ތިޔަ ލޯތްބަށް އެދެމޭ 2 – 7
ކުޅެ ނިންމައިގެން އިންޝާ އާއި މިޝްޔާ ދިޔައީ ފެންވަރަންށެވެ. އިންޝާ ލީ ނޫ ކުލައިގެ އަތްދިގު ޓީޝާޓަކާއި އާދައިގެ ހަރުވާޅެކެވެ. އަދި ފަން ދިގު އިސްތަށިގަނޑަށް އެއްވެސް ކަމެއް ނުކޮށް ތުންފަތުގައި ރަތް ކުލައިގެ ލިޕް ގްލޮސް ހާކާލިއެވެ. މިޝްޔާ ލައިގެން ހުރީ ރަތް ކުލައިގެ ޓީޝާޓަކާއި ޗޮކްލެޓް ކުލައިގެ ޖީންސް އެކެވެ. އެ ބުޅި އިސްތަށިގަނޑު އައްސާލާފައި ހުރި އިރު ނިކަން ރީއްޗެވެ. ތައްޔާރު ވެ ނިމިގެން ނާޔާ މެން އަންނަންދެން ބޭރުގައި އިންޝާ އާއި މިޝްޔާ ތިއްބެވެ. ކުއްލިއަކަށް އިންޝާމެން ސިހުނީ މީހަކު ފަހަތުން ހަޅޭއްލަވައި ގަތުމުންނެވެ.
**7 ވަނަ ޕާޓު**
“ސަޕްރަާއިޒް ގާރލްސް…” ފަހަތުން އިޝާންގެ އަޑު އިވުމުން އިންޝާ އާއި މިޝްޔާ ބަލާލީ އެދިމާއެވެ.”ސާބަސް… ކިރިޔާ ބިރުން ހަލާކު ނުވީ…” އިންޝާ އިޝާން އާއި ދިމާއަށް ލޯ އަޅާލަމުން ބުންޏެވެ.”އެބުނީ ތެދެއް…” އިންޝާ އާއި އެއްބައި ވަމުން މިޝްޔާ ހީލިއެވެ.”ދަނީ އެނގޭ…” އިޝާން އަތް ހޫރުވާލާފައި މިޝްޔާމެން ގެއަށް ވަނެވެ. އެވަގުތު ވީ ނާޔާ މެން ވެސް އައި ވަގުތަށެވެ.
“އަޅޭ މިޝްމެން ހާދަ ލަކީ އޭ… އެއޮށް ރީތި ބޯއިޒް އާ އެކީ އުޅޭނެ ޗާންސް އެބަ ލިބޭ… އިނާގެ ދޮންބެ އަކީ ނުލާހިކު ހޭންސަމް މީހެއް… އަނެއްކޮޅުން ރާކިން ވެސް… ދެން އެހެރަ އުޅޭ އިޝާން ވެސް… މާއިން އާ އިޝާން އެއީ މިދިޔަ އަހަރު މުޅި ސްކޫލްގަ އުޅުން އެންމެ ރީތި ކުދިން… ކިޔަވަން އެހާ މޮޅު… ދެން އެހާ ކެއަރިންގ ކުދިން ކޮޅެއް… އިޝާންގެ ގާރލް ފްރެންޑް އަށް ވާނެ ޗާންސް އެއް ލިބޭނެ ނަމަ ކިހާ ރަނގަޅު..” ނާޔާ ހިޔާލީ ގޮތަކަށް ހުރެ ވާހަކަ ދެއްކިއެވެ.”ސާބަހޭ ނާ… ދޮންބެ ސެޓް ކޮށްދޭން ވީތަ..” އިންޝާ މަޖާ ގޮތަކަށް ހީލިއެވެ.
“މައި ގޯޑް… ނުކެރޭނެ..” ނާޔާގެ މޫނު އެކަށްހެން ރަތްވިއެވެ.”ތީ ތި ވާވަރު… ދެން ކިހިނެއް އަހަރެމެން އުޅޭހެން އުޅެވޭނީ…” މިޝްޔާ ދެއަތް ޖޯޑު ކޮށްލި އެވެ.”ހެވޭ ހިނގާ ދާން ޔޫހާ…” ނާޔާ ބޯ ކަހާލަމުން ބުންޏެވެ.”ލޮލް ހިނގާ…” މިޝްޔާ ގެއަށް ވަންނަމުން ހީގަތެވެ. އިންޝާ ވެސް ފަހަތުން ވަނެވެ. އިޝާން ހުރީތީ ބިރުގަނެގެންނެވެ. ނަމަވެސް ހިތް ހަމަ އަކަށް އަޅުވާލަމުން މިޝްޔާގެ ކޮޓަރިއަށް ވަނެވެ.
