Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނަފްރަތުން ވެވުނު ލޯބި 36

Najdha Level 210 Stories100 Login
June 6, 2021 4 Mins Read
14 Comments

ހިޔާލު ތަކުން ބޭރުވެވުނީ ދޮރުގައި މީހަކު ޓަކި ދޭ އަޑަށެވެ. އޭރު މާޝާގެ ލޮލުން ހުއްޓުމެއްނެތި ކަރުނަ ފައިބަނުން ދިޔައެވެ. އަތުގެ ނުފުށުން ދެލޯ ފުހެލަމުން ގޮސް ދޮރު ހުޅުވި އެވެ. ދޮރުމަތީގައި ހުރި މީހާ ފެނުމުން މާޝާ ދިޔައީ ސިއްސައިގެންނެވެ.

 

***************************

 

ފައިހާން ރީތިކޮށްގެން ފައިހާ ގެންގޮސް ފައިހާން ނަތާޝާގެ ގާތަށް ލައިފައި ދިޔައީ ޑިއުޓީއަށެވެ. ފާރިޝްވެސް ހެނދުނުގެ ޑިއުޓީކަމުން ފައިހާން ނަތާޝާއާއި ހަވާލު ކުރީއެވެ. އިޒާން ގެއަށް ނައިސްގެން ނަތާޝާ އުޅުނު ފޫހިވެގެންނެވެ. ނަމަވެސް ފައިހާން ގޮވައިގެން ކުޅޭ ކޮޓަރިއަށް ދިޔައީ ފައިހާން ރޯން ފެށުމުންނެވެ. “ހާން! ދޮންބެ ދައްތިގެ ތަންކޮޅޫ” ފައިހާންގެ ކޮލަށް ބޮސްދީފައި ފައިހާން ގެ ކައިރީގައި ނަތާޝާވެސް އިށީނެވެ. ކުޑަ ކުޑަ ފައިހާން ވެސް އަނގައިން އަޑެއް ލައްވާލި އެވެ. “ނާނާނާ” ފައިހާން ނަތާޝާ ކިޔަންވެގެން ކިޔަނީ ނާނާނާ އެވެ. ނަތާޝާ ގާތަށް ހިނި ވެސް އައެވެ. ނަމަވެސް ބުނިލެއް ލޯބި ކަމުން ފައިހާން ގެ ގައިގައި ބައްދާލިއެވެ. އިޒާން އައިސް ވަންކަން އެނގުނީވެސް ކުޅޭ ކޮޓަރިއަށް އައިސް ފައިހާނޫއޭ ކިޔާ ގޮވާލުމުންނެވެ.

 

އެހެން ދުވަސް ތަކަށް ވުރެ ފައިހާ މިއަދު އުޅެނީ ބުރަކޮށެެވެ. ހަތަރު އޮޕަރޭޝަން އެއް ކުރި އިރު އެސިސްޓެންޓް ކަން ކޮށްދޭން ފައިހާއަށް ޖެހުނެވެ. ގެއަށް އަވަހާ ދެވެންނެއް ވާހަކަ ބުނަން ވެސް ފައިހާ ހުރީ ހަނދާން ނެތިފައެވެ. ފާރިޝް ވެސް އެހެން ދުވަސްތަކަށް ވުރެ އުޅުނީ ބުރަކޮށެެވެ. މަސްތުވާ ތަކެތީގެ ދައުވާގައި މިއަދު ވަނީ ދެ މީހަކު ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ލިއުޝާގެ ކޮއްކޮ ނީޝާ ވެސް ހިމެނެއެވެ. އޭގެ އިތުރުން ދެން ހައްޔަރު ކުރީ ނީޝާ މިހާރު ރައްޓެހިވެގެން އުޅޭ މީހާ އެވެ. އިކާން އެވެ. އެ މައްސަލަ ތަހުގީގު ކުރުމާއި ހަވާލު ވެފައި ވަނީ ފާރިޝްއެވެ.

