Skip to content
އެސްފިޔަ

ހިތުގެ ޝަކުވާ… 12

“ހަލޯ.. މީ..” އެމީހާއަށް ބުނެވުނީ އެހިސާބަށެވެ. “މަށަށް ވަރިހަމަ ތީ ކޮންމެ މީހަކަސް.. އެކަމް މަށަށް އެނގިފަ އޮންނަ ގޮތުން ވެއްޖެއްޔާ ކަސްޓަމަރުންގެ ކާޑުގެ މައުލޫމާތު ހޯދާކަށް ބެންކް އޮފް މޯލްޑިވްސް އަކުން ނުގުޅާނެ.. ކަފަބުރަކުން ކަންފަތް ސާފުކޮށްފަ ރަނގަޅަށް އަޑުއަހާ.. ދެން މި ނަންމަބަރަށް ގުޅައިފިއްޔާ ނިމުނީ.. ކަށްޓާ، މަހާ، ހަމާ ވަކިކޮށްފަ، ކޮށާ ކުދިކޮށްފަ، ވީދާ، ނޮޅާ، އުކާލާ ހަމަ ކާޅަށް ކާންދޭނަން.. ސާފުވެއްޖެތަ..؟ ސާފުނުވަންޏާ ބުނޭ.. ނިކަން ރަނގަޅަށް ސާފުކޮށްދޭނަން.. ހަމަ މިހާރު……” ނައިރާއަށް ބުނެވުނީ އެހިސާބަށެވެ. އެކޮޅުން ވާހަކަ ދައްކަން ފެއްޓިއެވެ. “ސާބަހޭ ނައިރާ.. މީ މަށޭ..” އެކޮޅުން އިވުނު އަޑު ވަރަށް ފަރުވާތެރިކަމާއެކު ނައިރާ އަޑުއެހީ ދަންނަ އަޑެއްހެން ހީވާތީއެވެ. އެއީ ކާކުކަން ވިސްނަމ،ުން ގޮސް، އެ އަޑުގެ ވެރިޔާ ނަގައިގަނެވުމުން ނައިރާގެ ދެލޯ ދިޔައީ މުދުނަށް އަރައިގެންނެވެ. މާތް ރަސްކަލާނގެއަށް ވަކީލުކޮށްލަމުން އަނގަމަތީގައި އަތްއަޅާލެވުނު އިރު، އަމިއްލަ މީހާގެ ބަދުނަސީބުކަމާއިމެދު ހިތާހިތުން ޝަކުވާ ކޮށްލެވުނެވެ.

************************

“ޕިސް ޕިސް.. ނައިރާއަށް ވާ ސާބަސް.. މީ މަށޭ.. ހަމަ ހަލޯއޭ ބުނެލެވޭ އިރަށް ކަންފަތް ފަޅައިގެންދާ ވަރަށް ހަޅޭއްލަވައިގަންނަން ޖެހޭތަ..؟ ތިހެން އުޅެނިކޮށް ބެންކް އޮފް މޯލްޑިވްސްގެ ބޮޑު މީހާއާ ދިމާލަށް ހަޅޭއްލަވައިގަނެވެއްޖެއްޔާ ކިހިނެއް ހަދާނީ.. ޕިސް ޕިސް.. ރައި ބުނަނީ ހަމަ ތެދެކޭ ކްލާހުގަ އިންނަ އިރަށް.. ނައިރާއެކޭ މުސްކުޅި މާމަގަނޑެކޭ ހަމަ އެއްވެސް ތަފާތެއް ނެތް..” ހެމުން ހެމުން މާއިޝް އެހެން ބުނެލުމުން ނައިރާއަށް ބޯ ކަހާލެވުނެވެ. ތެދެކެވެ. ހަމަ ފޯނަށް މީހަކު ގުޅާލާ އިރަށް ނުދަންނަ ނަމްބަރެއް ކަމަށް ހީކޮށް ބަވައިގަންނަން ޖެހޭހެއްޔެވެ؟ އެއީ ތަންކޮޅެއް ބޮޑުވަރޭ ޚުދު ނައިރާގެ ހިތަށްވެސް އެރިއެވެ. އަމިއްލަ މީހާގެ އަނގަގަދަ ކަމަށް ކުދި ކިޔަމުން ނައިރާ ނިތްކުރީގައި މަޑުމަޑުން ޖަހާލިއެވެ.

“ހަލޯ.. ނައިރާ.. ނައިރާ.. ހަލޯ.. އެބަ ހުރިންތަ..؟” ނައިރާ ސިހުނީ މާއިޝް އަނެއްކާވެސް ގޮވާލުމުންނެވެ. މާއިޝްއަށްވުރެ ވަކި ދެރަނުވާން ވެގެން ނައިރާވެސް އެއްޗެކޭ ބުނަން ތައްޔާރުވެލިއެވެ. “ހުހް.. އެ ދެން މަ މަޖާކޮށްލީއޭ.. މަށަށް ހުންނާނެތަ ޅިޔަނު ވަކިކުރަން ނޭނގި.. ދެން ދައްކާ މޮޔަ ވާހަކަ ދޯ.. ހަހަ.. މަ އަސްލުގަ ދެން…” އެހާހިސާބަށް ބުނެލުމަށްފަހު ކުއްލިއަކަށް ކަމެއް ހަނދާންވީ ފަދައިން ނައިރާއަށް އަނގަމަތީގައި އަތްއަޅާލެވުނެވެ. “ވެއިޓް އަ މިނިޓް.. ކްލާހުގައި އިނދެގެން ރައިއާ މަށާ ދައްކާ ވާހަކަ ކަލެއަށް އެނގުނީ ކިހިނެއް..؟ ވަޓް ދަ…؟ ވަރ ޔޫ ސްޕައިންގ އޮން އަސް..؟ އޭ ޔޫ ގެރި ބަކަރި ލުކިންގ ލައިކް ހިޔުމަން.. ކަލޭ ރައި ދެކެ ކިތަންމެ ލޯބި ވިޔަސް ދެ ބެސްޓީސް ދައްކާ ވާހަކަ ސިއްރުން އަޑުއަހައިގެން ނުވާނެ ދޯ.. ތި ކުރެވުނީ ހަމަ ގާނޫނު އަސާސީ ބޮޑު ކުށެއް އިނގޭ.. ހަނދާން ބަހައްޓާތި.. ކަލެއަށް އެހެންވީރު މިހާރު އަހަރުމެންގެ ނޭނގޭ އެކައްޗެއްވެސް ނޯންނާނެ ދޯ..” ނައިރާ ހަޅޭއްލަވައިގަތުމުން މާއިޝްއަށް ފޯނު ކަންފަތާ ދުރުކޮށްލަން ޖެހުނީ ކަންފަތް ބީރުވެދާނެ ކަމުގެ ބިރަށެވެ.

