Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ހިތް ބޭނުމޭ ދުލުން 6

🌻LamHaa🌻
🌻LamHaa🌻 Level 110 Stories
June 5, 2021 5 Mins Read
3 Comments

އީނާ އެދުމަތީގައި އިށީދެލައިގެން އިނީ އެއްޗެހިތަކެއް ފަތް ޖަހާށެވެ. ކައިރީގައި ހުރި ފޮއްޓަށް އެއްޗެހިތައް ފަތް ޖަހަމުން އަޅަމުން ދިޔައެވެ. އެވަގުތު އީނާގެ ފޯނު ރިންގުވާން ފެށުމުން ކުރަން އިން މަސައްކަތް މަޑު ޖައްސާލުމަށްފަހު އީނާ ފޯނު ހިފައިގެެން ގޮސް ސޯފާގައި އިށީނދެލީ ގުޅަމުން ދިޔައީ ރީޝަމް ކަމަށްވުމުން ރީޝަމްއާ ވާހަކަ ދައްކާލުމުގެ ބޭނުމުގައެވެ. “ހަލޯ.. އިނޫ ކީއްކޮށްލަނީތަ ތީ؟ އީނާ ފޯނު ނެގުމާއެކު ރީޝަމް ބުނެލިއެވެ. “މާ ބޮޑު ކަމެއް ނުކުރަން.. އެއްޗެހިތައް ފަތް ޖަހާލާފައި ފޮށްޓަށް އަޅަނީ މި.. ދެން ނެތެއްނު މާ ގިނަ ދުވަހެއް ވެސް ފުރާކަށް.. ރީޝް ވެސް އަންނަން ވީނު އަހަންނަށް ހެލްޕް ވެދޭން.. މަލް ވެސް ބުނި މިރޭ 8 ޖަހާއިރު އަންނާނަމޭ” އީނާ ފައްޗަކަށް ހުރިހާ އެއްޗެއް އަމުނާލުމަށްފަހު ރީޝަމް މިދަނީ ކަމަށް ބުނުމުން ފޯނު ކަނޑާލިއެވެ.

ރީޝަމް ގެޔަށް ލާފައި އައިސް ގެޔަށް ވަން އައިޒަން ހުއްޓުން އެރީ ދޮރު ކުރިމަތީގައި ދެ ޖީބަށް އަތް ޖަހާލައިގެން ހުރި އައިދަން ފެނިފައެވެ. އައިދަންގެ ފައިން ފެށިގެން ބޮލާ ހަމައަށް ބަލާލި އައިޒަންގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ. ބަނޑުގައި އަތް އަޅައިގެން ހުރެ އައިޒަން ހެމުން ދިޔައިރު ހައިރާންކަމާއެކު އައިޒަން އާ ދިމާލަށް ބަލަހައްޓައިގެން އައިދަން ހުއްޓެވެ.

“ސާބަސް ހަމަ ދާންއަށް.. ތިހިރަ ޖައްސާ ވައްތަރުތަކެއް ދޯ.. ތީ އަޅެ ފިލްމު ކުޅޭ މީހެއްތަ؟.. ނޫނީ މޮޑެލްއެއް ތަ؟” އައިޒަން ހިނިގަނޑު މައިތިރި ކޮށްލަމުން ބުނެލިއެވެ. “ކިހިނެއްވީ.. މަ ރީއްޗެއް ނޫންތަ؟” އައިދަން ދެފަރާތަށް އެނބުރިލަމުން ބުނެލިއެވެ. “ހޫމް ރީއްޗޭ ރީއްޗޭ.. އެހެންވެ އެއްނު އެހާ ވަރަށް އަންހެން ކުދިން ލިބެނީ..” އައިޒަން ހެމުން ބުނެލިއެވެ. އެވަގުތު ޒާހިދާ ކޮޓަރިން ނުކުމެގެން އައިސް އައިދަން ކައިރީ މަޑުކޮށްލިއެވެ. “މަންމާ ބަލާބަލަ މިހިރަ ދޮންބެއެއް.. ހަމަ އަހަރެންނާ ދިމާލަށް މަލާމަތްކޮށްފަ ހެނީއޭ” އައިދަން ބިންމަތީގައި ދެފައި ތަޅާލުމަށްފަހު އެހެން ބުނި ގޮތުން ހީވީ ކުޑަ ކުއްޖެއް ހެންނެވެ. “މަންމާ.. މި ދާން ރަނގަޅު ވާނެ ދޯ ފިލްމު ކުޅެން.. އެހެރީ ވިއްޔަ އުޅޭ ގޮތް” އައިޒަން އައިދަން އާ ދިމާކޮށްލުމުގެ ގޮތުން ބުނެލިއެވެ. “ހޫމް މި އައިދަން އުޅޭނީ ހުސް އެގޮތަށް.. ދެން ދެ މީހުން ނުކޯޅެ ދޭ” ޒާހިދާ ދެދަރިންގެ ގައިގައި ޖަހާލަމުން ބުނެލިއެވެ. އައިޒަން ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. އައިދަން ދިޔައީ ބޭރަށެވެ. ޒާހިދާ ވެސް ދެ ދަރިން ދިޔަ ދިމާލަށް އިރުކޮޅަކު ބަލަން ހުރުމަށްފަހު ބޯ ހޫރާލާފައި ބަދިގެއަށް ވަންނަން ދިޔައެވެ.