 

“އަ ޒާން” މާޝާއަށް ލަސްލަހުން ބުނެވުނެވެ. ” ހާއި ލަވް” އަޒާން މާޝާގެ ބޮލުގައި ފިރުމާލިއެވެ. މާޝާ އަދިވެސް ހުއްޓުން އަރާފައެވެ. “ވެއާ އިޒް މައި ބޭބީ” ކޮޓަރި ތެރެއަށް ބޯ ދިއްކޮށްލަމުން އަޒާން ބުނެލިއެވެ. “ސްލީޕިން” އެނދާއި ދިމާއަށް އިޝާރާތް ކޮށްލަމުން މާޝާ ބުނެލިއެވެ. “ބަޓް ޝީ އިޒް ނޮޓް ދެއާ” އަޒާން މާޝާ އާއި ގާތް ވެލަމުން ހާނިޔާ އެނދުމަތީގައި ފެންނަން ނެތުމުން ބުނެލިއެވެ. މާޝާ ރަނގަޅަށް އެނދާއި ދިމާއަށް ބަލާލިއެވެ. އާއެކެވެ. ހާނިޔާ އެނދުމައްޗަކު ނެތެވެ. “ދެދީ” ހާނިޔާ އަޒާންގެ ގައިގައި ބައްދާލިއެވެ. އެ ކުޑަ ކުޑަ ފުރާނައަށް އަޒާން އޮޅިގެނެއް ނުދިއައެވެ. އެއީ ހާނިޔާގެ ބައްޕަ ނޫން ކަމުގައި ވީ ނަމަވެސް ހާނިޔާ ދެކެނީ އަޒާން އެއީ ހާނިޔާގެ ބައްޕަ ކަމަށެވެ. ބައްޕައެއްގެ ލޯބި ހާނިޔާ އަޒާންގެ ކައިރި.ް ހޯދަމުން އަންނާތީ އަޒާން އާއި ހާނިޔާ ދުރު ކުރުމުގެ އެއްވެސް ވިސްނުމެއް މާޝާ ނުކުރެއެވެ. “މި ދެދީގެ ޕްރިންސަސް އަށް ގެނައި އެއްޗެއް” އަތުގައި އޮތް ކޮތަޅު ތައް ކޮޓަރި ތެރޭގައި އަޒާން ބެހެއްޓިއެވެ. ހާނިޔާ އެ އެއްޗެހިތައް ތަޅުންގަނޑު މައްޗައް އިއްސާލިއެވެ. “އަޒާން! ލެޓްސް ޓޯކް” މާޝާ އަޒާން އެ ގެ ހޯދިގޮތާއި މެދު ސުވާލު އުފެދުމުން އެކަން އޮޅުން ފިލުވަން ބޭނުންވި އެވެ. މައިޝަމް ގާތު ހާނިޔާ ބަލާ ދޭށޭ ބުނާ މާޝާ ދިޔައީ އަޒާން ގޮވައިގެން ޓެރަސް މައްޗަށެވެ. “އަޒާން! ކިހިނެއް އަހަރެން އުޅޭތަން ހޯދީ” މާޝާ އަޒާންއާއި ބަޔަކު ކަޅި ހަމަ ކުރަން ނުކެރިގެން ދުރު ބަލާލިއެވެ. “މާޝް ފޯނު ލޮކޭޝަން އޮން ކޮށްފަ އިނީމަ އެހާ ފަސޭހައިން އެނގުނީ. އެންޑް ޔަގީން ކުރަން ތިފޯނު ލޮކޭޝަން އަހަރެން ހެން ކުރީ. ސޮރީ އެކަމް އަހަރެން ކިހާ ދުވަހަކުތަ މާޝާ ގެ އިންތިޒާރުގަ ހުންނަންވީ” އަޒާން މާޝާގެ އަތުގައި ހިފާލިއެވެ.