“ވެލް، ޓު ބީ އޮނެސްޓް… ޔެސް މަށަށް އިނގޭ ތިމީހުން ދައްކާ ވާހަކަތައް.. ދެން ހަމަ ރައިގެ އެ ލޯބި އަޑު އަހާލާހިތްވީއޭ.. މަށށް އިނގޭ ނައިރާ ލޯބިވަނީ ރައިގެ ދޮންބެ ދެކެ ކަންވެސް. ހަހާ..” ލުއި ހުނުމަކާއެކު މާއިޝް އެހެން ބުނެލި ގޮތުން ނައިރާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. “ވަޓް ދަ ހެލް ޔޫ މޮންސްޓަރ..؟ ހައު ޑެއަރ ޔޫ ފޮނި ބޯކިބާގަނޑު.. ހުރެބަލަ ނިކަން ކުޅި ދައްކާލާނަން..” އައި ރުޅީގައި ނައިރާއަށް ކިޔޭ ނުކިޔޭ އެއްޗެއްވެސް ނޭނގެއެވެ.

“ހެހެ.. އޯކޭ އޯކޭ.. ދެން ހުއްޓާލަބަލަ.. މަށެއް ނުބުނާނަމޭ އެކަކު ކައިރިއަކުވެސް.. ޓްރަސްޓް މީ.. އޭ ތިއެއް ނޫނޭޭ.. މި ގުޅީ ރައިގެ ވާހަކައެއް ބުނަން ވެގެންނޭ.. މަ ބޭނުން ވަރަށް އަވަހަށް ރައިއަށް ކޮންފެސް ކުރަން.. އައި ކާންޓް ވެއިޓް އެނީ މޯރ.. އައިވް ޑިސައިޑެޑް.. އެގްޒާމްސް ނިމުނުހާ އަވަހަށް މަ އޭނައަށް ޕްރޮޕޯޒް ކުރާނަން.. ބަޓް މަށަކަށް ނޭނގެ ރައިގެ ފޭވަރިޓްސް އެއްވެސް.. ސޯ، އައި ވިލް ނީޑް ޔުއަރ ހެލްޕް ފޯރ ދި ޕްރިޕަރޭޝަންސް.. އޯކޭ..؟” މާއިޝް ވާހަކައިގެ ސަކަ ރާގު ބަދަލުކޮށްލަމުން ވާހަކަ ދެއްކިއެވެ.

“އޯހހހ.. އެހެންވެގެން ދޯ މީނަ މި ގުޅީ.. ހޫމް ހޫމް އޯކޭ އޭ.. ބަޓް ޖަސްޓް ފޯރ ރައި އިނގޭ.. އެހެންނޫން ނަމަ މަ ކަލެއާ ވާހަކަވެސް ނުދެއްކީމުސް.. ހަމ ަހިތުގެ ހާލަށް ކެތް ނުކުރެވިގެން ލޯބި ހުށައަޅަން ދޯ.. ހައެ ހައޭ.. މި ހިތުގައި ވަނީ ރައިޝާގެ ނަން ރަން އަކުރުން ފެވިފަޔޯ..” ލާނެތް ރާގަކަށް އެހެން ބުނުމަށްފަހު ނައިރާު ވަރަށް ފިލްމީކޮށް ލަވަ ކިޔަން ފެއްޓިއެވެ.

