އެ ބިރުވެރި ރޭ ( ހުރިހާ އެޕިސޯޑެއް އެކީ ) އިސްލާޙުކުރެވިފާ
އެ ބިރުވެރި ރޭ……
އާދައިގެ މަތިން ޔަމާނީ ރޭގަނޑުގެ އެކްސްޓަރ ކުލާސް ނިންމާފައި ގެއަށް ދާން ހިނގައި ގަތީ އެކަނިމާ އެކަންޏެވެ. ރޭގަނޑުގެ އަނދިރިކަމުގެ ސަބަބުން ޔަމާނީގެ ހިތަށް ވަނީ ބިރުވެރި ކަމެއް ވެރިވެފައި އެވެ. އޭނާ ފޮތްތައް މެއާއިލާ ބޮނޑިކޮއްލީ ގަސްތަކުގެ ތެރެއިން ވާލެއް ރޮއެގަތް އަޑަށެވެ. އޭނާގެ ގެ ހުންނަނީ މީހުން ދިރިއުޅޭ ސަރަހައްދާއި ތަންކޮޅެއް ދުރުގައި ކަމުން ޔަމާނީ ކެތްތެރި ކަމާއެކު ހިނގަމުން ދިޔަ އެވެ. ކުއްލިއަކަށް ޔަމާނީގެ ރީތި ކަޅުކަން ގަދަ ފަން ދިގު އިސްތަށިގަނޑު ގައި ހިފާ މީހަކު ދަމައިގަތެވެ.
ޔަމާނީއައް ވަގުތުން އެއީ ކާކުގެ ޖެެއްސުމެއްކަން ނަގައިގަނެވުނެވެ. ވީތަދުންނާައި އައި ރުޅިން އޭނާ ވަގުތުން ފަހަތަށް އެނބުރި ހަޅޭލަވައި ގަތެވެ. ” ނުފައިލް ! ތީ ކޮން ކަމެއް ؟ މަގުމަތިން ދާހާ އަންހެން ކުށްޖެއްގެ ފަހަތުން މިކަހަލަ ރޭގަނޑު ދުވާކަށް ލަދެއް ނުގަނޭތަ ؟ މިހާރު ވެސް އަހަރެންނަށް ކުރެވޭ ޖެއްސުންތައް ކުޑަ ވެގެންތަ އަހަރެންގެ ގަޔަށް ބޮލަށް ތިއަރަނީ؟ ” “އުނދަގޫލެއް ނުކުރާނަމޭ މަށާއި ރައްޓެހި ވީމަކާ….އަޅެ ބުނެބަލަ ތިކަހަލަ ރީތި މަލެއް ބޭނުން ނުވާނީ ކާކުތަ؟” ޔަމާނީގެ ލޯބި ފޮއްފޮއް ދޮން މޫނު ގައި ބީހިލަމުން ނުފައިލް ބުންޏެވެ.
ނުފައިލްގެ ވާހަކަތައް ހުރި ގޮތުން ޔަމާނީގެ ކުޑަކުޑަ ހިތަށް ބިރުވެރިކަމެއް ވެރިކުރުވިއެވެ. ނަމަވެސް ހިތްވަރު ކޮށްފައި ނުފައިލްގެ އަތް ފޮޅުވައިލުމަށްފަހު ޔަމާނީ ބުންޏެވެ. “ހަބަރުދާރު ! މަގޭ ގައިގައި އަތް ނުލާތި ! ދެން މަގައިގައި އަތް ލައިފިއްޔާ މަމީ ކާކު ކަން އަންގައިލާނަން. ނުފައިލް ޖަހާހާ ބެރަކަށް ނަށާކަށް މަމީ ނުފައިލްގެ ބުދެއް ނޫނޭ.” ޔަމާނީ ހަމަ އެހެން ބުނުމާއެކު ނުފައިލް ޔަމާނީގެ ހިމަހިމަ އުނަގަނޑުގައި ހިފާ އޭނާގެ ކައިރިއަށް ދަމައިލިއެވެ. ” އަޅެ ބުނެބަ ކީއްކުރެވޭނީ ؟ ކިހިނެށް ހެދޭނީ ؟ ” ނުފައިލް ނުލަފާ ގޮތަކަށް ހީލުމަށް ފަހު އެއް ބުމަ ހިއްލައިލާފައި ބުންޏެވެ. ނުފައިލް ހަމަ އެހެން ބުނުމާއެކު ، ޔަމާނީ ބަލަން ބަލާކަށް ނުހުރެ ނުފައިލްގެ މޭގައި އަތް އަޅާ ކޮށްޕައި ލުމަށްފަހު ދުއްވައިގަތެވެ. ފޮތްތައް ވެސް އޭގެ އަމިއްލަ ހާލަށް ދޫކޮށްލާފައެވެ. އެކަހަލަ އެއްވެސް ކަމަކަށް ތައްޔާރު ނުވެ ހުރި ނުފައިލްއަށް ، އެވަގުތު އޭނާގެ ހަށިގަނޑު ބެލެންސް ނުކުރެވިގެން ވެއްޓުނެވެ. ނުފައިލް އައި ރުޅިން ގޮށްމުށުން ބިންމަތީ ޖަހާފައި ހަޅޭއްލަވައި ގަތެވެ. “ޔަމާނީ ! މިއަދު ޔަމާނީއަށް ތިހެން ދެވިދާނެ. އެކަމަކު މާދަމާ އެއީ އަހަރެންގެ ދުވަސްކަން ހަނދާން ބަހައްޓާއްޗޭ !” ޔަމާނީއަށް ވަރުގަދަ އިންޒާރެއް ދެމުން ނުފައިލް ތެދުވެ ހިނގައި ގަތެވެ.
ދުވަމުން ދުވަމުން އައިސް ޔަމާނީ ގެއަށް ވަން އިރު ޔަމާނީ ހުރީ ބިރުން ގޮސް ހަލާކުވާ ވަރު ވެފައެވެ. އޭނާގެ ހިތް ހީވަނީ ދެންމެ ދެންމެ މޭ ފަޅާފައި ނުކުމެދާނެ ހެންނެވެ. ބިރުގަނެފައި ހުރި ވަރުން ޔަމާނީގެ ރީތި ބޮޑު ފެހި ދެލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައެވެ. ޔަމާނީ ގެއަށް އައި އަޑު އިވުމާއި އެކު ކައިގޭގައި ހުރި ޔުބީން ބޭރަށް ނުކުތެވެ. އެވަގުތު ޔުބީންއަށް ފެނުނު މަންޒަރުން އޭނާގެ ހިތް ފަޅައިގެން ނުދިޔައީ ކިރިޔާ އެވެ. ވާނީ ވެސް އެހެން ތާއެވެ. ހުރި ހަމައެކަނި ދަރިފުޅު ރޯތަން ފެނުމުން ދެރަ ނުވާނީ ކޮން މައެއް ހެއްޔެވެ ؟ އޭނާ ދުވެފައި ގޮސް ޔަމާނީގެ ގައިގާ ބައްދައިލާ ކީއްވީތޯ ސުވާލު ކުރިއެވެ. “ކަމެއް ނުވެޔޭ މަންމާ. ކުޑަކޮށް ބަނޑުގައި ރިއްސާތީ.” ޔަމާނީ އޭނާ ރުޔުމަށް ދިމާވި އަސްލު ސަބަބު ޔުބީންއަށް އޮޅުވައިލިއެވެ. “އެހެން ވެއްޖެއްޔާ ދޭކައިގެން އަރާމު ކޮށްލަން. މަންމަ ހުންނާނެ ދަރިފުޅަށް އެންމެ މީރު މަސްބަތް ހަދާފަ. ކައިގެން އަރާމު ކޮށްލީމާ ރަނގަޅު ވާނެ.” ޔުބީން ހީލަމުން ޔަމާނީގެ ބޮލުގައި ފިރުމައިލިއެވެ.