ސިޓިން ރޫމުގައި ޓީވީ ބަލަން އިން އީނާ އިރު އިރުކޮޅުން ގަޑިއަށް ބަލާލަނީ ރީޝަމް މިއަންނަނީ ކަމަށް ބުނެ މާ ލަސްވާތީއެވެ. މިއަންނަނީ އޭ ބުނިފަހުން ވެސް މިހާރު 30 ވަރަކަށް މިނެޓް ވެދާނެއެވެ. އީނާ އެގޮތުގައި އިންނަތާ އިރުކޮޅެއް ފަހުން ގޭގެ ބެލް އަޅާލި އަޑުއިވުނެވެ. ދުވެފައި ގޮސް ގޭގެ ދޮރު ހުޅުވާލިއިރު ދޮރުމަތީގައި ހުރި މަލްޝާ ފެނި ހައިރާންކަމާއެކު މަލްޝާގެ މޫނަށް އީނާ ބަލާލިއެވެ. “ކިހިނެއް ވީ.. ދެލޯ ބޮޑުކޮށްގެން ހުރެ މަށާ ދިމާލަށް ތި ބަލަނީ.. އަނެއްކާ އަހަރެންގެ ފަހަތުން އެހެން އެއްޗެއް ފެންނަނީތަ؟” މަލްޝާ އީނާގެ މޫނު މަތީގައި އަތް ހޫރާލުމަށްފަހު ބުނެލިއެވެ. “ބެލޭނެއެއްނު.. އަންނަން ބުނި މީހާއެއް ނޫން ވިއްޔަ އައީ.. އަނެއްކާ ދެ މީހުން އޮޅިފަތަ ތިހުރީ” އީނާ އެހުރި ގޮތަށް ހުރެ ބުނިއެވެ. “ސަޕްރައިޒް” ކުއްލިއަކަށް މަލްޝާގެ ފަހަތުން ނިކުތް ރީޝަމް ފެނި ހައިރާން ކަމާއެކު އީނާ ރީޝަމްއަށް ބަލާލިއެވެ. އެ ގޮތުގައި އެ ތިން އެކުވެރިން އިރުކޮޅަކު ތިބުމަށްފަހު އީނާ ހޭންފެށިއެވެ. އެއާއެކު މަލްޝާ އާއި ރީޝަމްވެސް ހޭންފެށިއެވެ. “ހެހެ.. ދެން ވެސް ތިތާ ބޭރުގައި ނުހުރެ ވަދެބަލަ އެތެރެއަށް” އީނާ ދޮރު ބަޑަށް ހުޅުވާލަމުން މަލްޝާ އަދި ރީޝަމް ވަންނަން ތަން ދިނެވެ.