ގްރޫޕް ސްޓަޑީޒް މެދު ކެނޑުނީ މަޣުރިބު ނަމާދަށް ގޮވާ އަޑަށެވެ. އިންޝާ މެންގޭގައި އެންމެން ނަމާދުކޮށް ނިންމައިގެން އަނެއްކާ ވެސް ފެށިއެވެ. މިރޭ ނިންމަން ހަމަޖެހިފައި އޮތީ ނުވަގަޑި ތިރީހަށެވެ. ފޮތް ހުޅުވައިގެން މުހިންމު ޕޮއިންޓް ތައް ނޯޓް ކުރަން އިން އިންޝާ ސިހުނީ މީހަކު ދޮރު ހުޅުވި އަޑަށެވެ.”ހާދަ ބިރެއް ތި ގަތީ… މިއައީ ޕެން ޑްރައިވް ބަލާ…” މާއިން ހިނިގަނޑެއް ޖަހާލާފައި ޕެން ޑްރައިވް ހިފައިގެން ކޮޓަރިން ނިކުތެވެ.”އަޅޭ މަގޭ ހިތް ހަމަ ހުއްޓިއްޖެ… ހާދަހާއޭ ރީތީ…” ނާޔާ ހިތާއި ދިމާލުގައި އަތް އަޅާލަމުން ހިޔާލީ ގޮތަކަށް ހީލިއެވެ.”ކިޔަވަންޏާ ކިޔަވަބަލަ… ޑިނާ އަށް ދާ ގަޑީގަ ހުރޭ ބަލަހައްޓައިގެން…” މިޝްޔާ ހެމުން ދިމާކޮށްލިއެވެ. ޔޫހާ ވެސް މަޑުމަޑުން ހީލިއެވެ.
ޔޫހާ އަކީ މަޑުމައިތިރި ކަމަށް ލޯބި ކުރާ ކުއްޖެކެވެ. ކޮންމެހެން ބުނަން ޖެހޭ އެއްޗެއް ނޫނީ ޔޫހާ ނުބުނެއެވެ. ޔޫހާ މަޑުން ހުންނަ ސަބަބަކީ އޭނާގެ މައިންބަފައިން ނެތުމެވެ. ފެށުނީއްސުރެ ޔޫހާއަކަށް އޭނާގެ މަންމައެއް ބައްޕައެއް ފެނިފައެއް ނެތެވެ. މިހުރިހާ ދުވަހަކު ވެސް އުޅުނީ ޔޫހާގެ ދައްތަ ޔައިނާ ކަރިއީގައެވެ. ޔައިނާ ދިރިއުޅުމެއް ނުފަށައި ވެސް ހުންނަނީ ޔޫހާއަށް ޓަކައެވެ. އެހެން މީހުން މައިންބަފައިން ކައިރީގައި އުޅޭތަން ފެނުނީމަ ޔޫހާ އަބަދުވެސް ދެރަވެއެވެ. ނަމަވެސް އެކަން ދައްކަން ބޭނުން ނުވާތީ ހިނިތުންވުމަކުން ފުއްދާލަނީއެވެ.