އެއް ހަފުތާ ފާއިތުވީއިރު ވެސް ނުފައިލްގެ އެއްވެސް އުނދަގޫލެއް ނުވާތީ ޔަމާނީ ހުންނަނީ ވަރަށް ބޮޑަށް އުފާ ވެފައެވެ. ކުރިމަތިވަމުން އަންނަ ބޮޑު ކޮޅިގަނޑުގެ ހިލަމެއް ނުވާ ޙާލުގައި އެވެ.
ދުވަސްތައް ފާއިތުވަމުން ދަނީ އެސްފިޔަ ޖަހާލާހާބާރު މިނުގައިއެވެ. މިރޭ ވެސް ޔަމާނީ ހިނގަމުން އެދަނީ އެކްސްޓަރ ކުލާސް ނިންމާފައި ގެއަށް ދިޔުމަށްޓަކައެވެ. އޭނާގެ ރީތި އަޑުން އަޅުވައިލާއި ހުރި ރާގުގެ އަޑު އިވޭ މީހެއްގެ ހިތް ލޯބިން ވިރިގެން ދާނެއެވެ. ކުއްލިއަކަށް ޔަމާނީގެ ހަރަކާތްތަކަށް ހުއްޓުމެއް އައީ ޖާނުން ވަރުގަދަ ދެ ޒުވާނުން އޭނާގެ ކުރި ބައްދައިލުމުންނެވެ. އެ މީހުން ފާޑަކަށް ޔަމާނީއާއި ދިމާއަށް ބަލަހައްޓައިގެން ތިބުމަށް ފަހު ކުށްލިއަކަށް ޔަމާނީއާއި ކައިރިވާން ފެށިއެވެ. ޔަމާނީގެ ހިތަށް ނުރައްކަލެއް ކުރިމަތި ވަމުން އަންނަ ކަމުގެ ބިރުވެރިކަން ވެރިކުވީ ދެނެވެ.
މެއާއިލާ ފޮތްތައް ބޮނޑިކޮއްލައިގެން ޔަމާނީ ފަހަތަށް ޖެހެމުން ދިޔައީ ﷲގެ ޙަޟްރަތުން ސަލާމަތް އެދި ދުޢާ ދަންނަވަމުންނެވެ. ފަހަތައް ޖެހެމުން ޖެހެމުން ގޮސް އޭނާ ޖެހުނީ ފަހަތުގައި ހުރި ރުކެއްގައިއެވެ. އެފުރުސަތުގެ ބޭނުން ހިފާ އެ މީހުން ޔަމާނީގެ ގައިގާ ބާރަށް ހިފެހެއްޓިއެވެ.”ހަމަމިހާރު އަހަރެންގެ ގައިން ދޫކުރޭ! މި ބުނީނު ދޫކުރާށޭ! “ބިރުގަނެގެން ގޮސް ފެންކަޅިވެ ތުރުތުރު އަޅާ ހާލުގައި ވެސް ޔަމާނީ ހިތްވަރު ކޮށްފައި ހަޅޭއްލަވައިގަތެވެ.” އަނގަމަޑުން ލައިގެން ހުރޭ! އެހެން ނޫނީ ގޮތެއް ހަދަން ޖެހިދާނެ! ” އެތަނުން އެކަކު ޔަމާނީއާއި ދިމައިލައް ހަރުކަށި ކަމާއި އެކު ހަޅޭއްލަވައި ގަތެވެ. ސަލާމަތް ވާނެ އެއްވެސް މަގެއް ޔަމާނީއަށް ނުފެނުމުން އޭނާގެ ލޮލަށް ޖަމާވެފައި ހުރި ކަރުނަތައް އެއްވެސް ހިފެހެއްޓުމެއްނެތި އޭނާގެ ކޯތާފަތް މައްޗަށް ފައިބައި ގަތެވެ.
ސަލާމަތައް އެދި ޔަމާނީ ގޮވުމުން ދިޔަ އިރު ވެސް އެމީހުންގެ ހިތަށް އެއްވެސް އަސަރެއް ކުރިހެނެއް ހިޔެއް ނުވެއެވެ. އެމީހުން ގޮސް ރޮއެރޮއެ އޮތް ޔަމާނީ އެތާނގައި ހުރި ފަޅު ގެއަކަށް ވައްދާ، އެތަނުގައި ހުރި ފަތްޖެހި އެނދެއްގައި އެނިކަމެތި ކުއްޖާ ބާއްވާފައި އެފަކީރަށް ގުޑި ނުލެވޭ ވަރަށް ބަނެވެ. އޭގެ އިރުކޮޅެއް ފަހުން އެތާ ތިބި އެންމެން ފޮނުވައިލާފައި ޔަމާނީގެ ކައިރިއަށް އެއައީ ނުފައިލް ނޫން ދެވަނަ ދެމީހެއް ނޫނެވެ.
“ކޮބާ ޔަމާނީ … އެބަކަމެއް ކުރެވޭތަ؟ މިރޭ ޔަމާނީ ޖެހޭނީ އަހަރެން ހެދިހާ ގޮތެއް ހަދަންދެން ތިހެން ރޯލަރޯލަ އޮންނަން. “ނުލާ ފާޑަކަށް ނުފައިލް ހިނިގަނޑެއް ޖަހައިލުމަށް ފަހު އޭނާ ޔަމާނީގެ ކައިރިއަށް އަންނަން ފެށިއެވެ.” ނުފައިލް… ނޫން އަހަރެންނަށް ތިހެން ނަހަދާ. އަހަރެންނަށް މައާފް ކުރޭ. ހެޔޮނުވާނެ އަހަރެން ދޫކޮށްލާ. އާދޭސް ކުރަން. ” ރޮމުން ގިސްލަގިސްލައިފައި އާދޭސް ކުރަމުން ދިޔަ ޔަމާނީގެ އެއްވެސް އާދޭހެއްގެ އަޑު ނުފައިލްއަށް ނީވޭ ކަހަލައެވެ. ނުފައިލް ދިޔައީ އޭނާ ހިތަށް އެރިހާ ގޮތެއް ޔަމާނީއަށް ހަދަމުންނެވެ.
ނުފައިލްގެ ހިތް ފުރޭވަރު ވުމުން އޭނާ ޔަމާނީއާައި ދުރުވެލުމަށް ފަހު ޔަމާނީގެ އަތާއި ފައި އައްސާފައިވާ ވާތަށް މޮހާލައިފައި، ޔަމާނީއާއި ދިމާލަށް ނުރައްކާތެރި ކަމާއެކު ބަލައިލިއެވެ. އަދި ހީލުމަށް ފަހު އޭނާ ޔަމާނީގެ މޫނުގައި ދެއަތުން ހިފަހައްޓައިލަމުން ބުންޏެވެ.”ޔަމާނީ…މިރޭ މި ހިނގައި ދިޔަ އެއްވެސް ކަމެއްގެ ވާހަކަ މީހެއްގެ ކައިރީގައި ބުނެފިއްޔާ ޔަމާނީގެ ހިތަށް ވެސް ނުގެނެވޭނެ ދެން އަހަރެން ޔަމާނީއަށް ހަދާނެގޮތެއް… ހަނދާން ބަހައްޓާއްޗޭ. “ޔަމާނީގެ މޫނުން އޭނާގެ ދެއަތްތިލަ ނައްޓާލާފައި ހިނގައި ގަތުމަށްޓަކައި ތެދުވެ ތެދުވެ ހުރި ނުފައިލްގެ އަތުގައި ޔަމާނީ އޭނާގެ ގައިގައި ނެތް ހިތްވަރެއް ލާފާ ހިފިއެވެ.” ނުފައިލް…ހީނުކުރާތި އަހަރެންނަށް މިހެން ހަދާފައި ސަލާމަތް ވެވޭނެ ކަމަށް.”ރުއިމާއި ހަޅޭއްލެވުމުގެ ސަބަބުން ކުރަކިވެފައިވާއަޑުން ޔަމާނީބުންޏެވެ.