“ހިތް އުފާ ވާނެހޭ ދެން ކަލާޔާ ނުލާ.. ނޫޅެވޭނޭ މަށަށް ދެން ކަލާޔާ ނުލާ.. ބޭނުމީ ދާއިމީ ލޯތްބޭ ދިނުން ހަމަ ކަލާ.. ބޭނުމީ ގާތުގާ ލޯބިން އުޅޭށޭ ކަލާ.. ހިތްއުފާ ވާނެހޭ ދެން ކަލާޔާ ނު…” އެހާ ހިސާބަށް ކިޔުނުތަނާ މާއިޝް ފޯނު ކަނޑާލުމުން ނައިރާ ބާރަށް ހޭން ފެށިއެވެ. “ހަހަހާ.. އެއީ ޅިޔަނަށް ވާ ވަރު.. ރައިޝާ ދެމީހުން އިނދެގެން ރައިޝާ ފާހަނާގެ ހުރެގެން ލަވަކިޔާ އަޑު އިވުނީމަ އަދި ކިހާވަރެއް ވާނެބާ…” ނައިރާ ހީވަނީ ވަރަށް މޮޅު ކަމެއް ކުރެވިގެން އުޅޭ ހެންނެވެ. “ހެހެ.. މާއިޝް އިޒް ޖަސްޓް ދަ ރައިޓް ވަން ފޯރ ރައި… އީވެން ދޯ ހީ އެކްޓްސް ކޯލްޑް އެންޑް ރޫޑް އޮން ދި އައުޓްސައިޑް، ހީ އިޒް ސޯ ސޮފްޓް އެންޑް ފަނީ އޮން ދި އިންސައިޑް.. އައިމް ސޯ ހެޕީ ފޯރ ޔޫ ރައީ.. އިންޝާ ﷲ ވަރަށް އަވަހަށް ރައިއަށް މާއިޝް ލިބޭނެ.. ހަމަ ކުޑަ ކުޑަ އިންތިޒާރެއް.. ރައިގެ ހިތުގެ ޝަކުވާތަކަށް ލުޔެއް ލިބޭނެ.. ޖަސްޓް ވެއިޓް ފޯރ ދި މޫމެންޓް..” އެންމް ގާތް އެކުވެރިޔާ އަށްޓަކައި އުފާކުރާ ޙާލު ނައިރާ ފޯނު ބާއްވާފައި ފޮތް ކިޔަން ފެށީ މަހެއްހާ ދުވަހުގެ ތެރޭގައި ޓެސްޓުތައް ފެށޭތީއެވެ.

*******

ރައިޝާއާއި ރީޝާ ތިބީ ބަދިގޭގައެވެ. ރައިޝާ ކިޔާ ވަރުން ރީޝާ ދިޔައީ އިންޑިޔަން ކެއުންތަކެއް ހަދަމުންނެވެ. ނުހާއާއި ރިޔާޒް ކުޑަ ކަމަކު ބޭރަށް ދާ ވާހަކަ ބުނުމުން ގޭގައި ތިބީ ރައިޝާމެން ތިންބެއިންނާއި، ރީޝާއެވެ. ރައިޝާއާއި ރީޝާ ބަދިގޭގައި ތިބި އިރު، ރިއާޝްއާއި ޔާޝް ތިބީ ސިޓިންރޫމުގައި ޓީވީ ބަލާށެވެ. ރިއާޝްގެ އަތުގައި ޕޮޕްކޯން ތަށްޓެއް ހުރި އިރު، އެއްފައި އޮތީ ޔާޝްގެ އުނގުމަތީގައެވެ. އިރުއިރުކޮޅާ އަތްފުރާ ޕޮޕްކޯން ނަގާފައި އަނގަޔަށް އަޅާއިރު އޭގެން ދެބައިކުޅަ އެއްބައި ކާންދެނީ ސޯފާއަށެވެ. ޔާޝްވެސް ޗިޕްސް ދަޅެއް ހިފައިގެން އޮތް އިރު، ދެބެންގެ ނަޒަރުވެސްް ހުއްޓިފައިވަނީ ޓީވީއިން ދައްކަމުން ދިޔަ ފުޓުބޯޅަ މެޗަށެވެ.

“ކަމޯން ކަމޯން.. ތި ގޯލެއް ޖަހާބަލަ ދަރިފުޅާ..” ރިއާޝް އޮވެގެން ކިޔަމުން ދިޔައީ އާރސެނަލް ގޯލެއް ޖަހާތޯއެވެ. އަނެއްކޮޅުން ޔާޝް އޮވެގެން ކުސްތަޅަމުން ދިޔައީ ޗެެލްސީ ގޯލެއް ނުޖަހައިގެންނެވެ. ދެބެންވެސް މޮޅުވާނެ ޓީމަކާ މެދު ބަހުސް ކުރަން ތިއްބާ ކުއްލިއަކަށް އާރސެނަލް އިން ޖެހި ލަނޑާއެކު ރިއާޝްއެރީ ހަވަޔަށެވެ. ފުންމައިގެން އަރާ ނަށަން ފެށި އިރު މީހާ ހީވަނީ ހަމަ އަސްލުވެސް މޮޔަވެފައި ހުރިހެންނެވެ. ސޯފާގައި ޔާޝް އިނީ ޗެލްސީ އިން ގޯލެއް ނުޖަހައިގެން ދެކޮލަށް ވައި އަރުވައިގެންނެވެ.

“ހުރެބަލަ.. އަދި ޖަހާނެ.. މަ ބުނީތީވެސް ބަލައްޗެ..” ޔާޝް ދެރަނުވާންވެގެން ބުނެލިއެވެ. “ހަހަ އޯކޭ އޯކޭ ހިނގާ ބަލަމާ ދޯ.. ރިއާޝް ސޯފާގައި ހަމަޖެހިލިތަނާ ދެ މިނެޓެއް ނުވެ މެޗު ނިމުމުން ފުންމައިގެން އަރާ ޔާޝްގެ ކަރުގައި އޮޅުލައިގަތެވެ. “ޔޭ ޔޭ ޔޭ އާރސެނަލް މޮޅުވީޔޯ.. ޔޭ ޔޭ.. ދެން ކިޔާބަލަ އެއްޗެކޭ.. ހަހަހަ.. ލައްލަ ލައްލަ ލާލާ..” ރިއާޝް ހީވަނީ މޮޔަވެގެން އުޅޭހެންނެވެ. “ހޫނ ހޫނ ދެން ހެވޭ.. ތި ގައިމަތިން ފައިބަބަލަ.. ހާދަ ފަލަވެއްޖޭ ދޯ މިހާރު.. ބަރުކަމެއް އެބަހުރި މީހާ ގައިގަ.. ބަކައްޓެކޭ މީހާއެކޭ ތަފާތެއް ނެތް..” ޔާޝް ބުނެލީ ރިއާޝް ރުޅިއަރުވާލުމަށެވެ. “ހުއް.. ހެވޭ.. މަ ފަލަވީކީ ނޫނޭ.. ޖިމަށް ގޮސް ވޯރކްއައުޓް ކުރީމަ ބަރުވީއޭ.. މިހާރު ހުންނާނެ ސިކްސްޕެކުވެސް.. ދައްކާލަންތަ..” ރިއާޝް ޓީޝާޓު ހިއްލައިލިއެވެ.