 

އާއެކެވެ. މާޝާ ވަނީ އަޒާން ކައިވެންޏަށް އެދުމުން އޭނަގެ މަންމަމެން ގާތު ބުނެފައެވެ. ނަމަވެސް އަޒާން އަށް މާޝާ އާއެކޭ ބުނިކަން އަދިވެސް ނޭނގެއެވެ. ކައިވެނީގެ ކަންތައްތައް މާޝާގެ މައިންބަފައިން އައީ ސިއްރުން ކުރަމުން ނެވެ. ރިސޯޓެއްގައި ހުރިހާ ކަމެއް ވަރަށް ސިއްރުން ކުރަމުން އައިސް މާލެއަށް އައި ލޯންޗެއްގައި މާޝާގެ މައިންބަފައިން ވަނީ މި ދުނިޔެ ދޫކޮށް ގޮސްފައެވެ. އޭގެ ފަހުން މާޝާ އެ ކައިވެނި ކުރުމުގެ ބަދަލުގައި ލަންކާއަށް ފުރައިގެން ދިޔައީއެވެ. ވޭތުވެ ދިޔަ އަހަރެއްގެ ތެރޭގައި މާޝާގެ ހިތުގައި އަޒާން އަށް ޓަކާ ވަނީ ހާއްސަ މަގާމެއް ދެވިފައެވެ. ނަމަވެސް އެއީ ލޯބި ކަމެއް ނޫނީ ރަހުމަތްތެރި ކަމުގެ ގުޅުން ކަމެއް މާޝާއަކަށް ބުނެދޭކަށް ނޭނގެ އެވެ. “މާޝް އަހަރެން އަދިވެސް މިހުންނަނީ މާޝް ގެ އިންތިޒާރުގަ. އަހަރެން އިތުރަށް ނުތަޅުވާ. މާޝް އައި އިނގޭނެ ނިޔާ ވެސް ދެކެނީ އަހަރެން މީ ނިޔާގެ ބައްޕަ ކަމަށް ދެން ކީއްވެ. މާޝާ އަދިވެސް އަހަރެންނަށް ނަފްރަތު ކުރަނީތަ؟” އަޒާން ގެ އަޑުގައި މަޑު ތުރު ތުރެއް ހުއްޓެވެ. މާޝާ އެޗެކޭ ނުބުނުމުން އަޒާން އަދި ވިސްނާލާފައި ޖަވާބެއް ދިނުމަށް އެދި އެތަނުން ނުކުމެގެން ދިޔައީ ހާނިޔާ އަށް ދޮނެއް ދީފައެވެ. އަޒާން ދާން އުޅުމުން ހާނިޔާ ވަރަށް ބޮޑާ ހޭކިއެވެ. އަދި ފަހުން އަންނާނޭ ކަމުގައި ބުނެ ދިޔައީ ހާނިޔާގެ އަތަށް ސިޓީ އުރައެއް ލައިދީފައެވެ.

 

ހަފްތާ އަކަށް ފަހު އަފްތާއެއް މަހަކަށް ފަހު މަހެއް ވޭތު ވަމުން ގޮސް މިއަދަކީ އަޒާން އަށް އަށާވީސް އަހަރު ފުރޭ ދުވަހެވެ. މާޝާ ހާނިޔާ ފެންވަރުވާ ރީތި ކޮށްލައިގެން ނުކުތީ މައިޝާން އަތުން ސައިކަލު ތަޅުދަނޑި އަތުލައިގެންނެވެ. އެތަށް އިރަކު ދުއްވުމަށް ފަހު ގޮސް ސައިކަލު މަޑު ކޮށްލީ ދެބުރިއަށް ހަދާފައިވާ ގެއެއްގެ ކުރިމައްޗަށެވެ. ހާނިޔާގެ އަތުގައި ހިފާލައިގެން މާޝާ އެގެއަށް ވަދެ ސަލާމް ގޮވާލިއެވެ. އެތެރެއިން އަންހެން މީހަކު ސަލާމް ބަލައިގަތެވެ. އިރުކޮޅަކު އެހެން ހުއްޓާ ކުޑަ ފިރިހެންކުއްޖަކު އުރާލައިގެން އަންހެން ކުއްޖަކު ނުކުތެވެ. އެ މީހާއަށް މާޝާ އަކީ ކާކުކަން ނޭނގުނު ނަމަވެސް މާޝާއަށް އެއީ ކާކުކަން ވަރަށް ރަނގަޅަށް އެނގެއެވެ. ގުރާފެހިކިލައިގެ އާދައިގެ ހެދުމަކާއި ކަޅުކުލައިގެ ޕަޖާމާ ހަރުވާޅެއްލައިގެން އަދައިގެން ބުރުގަލެއް އަޅައިގެން އެހުރީ ހަމަ ފައިހާއެވެ. “ކޮން ބޭފުޅެއް ތޯ؟” ފައިހާއަށް އެއީ ކާކުކަން ނޭނގޭ ހާލު އެއްސެވެ. “އަޒާން އެބައުޅުއްވާތޯ؟” މާޝާ ވެސް ވާހަކަ ދެއްކީ މާތް ބަހުންނެވެ. ފައިހާ އިރުކޮޅަކު ގަނޑު ވެފައި ހުއްޓެވެ. މީހާގެ ސޫރަ ބަދަލުވެފައި ހުއްޓަސް އެއީ އޭނާއަށް އޮޅޭނެ އަޑެއް ނޫނެވެ. އެއީ މާޝާ ކަން ފައިހާއަށް އެނގުނީ ދެނެވެ. މަޑު ކޮށްލާށޭ ބުނެ ފައިހާ އެތެރެއަށް ވަދެ އަޒާން އަށް ގޮވާލިއެވެ.