ނުފައިލްއައި ރުޅިން އޭނާގެ އަތުގައި ހިފާފާ ޔަމާނީގެ އަތް ގަދަކަމުން ނައްޓާލާފައި އެތަނުން ނިކުމެގެން ދިޔައެވެ. ނަމަވެސް ނުފައިލްއަށް ނޭނގުނު ކަމަކީ އޭނާގެ އަތުގައި އަޅާފައި އޮތް ކެވެލި ކޮޅު ކެނޑިގެން ދިޔުމުގެ ސަބަބުން ޔަމާނީގެ އަތުތެރެއަށް އެކެވެލި ކޮޅު ވެއްޓުނު ކަމެވެ.
ޔަމާނީ އޭނާގެ އަތުގައިވާ ނުފައިލްގެ ކެވެލި ކޮޅަށް ފުންކޮށް ބަލައިލިއެވެ. އެއީ ނުފައިލްގެ ނަން ލިޔެފައިވާ ރީތި ރިހި ކެވެލި ކޮޅަށެވެ. އެކެވެލި ކޮޅު އޭނާގެ އަތުތެރޭގައި ބޮނޑިކޮށްލުމަށް ފަހު އޭނާއަށް ލިބިފައިވާ ޒަހަމްތަކުގައި ޔަމާނީ ފިރުމައިލިއެވެ. ޔަމާނީގެ ކުޑަކުޑަ ސިކުނޑި ތެރޭގައި ހިނގަމުދިޔައީ ދެންމެ ނުފައިލް ހިންގާފައި ދިޔަ އަނިޔާވެރި އަމަލުތަކެވެ. އެ ނިކަމެތި ކުއްޖާގެ ދެލޮލުން ދިޔައީ ހިފެހެއްޓުމެއްނެތި ކަރުނައިގެ ހިމަފޮދު ވާރޭ ވެހެމުންނެވެ. އެލޯބި ކުއްޖާގެ ފިނިފެންމަލެއްފަދަ ރަތް ތުންފަތް ފޫއަޅުވާފައި ނިކުމެގެން ދަނީ ވޭނީ ގިސްލުމުގެ އަޑެވެ.
15 އަހަރުގެ ޔަމާނީއަށް މިފަދަ ރަހުމް ކުޑަ އަމަލަކާއި ކުރިމަތި ލާން ޖެހުނު މިއީ އޭނާގެ ހަޔާތުގައި އެންމެ ފުރަތަމަ ފަހަރެވެ. ޔަމާނީ އެއްތައް އިރަކު އެހެން އިނުމަށްފަހު ގެއަށް ދިޔުމަށްޓަކައި އެއިން ތަނުން ވަރަށް އުނދަގޫކަމާއި އެކު ކޮޅަށް ތެދުވިއެވެ. ނަމަވެސް ޔަމާނީ ހަމަ ތެދުވުމާއިއެކު ، އެތެރެ ހަށީން ނަގައިގެން ދިޔަ ދިލައާއި އަރައިގެން ދިޔަ ތަދެއްގެ ސަބަބުން ހަމަ އެ ސިކުންތުގައި ޔަމާނީއަށް މަޖުބޫރުވީ އަލުން އަނބުރާ ކުރިން އިންތަނުގައި އިށީނުމަށެވެ. އެހެން އިރުކޮޅަކު އިނުމަށްފަހު ޔަމާނީ އަނެއްކައި ވެސް ވަރަށް އުނދަގޫކަމާއެކު ކޮޅަށް ތެދުވެ އެތަނުގައި ހުރި ބާވެ ހަސްނެތިފައިވާ އަލަމާރީގައި ލެނގިލިއެވެ. ވަރަށް ހާލުން އެއް ތަނުން އަނެއް ތަނުގައި ހިފަހައްޓައިގެން ޔަމާނީ އެގޭތެރެއިން ބޭރަށް ނުކުތީ މީހެއްގެ ކުރިމައްޗަށް އެރޭނެ ކަމަކަށް ނޫނެވެ.
ޔަމާނީގެ ކުރިމަތީގައި ހުރި 18 ވަރަކަށް އަހަރުގެ ފިރިހެން ކުއްޖާ ފެނުމުން ޔަމާނީ ދިޔައީ ސިއްސައިގެންނެވެ. ” ޔަމާނީ… މަށަށް މިފެނުނީ ރަނގަޅަށް ދޯ… އެ ނުލަފާ ނުފައިލް ހަމަ އެ ގެންދިޔައީ ޔަމާނީ ދޯ… އަހަރެންނަށް ވުރެ ދެ އަހަރު ބޮޑުވިއެއް ކަމަކު އޭނަ ބޭނުން ގޮތަކަށް ނޫޅެވޭނެ… ޔަމާނީއަށް މިހެން ހަދާފައި އޭނާގެ ބޮލުން މިކަމެއް ކަޓުވައެއް ނުލެވޭނެ… އަހަރެން ޔަމާނީގެ މަންމަގެ ކައިރީގައި މިވާހަކަ ބުނާނަން.. ނުވިތާކަށް މިކަން ކަމާބެހޭ ފަރާތްތަކަށް ވެސް އަންގާނަން.. “ އެ ކުއްޖާ ރުޅި އައިސްސާ ހުރި މިންވަރު އޭނާ އެތާނގައި ހުރި ފާރަށް ވީއްލާލި އެތިފަހަރުން ވެސް އެނގެއެވެ.
އެ ކުއްޖާ މަންމަ ކައިރީ ނުފައިލްގެ ވާހަކަ ބުނާނެ ވާހަކަ ބުނުމުން ޔަމާނީއަށް މަންމައަށް އެކަން އެނގުމުން ކުރާނެ އަސަރު ވިސްނުނެވެ. އޭނާއާއި ހުރެ ޔަމާނީގެ މަންމަ ދެރަވެ ރޯކަށެއް ޔަމާނީއަށް ބޭނުމެއްނޫނެވެ. ޔަމާނީ އެކުއްޖާގެ އަތުގައި ހިފާ ރޮއެ އާދޭސް ކުރަން ފެށިއެވެ. ” ސާޔަން. ޕްލީޒް މިވާހަކަ މަންމަ ގާތުގައި ނުބުނައްޗޭ… މަންމަ ދެރަވެ ރޮއެ ބަލާކަށް އަހަރެންނަކަށް ކެތެއް ނުކުރެވޭނެ…. ޕްލީޒް “ ” އޯކޭ އޯކޭ. ތިއްތަ ކައިރިއަކު މިވާހަކަ އެއް ނުބުނާނަން. އެކަމަކު މިކަމާއި ގުޅިގެން އެއްވެސް ބަދަލެއް މާނީއަށް އަންނަންޔާ ތުއްތު ބުނާނަން މި ވާހަކަ ތިއްތަގެ ގާތުގައި. އެހެން ވީމާ ހިނގާ ތުއްތު އާއި އެކީ ގެއަށް ދާން… އަވަހަށް ރުޔުން ހުއްޓައިލާ… “ ސާޔަން ޔަމާނީގެ ގައިގާ ބައްދައިލަމުން ބުންޏެވެ.
ޔަމާނީ ރުއިން ހުއްޓާލާ ފައި ސާޔަންއާއި ދުރަށް ޖެހިލުމަށް ފަހު ސާޔަންއާއި ސުވާލުކުރިއެވެ. ”ކިހިނެށް ތުއްތުއަށް އެނގުނީ ނުފައިލް އަހަރެން މިތަނަށް ކިޑްނެޕް ކޮށްގެން ގެނައި ކަން؟ “
” އަސްލު ތުއްތު ދިޔައީ މާނީމެން ގެއަށް ދާންވެގެން. އެހެން ދަނިކޮށް ތުއްތުއަށް އަޑުއިވުނީ ކުއްޖަކު ވަރަށް ބާރަށް ރޮއެ އާދޭސް ކުރާއަޑު. އެހެންވެ ތުއްތު އަވަހަށް އެތާހުރި މިދިލި ގަހުގެ ނިވަލަށް ވާތީ. އެއަށްފަހު ކުޑަކޮށް ބޭރަށް ބޯދިއްކޮށް ލާފައި ބަލައިލީ އެއީ ކާކުތޯ. ތުއްތުއަށް ފެނުނީ ދެފިރިހެނުން ވެގެން މާނީ އުފުއްލައި ލައިގެން ގެންދާ ތަން. މަ ކައިރިޔަށް ހާދަ ރުޅިއެއް އައޭ. ހިތަށް އެރި ޖަހާ ޖަހާފާނަމޭ ވެސް. އެކަމަކު ކިތަންމެ ވަރަކަށް ރުޅި އަޔަސް ކީއްކުރެވޭނީ މަގޭ ބިނދިފައި މިއޮތް އަތާއިއެކު. “ ދެރަވެލާފައި ސާޔަން ބުނެލިއެވެ.
