Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނަފްރަތުން ވެވުނު ލޯބި 37.

Najdha Level 210 Stories100 Login
June 7, 2021 4 Mins Read
4 Comments

މާޝާއަށް ނޭނގި ނަމަވެސް އަޒާން ދެކެ ލޯބި ވެވިއްޖެއެވެ. އެއީ ނަފްރަތުން ވެވުނު ލޮއެއްބެކެވެ. ސްކޫލް ދައުރުން ފެށިގެން ކޮލެޖް ގައި ކިޔަވަން އުޅުނު އިރު ވެސް މާޝާ އަޒާން ދެކެ ނަފްރަތު ކުރެއެވެ. ބުނާތީ އަޑު އަހަމެވެ. ނަފްރަތަކީ ލޯބީގެ ފެށުމެވެ. މާޝާ ދެފަރާތަށް ބޯހޫރާލިއެވެ. “ދެން ކީއްވެ ތި ރޮނީ” އަޒާން ދެންވެސް ކޮށްލީ ސުވާލެކެވެ. “އަހަރެން ނުރޮން” މާޝާ ރައްދުގައި ބުންޔެވެ. “މި ކޯޗެއް؟ ފެންތަ؟ ނޫނީ މިތަނަށް ވާރޭ ވެހެނީ ތަ؟” އަޒާން ހުރީ ދޫކުރާ ގޮތަކަށް ނޫނެވެ. އަޒާން އަނެއްކާވެސް ކުރިން ކުރި ސުވާލު ތަކުރާރު ކޮށްލިއެވެ. މާޝާ އަށް އަޒާންގެ މޫނަށް ބަލަން އިނދެވުނީއެވެ.

 

*****************************

 

“މަންމި” މާޝާ ހާނިޔާ ގޮވާލުމުން އެދިމާއަށް ބަލާލިއެވެ. އަޒާން މާޝާ ދާން ތެދުވުން އަތުގަ ހިފާ އަޒާން އާ ޖެހޭ ނުޖެހޭ ހިސާބުގައި ބޭންދިއެވެ. އިޒާން އައިސް ދޮރު މަތީ ބަލަން ހުރި ކަމެއް އަޒާން އަކަށް އަދި މާޝާ އަކަށް ވެސް ނޭނގެއެވެ. އެތާނގައި ހުރި އިރުވެސް އިޒާން ހުރީ ފުން ހިޔާލަކަށް ގެބިފައެވެ. “ލަންކާއަށް މާޝާ އެހާ ދާހިތުން އުޅެންޔާ އެވާހަކަ ބުނި އިރު އެލޮލުން އަހަންނަށް ކަރުނަ ފެނުނީ ކީއްވެ ހެއްޔެވެ؟ މާޝާ އަޒާން ދެކެ ލޯބި ވާކަން އަހަންނަށް ހަމަ ޔަގީން” އިޒާން ހިތާއި ހިތުން އެހެން ބުނެލާފައި ވަދެ މާޝާގެ އަނެއް ފަރާތުގައި އިށީނެވެ. “މާޝް ދޮންބެ ކައިރީ ތެދަށް ކިޔައިދީބަލަ ހުރިހާ ވާހަކައެއް” އިޒާން ގެ އިޝާރާތަކުން އަޒާން ހާނިޔާ ގޮވައިގެން ދިޔައީ ނަތާޝާ ކައިރިއަށެވެ. “ދޮންބެ އަށް އިނގޭ މާއްކޮ އަޒާން ދެކެ ލޯބި ވާކަން. ކީއްވެ ލޯބި ވާ ވާހަކަ އަޒާން ގާތު ބުނަން ނުކެރިގެން ތިއުޅެނީ. ސުކޫލް ދައުރުން ފެށިގެން މިއަދާ ހަމައަށް ވެސް އަޒާން އެހުންނަނީ ހަމަ ނާއްކޮގެ އިންތިޒާރުގަ.” އިޒާން ލޮއެއްބާއި އެކު މާޝާ އާއި ވާހަކަ ދެއްކިއެވެ. މާޝާގެ ބަޑި ފަޅައިގެން ދިޔައެވެ. އިޒާން ގެ އުނގުގައި ބޯ އަޅައިގެން ހިތް ފުރޭ ވަރަށް މާޝާ ރުއެވެ.