“ކޮންތާކު.. ބޮޑު ސޮޑު ބަނޑެއް އެ އޮތީ ލާފަ.. އެންމެ ފަހުން ނައިރާވެސް ކަޓާނީ.. ހަހަ.. ދެން އޭރުން…” ފަހަތުން އިވުނީ ރައިޝާގެ އަޑެވެ. އެހެންނަމަވެސް، ނައިރާއޭ ބުނުމަށްފަހު އަނގަމަތީގައި އަތްއަޅާލި ގޮތުން ހީވަނީ ބުނަން ނުވާ ވަރުގެ ވާހަކައެއް ބުނެވިގެން އުޅޭހެންނެވެ. ރައިޝާާ އެހެން ބުނުމާއެކު ރިއާޝް ޝަހާދަތް އިނގިލި ތުންފަތުގައި ޖައްސާލަމުން މަޑުން ހުންނަން އެންގިއެވެ. އެހެންމަނަވެސް ސޯފާގައި އިން ޔާޝްއަށް ވަރަށް ރީތިކޮށް އެ މަންޒަރު ފެނުނެވެ. ރައިޝާއާއި ރިއާޝްއަށް ޔާޝްއާ ދިމާލަށް ބަލައިލެވުނީ އެއްފަހަރާއެވެ. އެވަގުތު ޔާޝް އިނީ ދެލޯ ބޮޑުކޮށްލައިގެންނެވެ.

“ވަޓް..؟ އާޝް..؟ އަސްލުތަ..؟ ކޮންއިރަކު..؟ ކިހިނެއް..؟ ކޮންތާކު..؟ ކީއްވެ..؟” އިލޮށްޓަކަށް މުށިމަސްތަކެއް އަމުނާލާހެން ޔާޝްވެސް ފައްޗަަކަށް ސުވާލުތައް އަމުނާލިއެވެ. “ހަހަ.. ކުޑަބޭ ފަސް ކާފު ހަމަކޮށްލާ.. އޭރުން ޚަބަރެއް ހެދޭނީ.. ފަލަ ސުރުޚީއަށް ވައްޓާލަން ސަޅިވާނެ..” މަޑުން ނުހުރެވުނީ ރައިޝާއަށެވެ. ރިއާޝް ލޯއަޅާލި ތަން ފެނި ރައިޝާ އަވަހަށް އިސްޖަހާލިއެވެ. “ކުޑަބެ ހަމަޖެހޭ.. ހަމަޖެހޭ.. އަދި ނެތެއްނު ނުބުނެވިފައެއް..” ރިއާޝް އެހެން ބުނުމަށްފަހު ޔާޝްއަށް ހުރިހާ އެއްޗެއް ކިޔައިދީ ނިމުނު އިރު ޔާޝްގެ އިތުރުން ރައިޝާއާއި ރީޝާވެސް ތިބީ ހީހީ ހަލާކުވެފައެވެ. އެވަގުތު ގޭ ދޮރުގައި މީހަކު ޓަކިޖަހާ އަޑު އިވުމުން ރައިޝާ ދޮރު ހުޅުވަން ދިޔައެވެ.

ދޮރު ހުޅުވުމުން ކުރިމަތީގައި ހުރި ނައިރާ ފެނި ރައިޝާ ނައިރާގެ ގައިގައި ބައްދާލިއެވެ. އެތެރެއަށް ވަންނަން ތަން ދައްކަމުން ރައިޝާ ރިއާޝްއާ ދިމާލަށް ބަލައިލާފައި ލާނެތް ގޮތަކަށް ހީލިއެވެ. އެވަގުތު ޔާޝްއާއި ރީޝާވެސް ރިއާޝްއާ ދިމާލަށް ބަލައިލާފައި އަނގަމަތީގައި އަތް އަޅާލީ ހުނުން ކޮންޓްރޯލް ކުރުމަށެވެ. ދޮރުން އެތެރެއަށް ވަދެގެން އައި ނައިރާއަށް ފުރަތަމަވެސް ބަލައިލެވުނީ ރިއާޝްއާއި ދިމާލަށެވެ. އިއްތިފާގުން އެވަގުތު ރިއާޝްއަށްވެސް ނައިރާއާ ދިމާލަށް ބަލައިލެވުނެވެ. ދެމީހުންގެ ހަތަރުކަޅީ ހަމަވީ ވަގުތު ހީވީ ހަށިގަނޑުގައި ޖަޒުބާތުގެ އޮއިވަރެއް ހިނގާލި ހެންނެވެ. ނައިރާއަށް ވަގުތުން އިސްޖަހާލެވުނު އިރު ރިއާޝްއަށް އަނެއް ފަރާތަށް މޫނު އަނބުރާލެވުނީ ނައިރާގެ އެ މުށިކުލައިގެ ފުން ދެލޮލަށް ލޮލަށް ބަލާނެހާ ހިތްވަރު ނެތުމުންނެވެ.