“ޔޫހާ އަނެއްކާ ހިތް ކީތަ…” ނާޔާ އަހާލިއެވެ. ޖަވާބު ދިނުމުގެ ބަދަލުގައި ޔޫހާ ބޮލުގެ އިޝާރާތުން ނޫނެކޭ ބުންޏެވެ.”އިނގޭ ޔޫހާ ވަރަށް ބަސްއަހާނެ… ދޯ…” އިންޝާ ޔޫހާގެ ގައިގައި ކުޑަކޮށް ބައްދާލަމުން ބުންޏެވެ.”ނާޔާ ވެސް ދެން ފިރިހެން ކުދިންނަށް ތުއި ދެއްކުން ހުއްޓަން ވެއްޖެ..” މިޝްޔާ ބުންޏެވެ.”ވަރަށް… އަހަރެން ހުއްޓައިފިން…” ނާޔާ ވަގުތުން ޖަވާބު ދިނެވެ.”ދެން އަވަހަށް ހިނގާބަލަ ފިލާވަޅު ހަދަން…” އިންޝާ ކުރަން އިން މަސައްކަތަށް ސަމާލުކަން ދެމުން ބުންޏެވެ. މިޝްޔާމެން ވެސް އެއްބަސްވެފައި އަމިއްލަ މަސައްކަތާއިގެން ކުރިއަށް ދިޔައެވެ.
“އަންނާށޯ ހުރިހާ ކުދިން ކާން…” ދޮރު ހުޅުވާލާފައި ރާކިން ބުންޏެވެ. މިފަހަރު ނާޔާ ވަރަށް ނޫން ކަމަށް ހެދެމުން ދުރު ބަލާލިއެވެ. އެތަން ފެނުމުން މިޝްޔާ ހީލިއެވެ.”މި ދަނީ އިރުކޮޅަކުން… ތިއްތި ދޭ…” އިންޝާ ފޮތްތައް ލައްޕާލަމުން ޖަވާބު ދިނެވެ. ރާކިން އެއްޗެކޭ ނުބުނެ ކޮޓަރިން ނުކުމެގެން ދިޔައެވެ.”ނާޔާ ޔު ޑިޑް އަ ގްރޭޓް ޖޮބް އިނގޭ… ދެން ތިގޮތަށް ކޮންމެ ފަހަރަކު ހެދޭތޯ މަސައްކަތް ކުރައްޗޭ….” މިޝްޔާ ނާޔާ ކޮނޑުގައި ޖަހާލަމުން ބުންޏެވެ.”ހެހެ ތެންކްސް… ޔާ ބަލާނަން..” ނާޔާ ބުންޏެވެ.
ނުވަ ގަޑި ބައިވި އިރު ނާޔާ އާއި ޔޫހާ ތިބީ ގެއަށް ދާން ތައްޔާރު ވެގެންނެވެ.” ބާއި މިޝް އެން އިނާ… ” ނާޔާ ގެއިން ނިކުންނަމުން ބުންޏެވެ. އިންޝާމެން ހީލާފައި ގެއަށް ވަނެވެ. އޭރު މާއިން ސޯފާގައި އޮށޯވެގެން ފޯނާއި ކުޅެން އޮތެވެ.”އޭއި ދޮންބޭ… މާދަން އިނާ ތަނަކަށް ލާން ދެވިދާނެތަ…” އިންޝާ މާއިން ކައިރީގައި އިށީންނަމުން އަހާލިއެވެ.”މާދަން ސްކޫލް ހުޅުވޭ ދުވަސް މީ… ދޮންބެ ގިނައިން އުޅެން ޖެހޭނީ ކޮލެޖްގަ….” މާއިން ބުންޏެވެ.”ސްކޫލަށޭ.. މާދަން އޮތީ އިސްލާމް ޓެސްޓް މިހާރު ގާތްގަނޑަކަށް ފޮތް އެކަށް ހިތުދަސް ކޮށްފިން.. އެހެންވެ ނުޖެހޭނެ ދެން އިތުރު މަސައްކަތެއް ކުރާކަށް…” އިންޝާ ވާހަކަ ދެއްކިއެވެ.
“އޯކޭ … ދެން ދޭ އޮށޯންނަން…” މާއިން ފޯނު ނިއްވާލަމުން ބުންޏެވެ.”ހްމްމް ގުޑް ނައިޓް ސްޓުޕިޑް މާން…” އިންޝާ ބުންޏެވެ.” ގުޑް ނައިޓް ޕިންކް ސްޓާރ އެންޑް މާޝްމެލޯ…” މާއިން ކޮޓަރިއަށް ވަންނަމުން ބުންޏެވެ.”ފޮނިގަނޑު …” މިޝްޔާ އެހެން ބުނެފައި ކޮޓަރިއަށް ވަނެވެ. އިންޝާ ވެސް އިންޝާގެ ކޮޓަރިއަށް ވަނެވެ.