 

“ދޮންބެ ދައްތާ” އަޒާން ކޮޓަރި ދޮރުގައި ޓަކި ދެމުން ނަތާޝާއަށް ގޮވާލިއެވެ. “ޔެސް ވަދޭ” ނަތާޝާ ނަރުސް ޔުނީފޯމް އަކާއި އެއްޗެހި ކަރުދާސް ފޮއްޓަކަށް ލާ އެނދު ދަށަށް ކޮށްޕާލިއެވެ. ” މި ކޮން ކުއްޖެއްތަ؟” ހާނިޔާ ފެނުމުން ނަތާޝާ ގޮސް ހާނިޔާ އުރާލިއެވެ. “ނިޔާ! މާޝާ ގެ ބޭބީ” ނަތާޝާ އަޒާންގެ މޫނަށް ބަލާލިއެވެ. “ހޫމް އެބައިން ދޮންބެ ކައިރީ. ދެމީހުން ޓޯކް ކުރަންދެން އަހަރެން މިއައީ” އަޒާން ކޮނޑު އަރުވާލައިފައި ގޮސް އެނދުމައްޗަށް ވެއްޓިގަތެވެ. ނަތާޝާ އަށް ހާނިޔާ މި ފެނުނީ 8 ވަރަކަށް މަސް ފަހުންނެވެ. ހާނިޔާ ނަތާޝާ އާއި އެކު ވަރަށް ސަކަރާތް ޖެހިއެވެ. ފައިހާއަށް އައިސް ވަދެވުނީ ނަތާޝާއާ އަޒާން ހާނިޔާ އާއި އެކު ސަކަރާތް ޖަހަން ތިއްބައެވެ. ހާނިޔާ ފެނުމުން ފައިހާ އެނބުރި ދާން އުޅުނު ވަގުތު އަޒާން ގޮވާލިއެވެ. ފައިހާ ފަސް އެނބުރި ބަލާ ވެސް ނުލާ ހުރީއެވެ. “ފައިއްކޮ ދެން ތި ކޮން ކަމެއް. ވީ ކަމެއް ވެ ދިޔައީ. ދެން އަދިވެސް މާޝާ އަކާ ވާހަކަ ދައްކާކަށް ނުވޭތަ އޭން. އަހަންނަށް ހަމަ ޔަގީން މާޝާ ފައިހާ މަތިން ހަނދާން ވާނެ ވަރު. ލަންކާ އަށް ގޮސް އެއުޅެނީ ދަންނަ މީހަކު ހުރެގެންނެއް ނޫން. ފައިހާ ވާހަކަ ނުދެއްކިތާ އޭނާގެ މައިންބަފައިން ނިޔާވުމުން. މިހިރީ ހާނިޔާ އެ ކުއްޖާ ކޮން ކުށެއް ކޮށްގެން އެކުއްޖާ ފެންނަ އިރަށް ދާންތިޔައުޅެނީ. ފައިހާ އަޅެ ތި އުޅުން ދޫކޮށްލަބަލަ” ފައިހާ އަށް ވެސް އެއްޗެއް ވިސްނިއްޖެކަން ޔަގީނެވެ. ފައިހާން އަޒާންގެ އަތަށް ދީފައި ކުޑަ ބެއާއެއް ހިފައިގެން ދިވެކަ ދުވެލައި ހުރި ހާނިޔާ އުރާ ކޮލަށް ބޮސްދޭން ފެށިއެވެ.

 