ރިއާޝްއާއި ނައިރާގެ ހަރަކާތްތައް ބަލަން ތިބި ރައިޝާއާއި، ޔާޝްއާއި، ރީޝާއަށްވެސް ހިނިގަނޑު ހިފަހައްޓާލެވުނީ އެހާހިސާބަށެވެ. ތިން މީހުން އެކީ ހޭންފެށި ގޮތުން ހީވީ ދެންމެ ދެންމެ ގޭގެ ފުރާޅުވެސް ބޯމައްޗަށް ވެއްޓިދާނެހެންނެވެ. އެންމެން އެކީ ހޭން ފެށުމުން ނައިރާގެ މޫނުމަތި ރަތްވާން ނެގީ މަދު ސިކުންތުކޮޅެކެވެ. މޫނުމަތި ޖަންބެއްހާ ރަތްވުމުން ނައިރާއަށް އިތުރަށް އެތާ ހުންނާކަށް ނުކެރުނެވެ. ކުޑަ ހިތްވަރެއްލާ ވާހަކަ ދައްކަން ޖެހުނީ އެހެންވެއެވެ.

“އަމްމް… ރައީ.. ކެމިސްޓްރީ ފިލާވަޅު ހަދަންވެގެން މި އައީ.. ހިނގާބަ ދާން..” މަޑުމަޑުން ނައިރާ އެހެން ބުނެލި ގޮތުން ޔާޝް ހައިރާންވިއެވެ. މީ އެހެންޏާ އަނގަ ނުލެއްޕިގެން އުޅޭ ކުއްޖެކެވެ. އަބަދުވެސް ހުންނާނީ ކޮންމެވެސް މަޖާ ވާހަކަތަކެއް ދައްކާލަ ދައްކާލައެވެ. ނައިރާގެ މި ލަދުވެތިކަމުގެ ސިފަ އޭނާއަށް މި ފެނުނީ އަދި ކިރިޔާއެވެ. ނައިރާއަށް މި ބަދަލު ގެންނަން އެނގެނީ ހަމައެކަނި ރިއާޝްއަށޭ ހިތަށް އެރުމުން ޔާޝްގެ މޫނަށް ވެރިވީ ލާނެތްކަމުގެ ކުލަވަރުތަކެވެ. ޔާޝް އޭނާއާ ދިމާކުރަން އެއްޗެކޭ ބުނެފާނެކަމުގެ ބިރަށް ނައިރާ އަވަހަށް ރައިޝާގެ އަތުިގައި ހިފާފައި ދަމާލަމުން ކޮޓަރިއަށް ދާން ހިނގާށޭ ބުންޏެވެ

“ނައީ.. ހަމަޖެހިބަލަ.. ކުޑަބެމެންނާ ވާހަކަ ދައްކާލާފައެއްނު ދާނީ.. ތި ފޮތްތައް ބަހައްޓަބަލަ މިތާ މޭޒުމަތީގަ.. އާދެބަ މިތާ އިށީންނަން..” ހިނިގަނޑު މަތަކުރަމުން ރައިޝާ ނައިރާގެ ފޮތްތައް އަތުލާފައި މޭޒުމަތީގައި ބެހެއްޓިއެވެ. ދެއްކޭނެ އިތުރު ބަހަނާއެއް ނެތުމުން ނައިރާވެސް ރީޝާ ކައިރި ސޯފާގައި އިށީނދެލިއެވެ. ރީޝާ ހިނިތުންވެލާ ސަލާމް ކޮށްލަން އަތް ދިށްކޮއްލުމުން ނައިރާވެސް ހިނިތުންވެލާ ސަލާމްކޮށްލިއެވެ. ދެމީހުންވެސް އެކަކު އަނެކަކަށް ތަޢާރަފްވެ ނިންމާލި އިރު ތިބީ އެކުވެރިންނަން ވެފައެވެ. ނައިރާގެ ގުޅޭ، އެކުވެރިކަމުގެ މިޒާޖުގެ ސަބަބުން އޭނާ މީހުންނާ އެކުވެރިވަނީ ނުހަނު ފަސޭހައިންނެވެ.

“ރައި ބުނި ނައި ވަރަށް ފަލަ ވެއްޖޭ.. ނޫން ދޯ.. ހަމަ އަދިވެސް އިލޮއްޓެއްހެން ހުންނަނީ.. އެކަމް މިހާރު ރައިއަށްވުރެ ދިގުވެއްޖެ ދޯ.. ހަހަ..” ޔާޝް ބުނެލިއެވެ. ފަސްމީހުން އެކި ވާހަކަތައް ދެއްކުމުގައި ވަގުތު ގުނަމުން ދިޔަ އިރުވެސް، ރިއާޝްއަށް ބެލެމުން ދިޔައީ ނައިރާއާ ދިމާލަށެވެ. ނައިރާ ހަމަ ބަލައިލާ އިރަށް އޭނާ އެހެން ދިމާލަށް ބަލަން ފަށާނެއެވެ. ނައިރާގެ ޢަމަލުތައްވެސް ވަކި ތަފާތެއް ނޫނެވެ. އެދެމީހުން އުޅޭ ގޮތުން ރައިޝާމެން ކައިރިއަށް އަންނަ ހިނިން ވެސް މުޅި ތަން ގުގުމާލާނެއެވެ.