 

“ކުޑަ ދޮން! ކުޑަ ދޮން ހޯދަން އަންހެން ކުއްޖަކު އައިސް އެބަހުރި” ފައިހާއަށް ހަމަ އޭނާ ވަކިކުރަން ނޭނގުނީ ހެއްޔެވެ. އެތަށް ސުވާލު ތަކެއް މާޝާގެ ހިތުގައި އެނބުރެމުން ދިޔައެވެ . “ކާކު ތަ؟” ނިދި އަޑަކުން އަޒާން ބުނެލި އަޑު މާޝާއަށް އިވުނެވެ. “ނޭނގެ” ފައިހާ ފޫހި ރާގެއްގައި އެހެން ބުނެ ގޮސް ކޮޓަރިއަށް ވަންތަނާ ބަލަން ހުރި މާޝާގެ ހިތަށް ވަރަށް ވެސް އަސަރު ކޮށްފިއެވެ. ނަމަވެސް އެކަން ފޮރުވާލީ އަޒާން ގާތު ބުނަން އައި ވާހަކަ ނުދައްކާ ދާން ޖެހިދާނެތިންނެވެ. އަޒާން ބޭރު ދޮރާއި ދިމާއަށް ބޯދިއްކޮށްލި ގަޑީގައި ހާނިޔާގެ ލޮލުގައި އަޅައިގަތީ ހުސްގަޔާ ހުރި އަޒާން އެވެ. ދެދީ އޭ ކިޔާ ހަޅޭ ލަވަމުން ގޮސް އަޒާން ގެ ގައިގާ ބައްދާލިއެވެ. މާޝާ އަށް އަޒާން ހުސްގަޔާ ހުއްޓާ ފިނެނުނީ އެތަށް ޒަމާނަކަށް ފަހުއެވެ. އެ ސޫރައަށް ބަލާ ފޫހި ނުވާނޭ ކަން ގައިމެވެ. މާޝާ ސިހުނީ އަޒާން އައިސް މާޝާގެ ގައިގާ ކޮއްޓާލުމުންނެވެ. “ހިނގާ ރޫމްއަށް” އަޒާން އެހެން ބުނެލީ ގޭގައި އެންމެންވެސް އުޅޭ ވަގުތަކަށް ވުމުންނެވެ. އަނގައިން ބަހެއްވެސް ނުބުނެ ގޮސް އަޒާންގެ ފަހަތުން ކޮޓަރިއަށް ވަނެވެ. ހާނިޔާއަށް ކާޓޫނެއް އަޅުވާފައި އަޒާން ގޮސް މާޝާގެ ގާތުގައި އިށީނެވެ. “އަހަރެން ހޯދަން އައީ ކަމަކު ތަ؟” އަޒާން ކޮށްލީ ސުވާލެކެވެ. މާޝާ ބޯ ޖަހާލިއެވެ. “ހެޕީ ބާތް ޑޭ ” އަޒާން އަށް އިހްތިޔާރަކާ ނުލާ ހިނިތުންވެވުނެވެ. އަދި މާޝާގެ ގައިގާ ބައްދާލެވުނެވެ. ކުޑަ ކުޑަ ހާނިޔާއަށް މި މަންޒަރު ފެނުމުން ވެސް ހިނިތުންވެވުނެވެ. “އޫޕްސް ސޮރީ” އަޒާން މާޝާއާ ދުރަށް ޖެހިލިއެވެ. “ނެކްސްޓް މަންތް ގަ ފުރަން މިއުޅެނީ.އަހަރެން މިކޮޅަށް އައީ ކޮންޕެނީ އިން ލިބުނު އޮފާއެއްގަ. ދެން އެކަން ނިމުނީމަ މިކޮޅުގަ މަޑު ކޮށްލީ ނިޔާ ހިތްހަމަ ޖައްސާލަން” އަޒާން އިނީ މާޝާގެ ލޮލަށް ބަލަންށެވެ. އެ ދެލޮލުން އަޒާން އަށް މިއަދު ތަފާތު ވިދުވަރެއް ފެނުނެވެ. “މާޝް! އަހަރެން ދެކެ ލޯބި ވޭ ދޯ” މާޝާ ގެ ވާހަކަ މެދު ކެނޑުނީ އެހިސާބުންނެވެ.