އީނާ، މަލްޝާ އަދި ރީޝަމް ގޮސް އީނާގެ ކޮޓަރިއަށް ވަނެވެ. “މަލް މި ގަޑީގައި ފްރީވީތަ؟ ގައިމު ބުނި ދައްތަމުން އައިސް އުޅޭތީ ބިޒީ ވާނޭ..” އީނާ މަލްޝާގެ އަތުގައި ހިފާލަމުން ބުނެލިއެވެ. “އާން އޭރު ދައްތަ މެން އަންނަ ވާހަކަ ބުންޏޭ.. އެކަމަކު ފަހުން ބުނި މިއަދު ނާންނަ ވާހަކަ.. ދެން މި ރީޝް ގުޅާފަ ބުނެފި ތިމަންނަ މިއުޅެނީ އީން މެން ގެޔަށް ދާންށޭ.. މަލް ދަނީ ރޭގަނޑު ދޯއޭ.. ބުނީމަ މަ ބުނީ ނޫނޭ ރީޝް ދަންޏާ މަވެސް ދާނަމޭ” މަލްޝާ ނޭވާ ވެސް ނުލާ އިނދެގެން ހުރިހާ އެއްޗެއް ކިޔާލިއެވެ. “ދެން އިނޫ ވެސް ދާން ދޯ ތިއުޅެނީ.. އޭރަށް އަހަރެމެން ދެމީހުން އެކަނި ދޯ މާލޭގައި ހުންނާނީ.. ދެން މިޝް އާ އިން އާ ދިޔައީމަ އަހަރެމެން ދެމީހުން ހޯދާނީ ބޯއީ އެއް.. ތި މީހުން އަންނަ އިރަށް ސަޕްރައިޒް އެއް ދޭނީ..” މަލްޝާ ވާހަކަ ހުއްޓާނުލާ ދައްކަމުން ދިޔައެވެ. “މަލް އެކަނި ދޯ ބޯއީ އެއް ހޯދާނީ.. މިހާރު މި ރީޝް އުޅެނީ މާ ކުރީގައޭ.. ރައްޓެއްސެއް ނުވަމޭ ބުންޏަސް މަށަށް ޔަގީން އެއީ ދޮގެއް ކަން” އީނާ އެންމެފަހުން މަޑުން ނީންދެވިގެން ރީޝަމް އާ ދިމާކުރަން ފެށިއެވެ. “އޯކޭ ދެން ހެޔޮ.. އަދި ނުވަން ރައްޓެއްސެއް.. ހަމަ އެކަނި ފްރެއިންޑްސް.. އެކަމް މަ ލައިކް ވޭ ކަންނޭގެ އޭނަ ދެކެ” ރީޝަމް އެހެން ބުނުމަށްފަހު ތެދުވެ އީނާގެ އަލްމާރި ހުޅުވާލިއެވެ. އެ ވަގުތު އެ ކޮޓަރި ދޮރުގައި ޓަކި ޖަހާލި އަޑު އިވުނެވެ. އީނާ ގޮސް ދޮރު ހުޅުވާލިއިރު ދޮރުމަތީގައި ހުރީ އީނާގެ މަންމައެވެ. “ހުރިހާ ކުދިންވެސް މިރޭ ކައިގެން ދާާން މަޑުކުރައްޗޭ” އެހެން ބުނުމަށްފަހު އީނާގެ މަންމަ ކޮޓަރީގެ ދޮރު ލައްޕާލުމަށްފަހު ދިޔައެވެ. “އޭ ރީޝް.. ނެތްތަ ތި ކިޔާ އައިޒަން ބައިޒަން އެއްގެ ފޮޓޯ ގަނޑެއް ވެސް ތި ފޯނަކު” މަލްޝާ ރީޝަމްގެ ފޯނު އަތުލަމުން ބުނެލިއެވެ. މަލްޝާ ރީޝަމްގެ ފޯނުގެ ލޮކް ކޯޑު ޖަހާލުމަށްފަހު ފޯނު ހާވަން ފެށިއެވެ. ގެލެރީއަށް ވަދެ އެކި ފޯރލްޑާތައް ހާވަމުން ދަނިކޮށް އައިޒަން ޖަހާފައި ހިތެއް ލާފައި އިން ފޯރލްޑާއެއް ފެނުމުން މަލްޝާ އީނާއަށް އެ ފޯރލްޑާ ދައްކާލިއެވެ. އީނާވެސް އެ ފޯރލްޑާ އަޅުވާށޭ ބުނެ އަތުން އިޝާރާތް ކޮށްލިއެވެ. “އޭ ކޯއްޗެއް ތި ބަލަނީ..” އަލްމާރި ކައިރީގައި ހުރި ރީޝަމް ބުނެލިއެވެ. “ހާދަ ރީތި ސޮރެކޭ ދޯ. މަށަށް ދޭން ވީނު” އީނާ ނޫންކަމަށް ހަދާލާފައި ބުނެލިއެވެ. ރީޝަމް ގޮސް ވަގުތުން ފޯނު އަތުލުމަށްފަހު ތުން އަނބުރާލިއެވެ. އެވަގުތު އީނާ އާއި މަލްޝާ ހޭން ފެށިއެވެ. ރީޝަމްވެސް އެކުވެރިންނާއި ބައިވެރިވެގެން ހޭންފެށިއެވެ. އެ ގޮތުގައި އެތައް ސަކަރާތެއް ޖަހަން ތިއްބާ މައުރިބު ނަމާދުގެ ބަންގީގެ އަޑު އިވެން ފެށުމުން 3 ކުދިންވެސް ނަމާދު ކޮށްލައިގެން ޤުރުއާން ކިޔަވަން އިށީދެލިއެވެ. އިށީދެލިތާ އިރުކޮޅެއް ވެސް ނުވަނީސް ރީޝަމްގެ ފޯނު ރިންގުވާން ފެށިއެވެ. ރީޝަމް ފޯނު ނަގައި ބަލާލިއިރު އަރާފައި އިން އައިޒަންގެ ނަން ފެނުމުން ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. “އޭ މަންޖޭ.. ކިހިނެއް ވީ މާ ވަރަކަށް ތި ހެނީ..” އީނާ ރީޝަމްގެ ބުރަކަށީގައި ޖަހާލަމުން ބުނެލިއެވެ. ނަމަވެސް ރީޝަމް އަނގައިން ބުނުމެއް ނެތި ދިޔައީ ބެލްކަންޏާ ދިމާލަށެވެ.