އިރުގަނޑެއް ފަހުން ނައިރާ ގެއަށް ދާން ދެތުވިއެވެ. އެވަގުތު ޔާޝް ތެދުވެގެން ގޮސް ކޮޓަރިއަށް ވަނެވެ. ޔާޝް އެނބުރި އައީ ކޮތަޅެއް ހިފައިގެންނެވެ. ކުޑައިރުއްސުރެވެސް، ނައިރާ ދެކެވިފައިވީ ކޮއްކޮއެއް ފަދައިން ކަމުން ޔާޝަ އަބަދުވެސް ނައިރާ ދެކެ ބޭބެއެއްގެ ހައިސިއްޔަތުން ލޯބިވެއެވެ. ރައިޝާއެކޭ ނައިރާއެކޭ ޔާޝްއަށް ވަކި ތަފާތެއް ނުވެއެވެ. “އަން.. މީ ޔާޝްބެގެ ފަރާތުން ނައިއަށް.. ދެން މުސްތަގްބަލުގަ ވާން އުޅޭ ފަހަރިއަށް.. ދޯ..؟” ޔާޝް އެއްލޯ މަރާލަމުން ނައިރާއަށް ދޯ އެއްލި ގޮތުން ނައިރާއަށް ލަދުން އިސްޖަހާލެވުނެވެ. “އަޅޭ.. ތީ ކުރިން ޔާޝްބެ ދަންނަ ޔާޝްބެގެ ބޭބީ ނައިއްކޮއެއް ނޫން.. މުޅިން ބަދަލުވެއްޖެ.. ހަމަ އާޝްގެ ބުރަ މަސައްކަތް ދޯ..” ޔާޝް އިތުރަށް ނައިރާ ލަދުގަންނަވާލިއެވެ. އިތުރަށް އެތާ ހުންނަން ނުކެރިގެން ފޮތްތަކާއި، ކޮތަޅު ހިފައިގެން ނައިރާ އެ ގެއެިން ނުކުތީ ރައިޝާ ގޮވަ ގޮވާ އޮއްވައެވެ. ނައިރާ ދިޔުމާއެކު އެންމެންގެ އަމާޒުފަތްގަނޑަކަށް ވީ ރިއާޝްއެވެ. ތިން މީހުންވެސް ރިއާޝްއާ ދިމާކުރަމުން ދިޔައީ ހުއްޓުމެއް ނެތިއެވެ.

*******

ހަތަރު މީހުން ސަކަރާތް ޖަހަން ތިއްބާ ރިއާޝްގެ ފޯނަށް ނުހާ ގުޅުމުން ރިއާޝް ފޯނުު ނެގިއެވެ. ނުހާ ފަނަރަ މިނެޓު ތެރޭގައި ގެޔަށް އެބަ ދަމޭ ބުނުމުން ރިއާޝްއަށް ގޭތެރެއަށް ބަލައިލެވުނެވެ. މަންމަ ދަމުން ދިޔައީ ގޭތެރެ ކުނި ކަހާ، މޮޕު އަޅާ، ސާފުކޮށްފައެވެ. މިހާރު މި ގެޔެކޭ ގޮނޑެކޭ ތަފާތެއް ނެތެވެ. ނުހާ އަންނަ އިރަށް ސާފުނުކޮށް އޮވެފިއްޔާ އަންނާނެ ރޯޅީގެ ބާރުމިނެއްވެސް ނޭނގެއެވެ. ފޯނު ބޭއްވުމަށްފަހު ރައިޝާމެންނަށް ނުހާމެން އަންނަ ޚަބަރު ދިނުމުން ހަތަރު މީހުންވެސް ހޭވައްޓާލާފައި އުޅުނީ ގޭތެރެ ސާފުކުރެވޭތޯއެވެ. ރިއާޝް އުކާލާފާ ހުރި ކަރުދާސްތަކާއި ވެރިފައި ހުރި ކާއެއްޗެހިތަކާއި ހުސް ދަޅުތައް ނަގަން ފެށިއެވެ. ޔާޝް އަވަހށް ސިޓިންރޫމު އެއްކޮށް ކުނި ކަހާ ނިންމާލިއެވެ. ރިއާޝް މޮޕު ހިފައިގެން އައިސް ސިޓުންރޫމުގައި މޮޕު ޖަހާ ނިންމާލިއެވެ. ރައިޝާއާއި ރީޝާ ބަދިގޭގައި ކެއްކި ތަށިތައް ދޮވެ، ފޮހެ، ކަބަޑަށް އެޅިއެވެ. މޭޒުމަތި ފުހެ ސާފުކޮށް ބަދިގެ ކުނި ކަހާ، މޮޕު ޖަހާ ރީތުިކޮށްލިއެވެ. ފަނަރަ މިނެޓުގެ ތެރޭގައި ކުރެވުނު މަސައްކަތާ ދޭތެރޭ ހިތްހަމަ ޖެހުމުން ހަތަރު މީހުން އެކީ ސޯފާއަށް ވެއްޓިގަތީ ވަރުބަލިވެފައި ހުރުމުން އެކަމަށް ކުދި ކިޔަމުންނެވެ.

ސިޓިންރޫމު ދޮރުގެ ތަޅުގައި ހިފާ ނުހާ ދޮރު ހުޅުވާލިއެވެ. ނުހާގެ ފަހަތުން ރިޔާޒްވެސް ގެއަށް ވަތް އިރު ދެމީހުންގެ އަތުގައިވެސް ބާޒާރުކުރާ ކޮތަޅުތަކެއް ހުއްޓެވެ. ބަލާބެލުމަށް އެ އައީ ބާޒާރުކުރަން ގޮއްސައެވެ. މުޅި ގޭތެރެއަށް ނަޒަރު ހިންގާލަމުން ނުހާ ފުން ނޭވާއެއް ދޫކޮށްލީ ގޭތެރޭގެ ސާފުތާހިރުކަމާއިމެދު ހިތްހަމަޖެހި ހުރެއެވެ”ދަަރިފުޅުމެން ދޮރު ތަޅުވެސް ނުލާތަ ތި އުޅެނީ..؟” ގެނައި ކޮތަޅުތައް މޭޒުމަތީގައި ބަހައްޓަމުން ނުހާ ސުވާލުކޮށްލިއެވެ. “ނޫނޭ.. ދެންމެގަ ނައި އައިއްސަ އެ ދިޔައީ.. ނައި ނުކުތީމަ ތަޅުލާން ހަނދާން ނެތުނީ..” ރައިޝާ ޖަވާބުދިނެވެ.