 

މާޝާއަށް ނޭނގި ނަމަވެސް އަޒާން ދެކެ ލޯބި ވެވިއްޖެއެވެ. އެއީ ނަފްރަތުން ވެވުނު ލޮއެއްބެކެވެ. ސްކޫލް ދައުރުން ފެށިގެން ކޮލެޖް ގައި ކިޔަވަން އުޅުނު އިރު ވެސް މާޝާ އަޒާން ދެކެ ނަފްރަތު ކުރެއެވެ. ބުނާތީ އަޑު އަހަމެވެ. ނަފްރަތަކީ ލޯބީގެ ފެށުމެވެ. މާޝާ ދެފަރާތަށް ބޯހޫރާލިއެވެ. “ދެން ކީއްވެ ތި ރޮނީ” އަޒާން ދެންވެސް ކޮށްލީ ސުވާލެކެވެ. “އަހަރެން ނުރޮން” މާޝާ ރައްދުގައި ބުންޔެވެ. “މި ކޯޗެއް؟ ފެންތަ؟ ނޫނީ މިތަނަށް ވާރޭ ވެހެނީ ތަ؟” އަޒާން ހުރީ ދޫކުރާ ގޮތަކަށް ނޫނެވެ. އަޒާން އަނެއްކާވެސް ކުރިން ކުރި ސުވާލު ތަކުރާރު ކޮށްލިއެވެ. މާޝާ އަށް އަޒާންގެ މޫނަށް ބަލަން އިނދެވުނީއެވެ.

 

– ނުނިމޭ –

✨ Amyra ✨

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Najdha

Level 210 Stories100 Login

Other Articles

Previous

ހިތި ނިމުން – 2

Next

ތީއޭ މިހިތުގެ ދިރުމަކީ (5)

Next
June 6, 2021

ތީއޭ މިހިތުގެ ދިރުމަކީ (5)

Previews
June 6, 2021

ހިތި ނިމުން – 2

14 Comments!

  1. Rainberry says:
    June 6, 2021 at 1:49 pm

    God. You do know how to get out of things. Now only you changed the story. Or else you wud just copy NIKAN LOABIN. If u didn’t read it then how come u write the same things in that story. N BTW I am not saying everything that comes into my mouth. I’m just being honest. I’m sure that the author of NIKAN LOABIN wouldn’t copy this story. Cox she is honest. Unlike you. Liar. I didn’t read NIKAN LOABIN. My foot. If ur sister is keen to write stories then why don’t she write it. On her own without telling u to write it. Duh a box of lies. No offence but apart from that specific episode this story is really good ?