ރީޝަމް ބެލްކަނީގައި ހުރެ އައިޒަން އާ ވާހަކަ ދައްކަމުން ދިޔައެވެ. “ކޮންތާކު ތިހުރީ.. ހަވީރު ގެޔަށް ގޮސް ގުޅާލިން ރީޝަމްގެ ފޯނަށް.. ނުނަގާ ފޯނެއް” އައިޒަން ބުނެލިއެވެ. “އާން އެއީ އޭރު ތަނަކަށް ދާން ވެގެން އުޅުނީމަ.. މި އުޅެނީ ރައްޓެއްސެއްގެ ގެޔަށް އައިސްގެންނޭ” ރީޝަމް އެހެން ބުނުމުން އައިޒަން އެހެން ހެއްްޔޭ ބުނެލިއެވެ. އައިޒަން ތަނަކަށް ދާން ޖެހިގެން ފޯނު ބޭއްވިއެވެ. ރީޝަމްވެސް ރީތި ހިނިތުންވުމަކާއެކު ހުރެ ކޮޓަރިތެރެއަށް ވަނެވެ. “އޭ ކަލޯ.. ކިހިނެއް ވެފަތަ ތި ހުންނަނީ.. ފާޑަކަށް ހިނިއައިސް.. ޔަގީނޭ އެ ސޮރު ގުޅައިގެން ކޮންމެސް އެއްޗެކޭ ކީއްކަން.. ކީކޭތަ ބުނީ” ލާނެތްކަމާއެކު މަލްޝާ ބުނެލިއެވެ. ރީޝަމް އެއްވެސް އެއްޗެއް ނުބުނެ ކައިރީގައި ހުރި ސޯފާގައި އިށީދެލިއެވެ. “އޭ މަލް އެ ސޮރު ރީޝްއަށް ކޮން ޖާދޫއެއްތަ ޖެއްސީ.. ބަލާބަލަ ވާހަކައެއް ވެސް ނުދެއްކި” މަޖަވެލާފައި އީނާ ބުނެލިއެވެ. “އާނއެކޭ.. އެ ސޮރު ބުނީ ކަންނޭގެ އެކަކާވެސް ވާހަކަ ނުދައްކާށޭ.. ތި ބުނާ އައިޒަނެއް އަހަރެމެންގެ ރީޝް މަންމަން ކޮށްލާފި.. ހުރެބަލަ އެ ސޮރު އަތު ޖެހޭ ދުވަހަކުން އަހަރެން އޭނާ ނޮޅާލަނަން.. މަށަށް ހެޔޮ ޖަލަށް ލިޔަސް އެހެން ތަނަކަށް ލިޔަސް” މަޖާ ވައްތަރަކަށް މަލްޝާ އެހެން ބުނުމުން އީނާ އަށްށާއި ރީޝަމްއަށް ވެސް ހެވުނެވެ. ތިން ކުދިން ވެސް ސަކަރާތުގައި ތިއްބާ ސިއްސައިގެން ދިޔައީ ރީޝަމްގެ ފޯނަށް ވައިބަރ އިން ކޯލްއެއް އައުމުންނެވެ. ފޯނު އޮތީ މަލްޝާގެ ކައިރީގައި ކަމުން މަލްޝާ ފޯނު ނަގައި ބަލާލިއެވެ. ގުޅަނީ އައިޒަންއެވެ. ލާނެތް ހިނިތުންވުމެއް ވެރިކޮށްގެން ހުރެ މަލްޝާ ރީޝަމް އާ ދިމާލަށް ބަލާލިއެވެ. ރީޝަމްވެސް ބޯ އަރުވާލުމަށްފަހު ފޯނު ބަލާލިއެވެ. އެއާއެކު ރީޝަމްގެ ދެލޯ ބޮޑުވީ އައިޒަން އަނެއްކާވެސް ގުޅަން ފެށުމުންނެވެ. އެކަމަކު ނަގާ ހިޔާލެއް ނުކުރިއެވެ. ކުރިއަށް އޮތް ވަގުތުގައި އެކުވެރިންގެ ދިމާކުރުން ތަކާއި ރީޝަމްއަށް ކުރިމަތި ލާން ޖެހުނެވެ.