ނަމަވެސް ދެވަނަ ސިކުންތުގައި ސާޔަން ހިނިތުން ވެލާފައި ބުނެލިއެވެ. ” މަށަށް މިބުރު ގޮސް މާނީ ސަލާމަތް ނުކުރެވުނަކަސް ދެން ކުރިއަށް އޮތް ތަނުގައި ނުފައިލް މާނީއަށް އުނދަގޫ ކޮށްފިނަމަ ނޫނީ މިކަމުގެ ސަބަބުން މާނީގެ އުޅުމަށް އެއްވެސް ބަދަލެއް އައިސްފި ނަމަވެސް ނުފައިލްއަށް ވަރުގަދަ އަދަބެއް ދޭނެވަރުގެ ވެޕަންއެއް މައަތުގައި އެބައޮތޭ. “ ” ކޮން ވެޕަންއެއް ؟ “ ވާނުވާގައި ހުރި ޔަމާނީ ސާޔަންގެ ގާތުގައި އެއްސެވެ.
ސާޔަން ޔަމާނީ އަތުލަފި ކޮށްލައިގެން ގެންގޮސް އެތާހުރި ގަސް ބުރެއްގެ މަތީގައި ބައިންދާފައި ، އޭނާގެ ޖީބުގައި އޮތް ފޯނު ނަގާ ޔަމާނީއަށް ދައްކާލިއެވެ. ” މީ އެ ވެޕަންއަކީ. “ ހިނިތުން ވެލަމުން ސާޔަން ޔަމާނީގެ ގާތުގައި އިށީނދެ ، އޭނާގެ ފޯނުން ވީޑިއޯ ކޮޅެއް ޕްލޭ ކޮށްލާފައި ޔަމާނީއަށް ދައްކާލި އެވެ.
ފްލެސް ލައިޓްގެ އައްޔާ ނުލާ ކޮށްފައިވާ އެވީޑިއޯއިން ހުރިހާ މަންޒަރެއް ވެސް ވަރަށް ސާފުކޮށް މަގުމަތީގައި ބަހައްޓާފައި ހުރި އަލިގަދަ ލައިޓް ހޮޅިދަނޑި ތަކުގެ ސަބަބުން ފެނެއެވެ. އެވީޑިއޯއިން ދެފިރިހެނުން ވެގެން ޔަމާނީ އުފުއްލާލައިގެން ގެންދާ ތަން ސާފުކޮށް ފެނެއެވެ. އަދި އެމީހުންގެ ކިބައިން ސަލާމަތްވާން ޔަމާނީ މަސައްކަތް ކުރާ ތަން ފެނެއެވެ. އަދި ސަލާމަތައް އެދި ޔަމާނީ ރޮއެ ހަޅޭއްލަވާ އަޑު ވަކިވަރަކަށް ވީޑިއޯ އަށް އަރާފައި ވެއެވެ. އެދެމީހުން ވެގެން ޔަމާނީ ގެންގޮސް އެތަނުގައި ހުރި ފަޅު ގެއަކަށް ވައްދާ ތަން ވެސް ފެނެއެވެ. އަދި 6 ވަރަކަށް މިނެޓް ފަހުން އެ ގޭތެރެއަށް ނުފައިލް ވަދެގެން ދާތަން ފެނެއެވެ. އެއާއި އެކު މިނެޓެއް ވެސް ނުވަނީސް ޔަމާނީ ގޮވައިގެން ވަން ދެފިރިހެނުން ބޭރަށް ނުކުމެ ފާޑެއްގެ އެއްޗެއް ބޯން އެތާ ދޮރުމަތީގައި ތިބިތަން ފެނެއެވެ. ހީވާ ގޮތުން މަސްތުވާތަކެއްޗެވެ. އޭގެ ގާތްގަނޑަކަށް 40 ހަކަށް މިނެޓް ފަހުން ނުފައިލް އެގޭތެރެއިން ނުކުމެ އެތާ ތިބި އަނެއް ދެމީހުން ކުރަމުން ދިޔަ މަސައްކަތުގައި ބައިވެރި ވެއެވެ. އަދި އިރުކޮޅެއް ފަހުން އެ 3 މީހުން އެކީ އެއްލެމުން އެއްލެމުން އެތަނުން ދާތަން ފެނެއެވެ . އެހިސާބުން ސާޔަން އިނީ އެވީޑިއޯކޮޅު ނިންމައިލާފައި އެވެ.
އެވީޑިއޯކޮޅު ބަލާނިމުނު އިރު ޔަމާނީ ބޮޑު ދެލޯ ވީ އަނެއްކާވެސް ކަރުނައިން ބަރާ ވެފައިއެވެ. ޔަމާނީ ސާޔަންގެ ކޮނޑުގައި ބޯއަޅާފައި އަޑުން އަޑު ނަގާ ރޯން ފެށި އެވެ. ސާޔަން ވެސް އޭނާގެ އަތުގައި އޮތް ފޯނު ޖީބަށް ލާފައި މަޑުމަޑުން އޯގާތެރި ކަމާއި އެކު ޔަމާނީގެ ބާމަތީގައި ފިރުމަން ފެށި އެވެ. އެ ގޮތުގައި އެދެމީހުން އެތައް އިރެއް ވަންދެން ތިއްބެވެ.
ހިއްފުރެން ދެން ޔަމާނީ ރޯލުމަށް ފަހު ހަމައަކަށް އެޅުނެވެ. އަދި އެއޮތް ގޮތަށް ސާޔަންގެ ކޮނޑުގައި ބޯއަޅައިގެން އޮވެ އެގޭތެރޭގައި ހިނގާދިޔަ ހުރިހާ ކަމެއް އަލިފުން ޔާއަށް ( ފެށިގެން ނިމެންދެން ) ޔަމާނީ ސާޔަންއަށް ކިޔައިދިނެވެ. އަދި އޭނާގެ އަތުގައި މިއޮތް ހުރިހާ އިރު ބޮނޑިކޮށްގެން ގެންގުޅުނު ނުފައިލްގެ ކެވެލި ކޮޅު ސާޔަންއަށް ދައްކާލުމަށް ފަހު އޭނާ ލައިގެން އިން އެކްޓިވިޓީ ޔުނީފޯމްގެ ހަރުވާޅުގެ ޖީބަށް ލިއެވެ.
އެތާ އިރުކޮޅަކު އިނުމަށްފަހު ސާޔަން ޔަމާނީގެ ގާތުގައި ބުންޏެވެ. ” މާނީ. މިހާރު ތިއްތަ މާނީ ހޯދާނެ. މާނީއަށް ވެސް އެނގެއެއްނު ތިއްތަ މަގޭ މަމް ހާ ކޫލް ނުވާނެކަން. ހިނގާ އަވަހަށް ގެއަށް ދާން “ ޔަމާނީ ވެސް އެކަމަށް އެއްބަސްވުމުގެ ގޮތުން ބޯޖަހައިލިއެވެ. ސާޔަން ކޮޅަށް ތެދުވެ ޔަމާނީ ކޮޅަށް ނެގުމަށް ފަހު ޔަމާނީ އަތުލަފި ކޮށްލައިގެން ހިނގައި ގަތީ ޔަމާނީ ގެއަށް ލައިދޭށެވެ.