އަނެއް ދުވަހު ހެނދުނު ހަތްގަޑި ތިރީސް ވީއިރު އިންޝާ އާއި މިޝްޔާ ހުރީ ޓެސްޓަށް ދާން ތައްޔާރުވެގެންނެވެ.” ހިނގާ ދާން… ” މާއިން އާއި ރާކިން ކޮލެޖަށް ދާން ތައްޔާރު ވެގެން ނިކުތެވެ. މާއިންމެން ކޮލެޖަށް ދާން ޖެހެނީ އަށެއް ޖަހާއިރެވެ. އިންޝާމެން ދާން ޖެހެނީ ހަތް ގަޑި ސާޅީސް ފަހަކަށެވެ. އެހެންކަމުން ރާކިންމެން ނިންމީ އިންޝާމެން ލައިފައި ގެއަށް ނައިސް ކޮލެޖަށް ދިއުމަށެވެ.
“އަވަހަށް ހިނގާ…” މިޝްޔާ ބުންޏެވެ. “ސާބަހޭ ތިހާ އަވަސް ނޭރުވިޔަސް ރަނގަޅު ވާނެ…” ރާކިން ބުންޏެވެ.”ދެން… ހިނގާ ދާން…” އިންޝާ ތުން ދަމާލާފައި ހިނގައިގަތެވެ.”އޭއި މިޝް އެން އިނާ… ރަނގަޅަށް ޓެސްޓް ހަދާތި… މާ އަވަސް އަރުވައިގެން ނޫޅެއްޗޭ…” ލުޔާ ލޯބިން ބުންޏެވެ.”ރަނގަޅަށް ސުވާލު ކިޔައްޗޭ…” އިލްޔާ ވެސް ހީލިއެވެ.”ލައްބަ މަންމާ… ތިއްތާ އަހަރެމެން އެހާ ފަރުވާ ކުޑައެއް ނުކުރާނަމޭ މީ ޕްރިފެކްޓުންނޭ…. ފަރުވާ ބެހެއްޓީމަ ދޯ ޕްރިފެކްޓް ކަން ލިބުނީ… ޓެސްޓުން ފާސް ވޭތޯ ބަލާނަން މިއަހަރު ވެސް…” އިންޝާ މިޝްޔާ އަތުގައި ހިފާލަމުން ހިނިތުންވިއެވެ. އިލްޔާ އާއި ލުޔާ ވެސް ހީލިއެވެ.
“ގުޑް ލަކް…” ރާކިން ސްކޫލާއި ހިސާބަށް ގޮސްފައި ބުންޏެވެ.”ތެންކްސް ތިއްތީ..” މިޝްޔާ އާއި އިންޝާ ޖަވާބު ދިނެވެ.”ދޮންބެގެ ފަރާތުން ވެސް އިނގޭ..” މާއިން އިންޝާއާއި މިޝްޔާގެ ކޮލުގައި ކޮއްޓާލަމުން ބުންޏެވެ.”ދޮންބެއަށް ވެސް ތެންކްސް…” މިޝްޔާ ހީލިއެވެ. އިންޝާ މާއިން އަތުގައި ބައްދާލިއެވެ.”އަވަހަށް ދޭ އެއޮށް ވައްދަނީ…” މާއިން ގޭޓާއި ދިމާއަށް އިޝާރާތް ކޮށްލުމުން އިންޝާ އާއި މިޝްޔާ ވެސް ހިނގައިގަތީ ވަންނަންށެވެ. ރާކިން އާއި މާއިން އަނބުރާލާފައި ކޮލެޖަށް ދާން ހިނގައިގަތެވެ.