“ދޮންބޭ” މާޝާ ހަމައަށް އެޅުމުން ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ. ނަމަވެސް ހާނިޔާ ރޯ އަޑު އިވުމުން އިޒާން އެދުނީ ހާނިޔާ ކައިރިއަށް މާޝާ ދިއުމަށެވެ. އަޅައިގެން ހުރި ނަންބަރު އައިނު ބުރުގަލުން ފުހެލާފައި މާޝާ އައިނު އެޅި އިރު ކުރިމަތީގައި ހާނިޔާ އުރާލައިގެން ހުރި ނަތާޝާ ފެނުނެވެ. ނަތާޝާ މާޝާ ގެ ކައިރިއަށް ޖެހިލާފައި މާޝާގެ ގައިގާ ބައްދާލިއެވެ. މާޝާ އަށް އައިސްފައި ހުރި ބަދަލުތަކުން އެއީ މާޝާ އޭ ބުނަންވެސް ދައްޗެވެ. ނަތާޝާ އަށް މާޝާ އޮޅޭނީ ކިހިނެއް ހެއްޔެވެ. އެއްތައްޓަކުން ކައި އުޅުނު ދެކުދިންނެވެ. އެކީ ނިދާ ސަކަރާތް ޖަހާ އުޅުނު ދެކުދިންނެވެ. ނަތާޝާ ގެ ލޮލުން ކަރުނަ އައުމުން މާޝާ އެ ކަރުނަތަށް ފުހެލަދީފައި ނުދިއުމަށް އެދުނެވެ. ހާނިޔާ އާއި ފައިހާން ގޮވައިގެން އަޒާން އަދި އިޒާން ދިޔައީ ފިހާރައަށް ކަމަށް ބުނެއެވެ. އެޔަށް ދުވަހަކަށް ފަހު ދިމާވުމުން މާޝާއަށް ގެއަށް ދާން ވީ އުނދަގޫ ކަމަކަށެވެ. ނަތާޝާގެ އެދުމުގެ މަތިން މެންދުރުގެ ކެއްކުން ތައްޔާރު ކުރީ ނަތާޝާ އާއި މާޝާ ދެމީހުން ވެގެންނެވެ. ނަތާޝާ ބިރިޔާނީ ކެއްކުމުން މާޝާ ހެދީ ފޮނި އެއްޗެކެވެ. ފައިހާ ނުނިކުންނާތީ ނަތާޝާ ގާތު ފައިހާ ކޮބާތޯ އަހާލަން މާޝާ ކިތަމެހާ ވެސް ބޭނުން ވިއެވެ. ނަމަވެސް އެ ހިތްވަރެއް މާޝާއަކަށް ނުލިބުނެވެ. ވިޕްޑް ކްރީމް އާއި ނިއުޓްރޯ ބިސްކޯދު އަޅާއިގެން ހެދި ފޮނި އެއްޗެހި އަޅާފަ ހުރި ތަށި ފިނި ކުރަން އައިސްއަލަމާރިއަށް ލައިފާ އެނބުރު އިރު ފައިހާ އިސްޖަހާލައިގެން ހުރިތަން ފެނުމުން މާޝާ ދިޔައީ އެއްލައިގެންނެވެ.

 

މާޝާ އަނގައިން ނުބުނެ ދާން ފިޔަވަޅެއް އަޅާލުމުން “ސޮރީ” އޭ ބުނި އަޑު މާޝާއަށް އިވުނެވެ. ކުރިއަށް އަޅަން ނެގި ފިޔަވަޅު މަތީގައި ގަނޑުވެފައި ހުރެވުނީއެވެ. “ވަޓް؟” ގަބޫލުކުރަން ދަތިވެގެން މާޝާ އަށް އަހާލެވުނެވެ. “އައިމް ސޮރީ މާޝް. އައި އޭމް ސޯ ބޭޑް. އައިމް ސޯ ސޮރީ” އެލޮލުން ކަރުނަ އޮހޮރެމުން ދިޔައިރުވެސް ފައިހާ ތަކުރާރުކޮށް މާޝާގެ ކިބައިން މަޢާފަށް އެދެމުން ދިޔައެވެ. “އިޓްސް އޯކޭ ” އެއްވެސް އަސަރެއް ނެތި މާޝާ ބުނެ އެތަނުން ދިޔައެވެ. އަޒާންގެ ކޮޓަރިއަށް ވަނީ ހާނިޔާ އަށް ގާތުން ދިނުމަށް ކަމަށް ބުނެއެވެ. ދޮރު ލައްޕާ ހިތް ފުރޭ ވަރަށް ރޯލިއެވެ. އަދި ހަމައަކަށް އެޅުމުން ހާނިޔާއަށް ގާތުންދެނިކޮށް ނިދުމުން އެނދުމަތީގައި ރީތިކޮށް ބާއްވާ ކައިރީގައި ބާލިސް ޖައްސާ ބޭރަށް ނުކުންނަން ދިޔައެވެ. ދޮރު ހުޅުވި ގަޑީ ދޮރުމަތީ ހުރި އަޒާން ފެނުމުން އިސްޖަހާލެވުނެވެ. ރޮވެން އުޅޭހެން ހީވުމުން މާޝާ ތުންފަތުގައި ދަތް އެޅިއެވެ. “ބޭބް. ފައި ފޮކްސް ގިލްޓީ މާޝް އާ ދޭތެރޭ ކަންތައް ކުރެވުނު ގޮތުން. ޝީ ރިއަލީ މީންސް އިޓް. ވަރަށް ގިނައިރު ފައި ރުއި. އަހަރެން ކިޔާ ކިޔާ މާޝް ކައިރީ ސޮރީ ބުނަން ދިޔައީވެސް” މާޝާ އަތުގައި ހިފާފައި އަޒާން ބުނެލިއެވެ. “ކޭން ވީ މީޓް މިރޭ؟” މާޝާ ކޮށްލި ސުވާލުން އަޒާން ގެ ސިކުނޑީގައި އެތަށް ސަތޭކަ ސުވާލެއް އުފެދުނެވެ. އެހެނަސް އެއްވެސް ސުވާލެއް ނުކޮށް ޑައިނަމޯއަށް ދާން ބަލާ ދާނެ ކަމުގައި ބުނެ އަޒާން އާއި މާޝާ ދިޔައީ ނަތާޝާ އައިސް ކާން ގޮވުމުންނެވެ.