  2. Naju / Amy says:
    June 6, 2021 at 3:32 pm

    I have finished writing the whole story I haven’t changed anything after you said I have copied the story NIKAN LOABIN.. Rainberry

    1. Naju / Amy says:
      June 6, 2021 at 3:34 pm

      My sister is an author too.. ? she is writing a story already and she will be uploading it soon

  3. Naju / Amy says:
    June 6, 2021 at 3:54 pm

    in wht way this is similar to “nikan loabin” all she has done is jst using her own idea… n to top it all she used her main character “mashaa” as a model too.. i wont say its similar cox she jst has the same idea of the story by coincidence… n to memntion we never knew tht nikan loabin has the last two part as my sister’s story…
    (NAJDHA)

    1. Rainberry says:
      June 6, 2021 at 4:52 pm

      Nothing u say make sense sis. So just quit. Wud u??

  4. Naju / Amy says:
    June 6, 2021 at 3:58 pm

    so stp judging ppl cox u never knw hw she or he gt the same idea… it maybe her or him’s own freaking idea.. wht if u guys get those comments like “u copied this part or tht? wont u feel bad? so rainberry think again whn u comment like tht… (NAJDHA)

    1. Rainberry says:
      June 6, 2021 at 4:49 pm

      Okay. First of all I am not an author. So I don’t have to worry about getting hate comments. Also I don’t think I ever get hate Cox I am friendly with everyone. Also Yh it is possible to get the same idea as someone else. I believe that. Ur not wrong there. But this story has the same dialogue, same situation, same everything in those 2 episodes. If u don’t believe me go ahead n read that story. All I am tryna do is to ensure honest. U guys are crossing the line. God. Just admit it you copied copy cat. Grrrrr so annoying

  5. Naju / Amy says:
    June 6, 2021 at 7:15 pm

    Rainberry… Ik ur concerned abt the others stories…. Bt ik tht she isnt copying anyones story… She may have been writing same things in part 34 n 35 bt i guarantee u tht she is using her own idea for gods sake?

  6. Rainberry says:
    June 6, 2021 at 10:08 pm

    Alright. But who knows, it maybe a coincidence though. I guess I got a little carried away Cox she has written everything exactly the same as NIKAN LOABIN. Since it was my favourite story of all time
    I never want anyone to copy anything. Not only in stories but in anything. Because most of the authors they copy other stories n write. And I thought Amy was also one of them. But I guess not huh? Amy n naju I am sooooooooooooooooooooooooooo sorry. Can u ever forgive me please ?. I regret saying everything that I said. Sorry to call u a liar n everything else. Plsssss forgive me. It’s just that I never read this story before and episode 34 was the first episode that I read. So I thought u copied. N don’t worry, for the rest of the story continuation u gys will get my full support. So I am gonna start reading from the top. Also Amy I hope u are not like other few authors n upload the episodes soon. Ok

  7. Rainberry says:
    June 6, 2021 at 10:13 pm

    Oh n naju what’s your next story name huh? I look forward to reading it. Also pls don’t hate me for anything that I said abt Amy. PLS don’t. When is the first episode of ur beautiful story. I am patiently waiting. Also if u don’t mind, how old are u? And Amy 2

  8. Naju / Amy says:
    June 7, 2021 at 5:49 am

    Rainberry it’s ok ? we both are 18 years old and Naju Ge story is “HISSAA KOLLAMEY LOABI VAA VARU” Take care ✨

  9. Naju / Amy says:
    June 7, 2021 at 7:37 am

    Well rainberry first u shuld read “nafrathunvevunu loabi” frm the starting point thn ull knw its nt exactly ” nikan loabin” i hope u comment gud frm nw on☺️?

  10. Naju / Amy says:
    June 7, 2021 at 7:39 am

    Ops srry my bad… Its exactly nt “nikan loabin”**

  11. Naju / Amy says:
    June 7, 2021 at 7:40 am

    N i have written “hisaakollamey loabi vaa varu” like up to part 5 nw.. hope u like it☺️?
    -Najdha-

Comments are closed.

Next Episodeނަފްރަތުން ވެވުނު ލޯބި 37.←


All Right Reserved!