“ހޫމް.. އޯކޭ.. މަންމަމެން އެބަ އޮތް ކުޑަބެއާ ރީއްތަގެ ވާހަކައެއް ބުނަން ވެފަ..” ނުހާ ބުނެލިއެވެ. “ކޮން ވާހަކައެއް..؟” ރައިޝާއާއި ރިއާޝް އަހާލިއެވެ. ނުހާއާއި ރިޔާޒް އައިސް ސޯފާގައި އިށީނދެލިއެވެ. “ދަރިފުޅު ބުނެބަލަ..” ރިޔާޒް އެދުނީ ޔާޝް ކައިރިންނެވެ. “ލައްބަ.. ސޯ.. ރައީ.. އާޝް… އައި ނޯ.. ވަރަށް ކުއްލިއަކަށް މި ކަންތައް މި ވަނީ.. އިނގޭ ޝޮކް ވާނެކަންވެސް.. ބަޓް ވީ ވޯންޓް ދެޓް.. ވީ އާރ ގެޓިންގ މެރިޑް ނެކްސްޓް މަންތް..” ޔާޝް އެހެން ބުނުމުން ރައިޝާއާއި ރިއާޝްއަށް ލިބުނީ ސިހުމެކެވެ. “ވަޓް..؟ ހާދަ އަވަހަކަށް..؟” ރައިޝާއަށް އަހާލެވުނެވެ.

“އަވަސްތަ..؟ ދޮންބެމެން ޑޭޓް ކުރާތާ ތްރީ އިޔަރޒް ވަނީ މި.. އެކޮޅަށް ދިޔަތާ ތްރީ މަންތްސް ފަހުން ޑޭޓް ކުރަން ފެށީ.. ދެން ނެކްސްޓް މަންތްގެ ފޯރޓީން އެއީ އަވަރ އެނިވަރސަރީ.. ރައިގެ ޓެސްޓުތައްވެސް ޓެންގަ ނިމޭނު.. އެހެންވެ އަންނަ މަހު ސާދައިގަ ވެޑިން އޮންނަނީ.. ދޮންބެމެން ބޭނުމެއް ނޫން ލަސްކުރާކަށް” ޔާޝް އިތުރަށް ކިޔައިދިނެވެ. “ދެން ހުރިހާ ތައްޔާރީތަކޯ..؟ ކޮންތާކު ބާއްވަނީ..؟” ރިއާޝް އަހާލިއެވެ. “ބައްޕަގެ ރިޒޯރޓްގަ.. އެހާ ބޮޑުކޮށެއް ނުބާއްވާނަން.. އިންވައިޓް ކުރާނީ ޖަސްޓް ފެމިލީ އެންޑް ކްލޯޒް ފްރެންޑްސްއަށް.. ހަމަ ނޯރމަލް ބީޗް ވެޑިންގއެއް..” ރީޝާ ޖަވާބ ދިނެވެ. “އާނ.. ބައްޕަމެން ހުރިހާ ކަމެއް ހަމަޖައްސާނަން.. މިހާރު ބޭރުން އެއްޗެހި ގެންނަން އޯޑަރު ޖަހާފަ ހުރީ.. ދަރިފުޅުމެންގެ ހެދުންތައްވެސް.. އިޓްސް ގޮނަ ބީ އަ ސިމްޕްލް ބަޓް އަ ރިއަލީ ސްޕެޝަލް ވެޑިންގ..” ރިޔާޒް ކިޔައިދިނެވެ. އެންމެން ޔާޝްއާއި ރީޝާގެ ކައިވެނީގެ ވާހަކަ ދައްކަމުން ދިޔަ އިރު ރައިޝާ އިނީ ފުން ވިސްނުމަކަށް ގެއްލިފައެވެ. އޭނާ ވިސްނަމުން ދިޔައީ ވަރަށް މުހިންމު ކަމަކާ ދޭތެރޭހެން ހީވެއެވެ.

“މޭބީ ފޯރޓީންތް ނޮވެމްބަރ އިޒް ނޮޓް ދި އެނިވަރސަރީ އިޔަރ ފޯރ އޮންލީ ޔާޝް ކުޑަބެ އެންޑް ރީއްތަ.. އިޓް ވިލް ބީ އަ ވެރީ ސްޕެޝަލް ޑޭ ފޯރ އެނަދަރ ނިއު ކަޕްލް އެންޑް އައި ވިލް މޭކް ޝުއަރ ޓު މާރކް ‘ފޯރޓީންތް އޮފް ނޮވެމްބަރ 2020’ އޭޒް އަ ޑޭޓް އޮފް ދި އެނަވަރސަރީ ފޯރ އެނަދަރކަޕްލް އަލޯނގް ވިތް ޔާޝް ކުޑަބެ އެންޑް ރީއްތަ..” ހިތާހިތުން އެހެން ކިޔަމުން ދިޔަ ރައިޝާގެ ތުންފަތުގައި ދުވެލީ ލުއި ހިނިތުންވުމެކެވެ. އޭނާ އެ ރާވަނީ ވަރަށް ބޮޑު ކަމެއް ކުރަން ކަން ޔަޤީނެވެ.