ޔަމާނީމެންގެ ގެއަށް އާދެވުމުން ސާޔަން ފުންނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލުމަށް ފަހު ޔަމާނީ ގޮވައިގެން ގޭތެރެއަށް ވަނެވެ. ހީވީ ބޮޑު ހަނގުރާމައެއް ކުރަން ތައްޔާރުވެގެން ސާޔަން ޔަމާނީ ގޮވައިގެން އެތެރެއަށް ވަންހެނެވެ.
ކަންދިމާކުރި ގޮތުން ޔަމާނީގެ މަންމަ ނުވަތަ އެހެން ގޮތަކަށް ބުނަނީ ނަމަ ސާޔަންގެ ތިއްތަ ، ޔުބީންގެ އެއްވެސް ހިލަމެއް ގޭތެރެއަކުން ނުވެއެވެ. ސާޔަން ހަމަޖެހިލާފައި ޔަމާނީ ގޮވައިގެން ޔަމާނީގެ ކޮޓަރިއަށް ދިޔައެވެ. ކޮޓަރިއަށް ވަދެވުމާއި އެކު ސާޔަން ޔަމާނީގެ ކޮޓަރިއަށް ފުން ނަޒަރެއް ހިންގައިލިއެވެ. މިއީ ޔަމާނީމެން މިގެއަށް ބަދަލު ވުމަށް ފަހު ސާޔަން މި ކޮޓަރިއަށް ވަން ފުރަތަމަ ފަހަރެވެ. ކޮޓަރީގެ ހުރިހާ ފާރެއް ވަނީ ފެހި ކުލައިން ޒީނަތްތެރި ކުރެވިފައެވެ. ކުއީން ސައިޒް އެނދުގައި ވަނީ ފެހި ކުލައިގެ ބެޑުޝީޓެއް އަޅާލެވިފައި އެވެ. ބާލީސް އުރަ ތަކުގައިވެސް ވަނީ ފެހި ކުލަ އެވެ. ބިންމަތީގައި ވަނީ ހުދު ކުލައިގެ މާބުލް ޓައިލް ޖަހާފައި އެވެ. އެ ކޮތަރީގައި ހުރި ހުރިހާ ފަރުނީޗަރު ތަކެއް ވެސް ވަނީ ހުދާއި ފެހި ކުލައިން ޒީނަތްތެރި ކުރެވިފައެވެ.
ސާޔަން ޔަމާނީ ގެންގޮސް އެނދުމަތީގައި ބައިންދާފައި ސީދާ ޔަމާނީގެ ލޮލަށް ބަލައިލަމުން ބުންޏެވެ. ” މާނީ… ތުއްތު ދެން މިދަނީ ގެއަށް. މާނީ ވެސް ފެންވަރައިލައިގެން ޤުރުއާން ޖަހައިގެން ނިދޭތޯ ބަލާ އިނގޭ. މާދަމާ ހެނދުނު ތުއްތު އަންނާނަން އޯކޭ. “ ޔަމާނީގެ ބޮލުގައި ފިރުމައިލާފައި ސާޔަން އެކޮޓަރިން ނިކުމެގެން ދިޔައެވެ.
ސާޔަން ދިޔުމުން ޔަމާނީ ތެދުވެ ކޮޓަރި ތަޅުލާފައި ޖީބުގައި އޮތް ނުފައިލްގެ ކެވެލި ކޮޅު ސްޓަޑީ ޓޭބަލް ވަތްގަނޑަށް ލުމަށް ފަހު ހަރުގައި އަޅުވާލާފައި ހުރި އޭނާގެ ފެހި ކުލައިގެ ތުވާލި ހިފައިގެން ފާހާނަ އަށް ވަނެވެ. ފެންވަރާ ބަޔާއި އެހެން ކަންތައްތައް ކުރާބައި ވަކިންހުރި ފާހާނަ ވަކި ޔަމާނީގެ ކޮޓަރިއަކަށް ދުލެއް ނުކުރެއެވެ. ހުދު ކުލައިން ހުރިހާ ފަރުނީޗަރު ތަކެއް ވާއިރު އެއީ ސާފު ތާހިރު ކަމުގެ މިސާލެކެވެ.
ފެންވަރާ ބައި ކައިރީގައި ހުރި ހެދުން އަޅުވާ ބުޅިގަނޑު ތަކުން ބުޅިއެއް ގައި ޔަމާނީ އޭނާގެ ތުވާލި އަޅުވައިލާފައި އޭނާ ލައިގެން ހުރި އެއްޗެހި އެތަނުގައި ހުރި ދާވަށިގަނޑުގެ ތެރެއަށް ބާލާފައި ލިއެވެ. އެއަށްފަހު ފެންވަރާ ބައިގެ ބިއްލޫރި ގަނޑު ކަހައިލާފައި އޭނާ އެތެރެއަށް ވަދެ ފިނިފެން މާގަނޑު ދޫކޮށް ލިއެވެ. އަނެއްކާ ވެސް ޔަމާނީ ވެދިޔަ ކަންތަކުގެ މަތީން ހަނދާންވެ ރޯންފެށިއެވެ. މާގަނޑުގެ ދަށުގައި ހުރެ ޔަމާނީ އެތައް އިރަކު ރުޔުމަށް ފަހު ފެންވަރައިގެން އޭނާ ނުކުތް އިރު ޔަމާނީގެ ދެލޯ ވަނީ ރަތްވެ ދުޅަވެފައި އެވެ. އެފަކީރުގެ ނޭފަތް ރަތްކަމުން ހީވަނީ ދޮންވެ ފައްކާ ވެފައިވާ ސްޓްރޯބެރީއެއް ހެންނެވެ.
ޔަމާނީ އޭނާގެ ގައިގައި ތުވާލި އޮޅާލައިގެން ފާހާނައިން ނުކުމެ އޭނާ ހުއްޓިލީ އޭނާގެ ކޮތަރީގައި ހުރި ބޮޑު ހުދު އަލަމާރި ކުރި މަތީގައިއެވެ. އަދި އަލަމާރީގެ ކަބަޑެއް ހުޅުވައިލާފައި އެތާނގައި ހުރި ފަސްޓްއެއިޑު ބޮކްސް ނަގައިގެން ގޮސް ސޯފާގައި އިށީނދެ ލުމަށްފަހު ޔަމާނީ އޭނާގެ ހަށިގަނޑަށް ލިބިފައިވާ ޒަހަމްތަކުގައި ބޭސް އަޅައި ލިއެވެ. ޔަމާނީ އެ ފޮށި ހުރި ތަނަށް އެފޮށި ލާފައި ، އޭނާގެ އަލަމާރީގެ އެހެން ބައެއް ހުޅުވާލާފައި މަޑު ފިޔާތޮށި ކުލައިގެ ދިގު ނައިޓީއެއް ނަގާ އޭނާގެ ގަޔަށް މަހައިލިއެވެ.
އޭނާ ގޮސް ސުޕީކަރުން ޤުރުއާން ޖަހާފައި ކޮޓަރީގައި ދިއްލާފައި ހުރި އަލިގަދަ ބޮކި ފެހިކުލައިގެ ފަނޑު އަލީދޭ ބޮއްކަށް ބަދަލުކޮށްލިއެވެ. އަދި އޭ.ސީ ގެ ފިނި މަޑު ކޮށްލާފައި ޔަމާނީ އެނދުގައި އޮށޯވެ ޝަހާދަތް ކިޔާ ނިދުމުގެ ކުރިން ކިޔާ ދުޢާ ތަކާއި ޒިކުރުތައް ކިޔައިލިއެވެ. އެއަށްފަހު އަރާމުކޮށް ނިދައިލުމުގެ ނިޔަތުގައި ޔަމާނީ ދެލޯ މަރައިލިއެވެ.
