހަށް ކޮންސެންޓްރޭޓް ކުރަން ފެށިއެވެ.

ބްރޭކް ގަޑި އައިސް ޖެހުމުން ހަތަރު އެކުވެރިން އަބަދުވެސް އިށީންނަ މޭޒަށް ގޮސް އިށީނެވެ.”ދެޓް ވޯޒް އަ ހެކް އޮފް ޕީރިއަޑްސް.” ޒޯޔާ ކާން ފަށަމުން ބުންޏެވެ. “އާނ ދޯ މިއަދު މިޒޫވެސް އިނީ ހިޔާލީ ދުނިޔެއެއްގަ ސައިންސް ކްލާސް ބޯރިންގް ކަމުން.” މާނިއު ލާނެއް ހިނިތުންވުމެއް ފޮނުވީ ހެނދުނުގެ ހާދިސާ ހަދާންވުމުންނެވެ. މިޒްނާ ވަގުތުން ލަދުގަނެ މުޅި މޫނަށް ޖަނބު ކުލަ އެރިއެވެ. “ޕިސް ޕިސް. ދެން މި މާނިއު ދައްކާ ވާހަކަ ދޯ.” މާނިއު އަތުގައި ކުޑަކޮށް ޖަހާލަމުން މިޒްނާ ބުނެލިއެވެ. “މާއި ހާދަ މަޑުން ތިހުންނަނީ؟” މިޒްނާ އަށް އަހާލެވުނެވެ. ކާން އިނދެފައި މާއިޝް އަށް ބަލާލެވުނީ މިޒްނާ އަށެވެ. ދެން މާނިއު އަށެވެ. “ކަމެއް ނުވޭ. ޓެސްޓް ދުވަސްކޮޅުވީމަ ސްރޓްރެސް ވެފައި. އިޓްސް ނޯމަލް ނުން.” މާއަޝް އެހެން ބުނެލީ އެހެންނެވެ. މާއިޝް ވިސްނަނީ އަސްލު ކޮންކަމަކާ ބެހޭ ގޮތުންކަން އަންގަން މާއިޝް ބޭނުން ނުވީއެވެ. އެހެންވެ ދޮގެއް ހަދާލެވުނީއެވެ.”މިޒޫ ވަކިން ބޭނުން އަހަރެން މިޒޫ އާ ޓޯކެއް ކޮށްލަން. މިރޭ މީޓް ކުރެވޭނެތަ؟.” ޒޯޔާ އަހަލިއެވެ. “ޔެއަރ. ޝުއާ.” ޖވާބަކަށް މިޒްނާ ބުނެލިއެވެ.

ބްރޭކް ގަޑި ނިމުމަކާ ހަމައަށް ދިއުމުން އަވަހަށް އެމީހެއްގެ ކްލާހަކަށް މިސްރާބު ޖެހިއެވެ. މިޒްނާގެ ދެން އޮތީ އެންމެ ތިން ކްލާހެވެ. ފިޒިކްސް އާއި ކެމިސްޓްރީ އާއި ބަޔޮލޮޖީއެވެ. އެ ތިން ކްލާސް ނިންމާފައި ގެޔަށްދާން ހުރީ ތައްޔާރަށެވެ. “އެކްސް ކިއުޒް މީ؟. މޭ އައި ހޭވް އަ މޮމެންޓް ވިތް ޔޫ؟.” މިޒްނާ ކްލާހަށް ދާން ފިޔަވަޅެއް އަޅާލިތަނުން މީހަކު ގޮވާލިއެވެ. “ޔެސް ސަރ؟” މިޒްނާ ޖަވާބު ދިނެވެ. ” ބަޔޮލޮޖީ ކްލާހަށް އަންނާނެ ޓީޗިންގް ކޯސް ހަދަން އަންނަ ކުއްޖެއް. މިޒްނާ އެ ކުއްޖާ ގޮވައިން ކްލާސް ދައްކާލަންދާންވީނުން؟” މިޒްނާ އާނއެކޭ ބުނެ އެ ކުއްޖަކަށް ކިޔަނީ ކޮންނަމެއްތޯ އެއްސެވެ. ޕްރޮފެސަރ އެ ނަމެއް ބުނުމުން މިޒްނާއަށް ހީވީ މޫނުމަތީ މީހަކު ޖެހި ހެންނެވެ. އިސްޖަހައިގެން ހުރެ ޕްރޮފެސަރ ދެއްކި ދިމާއަށް ދިޔައެވެ. ކުރިމަތީ ހުރި މީހަކު ލާނެއް ގޮތަކަށް ހީލައިން ހުރިތަން މިޒްނާއަށް ފެނުނީ އަސްއުފުލާލި ތަނުންނެވެ.

-ނުނިމޭ-

(ނަޖްދާ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Najdha

Level 210 Stories100 Login

Other Articles

Previous

ތަމަންނާ 9

Next

ހިތްދަތި ދުވަސްތައް 2

Next
June 6, 2021

ހިތްދަތި ދުވަސްތައް 2

Previews
June 6, 2021

ތަމަންނާ 9

3 Comments!

  1. inma says:
    June 6, 2021 at 8:34 pm

    So nice story I will wait for next part☺️☺️

  2. Naju / Amy says:
    June 7, 2021 at 7:44 am

    Thnks… N im glad u liked the story inma?♥️

  3. Naju / Amy says:
    June 7, 2021 at 7:44 am

    Next part will be uploaded today?

Comments are closed.

Next Episodeހިއްސާ ކޮށްލަމޭ ލޯބިވާ ވަރު 6←


All Right Reserved!