 

ކާން ތިބި އިރު އެންމެންގެ މޫނުމަތިންވެސް އުފާވެރިކަން ހަމައަށް ފެންނަން ހުއްޓެވެ މ އެޔަށް ސަކަރާތެއް ޖެހިއެވެ. ފައިހާ އާއި މާޝާ ވެސް ކުރިއެކޭ އެއްގޮތަށް ވާހަކަ ދައްކާ ހަދައެވެ. ބިރިޔާނީ ކައި ތަށިތައް ނަގާފައި ދެން އެންމެންވެސް ބޭނުންވީ މާޝާ ހެދި ޑެޒާޓް ކާށެވެ. އަލަމާރިން ތަށިނަގާ އެންމެންނަށް ކުދި ތައްޓަށް އަޅައިދިނެވެ. އެންމެންވެސް ކައި ނިންމާފައި ބުނީ ވަރަށް މީރުކަމަށާއި ރެސިޕީ ބުނެދޭން ޖެހޭނެ ކަމަށެވެ. ގޭތެރޭގައި ތިއްބާ ފައިހާން ރޯއަޑަށް ފައިހާ ދިޔައީ ކޮޓަރިއަށެވެ. ނަތާޝާ އާއި މާޝާ އެކަނި ވުމުން މާޝާ ކަމަކު އެދުނެވެ. “ކޮން ވާހަކައެއް މާ ސިއްރުން” އަޒާން އައިސް ނަތާޝާގެ ކައިރީގައި އިށީންދެ އެއްސެވެ. “ނަތިންގ” މާޝާ އަވަހަށް ބުނެލިއެވެ. “އެކަމް ދޮންބެ އަށް އިނގޭ” އިޒާން ގެ މޫނުމަތީގައި ލާނެއް ހިނިތުންވުމެއް ހުރިއިރު މާޝާގެ ކައިރިއަށް އައިސް ސީދާ މާޝާ ގެ ލޮލަށް ބަލާލިއެވެ. މާޝާއަށް އުނދަގޫ ވުމުން އަވަސް އަވަހަށް ދުރު ބަލާލިއެވެ. މާޝާ އަށް ބަލާލާފައި ނަތާޝާ އަށް ބަލާލެވުނީ އަޒާން ގެ މޫނަށެވެ. އަދި ކޮންކަމެއް ހޭ ބުނާ ކަހަލަ ގޮތަކަށް ނަތާޝާގެ މޫނު މައްޗަށް ވައްތަރެއް ޖައްސާލިއެވެ. ކަމެއް ނުވެއޭ ބުނެ އަޒާން ދިޔައީ ޝޫޓިންގ އަށް ދާ ގަޑި ޖެހޭތީއެވެ. ޝޫޓިންގ ގައި މިއަދު ބިޒީ ވީމާ މާޝާ އަށް މެސެޖް ކޮށްލީ އަނެއް ދުވަހު ބައްދަލު ކޮށްލަން ދާނެ ކަމަށް ބުނެއެވެ.