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (11)

  1. Nayaa

    Salaam dear readers.. Here is the 12th prt of my stry.. Hope y’all will like it.. And sorry mi prt thankolheh lahun nerevuneema.. Midhuvaskolhu exam thah feshigen ulheytheeve vrh bxy.. And alhugandu kudakoh bali kamun vx ulheythee aa ekee.. Ehenve lahun up kurevunee.. But mi prt ehen prt thakah vure dhigu vaane.. 1780 ah vure words gina vaane hama gaimu vx.. So, here it is.. Really looking forward to all those lovely cmnts from my lovely readers..
    Lysm my dear readers.. Stay home and stay safe.. Take a very goo care of yourselves.. Stay healthy.. Lots of love from me..

    1. Nayaa
      Nayaa

      and one more thing… mi part ah comment kuraaa readers ge comment ah nayaa ah reply nudhevidhaane… but vvvvvv try kuraanan rpl dheveythoa.. hope u all will still comment.. and here is an advance thank you to all those readers who will cmmnt.. TYSSSSSSSSSSSSSSSSMMMM… LYSSSSSSSMM

    2. Nayaa
      Nayaa

      Before anyone tells me anything abt the football match let me just tell u that i am not a fan of football.. enme ginain frnds kudhin kiyaa adu ivey teams e huree liyefa… neynge pronounce kurevifa huri goiy vx rangalhu vaane kameh.. hehe.. don’t mind it plxx.. i just wrote that football stuff randomly.. hehehe..
      AND REESH MASHAKAH NEYNGE AASH BRW AND DHONBE SUPPORT KURAA TEAM EH.. KUREE BAIGA MI BUNEE.. ENGIGENNEH NOON E HUREEKEE LIYEFAKAA

    3. ŘęęśhÅ ÇøřõňÄ
      Nayaa

      Hahah koyaaa magaathah vx are hini aash new arsenal v ma??? ma hithah araigi Kon iraku baa ey egolaa arsenal ah support kuran feshee… Juventus ge golaeh arsenal v ma dhw ???????

  2. Shaleen

    Hi ?
    Surprise vejjaetha ?
    Ufaaves vejje dho?
    ????
    Okay hows you Nayaa?
    Shaleen ummeedh kuran rangalhu kamah.
    Dhen aslu v majaa ingey mi part … ?
    Molhu kujjei thee ingey. Ma sha Allah
    Dhen good luck for the exams ingey
    Buneemennu dho vaguthei veema Naaya ge story kiyaalaanamey. ?
    V v v like vey mi vaahaka kiyaakan
    ❤️❤️❤️
    Luv u so much and miss you a lot ?

  3. ?herrr_fai?

    heyy nayaa.. mi part ves hama varah varah reethi as always.. and dont tell sorry..we understand it..and get well soon..( dont tell sorry) thats ur dialogue dhw.. hehe … but now i’m telling that… dont feel sorry sis..
    and stay home.. stay safe
    lyyyyyyyyyyyyyyyyssssssssssmmmmmmmmm

  4. Nayaa

    hama enme furathamavx reply dheynee alhuganduge lwbi lwbi leen sis ah.. hehe.. yhh vrh bodah surprise vejje…. ekm surprise ah vure bodah ufaa vejje leen sis ge cmnt enme furathama ai kan enguneema.. vvvvvvvv happy.. yhh mihaaru kudakoh ok alhamdulillah.. leen sis vx ok kamah mi unmeeedhu kuranee.. awwwn alheyyy tysssssmm sisooooo… vvvv happy sis mi stry kiyaalaa kan enguneema.. yhh thnx.. insha allah i will do my best.. nayaa vx vrh like vey leen sis ge poem kiyaalan.. love you much much much more and miss you much much much moreeee… ss

  5. Nayaa

    Thia rpl goes to Fai..
    tyssssmm darl.. hehe yhh nayaa ge dialogue mifaharu thi kiyalee fai dhw.. hehe thnx for understanding.. u 2 stay home and stay safe dear..lymmmmmmmmmmmmmm

  6. Nayaa

    mee alhuganduge lwbi vaa REESHA CORONA ah v rpl.. just for her.. heheh..
    aekey koyaa dhn ingeynu mashakee maa football meeheh noon kan dhw.. ekam manje mennaa jehunu fahun ma mihaaru kudakoh match thah balan feshey eba.. hehe.. enme fahun football ais mashaa avanulaifiyyaa rangalhu.. hahaha.. aan dhen aash brw kairi buney vrh maafey ingey

    1. ŘęęśhÅ ÇøřõňÄ
      Nayaa

      E rangalhu vaaney Koyaa… Ey enme fahun Yaash ninmanee dhw.. Avahah sai dhee… Manje mi Naira mee manje ge dhevana version dhw… Raisha magey dhevana version dhw.. Hmm mihaaru eba getu vey… Yaash aa Reesha ge romance eh annaane thr.. Koba next part kon irakun

    2. Nayaa
      Nayaa

      amayyaai yaash dhonbe e innanee manje aa ey… reesha akee hama manje thedhah bunangnaa.. e magaameh ehen meehakah nulibeyne.. eheveema manje ennu aharunnah sai dheyn jeheynee.. dhakkaa moya vhk… hehe aslu nai and rai sifa kohdheefa e inee mashaa lilly sis ge gothah.. ekm dhn thihen vx bunevidhaane.. aan yaashaa reesha gesuhaagrath annaane konmes varakah.. ekm dhn mashakah nukereyne maa bodakah liyaakah.. ehen noonas mashakah nuvx ingeyne ekahala ehchehi liyaakahvx.. hehehe… nxt prt miadhu 12 jehi riu liyefa submit kohlaifin… adhivx pub eh nukohdhey.. rillu kairi buney aatte kairi bunaashey kithanme bali koh ulhemun viyas magey stry pub kohdheyshey.. eyrun baiypen gengosdheynamey

Comments are closed.