ޔަމާނީއަށް ހުރިހާ ދިމާއަކުން ވެސް ފެންނަނީ ކަޅު އަނދިރި ކަމެކެވެ. ގަސް ބޯ ޖަންގަތްޔެވެ. ކުރިއަށް ނުވަތަ ފަހަތަށް ދެވޭނެ މަގެއް ނެތެވެ. ހުރިހާ ދިމާއެއް ވެސް ވަނީ ގަސްތަކުގެ ސަބަބުން ބެދިފައި އެވެ. ކުއްލިއަކަށް ޔަމާނީގެ ކުރިމަތިން ފާޅުވީ ނުފައިލް އެވެ. އެއަށްފަހު މޫނު ނިވާކޮށްގެން ތިބި ދެމީހުން ނެވެ. އެ ދެމީހުން އައި ގޮތަށް އައިސް ޔަމާނީގެ ދެ އަތުގައި ހިފެހެއްޓި އެވެ. ނުފައިލް މަޑުމަޑުން އައިސް ޔަމާނީއަށް ލުއި ހިނިތުންވުމެއް ދިނުމަށް ފަހު އޭނާ ހިތަށް އެރި ގޮތެއް ޔަމާނީއަށް ހަދަން ފެށިއެވެ. ގަތް ބިރުންނާއި ލިބެން ފެށި ވޭނަށް ކެތްނުކުރެވިގެން ޔަމާނީ ސަލާމައް އެދި ހަޅޭއްލަވަން ފެށި އެވެ. ” ނުފައިލް ނޫން… ތިހެން ނަހަދާ… މީހެކޭ އަހަރެން ސަލާމަތް ކުރޭ…. މީހެކޭ…. މަންމާ…… ޕްލީޒް ނުފައިލް ތިހެން ނަހަދާ…. މަންމާ!!! “
ކުއްލިއަކަށް ޔަމާނީއަށް އޭނާ އޮތް ހުވަފެނުން ނިކުމެވުނީ ސާޔަން ވަރަށް ބާރަށް ޔަމާނީއަށް ގޮވައި ލުމުންނެވެ.
ޔަމާނީ ތެދުވިއިރު ހަމަ ރަނގަޅަށް ވެސް އެފަކީރަށް ވަނީ ރޮވިފައިއެވެ. ޔަމާނީގެ ކައިރީގައި އެނދުގައި އިން ސާޔަން އޯގާތެރި ކަމާއި އެކު ޔަމާނީގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލައިދިނެވެ. ޔަމާނީ ތެދުވެގެން ގޮސް ސައިޑް ކަބަޑު މަތީގައި ހުރި ފެން ޖަގުން ފެން ތައްޓެއް އަޅައިގެން އައިސް ސާޔަންއާއި ސުވާލުކުރި އެވެ. ” ތުއްތު ކީއްކުރަނީ މިތާ ؟ “ ” އެހާ އަވަހަށް ހަނދާން ނެތުނީ ދޯ… ބާޑް ބްރެއިން ؟ ގައިމު ރޭގަ ވިއްޔާ ބުނީ މާދަމާ ހެނދުނު އަންނާނަމޭ…. ހައްހައްހައްހާ.. “ ސާޔަން ހެމުން ހެމުން ބުނެލި އެވެ. ” އާން އެތެދެކޭދޯ.. “ ޔަމާނީ ބޯ ކަހާލަމުން ބުންޏެވެ.
ޔަމާނީ ގަތް ލަދުން އަވަހަށް ތުވާލި ހިފައިގެން އަލަމާރިން އަތްދިގު ރަތް ކުލައިގެ ކުރުތާ އަކާއި ހުދު ކުލައިގެ ޓައިޓެއް ހިފައިގެން ގޮސް ފާހާނައަށް ވަތެވެ. ފާހާނައިން ޔަމާނީ ނުކުއް އިރު އަނެއްކައި ވެސް ޔަމާނީގެ ދެލޯ ވަނީ ރަތްވެފައިއެވެ. ސާޔަންއަށް ޔަމާނީ އެއައީ ރޮއެފަ ކަން ވަގުތުން އިގުނެވެ. އެހެން ކަމުން ސަާޔަން ޔަމާނީ ހެއްވައި ލުމައްޓަކައި މޮޅުގޮތެއް ވިސްނައިލިއެވެ. އަދި މޫނައް ބިރުގަނެފައި ހުރި ސިފަ ވެރިކުރުވާ ބާރައްހަޅޭ ލަވައިގަތެވެ. ” މަންމާތް! ސަންތިމަރިޔަބު މަގޭ ކާލަން އައިސްފިއޭ.. ” “ދެން ތުއްތޫ…. ” ޔަމާނީ ރުޅިއައިސްގެން ކުނި މޫމު ހަދާފައި ބުންޏެވެ. ” ކޮން ދެން ތުއްތޫއެއް ކިޔާކައް؟ މަނޫން އެހެން މީހެއް ނަމަ މިއަދު ހޭނެތިގެން ވެއްޓުނީސް ކަންނޭނގެ…. ދެންވެސް ދޭބަލަ އަވަހަށް ތި ރީތިވާން.. “ ސާޔަން ހެމުން ހެމުން ބުންޏެވެ.
ޔަމާނީ ތުން ދަމާފައި ގޮސް ޑްރެސިންގް ޓޭބަލް ކައިރި އިށީނދެ ރީތިވާން ފެށިއެވެ. އޭރު ސާޔަން އިނީ އޭނާގެ ފޯނުގެ ތެރެޔަށް ގެއްލިފައިއެވެ. ޔަމާނީ އޭނާގެ އިސްތަށިގަނޑު ރީތި ގޮތަކަށް ގަތައިލަމުން ސާޔަންއަށް ގޮވައިލިއެވެ. ”ތުއްތޫ ؟ “ ” ހޫމްމްމްމް “ ސާޔަން ހަމަ އެއިން ގޮތަށް އިނދެ ހޫމް އަޅުވައިލިއެވެ. ” ތުއްތުއަށް އިނގޭތަ އެއްކަލަ ރޭ ނުފައިލްގެ އިތުރަށް ހުރި ދެ ބޯއީ ؟ “ ޔަމާނީ ފެން ކަޅި ވެފައިފާ އޭނާގެ ބޮޑު ފެހި ދެލޯ ސާޔަން އާއި ދިމާއަށް ހުއްޓައިލަމުން މޮޅިވެރިކަމާއިއެކު އެއްސެވެ.
އެވަގުތު ސާޔަންގެ ހިތް ދަމައިގަންނަ ފަދަ އަޅިކުލައިގެ ލޮލާއި ޔަމާނީގެ ލޯބި ފެހިކުލައިގެ ލޮލާ ލޯ ދިމާވިއެވެ. އެ ދެ ލޮލުން އެކަނި ވެސް ޔަމާނީ އެ ތަހަންމަލް ކުރަމުން ގެންދާ ވޭން ސާޔަންއަށް ފަހުމްވިއެވެ. ސާޔަން އިސްޖަހައިލުމަށް ފަހު އޭނާގެ ފޯނު ނިއްވާލާފައި ޖީބަށްލިއެވެ. އަދި ހިތި ގޮތަކަށް ހިނިތުން ވެލާފައި ޔަމާނީއާ ހަތަރު ކަޅި ހަމަ ކުރިއެވެ. އޭރު ސާޔަންގެ ލޮލުން ވެސް ރަމްޒު ކޮށްދެނީ ވޭނެވެ.
” އާން ތުއްތުއަށް އެނގޭ އެއީ ކޮން ބައެއް ކަން. އޭއީ ކާއިލް އާ ފަޔާޒް. ތުއްތުމެން ކުލާހުގައި އުޅޭ އެންމެ ބޭޑް ދެކުދިން. އެއް އިރެއްގައި ތުއްތުގެ އެންމެ ގާތް އެކުވެރިން. ކުޑަ އިހުއްސުރެ ނުފައިލްއާ އެދެމީހުން ދިމާވުމާ ހާޔަށް. ނުފައިލް އާ ޖެހުނު ފަހުން އެމީހުން އެހާ ބަދަލުވީ. ބޭޑްވީ. ކުރިން ވަރަށް ވަރަށް ރަނގަޅުވާނެ. “ ސާޔަން ޔަމާނީގެ ސުވާލަށް ޖަވާބު ދިނެވެ.