*******

ވޯޓާރ ކްރިސްޓަލް ގޭގެ ދޮރުމައްޗަށް މަޑުކޮށްލި ކާރުން ފޭބި މިޝްޔާގެ މޫނުމަތިން ފެންނަނީ ވަރުބަލި ކަމެވެ. މޫނުމަތީގައި އަތް ހާކާލުމަށްފަހު މިޝްޔާ ފުން ނޭވާއެއް ލިއެވެ. އެއަށްފަހު އެތެރެއަށް ވަންނަން ދާން ހިނގައިގަތެވެ. ގޭ ތެރެއަށް ވަންނަން އަޅާލި ފިޔަވަޅާއެކު މިޝްޔާ ހުއްޓުން އެރީ މީހަކު އޭނާގެ ގައިގައި ވަރަށް ބާރަށް ޖެހިގަތުމުުންނެވެ. އެއާއެކު މިޝްޔާ ގެ ފައި އަރިއަޅާލައިގެން ވެއްޓެން ދިޔައެވެ. ނަމަވެސް މިޝްޔާ ވެއްޓުމުގެ ކުރިން އެ ހިމަ އުނަގަނޑުގައި ބާރުގަދަ އަތަކުން ހިފަހައްޓާލިއެވެ.

ވެއްޓެމުން ދިޔަ މިޝްޔާއަށް ދެލޯ މަރާ ބާރުކޮށްލެވުނީ ވެއްޓުމުން ވާނެ ތަދު އިހްސާސް ވެފައެވެ. ނަމަވެސް މިޝްޔާއަށް ލޯ ހުޅުވާލަން މަޖުބޫރު ވީ އޭނާގެ އުނަގަނޑުގައި މީހަކު ހިފެހެއްޓިކަމުގެ އިހްސާސް ކުރެވުމުންނެވެ.

މިޝްޔާއާ ދިމާލަށް ކަޅި ޖަހާނުލާ ބަލަހައްޓައިގެން ހުރި ޝިމާންއަށް ސިހުމެއް ލިބުނީ މިޝްޔާ ލޯ ހުޅުވާލުމުންނެވެ. ނަމަވެސް އެހާ ކައިރިން އެ ޖާދޫވީ ރީތި މޫނު ފެނުމުން ޝިމާންއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ލޯ ހުޅުވާލި މިޝްޔާވެސް ސިހުންގެނުވީ ކުރިމަތީގައި ހުރި ޒުވާނާ ފެނިފައެވެ. އެ ޒުވާނާ ބަލަހައްޓައިގެން ހުރިގޮތުން މިޝްޔާގެ ދޮން މޫނު ލޭކޮޅެއްހާ ރަތް ވިއެވެ. ނަމަވެސް މިޝްޔާ އެ ޒުވާނާގެ ފުން ކަނޑެއް ފަދަ ކަޅު ދެލިކޮޅެއް ފަދަ ދެލޮލަށް ގެއްލޭކަށް މާ ގިނަ އިރެއް ނުނެގިއެވެ.