 

ލީޝާ “މަންމާ” އޭ ކިޔާ ގޮވާލުމުން ލިއުޝާ ލައްބައޭ ބުނެ އެތެރެއަށް ވަނެވެ. އޭރު ލީޝާ ޗިޕްސް ދަޅެއް ނުކެނޑިގެން ހުރެ ބޮޑާ ހާކަނީއެވެ. ޖައިލަމް އަބަދު ގެއިން ބޭރުގައި އުޅޭތީ ލިއުޝާ ޝަކުވާވެސް ކުރެއެވެ. ނަމަވެސް އެކަމަށް ދެނީ ބީރު ކަންފަތެކެވެ. މި ފަހަކަށް އައިސް ޖައިލަމް ގެއަށް އަންނަނީ ދަންވަރު އެވެ. ނުވިތާކަށް ޖައިލަމް ލައިގެން ހުންނަ ގަމީހުން އެގޭގައި ނުވެސް ނެތް އަންހެން ސެއްޓެއްގެ ވަސް ހުރެއެވެ. އެއީ ކޮންކަމޭހޭ ބުނުމުން އެއީ އޮފީހުގައި އުޅޭ ކުދިން އެތަނުގައި ސެންޓު ބުރުވާ ގަޑީގައި އެތާ ހުރުމުން ކަމަށް ބުނެ އަވަހަށް މަޢުލޫ ބަދަލު ކޮށްލައެވެ. ލީޝާ ނިންދަވާފައި ލިއުޝާ އޮތީ ޖައިލަމް އަންނާނޭ އިރެއްގެ އިންތިޒާރުގައެވެ. ގަޑިން 3:45 ވީ އިރުވެސް ޖައިލަމް އެއް ނާދެއެވެ. ކަރު ހިއްކައި ގަނެގެން ލިއުޝާ ނުކުތީ ބަދިގެއަށް ގޮސް ފެންފޮދެއް ބޯ ލަންށެވެ. ލިއުޝާ ކޮޓަރިން ނުކުތް ވަގުތު ގޭގައި ހުންނަ ހުސް ކޮޓަރީ ދޮރު ކައިރީގައި ޖައިލަމް ގެ ބޫޓުގެ އިތުރުން އަންހެން ކުއްޖެއްގެ ހީލްސް ހުއްޓެވެ. މަޑު މަޑުން އެ ކޮޓަރީގެ ދޮރުގައި ކަންފަތް ޖައްސާލެވުނެވެ. ލިއުޝާ އަށް އެތެރޭން އިވުނު އަޑަކުން ގޮއްމުއް ކަވާލެވުނެވެ.

 

– ނުނިމޭ –

✨ Amyra ✨

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Najdha

Level 210 Stories100 Login

Other Articles

Previous

އަންނަންދެން ހުންނާނަން ލޯބިން 52

Next

ހިތްދަތި ދުވަސްތައް 3

Next
June 7, 2021

ހިތްދަތި ދުވަސްތައް 3

Previews
June 7, 2021

އަންނަންދެން ހުންނާނަން ލޯބިން 52

4 Comments!

  1. Rainberry says:
    June 7, 2021 at 2:07 pm

    Amy I am so sorry for the way I reacted earlier. PLS don’t hate me. I read it from top. N its really nice.
    All the best
    ❤️?

    1. Naju / Amy says:
      June 8, 2021 at 12:58 pm

      I don’t have any hate feelings towards anyone.. thank you and take care ?♥️

  2. inma says:
    June 8, 2021 at 11:02 am

    Nice story ☺️☺️

    1. Naju / Amy says:
      June 8, 2021 at 1:00 pm

      Thank you Inma
      Take care ?♥️

Comments are closed.

Next Episodeނަފްރަތުން ވެވުނު ލޯބި 38←


All Right Reserved!