ކޮޓަރި ތެރޭގައި ވަނީ ހަމަ ހިމޭން ކަމެވެ. އެކަމުގެ ސަބަބުން ޔަމާނީގެ ހިތަށް އުނދަގޫވާން ފެށިއެވެ. އެހެން ކަމުން ޔަމާނީ އަވަހަށް އެހެން ވާހަކައެއް ފެށިއެވެ. ” ތުއްތޫ. ދެންތި ޕުލާސްޓަރުގަނޑު ނަގާނީ ކޮންދުވަހަކުންތަ؟ “ ޔަމާނީ ލޯބި ގޮތަކަށް އަހާލިއެވެ. އަދި މާކަރެއް ހިފައިގެން އައިސް ސާޔަންގެ އަތުގައި އަޅާފައި އޮތް ޕްލާސްޓަރުގަނޑުގައި އޭނާގެ ސޮއި ކޮއްލިއެވެ. ” މިހަފްތާ ބުދައިގާ މި ނަގާ އެއްލައިލާ ނަން . “ސާޔަން ވެސް މަޖާ ވެލާފައި ޔަމާނީގެ ވާހަކައިގައި ބައިވެރިވިއެވެ.
ދުވަސްތައް ފާއިތުވަމުން ދާވަރަކަވަށް ޔަމާނީގެ އުޅުމަށްވެސް ދިޔައީ ބަދަލުތަކެއް އަންނަމުންނެއެވެ. އޭނާ އަބަދު އޮންނަނީ ކޮޓަރީގައި އެވެ. ރަނގަޅަކަށް ނުވެސް ކައެވެ. ގެއިން ބޭރަކަށް އެއްވެސް ވަރަކަށް ނުނިކުމެއެވެ. ސުކޫލަކަށް ވެސް ނުދެއެވެ. ޔަމާނީގެ މައިބަފައިންގެ ފަރައިތުން ކުރިމަތި ވަމުންދާ ސުވާލުތައް ވެސް ދިޔައީ ދުވަހަކަށް ވުރެ ދުވަހެއް ގިނަވަމުންނެވެ. މިހުރިހާ ކަމަކާ ހުރެ ސާޔަން ހުންނަނީ ސިކުނޑި ސުމަކަށް ދާވަރުވެފައެވެ. ހަދާނެ ނުހަދާނެ ގޮތެއް ނޭނގިފައިއެވެ. އެންމެ ފަހުން ސާޔަން ނިންމީ ވެގެން އުޅޭ ގޮތް ޔަމާނީގެ މައިބަފައިންނަށް ކިޔައިދިނުމަށެވެ.
ޔަމާނީމެންގެ ގެއަށް ދާން ވެގެން ސާޔަން އަވަހަށް ގޮސް ފާހާނައަށް ވަދެ ފެންވަރައިގެން ނުކުތެވެ. އަދި ހުދު ކުލައިގެ ސޯޓެއް ލުމަށް ފަހު އޭނާގެ ކަސްރަތީ ރީތި ދޮން ހަށިގަނޑަށް ކަޅު ކުލައިގެ އަތް ދިގު ޓީޝާޓެއް މަހައިލިއެވެ. ސާޔަން އޭނާގެ ގަޔަށް އަވަހަށް ސެންޓު ކޮޅެއް ބުރުވައިލާފާ އޭނާގެ ފޯނު ހިފައިގެން ގެއިން ނުކުތެވެ. އަދި ބާރު ހިނގުމުގައި ގޮސް ޔަމާނީގެ ގެޔަށް ވަދެ ސަލާމް ގޮވައިލިއެވެ.
އެތެރެއިން ސަލާބަލައިގަތީ ޔަމާނީގެ ބައްޕަ ޔުއާންއެވެ. ޔުއާންގެ މޫނު މަތިން ފެންނަނީ ހާސްކަމާއި ކަންބޮޑުވުމެވެ. ޔުއާން ސާޔަން ގެނެސް ސޯފާގައި ބޭންދިއެވެ. އަދި ވަރަށް ދެރަވެފައި ހުރެ ވާހަކަ ދައްކަން ފެށިއެވެ. ” ޔާން… އިނގޭ ތިއްތަބެއަށް ޔާންއަށް މިސުވާލު އެތައް ފަހަރެއްގެ މަތިން ކުރެވިއްޖެ ކަން ވެސް. އެކަމަކު ތިއްތަބެ އުންމީދު ކުރަން ކޮންމެސް ދުވަހަކު އަވަސް މަގެއްގައި މިސުވާލަށް، ހަމަހިމޭން ކަމުގެ ޖަވާބެއް ނުދީ އެދެވޭ ކަހަލަ ޖަވާބެއް ދޭނެ ކަމަށް. މި ސުވާލު ޔާންއަށް އެތަކެއް ފަހަރު މަތިން ވެސް މިހެން މިކުރެ ވެނީ މާނީގެ ހައްޤުގައި. ޕްލީޒް ޔާން.. ދެފައިގައި ހިފާފައި ސަލާން މިޖަހަނީ މާނީއަށް ކުއްލިޔަކަށްމިއައި ބަދަލުގެ ސަބަބު ޔާންއަށް އިނގޭ މިންވަރުން ބުނެދީބަލަ؟ ޕްލީޒް. “ އޭރު ޔުއާންގެ ދެލޯ ވަނީ ފެންކަޅި ވެފައެވެ. އެކަމުން އެކަނިވެސް ޔުއާން އޭނާގެ ދަރިފުޅު ދެކެ ލޯބިވާ މިންވަރު ސާބިތުވެއެވެ. ސާޔަންގެ ހިތުގައި ޔުއާންއާއި މެދު ހަމްދަރުދީ އުފެދުނެވެ. އޭގެ އިންތިހާއަށެވެ.
ސާޔަން ކުރިން ހުރި ވަރަށް ވުރެ ބޮޑަށް ސީރިއަސް ވެލިއެވެ. އަދި ވާހަކަދައްކަން ފެށިއެވެ. ” މިއަދު އަޅުގަނޑު މި އައީ ތިއްތަބެގެ ތި ސުވާލަށް ޖަވާބުދޭން ވެގެން. ޔަމާނީގެ އެދުމަށް މި ވާހަކަ ސިއްރު ކުރުން އެއީ އަޅުގަނޑަށް ހެދުނު ވަރަށް ބޮޑު ގޯހެއް. އެކަމަކު މި ވާހަކަ މިއަދު ކިޔައި ދޭނަން. “ ސާޔަން ވެގެން އުޅޭ ގޮތް އެއްވެސް އަކުރެއް ފިއްޔެއް ނުވައްޓައިލާ ޔުއާންއަށް ކިޔައިދިނެވެ. ” ތިއްތަބެ މިވާހަކަ ގަބޫލު ނުކުރަންޏާ މާނީ އަތުގައި އެއޮތީ ނުފައިލްގެ ކެވެލި ކޮޅު. އަދި އަޅުގަނޑު ފޯނުގައި މިއޮތީ ވީޑިއޯ. “ ސާޔަން އޭނާގެ ފޯނު ނަގާ ވީޑިއޯ ކޮޅު ޕްލޭ ކޮށްލާފާ ޔުއާންގެ އަތަށް ފޯނު ދިނެވެ.
ވީޑިއޯ ކޮޅު ބަލާ ނިމުނު އިރު ޔުއާންގެ ދެ ބުމަ ވަނީ ގޮށްޖެހިފަ އެވެ. ދެ ލޯ ވަނީ ރަތްވެފައިއެވެ. އަތް ވަނީ މުއްކެވިފައެވެ. ބަލާލި މީހަކަށް ޔުއާން އެހެރީ އަށްޑިހައިގާ ކަން ވަރަށް ރަނގަޅަށް އެނގޭނެއެވެ.