އިންޝާ އާއި މިޝްޔާ ޓެސްޓު ހަދާ ނިންމާލާފައި ސްކޫލުން ނިކުތީ އެކި ވާހަކަ ދައްކަމުންނެވެ. އެއީ އެމީހުންނަށް ޓެސްޓުގެ ހުރިހާ ސުވާލަކަށް ރަނގަޅު ޖަވާބު ދެވުނުކަން ޔަގީންވާތީއެވެ. އޭރު ގޭޓް ކައިރީގައި އިންޝާމެން ކްލާސް ދެތިން ކުއްޖަކު ވާހަކައިގައި ތިއްބެވެ. އިންޝާމެން ވެސް ގޭޓުގެ އަނެއް ފަރާތުގައި މަޑުކޮށްލީ ރާއިލް އަންނަންދެންނެވެ. އެވަގުތު ޔޫހާ އާއި ނާޔާ އައެވެ.”އިނގޭތަ މިއަދު ސަރ ކިޔުއްވި އެއްޗެއް…” ނާޔާ އައިސް އަހާލިއެވެ.”ނޫނޭ ބުނީމަ ދޯ އިނގޭނީ…” މިޝްޔާ ބުންޏެވެ.”މި ސްކޫލްގަ އުޅެނިއްޔޯ ވަރަށް އެހެން ކަހަލަ ބޯއިޒް… ވަރަށް ބްލެކްމެއިލް ކުރެއޯ… އަހަރެމެން ދެމީހުންނަށް ވެސް އިވުނީ ސަރ އެހެން ޓީޗަރެއް ކައިރީ ދައްކަނިކޮށް ދެންމެ… ސަރ އަށް ވެސް ބްލެކްމެއިލް ކުރިއޯ ކޮންމެސް ކަމެއް އިނގުނީމަ އެކަން ފޮރުވަން…” ނާޔާ ކިޔާދިނެވެ.
“ތި ނުވާނެ ރަނގަޅު ބަޔަކަށް… ދެން އަހަރެމެން ކީއްކުރާނީ…” އިންޝާ ހިތުގައި ކުޑަ ބިރުވެރިކަމެއް އުފެދުނެވެ.”ނޭނގެ ދޯ ކުރާނެ ކަމެއް ވެސް… އަހަރެމެންވެސް ބިރުގަނެއްޖެ…” ނާޔާ ބުންޏެވެ.”ޔޫހާ..” ޔައިނާ ގޮވާލި އަޑަށް ނާޔާ ސިހުނެވެ. ނާޔާ ހީކުރީ ޔައިނާ އަށް އޭނަ ދެއްކި ވާހަކަތައް އަޑު އިވުނީ ކަމަށެވެ.”ކޮން ވާހަކައެއްގަ ހުރިހާ ކުދިން… ޓެސްޓު ކިހިނެއް…” ޔުލްވާ ހީލަމުން އަހާލިއެވެ.”ރަނގަޅު ހަމަ… މިތިބީ ބަލައި އަންނަންދެން…” އިންޝާ ޖަވާބު ދިނެވެ. ޔޫހާ އަވަހަށް ޔައިނާ އާއި އެކީ ހިނގައިގަތެވެ.
“އަހަރެން ހީކުރީ ޔައިނާދައްތައަށް ހުރިހާ ވާހަކައެއް އަޑު އިވުނީ ކަމަށް.. ” ނާޔާ ދެލޯ ބޮޑުކޮށްލަމުން ބުންޏެވެ.”ސާބަސް… ރާލް ބޭބެ އައިއްސި…. ބާއި ދަނީ…” މިޝްޔާ އަތް ހޫރުވާލާފައި ރާއިލް ކައިރިއަށް ދިޔައެވެ. އިންޝާ ވެސް ފަހަތުން ދިޔައެވެ. ނާޔާ ވެސް ހީލާފައި ގެއަށް ދާން މިސްރާބު ޖެހިއެވެ. ނާޔާ ގެއަށް ދަނީ އެކަންޏެވެ. ނާޔާ ހިނގަމުން ދަނިކޮށް މީހަކު ފަހަތުން އަންނަހެން ހީވެގެން ހުއްޓުނެވެ. މަގުގައި މީހަކު ފެންނާކަށް ނެތެވެ. ކުއްލިއަކަށް ނާޔާ ނުވިސްނައި ހުއްޓައި ނާޔާގެ އަތުގައި ހިފާފައި ހަނި ގޯޅިއަކަށް ވެއްދިއެވެ. ނާޔާ ހަޅޭއްލަވައި ގަންނަން އަނގަ ހުޅުވާލާފައި ހުއްޓަން މަޖުބޫރުވީ އެމީހަކު އަނގަމަތީގައި އަތް އެޅުމުންނެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