އެކަކު އަނެކަކުގެ ލޮލަށް ގެއްލިފައި ތިބި މަޝްޔާއަށްށާ ޝިމާންއަށް ހޭވެރިކަންވީ މީހަކު ހޭން ފެށި އަޑު އިވިފައެވެ. ލިބުނު ސިހުމާއެކު ޝިމާން އަވަސް އަވަހަށް މިޝްޔާގެ އުނަގަނޑުން ދޫކޮށްލިއެވެ. މިޝްޔާވެސް ޝިމާންއާ ދުރުވެލުމަށްފަހު އަވަހަށް ގޮސް ގޭތެރެއަށް ވަނުމަށްފަހު ސިޑިން މައްޗަށް އަރައިގެން ދިޔައެވެ. ލަދުން ހުރެ ކުރިމައްޗަށް ބަލައިލި ޝިމާންއަށް ބޯ ކަހާލެވުނީ ކުރިމަތީގައި އުނަގަނޑުގައި ދެއަތް ވިއްދައިގެން ހުރެ ހެމުން ދިޔަ ޝައިމާ ފެނިފައެވެ. ޝައިމާ ގެ ދިމާކުރުންތަކުން ސަލާމަތް ވާންވެގެން ޝިމާން ދުވެފައި ގޮސް ސިޑިން މައްޗަށް އެރިއެވެ.

ޝައިމާ މާ ބާރަކަށް ހޭ އަޑު އިވިގެން ބޭރަށް ނިކުތް ޒިޔާނާ ވީ ކީއްތޯ ސުވާލުކޮށްލިއެވެ. “ހެވޭނެއެއްނު ދޮންދައްތާ.. ދެންމެގަ މިއުޅޭ ޝިމާން ކުރިކަމަކުން” ޝައިމާ އެހެން ބުނިއިރުވެސް ބަނޑުގައި އަތް އަޅައިގެން ހުރެ ހެމުން ދިޔައެވެ. “ކީއްކުރީތެ އެ ސޮރު” ޒިޔާނާވެސް ޝައުގުވެރިކަމާއެކު އަހާލިއެވެ. “ދެންމެ މިތާ ބަގީޗާގައި އިނދެފައި އެތެރެއަށް ވަންނަން ދިޔައިރު ޝިމާން ހުރީ ކޮންމެސް އަންހެން ކުއްޖެއްގެ އުނަގަނޑުގައި ހިފަހައްޓާލައިގެން.. ދެ މީހުން ވެސް ތިބީ އެކަކު އަނެކަކަށް ގޮސް ގެއްލި ހުސްވެފަ.. ހަމަ ހީވަނީ ރޮމޭންޓިކް ޑްރާމާއެއްގެ ސީންއެއްހެން..” ޝައިމާ އެންމެފަހުން ހިނިގަނޑު ހިންދާލަމުން ވީގޮތް ކުރުގޮތަކަށް ކިޔާދިނެވެ. ޒިޔާނާވެސް ޝައިމާ އެހެން ބުނުމުން ޝައިމާއާ ބައިވެރިވެގެން ހޭން ފެށިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

🌻LamHaa🌻
Follow Me Written By

🌻LamHaa🌻

Level 110 Stories

Other Articles

Previous

ހިތްދަތި ދުވަސްތައް(ކިޔުންތެރިންގެ ސަމާލުކަމަށް)

Next

އަންނަންދެން ހުންނާނަން ލޯބިން 51

Next
June 6, 2021

އަންނަންދެން ހުންނާނަން ލޯބިން 51

Previews
June 5, 2021

ހިތްދަތި ދުވަސްތައް(ކިޔުންތެރިންގެ ސަމާލުކަމަށް)

3 Comments!

  1. 🌻LamHaa🌻 LamHaa says:
    June 6, 2021 at 1:48 pm

    ?Hellow readers ?
    Here is the 6th part of the story
    Hope u will like it ?
    Nxt part ISA v avahah kiyaalan libeyne..
    Stay safe ?
    Tc

  2. YEOJA says:
    June 6, 2021 at 6:13 pm

    hello lam
    aneh id in login vaan maseikataha ingey yeoja ge id in cmnt eh mi kohly
    masha Allah veh sali mi part vxx
    kiyaalan libeyne duvahehge inthizaarugaa huhtaa fainally kiyaalan libuny maa vrh happy ingey
    fainally mishyaa and shimaan vxx meet ve dhw vrh lwbi e dekudhin hhehehe
    waitting for the next part ingey dear
    lyssssmmmm
    stay safe and tvgc

  3. Nayaa Nayaa says:
    June 7, 2021 at 5:45 pm

    vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv reethi ingeyyyyyyyyy… dhn neiy vagutheh ithuru ehcheh bunaakah.. manma eba aadhe… bye… ss.. tvgc… lysssmm mysssssssssssmm

Comments are closed.

Next Episodeހިތް ބޭނުމޭ ދުލުން 7←


All Right Reserved!