ޔުއާން ފުން ނޭވާއެއް ފަޒާގެތެރެއަށް ދޫކޮށްލިއެވެ. އަދި އައިސްފައި ހުރި ރުޅިގަނޑު ގަދަކަމުން އެތެރެއަށް ހިންދާލުމަށްފަހު ހިތާމަވެރި ކަމާއެކު ސާޔަންއާއި ދިމާއަށް ބަލާލިއެވެ. ” ޔާން. މީއަކީ ސިއްރު ކުރަންވާވަރުގެ ކަމެއް ނޫން. މާނީ ބުންޏޭކިޔާފަ މިކަހަލަ ބޮޑެތި ކަންކަން ސިއްރު ކުރާކަށް ނުވާނެއެއްނު. އެކަމަކު ތިއްތަބެ ވަރަށް އުފާވެއްޖެ ވަގުތު ފާއިތުނުވަނީސް ޔާން ތިއްތަބެއަށް ހުރިހާ ކަމެއް ކިޔާ ދިނީތީ. “ ޔުއާން އޭނާގެ މޫނު މަތީގައި ދެއަތް އަޅާލިއެވެ.
ޔުއާން އެގޮތަށް އެތައް އިރަކު އިނުމަށްފަހު ސޯފާ އިން ތެދުވިއެވެ. އަދި ގޮސް ޔަމާނީގެ ކޮޓަރި ދޮރުގައި ޓަކި ދިނެވެ. ” މާނީ. ހުޅުވަބަލަ. މީ ބައްޕައޭ. “އެތައް އިރަކު ޔުއާން ޔަމާނީގެ ކޮޓަރި ދޮރުގައި ޓަކި ޖެހިއެވެ. ނަމަވެސް ޔަމާނީ ދޮރެއް ނުހުޅުވިއެވެ.
ޔަމާނީ ދޮރު ނުހުޅުވުމުން ޔުއާން ކޮޓަރީގެ ޑަބަލް ތަޅުދަނޑި ހިފައިގެން އައިސް ދޮރު ހުޅުވާލިއެވެ. ޔުއާންގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. ކޮޓަރި ތެރެއަށް ހީވަނީ ސުނާމީއަރާފާ އޮތް ހެންނެވެ. އެކިދިމާއަށް އެކިއެތި ވަނީ އުކާލެވިފައެވެ. ޔުއާން ކޮޓަރި ތެރެއަށް ވަދެ ބޮކި ދިއްލާލިއެވެ. އަދި އޭނާ ހިނގައިގަތީ ކޮޓަރީގެ އެންމެ އެތެރެކަނުގައި، ކަކޫ މަތީ ބޯއަޅައިގެން އޮތް އޭނާ ދެލޮލުގެ ކޮއެ ފަދަ ދަރިފުޅާ ދިމާއަށެވެ.
ޔުއާން ގޮސް ޔަމާނީގެ ގައިގާ ބައްދާލިއެވެ. ތިމާ އަކީ ފިރިހެނަކަސް ޔުއާންއަށް ހަމަ ރަނގަޅަށް ރޮވުނެވެ. ޔަމާނީ އިން ނިކަމެތި ހާލު ފެނުނީމާ ހަމަ ހިތަށް ކެތްނުކުރެވިގެންނެވެ. ޔުއާން ޔަމާނީގެ މޫނުގައި އޭނާގެ ދެއަތުން ހިފަހައްޓައިލަމުން އޭނާގެ ދަރިފުޅުގެ ރަތްވެފާވާ ފެހި ދެލޮލަށް ބަލާލިއެވެ. ” ދަރިފުޅު ކީއްވެ ބައްޕަ ކައިރީ ކުރިން މިވާހަކަތައް ނުބުނީ ؟ ދަރިފުޅު ބައްޕަ އާއި މަންމައަށް އިތުބާރު ނުކުރަ–“ ”ނޫން. އިތުބާރު ނުކުރާތީއެށް ނޫން. މަންމަ އާއި ބައްޕަގެ ހިތުގައި ޖެހޭނެއެތީ. “ ޔުއާންގެ ޖުމްލަ މެދުކަނޑާލާފާ ޔަމާނީ އޭނާގެ ބައްޕަގެ ގައިގައި އޮޅުލަގަންނަމުން ބުންޏެވެ. ” ބައްޕާ އަޅުގަނޑަށް މާފުކުރޭ. އަޅުގަނޑަށް މާފުކުރޭ. “ ޔަމާނީ ރޮމުން ރޮމުން އޭނާގެ ލޯބިވާ ބައްޕަގެ ކިބައިން މާފަށް އެދުނެވެ. ޔުއާން އޭނާގެ ދަރިފުޅުގެ ބޮލުގައި ލޯބިން ފިރުމައިލިއެވެ. މި މަންޒަރު ބަލަން ދޮރުކަނީގައި ލެނގިލައިގެން ހުރި ސާޔަންގެ ތުންފަތުގައި ލުއި ހިނިތުންވުމެއް ކުޅެލިއެވެ.
ޔުއާން އޭގެ އިރުކޮޅެއް ފަހުން ޔަމާނީގެ ކޮޓަރިން ނިކުތީ ޔުބީން ޔަމާނީގޮވައިގެން ކައިގެއަށް ދިޔުމުންނެވެ. އޭރު އޭނާގެ އަތުގައި ނުފައިލްގެ ކެވެލި ކޮޅު އޮތެވެ. ޔުއާންގޮސް ސޯފާގާ އިން ސާޔަންގެ ކޮނޑަށް އަތް ވައްޓަލަމުން ބުންޏެވެ. ” ހިނގާ ދާން. “ ” ކޮންތާކަށް ؟ “ ސާޔަން ވާނުވާގައި އިނދެ ސުވާލު ކޮށްލިއެވެ. ”ޕޮލިސް ސްޓޭޝަނަށް. “ ޔުއާން ހިނގައިގަންނަމުން ބުންޏެވެ.
ޔުއާން އާއި ސާޔަން ޕޮލިސް ސްޓޭޝަނަށް ގޮސް ހެއްކާއެކު ޔަމާނީ ރޭޕްކުރި މައްސަލަ ހުށަހެޅިއެވެ. އަދި ސާޔަންގެ ހެކި ބަސް އެކަމާއި ގުޅޭ ގޮތުން ދިނެވެ. އަދި ޕޮލިހުން، އެމައްސަލަ ހުށަހެޅިތާ 24 ގަޑިއިރު ތެރޭގައި ނުފައިލް އާއި އޭނާގެ ރައްޓެހިން ހައްޔަރު ކުރިއެވެ. ހަފްތާއެއްގެ ތެރޭގައި ކޯޓުގައި މިމައްސަލަ ބަލި ނުފައިލް އާއި އޭނާގެ ރައްޓެހިންގެ މައްޗަށް 50 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައެވެ.
2 މަސް ފަސް
ޑަކުޓަރުންނާއި، އާއިލާ މީހުންނާއި، ރައްޓެހިންގެ އެހީއާއެކު ޔަމާނީ މިހާރުވަނީ ވަރަށް ބޮޑަށް ރަނގަޅު ވެފައިއެވެ. ކުރީގައި ސާޔަންއާއި އަދި އެހެން ކުދިންނާއި އެކު މަޖާކުރާ ހެން މިހާރު ޔަމާނީ އެކުދިންނާއި އެކު މަޖާކޮށް ސަކަރާތް ޖަހައެވެ. އެއްވެސް ކަމެއް ނުވާ ފަދައިންނެއެވެ. ނަމަވެސް ” އެ ބިރުވެރި ރޭ“ ގެ ހަދާން ތަކަކީ ދުވަހު ވެސް ޔަމާނީގެ ހިތުން ފިލައިގެން ދާނެ ހަނދާން ތަކެއް ނޫނެވެ.
*** ނިމުނީ ***
2 Comments!
Comments are closed.


Mii stry ah kuda change eh genessa.. Hope you like it ??
Vrh vrh reethi ???????????